ވިޔާމްމެން ކައިވެނިކުރި ފަހުންވެސް ފަރީޝާ ވަރީގެ ވާހަކަ ވިޔާމަކާ ނުދައްކައެވެ.އެހެންކަމުން ފަރީޝާ ބޭރަށް ނިކުންނަ ކޮންމެފަހަރު ވިޔާމާ ނަތާޝާއާ ދެމީހުން ތިބެނީ ލޯބިން ގައިގޯޅިކޮށެވެ.އެއީ އަބަދު އެމަންޒަރު ފެންނަން ވެއްޖެނަމަ ފަރީޝާގެ ހިތަށް އުދަނގޫވެގެން ވަރިއަށް އެދިދާނެ ކަމަށެވެ.ވީވެސް އެހެންނެވެ.އަބަދު ނަތާޝާއާ ވިޔާމާ ދެމީހުން އެކުގައި ފެންނަން ފެށުމުން ފަރީޝާގެ ހިތަށް އުދަނގޫވާން ފެށިއެވެ.އެހެންކަމުން މާލެއަށް ދިރިއުޅުން ބަދަލުކުރަން ފަރީޝާ ނިންމިއެވެ.
މާލެދާން ލާރިކޮޅެއް އެއްކުރަން ވަޒީފާއަކަށް ދިޔަކަންވެސް ފަރީޝާގެ ހަރަކާތްތައް އަބަދުވެސް ގާތުން ބަލަމުންދާ ވިޔާމަށް އެނގެއެވެ.ނަމަވެސް އެކަމުގެ ވާހަކަ އޭނާ ފަރީޝާއާ ނުދެއްކީ އޭނާގެ އަޅާލުން ފަރީޝާއަށް ނުދައްކަން ވެގެންނެވެ.ރުފިޔާ އެއްވުމުން މާލެދާ ވާހަކަ ބުނަންވެގެން ވިޔާމްގެ އިންތިޒާރުގައި ފަރީޝާ ގޯތިތެރޭގައްޔާއި، ވިޔާމްގެ ކޮޓަރި ދޮރުމަތީގައި އެނބުރެން ފެށިއެވެ. އެމަންޒަރު ވިޔާމްގެ މަންމައަށް ފެނިގެން އެޚަބަރު ވިޔާމަށް ދިނެވެ.އެހެންކަމުން ފަރީޝާ ކޮޓަރިއަށް ވަތްވަގުތު ނަތާޝާ އަވަހަށް ބޭރަށް ނިކުތެވެ.އަދި ފަރީޝާ ކޮޓަރިން ނިކުތްވަގުތަށް ވިޔާމާ ނަތާޝާއާ ދެމީހުން ބޭރުން އަންނަހެން ފަރީޝާ ހުރަސްކޮށް ވިޔާމް ކޮޓަރިއަށް ވަނެވެ.
އެރޭ ފަރީޝާ ބަލަންހުރިގޮތުންނާ އޭނާގެ ހަރަކާތްތައްް ހުރިގޮތުން ވިޔާމް ކައިރި ވާހަކައެއް ބުނަންއުޅޭހެން ވިޔާމަށް އިހުސާސް ކުރެވުނެވެ.އެހެންކަމުން ފަރީޝާއަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާއި ބަނޑުހައިވެސް ވެފަވާތީއާއެކު ކާންވެގެން ކާގެއަށް ވިޔާމް ވަނެވެ.އޭނާގެ ފަހަތުން ފަރީޝާ ދިޔަކަން އެރޭ ވިޔާމަށް އެނގެއެވެ.ނަމަވެސް ނުފެންނަކަމަށް ހެދިގެން ވިޔާމް ކާންއަޅަން އުޅުނެވެ.
ވިޔާމް އަމިއްލައަށް ކާންއަޅަން އުޅެންފެށުމުން ފަރީޝާ އެތަނަށް ވަދެ ވިޔާމަށް ކާންހެދިއެވެ.އަދި ވިޔާމްގެ ކުރިމައްޗަށް ވާގޮތަށް ފަރީޝާ އިށީންދެ ވިޔާމަށް ބަލަން އިނެވެ.ފަރީޝާ އިންގޮތުން އޭނާ އެއުޅެނީ ކޮންމެވެސް ވާހަަކައެއް ދައްކަން ކަން ވިޔާމަށް ޔަގީންވިއެވެ.އެހެންކަމުން އޭނާ ފަރީޝާ ގާތު ކިހިނެއްވީތޯ އަހާލިއެވެ.
އޭނާ މާލެ ބަދަލުވާން އުޅޭ ޚަބަރު ވިޔާމަށް އެރޭ ދިނެވެ.އެޚަބަރު ލިބުމާއެކު ވިޔާމް ކޮށިއެރީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ.ފަރީޝާ މާލެދާ ވާހަކަ ބުނުމުން ވިޔާމްގެ ހިތަށް ހީވީ ހޫނުފެން އެއްޗެއް އޮއްސާލިހެންނެވެ.އެހެންނަމަވެސް އެކަން ފޮރުވަން މަލާމާތުގެ ރާގަށް ރުފިޔާ ބޭނުންވަނީތޯ އަހާ ފަރީޝާއަށް ޖެއްސުމަށް ވިޔާމް ވާހަކަދެއްކިއެވެ.އެރޭ ފަރީޝާ ވަރީގެ ވާހަކަދައްކަން އުޅުނެވެ.ނަމަވެސް އެވާހަކަ އެއްކޮށް އަޑުއަހާނެ ހިތްވަރު ވިޔާމްގެ ނެތުމުން ފަރީޝާއަށް “ވަރި” އެބަސް ބުނެވުމާއެކު ވިޔާމް އޭނާ ހުއްޓުވިއެވެ.އަދި ފަރީޝާ ވަރިއަށް އެދުނަސް އޭނާއަށް މާބޮޑުކަމެއް ނުވާނެކަން ފަރީޝާއަށް ދެއްކުމުގެ ނިޔަތުގައި ފޯމުނެގުމަށަާއި، އޭގައި ސޮއެކުރާނަން ކަމަށް ވިޔާމް ބުނެލިއެވެ.އަދި ފަރީޝާ ކޮންމެ ތަނަކަށް ދިޔަޔަސް އޭނާއަށް ވަރިހަމަކަމަށް ބުނެ ކާން އިން ބަތްތަށި ބެހެއްޓުމަށްފަހު ވިޔާމް އަވަހަށް އެތަނުން ނިކުތެވެ.
ކާގެއިން ނިކުމެގެން އަވަސް ހިނގުމުގައި ކޮޓަރިއަށް ވަތް ވިޔާމް ރޯން ފެށިއެވެ.އަދި ވިޔާމްގެ އިންތިޒާރުގައި އޭނާގެ ކޮޓަރީގައި އިން މަންމައަށ،ް ފަރީޝާ ވަރިއަށް އެދުނުވާހަކައާއި މާލެބަދަލުވާން އުޅޭ ވާހަކަ ބުންޏެވެ.އޭގެ އަނެއްދުވަހު ވަރިއަށް އެދޭ ފޯމު ފަރީޝާ ރަށު ކޯޓުން ނެގި މަންޒަރު، ފަރީޝާގެ ފަހަތުން ފާރަލަމުން ދިޔަ ވިޔާމަށް ފެނުނެވެ.ފޯމު ހިފައިގެން ކޯޓުން ފަރީޝާ ނިކުމެގެންދާ މަންޒަރުބަލަން ކަރުނައިން ފުރިފައި އެދުވަހު ވިޔާމް ހުއްޓެވެ.އޭނާއާ ފަރީޝާގެ ގުޅުން ނިމެން ގާތްވުމުގެ އިހުސާސް ކުރެވުމުން ވިޔާމަށް ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބުނެވެ.
އެދުވަހު ހަތަރުދަމު ވިޔާމްގެ ކަމަކީ ރުއިމެވެ.އިރުއޮއްސި އަނދިރިވި އިރުވެސް ވިޔާމްގެ ދެލޮލުން ކަރުނަ ނުހިކެއެވެ.ވިޔާމް ކޮޓަރިތެރޭގައި އޮވެ ރޯތީ އޭނާގެ މަންމައައެވެ.އަދި ވިޔާމަށް ވިސްނައިދީ ހިތްވަރުދިނެވެ.ކަންތައްތައް ފަހުގެ މަރުހަލާއަށް ގެންދިއުމަށްފަހު، ކޮންމެވެސް އެއްގޮތަކަށް ކަންތައް ނިންމަން އޭނާގެ މަންމަ ވިޔާމަށް ނަސޭހަތްތެރިވިއެވެ.ފަރީޝާދެކެ ވިޔާމް ލޯބިވެ އަދި ފަރީޝާއާ ވަކިވާންޖެހުމުން ހިތާމަކުރާއިރ،ު ވިޔާމަށް ކެންސަރުޖެހިފައިވާ ވާހަކަބުނެ ފަރީޝާއާއެކު ވިޔާމްގެ އުމުރު ހަމަަވަންދެން އުޅުމަށ،ް ނުވަތަ ވިޔާމް އެދުނުފަދައިން ފަރީޝާއަށް ވިޔާމްގެ ވަކިވެދިއުމުގެ ހިތާމަ ނުދިނުމަށް އޭނާއާ ވަކިވުމަށް ވިޔާމްގެ މަންމަ ބުންޏެވެ.
މަންމަ އެހެންބުނުމުން މަންމަގެ ބަސްތަކާ ދޭތެރޭ ވިސްނާލުމަށްފަހު ފަރީޝާއާ ކުރިމަތިލާން އޭނާ ނިންމިއެވެ.މުޅިން ހަމައަކަށް އެޅިލައިގެން ވިޔާމް ފަރީޝާގެ ކޮޓަރި ދޮރުގައި ޓަކިޖަހަން އުޅުނު ވަގުތުް ވަސީމާގެ ކޮޓަރިން ނިކުމެގެން އައި ނަތާޝާ ވިޔާމްގެ ކޮޓަރިއަށް، ވިޔާމްގެ މަންމަގާތަށް ވަނެވެ.
ވިޔާމް ޓަކިޖެހުމުން ފަރީޝާ ދޮރުހުޅުވިއެވެ.އަދި ވަރިފޯމު ކޮބާތޯ ދޮރުހުޅުވުމާއެކު ވިޔާމް އަހާލިއެވެ.ވަރިފޯމުގައި ސޮއިކުރުމަށްފަހު ވިޔާމް އެނބުރި އޭނާގެ ކޮޓަރިއަށްވަދެ ކަރުނަ އޮހޮރަން ފެށިއެވެ.
**********
“ދަރިފުޅާ؟” ވިޔާމް ހިޔާލަކަށް ގެއްލިފައި އިނުމުން އޭނާގެ މަންމަ ދެވަނަފަހަރަށް ގޮވާލިއެވެ. “އެ؟…ކީކޭ؟” ސިހިގެންދިޔަ ވިޔާމް އޭނާގެ މަންމައަށް އަހާލިއެވެ. “މަންމަ ބުނީ ދަރިފުޅު ތިހާ ދެރަވަންޏާ ހަގީގަތް ފަރީޝާއަށް ކިޔައިދޭންވީ ނޫންހޭ؟” ވިޔާމްގެ މަންމަ ބުނެލިއެވެ. “ނޫން މަންމާ…އަހަރެން މިހިތާމައިގަަ އުޅެންޖެހުނަސް އަހަރެން ބޭނުމެއްނޫން ފަރީޝާ ދެރަކުރާކަށް…އަހަރެން ބަލިކަން އިނގިއްޖެނަމަ އޭނަ އަހަރެން ދުލެއްނުކުރާނެ…މަންމައަށްވެސް އެނގެއެއްނު ފަރީޝާ ދަރިއަކުް ބޭނުންވާވަރު…އަހަންނަށް އެކަންވެސް ފަރީޝާއަށް ނުކޮށްދެވޭއިރު އޭނާގެ އުންމީދާއި ހަޔާތް އަހަންނާ ހެދި ބޭކާރުވެގެންދާކަށް އަހަރެން ބޭނުމެއްނުވޭ….މާދަމާވެސް އަހަރެން ދުނިޔެއިން ވަކިވެއްޖެނަމަ ފަރީޝާ ފަކީރު ހާދަ ދެރައެއްވާނޭ މަންމާ..އެކަމަކު މިހެން ހެދީމަ އޭނަ އަހަރެންމަތިން ފޫހިވެ އަހަރެން ހަނދާން ނައްތާލަން ފަސޭހަވާނެ” ވިޔާމް ރޮމުން ބުނެލިއެވެ.ވިޔާމްގެ ބަސްތަކުން ފެންކަޅިވެފައި އޭނާގެ މަންމަ އިނެވެ.
“ނަތާޝާ ވަރަށް ބޮޑަށް ޝުކުރިއްޔާ!…ފަރީޝާ މާދަމާ ފުރާނެހެން ހީވަނީ އެހެންވީމަ ދެން ނަތާޝާ އެނބުރި ރަށަށް ދިޔަސް މައްސަލައެއްނެތް…ނަތާޝާ ވެދިން އެހީ އަބަދުވެސް ހަނދާންކުރާނަން” ރޯންއިން ވިޔާމް ލޯފުހެ ހަމައަކަށް އެޅިލުމަށްފަހު ނަތާޝާއަށް ބުނެލިއެވެ.ވިޔާމްގެ ހާލަތުފެނި ދެރަވެފައި އިން ނަތާޝާ ވިޔާމްގެ ބަހަށް އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
***********
ހެނދުނުވެ އިރުއެރި އިރުވެސް ވިޔާމްގެ އިތުރުން ފަރީޝާއަށް ވެސް ނުނިދިފައި އޮވެވުނެވެ.ދެމީހުންވެސް އެކަކުއަނެކަކާ ވަކިވާން ޖެހުމުން ރޮއެހިތާމަކުރިއެވެ.ތެދުވާހިތް ނުވެފައި ވިޔާމް އޮއްވާ މީހަކު ކޮޓަރިދޮރުގައި ޓަކިޖެހިއެވެ.އެނދުގައި އޮތް ވިޔާމް މަޑުމޮޅިކަމާއެކު އެނދުން ތެދުވެގެންގޮސް މަޑުމަޑުން ދޮރުހުޅުވާލިއެވެ.ދޮރުމަތީގައި ހުރި ފަރީޝާ ފެނުމާއެކު ވިޔާމްގެ މޫނުމަތީ ކުލަވަރު ބަދަލުވެ ހަރުކަށި ވެލިއެވެ. “ކިހިނެއްވީ؟” ހަރުކަށިކަމާއެކު ވިޔާމް އަހާލިއެވެ. “ދިހައެއް ޖަހާއިރު ކޯޓަށް ދާން ކިޔައިފަ އެބައިން” ފަރީޝާ ބުނެލިއެވެ. ފަރީޝާ އެހެންބުނުމާއެކު ރުޅިމޫނު ހަދާލުމަށްފަހު އާނ އެކޭ ބުނެ ވިޔާމް ދޮރުޖެހިއެވެ.ދޮރުޖެހުމާއެކު ދޮރުގައި ލެނގިލުމަށްފަހު ވިޔާމް ރޯންފެށިއެވެއެ.ވިޔާމްގެ ކޮޓަރިދޮރުމަތީ ހުރި ފަރީޝާގެ ހާލަތަކީވެސް އެޔެވ.ެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





