އެނދުގައި ކުރުގެޅިލައިގެން ހިތާމަކުރަމުން ނައިޝާ ދިޔައިރު ސައިފްމެން ދިޔައީ ކައިވެނީގެ ފުރަތަމަރޭގެ އުފާ ހާސިލްކުރަމުންނެވެ. ހެނދުނު އިރު އެރި އިރުވެސް ދެކޮޅަށް ފުރޮޅެލާ ފުރޮޅެލާ ނުނިދިފައި ނައިޝާ އޮތެވެ.ރެއިންފެށިގެން މީހާ ރޮއެރޮއެ ގޮސް ދެލޯ ވަނީ ރަތްވެ ދުޅަވެފައިވެ.ރޭގައި ނުނިދުމުގެ ސަބަބުންނާއި ހިތާމަ ކުރުމުގެ ސަބަބުން ނައިޝާގެ ބޮލަށް ގަދައަށް ރިއްސަން ފެށިއެވެ. ހެނދުނު ހަތެއް ޖެހުމުން ފެންވަރައިގެން ނައިޝާ ދިޔައީ ފިހާރަ ދޮށަށެވެ.ފިހާރައަށް ވަދެ ފޯނަށް ރުފިޔާއެއް އެޅުމަށް ފަހު ޕެނަޑޯލް ކާޑެއް ނައިޝާ ގަތެވެ. […]
ފޮށި ތައްޔާރު ކޮށް ނިމި އެނދުގައި ނައިޝާ އިށީނދެ އޭނާގެ ހަޔާތާއި މެދު ފިކުރުކޮށް ކޮށްލިއެވެ.އޭރުވެސް ނައިޝާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ދިޔައީ އޮހޮރެމުންނެވެ.މާލެ ދިއުމުގެ ކުރިން ނައިޝާ ބޭނުންވަނީ އޭނާއަށް ސައިފް އެހެން ހެދި ސަބަބު އޮޅުންފިލުވާށެވެ. އެކިއެކި ޚިޔާލުތަކުގައި ކަރުނައިން ފުރިފައި ނައިޝާ އިންދާ ސައިފްމެން އަންނަ އަޑު އިވުނެވެ.ސުހާ އާއި ސަނާ ހީ ސަކަރާތް ޖަހާ އަޑުފަށްގަނޑު ވެސް އިވެންފެށިއެވެ. އެމީހުންގެ އަޑު ގަދަވާން ފެށުމުން އެމީހުން އެއަންނަނީ ކޮޓަރިއާ ދިމާއަށް ކަން […]
ނައިޝާގެ މޫނުމައްޗަށް ދޮރުޖެހުމުން، ހުރިތާ ގުނޑިލަންވެސް ނޭނގިފައިހުރި ނައިޝާ ސިއްސައިގެން ދިޔައެވެ.ތެޅި ތެޅި އޮތް ހިތާ އެކު އަވަސް އަވަހަށް ނައިޝާ ކޮޓަރި ތަޅުގައި ހިފައި ތަޅުވާލިއެވެ.ނަމަވެސް ބޭރުން ތަޅުލައިފައި ހުރުމުން ނައިޝާއަށް ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. ހަދާނެ ގޮތެއް ނޭނގި ޝޮކެއްގެ ތެރޭގައި ހުރި ނައިޝާ އަށް އިހުސާސް ކުރެވުނީ އޭނާއަށް މިއުޅެވެނީ ބިރުވެރި ހުވަފެނެއްގެ ތެރޭގައި ހެނެވެ.އެހެންނަމަވެސް ނައިޝާއަށް އުޅެވެނީ ބިރުވެރި ހުވަފެނެއްގައި ނޫން ކަން ޔަގީންވީ އޭނާ ވިކާލި އަތުން ދިލަނަގަން […]
އިރުގަނޑަކު އަނގޮޓި އަށް ބަލަން ނައިޝާ އަށް ހުރެވުނެވެ.އޭނާގެ ބޮލަށް އެތައްހާސް ސުވާލުތަކެއް އަރާފައިބަމުން ދިޔައެވެ.ނައިޝާ އޭނާގެ ސިކުނޑިއަށް އަރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ހޯދަން ބޭނުންވިއެވެ.ނެތްހިތްވަރު ނެރިގެން ނައިޝާ އޭނާގެ ކޮޓަރިން ނިކުމެ ސަނާގެ ކޮޓަރިއަށް މިސްރާބު ޖެހީ ސަނާގެ ފުށުން މިސުވާލުގެ ޖަވާބު ހޯދުމުގެ ނިޔަތުގައެވެ. ސަނާގެ ކޮޓަރީގައި ނައިޝާ ޓަކި ޖެހިއެވެ.ސަނާ ދޮރު ނުހުޅުވުމުން ކަންބޮޑުވެ ނުތަނަވަސްވެފައިވާ ނައިޝާ ތަންކޮޅެއް ބާރަށް ޓަކިޖަހަން ފެށިއެވެ. “ކިހިނެއްތަވަނީ؟” ދޮރު ހުޅުވާލުމަށްފަހު ހިތްހަމަ ނުޖެހިހުރެ ސަނާ […]
ކޮޓަރިއަށްވަދެ ނައިޝާ ސައިފްމެނާ ދޭތެރޭ ވިސްނާލިއެވެ.ފިކުރުކުކުރަން އޮތް ނައިޝާ އަށް ނިދުނީ ވަރަށް ލަހުންނެވެ. ސިއްސައިގެން ގޮސް ކުއްލިއަކަށް ނައިޝާ އަށް ހޭލެވުނީ ކޮޓަރި ދޮރުގައި މީހަކު ތަޅައިގަތުމުންނެވެ. އަވަސްއަވަހަށް ގޮސް ނައިޝާ ދޮރު ހުޅުވާލިއިރު ދޮރުމަތީގައި ރުޅި މޫނު ދައްކައިގެން މައިދައިތަ ހުއްޓެވެ. “ޖޫހާ އެއްޗެހި ބޮއެފަ ދޮންނާކަށްވެސް ނޭނގޭތަ؟….އެހުރީ ތަށިތަކަށް ހިނި އަރާފަ” ރުޅިވެރިކަމާއި އެކު އަޑަށް ބާރު ލަމުން މައިދައިތަ ނައިޝާ އަށް ބުނެލި އެވެ. “ނައިޝާ ދޮންނަން ހުރީ… އެކަމް ސައިފް […]
ސައިފްގެ ރަށުގައި މަހެއް ހޭދަވެގެން ދިޔައިރުވެސް ސައިފްގެ ފަރާތުން އަޅާލުން ނުލިބުމާއި ނައިޝާއަށް ވަގުތުނުދޭތީ ނައިޝާ މާލެ ދާން ނިންމި އެވެ. “ސައިފް ނައި މާލެ ދާން ބޭނުންވަނީ” ބޭރުގައި އުޅެފައި ފެންވަރަށް އާދައިގެމަތިން ކޮޓަރިއަށް ވަތް ސައިފަށް ނައިޝާ ބުންޏެވެ. “ދެން ޓިކެޓު ނަގައިގެން ދޭ” ނައިޝާ ދިޔަޔަސް ސައިފަށް އެއްވެސް އަސަރެއް ނުކުރާނެހެން އޭނާ ވާހަކަ ދެއްކި ރާގުން ނައިޝާއަށް އިހުސާސް ކުރެވުނެވެ. މާލެ ދާން ފުރަން ޓިކެޓް ނަގާ ވާހަކަ ނައިޝާ ސައިފްގެ […]
ހަނީއްފާއްތަ މަގު ކިޔައިދިނުމުން ނައިޝާ އޭޓީއެމަށް ދާން ހިނގައިގަތެވެ. ބަނދަރުކައިރި ހުރި އޭޓީއެމަށް ވަދެ ރުފިޔާ ނެގުމަށްފަހު ގެއަށްދާން ހިނގައިގަތް ވަގުތު ނައިޝާއަށް ސައިފް ފެނުނެވެ. ރޭގައިވެސް ފެނުނު އަންހެންކުއްޖާއާ އެކު ސައިފް ބަނދަރު މަތީގައި އޮތް ގަސްބުޑެއްގެ ކައިރިއަށް ދާ މަންޒަރު ފެނި ނައިޝާ މަޑުކޮށްލިއެވެ. ގަސްބުޑުމަތީގައި ދެމީހުން އިށީނދެ އަންހެން ކުއްޖާއަށް ސައިފް އަތުގައި އޮތް ކޮތަޅުން ދަޅެއް ނަގާ ދިއްކޮށްލިއެވެ.އެދެމީހުން އެކުގައި ފެނުނު މީ ދެވަނަ ފަހަރަށް ވުމުންނާއި އަންހެނަކު ގޮވައިގެން ސައިފް […]
“ސައިފް ބޭރަށްތަ އަނެއްކާވެސް ތިދަނީ” ބޭރުން އައިސް ފެންވަރައިގެން އަނެއްކާ ވެސް ބޭރަށްދާން އުޅެން ފެށުމުން ނައިޝާ ސައިފަށް އަހާލިއެވެ. “އާނ… ކިހިނެއްވީ؟” ރުޅިވެރިކަމާއި އެކު ސައިފް އެހިއެވެ. “އެކަމް ދެންމެއެއްނު ބޭރަށް ގޮއްސަ ތިއައީ…ނައީ ހީކުރީ ސައިފް ނައި ގޮވައިގެން ސައިފްގެ ރަށް ދައްކާލަން ސައިކަލުގަ ގެންދާނެކަމަށް” ނުކެރި ހުރެފައި ވެސް ނައިޝާ ބުނެލި އެވެ. “ދެން އަބަދު ގޭގަ މިކޮޓަރިތެރޭގަ ތި ނައިޝާއާ އެކުތަ އޮންނަންވީ؟….ދުއްވާލަން ގެންދާށޭ ބުނާއިރު މީހާ ހުރިވަރެއް ނުފެނޭތަ؟….ސައިކަލު ވެސް […]
އެއާޕޯޓުން ނިކުމެ ބަނދަރު ކައިރިއަށް ނައިޝާގެ ދެމަފިރިން މަޑުކޮށްލިއެވެ.އެވަގުތު ހުސްކޮށް އޮތް ލޯންޗަކަށް ނައިޝާ އާއި ސައިފް އެރުމުން އެލޯންޗު ހަލުވި ސުޕީޑުގައި ސައިފްގެ ރަށާ ދިމާއަށް މިސްރާބު ޖެހިއެވެ. ލޯންޗު ގޮސް ރަށަށް ލެފުމުން ދަތުރަށްވާ ރުފިޔާ ނައިޝާ ކައްޕިއަަށް ދިނެވެ.ލޯންޗުން ފޭބި ނައިޝާ އެއްވެފައިވާ އެންމެނަށް ބަލާލި އެވެ.އެވަގުތު ސަނާ އާއި މައިދައިތަގެ އިތުރުން ބަފައިބެ ވެސް ބަނދަރު ކައިރިއަށް އައިސް ހުއްޓެވެ. ސައިފް ކުރިން ނައިޝާއަށް މައިދައިތަ އާއި ބަފައިބެ ގެ ފޮޓޯ […]