” ހަލޯ ނަައި” އާދައިގެމަތިން ނައިޝާގެ މައިދައިތަ ގުޅިއެވެ. “މަންމަ ބުނީ މިމަހުވެސް ވަރަށް ދަތިކޮށް އުޅޭތީވެ ކަރަންޓުބިލް ދައްކަދީފާ ނަންތަ؟ބިލަށް އެރީ 900ރުފިޔާ…ބަައްޕަވެސް ބަލިކޮށް އުޅޭތީވެ މަހަށް، ބަރާބަރަށް މިމަހު ނުދޭ….އެހެންވެ ވަރަށްކުޑަ އެއްޗެއް މިފަހަރުވެސް ލިބުނީ…”ނައިޝާގެ މައިދައިތަ ބުންޏެވެ.

“އެދޮގެއް ބައްޕަ ބަރާބަރަށް މަހަށް ދިޔައިން….ކަނބުލޮ ނުފޮނުވާތި ރުފިޔާ…މިދިޔަ މަހުވެސް ކަރަންޓު ބިލް ދައްކަދިނީމެއްނު…އަނެއްކާ މިގެއަށް ބައިވަރު ޒަމާނުވެސް ގަނެދީފި…ރުފިޔާ ވެސް ފޮނުވަދީފި އެކި ފަހަރު މަތިން…ސައިފް ވަޒީފާއަށް ނުދާއިރު ކަނބުލޮ ތިގޭގެ ހުރިހާ ހަރަދެއް ބަލަހައްޓަމުން މިގެއަށް ވެސް ހަރަދު ތި ކުރަނީ..”މައިދައިތަ އަތުން ފޯނު އަތުލުމަށްފަހު ބަފައިބެ ނައިޝާއަށް ބުންޏެވެ.

“އެއީ މައްސަލައެއްނޫން…. ބައްޕަ ދުވަހަކު ވެސް ނައިޝާ ކައިރި ކަމަކު ނުކިޔާ…ބަައްޕަވެސް ބޭނުންވާ ކަމެއް ބުނައްޗެ… ކަރަންޓް ބިލް ދައްކަދޭނަން” ނައިޝާ ބުންޏެވެ.

“ބައްޕައަކަށް ނުކެރޭނެ ދަތިވިއަސް ބުނާކަށް…މަންމަ ބުނީ ސައިފް ކޮޓަރިއަށް ފޮނުވީމެއްނު ކުޑަ މިނީ ފުރިޖެއް…އޭގެ ފުރިޖެއް ސަނާކޮއްކޮ ވެސް ބޭނުންވެގެން އުޅެނީ..”ނައިޝާ ގެ މައިދައިތަ ފޯނު އަތުލުމަށްފަހު ބުންޏެވެ.

“އާނ އޭގެ ފުރިޖެއްވެސް ލާދޭނަން” ނަައިޝާ ބުންޏެވެ. “މަރިޔަނބަށް ވާ ސާބަސް ތީ މީހުން އުޅެންވާނެ ގޮތްތަ؟…އެކުއްޖާ އެގޭގެ ހުރިހާ ކަމެއް ކުރަމުން…. ހަރަދުތައް ކުރަމުން އެގެންދަނީ… ސާބަސް ހަމަ” ބަފައިބެ ހިތްހަމަނުޖެހި ހުރެ މައިދައިތައާއި ދިމާލަށް އެހެން ބުނުމުން، ނައިޝާގެ މައިދައިތަ ފޯނު ކަނޑާލި އެވެ.

ދޭތެރެއަކުން ނައިޝާގެ މައިދައިތަގެ ކޯލެއް އާދެއެވެ.ކޮންމެވެސް އެއްޗެއް ހޯދާށެވެ.ހާލުބެލުމެއް އިތުރު ވާހަކައެއް މައިދައިތަ ނުދައްކައެވެ.ބޭނުންވާކަމެއް ބުނެފައި ފޯނު ކަނޑާލަނީ އެވެ.

ކުރިން އަންނަ ފޯނު ކޯލުތައް އިތުރުވުމާއި އެކު، ސައިފްގެ އުޅުމަށް ކުއްލިއަކަށް ބަދަލުތަކެއް އައެވެ.ގިނައިން ބޭރުގަ ވަގުތު ހޭދަކުރުމާއި ނައިޝާއަށް އަޅާލުން ކުޑަވާންފެށިއެވެ.ކައިވެންޏަށް އެންމެ ހަތަރުމަސް ފުރުނު އިރު ސައިފްގެ ފުށުން ހެޔޮނޫން ބަދަލުތައް ފެންނަން ފެށުމުން ނައިޝާ ކަންބޮޑުވިއެވެ.

ނަައިޝާ އެކަމާ ވަރަށް ވިސްނިއެވެ.އޭނާގެ ފުށުން ސައިފް ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނީބާއޭ ނައިޝާ ގެ ހިތަށް އަރަމުން ދިޔައެވެ.

ރޭގަނޑު ދިހައެއް ޖެހިއިރު ނަައިޝާގެ ޑިއުޓީ ނިމުނެވެ.ކުލިނިކު ދޮރުމަތީ ހުއްޓި ހުރެ ނައިޝާ ސަައިފަށް ގުޅާލިއެވެ. ދެތިންފަހަރު ގުޅިފަހުން ސައިފް ފޯނު ނެގިއެވެ. “ކިހިނެތްވީ؟” އެއްވެސް އޯގާތެރިކަމެއްނެތް ރާގަކަށް ސައިފް އަހާލިއެވެ. “ނައި ބަލައެއް ނާންނަންތަ؟…މިހުރީ ކުލިނިކު ދޮރުމަތީގަ”މަޑުމައިތިރި ކަމާއެކު ނައިޝާ ބުންޏެވެ.

“މަ މީ ޑުރައިވަރު ތަ؟ ކޮންމެ ފަހަރަކު ލާށާ ބަލާދާން..ތި ހިނގީމައެއްނޫންތަ ކަސްރަތު ލިބޭނީ….ވަރަށް ބިޒީކޮށް މިއުޅެނީ” ނައިޝާގެ ކަންފަތް މައްޗަށް ފޯނު ކަނޑާލަމުން ، ނުރުހުމުގެރާގަކަށް ސައިފް ބުންޏެވެ.ސަައިފް ވާހަކަ ދެއްކި ގޮތުން ނަައިޝާ ދެރަވިއެވެ.ނަމަވެސް ސަައިފް ބިޒީވީމަ އެހެން ވާހަކަ ދެކެވުނީ ކަމުގައި ނައިޝާ އޭނާގެ ހިތަށް ވިސްނައިދިނެވެ.ސައިފްވެސް އެބުނީ ރަނގަޅު ވާހަކައެއް ކަމުގައި ނައިޝާ ގަބޫލު ކުރިއެވެ.ކަސްރަތު ލިބޭނީ ހިނގީމައެވެ.

އުޅެންޖެހޭ ބުރަކަމުގެ ސަބަބުން، ނަައިޝާ އޭނާގެ ހަށިގަނޑަކަށް އަޅައެއް ނުލެވެއެެވެ.ނަައިޝާ އަކީ ދޮން މީހެއް ނޫނެވެ.ނަމަވެސް އަބަދު ރަތްދައްކާ އަވީގައި ދެކޮޅަށް ހިނގަން ޖެހުމުގެ ސަބަބުން މީހާ އިތުރަށް ކަޅުވިއެވެ.

ދުވާލުގެ ވަގުތު ތަކުގައި ބިޒީކޮށް އުޅުމަށްފަހު ނައިޝާއަށް ހަމަޖެހިލެވެނީ ރޭގަނޑު ގަނޑީގައެވެ.އެހެންކަމުން އޭނާއަށް ކެވެނީވެސް އެގަޑީގައެވެ.ދުވާލުގަޑީގަައި ތެޅި ތެޅި މީހާ ހުންނަނީ ވަރަށް ބޮޑަށް ލޮޑުވެފައެވެ.އެހެންކަމުން ގިނަފަހަރަށް ނައިޝާ އަށް ކަސްރަތުވެސް ރޭގަނޑު ނުކޮށްލެވެއެވެ.

ގެއަށްވަދެ ވާޅު ފިލުވައިލުމަށްޓަކައި، ނައިޝާ ސޯފާގައި އިށީނދެ ފުން ނޭވާއެއް ދޫކޮށްލި އެވެ.އަދި ސޯފާއިން ތެދުވެ، ފިނި ފެންތަށްޓެއް ބޯލުމަށްފަހު ކޮޓަރިއާއި ދިމާލަށް  ނައިޝާ ހިނގައިގަތެވެ.

ނަައިޝާ ފެންވަރައިގެން ސިޓިންރޫމަށް ނުކުތްއިރުވެސް ސައިފް ގެއަކަށް ނާދެއެވެ.އޭރު ގަނޑިން އެގާރަ ޖަހަނީއެވެ.ނަައިޝާ ފޯނު ނެގުމަށްފަހު ދެތިންފަހަރަކު ސައިފަށް ގުޅާލިއެވެ.ނަމަވެސް ސައިފް ފޯނަކަށް ޖަވާބެއް ނުދެއެވެ.ބަނޑުހައިވެފަައި ހުރި ނައިޝާ ސޯފާގައި އިށީނދެ ސައިފަށް އިންތިޒާރު ކުރިއެވެ.

ބައިގަނޑިއިރު ފަހުން ސައިފް ގެއަށް ވަނެވެ.”ކިހިނެއްވެފަ؟” ސައިފް ގެއަށް ވަތްއިރު ސޯފާގައި އިން ނައިޝާ ފެނިގެން އަހާލިއެވެ.ކުރިއާ ޚިލާފަށް މިފަހަރު ސައިފް ވާހަކަދެއްކި މަޑުމައިތިރި ކަމުން ނަައިޝާ ހިތްހަމަ ޖެހުނެވެ. “ސައިފް ގެ އިންތިޒާރުގަ… ހިނގާ ކާން ވަރަށް ބަނޑުހައި ވެއްޖެ….ސައިފާއެއްކޮށް ކާން މި މަޑުކުރީ” ހަމަޖެހިލައިފަައި ނައިޝާ ބުންޏެވެ. “އާނ … އަންނާނަން އެއްޗެހި ބަދަލުކޮށްލައިގެން” ކޮޓަރިއާއި ދިމާލަށް ދަމުން ސައިފް ނައިޝާއަށް ބުންޏެވެ.

ސައިފް ކޮޓަރިއަށް ވަނުމުން ނައިޝާ ކާން ތައްޔާރު ކުރަން އުޅުނެވެ.ސައިފް ކޮޓަރިން ނިކުމެ ކާމޭޒުދޮށުގައި އިށީނެވެ.ސައިފާއެކު ނައިޝާ ވެސް އިށީނެވެ.ކާން ތިބިއިރު ދެމީހުންވެސް އަނގައަކުން ނުބުނެއެވެ.ކައިނިމިގެން ކޮޓަރިއަށް ސައިފް ވަނުމުން ނައިޝާ މޭޒުމަތީގައި ހުރި ތަށިތައް ނަގާ ސާފުކުރުމަށް އުޅުނެވެ.

މަސައްކަތް ނިންމާލުމަށްފަހު ނަައިޝާވެސް ކޮޓަރިއަށް ވަނެވެ.ފާހަނައަށް ވަދެ ދަތްއުނގުޅާލައިގެން ނިކުމެ ސައިފް ކައިރި، އެނދުގައި ނަައިޝާ އޮށޯތެވެ. “ދުރަށް ޖެހިބަލަ”ނަަައިޝާ ސައިފް ގައިގައި އަތްލާން އުޅުމުން ނައިޝާގެ އަތް ނަގާ، ދުރަށް ކޮއްޕާލަމުން ވަރަށް ބޮޑަށް ނުރުހުންވެ ހުރެ ސައިފް ބުންޏެވެ.

“ސައިފް ކީއްވެތަ ނަައި އަށް ތިހެން ތި ހަދަނީ؟…. ކީއްވެތަ ސައިފަށް ތިހާ ބޮޑު ބަދަލެއް ތިއައީ؟….ނައި އާ މިހާރު ކައިރި ވެސް ނުވޭ….ނައި އަތްލިއަސް ސައިފް އަންނަނީ ރުޅި އެއީ ކީއްވެތަ” ދެރަވެފައިވާ ނައިޝާ އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ސައިފާ ކޮށްލިއެވެ.

“މަ މީ ހިތުހުރި ގޮތެއް ހަދަން ގެންގުޅޭ މީހެއްތަ؟….. ކުރިން އުޅުނީ ގާގޯޅި ވާތީ…. މިހާރު ތިއުޅެނީ ކައިރި ނުވާތީ….ދެން ނެތެއްނު ރަނގަޅު އެއްގޮތެއްވެސް”ބާލީސް ނަގައި އެނދުމައްޗަށް އެއްލާލައި، ވަރަށް ބާރަށް ކޮޓަރި ދޮރު ޖެހުމަށްފަހު ސައިފް ކޮޓަރިން ނިކުތެވެ.

ސައިފް ދިއުމުން ނައިޝާ ގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހޮރިގެން ދިޔައެވެ.ބާލީސް ގަޔާ ކައިރިކޮށްލަމުން ނައިޝާ ރޯންފެށިއެވެ.ކުރިން ލޯބިން އުޅުނު ަަސައިފް ކުއްލިގޮތަކަށް އެހާބޮޑު ބަދަލެއް އައި ސަބަބެއް ނަައިޝާއަށް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ.

އިރުގަނޑެއްފަހުން ނައިޝާ އޭނާގެ ރުއިން ހުއްޓާލި އެވެ. ރުޅި މަޑުވުމުން ސައިފް އެނބުރި ކޮޓަރިއަށް އަންނާނެ ކަމަށް ނައިޝާ ހީކުރި އެވެ.ނަމަވެސް އެއްގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ސައިފް ކޮޓަރިއަށް ނައުމުން އެނދުން  ތެދުވެ ސިޓިންރޫމަށް މަޑުމަޑުން ނައިޝާ ހިނގައިގަތެވެ.

ސިޓިންރޫމަށް ނުކުތްއިރު ސައިފް ފެންނަން ނެތުމުން ނައިޝާ ހިނގައިގަތީ އެޕާޓުމެންޓުގައި ދެން އިންނަ ކޮޓަރިއަށެވެ.ކޮޓަރި ދޮރުގެ ތަޅުގައި ހިފިއިރު، ތަޅުލާފައި ހުރުމުން ނަައިޝާ އެނބުރި އޭނާގެ ކޮޓަރިއަށް ވަނެވެ.އެރެއަށްފަހު ކޮންމެ ރެއަކުވެސް ސައިފް ނިދަނީ އެކޮޓަރީގައެވެ.

1

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!