ރޭގަނޑު 7 ޖެހުމުން ސުހާ ފުރުވާލުމަށް ފަހު ސައިފް ގެއަށް ވަތްއިރު މައިދައިތަ އާއި ނައިޝާ ކާގޭގައި ރޭގަނޑަށް ކާން ތައްޔާރު ކުރަން ެުެުެުެުެުެުެުެެުެުެުެުެުެުެެުެުެުެުެުެުެުއުޅުނެވެ. “ދީބަ ފެން ތަށްޓައް” ސައިފް ކާގެއަށް ބޯދިއްކޮށްލުމަށްފަހު ބުނެލިއެވެ.
ސައިފަށް ފުރަގަސް ޖަހައިގެން ހުރި ނައިޝާއަށް ސައިފްގެ އަޑު އިވުމުން ސިހިގެން ދިޔައެެވެ.” ކޯޗެއްތަ ތިބަލަނީ… ފެންފޮދެއް އަޅާފަ ދީބަލަ ސައިފަށް” ސައިފް ފެނުމުން ހުއްޓުން އަރާފަ ހުރި ނައިޝާއަށް މައިދައިތަ ބުނެލި އެވެ.
ތަށްޓަކަށް ފެން އެޅުމަށްފަހު ނައިޝާ ސައިފަށް ފެންތަށި ދޭން މަޑުމަޑުން ދިޔައެެވެ.ސައިފާ ކައިރިވި ވަރަކަށް ނައިޝާގެ ހިތް ނުތަނަވަސްވެ ސައިފް ކުރި އަނިޔާތަކުގެ އިހުސާސް އޭނާއަށް ވާ ފަދައެވެ.
ތުރުތުރު އަޅާ ހާލު ނައިޝާ ފެންތަށި ދިއްކޮށްލިއެވެ.ފެންތަށީގައި ހިފަން އުޅެނިކޮށް ނައިޝާގެ އަތުގައި ސައިފަށް ހިފުމުން ސިހިފައި ނައިޝާ ގެ އަތުން ފެންތަށި ދޫނުވީ ކިރިޔާއެވެ.
“ކިހިނެއްވެފަތަ ތިހުންނަނީ؟” ފެންތަށީގައި ހިފަމުން ހިތްހަމަނުޖެހިފައި ހުރެ ސައިފް ނައިޝާ އަށް ބުނެލިއެވެ. “ކޮންއިރަކު ސުހާ އަންނަނީ؟” ސައިފް ބުއި ފެންތަށީގައި ހިފަމުން މައިދައިތަ ބުނެލި އެވެ.
“ދެދުވަހަށް އެދިޔައީ ސުހާ ގޭމީހުނާއެކު ދަތުރު” ސައިފް ބުނެލިއެވެ. “ސައިފް ނުދިޔައީ ކީއްވެ؟” މައިދައިތަ އަހާލިއެވެ. “ސުހާ ބުނި މީ ހުސް ގޭ މީހުންދާ ދަތުރަކޯ…އެހެންވެ ނުދިޔައީ” ސައިފް ބުންޏެވެ.
ކާންހެދުމުން ސައިފާ ސަނާގެ އިތުރުން މައިދައިތަ ވެސް ކާން އިށީނެވެ.އެމީހުން ކައި ނިމުމުން އާދައިގެމަތިން ނައިޝާ ކާން އިށީނެވެ.ކައި ނިމި ތަން ސާފުކޮށްލުމަށްފަހު ފެންވަރައިގެން ނައިޝާ ނިދަން އޮށޯތެވެ.މެންދަމު 11 ޖެހިއިރު ވެސް ނައިޝާއަކަށް ނިދޭގޮތެއް ނުވިއެވެ.މިއަދު ސުހާ ކުރި މަލާމާތް ހިތަށްއަރާ އޭނާ ރޯންއޮތެވެ.
ސައިފަކީވެސް ބަލާލަން ހުތުރު މީހެއް ނޫނެވެ.ނަމަވެސް ނައިޝާ އެންމެ ހިތްއެދޭ ފަދަ ރީތި ޒުވާނަކަށް ސައިފް ނުވިއެއް ކަމަކު ނައިޝާ ސައިފާ އެކު އުޅުނީ ސިފަ މުހިންމު ނޫންވީމައެވެ.ވީމާ ސައިފް ނައިޝާގެ ސިފައަށް މަލާމާތް ކުރުމުގެ ހައްގެއް އޭނާއަކަށް ނޯންނާނެއެވެ.
އެކި ޚިޔާލުތަކުގައި ނައިޝާ ވިސްނަން އޮވުމަށްފަހު ހޫނުގަދަވެގެން ފެންވަރާލަން ފާހަނައަށް ވަނެވެ.ފެންވަރާނިމި ލޯގަނޑު ކުރިމައްޗަށް ހުއްޓި ލައިގެން ހުރެ އަންނައުނާއި ގަޔަށް ސެންޓު ބުރުވާލުމަށްފަހު ނިދޭތޯ އެނދުގައި ނައިޝާ ޖައްސާލިއެވެ.
އެހެންއޮއްވާ މަޑުމަޑުން ނައިޝާ އަށް ނިދޭގޮތެއް ވިއެވެ.ލޯމެރެމުން ދިޔަ ނައިޝާގެ ދެލޯ ހުޅުވާލީ މީހަކު ބޭރުން ތަޅު ހުޅުވާ އަޑަށެވެ.ނައިޝާ ދޮރާ ދިމާއަށް ބަލައިލި ވަގުތު ތަޅުދަނޑިން ތަޅުހުޅުވުމަށްފަހު ކޮޓަރި ތެރެއަށް ވަދެގެން އައީ ސައިފެވެ.
ސައިފް ފެނުމުން އެނދުގައި އޮށޯވެގެން އޮތް ނައިޝާ ސިއްސައިގެން ގޮސް ބިރެއް ފެނިގެން އުޅުނުހެން ތެޅިގަނެފައި އެނދުގެ ކަނަށް އަރާ އިށީނެވެ. “ކީއްކުރަން؟” ތެޅިތެޅި އޮތް ހިތާ އެކު ނައިޝާ އަހާލިއެވެ.ކޮޓަރިއަށް ވަނުމަށް ފަހު ސައިފް ދޮރު ލައްޕާ ތަޅުލުމުން ނައިޝާ އެނދުން ތެދުވެ ބުރުގާ އަޅަން މަސައްކަތް ކޮށްލިއެވެ.
“އަހަރެން މީ ނައިޝާގެ ފިރިމީހާއޭ މަ ކުރިމަތީ ބުރުގާ އަޅަން ތިއުޅެނީ” ދޮރުގައި އަޅުވާފައި އިން ބުރުގާ ނަގަން ނައިޝާ އަތް ދިއްކޮށްލުމުން އެއަތުގައި ހިފާލަމުން ސައިފް ބުންޏެވެ.
“ކީއްކުރަންތަ ތިއައީ؟” ސައިފްގެ އަތް ފޮޅުވާލަމުން ބިރުގަނެފައިވާ ނައިޝާ ހަމަޖެހިލަން މަސައްކަތް ކޮށްލަމުން ބުނެލިއެވެ. “އަހަރެންގެ އަނބިމީހާގެ ކޮޓަރިއަކަށް އަހަންނަށް ނުވަދެވެނީތަ؟….ހާދަ މީރުވަސް ދުވައޭ” ނައިޝާއާ ކައިރި ވެލަމުން ސައިފް ބުނެލިއެވެ.
“އަހަރެން މީ ސައިފްގެ އަތްބެއް ނޫން…ސައިފް ނުދެކެމެއްނު މީ ކައިވެންޏެއް ގޮތުގައެއް… އެހެންވީމަ އަހަންނެއްވެސް ނުދެކެން” ހިތްހަމަނުޖެހިފައި ހުރެ ސައިފް ދުރަށް ކޮށްޕާލަމުން ނައިޝާ ބުންޏެވެ.
އަހަންނާ ނައިޝާއާ މީ ކައިވެންޏެއްގެ ގޮތުގައި ނުދެކުނަސް ޝަރުޢީ ގޮތުންވެސް ޤާނޫނީ ގޮތުންވެސް އަދިވެސް ތީ އަހަރެންގެ އަތްބެއް…އަދި އަހަރެން ނައިޝާ ވަރިއެއް ނުކުރަން” ސައިފް ބުނެލިއެވެ.
“މިތަނުން ދެވުމުން އަހަރެން ސައިފާ ވަރިވާން ފޯމުލާނަން…އަހަރެންވެސް ސައިފާ އިނީކީ ސިފަ ރީއްޗަށް ބަލައިގެނެއް ނޫން” ނައިޝާ އޭނާގެ ހިތުގައިވާ އުދާސްތައް ބަންޑުން ކޮށްލަން މަސައްކަތް ކޮށްލިއެވެ.
“ހަމަގައިމުވެސް ނައިޝާއަށް ވުރެ އަހަރެން ރީތިވާނެ އެތައް ގުނައެއް..” ސައިފް ކިބުރުވެރި ކަމާއެކު ބުނެލިއެވެ. “ނައިޝާ ފުރަން މިހާރު ދެދުވަހަށްވީ..ދެން އަހަންނަށް ނައިޝާ ނުފެންނާނެހެން ހީވަނީ… ތިބުނީނު ވަރިވާން ފޯމުލާނަމޭ…އެހެންވީމަ ދިއުމުގެ ކުރިން ނައިޝާއަަށް އަހަރެން ހަދިޔާއެއް ދޭން ބޭނުންވޭ…ނައިޝާ ވަރަށް އުފާވާނެ ހަދިޔާއެއް ކަމަށް އަހަރެން އުންމީދުކުރަނީ” ސައިފް ބުނަންއުޅޭ އެތި އަޑުއަހަން މޫނު އަނެއްފަރާތަށް ލައިގެން ނައިޝާ ހުއްޓެވެ.
“ކޮންމެ އަންހެނަކުވެސް ބޭނުންވާނެ…އަހަރެން ބޭނުންވަނީ ނައިޝާއަށް ބޭބީއެއް ދޭން” ސައިފްގެ ވާހަކަ އަޑުއަހަން ހުރި ނައިޝާ ކުއްލިއަކަށް ސައިފާ ދިމާއަށް ބަލައިލި އެވެ.އޭނާގެ ރުޅިގަނޑު އުތުރި އެރި ކަހަލައެވެ.
“އަދިވެސް އަހަންނަށް ކޮށްލި ވަރު ކުޑައީތަ؟…ނަހަމަ ގޮތުގަ އަހަންނާ ކައިވެނި ކޮށް….އަހަރެން އަތުން ގަދަކަމުން ރުފިޔާ އަތުލާ… އަހަންނަށް އަނިޔާކޮށް އަދިވެސް ކިޔަންވީތަ؟” ވަރަށް ބާރަށް ސައިފްގެ ކަންފަތް މަތީގައި ޖަހަމުން ނައިޝާ އެހެންބުނިއިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ.
“ނައިޝާ ބޭނުމެއް ނުވޭތަ ކުއްޖެއް؟” ސައިފް ނައިޝާއަށް ރުޅިވެރިކަމާއި އެކު އަހާލިއެވެ. “ކުއްޖަކު ބޭނުން ވަރަށް ބޭނުން…އެކަމަކު ތިކަހަލަ ނުލަފާ މީހެއްގެ ދަރިޔެއް އަހަރެން ބޭނުމެއްނޫން…ތި ހަނދާން އާކުރާކަށް އަހަރެން ނެތިން” ނައިޝާ އަށް ރޮވެން ފެށިއެވެ.
“ރަނގަޅު ވާހަަކައެއް…އަހަރެން މަތިން ނައިޝާ އަބަދުވެސް ހަނދާންވާނެ ބޭބީ ފެނުނީމަ…އެއީ އަހަރެންގެ ބޭނުމަކީ” ސައިފް އެހެން ބުނި އިރު އޭނާގެ ތުންފަތް މައްޗަށް ނުބައި ހިނިތުންވުމެއް ވެރިވިއެވެ.
ނައިޝާގެ ރުޅި އިތުރަށް ގަދަވެގެން ދިޔައެެވެ.” ހަމަ މިހާރު މިތަނުން ނުކުމެގެން ދޭ…ކަލޭގެ އަނބިމީހާ އަށް އެނގޭތަ މި ގަޑީގަ މަކޮޓަރިތެރެއަށް ކަލޭ ވަދެ ހުރިކަން؟…ނޫނީ އެނގޭނެ ކަންނޭނގެ…ކަލެއާ ސުހާއަކީ އެއްކަހަލަ ދެމީހުން ރުފިޔާ ހޯދަން ކިތަންމެ ހައްދުންމައްޗަކަށްވެސް ކަލޭމެން ހިނގައިދާނެ” ނައިޝާ އަޑަށް ބާރުލަމުން ރުޅިވެރިކަމާއި އެކު ސައިފަށް ބުންޏެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





