ޖެހިގެން އޮތް ދުވަހުވެސް ނައިޝާގެ އާދައިގެމަތިން ދުވަސް ފެށުނެވެ.”ނައިޝާ ނައިޝާ” މައިދައިތަ ދޮރުގައި ތަޅައިގަތެވެ. ނިދާފައި އޮތް ނައިޝާ އެނދުން ތެދުވެ ދޮރު ހުޅުވާލިއެވެ. “ދޭބަލަ ސުހާ އެބަ ގޮވާ” މައިދައިތަ އެހެންްބުނުމުން ފާހާނާއަށް ވަދެ ފެންވަރައިގެން ނައިޝާ ނިކުތެވެ.

“އަދިވެސް ނުދަންތަ ތި ދޭބަލަ” ނައިޝާގެ ކޮޓަރިއަށް ބޯދިއްކޮށްލުމަށްފަހު ފެންވަރައިގެން އިސްތަށިގަނޑު ހިއްކަން ހުރި ނައިޝާއަށް މައިދައިތަ ބުނެލިއެވެ.

މައިދައިތަ ދިއުމުން އިސްތަށިގަނޑު އައްސާނުލާ ބުރުގާ އެޅުމަށްފަހު ނައިޝާ ސައިފްގެ ކޮޓަރިއަށް ހިނގައިގަތެވެ.ކޮޓަރިއަށް ނައިޝާ ވަތްއިރު ސައިފް އެނދުގައި އޮށޯވެ ފޯނާ ކުޅެން އޮތް އިރު ސުހާ އުޅެނީ ފާހަނާގައެވެ.

ސައިފް ފެނުމުން ނައިޝާއަށް އަނިޔާކުރި ވަގުތު ހަނދާންވެ އޭނާގެ ހިތް ނުތަނަވަސްވިއެވެ. “އަހަރެން މިރޭ ގޭ މީހުނާ އެކު މިތާ ކައިރި ރަށަކަށް ދާތީ މަށަށް ދެތިން ދުވަހަށް އަންނައުނު ކޮޅެއް ޕެކް ކޮށްދީ” ފާހަނައިން ނިކުތް ސުހާ ނައިޝާ ފެނުމުން ބުނެލިއެވެ.

“ނައިޝާ އަކަށް ނޭނގޭ ސުހާއަށް ކަމުދާ އަންނައުނެއް…” ނައިޝާ ބުނަން އުޅުނެެވެ. “އަލަމާރި ހުޅުވާ އަހަރެން ބުނާނަން….އަލަމާރި ތެރޭގަ އިންނާނެ ދަބަސް” ނައިޝާގެ ޖުމުލަ ފުރިހަމަ ނުވަނީސް ސުހާ ބުނެލިއެވެ.

އަލަމާރި ކައިރީގައި ހުރެ، ސުހާ ދެއްކި ދެތިން އަންނައުނެއް ނައިޝާ ނަގާ ފަތްޖަަހަން ޓައިލްސް މަތީގައި އިށީނެވެ.އޭނާ ބޭނުންވަނީ ވީހާވެސް އަވަސް ކޮށްލައިގެން އެތަނުން ނިކުންނާށެވެ.

ފާހަނައިން ނިކުތް ސުހާ ސައިފް ކައިރި އެނދުގައި އިށީނެވެ. “ނައިޝާ ހިތަށްއަރާ ދޯ އަހަރެން ގޮތަށް ހިކިވެފަ ރީތިވާނެ ނަމައޭ” ކިބުރުވެރި ރާގަށް ތުއި ވެލަމުން ސުހާ ބުނެލިއެވެ.ރައްދުގައި އެއްވެސް އެއްޗެއް ނައިޝާ ނުބުނެ އަންނައުނު ފަތްޖަަހަން އިނެވެ.

“ތިކަހަލަ ރީތި މައްޗާ ރީތި އަންނައުނު ލެވޭނެ ނަމައޭ ހިތަށްއަރާނެ ހަމަ ގައިމުވެސް…އެކަމަކު ނައިޝާ އަށް އަންނައުނު ފަހަން ޖެހޭނީ ބޮޑު ފޮތި ފޭއްޔަކުން” ހިނިގަނޑެއް ޖަހާލަމުން ސުހާ މަލާމާތް ކޮށްލިއެވެ.

އެވަރުންވެސް އެއްޗެކޭ ނުބުނެ ވަރަށް ކެތްކޮށްލައިގެން ނައިޝާ އިނެވެ. “އަހަރެންގެ ރާނީއަށް ވުރެ ރީތި މީހަކު ނުހުންނާނެ” ސުހާ ގާތްކޮށްލަމުންް ސައިފް އެހެންބުނުމުން ނައިޝާ ސައިފާ ދިމާއަށް ބަލައިލެވުނެވެ.

“އައި ނޯ” ތުއިވެލާފައި ސުހާ އެހެންބުނެ އެނދުން ތެދުވިއެވެ. ޑުރެސިން ޓޭބަލް ކައިރިއަށް ހުއްޓިލުމަށްފަހު، މޭމައްޗާ ހަމައަށް އަރާ އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ނިއުޅުވާލިއެވެ. ނައިޝާ ވައްކަޅިން ސުހާއަށް ބަލައިލި އެވެ.

ސުހާ އަކީ އިސްކޮޅުން ކުރުކޮށް ހިމަތޮޅިކޮށް ހުންނަ ޒުވާނެކެވެ.ގައިގެ ހަންގަނޑު އެހާ އަލި ނޫނަސް ނައިޝާއަށް ވުރެ އައްޔެވެ.ދެން ނައިޝާ ބަލައިލީ ސައިފަށެވެ.ސައިފާ ސުހާގެ ގައިގެ ކުލަ ގާތްގަނޑަކަށް އެއްވަރެވެ.ސައިފަކީ އިސްކޮޅުން ދިގު ހިމަތޮޅިކޮށް ހުންނަ ޒުވާނެކެވެ.

“ނައިޝާއަށް ކިތައް އަހަރު؟”ޑުރެސިން ޓޭބަލް ކުރިމަތީގައި ހުރެ ސުހާ އަހާލިއެވެ. ” އޭނާއަށް އަށާރަ އަހަރު…ވަރަށް އަވަަހަށް ނަވާރަ ފުރޭނެ” ނައިޝާ ޖަވާބު ނުދިނުމުން ސައިފް ބުނެލިއެވެ. “ވަޓް؟ އަށާރައޭ؟ މަށަށް ވުރެ ކުޑަ؟ މަށަށް ވިހި އަހަރު…އެކަމަކު ބަލާފަ ހީވަނީ މަށަށް ވުރެ ބޮޑުހެން” ސުހާ ހައިރާން ވެލާފައި ބުނެލިއެވެ.

ސައިފް ކުރިން ބުނީމެއްނު ލޯބި ކައިރި އޭނަގެ އުމުރު” އިތުރަށް ސައިފް ސުހާއަށް ބުނެލިއެވެ.ސައިފް ސުހާއަށް ލޯބި ބަހުން މުޚާތަބު ކުރާ ކޮންމެ ފަހަރަކު ނައިޝާގެ ހިތަށް އަސަރުކުރެއެވެ.ނަމަވެސް އެކަން ނުދައްކާ ހަމަޖެހިލަން ނައިޝާ މަސައްކަތް ކޮށްލިއެވެ.

ދަބަހަށް އެއްޗެހިތައް އެޅުމަށްފަހު ނައިޝާ އެތަނުން ނިކުންނަން ތެދުވެލި ގަނޑީގައި ސުހާ އޭނާއާ ކައިރި ވުމަށް ފަހު، ނައިޝާގެ ބޮލުގައި އިން ބުރުގާ ކުއްލިއަކަށް ދަމާގަތެވެ. އެވަގުތު ނައިޝާ އަށް ހީވީ ފައިދޮށުން ބިންގަނޑު ކެނޑުނު ހެނެވެ.ވަގުތުން ބޮލުގައި އަތް އެޅުމަށްފަހު ބުރުގާ ދިނުމަށް ސުހާއަށް އެދުނެވެ.

“ތި ބުރުގާ ދީ!” ލޮލަށް ކަރުނަ ޖަމާވެ ނައިޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ބުރުގާ ހިފައިގެން ހެވިފައި ސުހާ ހުއްޓެވެ. “ނައިޝާ މަ އިނީމަތަ ތިއުޅެނީ؟…މަށަށް ތިި ފަގީރު އިސްތަށިކޮޅު ފެނިފަ ހުރީ” ހިނިއައިސްފައި ހުރެ ސައިފް ނައިޝާއަށް މަލާމާތް ކޮށްލިއެވެ.

“ވަޓް…އިޒް ދިސް އަ ޖޯކް؟..ބިޔަ ހަށިގަނޑެއް ލާފަ ހުރިއިރު ކުޑަކުޑަ އިސްތަށިކޮޅެއް…ހީވަނީ މޮޔައިންގެ ކޮށިން އައިއްސަ ހުރި މޮޔައެއްހެން” ހިނިގަނޑެއް ޖަހާލަމުން، ކިރިޔާ ކޮނޑާ ހަމައަށް އަރާ ނައިޝާގެ ތުނި ފަން އިސްތަށިގަނޑު ފެނިގެން ސުހާ މަލާމާތް ކޮށްލިއެވެ.

“ޔަކް…ބަލާބަ އެހެރަ ކަރުދޮށެއްވެސް ކަޅު ދެލި ކުލަ އަރާފަ….ބަލާބަ އަހަރެންގެ ކަރު އަލިވެފަ އޮމާންވާނެ….ސުހާ ނައިޝާއަށް މިފަހަރު ވެސް މަލާމާތް ކޮށްލިއެވެ.

“މީނަގެ އިސްތަށިގަނޑު ކުރީގަ ދިގުތަ؟” ސުހާ ސައިފަށް އަހާލިއެވެ. “ކޮންތާކު… އަހަންނާ ރައްޓެހިވެގެން އުޅުނުއިރު އަހަރެންނަށް ފެނުން މީނަ ގޭތެރޭގަ ބުރުގާ ނަގައިގެން ހުއްޓާ… އޭރުވެސް އިންޗިއެއް ކަންނޭނގެ ކޮނޑުން ތިރިއަށް ހުރީ އިސްތަށިގަނޑުގެ” ސައިފް ބުނެލިއެވެ.

” އަހަރެންވެސް ބޭނުންވޭ ބޮޑު އިސްތަށިގަނޑެއް… އެކަމަކު އަހަރެންގެ އިސްތަށިގަނޑު ވަރަށް ލަހުން ދިގުވަނީ…ސައިފާ އިން ފަހުން ސްޓްރެސް ވުމުން ބޮލުން އިސްތަށި ފޭބުން އިތުރުވީމަ އަހަރެން އިސްތަށިގަނޑު ކޮށާލީ މިވަރަށް” ހިތާމަވެރިކަމާއެކު ނައިޝާ ސުހާއަށް އެހެންބުނި އިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެެވެ.

ސުހާގެ އަތުގައި އޮތް ބުރުގާ ޖަހާގަނެ އެޅުމަށް ފަހު، ކޮޓަރިން ނިކުންނަން ނައިޝާ ދިޔައެވެ. “ކަލޭ ހުންނާނީ ތިހެން…ކަލޭ ނުވާނެ ދެނެއް ހިއްކެއް…އިސްތަށިގަނޑު ވެސް ހުންނާނީ ތިހެން” ކޮޓަރިން ނިކުންނަން ދިޔަ ނައިޝާއަށް ސުހާ ބުނެލިއެވެ.ބާރަށް ދޮރު ޖެހުމަށްފަހު ރޮމުން ނައިޝާ އެކޮޓަރިން ނިކުތެވެ.

ގޯތިތެރޭގައި ވަކިން ހުރި ނައިޝާ ނިދާ ކޮޓަރިއަށް ވަދެ އެނދަށް ވެއްޓުމަށް ފަހު ނައިޝާ ރޯންފެށިއެވެ.ނައިޝާވެސް ރީތިވާން ބޭނުންވެއެވެ.ނަމަވެސް މީހުންގެ މަލާމާތް ލިބި ބާކީވުމުގެ ސަބަބުން މީހާގެ ހިތްވަރު އެލެން ފެށީއެވެ. ާަަަަަަަަަަަަަަަަަަަާަަާާަާަަަާަަަަަަަާަަަަަަަަަަަަަަަަަަަާަަާ

ރުއިން ހުއްޓާލައި ކަރުނަ ފުހެލުމަށްފަަހު، ނައިޝާ ތެދުވެ  ބުރުގާ ބާލާ ލޯގަނޑު ކުރިމައްޗަށް ހުއްޓި، އޭނާގެ އަމިއްލަ ސޫރައަށް ބަލައިލި އެވެ.އަނދާ ކުރަކިވެ ފައިވާ ހަންގަނޑެކެވެ.ކަރުދަށްވެސް ވަނީ ވަރަށް ބޮޑަށް ކަޅުވެފައެވެ.ތުންފަތްވެސް ހިކިގެން ގޮސް ވަނީ ކުރަކިވެފައެވެ.ނައިޝާގެ ވަނީ ކިރިޔާ ކޮނޑާ ހަމައަށް އަރާ ފަން ތުނި ތުނި އިސްތަށިކޮޅެކެވެ. “ސުހާ އެބުނީ ތެދެއް… އަހަންނެއް ދުވަހަކު ވެސް ރީއްޗެއް ނުވާނެ” ލޮލުން ކަރުނަ ނީރާލަމުން ނައިޝާ އޭނާގެ އަމިއްލަ ނަފްސަށް ބުނެލިއެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!