Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (36)

lamhus Level 910 Stories100 Login500 Login100 Stories100 Comments
March 10, 2022 3 Mins Read
2 Comments

ދިހައެއް ޖަހަންވާއިރަށް ކޯޓަށްދާން ވިޔާމް ތައްޔާރުވާން އުޅުނެެވެ.މިއަދު އޭނާގެ ހިތުގައިވަނީ ފުންމިން ނޭނގޭ ބޮޑު ޒަޚަމެއް އެޅިފައެވެ.ތައްޔާރުވާން އުޅުނުއިރުވެސް އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް އޮހޮރެމުން ދިޔައެވެ.

ކޯޓަށްދާން ތައްޔާރުވެ ނިމުމަށްފަހ،ު ހުރިހާ އަންނައުނުތަކެއް ފޮއްޓައް އަޅާ ތައްޔާރުކުރަން ފަރީޝާ އުޅުނެވެ.ފަހަރަކު އަންނައުނެއް ފަތްޖަހަމުންދިޔަ ފަރީޝާގެ ދެލޮލުންވެސް ކަރުނަތައް ހިފެހެއްޓުމެއްނެތި އޮހޮރެމުންދިޔައެވެ.އެއްޗެހިތައް ޕެކުކޮށް ނިމުމުން މޭޒުމަތީގައިވާ ލޯންޗު ޓިކެޓް ނެގުމަށްފަހު އެނދުގައި ފަރީޝާ އިށީނެވެ.އަދި އެޓިކެޓާ ދިމާލަށް އޭނާ ބަލައިލިއެވެ.މެންދުރު ބާރައިގައި ފުރަން ހަމަޖެހިފައިވާ ލޯންޗުން ފުރަން ޓިކެޓްވެސް އޭނާ ނަގާފައިވުމުން، މިއަދަކީ ފަރީޝާ އެރަށުގައި ހުންނާނެ އެންމެ ފަހުދުވަހެވެ.ޓިކެޓް އެނދުމަތީގައި ބާއްވާލުމަށްފަހު ފޯނުނަގާ ހުޅުވާލިއެވެ.އަދި ފަރީޝާއާ ވިޔާމާ ދެމީހުން ލޯބިން އުޅުނުއިރުގެ ލޯބި ފޮޓޯތައް ބަލަންފެށިއެވެ.އެއްފޮޓޯގައި ދެމީހުން އެކުގައި ހެވިފައި ހުރިއިރު އަނެއްފޮޓޯގައި ވިޔާމްގެ މޫނުގައި ފަރީޝާ ފުށް ހާކާފައިހުރި ފޮޓޯއެއްވެސް ވެއެވެ.

އެފޮޓޯ ފެނުމުން އެދުވަހުގެ ހަނދާން ފަރީޝާއަށް އާވިއެވެ.އެއީ ގޭއެންމެން ދަތުރުދިޔަ ދުވަހެކެވެ.އެދުވަހު ވިޔާމް އަރާމުކޮށްލަން ޖައްސާލިތަނާ އޭނާއަށް ނިދުނެވެ.އެވަގުތު ސަމާސާއެއް ކޮށްލުމުގެ ނިޔަތުގައި ފަރީޝާ ވިޔާމްގެ މޫނުގައި ފުށް ހޭކިއެވެ.ފަރީޝާ ފުށް ހޭކުމަށްފަހު ފޮޓޯއެއް ނެގިއެވެ.އެއީ އެވަގުތުގެ ފޮޓޯއެކެވެ.

ފަރީޝާ ފޮޓޯ ނެގުމާއެކު ވިޔާމަށް ހޭލެވުނެވެ.އަދި ފަރީޝާ ގެންގުޅުނު ފުށް އެތިން ފަރީޝާގެ މޫނުގައި ވިޔާމްވެސް ފުށް ހޭކިއެވެ.ދެން އިން ފޮޓޯގައިވަނީ ދެމީހުން މޫނުގައި ހުދުފުށް ހާކައިގެން ހެވިފައި ތިބި މަންޒަރެވެ.އެފޮޓޯ ފެނުމާއެކު ކުރަމުންދިޔަ ހިތާމަތައް ފިލިކަހަލައެވެ.ފަރީޝާގެ ތުންފަތްމައްޗަށް އިހުތިޔާރަކާނުލާ ހިނިތުންވުމެއް ވެރިވިއެވެ.

ވިޔާމްގެ ފޮޓޯތައް ބަލަމުން ފަރީޝާ ދިޔައިރު ވިޔާމްވެސް ދިޔައީ ފަރީޝާގެ ފޮޓޯތައް ބަލަމުން ހިތާމަކުރަމުންނެވެ.އޭނާގެ ހަޔާތުން ފަރީޝާ ވަކިވިއަސް އެހިތަކުން ފަރީޝާ ދުވަހަކުވެސް ފިލައިގެން ނުދާނެކަން ވިޔާމަށް ގައިމެވެ.ފަރީޝާގެ ހާލަތަކީވެސް އެޔެވެ.ވިޔާމް ކަހަލަ އަނިޔާވެރިއެއްގެ ފޮޓޯތައް އޭނާގެ ފޯނުގައި ބަހައްޓަން ފަރީޝާ ބޭނުމެއްނުވެއެވެ.އެހެންނަމަވެސް އޭނާގެ ހިތް އެކަން ކުރާކަށް ޖާގައެއް ނުދިނެވެ.ވިޔާމާ ގުޅުންހުރި ކޮންމެއެއްޗެއްވެސް އޭނާއަށް ފުހެލެވިދާނެއެވެ.ނަމަވެސް އެހިތަކުން ވިޔާމް ފުހެނުލެވޭނެއެވެ.ވިޔާމް އޭނާއަށްވި ބޭވަފާތެރިކަމާ ކުރި މަލާމާތާ ހެދި ހުރިހާ ގޮތަކަށް ފަހުވެސް އޭނާއަކަށް ވިޔާމްދެކެ ނަފްރަތެއް ނުވެވުނެވެ.

ދިހައެއް ޖަހަން ކައިރިވުމުން ފަރީޝާ ލޯފުހެލުމަށްފަހު ކޯޓަށް ދާން ކޮޓަރިން ނިކުތެެވެ.އަދި ކުރިމަތިން ފެންނަން ހުރި ވިޔާމްގެ ކޮޓަރިއާ ދިމާލަށް މޮޅިވެރިކަމާއެކު ބަލާލުމަށްފަހު ނިކުންނަން ހިނގައިގަތެވެ.ފަރީޝާ ނިކުމެގެން ދިޔަތަން ބަލަން ހުރުމަށްފަހު މައިދައިތަ ވިޔާމްގެ ކޮޓަރިއަށް ވަނެވެ.އޭރު އެނދުގައި އިށީންދެލައިގެން މޮޅިވެރިކަމާއެކު ވިޔާމް އިނެވެ.

“ފަރީޝާ ހިނގައްޖެ…ދަރިފުޅު ނުދަންތަ؟” ކޮޓަރިއަށް ވަތް ވިޔާމްގެ މަންމަ އަހާލިއެވެ.މަންމަ އެހެން އެހުމުން ހަށި ސީދާކޮށްލުމަށްފަހު ދާންވެގެން އެނދުން ތެދުވަން ވިޔާމް އުޅުނެވެ.އެވަގުތު މަންމަ އޭނާގެ އަތުގައި ހިފާ ހުއްޓުވުމަށްފަހު، ވިޔާމް ކައިރި އިށީނެވެ.މަންމަ އޭނާގެ އަތުގައި ހިފާ ހުއްޓުވުމުން ވިޔާމް އޭނާގެ މަންމައާ ދިމާލަށް ބަލައިލިއެވެ.

“މަންމަމެން ކިތަންމެ ކުރަން ބޭނުންނުވިއަސް ދަރިފުޅުގެ އެދުމަށް ބީރުކަންފަތެއް ނުދޭންވެގެން މަންމަމެން މިއަދާ ހަމައަށްވެސް ފަރީޝާއަށް އެގޮތަށް ކަންތައްކުރީ…ދަރިފުޅާ އެއްބައިވެގެން މަންމަމެންވެސް ދަރިފުޅު ރޭވި ކުޅިވަރުގަ ބައިވެރިވީ…ދަރިފުޅު މަންމައަށް ވިވައުދު ހަނދާން އެބަހުރިދޯ؟….މަންމަ ބުނީމެއްނު ދަރިފުޅުގެ ކުޅިވަރުގަ މަންމަމެންވެސް ބައިވެރިވާނަމޭ އެކަމަކު ދަރިފުޅުވާނޭ އިތުރު ފަރުވާ ހޯދަން ރާއްޖެއިން ބޭރަށްދާން…މަންމަ އެހެންބުނި ދުވަހު ދަރިފުޅު ބުނީމެއްނު އާނއެކޭ ވައުދުވެސް ވީމެއްނު ހަނދާންވޭތަ؟” ވިޔާމްގެ މަންމަ އެހެން އެހުމުން ވިޔާމް ބޯޖަހާލިއެވެ.

“ހަނދާންވަންޏާ ދަރިފުޅުވާނެ އެވައުދު ހިފަހައްޓަން…މަންމަމެން ބޭނުންވޭ ދަރިފުޅު ވީހާވެސް އަވަހަކަށް ބޭރަށް ފުރަން..ކުރިންވެސް ބޭރަށްދާން މަންމަމެން އެދުނިން ދަރިފުޅު ގާތު…އެކަމަކު ދަރިފުޅު އެފަހަރު ބޭރަށް ފުރަން އިންކާރުކުރީ ފަރީޝާއަށް ދަރިފުޅުގެ ބަލި އެނގިދާނެތީ..އެކަމަކު މިހާރު ފަރީޝާ ދަރިފުޅާ އެވަކިވަނީ އެހެންވީމަ މިހާރު ދަރިފުޅަށް ބޭރަށް ދެވޭނެ” ވިޔާމްގެ މަންމަ ބުންޏެވެ.

“އެކަމަކު ޑަކުޓަރުގެ ބަސް މަންމައަށްވެސް އެނގެއެއްނު….އެތަނަށް ދިޔަސް..”ވިޔާމް ބުނަން އުޅުނެވެ. “ޑަކުޓަރުންގެ ބަސް ދިމާނުވާ އެތައްފަހަރެއްވެސްދޭ…ޑަކުޓަރުން އެހެންކިއަސް މަންމަމެން އުންމީދު ގެއްލުވައެއް ނުލަން އެހެންވީމަ ދަރިފުޅުވެސް ނުވާނެ އުންމީދު ގެއްލުވާލައިގެނެއް..ދަރިފުޅު ބޭނުންނުވިއަސް މަންމަމެނަށްޓަކާ އެކަން ކުރަންވާނެ…މަންމައަށްވެސް އިނގޭ ދަރިފުޅު ލޯބިވާ ކުއްޖާ ހަޔާތުން ވަކިވެ ދިޔުމުން ދެރަވާނެކަން…މަންމަމެންވެސް ދެރަވޭ ފަރީޝާ ކަހަލަ ރަނގަޅުކުއްޖަކު ދާތީ” ވިޔާމްގެ މަންމަ އެހެންބުނުމުން ވިޔާމަށް ރޮވުނެވެ.އަދި މަންމަގެ އުނގުގައި ބޯއަޅާލުމަށްފަހު މަންމަމެނަށްޓަކާ ބޭރަށް ފުރާނަން ކަމުގައި ވިޔާމް ބުންޏެވެ.

ހަމައަކަށް އެޅިލަމުން ލޯފުހެލުމަށްފަހު، ވިޔާމް ތެދުވެ ޑުރެސިން ޓޭބަލް ކުރިމަތީ ހުއްޓިލިއެވެ.އަދި މޫނު ރީތިކޮށްލުމަށްފަހު ލޮލުގައި އައިނު އަޅާލިއެވެ.އެއީ އޭނާއަށް ރޮވުނަސް ލޯފޮރުވުމުގެ ނިޔަތުގައެވެ.ވިޔާމަށް ބަލަން އިނުމަށްފަހު އޭނާގެ މަންމަ ކޮޓަރިން ނިކުންނަން ތެދުވި ވަގުތު ވިޔާމް މަންމައަށް ގޮވާލިއެވެ.

“މަންމާ ވިޔާމަށް ފަހުކަން ކޮށްދީ” އެހެންބުނެ އަލަމާރި ހުޅުވާލުމަށްފަހު ސިޓީއުރައެއް ވިޔާމް ނެގިއެވެ. “މިރުފިޔާކޮޅު ފަރީޝާގެ އަންނައުނު ފޮއްޓައް ލައިދީފާނަންތަ؟…މީގަ ނީންނާނެ އެއްވެސް އެއްޗެއްޖަހާފައެއް…އެެހެންވީމަ އޭނައަށް ނޭނގޭނެ މީ ވިޔާމްދޭ އެއްޗެއްކަމެއް…މިއަދު މެންދުރު ބާރަ ޖަހާއިރު އޭނަ ފުރާނެ…އޭނަ ޓިކެޓް ނެގިވާހަކަ ލޯންޗުގެ ކައްޕި އަހަންނަށް އިއްޔެ ގުޅާފަބުނި..ކައްޕިއަށް އިނގޭނެ އަހަރެންގެ ބައްޔާ ހަގީގަތް” ވިޔާމް ބުނެލިއެވެ.

ވިޔާމްގެ އެއެދުން ފުރިހަމަކޮށްދޭނަން ކަމަށްބުނެ އެސިޓީގައި މަންމަ ހިފިއެވެ.އަދި ފަރީޝާގެ އަންނައުނު ފޮއްޓައް ސިޓީއުރަލާން ވިޔާމްގެ މަންމަ އެކޮޓަރިއަށް ވަނުމުން ވިޔާމް ކޯޓަށްދާން ގެއިން ނައްޓާލިއެވެ.ކޯޓު ދޮރުމައްޗަށް ހުއްޓުމާއެކު ވިޔާމްގެ ހިތް ގަދައަށް ތެޅެމުންދިޔައެވެ.އޭނާއަށް ފަރީޝާ ވަރިކުރަން ނުކެރިދާނެފަދަ ހީތައް ވާންފެށިއެވެ.އެހެންނަމަވެސް ފަހުން ފަރީޝާ ވާނެދެރަ ހިތަށް ގެނެސް ހިތްވަރު ނެރެން ވިޔާމް މަސައްކަތް ކޮށްލިއެވެ.

ސައިކަލު ޕާކަށްޖެހުމަށްފަހު ވަރަށް ފުން ނޭވާއެއް ވިޔާމް ދޫކޮށްލިއެވެ.އަދި ހިތްހަރުކޮށްގެންހުރެ ކޯޓުތެރެއަށް ވިޔާމް ވަނެވެ.އެވަގުތު ބޭރު ގޮނޑިބަރިއާ ދިމާލުގައި ފަރީޝާ އިންތަން ފެނުނެވެ.ފަރީޝާއަށްވެސް ވިޔާމް އައިތަން ފެނުނެވެ.އެވަގުތު ފަރީޝާ އިސްދަށަށް ޖަހާލިއެވެ.ވިޔާމް އައިގޮތަށް އައިސް ފަރީޝާ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. “ކޮންއިރަކުތަ ވަންނަންޖެހެނީ؟” ހަރުކަށި ރާގަކަށް ވިޔާމް ފަރީޝާއަށް އަހާލިއެވެ. “އެމީހުން ގޮވާލާނެއޯ” ފަރީޝާ ޖަވާބުދިނީ މޮޅިވެރިކަމާ އެކުގައެވެ.

“އެމީހުން ކައިރި ބުނާތި އަވަސްކުރައްޗޭ..އަހަންނަކަށް މާގިނައިރަކު މިތާ ނީނދެވޭނެ…އަހަރެން ނަތާ ކައިރިއަށް ދާން ޖެހޭނެ..އެހެންނޫނީ އޭނަ އިންނާނީ ފޫހިވެފަ” ފަރީޝާއާ ދިމާލަށް ބަލާލުމަށްފަހު ވިޔާމް ބުނެލީ ހަރުކަށިކަމާއެކުގައެވެ.އެވަގުތު ފަރީޝާ ވިޔާމަށް ބަލައިލިއެވެ.ފަރީޝާ ބަލައިލުމާއެކު ވިޔާމް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ލޯބި ވެވުމުން 14

Next

ހިރާސް (އިއުލާން)

Next
March 11, 2022

ހިރާސް (އިއުލާން)

Previews
March 10, 2022

ލޯބި ވެވުމުން 14

2 Comments!

  1. Inma Imran says:
    March 10, 2022 at 3:04 pm

    So sad story??

    1. lamhus says:
      March 12, 2022 at 11:01 am

      thanks dear?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (37)←


All Right Reserved!