Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ތިރީސް އެއްވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
August 28, 2021 3 Mins Read
0 Comments

ރޭގަނޑު ނުވައެއް ޖެހިއިރު އެންމެން ކާމޭޒުދޮށަށް ކާން ޖަމާވިއެވެ. އެންމެން ކައި ނިމިގެން ދިއުމުން ބަނޑުހައި ވެފައިވާ ނައިޝާ ކާގެއަށް ވަދެ ވަރަށް ކުޑަކޮށް ކާލިއެވެ.

ކައިނިމި ސައިފާ ސުހާގެ އިތުރުން މައިދައިތަވެސް ގޯތިތެރޭގައި ހުރި ޖޯލީގައި  ޖައްސާލިއިރު ސަނާ ކައިގެން ކޮޓަރިއަށް ވަނެވެ.

“މީނަ ކޮންއިރަކު ދަނީ؟” ނައިޝާ ކައި ނިމި މޭޒުމަތި ސާފުކޮށް ނިމުމަށްފަހު ކޮޓަރިއަށް ވަންނަަން ދިޔަ ގަނޑީގައި ސުހާ ސައިފަށް އަހާލިއެވެ.

ނައިޝާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލައި ބުރުގާ ބޭލުމަށް ފަހު އެނދުގައި އިށީނެވެ.އެވަގުތު މީހަކު ދޮރުގައި ޓަކި ޖެހިއެވެ. “މަށޭ ހުޅުވަބަލަ” ދެފަހަރު ޓަކި ޖެހުމަށް ފަހު ސައިފް ބުންޏެވެ.

ބުރުގާ އެޅުމަށް ފަހު ނައިޝާ ދޮރު ހުޅުވާލިއެވެ.ދޮރުމަތީގައި ހުރި ސައިފަށް ނުބަލަން މޫނު އަނެއްފަރާތަށް ނައިޝާ އަނބުރާލިއެވެ.

“ޓިކެޓް ނެގީތަ މިހާރު؟” ސައިފް ނައިޝާއަށް ފޫހި ރާގަކަށް ބުނެލި އެވެ. “ބުކް ކޮށްފިން އެންމެ އަވަހަށްވެސް ހަފްތާއެއް ފަހުން ލިބުނީ” ނައިޝާ މޫނު އަނެއްފަރާތަށް ލައިގެން ހުރެ ސައިފަށް ޖަވާބު ދިނެވެ.

“ދީބަ ތި ފޯނު” ނައިޝާ އަތުގައި އޮތް ފޯނު ދިނުމަށް ސައިފް އެދުނެވެ. “ކީއްކުރަން” ސައިފް އެހެން ބުނުމުން ސައިފާ ދިމާއަށް އެނބުރިލުމަށްފަހު ނައިޝާ ބުންޏެވެ.

“ނައިޝާ ހަނދާން ނެތުނީ ކަންނޭނގެ…އަހަރެން އަދި ނައިޝާ ވަރިއެއް ނުކުރަން…ތީ އަދިވެސް އަހަރެންގެ އަންހެނުން” ސައިފް ނައިޝާއަށް ރުޅިވެރިކަމާއި އެކު ބުނުމަށް ފަހު ފޯނު ޖަހާގަތެވެ.އެވަގުތު އެތަނަށް ސުހާވެސް އައެވެ.

“މީގެ ކޯޑު ޖަހާ” ނައިޝާ އަށް ސައިފް އަމުރު ކޮށްލިއެވެ. ކޯޑު ނުޖަހަން ހުރެފައި ވެސް ނައިޝާ ކޯޑު ޖެހުމަށްފަހު ސައިފް އަތަށް ފޯނު ދިނެވެ.

ނައިޝާ ފޯނު ދިނުމުން ކޮންޓެކްޓު ބަޔަށްވަދެ ނައިޝާގެ ފޯނުގައި ސޭވްކޮށްފައިވާ އޭނާގެ ބައްޕަގެ ނަންބަރު ފުހެލިއެވެ. “ބައްޕައަށް ގުޅަން ބޭނުންވިޔަސް ދެން ނުގުޅޭނެއެއްނު…އަހަރެންގެ ބައްޕައަށް މީނަ ގުޅާފާނެ” ކައިރީގައި ހުރި ސުހާއަށް ސައިފް އެހެން ބުނުމުން ނައިޝާ ސައިފް އަތުން ފޯނު ޖަހާގަތެވެ.

“ނައިޝާ ބުނެފަ އިންނާނީ މަންމަ ކައިރި ނުގުޅާނަމޭ…ނުގުޅާނަމޭ ބުނެފިއްޔާ ނުގުޅާނެ” ހިތްހަމަ ނުޖެހިހުރެ ސައިފާ ދިމާއަށް ނައިޝާ ބުނެލިއެވެ.

“ކިހާވަރެއް އެކައުންޓްގަ އިނީ؟” ސައިފް ނައިޝާއަށް އަހާލިއެވެ. “ކީއްކުރަން” މިފަހަރު ވެސް ނައިޝާ ބުނެލި އެވެ. “ޖަވާބުދީ” އަޑަށް ބާރުލަމުން ރުޅިވެރިކަމާއި އެކު ސައިފް ބުނެލިއެވެ. “ފަސްލައްކަ” ހިތްހަމަ ނުޖެހިހުރެ ނައިޝާ ބުންޏެވެ.

“އެހެންވީމަ އަހަރެންގެ އެކައުންޓަށް ތިންލައްކަ ޓުރާންސްފާ ކުރޭ…ބާކީ ދެލައްކަ އަކީ އަހަންނަށް ނައިޝާ ވެދިން ހެޔޮކަން ކަމުގަ ހީކޮށްލާ” ސައިފް ނައިޝާ އަށް ބުނެލިއެވެ.

އެވަގުތު ނައިޝާގެ އެތެރެހަށީގައި ތޫފާނެއް އުފެދުނު ފަދައެވެ. “ނުލިބޭނެ…އަދިވެސް އަހަންނަށް ކޮށްލި ވަރު ކުޑައީތަ؟” ރުޅިވެރިކަމާއި އެކު މިފަހަރު ނައިޝާ ސައިފަށް ބުންޏެވެ.

“އެހެންތަ؟… ކޯޑު ޖަހާ މީގެ” ފޯނު ޖަހާގަތުމަށްފަހު ކޯޑު ޖެހުމަށް ސައިފް އަމުރު ކޮށްލިއެވެ. “ނުޖަހާނަން” އަޑަށް ބާރު ލަމުން މުޅިމީހާ ތުރުތުރުއަޅާ ހާލު ނައިޝާ ބުނެލިއެވެ.

“މަ ކުރިމަތީގަ ވައްތަރު ޖައްސަން ނުހަދައްޗެ…ކޯޑު ނުޖަހާދެންޏާ މަށަށް އިނގޭނެ ހަދާނެ ގޮތް” ނައިޝާގެ މޫނުމައްޗަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ސައިފް ކުރިއަށް ވުރެ ބޮޑަށް ރުޅިއައިސްފައި ހުރެ ބުނެލި އެވެ.

“އޭނަ މަގުމައްޗަށް ނަގާ އެއްލާލާ” ސައިފްގެ ފަހަތުގައި ހުރި ސުހާ ރުޅިވެރިކަމާއި އެކު ސައިފަށް ބުންޏެވެ. “މަގުމައްޗަށް އެއްލޭނަމަ އެއްލާލީމުސް…އެކަމް މަގަށް އެއްލާލާފިނަމަ މިރަށުމީހުން ބައްޕައަށް ރިޕޯޓުކުރާނެ…އޭރަށް ބައްޕަ އުދުހިފަވެސް އަންނާނެ…ލޯބިވާ ދަނބިދަރިފުޅުގާތަށް” ސައިފް ސުހާއަށް ބުނެލިއެވެ.

“ފަހު ފަހަރަށް މިބުނަނީ މީގަ ކޯޑުޖަހާ ނޫނީ މަ އެކައުންޓަށް ތިންލައްކަ ޓުރާންސްފާ ކުރޭ” ސައިފް ނައިޝާއަށް އަމުރު ކޮށްލިއެވެ. “ނުދޭނަން ރުފިޔާއެއް… ނުލިބޭނެ” ރުޅިއައިސްފައި ހުރެ ނައިޝާ އެހެން ބުނުމުން ސައިފް ރުޅިވެރިކަމާއި އެކު ނައިޝާގެ އަތު މަސްގަނޑުގައި ބާރަށް ހިފާ ދަމަމުން ގޯތީގެ ބިއްދޮށަށް ގެންދިޔަ އެވެ.”ދޫކުރޭ ތަދުވެއޭ” އެވަގުތު ނައިޝާ ގޮވަމުން ދިޔައެވެ.އެއަޑަށް ސަނާ ބޭރަށް ނިކުތެވެ.ސައިފާ ނައިޝާގެ ފަހަތުން ސުހާ އާ މައިދައިތަގެ އިތުރުން ސަނާވެސް ދިޔައެވެ.

ސައިފް ނައިޝާ ގެންގޮސް ގުދަން ގަނޑެއްގެ ތެރެއަށް ލިއެވެ.” އެއްހަފްތާ ވިއަސް ހެޔޮ ރުފިޔާ ނުދީފިނަމަ ހުންނަން ޖެހޭނީ މިތާ” ނައިޝާ ގުދަން ތެރެއަށް ލުމަށްފަހު ނިކުމެ ދޮރު ބޭރުން ތަޅުލަމުން ސައިފް ބުންޏެވެ. ސައިފް ގެ ފަހަތުން ނައިޝާ ދުއްވައިގަތެވެ.ނަމަވެސް އޭނާއަށް ދޮރާ ހަމައަށް ދެވުމުގެ ކުރިއަށް ސައިފް ބޭރުން ތަޅުއެޅުވިއެވެ.

“ސައިފް މިދޮރު ހުޅުވާ ހެޔޮނުވާނެ” ލޮލުން ކަރުނަތައް އޮހޮރި، ރޮމުން ނައިޝާ ދޮރުގައި ތަޅަންފެށިއެވެ.ދޮރު ހުޅުވުމަށް ނައިޝާ އާދޭސް ކުރަމުން ދިޔަ އެވެ.

ދޮރުގައި ތެޅުން ހުއްޓާލުމަށްފަހު ނައިޝާ ރޮމުން މުޅިތަނަށް ވަށައިގެން ނަޒަރު ހިންގާލިއެވެ.މުޅިތަން ވަނީ ލަކުނޑިއާ ހަނޑޫ ބަސްތާ ފަދަ ކާޑުގެ ބާވަތްތަކާއި އެކި ސާމާނުތަކުން ފުރާލަފައެވެ.ކުޑަކުޑަ ހަތަރު ފާރު އެތެރޭގައި ފަންކާއެއް ނެތްއިރު ހަމައެކަނި ވަނިީ ފަނޑު އަލިކަން ހުރި ކުޑަ ބޮތްކެކެވެ. ތަޅުމުގައި ވެސް މުށްޓެއް ތަރުފާލުގަނޑެއްހާ ހިސާބު ވެސް ނެތެެވެ.

ހުސްފަޔާ ހުރި ނައިޝާގެ ފޯނުވެސް ސައިފް އަތުލައިފައި ވުމުން މަންމައަށް ގުޅޭނެގޮތެއް ނައިޝާ އަކަށް ނުވިއެވެ. ހަދާނެ ގޮތް ހުސްވެ ނައިޝާ ރޯންފެށިއެވެ.

ކުރިއަށް ވުރެ ބާރަށް ނައިޝާ ހަޅޭއްލަވަމުން ދޮރުގައި ތަޅަން ފެށިއެވެ. “އޭނަ ހަޅޭއްލަވާ އަޑަށް ތަންގަނޑު މީހުން އެއްވެދާނެ” މައިދައިތަ ބުނެލި އަޑު ނައިޝާއަށް އިވުނެވެ.

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ކޮމެޑީ ލޭންޑް 15

Next

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 5

Next
August 28, 2021

ހިތް ދެވިއްޖޭ ކަލާޔަށް ހުވާ – 5

Previews
August 27, 2021

ކޮމެޑީ ލޭންޑް 15



All Right Reserved!