ސައިފް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލުމުން، ނައިޝާ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.ކޮޓަރިއަށްވަދެ މުޅިތަނަށް ވަށައިގެން ނައިޝާ ނަޒަރު ހިންގާލިއެވެ.ތަނަވަސްކަން ބޮޑު ކޮޓަރި ތެރޭގައި ހުރިހާ އެއްޗެއްވެސް ހުރީ ތަރުތީބުކޮށްފައެވެ.މޭޒުމަތީގަައި، ރައްޓެހިވެގެން އުޅުނުއިރު ސައިފް ދިން މާތައް ވާހަކަށް އަޅާފައި ހުރިއިރު، ނައިޝާމެނަށް ލިބުނު ރީއްޗަށް ބަހައްޓާ ހަދިޔާތަށްވެސް، އެނދުގެ ހެޑްބޯޑު މަތީ އަތުރާލެވިފައިވެއެވެ.

ތިން ދޮރުފަތްލީ ބޮޑު އަލަމާރި ކައިރިއަށް ހުއްޓި ، އަލަމާރީގެ ދޮރު ނައިޝާ ހުޅުވާލިއެވެ.އަލަމާރީގަައި އަޅުވާފަ އިން ވެޑިން ޑްރެސް ނަގާ ގައިގަ          ޖައްސާލުމަށްފަހު، އެ ހެދުން ނައިޝާ  އަލަމާރިގައި އަޅުވާލިއެވެ. އަދި ފޮށީގައި ހުރި އެއްޗެހިތައް ހުސްކުރަން ނައިޝާ އުޅުނެވެ. އެއްޗެހިތައް ފަތްޖަހާފައި އަލަމާރި އަށް ލާން އުޅުނު ވަގުތު ނައިޝާއަށް ކޯލެއް އައެވެ.

“ހަލޯ މަންމާ” ކަންފަތުގައި ފޯނުޖައްސާލުމާއެކު ނައިޝާ ބުންޏެވެ. “ދަރިފުޅު ދެވުނުތޯ ބަލާލަން މި ގުޅާލީ” ނައިޝާ ގެ މަންމަ ބުންޏެވެ.”އާނ އާދެވިއްޖެ… ކޮޓަރީގަ މިހިރީ މިހާރު… ފޮށިގަ ހުރި އެއްޗެހިތައް ފަތްޖަހާ އަލަމާރިއަށް ލަނީމި”” ނައިޝާ އޭނާގެ މަންމައަށް ބުނެލީ އެވެ. ” ރަނގަޅުދޯ ހުރިހާކަމެއް ވެސް؟…. އެޕާޓުމެންޓުވެސް ރަނގަޅުދޯ؟…މިހާރު ކައިފިންތަ؟” ނައިޝާގެ މަންމަ ނައިޝާ ކައިރި އެހިއެވެ. ” އާނ ރަނގަޅު…. އެޕާޓްމެންޓުވެސް ރަނގަޅު…ވަރަށް ތަރުތީބުކޮށް ރީތިކޮށްފަ ޝަރޫނާ ހުރީ…ދޮންތަ ބައިން ކައިފިން” ޖަވާބުގައި ނައިޝާ ބުންޏެވެ. ” މަންމަމެން ގާތު ކަމެއް ބޭނުންވަންޏާ ބުނާތި އިނގޭ ދަރިފުޅޫ” ނައިޝާ ގެ މަންމަ ބުންޏެވެ. ” ހޫމް…ކުރިން ޕޮކެޓް  މަނީގެ ގޮތުގަ ދޭ ދިހަހާސް ރުފިޔާ ނުފޮނުވާތި ދެން….ކޭޝް ކާޑުގަވެސް ރުފިޔާ އެބަހުއްޓެއްނު އަނެއްކާ ސައިފްވެސް ވަޒީފާއަށްދޭ” ނައިޝާ އޭނާގެ މަންމައަށް ބުނެލި އެވެ. “އޯކޭ ދަރިފުޅު ބޭނުންގޮތެއް…ކޭޝް ކާޑުގެ ފޯނު ނަމްބަރަކަށް އިންނާނީ ދަރިފުޅުގެ ނަމްބަރު….ދެން އިންޓަނެޓް ބޭންކިންގ ހަދާ… ދަރިފުޅު ގެ އީމެއިލް ބޭނުންވާނެ” ނަައިޝާ ގެ މަންމަ ބުންޏެވެ.

ފޯނު ބޭއްވުމާއިއެކު ނަައިޝާ އަލާމާރިއަށް އެއްޗެހިތައް އެޅުމަށްފަހު، ރޭގަނޑަށް ކައްކަން ބޭނުންވާ ސާމާނު ގަންނަން ފިހާރަ ދޮށަށް ދިޔަ އެވެ.

“ކޯއްޗެއް ކައްކަނީ މިރޭ” ކޮތަޅުތައް ހިފައިގެން ވަތް ނަަައިޝާ ފެނުމުން ސައިފް އެހިއެވެ.”ނޫޑްލްސް ހަދަންކަމަށް އޯކޭތަ؟” ނައިޝާ ސައިފް ކުރެން އެހިއެވެ. “ކައްކަން އިނގޭތަ އަނެއްކާ؟…އޯކޭ ވާނެ…އެހެންނޫނަސް ސައިފް މީ ރޭގަނޑު އެހާ ކާމީހެއްނޫން” ސައިފް ބުންޏެވެ. “އައްދޭ…އިނގޭ ކައްކަން…ދޮންތަ ބައިގަ ހުރިއިރު ޝަރޫނާ ކައިރިން ވެސް ދޮންތަ ކައިރިން ވެސް ކައްކަން ދަސްކޮށްފަ ހުންނާނީ” ސަކަ ގޮތަކަށް ނައިޝާ، ސައިފަށް ބުންޏެވެ.

ރޭގަނޑު ކައްކަން ބަދިގެ ތެރޭގައި ނައިޝާ ހުއްޓާ އޭނާއަށް ކޯލެއް އައެވެ. “ހަލޯ ނައި…”އެކޮޅުން ވާހަކަ ދެއްކީ ސައިފް ގެ މަންމައެވެ.”ލަންކާއަށް ދަތުރު ގޮސްލާފަ އައި ވާހަކަ މަންމަ ކައިރި ސައިފް ބުނި.” ނައިޝާ އަށް އޭނާގެ މައިދައިތަ ބުންޏެވެ. “އާނ…ކިހިނެއް ހުރިހާ ކަމެއް؟…ބައްޕަ އާ ކޮއްކޮ ރަނގަޅުތަ؟” ނައިޝާ އެހިއެވެ. “އާނ ރަނގަޅު އެންމެންވެސް…ސައިފް ބުނި ވަރަށް ބޮޑު ގެއެއްގަޔޯ ތިބީ…އޭނާ ވަރަށް އުފާވެފަ ހުރިހެން ހީވޭ އަޑުން” މައިދައިތަ އެހެން ބުނުމުން ނަައިޝާ ހިނިގަނޑެއް ޖަހާލިއެވެ.

“މަންމަ މި ގުޅާލީ ވެސް ކަމަކުއޭ..”މައިދައިތަ އެހެން ބުނުމުން ކޮންކަމަކުތޯ ނައިޝާ އޮޅުންފިލުވިއެވެ. “މިގޭ ފެންކައްކާ ޖަގު ހަލާކުވެފަ ހުރީމަ ޖަގެއް ބޯޓަށް ލައިދީބަލާށޭ ބުނަން ވެގެން” މައިދައިތަ އެހެން ބުނުމުން ނަައިޝާ ބޯޓަށް ޖަގު ގަނެފަ ލައިދޭނެ ވާހަކަ ބުންޏެވެ.

ނައިޝާ އާއި ސައިފްގެ ކައިވެނީގެ ދުވަސްތައް ވަރަށް ލޯތްބާއި އުފަލާއިއެކު ހޭދަކުރަމުން ދިޔައެވެ.ނަމަވެސް ސައިފަށް އަންނަ ކޯލުތަކެއް ނުހުއްޓެއެވެ.ނައިޝާ ހުންނަ ތަންތާ ސައިފް އެކޯލުތަކަށް ޖަވާބެއް ނުދެއެވެ.އެހެންނަމަވެސް އެކަމާ ނައިޝާ މާބޮޑަކަށް އަޅައެއް ނުލައެވެ.ގުޅަނީ ކާކުތޯ ބަލާކަށް ނައިޝާ ބޭނުމެއްނުވިއެވެ.އެއަށްވުރެ ބޮޑަށް ނައިޝާ ސައިފަށް އިތުބާރު ކުރެއެވެ.

ކައިވެންޏަށް ދެމަސް ފުރުނު ތަނާ ސައިފް އޭނާ އުޅެމުން އައި ވަޒީފާއިން ވަކިވިއެވެ. “ކީއްވެ ވަޒީފާއިން ވަކިވީ؟” ނައިޝާ ސައިފް ކުރެން އެހިއެވެ. “ވަޒީފާއަށް ނުދިޔަސް ދައްޗެއް ނުވާނެއެއްނޫންތަ؟… ނައި އަތުގަ ލާރި އެބަހުއްޓެއްނު…މަންމަ ދިން ކޭޝްކާޑުވެސް އެބައޮތެއްނު…ކަމަކަށް ދަތި ވަންޏާ ނައިގެ މަންމަމެން ކައިރި ބުނީމަ ލިބޭނެ އެއްނު” ސައިފް ނައިޝާއަށް ބުންޏެވެ. “އެކަމް ނައި ބޭނުމެއްނުވޭ މެރީ ކުރުމަށްފަހު މަންމަމެން ކައިރީ ކަންކަމު ކިޔާކަށް… ދޮންތައާ ތުއްތަވެސް އެއުޅެނީ އެމީހުންގެ ފިރިންގެ ޚަރަދުގަ…”ނަައިޝާ އެހެން ބުނުމުން އެހެން ވަޒީފާއެއް ހޯދާނީ ކަމުގައި ސައިފް ބުންޏެވެ. ހަފްތާއެއް ވެގެންދިޔައިރުވެސް ސައިފަށް ވަޒީފާއެއް ހޯދޭވޭ ގޮތެއް ނުވުމުން ނައިޝާ ވަޒީފާއަކަށް ދާން ނިންމި އެވެ.

ހަފްތާއެއް ފަހުން ނައިޝާއަށް ޕުރައިވެޓް ކުލިނިކެއްގެ ރިސެޕްޝަންގެ ބައިން ވަޒީފާ ލިބުނެވެ.އެލަވަންސްތަކާއެކު ދިހަހާސް ލިބޭ އިރު ދުވާލަކު އަށް ގަނޑިއިރު ޑިއުޓީ ކުރަން ޖެހެއެވެ. ގޭގެ މަސައްކަތްތައް ބަލަހައްޓަމުން ކުލިނިކަށް ދާން ޖެހުމުން ނައިޝާއަށް ބުރަ ބޮޑުވިއެވެ.އެހެންނަމަވެސް އެކަމާ ނައިޝާ އެއްވެސް ޝަކުވާއެއް ނުކުރެއެވެ.ހުރިހާ މަސައްކަތެއްވެސް ފަރުވާތެރިކަމާއެކު ބަލަހައްޓަމުން ނައިޝާ ގެންދިޔައެވެ.

އުޅެން ޖެހޭ ބުރަކަމުން ކަސްރަތަށް ދާނެ ވަގުތެއްވެސް ނައިޝާ އަކަށް ނުވިއެވެ.އެހެންކަމުން ގޭގައި ލިބޭ ހުސްވަގުތު ތަކުގައި ކަސްރަތުކުރަން ނައިޝާ ދުވާ މެޝިނެއް ގަތެވެ.

“މަންމަ ބުނީ ނައި ކައިރި މަންމައަށް ގުޅާލަބަލާށޯ!” ސައިފް އެހެން ބުނުމުން ނަައިޝާ އޭނާ ގެ މައިދައިތައަށް ގުޅިއެވެ. ” މަންމަ ބުނީ މިގޭ އަވަން ހަލާކު ވެފަ ހުރީމަ އަވަނެއް ގަނެދީބަލާށޭ…މާދަން ބޯޓު ފުރާނެ” ނައިޝާ އޭނާގެ މައިދައިތަ އަށް އަވަނެއް ގަނެެދޭނެ ވާހަކަ ބުންޏެވެ. ” ސެލެރީ ލިބުނީމަ އެކަމްވާނީ” ފޯނު ބޭއްވުމުން ސައިފަށް ނައިޝާ ބުންޏެވެ. ” ކޭޝް ކާޑުގަ ހުއްޓެއްނޫންތަ މިލިއަނެއްހާ ރުފިޔާ…ސައިފަށް އަޑު އިވުނު ނައިގެ މަންމަ އެހެންބުނި އަޑު” ސައިފް އެހެން ބުނުމުން އެރުފިޔާގައި ނުޖެހޭނަން ކަމަށާއި އެއީ ބޮޑުކަމެއް ދިމާވިޔަސް ބޭނުންކުރަން ރައްކާކޮށްފައި ހުރި ރުފިޔާ ކަމުގައި ނައިޝާ ބުންޏެވެ. “އޯކޭ މަ ގުޅާފަ މަންމަ ކައިރި ބުނާނަން ނުވާނޭ… ކަންކަމުގަ ނުކިޔާށޭ” ހިތް ހަމަ ނުޖެހިހުރެ ސައިފް ބުންޏެވެ. “ނަައި ނުބުނަމެއްނު ނުވާނެއެކޭ…މަންމަ ކަމަކު ބޭނުންވަންޏާ ނައި ކައިރި ހަމަ ބުނަންވީ ނަައި ހަމަ ވަރަށް ހެޕީވޭ ސައިފް މަންމައަށް ކަންކަން ކޮށްދެވޭތީ” ދެރަވެފަ ހުރެ ނައިޝާ ބުންޏެވެ.

ސައިފް ހިތްހަމަ ނުޖެހުމުން ނައިޝާ ވަރަށް ދެރަވިއެވެ.އެހެންކަމުން ކާޑުން ރުފިޔާ ނަގައިގެން، ނައިޝާ އޭނާގެ މައިދައިތަ އަށް އަވަނެއް ގަނެދިނެވެ.

ދޭތެރެއަކުން ނައިޝާގެ މައިދައިތަ ކޮންމެވެސް އެއްޗެއް ގަންނަން ނައިޝާ އަށް ގުޅައެވެ.އެކި ފަހަރު މަތިން އެކި އެއްޗެހި ނައިޝާ އެމީހުންނަށް ފޮނުވިއެވެ.މިނީބާ ފުރިޖާއި، ބެޑްޝީޓާއި،ތެލި ތަށި ސެޓް ފަދަ ގެއަށް ބޭނުންވާ ސާމާނެވެ.އެހާ ގިނައިން އެއްޗެހި ހޯދަން ނައިޝާއަށް އެމީހުން ގުޅިއަސް ނައިޝާ ހިތަކު އެމީހުނާއި ދޭތެރޭ ފޫހިކަމެއް ނެތެވެ.ނައިޝާ އެއްޗެހި ފޮނުވަނީ ހެޔޮހިތުން ރުހުމުގައެވެ.

ގެއަށް ބޭނުންވާ ސާމާނުގެ އިތުރުން ފައިސާ ވެސް ނައިޝާ އެމީހުންނަށް ފޮނުވައެވެ.ފަސްހާހުންނާއި ދިހަހާހުންނެވެ.ނައިޝާ އަމިއްލައަށް ވެސް އެމީހުންނަށް ހަދިޔާ ފޮނުވާ ހަދާއިރުވެސް އެކޮޅުން އެންމެ ފަހަރަކުވެސް ނައިޝާމެނަށް ހަދިޔާއެއް ނުފޮނުވައެވެ.އެހެންނަމަވެސް އެކަމާ ނައިޝާ އެއްވެސް ޝަކުވާއެއް ނުކުރެ އެވެ.

 

 

 

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!