ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ އަނދިރި ކަމެވެ. ދިއްލާފައި ވި އެންމެ ބޮތްކެއްވެސް ނެތެވެ. ކޮޓަރއަށް އަލި ވަންނާނެ ހުރިހާ ގޮތެއްވެސް ވީ ބަންދު ކުރެވިފައެވެ. އެހެންނަމަވެސް އެ ކޮޓަރި ތެރެއިން އިވެމުން ދިޔައީ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑެވެ. ގިސްޖެހި ޖެހިފައި ހިތްދަތި ގޮތަކަށް ރޮމުން ދިޔަ އިރު އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށް ވެސް އަސަރު ކުރާނެ އެވެ. އެންމެ ހަރު ހިލަ ހިތް ވެސް މަޑު ކަފަކޮޅަކަށް ވާނެ […]
އާ ދުވަހަކަށް އިރު އަރައިގެން އައި އިރު އެންމެން ވެސް ދިޔައީ ރަށަށް ފުރަން ތައްޔާރު ވަމުންނެވެ. އެއްޗިހި ޕެކު ކުރުމުގައްޔާއި އައި ވޭލަރު ތައްޔާރު ކުރުމުގައްޔާއި އެކި ކަންކަމުގައި ގުރޫޕު އެންމެން ވެސް މަސައްކަތް ކުރަމުން ދިޔައެވެ. ވޭލަރު ފާލަން ދޮށުގައި ބަހައްޓައިގެން އެޔަށް އެއްޗިސް އެރުވުމުގައި ޒީހާން މެން ދިޔައީ އަވަދި ނެތި މަސައްކަތް ކުރަމުންނެވެ. ގޭގެ ސިޓިންގރޫމުގައި އެއްޗިހި ޕެކު ކުރަން ތިބެފައި ޒިވާ އެތެރެއަށް ވަދެގެން ދިޔަ ވަގުތު ބަލައި އަޔާނީ […]
އީވާ އާއި އަޔާޝްގެ ހަޔާތަށް ދެން އަންނާނީ ކޮންކަހަލަ ތޫފާނެއް ހެއްޔެވެ.؟ އެދެމީހުންގެ ގުޅުން ނިމިގެން ދާނީ ހެއްޔެވެ.؟ އަޔާޝް އީވާގެ ފަރާތުން އިވިގެންދާ ހަގީގަތުން އީވާ ދޫކޮށްލާނީ ހެއްޔެވެ.؟ ނޫނީ އެ ހަގީގަތް އިނގުމަށް ފަހުވެސް ދެމީހުން އެކުގައި އުޅޭނީ ހެއްޔެވެ.؟ އެ ދެމީހުންގެ ގުޅުމަށް އެޅޭނީ ކޮން ބައެއްގެ ކަޅު ހިޔަންޏެއް ހެއްޔެވެ.؟ ޝާމިން އާއި އީވާ، ނައިރާ އާއި އަޔާޝް އަށް ދެން ވާނީ ކިހިނެއް ހެއްޔެވެ.؟ …… ނިދަން އޮތް […]
ކުޑަ ހިނދުކޮޅަކަށް ނަމަވެސް މާއިން އޭޏާ އާއި ދުރަށް ދޭތޯ އޭނާ ނަން ހާމަ ކުރީ އެވެ. މާއިންގެ ފުށުން ސަލާމަތްވުމަށް ބޭނުންވެފައިހުރިވަރު ރީތިކޮށް އިޒާގެ މޫނުމަތިން ފާޅުވަމުންދިޔައެވެ. ލިބުނު ކާމިޔާބާއި އެކު މާއިންގެ ހިތް އުފަލުން ނަށައިގަތެވެ. އިޒާ އަށް އަދިވެސް އެއްފަހަރު ބަލައިލަމުން އޭނާގެ ކުރިމަތިން އެއްފަރާތަކަށް މާއިން ޖެހިލީ ދިޔުމުގެ ހުއްދަދޭ ފަދައިންނެވެ. މާއިން އަށް ބަލައިލުމެއްވެސް ނެތި އިޒާ އެތަނުން ދިޔައީ ލިބުނު ހަނި ފުރުސަތުގައި އޭނާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި […]
އެންމެ ފުރަތަމައިނުންވެސް ފުޅި އަނބުރައިގެން ޖެހުނި އީވާ އަށެވެ. ޓްރުތް ނެގުމަށް ފަހު ތަށިން ގަނޑުކޮޅެއް ނެގިއެވެ. ހީގަނެގެން ހުރި އަޔާޝް އާއި ދިމާލަށް ބަލާލާފައި އީވާ ހިނިތުން ވެލަމުން ގަނޑުކޮޅު ނިއުޅައިލިއެވެ. އޭގައި އޮތް އެތި ފެނުމުން ހިނިތުންވުން ފަނޑުވެގެން ގޮސް ދެބުމަ ގޮށްޖެހުނެވެ. < ނޭމް ސަމްވަން ހޫ ސްޓިލް ތްރެޓެންސް ޔޫ. > 𓆩♡𓆪 ހަތާވީސް ވަަނަ ބައި 𓆩♡𓆪 ” އަހް…” އިވާ އަށް ބުނަން ވި އެތި […]
އިއްޔެ ފެނުނު ހޫރެއް ފަދަ އަންހެން ކުއްޖާ ފެނޭތޯ މާއިން މަގުމަތީ ޕާކުކޮށްފައި އިން ސައިކަލެއްގެ މަތީގައި އިނެވެ. އެހެން އިންނަތާ ތިރީހަކަށް މިނެޓު ފަހުން ހިތް އެދޭ ސޫރަ ކުރިމަތިން ފެނި ލުމުން މާއިން އަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ނަމަވެސް، އޭނާގެ ދެބުމަ ގޮށްޖެހުނީ އެ އަންހެން ކުއްޖާގެ ފަހަތުން ދިހަވަރަކަށް ފޫޓު ދުރުން އަންނަމުން ދިޔަ ފިރިހެން މީހާ ފެނުމުންނެވެ. އިޒާގެ މޫނުމަތިން ފެނުނު ކުލަވަރުން މާއިން އަށް ކަމެއް ގޯސްކަން ފަހުމުވިއެވެ. އިޒާ […]
ފޯނުން ބަންގީގެ އަޑު އިވުމާއި އެކު ވިޝާމް އަށް ހޭލެވުނެވެ. ދަބަހުން ބުރުހާއި ތުވާލި ނަގައިގެން ޓީޝާޓު ލައިގެން އޭނާ ކޮޓަރީގައި ނިދާފައި ދެންތިބި ތިން މީހުންނަށް ގޮވާ ނެގިއެވެ. އަދި ފިރިހެން ގުރޫޕުގެ ދެން ތިބި މީހުން ތިބި ކޮޓަރިއަށް ވަދެ އެމީހުންނަށްވެސް ގޮވާ ނެގިއެވެ. އެއެންމެނގެ ތެރެއިން އޭނާ އަކަށް ނާއިފް އެއް ނުފެނުނެވެ. އެހެން ކަމުން ފާހާނަ އަށް ނުނީ ބަދިގޭގައި ކަމަށް ބަލާ އޭނާ އެ ކޮޓަރިން ނުކުމެ ބަދިގެ ބަޔަށް […]
ފޯނުގެ އެލާމަށް ހޭލެވުނު އިޒާ އަވަސް އަވަހަށް ގަޑި ބަލާލިއެވެ. އެއްގަޑި ތިރީސް ނުވައެއްގެ އެލާމް ވަމުން ދިޔަ އިރު އޭނާ އަށް ތޭރަ އިން ތަން ފެނުމުން ތިނެއް ޖެހީ ކަމަށް ހީކޮށް ފުންމައިގެން ތެދުވެ ފާހާނަ އަށް ވަނީ އަޞްރު ނަމާދު ނުކޮށް ހުރެވުމުންނެވެ. އަނެއްކާ ހަތަރުގަޑި ބަޔަށް އޭނާ ޑިއުޓީ އަށް ވެސް ދާން ޖެހޭތީ އެވެ. ތޮޅެމުން ފޮޅެމުން ފެންވަރައި، ވުޟޫ ކޮށްގެން ނުކުމެ ނަމާދު ކުރަން އިސްޓާކީނަށް އަރަން ހުއްޓާ […]
އަސަރާއި އެކު ވިޝާމް ލަވަ ކިޔާ ނިންމާލީ އޭނާ ފެށި އިރު ވެސް ހުރި ގޮތަށް ޒިވާ އާއި ދިމާލާށް ބަލަން ހުރެ އެވެ. އެތަކެއް މާނަ ތަކެއް އެ ލަވައިން ބުނެދެމުން ދިޔައިރު ޒިވާ އެ އަޑު އަހާލަން އިނީ ވިޝާމް އެ ލަވަ އެކީ ސަބަބު ނޭނގޭ ތީ އެވެ. ހީކުރި ގޮތާއި ހިލާފަށް ވިޝާމް މާ ހިތާމަވެރި ލަވައެއް ކިޔުމުން ދެ ފަހަރަކު ހެން އޭނާ އަށް ވިޝާމް އާއި ދިމާލަށް ބަލައި […]