Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (34)

lamhus Level 910 Stories100 Login500 Login100 Stories100 Comments
March 8, 2022 3 Mins Read
0 Comments

ނަތާޝާގެ ކޮޓަރީގެ ދޮރުހުޅުވާލި ފަރީޝާއަށް ވިޔާމާ ނަތާޝާ ގައިގޯޅިވެގެން އޮތް މަންޒަރުފެނި އޭނާ ހުއްޓުންއެރިއެވެ.ފަރީޝާ ކޮޓަރި ދޮރުހުޅުވާލުމުން ރުޅިވެރިކަމާއެކު ނިކުތުމަށް ވިޔާމް ބުނެލީ، ހިތުގައި އެތައްހާސް ޒަހަމުތަކެއް ލެވިފައިވާ ހާލުގައެވެ.ފަރީޝާ ޒުވާބުކުރަން ފެށުމުން ވިޔާމް ހީކުރީ އޭނާ ވަރިއަށް އެދޭނެކަމަށެވެ.ނަމަވެސް ޒުވާބުކުރުން ފިޔަވައި ވަރީގެ ވާހަކަ ނުދެއްކުމުން، ވިޔާމްމެން ކޮށްފައިވާ ޕްލޭނުގެ ދެވަނަބަޔަށް ދިޔައެެވެ.އެއީ ނަތާޝާ އޭނާގެ ދަރިއަކަށް ބަލިވެއިންކަން ދެއްކުމެވެ.އެކަން ކުރަން ގޭއެންމެން އެއްވާން ޕްލޭންކޮށްފައިވާތީ، ފަހަރަކު މީހަކު ވިޔާމްގެ ކޮޓަރިއަށް ޖަމާވަމުންދިޔައެވެ.

އެމީހުން، ކޮށްފައިވާ ޕްލޭނާ އެއްގޮތަށް ކޮޓަރިއަށް ޖަމާވިއިރު، ފަރީޝާ ހީކުރީ އެމީހުން އެއްވީ، އެމީހުން ފަރީޝާ ކުރިމަތީ ބުނި ފަދައިން، ވިޔާމާ އޭނާއާ ދެމީހުން ޒުވާބުކުރާތީ ކަމަށެެވެ.އެރޭ ނަތާޝާ ބަނޑުބޮޑު ޚަބަރު ވިޔާމް ދިނުމާއެކު ކޮޅަށްހުރި ފަރީޝާ ވަގުތުން އެނދަށް ތިރިވި މަންޒަރު ވިޔާމަށް ފެނި އޭނާއަށް އަސަރުކުރިއެވެ.އެހެންނަމަވެސް ވިޔާމަށް ބަލައިފި މީހަކަށް އޭނާގެ ހަރުކަށިކަމާ އަނިޔާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ބޮޑު ހިތާމައެއް ނުފެންނާނެއެވެ.

ނަތާޝާ ބަނޑުބޮޑުކަން އެނގުމުން ކުރި ޕްލޭނާ އެއްގޮތަށް އެންމެންވެސް އޭނާ ގާތްކުރިއެވެ.އަޅާލާ އޯގާތެރިކޮށް ހިތިއެވެ.އެވަރުންވެސް ފަރީޝާ ވަރިއަކަށް ނޭދުނެވެ.އޭނާ ހަމައެކަނި ވިޔާމް ކައިރި އެހި ސުވާލަކީ އެދެމީހުން ގުޅުން ހިންގީ ކޮންއިރަކުތޯއެވެ.އެރޭ ވިޔާމް ފަރީޝާއަށް ތިންދުަވަހަށް ދިިޔަ ދަތުރުގެ ހަނދާން އާކޮށްދިނުމުން، ފަރީޝާއަށް އެކަން ގަބޫލުކުރެވުނެވެ.

ފަރީޝާ ނިކުމޭތޯ ކާގެތެރޭގައި ތިބި މީހުންނަށް އޭނާ ނިކުތްކަން އެނގުމުން ނަތާޝާއާ ވިޔާމްގެ ބުރަކަށީގައި ފިރުމާ ހެވިފައި ވާހަކަދައްކަން ތިބިކަމަށް ހެދުނެވެ.އެމީހުންނާ ދިމާލަށް ފަރީޝާ ބަލަންހުރުމަށްފަހު ގެއިން ނިކުމެގެންދިޔަކަންވެސް އެމީހުންނަށް އިނގެއެވެ.ނަމަވެސް ފަރީޝާ ބޭރަށްދާތަން ނުފެންނަކަމަށް ހަދައިގެން އެމީހުން ތިބީއެވެ.ފަރީޝާ ބޭރަށް ނިކުތުމުން ވިޔާމް ހީކުރީ އޭނާ އެރޭ ވަރިއަށް އެދޭނެކަމަށެވެ.އެހެންކަމުން ފަރީޝާ ނިކުތުމާއެކު ކޮޅަށްހުރި ވިޔާމް ގޮނޑީގައި އިށީންދެ ރޯންފެށިއެވެ.ވިޔާމް ރޯންފެށުމުން އެންމެން އޭނާ ހަމައަކަށް އަޅުވަން ވަރަށް މަސައްކަތް ކުރިއެވެ.

ތިރީސް މިނެޓް ފާއިތުވިއިރުވެސް ފަރީޝާ ގެއަށް ނައުމުން ވިޔާމް އޭނާ ހޯދަން ދިޔައެވެ.އޭނާ ހޯދަން ދާނެ ވަކި މިސްރާބެއްނެތި ހިނގަމުންދިޔަ ވިޔާމަށް، ބަނދަރުމަތީގައި ހުރި އަށްޓެއްގައި ފަރީޝާ އިންތަން ފެނުމުން މަޑުކޮށްލެެވުނެވެ. ފަރީޝާ އިރުކޮޅުކޮޅާ ލޯ ފުހޭތަން ފެނުމުން އޭނާ ރޮނީކަން ވިޔާމަށް އެނގުނެވެ.އެމަންޒަރު ފެނުމުން ވިޔާމްގެ ހިތަށް އިހުނަށްވުރެ ބޮޑަށް އަސަރުކުރިއެވެ.އަދި ކަރުނައިން ފުރިގެންވާ ހާލު ހިތާހިތުން ފަރީޝާއަށް މާފަށް އެދުނެވެ.

އަށީގައި އިން ފަރީޝާ ތެދުވަން އުޅޭހެން ހީވުމުން ވިޔާމް އަވަހަށް ގެއަށް ދިޔައެވެ.އަދި ފަރީޝާ ބަނދަރުމަތީގައި އިން ޚަބަރު ގޭމީހުންނަށް އޭނާ ދިނެވެ.ފަރީޝާ ރޮއެހިތާމަ ކުރާނެކަން އެނގުމުން އޭނާއާ އެކު އެއްކޮޓަރިއެއްގައި އޮންނަން ވިޔާމްގެ ހިތަށް ފަސޭހައެއް ނުވާނެކަން ގޭމީހުންނަށް އޭނާ އެންގިއެވެ.އެހެންކަމުން އެމީހުން ޕްލޭނެއްކުރީ ނަތާޝާއާ ވިޔާމް އެއްކޮޓަރިއަކަށް ނިދަން ވަންނަގޮތަށް ފަރީޝާއަށް ދެއްކުމަށެވެ.

ބަނދަރުގައި އިނުމަށްފަހު ފަރީޝާ ގެއަށް ވަންނަތަން އޭނާގެ މައިދައިތައަށް ފެނުމުން އެޚަަބަރު އޭނާ އެންމެނަށް ދިނެވެ.އެހެންކަމުން ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިއަށް ވަނުމުން، ވިޔާމާ ނަތާޝާވެސް ވިޔާމްގެ ކޮޓަރިއަށް ވަނެވެ.އެރޭ ފަރީޝާ ގެއަށް އައިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ.އެހެންކަމުން އޭނާ ވިޔާމްގެ ކޮޓަރިއަށް ވަންނަން އުޅުނެވެ.ކޮޓަރި ތަޅުލާފައި ހުރުމުން ފަރީޝާ ޓަކިޖެހިއެވެ.އަދި ވިޔާމް ދޮރުހުޅުވިއެވެ.ވިޔާމް ފަރީޝާ ގާތު ނަތާޝާހުރި ކޮޓަރިއަށް ބަދަލުވުމަށް އެންގިއެވެ.

ވިޔާމް އެހެންބުނުމުން އެއްޗެހި ނަގަންކަމަށް ބުނެ ފަރީޝާ އެތެރެއަށް ވަނެވެ.އަދި އޭނާގެ ހުރިހާ އެއްޗެއް ޕެކުކޮށް ނަތާޝާގެ ކޮޓަރިއަށް ފަރީޝާ ބަދަލުވީ ދުލުން އާދެހުގެ އެންމެ ބަހެއްވެސް ބުނެ ނުލައެވެ.އެކަމާ ވިޔާމް ވަރަށް ދެރަވިއެވެ.އެރޭވެސް ވަރީގެ ވާހަކައެއް ފަރީޝާ ނުދެއްކިއެވެ.ނަތާޝާގެ ކޮޓަރިއަށް ފަރިޝާ ވަނުމުން، ،ނަތާޝާ ވަސީމާގެ ކޮޓަރިއަށް ނިދަން ދިޔައެވެ.އަދި އެރޭ ވިޔާމް އޮތީ އޭނާގެ ކޮޓަރީގައި އެކަންޏެވެ.އެރެއަށްފަހު ނަތާޝާ ނިދަނީ ވަސީމާގެ ކޮޓަރީގައެވެ.އަދި ވިޔާމް ނިދަނީ އޭނާގެ ކޮޓަރީގައި އެކަންޏެވެ.އެހެންނަމަވެސް ފަރީޝާއަށް ހީކުރެވިފައިވަނީ އެދެމީހުން ނިދަނީ އެކުގައި ކަމަށެވެ.

އެރެއަށްފަހު އެންމެންވެސް ނަތާޝާ ގާތްކުރީ ވިޔާމްގެ އެދުމަށެވެ.ފަރީޝާއަށް ދައްކަން ވިޔާމާ ނަތާޝާއާ އެކުގައި ތިއްބަސް ދުވަހަކުވެސް އެދެމީހުން އެކަހެރިވެފަކައެއް ނުވެއެވެ.ފަރީޝާއަށް ދައްކަން ވިޔާމާ ނަތާޝާއާ ތިބޭއިރު އަބަދުވެސް ވިޔާމްގެ މަންމަ ނުވަތަ ވަސީމާ އެދެމީހުން ފެންނަ ހިސާބުގައި ލޯމައްޗަށް ނުފެންނަ ގޮތައް ފިލާ ހުރެއެވެ.އެހެންކަމުން މައިދައިތަ ނުވަތަ ވަސީމާ ވިޔާމްމެން ކައިރި ފެންނަން ނެތުމުން އެދެމީހުން ތިބެނީ އެކަނި ކަމުގައި ފަރީޝާއަށް ވަނީ ހީކުރެވިފައެެވ.ެ

އޭގެ އަނެއްދުވަހު ފަރީޝާއަށް ސައިހަދަން އޭނާގެ މައިދައިތަ ގޮވިއެވެ.އަދި ބަދިގެތެރޭގައި ހުރި ފަރީޝާއަށް ވިޔާމާ ނަތާޝާ ކައިވެނިކުރަން އުޅޭކަމަށް މައިދައިތަ ބުންޏެވެ.އެހެންކަމުން ސައިހެދުމަށްފަހު ފަރީޝާ ކޮޓަރިއަށް ވަތްގޮތަށް ސައިބޯކަށް އޭނާ ނުނިކުމެއެވެ.ފަރީޝާ ސައިބޯން ނުނިކުތުމުން ވިޔާމްވެސް ކާހިތެއްނުވިއެވެ.އެހެންކަމުން އޭނާ އޮފީހަށް ދިޔައީ މަންމަމެން ކިޔާވަރުން ހަމައެކަނި ސައިތަށި ބޮއެގެންނެވެ.

ފަރީޝާ ހެނދުނު ކާން ނުނިކުތުމުން އޮފީހުގައި އިނދެވެސް ވިޔާމް އޭނާގެ މަަންމައަށް އިރުއިރުކޮޅާ ގުޅައެވެ.ފަރީޝާ ނުކައި ހުރުމުން އޭނާގެ ހިތަށް އުދަނގޫވުމުންނެވެ.ވިޔާމް ކަންބޮޑުވެގެން އުޅޭތީ ކާން ނިކުންނަން ފަރީޝާއަށް ގޮވަންވީތޯ އޭނާގެ މަންމަ އެހިއެވެ.ވިޔާމް ކިތަންމެ ބޭނުންވިއަސް އެކަން ނުކުރުމަށް މަންމަ ގާތު އޭނާ އެދުނީ، އެއީ ފަރީޝާއަށް އޯގާތެރިވެއްޖެނަަމަ އޭނާ ވިޔާމާ ވަރިވެގެން ގެއިން ނުގޮސްދާނެތީއެވެ.އެހެންނަމަވެސް ފަރީޝާގެ ހާލު ދުރުދުރުން ބަލާދިނުމަށް ވިޔާމް އޭނާގެ މަންމައަށް އެދުނެވެ.

ވިޔާމް އެދުނުގޮތަށް ފަރީޝާގެ ހުރިހާ ހަރަކާތެއް ބަލަން ވިޔާމްގެ މަންމަ ނިންމިއެވެ.ބަނޑުހައިވެފައިވާ ވަރުން އެދުވަހުގެ ހަވީރު ފަރީޝާ ކާގެއަށްވަދެ ކުޑަގޮތެއް ހަދާލިއެވެ.ފަރީޝާ ކާންއިންތަން ވިޔާމްގެ މަންމަ ފަރީޝާއަށް ނޭނގޭނެހެން ފޮޓޯ ނެގިއެވެ.އަދި އެފޮޓޯ ވިޔާމަށް އޭނާ ފޮނުވިއެވެ.ފަރީޝާ ކާންއިން މަންޒަރުގެ ފޮޓޯ ވިޔާމަށް ލިބުމުން، ކަންބޮޑުވެފައިވާ ވިޔާމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ކައިވެނީގެ ކަންތައް ވިޔާމްކުރަން ނިންމީ ފަރީޝާއަށް ޝައްކުވިޔަ ނުދިނުމަށެވެ.އެހެންވެސް މީހުންނެކޭ އެއްފަދައިން ކައިވެނީގެ ހެދުން އެމީހުން ފެހިއެވެ.އަދި ވިޔާމްގެ ކެންސަރުބަލީގެ ކަންތައް އެނގޭ މަދުމީހުންގެ ތެރެއިން މީހެއްގެ އެހީއާއެކު ޕާޓީއެއް ބާއްވަންޖެހުނަސް އެކަންވެސް ހަމަޖެއްސިއެވެ.ޕާޓީ ބާއްވަން އޮތްރޭ ފަރީޝާ ނުދެއެވެ.ނަމަވެސް ވިޔާމްމެންނާ ގޭއެންމެން ނަލަހެދިގެން ނިކުތްތަން ފަރީޝާއަށް ފެންނާނެއެވެ.ފަރީޝާ ނުދިއުމުން ވިޔާމްމެން ޕާޓީއެއް ނިމޭހާއިރު ވަންދެން ޒީނަތްތެރިކޮށްފައިވާ ތަނުގައި ތިބީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އޯ ނަދާ – ޓްރެއިލާ

Next

ބުނެބަލާ ލޯބިވޭ 13

Next
March 9, 2022

ބުނެބަލާ ލޯބިވޭ 13

Previews
March 8, 2022

އޯ ނަދާ – ޓްރެއިލާ



All Right Reserved!