Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (28)

lamhus Level 910 Stories100 Login500 Login100 Stories100 Comments
February 23, 2022 3 Mins Read
0 Comments

“ނަތާޝާއާާ ދިމާލަށް އެއްޗެހިކިޔާ ނުހަދާތި…އޭނައަކީ މާބަނޑުމީހެއް އޭނައަށް ކަމޭހިތަންވާނެ…ވިޔާމާ ނަތާޝާއާ ދެމީހުން މިހަފްތާގަ ކައިވެނިކުރާނެ…..ރޭގަ ކާގެތެރޭގަ ތިބެގެން އެމަޝްވަރާ އަހަރެމެން ކުރީ….ވިޔާމަކަށް ނަތާޝާ ނެރެއެއްލައެއް ނުލެވޭނެ އެއީ އޭނަގެ ބަނޑުގަ އެވަނީ ވިޔާމްގެ ލޭ…އެހެންވީމަ އެންމެ ރަނގަޅުގޮތަކީ އެދެމީހުން ކައިވެނިކުރުން…އަހަންނަށްވެސް އިނގޭ ފިރިމީހާ އެހެންމީހަކާ އިންނަ މަންޒަރު ފެނުމުން ހިތަށް އަސަރުކުރާނެކަން އެހެންވެ މިވާހަކަ ފަރީޝާ ގާތު މިބުނެލީ ކުރީބައިގަ” މައިދައިތަ އެެހެންބުނުމުން ފަރީޝާ މައިދައިތައާ ދިމާލަށް ބަލައިލިއެވެ.

*****

ހެނދުނުގެ ސައިގަނޑި ޖެހުމުން ފަރީޝާ ފިޔަވައި އެންމެންވެސް ކާމޭޒުދޮށަށް ޖަމާވިއެވެ.ފަރީޝާ ކާހިތްނުވުމުން ކާންދާހިތް ނުވެފައި ކޮޓަރީގައި އޮތެވެ.ފަރީޝާ ކާން ނައިސްގެން އޭނާ ހޯދަން އެެއްވެސް މީހަކު ނާދެއެވެ.އިރުގަނޑަކަށްފަހު ކާގެ ސާފުކުރަން މައިދައިތަ އައިސް ފަރީޝާއަށް އެންގިއެވެ. “އަހަރެން މިދަނީ އޮފީހަށް…ވިޔާމާ ބައްޕަވެސް ހިނގައްޖެ އޮފީހަށް…ގޭގަ ހުންނާނީ ނަތާޝާ އެކަނި ދޮންތަވެސް ހިނގައްޖެ ބޭރަށް…އެހެންވީމަ އޭނަ ބުނާ ކަންކަން ފަރީޝާ ކޮށްދޭތީ….އަހަރެން ނަތާޝާ ކައިރިވެސް ބުނިން ކަމަކު ބޭނުންވަންޏާ ފަރީޝާ ކައިރި ބުނާށޭ” މައިދައިތަ ނިކުންނަމުން ބުނެލިއެވެ.ކިތަންމެ ހިތް ނުރުހުނަސް މައިދައިތަގެ ބަހަށް ތަބާވުން ނޫންގޮތެއް ފަރީޝާއަށް ނެތުމުން އެކަމަށް އޭނާ އެެއްބަސްވިއެވެ.ނަމަވެސް ފަރީޝާ ކައިރި އެއްވެސް ކަމެއްކުރުމަށް ނަތާޝާ ނުބުނެއެވެ.

******

އެދުވަހަށްފަހު އެންމެންވެސް ސަމާލުކަން ދޭންފެށީ ނަތާޝާއަށެވެ.ފަރީޝާގެ ހާލު ބަލާލާނެ އެއްވެސް މީހަކު އެގޭތެރޭގައެއް ނެތެވެ.ކުޑަމިނުން އޭނާހުރީ ކައިގެންތޯ ބަލާލާނެ މީހަކުވެސް ނުވެއެވެ.ފަރީޝާއަކީ މިހާރު ނެތްމީހެއްފަދައެވެ.ކަމަކު ކިޔަންނޫންގޮތަށް އެކަކުވެސް އޭނާއާ އަނގައިން ނުބުނާތާ ބަލައިވެސް ނުލައެވެ.ވިޔާމާ ނަތާޝާގެ ގުޅުން ފަޅާއެރި ރެއިން ފެށިގެން ފަރީޝާ ކެއުމާދުރުވިއެވެ.މަސައްކަތްކޮށް ނިންމާފައި ގިނަވަގުތު އޭނާ މިހާރު ހޭދަކުރަނީ ކޮޓަރިތެރޭގައި ރުއިމުގައެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ނަތާޝާއާ ވިޔާމް ކައިވެނިވިއެވެ.އެރޭ ގޭއެންމެން ނަލަހެދިގެން ޕާޓީއަށް ދިޔައިރުވެސް ފަރީޝާ ނުދެއެެވެ.އެއީ އެދެމީހުން އެކުގައި ފެންނަ މަންޒަރުބަލަން ފަރީޝާގެ ހިތަށް އުދަނގޫވެ ދެރަވާތީއެވެ.

ކައިވެނީގެ ކުރިންވެސް ނަތާޝާއަކީ ގޭގެ އެއްވެސް މަސައްކަތެއްކުރި މީހެއްނޫނެވެ.ނަތާޝާ ބަނޑުބޮޑުވުމުން ގޭމީހުން އޭނާލައްވާ މިހާރު އަމުދުން މަަސައްކަތެއް ނުކުރުވައެވެ.އެންމެކުޑަމިނުން ކައިފަ ކޭތަށިވެސް ނަތާޝާ ދޮވުނަކަ ނުދެއެެވެ.

***********

މަހެއް ފާއިތުވެދިޔައީއެވެ.ކޮޓަރީގައި އިނުމަށްފަހު ރޭގަނޑު ވެލުމުން ބޭރަށް ފަރީޝާ ނިކުމެލިއެވެ.އޭރު ގަނޑިން ދަންވަރު އެކެއްޖެހީއެވެ.ގޯތިތެރެއަށް ނިކުތް ފަރީޝާއަށް ޖޯލީގައި ތިބި ވިޔާމާ ނަތާޝާ ފެނުނެވެ.އެދެމީހުން ތިބި ލޯބި ގޮތުން ފަރީޝާގެ ހިތަށް ވަރަށް އަސަރުކުރިއެވެ.އެހެންކަމުން އޭނާ އަވަހަށް ކޮޓަރިއަށް ވަނެވެ.އޭނާއަށް އަބަދުވެސް ފެންނަނީ އެދެމީހުން އެކުގައި ލޯބިންތިބޭ މަންޒަރެވެ.އަބަދު އެމަންޒަރުތައް ފެންނަން ފެށުމުން ފަރީޝާއަށް ލިބެމުންދަނީ ވޭނީ ހިތާމައެެވެ.މިހާރުގެ ވިޔާމް ކުރިން ލޯބިން އުޅުނު ވިޔާމަށް ބަދަލުކުރަން ފަރީޝާ ކިތަންމެހާވެސް ބޭނުމެެވެ.ކުރިން ފަރީޝާމެން އުޅުނު ލޯބި ހަޔާތް އަލުން އަނބުރާ ގެންނަން އިންތިހާއަށް ބޭނުންވެއެވެ.އެހެންނަމަވެސް ވިޔާމް ބުނިހެން މިހާރު ވަގުތުފާއިތު ވެއްޖެއެވެ.ދެން ފަރީޝާ ކިތަންމެ މަސައްކަތެއް ކުރިޔަސް ވިޔާމްގެ ލޯބި ހޯދުން އެއީ ނާދިރުކަމެކެވެ.އެއީ މިހާރު ވިޔާމް އެވަނީ ނަތާޝާއާއެކު ދިރިއުޅުމެއް ފަށާ، ދަރިއަކު ހޯދާ އެދިރިއުޅުމުގައި ކުލަޖައްސާފައެވެ.ފަރީޝާއަށް ދެން ވިޔާމްގެ ހިތުން ޖާގައެއް ނުލިބޭނެކަން އިނގެއެވެ.އެހެންކަމުން އެދެމީހުންގެ އެލޯބި ހަޔާތުން އަލްވަދާއުކިޔަން ފަރީޝާ ނިންމިއެވެ.

އެކިގޮތްގޮތުން ވަރަށް ވިސްނުމަށްފަހު، މާލެއަށް ދިރިއުޅުން ބަދަލުކުރަން ފަރީޝާ ނިންމިއެވެ.ދޮންމަންމައާ ހެދި ބައްޕައާއެކުވެސް ދިރިއުޅެވެން ނެތުމާއެކުގައެވެ.ދަރިންހޯދަން ފަރުވާކުރި ދުވަސްކޮޅު ވިޔާމް ފަރީޝާ ގޮވައިގެން މާލެގޮސްފައިވާތީ އޭނާއަށް އެތަން އަލެއް ނުވާނެެއޭ ފަރީޝާގެ ހިތަށްއެރިއެެވެ.އެހެންކަމުން އެތަނަށް ގޮސް ވަޒީފާއެއް ހޯދައިގެން ދިރިއުޅޭނީ ކަމުގައި ފަރީޝާ ނިންމިއެވެ.އެކަމަކު މާލެދާން ޓިކެޓްނަގާނެ ރުފިޔާއެއްވެސް އަދި ގޮއްސަ ތަނެއްހިފާނެ ވަރުވެސް އޭނާގެ އަތުގައި ނެތުމުން ރުފިޔާ ލިބޭނެ ކަމެއްކުރަން ފަރީޝާ ނިންމިއެވެ.

ނަތާޝާ ބަނޑުބޮޑުވި ފަހުން ވަސީމާގެ ފިހާރައަށް ސޭޓަކު ހޯދަން އިއުލާންކޮށްފައިވެއެވެ.އެހެންނަމަވެސް އެތަނަށް ދާކަށް ފަރީޝާ ބޭނުމެއްނުވިއެވެ.ވަޒީފާއެއް ލިބޭތޯ ފަރީޝާ މަސައްކަތް ފެށިއެވެ.އެކި މީސްމީހުން ކައިރި އަހައިގެން އެންމެފަހުން އޭނާއަށް މަސައްކަތެއް ލިބުނެވެ.ފަރީޝާގެ މަސައްކަތަކީ ގެއެއް ކުނިކަހާ ސާފުކޮށްދިނުމެވެ.ކޮންމެ ދުވަހަކު ދެއިރު ގޭތެރެ ސާފުކުރަން ފަރީޝާ ދާންޖެހެއެވެ.ތަނަކީ ފުދޭވަރެއްގެ ތަނަވަސްބައެއް ދިރިއުޅޭ ތަނަކަށްވާތީ ދުވާލަު ދުވިސައްތަ ރުފިޔާއަށް ދެއިރު އެތަނަށް މަސައްކަތް ކުރަން ފަރީޝާ ދާންފެށިއެވެ.

މަސައްކަތް ދިން މީހުންނަކީ އަލަށް އެރަށަށް ދިރިއުޅުން ބަދަލުކުރި ބައެއްކަމުން ފަރީޝާއަކީ ކޮންގެއެއްގެ ކާކުކަމެއް އެމީހުންނަކަށް ނޭނގޭތީއާއި، ފަރީޝާ މަސައްކަތަށްދަނީ ގޭތެރޭގައި ކުރަންޖެހޭކަމެއްކޮށް ގޭތެރޭގެ މަސައްކަތްތަކަށް ފުށުނާރާނެ ގޮތަށް ކަމަށްވާތީ، ފަރީޝާ ވަޒީފާ އަދާކުރާކަމެއް ވިޔާމްމެނަކަށް ނޭނގެއެވެ.

ފަރީޝާގެ މަސައްކަތުގެ ފަރުވާތެރިކަމާ ފުރިހަމަކަމުގެ ސަބަބުން އެމީހުން އޭނާއަށް ދޭ އުޖޫރަ ބޮޑުކުރިއެވެ.ފަރީޝާ ދިޔައީ އޭނާއަށް ލިބެމުންދިޔަ ހުރިހާ ރުފިޔާއެއް ރައްކާކުރަމުންނެވެ.ދެމަހު ދިރިއުޅެވޭނެ ވަރަށް ފައިސާ އެއްވުމުން ފަރީޝާ  މާލެ ފުރަން ތައްޔާރުވިއެވެ.ފަރީޝާ ފުރަންއުޅޭ ޚަބަރު ވިޔާމަށް ދޭން އޭނާ ގެއަށް އަންނާނެ އިންތިޒާރެއްގައި ފަރީޝާ ހުއްޓެވެެ.ރޭގަނޑު ދިހައެއްޖެހިއިރު ނަތާޝާއާއެކު ވިޔާމް ބޭރުގައި އުޅެފައި ގެއަށް ވަންނަނީއެެވެ.ފަރީޝާ ބޭނުންވީ ވިޔާމާ އެކަނިވެލުމަށްފަހު އެވާހަކަދައްކާށެވެ.އެހެންކަމުން ވިޔާމް އެކަނިވާނެ ވަގުތަކަށް ފަރީޝާ ބަލަބަލަހުއްޓެވެ.

ތިން ގަނޑިއިރުގެ އިންތިޒާރު ނިމުމަކަށް އައީ ވިޔާމް އެކަނި ކޮޓަރިން ނިކުތްތަން ފެނުމުންނެވެ.އެހެންކަމުން ފަރީޝާ ވިޔާމްގެ ފަހަތުން ދިޔައެވެ.އޭނާ ފަހަތުން އައިކަމެއް ވިޔާމަކަށް ނޭނގެއެވެ.ގޯތިތެރެއަށް ނިކުތް ވިޔާމްގެ މިސްރާބުހުރީ ކާގެއާ ދިމާލަށެވެ.އެހެންކަމުން ފަރީޝާވެސް އޭނާގެ ފަހަތުން ދިޔައެވެ.ކާގެއަށްވަތް ވިޔާމް ކާތައްޓެއް ނެގުމަށްފަހު ދޮވުނެވެ.އެހެންކަމުން އޭނަ އެއުޅެނީ ކާންވެގެންކަން މަންޒަރުބަލަންހުރި ފަރީޝާއަށް އެނގުނެވެ.

ވިޔާމާއެކު ފަރީޝާ އުޅުނު ފަސްއަހަރުގައިވެސް ދުވަހަކުވެސް އޭނާ އަމިއްލައަށް ކާން އަޅައިގެން ކައިފައެއް ނޯންނާނެއެވެ.އެހެންކަމުން ވިޔާމް އެކަނި ކާންއަޅަންއުޅޭ މަންޒަރުފެނި ފަރީޝާގެ ހިތަށް އަސަރުކުރިއެވެ.ވިޔާމް އޭނާއާ ދޭތެރޭގައި ރަހުމުނުކުރިއަސް ފަރީޝާ ވިޔާމަށް ރަހުމުކުރެއެވެ.އެެހެންކަމުން ފަރީޝާ ކާގެތެރެއަށް ވަނެެވެ.

“ބަނޑުހައިވެގެންތަ ތިއުޅެނީ؟..މަޑުކުރޭ ކާން ހަދައިދޭނަން” ފަރީޝާ ބުނެލިއެވެ.ފަރީޝާ ފެނުމުން ވިޔާމް އޭނާއާ ދިމާލަށް ބަލައިލިއެވެ. “އަދި އަނގައިން އެއްޗެކޭ ނުބުނެ ގޮނޑިދަމާލުމަށްފަހު މޭޒުދޮށުގައި އިށީނެވެ.ވިޔާމް އިށީނުމުން އޭނާއަށް ފަރީޝާ ކާންހަދަން އުޅުނެވެ. “ކޮބާ ނަތާޝާ؟” މޭޒުމައްޗަށް ކާއެއްޗެހި އަތުރަމުން ފަރީޝާ އަހާލިއެވެ.

“އޭނަ މިރޭ ވަރުބަލިވާތީ އުޅެނީ” ވިޔާމް ބުނެލީ އާދައިގެ ރާގަކަށެވެ. “މިތާ އިށީންދެލަންތަ؟” ކާން ހަދާނިމުމުން ފަރީޝާ އަހާލިއެވެ.ފަރީޝާގެ އެސުވާލަށް ވިޔާމް ޖަވާބުނުދީ ކާންފެށިއެވެ.ކުޑަވަގުތުކޮޅަކު ވިޔާމަށް ބަލަންހުރުމަށްފަހު، އޭނާގެ ކުރިމައްޗަށް ވާގޮތަށް ފަރީޝާ އިށީނެވެ.އަދި ވިޔާމް ކާމަންޒަރުބަލަން ފަރީޝާ އިނެވެ. “ކިހިނެއްވީ؟” ފަރީޝާ ބަލަންއިނުމުން ވިޔާމް އަހާލިއެވެ. “ވާހަކައެއް ބުނަންވެފަ އެބައޮތް” އެހެންބުނެ ފުންނޭވާއެއް ފަރީޝާ ދޫކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ބުނެބަލާ ލޯބިވޭ 9

Next

އުމުރަށް ކަލާގެ ނަން (ކިޔުންތެރީން ގެ ސަމާލުކަމަށް).

Next
February 24, 2022

އުމުރަށް ކަލާގެ ނަން (ކިޔުންތެރީން ގެ ސަމާލުކަމަށް).

Previews
February 23, 2022

ބުނެބަލާ ލޯބިވޭ 9



All Right Reserved!