ރޮއެ ނިމި ހަމައަކަށް އެޅިލުމަށްފަހު ނައިޝާ ސައިފްގެ ކޮޓަރިން ނިކުތެވެ. އަދި ސިޓިންރޫމާއި ދިމާލަށް ގޮސް ކުޑަކޮށް ބޯދިއްކޮށްލިއެވެ. އެވަގުތު ސައިފް ކާން އިންތަން ފެނުމުން ނައިޝާ ހިތްހަމަޖެހުނެވެ.ސިޓިންރޫމަށް ނައިޝާ ނިކުމެއްޖެ ނަމަ ސައިފް ކެއުން ހުއްޓާލަފާނެތީ ނައިޝާ އޭނާގެ ކޮޓަރިއަށް ވަނެވެ.

ކޮޓަރި އެނދުގައި އިށީނދެލުމަށްފަހު ނައިޝާ ކުޑަވަގުތުކޮޅަކު ވިސްނާލަން އިނދެފައި، އަލަމާރިގައި ހުރި ސައިފްގެ ހުރިހާ އަންނައުނުތަކެއް ނެގިއެވެ. އަދި ހުރިހާ އަންނައުނުތަކެއް ހިފައިގެން ގޮސް ، ސައިފް ނިދާ ކޮޓަރީގެ އަލަމާރިއަށް ލާން އުޅުނެވެ. އެވަގުތު ކައި ނިމިގެން ސައިފް އޭނާގެ ކޮޓަރިއަށް ވަނެވެ.

“އާނ ރަނގަޅު….މަ ހަނދާންނެތިފަ ހުރީ ތި ވާހަކަ ބުނަން…މަގޭ އަންނައުނުތަށް މި ކޮޓަރީގަ އަޅުވާށޭ ބުނަން” އަލަމާރިއަށް އެއްޗެހިތައް ލާން ހުރި ނައިޝާއަށް ސައިފް ބުންޏެވެ. ސައިފަށް ރައްދު ދިނުމެއްނެތި ނައިޝާ އެއްޗެހިތައް އަލާމާރިއަށް ލުމަށްފަހު  މޮޅިވެރިކަން މަތީ ހުރެ ކޮޓަރިން ނިކުތެވެ.

ފައިމަގުގައި ގަނޑި ނުޖެހި ދެވެނީ ތިރީސް މިނެޓް ކުރިން ކަމުގައި ވާތީ، ހެނދުނު 9  ޖެހުމުގެ ތިރީސް މިނެޓް ކުރިން ނައިޝާ ކުލިނިކަށް ދާން ހިނގައިގަތެވެ.ނައިޝާ ކުލިނިކަށް ދާ ވަގުތުގަ އާއި ނިމޭ ވަގުތުގައި ދޮންތަގެ ޑުރައިވަރު  އުޅެނީ ބިޒީކޮށް ކަމުގައި ވާތީ، އޭނާ ލަށާ ބަލާ އަންނަން ކޮންމެ ދުވަހަކު ޑުރައިވަރު ކަމާލް އަށް  ގުޅާކަށް ނުކެރެއެވެ.

ކުލިނިކުގެ ރިސެޕްޝަން ބަޔަށް ނައިޝާ ވަތްއިރު، ޑަކްޓަރަށް ދައްކަން ގިނަ މީހުން ކުލިނިކަށް އައިސް ތިއްބެވެ.ނައިޝާ ގޮނޑީގައި އިށީނދެލުމަށްފަހު ކޮމްޕިއުޓަރާއި ކުޅެލިއެވެ.

މެމޯ ހައްދަން ފަހަރަކު މީހަކު އަންނަމުން ދިޔައެވެ.އެއިން އެއްވެސް މީހެއް ނައިޝާއަށް ހިނިތުންވެލުމެއް ނުވެއެވެ.ވާހަކަ ދައްކަނީވެސް ފޫހިކަން މަތީ ހުރެއެވެ.އެހެންނަމަވެސް ނައިޝާ ކައިރިއަށް މެމޯ ހައްދަން އަންނަ ގިނަ މީހުން އޭނާ އާއި ޖެހިގެން އިންނަ ޒީނިޔާއަށް ހިނިތުން ވެލައެވެ. އެކަމާ ނައިޝާ ވަރަށް ދެރަވެ އެވެ.އެންމެން ނައިޝާ ދެކެ ފޫހިވާން އޭނާގެ ކުށަކީ ކޮބާ ބާވައޭ ހިތަށް އަރަމުން ދިޔައެވެ.ސިފަ ކިތަންމެ ހުތުރަސް ނައިޝާ އަކީ ހިތްހެޔޮ، މީހުނަށް ގޯސްމީހެއް ނޫނެވެ.

11 ޖެހިއިރު ނަައިޝާ ބުރޭކަށް ގެއަށްދާން ހިނގައިގަތެވެ.ގެއަށްވަދެ ނައިޝާ އެއްޗެހި ބަދަލުކޮށްލައިގެން މެންދުރަށް ކައްކަން އުޅުނެވެ.ހަނޑޫދޮވެ ބަތްކޮޅު ރައިސް ކުކަރުގައި ކައްކަން ޖެއްސުމަށް ފަހު، ނައިޝާ ރިހަ ކައްކަން ފިޔާކޮށަން އުޅުނެވެ.އެވަގުތު ސިޓިންރޫމު ދޮރުގައި މީހަކު ޓަކިޖެހިއެވެ.

ކޮށަން ހުރި ފިޔާތައް ބެހެއްޓުމަށްފަހު، އަތް ދޮވެ ހިއްކާލައިގެން ނައިޝާ ދޮރު ހުޅުވާލިއެވެ. “އަހަނ ދޮންތާ…ވަދޭވަދޭ” ދޮރުމަތީގައި ހުރި ނައިޝާގެ ދޮންތައަށް ވަނުމަށް ނައިޝާ ބުންޏެވެ. “ހާދަ ބިޒީކޮށް…” ކޮށަން ފަށައިފާ ހުރި ފިޔާތައް ފެނިގެން ނައިޝާ އަށް އޭނާގެ ދޮންތަ ބުނެލި އެވެ. “އާނ…މެންދުރަށް ރިހަ ކައްކަން ވެގެން ެިެިެިެިެިެިެިެިެިެިެިެިެިެިެިެިެިެިެި” ނައިޝާ ބުންޏެވެ.

“މީ ހަމަ ވަދެލީ…ނައި ނާދޭ ވިއްޔަ ދޮންތަ ބަޔަކަށް”ސޯފާގައި އިށީންނަމުން ނައިޝާ ގެ ދޮންތަ ބުނެލި އެވެ. “ދާނެ ވަގުތު ނުވަނީ އުޅެން ޖެހޭ ބިޒީ ކަމުން..”ނައިޝާ ބުންޏެވެ. “ދޮންތަ މިހެން ބައެއްފަހަރު ވަދެލަން މިބަޔަށް… އެކަމް ނައި އަކާ ދިމާލެއް ނުވޭ… ކުލިނިކުގަ ހުންނަ ވަގުތުތަކަށް ދޮންތައަށް އާދެވެނީވެސް…އެތަން ރަނގަޅުތަ؟…ހާދަ ބޮޑަށް ނައި ކަޅުވެއްޖެއޭ މިހާރު” ނައިޝާގެ ދޮންތަ ބުނެލި އެވެ.

“އާނ…އެއީ އަބަދު އަވީގަ ދެކޮޅަށް ހިނގަން ޖެހޭތީ…މިހާރު ހަށިގަނޑަށްވެސް އެއްގޮތަކަށް ނުބެލެވޭ…އެތަން ރަނގަޅު….އަށްގަނޑިއިރު ޑިއުޓީ…ކޮންމެ ހަދުވަހަކު ދާން ޖެހެނީ…އާދިއްތަ ހޯމަ އަންގާރަ މި ތިން ދުވަހު ހެނދުނު 9 އަކުން 11އަށް ދެން އަނެއްކާ 2ޖަހާއިރު ގޮއްސަ އިރުއޮއްސި 6 އަށް…ބުދަ ބުރާސްފަތި ހޮނިހިރު ގަ ދާން ޖެހެނީ މެންދުރު 2 އަކުން 6ަ އަށް އަނެއްކާ ރޭގަނޑު 8 ޖަހާއިރު ގޮސް 10އަށް ނިމެނީ …މީ ބުރޭކު ގަނޑި…އެކަމަކުވެސް މިހިރީ އުޅެންޖެހޭ ގޮތް…މިގަނޑިގަކޮޅުވެސް މިއުޅެނީ މެންދުރަށް ކައްކަން… އަނެއްކާ 2 ޖަހާއިރު ދާންޖެހޭ…ހުކުރު ދުވަސް އޮފް ދުވަހަކަށްވިއަސް  ގޭތެރެ ސާފުކޮށް އެއްޗެހި ދޮވެ ކަންތައް ކުރާ ދުވަސް ވީމަ ބިޒީ ވާނެެއެއްނު” ނައިޝާ ބުންޏެވެ.

“އާނ…ރާއީ ކޮއްކޮ ސުކޫލުގަ އަދި ރަފާ ބޭބީ ނިދާފަ އޮތް ގަނޑިއަކަށްވާތީ ދޮންތައަށް ވެސް މި އާދެވުނީ…ނައި ތިހާ ބުރަކޮށް އުޅޭ އިރު ގޭގެ ކަންތައްތައް ބަލަހައްޓަން މީހަކު ގެންނަންވީއެއްނު” ނައިޝާގެ ދޮންތަ ބުނެލި އެވެ. “ނޫނޭ ނައި  ބޭނުމެއްނުވޭ މީހުން ލައްވާ، ނައި ކުރަންޖެހޭ ކަންތައްތައް ކުރުވާކަށް…އަދި ކައްކަނީ މި… އެކަމަކުވެސް ހިނގާ ކުޑަގޮތެއް ހަދާލަން” ނައިޝާ އޭނާގެ ދޮންތަ އަށް ބުންޏެވެ. ” ނޫނޭ…ނައި ނުލާހިކު ބިޒީކޮށެއްނު ތި އުޅެނީ… އަނެއްކާ 2 ޖަހާއިރު ދާން ޖެހޭނެއެއްނު” ނައިޝާ ގެ ދޮންތަ ބުނެލި އެވެ. ” މިހެން ހާލަކުން ފަހަރަކު މި ދިމާވަނީ… އެހެންވީމަ މިފަހަރު ގޮތެއް ހަދައިގެން ދާންވާނީ” ނައިޝާ ބުންޏެވެ.

މޭޒުމަތީގައި ޖޫސްތައްޓެއް ބެހެއްޓުމަށް ފަހު ދަޅަކުން ކުދިގުޅަކޮޅެއް ތަށްޓަކަށް ނައިޝާ އަޅާލިއެވެ. ” މީ ސައިފްގެ ރަށުން ފޮނުވާފަތަ؟ މޭޒުމަތީގައި ބެހެއްޓި ކުދިގުޅަ ތަށިން ގުޅައެއް ކާލަމުން ނައިޝާގެ ދޮންތަ ނައިޝާއަށް ބުންޏެވެ. ” ނޫން ތީ ގަނެފަ” ނައިޝާ ޖަވާބުގައި އެހެން ބުނެލުމުން ސައިފް ގޭމީހުންނާއި ސައިފް ގެ ހާލު ރަނގަޅު ތޯ ނައިޝާ ގެ ދޮންތަ އަހާލިއެވެ. “އާނ… ރަނގަޅު އެންމެން ވެސް….ސައިފް މިވަގުތު ވީ ބޭރުގަ” ނައިޝާ ބުންޏެވެ.

ނައިޝާގެ ދޮންތަ ދިއުމުން ނައިޝާ ރިހަ ކައްކާ ނިންމާލުމަށްފަހު ސުފުރާމަތި ތައްޔާރު ކުރަން އުޅުނެވެ. އެވަގުތު ސައިފްވެސް ގެއަށް ވަނެވެ.

ކާން މި ހެދުނީ..އާދެ ކާން” ނައިޝާ ސައިފަށް ބުންޏެވެ. “ހޫމް މިއަންނަނީ” ފޫހި ރާގަކަށް ސައިފް އެހެން ބުނުމަށް ފަހު ކޮޓަރިއަށް ވަނެވެ.

ކުޑައިރުކޮޅަކެއް ފަހުން ކޮޓަރިން ނިކުމެ ސައިފް ކާމޭޒުދޮށުގައި އިށީނެވެ.ނައިޝާ ސައިފް ކަައަިރިީގައި ޖޫސްތައްޓެއް ބެހެއްޓުމަށް ފަހު ބަދިގެ ތެރެ ރީތިކޮށްަލަން އުޅުުނެވެ.

ސައިފް، ކައިގެން ކޮޓަރިއަށް ވަނުމުން ނައިޝާ ކާން އިށީނެވެ.ކުޑަގޮތެއް ހަދާލުމަށްފަހު ނައިޝާ ތެދުވެ މޭޒުމަތި ސާފުކޮށް ލިއެވެ. އަދި ކޮޓަރިއަށް ވަދެ ފެންވަރާލިއެވެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

6

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!