ސައިފް ކޮޓަރިއަށް ވަނުމުން ނައިޝާއަށް ވަރަށް ބޮޑަށް ރޮވުނެވެ.އެހެންނަމަވެސް ލިބިފައިވާ ބުރޭކު ގަނޑި ހަމަވެދާނެތީ، ހިތްވަރުކޮށްފައި ކެއްކުމުގައި ނައިޝާ އުޅުނެވެ. ކައްކާ ނިމި ސުފުރާމަތި ތައްޔާރު ކޮށްލައިފައި ނައިޝާ ގޮސް ސައިފް ގެ ކޮޓަރީގައި ޓަކިދިނެވެ.”ކާން ހެދިފަ ހުރީ” ސައިފް ކޮޓަރި ދޮރު ނުހުޅުވުމުން ނައިޝާ ކޮޓަރި ދޮރުމަތީ ހުރެ ބުނެލި އެވެ.ސައިފް ގެ ފަރާތުން ޖަވާބެއް ނުލިބުމުން ކުޑައިރުކޮޅަކު ކޮޓަރި ދޮރުމަތީގައި ހުރެފައި ނައިޝާ އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް ނައިޝާ އޭނާގެ ހިތުގެ […]
ކުލިނިކަށް ދާން ނައިޝާ ތައްޔާރު ވާން އުޅުނު ވަގުތު ކޮޓަރީގައި މީހަކު ޓަކިޖެހިއެވެ. ނައިޝާ ކޮޓަރި ދޮރު ހުޅުވާލިއިރު، ދޮރުމަތީ ހުރީ ސައިފެވެ. “ދީބަ ދެހާސް ރުފިޔާ” އާދައިގެމަތިން ސައިފް ނައިޝާ ކައިރިން ރުފިޔާ ދޭން ބުންޏެވެ. ކުރިން، ދެހާހުން، ތިންހާހުން، ފަސްހާހުން ނައިޝާ އަތުން ސައިފް ރުފިޔާ އަތުލާއިރުވެސް އެއީ ކީއްކުރާ ރުފިޔާއެއްތޯ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަސައިފް ކައިރި ދުވަހަކުވެސް ނައިޝާ ނާހައެވެ.އެހެންނަމަވެސް މިފަހަރު ނައިޝާ އަހާލަން ބޭނުން ވިއެވެ. ” ކީއްކުރާ ރުފިޔާއެއް” ރީތިކޮށް ނައިޝާ އަހާލިއެވެ. […]
ރޮއެ ނިމި ހަމައަކަށް އެޅިލުމަށްފަހު ނައިޝާ ސައިފްގެ ކޮޓަރިން ނިކުތެވެ. އަދި ސިޓިންރޫމާއި ދިމާލަށް ގޮސް ކުޑަކޮށް ބޯދިއްކޮށްލިއެވެ. އެވަގުތު ސައިފް ކާން އިންތަން ފެނުމުން ނައިޝާ ހިތްހަމަޖެހުނެވެ.ސިޓިންރޫމަށް ނައިޝާ ނިކުމެއްޖެ ނަމަ ސައިފް ކެއުން ހުއްޓާލަފާނެތީ ނައިޝާ އޭނާގެ ކޮޓަރިއަށް ވަނެވެ. ކޮޓަރި އެނދުގައި އިށީނދެލުމަށްފަހު ނައިޝާ ކުޑަވަގުތުކޮޅަކު ވިސްނާލަން އިނދެފައި، އަލަމާރިގައި ހުރި ސައިފްގެ ހުރިހާ އަންނައުނުތަކެއް ނެގިއެވެ. އަދި ހުރިހާ އަންނައުނުތަކެއް ހިފައިގެން ގޮސް ، ސައިފް ނިދާ ކޮޓަރީގެ އަލަމާރިއަށް ލާން […]
ހެނދުނު ތެދުވެ ނައިޝާ ފެންވަރައިގެން ބަދިގެއަށް ވަދެ، ހެނދުނުގެ ނާސްތާ ތައްޔާރުކުރަން އުޅުނެވެ.ބަދިގެެތެރޭގައި ނައިޝާ އުޅެނިކޮށް ސައިފް ވެސް ކޮޓަރިން ނިކުމެ ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.ބަދިގެތެރޭގައި ހުރި ނައިޝާ، ސައިފާ ދިމާލަށް ބަލައިލި އެވެ.އޭރު ސައިފް ޓީވީ ބަލަން އިނެވެ. ރޭގައިވީ ކަންތަކުން ނައިޝާ އަދިވެސް ހުރީ ދެރަވެފަ އެވެ.ނައިޝާ ބޭނުންވަނީ އޭނާގެ ފިރިމީހާއާއި ރީތިކޮށް ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރާށެވެ.ނަމަވެސް ސައިފް އަނގައިން ނުބުނާތީވެ، އިސްވެ ނައިޝާ އަށް ސައިފާ ވާހަކަ ދައްކާކަށް […]
” ހަލޯ ނަައި” އާދައިގެމަތިން ނައިޝާގެ މައިދައިތަ ގުޅިއެވެ. “މަންމަ ބުނީ މިމަހުވެސް ވަރަށް ދަތިކޮށް އުޅޭތީވެ ކަރަންޓުބިލް ދައްކަދީފާ ނަންތަ؟ބިލަށް އެރީ 900ރުފިޔާ…ބަައްޕަވެސް ބަލިކޮށް އުޅޭތީވެ މަހަށް، ބަރާބަރަށް މިމަހު ނުދޭ….އެހެންވެ ވަރަށްކުޑަ އެއްޗެއް މިފަހަރުވެސް ލިބުނީ…”ނައިޝާގެ މައިދައިތަ ބުންޏެވެ. “އެދޮގެއް ބައްޕަ ބަރާބަރަށް މަހަށް ދިޔައިން….ކަނބުލޮ ނުފޮނުވާތި ރުފިޔާ…މިދިޔަ މަހުވެސް ކަރަންޓު ބިލް ދައްކަދިނީމެއްނު…އަނެއްކާ މިގެއަށް ބައިވަރު ޒަމާނުވެސް ގަނެދީފި…ރުފިޔާ ވެސް ފޮނުވަދީފި އެކި ފަހަރު މަތިން…ސައިފް ވަޒީފާއަށް ނުދާއިރު ކަނބުލޮ ތިގޭގެ ހުރިހާ […]
ސައިފް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލުމުން، ނައިޝާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.ކޮޓަރިއަށްވަދެ މުޅިތަނަށް ވަށައިގެން ނައިޝާ ނަޒަރު ހިންގާލިއެވެ.ތަނަވަސްކަން ބޮޑު ކޮޓަރި ތެރޭގައި ހުރިހާ އެއްޗެއްވެސް ހުރީ ތަރުތީބުކޮށްފައެވެ.މޭޒުމަތީގަައި، ރައްޓެހިވެގެން އުޅުނުއިރު ސައިފް ދިން މާތައް ވާހަކަށް އަޅާފައި ހުރިއިރު، ނައިޝާމެނަށް ލިބުނު ރީއްޗަށް ބަހައްޓާ ހަދިޔާތަށްވެސް، އެނދުގެ ހެޑްބޯޑު މަތީ އަތުރާލެވިފައިވެއެވެ. ތިން ދޮރުފަތްލީ ބޮޑު އަލަމާރި ކައިރިއަށް ހުއްޓި ، އަލަމާރީގެ ދޮރު ނައިޝާ ހުޅުވާލިއެވެ.އަލަމާރީގަައި އަޅުވާފަ އިން ވެޑިން ޑްރެސް ނަގާ ގައިގަ […]
“ޝުކުރިއްޔާ މަންމާ އާއި ބައްޕައަށް ވެސް” އުފަލުން ނައިޝާ ބުންޏެވެ.ނަައިޝާގެ ދެމެފިރިންނާއި،މަންމައާއި ބައްޕަގެ އިތުރުން ނުހައިކު ވެސް މޭޒުދޮށުގައި ސައިބޯން އިށީނެވެ. “ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ…ގުރޭޑް އަށަކަށް މާލެ ބަދަލުވީފަހުން އަދި ކިރިޔާ މި ބައްދަލުވީ….އެވެސް ނައި ހަޔާތެއް ފެށިފަހުން…” ކާމޭޒު ދޮށުގައި އިނދެ ނައިޝާގެ މަންމަ އެހެންބުނުމުން ނައިޝާ ހިނިގަނޑެއް ޖަހާލިއެވެ. “ކުޑާ ކޮއްކޮދިން ގިފްޓް ކަނޑައްޗޭ އިނގޭ” ނުހައިކު ނައިޝާއަށް ބުނެލި އެވެ. ” އާނ ކުޑާގެ ދޫނީ…ކުޑާ ކަނޑާނަމޭ ތެންކިޔު” […]
ރޭގަނޑު ދިހައެއް ޖެހުމުން ޕާޓީ ނިންމާލުމަށްފަހު،ނައިޝާ ދޮންތަގެ ޑުރައިވަރު ނައިޝާމެން ގޮވައިގެން އައިސް ،ގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލި އެވެ.ކާރުން ފައިބައިގެން ލައިގެން ހުރި ހެދުން އަތަށް ބޮނޑިކޮށްލުމަށްފަހު،ނަައިޝާ ގެއަށް ވަނެވެ.އޭރު ނައިޝާގެ ފިރިމީހާއާއި ޑުރައިވަރު ޑިކީ ތެރެއިން، ލިބުނު ހަދިޔާތައް ނަގަން އުޅުނެވެ. “ތިއައީ ދޯ؟….ކޮބާ ސައިފް؟….ރަފާ ރޯ ވާހަކަ ޝަރޫނާ ގުޅާފަ ބުނީމަ އަނެއްކާ ރާއީވެސް ނިދިއައިއްސަ ހުރީމަ އަވަހަށް އައީ ގެއަށް” އެ ޕާޓުމަންޓުން ވަދެގެން އައި ނައިޝާ ފެނިގެން ސޯފާގައި އިން […]
ދުވަސްވީ ވީވަރަކަށް ދެމީހުންގެވެސް ލޯބި ދިޔައީ އިތުރުވަމުންނެވެ.ނައިޝާގެ ހިތުގައި ސައިފަށް ޚާއްސަ މަޤާމެއް ދެވުނެވެ.ސައިފަށް އަގުބޮޑެތި ސާމާނު ނައިޝާ ގަނެދޭން ފެށިއެވެ.އަގުބޮޑު އަތުކުރި ގަނޑިއާއި ފޯނުގެ އިތުރުން ސެންޓާއި އަންނައުނު ފަދަ އެއްޗިއްސެވެ.ސައިފް ދުއްވާ ސައިކަލީ މީހަކު ބޭނުންކޮށްފައި,ހެޔޮ އަގަށް ވިއްކާލި އުޅަނދެކެވެ.ސައިފްް ދުއްވާ އެ ސައިކަލް ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.އެހެންވެ ނައިޝާ، ސައިފަށް އެއްފަހަރާ އަގު ދީފައި އޭނާ ބޭނުންވާ ކަހަލަ، ކަޅުކުލައިގެ ޖީ.އެން އައު ސައިކަލެއްވެސް ގަނެ ދިނެވެ.ސައިފްވެސް ނައިޝާއަށް ފިނިފެންމަލާއި، […]