ދުވަސްވީ ވީވަރަކަށް  ދެމީހުންގެވެސް ލޯބި  ދިޔައީ އިތުރުވަމުންނެވެ.ނައިޝާގެ ހިތުގައި ސައިފަށް ޚާއްސަ މަޤާމެއް ދެވުނެވެ.ސައިފަށް އަގުބޮޑެތި ސާމާނު ނައިޝާ ގަނެދޭން ފެށިއެވެ.އަގުބޮޑު އަތުކުރި ގަނޑިއާއި ފޯނުގެ އިތުރުން ސެންޓާއި އަންނައުނު ފަދަ އެއްޗިއްސެވެ.ސައިފް  ދުއްވާ ސައިކަލީ މީހަކު ބޭނުންކޮށްފައި,ހެޔޮ އަގަށް ވިއްކާލި އުޅަނދެކެވެ.ސައިފްް ދުއްވާ އެ ސައިކަލް ވަނީ ވަރަށް ބޮޑަށް ބާވެފަ އެވެ.އެހެންވެ ނައިޝާ، ސައިފަށް އެއްފަހަރާ އަގު ދީފައި އޭނާ ބޭނުންވާ ކަހަލަ، ކަޅުކުލައިގެ ޖީ.އެން އައު ސައިކަލެއްވެސް ގަނެ ދިނެވެ.ސައިފްވެސް ނައިޝާއަށް ފިނިފެންމަލާއި، ސެންޓާއި މޭކަޕް ސާމާނު ގަނެދީ ހެދިއެވެ.

“ނިކުމެބަ ދޮރުމައްޗަށް” އާދައިގެމަތިން ނައިޝާގެ ގޭދޮރުމަތީ ހުރެ, ސައިފް ނައިޝާއަށް ގުޅިއެވެ.”އަޅެ މިފަހަރުވެސް މަލެއް ހިފައިގެންތަ؟ މިހާރު ނައިގެ ކޮޓަރީގަ އިން ވާސް ފުރިއްޖެ ސައިފްގެ ފިނިފެންމާތަކުން.” ސައިފް ދިއްކޮށްލި ރަތް ފިނިފެންމަލުގައި ހިފަމުން ،އުފަލުން ނައިޝާ ބުންޏެވެ. “އާދޭ އެތެރެއަށް ދޮރުމަތީގަ ނުހުރެ” ނައިޝާ ސައިފަށް އެތެރެއަށް ވަނުމަށް ދައުވަތު ދިނުމުން ނައިޝާގެ ފަހަތުން ސައިފް ވަނެވެ.

ލިފްޓަށް އެރުމަށްފަހު ފަސްވަނަ ނަންބަރަށް  ނައިޝާ ފިތާލިއެވެ.ލިފްޓުތެރެއިން ސައިފް ނައިޝާގެ އަތުގައި ހިފާލިއެވެ.ނަައިޝާވެސް ސައިފް ގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.ފަސްވަނަ ފަންގިފިލާއަށް ހުއްޓި، ލިފްޓުގެ ދޮރު ހުޅުވުމާއެކު ނައިޝާ އާއި ސައިފް ލިފްޓުން ފައިބައިގެން އެޕާޓުމެންޓް ދޮރުންް އެތެރެއަށް ވަނެވެ.

“އަހަ ސައިފް އާދޭ އެތެރެއަށް، ސައިބޮއިފިންތަ؟”ނައިޝާ އާއި އެކު ވަތް ސައިފް ފެނުމުން ނައިޝާގެ ދޮންތަ ބުނެލި އެވެ. “ނޫން އަދި ނުބޮން” ޖަވާބުގައި ސައިފް ބުންޏެވެ. ” މިހާރު އެހެރަ ހެނދުނު 10ޖަހަނީ ….އުޅޭ ސައިބޯން… ނައިޝާ ވެސް ސަައި ނުބޮއެއްނު ތިއުޅެނީ…..ދޮންތަ މިދަނީ ކޮޓަރިއަށް…. ދެކުދިން ސައިބޮއެ އިނގޭ” ތުއްތު ރަފާ އުރަށް ޖަހާލުމަށްފަހު ކޮޓަރި އާއި ދިމާލަށް ދަމުން ނައިޝާގެ ދޮންތަ ބުނެލި އެވެ.

ނައިޝާ އާއި ސައިފް ސައިބޮއެ ނިމުމަށްފަހު ސިޓިންރޫމުގައި ވާހަކަ ދައްކާލަން ތިއްބެވެ.ވާހަކަ ދައްކަން ތިއްބާ ސައިފްގެ ފޯނަށް ކޯލެއް އައެވެ.ގުޅަނީ މަންމަ ކަމަށާއި ފަހުން ދިމާކުރާނަން ކަމަށް ބުނެ ސައިފް ނައިޝާ ގެ ގެއިން ނިކުތެވެ.

ސައިފް ދިއުމުން ނައިޝާ ކޮޓަރިއަށްވަދެ ސައިފާ ދޭތެރޭ ވިސްނާލިއެވެ.ސަައިފް ނައިޝާއަށް ވަރަށް ރަނގަޅެވެ.ނަމަވެސް ނައިޝާގެ ހިތުގައި އުފެދޭ ސުވާލަކީ ސައިފް ގެ ފޯނަށް އަބަދު  އަންނަ ކޯލުތަކެވެ.ދުވަހަކުވެސް ނައިޝާ ކުރިމަތީގައި ސައިފް އެ ކޯލުތަކަށް ޖަވާބެއް ނުދެއެވެ.ގުޅަނިީ އާއިލާ މީހެއް ނުވަތަ ސައިފް ހުންނަ ގޭގައި އުޅޭ އޭނާގެ ރަހުމަތްތެރިން ކަމަށް ސައިފް ބުނެއެވެ.ސައިފާ ވާހަކަ ދައްކަންތިބޭ އިރު ވަރަށް ގިނައިން އޭނާއަށް ކޯލުތައް އާދެއެވެ. ނައިޝާ ސައިފަށް އެސުވާލުތައް ކުރަން ބޭނުންވިއަސް، ފަސްޖެހެވެނީ ނައިޝާ ސައިފަށް އިތުބާރު ނުކުރާކަމަށް އޭނަ ހީކޮށްފާނެތީއެވެ.ރައްޓެހިވިތާ މަހެއް ނުވަނީސް އެފަދަ ސުވާލުތައް ކުރުމުން ސައިފް ފޫހިވެދާނެހެން ހީވާތީއެވެ.ނައިޝާވެސް ސައިފާ ދޭތެރޭގައި ޝައްކުކުރާކަށް ބޭނުމެއްނޫނެވެ.ނަމަވެސް އެގޮތަށް ކަންތައް ވާތީ ނައިޝާގެ ހިތް ނުތަނަވަސް ވަނީއެވެ.ސަައިފް ބީވެގެން ދާކަށް ނައިޝާއެއް ނުއެދެއެވެ.އެހާވެސް ބޮޑަށް މިހާރު ނައިޝާ ސަައިފް ދެކެ ލޯބި ވެއެވެ.

“ހަލޯ ދޫނީ…ކީއްކުރަނީ؟ މިރޭ ދުއްވާލަންދާން ރެޑީވައްޗޭ 8ގަ….ދާނަން ބަލާ” ސައިފް ގެ ކޯލެއް އައުމުން ނައިޝާ ނެގި އެވެ. “އޯކޭ” އުފާވެފައި ހުރެ ނައިޝާ ބުންޏެވެ. ދެންމެ ސައިފާ ދޭތެރޭގައި ކުރެވުނު ހީތަށް މުޅިން ފިލިކަހަލައެވެ.ކުޑައިރުކޮޅެއް ކުރިން ނުތަނަވަސް ވެފަ އިން ނައިޝާގެ މޫނުމަތިން މިހާރު ފެންނަނީ ހިނިތުންވުމުގެ އަސަރެވެ. ސައިފް ދިން މާ، ވާހަށް ޖަހާލުމަށްފަހު ނައިޝާ މިރޭ ދުއްވަންދާން ލާނެ އަންނައުނެއް ތައްޔާރު ކުރަން އުޅުނެވެ.

“ހިނގާބަ ނައި އާއެކު ނައިގެ ތުއްތަ ގެއަށް….މަންމަމެން ކައިރި، ލަންކާގަ ޗުއްޓީއެއް ހޭދަކޮށްފަ މިއަދު މާލެ އަތުވެއްޖެ…ތުއްތަގެވެސް ހުންނާނެ ބޭބީ އެއް…އެއްއަހަރުގެ” ސަައިކަލުމަތީ އިނދެ ނައިޝާ ސައިފަށް ބުންޏެވެ. “އޯކޭ…ދެވިދާނެ ….ގަލޮޅުގަ ދޯ އެގެ އިންނަނީ؟” ސައިފް އެހިއެވެ.ނައިޝާ އެޕާޓުމަންޓު ދޮރުގައި ޓަކި ދިންއިރު އޭނާގެ ފަހަތުގައި ސައިފްވެސް ހުއްޓެވެ.

“ނަައީ” އެޕާޓުމެންޓް ދޮރު ހުޅުވުމާއެކު ނައިޝާ ފެނިގެން އޭނާގެ ތުއްތަ ބައްދާލިއެވެ. ނައިޝާވެސް ތުއްތާއޭ ކިޔައި، އޭނާގެ ތުއްތަގެ ގައިގަ ބައްދާލިއެވެ. ” ވަދޭ ދެކުދިން އެތެރެއަށް” ދޮރު ބޮޑަށް ހުޅުވާލުމަށްފަހު ނައިޝާގެ ތުއްތަ ބުންޏެވެ. “ބޭބީ ބަލާބަ މިއޮށް އައީ ކުޑާ” އެއްއަހަރުގެ ތުއްތު ފަލަކަށް އޭނާގެ ތުއްތަ ބުނެލި އެވެ. ” ކުޑާގެ ބޭބީ ނުވެސް ނިދާތަ؟” ފަަލަކު އުރާލުމަށްފަހު ދޮނެެއް ދެމުން ނަައިޝާ ބުންޏެވެ. “ނިދަންވެގެން އެއުޅެނީ….އިށީނދެބަ…މީ ސައިފް ދޯ….މަންމަ ބުނި ތުއްތަ ކައިރި.” ސައިފަށް ހިނިތުންވެލުމަށްފަހު، ނައިޝާގެ ތުއްތަ  ސޯފާގައި އިށީނުމަށް ސައިފަށް އިޝާރާތް ކުރިއެވެ..

” އާނ..މީ ނަައިގެ ބޯއި ފުރެންޑް…” ނައިޝާ ތުއްތައަށް ބުނެލި އެވެ. “އަންގާވެސް ނުލާ ވިއްޔަ ތިއައީ..އެހެންނޫންނަމަ އެއްނު އެއްޗެއްވެސް ތައްޔާރު ކޮށްލެވުނީސް…” ތުއްތަ ބުންޏެވެ ” ރަނގަޅުވާނެ….ގެއިން ކައިގެން މިއައީވެސް ކޮބާ ތުއްތަބެ އާއި، ގެންގުޅޭ ބިދޭސީ މީހާ؟” ނައިޝާ އެހިއެވެ. “ތުއްތަބެ ވީ ކޯޓުގަ….ސަޖަންވީ ބޭރުގަ” ނަައިޝާގެ ތުއްތަ ޖަވާބު ގައި ބުންޏެވެ.

ދެން ތުއްތަވެސް ތުއްތަބެ ގޮތަށް ލޯޔަރަކަށް ވޭ” ސަކަ ގޮތަކަށް ނައިޝާ ބުނުމުން ތުއްތަ ހިނިގަނޑެއް ޖަހާލިއެވެ. ވަރަށް އިރު ވާހަކަ ދައްކަން ތިބުމަށްފަހު ނައިޝާ ދާވަހަކަ ބުނެލި އެވެ. ” ދެން އެއްޗެއްވެސް ނުކެއި ވިއްޔަ….އަދި އަންނައްޗޭ… ރަނގަޅު ކެއުމެއް ހަދާނަން..” ނައިޝާ ދާން ފެށުމުން ތުއްތަ ބުންޏެވެ.

“ނަައިގެ ތުއްތަ ބަލާފަ ހިއެއް ވެސް ނުވޭ 25އަހަރު ހެނެއް… ހީވަނީ ނަައި އަށްވުރެން ވެސް ކުޑަހެން..”އެގެއިން ނިކުމެ ސައިކަލަށް އަރަމުން ސައިފް ބުންޏެވެ. ” އާނ…ތުއްތަ އަބަދުވެސް ހުންނަނީ އެގޮތަށް ހިކިކޮށް ކުޑަކޮށް…ދޮންތަ ވެސް ކުރީގަ ހިކިވާނެ…ވިހެއީމަ ފަލަވީ….ނަައިވެސް ކުޑައިރު ހިކިވާނެ…” ނަައިޝާ ބުނެލި އެވެ. “ނައި ލޯބި ފަލަޔަސް” ސަައިފް އެހެންބުނުމުން ނައިޝާ ވަރަށް އުފާވިއެވެ. “ނައި ގެ ފެމިލީއަށް ސައިފް އިންޓްރޯ ކޮށްދިން އިރު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެސް، ސައިފްގެ ފެމިލީއަށް ނަައި އިންޓްރޯ ނުކޮށްދޭ އަދިވެސް…” ނަައިޝާ އެހެން ބުނުމުން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަސައިފްގެ އާއިލާ އަށްވެސް ނައިޝާ ތަޢާރަފް ކޮށްދޭނެ ވާހަކަ ބުންޏެވެ.

މުޅި މާލެ ވަށާ ސައިކަލްގައި ބުރު ޖެހުމަށް ފަހު ނައިޝާ އެނބުރި ގެއަށް ވަނެވެ.

ދެމީހުންގެ ގުޅުމަށް ދެމަސްފުރުން ފަހުން ނައިޝާ ގާތު އިންނަން ސަައިފް އެހިއެވެ.ނަައިޝާއަށް އުފަލުން ގޮސް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.ވަގުތުން ކައިވެނި ކުރަން ނައިޝާ އެއްބަސްވިއެވެ. ނައިޝާ ދެކެ ސައިފްވަނީ ހަޤީޤީ ލޯބި ކަމުގައި ނައިޝާއަށް އެރޭ ޤަބޫލުކުރެވުނެވެ.ސައިފަށް، ނައިޝާއަށް ވުރެ ސިފަ ރީތި އަންހެންކުދިން ލިބެންއޮއްވާ، ނައިޝާއާއި ކައިވެނި ކުރަން ނިންމުމުން،ސައިފްވެސް ނައިޝާ އާއި ދޭތެރޭގައި ސީރިއަސްކަން ޤަބޫލުކުރެވުނެވެ. ދެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަ ދެފަރާތުގެ އާއިލާއަށްވެސް އެންގިއެވެ.

“ހަލޯ ސަައިފް ބުނީމެއްނު  ސައިފްގެ ފެމިލީއަށް ނައި ތަޢާރަފް ކޮށްދޭނަމޭ…މަންމަ އެބައިން ކޮންފަރެންސްގަ ވާހަކަ ދައްކަބަ.”ނައިޝާ ފޯނު ނެގުމުން ސައިފް ވާހަކަ ދެއްކި އެވެ. ސައިފްގެ މަންމައާއި ބައްޕަގެ އިތުރުން ސައިފްގެ އާއިލާގައި ހުރި އޭނާގެ 16އަހަރުގެ އަންހެން ކޮއްކޮއާވެސް ނައިޝާ ފޯނުން ވާހަކަ ދެއްކި އެވެ.އެންމެންވެސް ނައިޝާމެން ކައިވެނި ކުރަންއުޅޭ ތީވެ ހޫނު މަރުހަބާއެއް ކިޔެވެ.

ކައިވެނި ކުރަން ރަނގަޅު ތާރީޚެއް ހަމަޖެއްސުމަށް ފަހު ދެމީހުންގެ ކައިވެނި ވެވުނެވެ.ރޭގަނޑު އަށެއް ޖެހިއިރު ދަރުބާރުގޭގައި ކުޑަ ކައިވެނި ހަފްލާއެއް ބޭއްވިއެވެ.އެކައިވެންޏަށް ނައިޝާގެ ދޮންތަގެ އާއިލާ އާއި ތުއްތަގެ އާއިލާގެ އިތުރުން، ސައިފް އުޅޭ ގޭގެ ރަހުމަތްތެރިން ވެސް ބައިވެރިވިއެވެ.ނަމަވެސް ސައިފްގެ އާއިލާ އާއި ނައިޝާގެ މައިންބަފައިންނާ ފިރިހެން ކޮއްކޮއަށް ޕާޓީއަށް އާދެވޭގޮތެއް ނުވިއެވެ.

މިރޭ ހުދުކުލައިގެ ޖަރީ ހެދުމުގައި ނައިޝާ ވަރަށް ނަލަވެލައިފަ ހުރުމުން ހީވަނީ އެހެންމީހެއް ހެނެވެ.ސައިފްވެސް ނައިޝާ ކައިރި ކޯޓު ފަޓުލޫނުގައި ހުއްޓެވެ.ޕާޓީއަށް އައި އެންމެނަށް ސަލާމް ކުރުމަށް ފަހު ހަދިޔާތަކުގައި ނައިޝާ ހިފިއެވެ.މިރޭ މީ ނައިޝާގެ ހަޔާތަށް އައި އުފާވެރި ރެއެވެ.ނައިޝާ ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!