ނައިޝާ އޭނާގެ މާޒީ އައްކިޔުންނަށް ކިޔައިދިން ފަހުން އައްކިޔުންގެ އަޅާލުމާ ލޯބި އިހުނަށްވުރެ އިތުރުވިހެން ނައިޝާއަށް އިހުސާސް ކުރެވުނެވެ.
******
“މީ ކާކު؟” އާދައިގެ މަތިން އައްކިޔުންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން ގޮސް ފޯނުން ފޮޓޯގަނޑެއް ދައްކާލުމަށްފަހު، އައްކިޔުން ގާތު ނައިޝާ އަހާލިއެވެ.
“ކާކު ތީ؟” ފޮޓޯގައި ވަނީ ކާކުކަން ނޭނގުމުން އައްކިޔުން އަހާލިއެވެ. “މީ ނައިގެ ކުރީގެ ފޮޓޯއެއް…ފަލަ އިރުގެ” ނައިޝާ އެހެންބުުނުން އައްކިޔުން އެފޮޓޯގަނޑަށް ވަރަށް ރަނގަޅަށް ބަލައިލި އެވެ.
“އެހެންތަ… ހީވާނީ އެހެންމީހެއްހެން…އެކަމް އައްކިޔުން ބުނެލާނީ ނައި ކޮންމެ ސިފައެއްގައި ހުއްޓަސް އައްކިޔުން ލޯބިދޭނަން ކަމުގައި ނައި ޔަގީންކުރާށޭ… އައްކިޔުން ސައިފް ހެނެއް ނުވާނަން” ނައިޝާ ގަޔާ ކައިރިކޮށްލަމުން އައްކިޔުން ބުނެލިއެވެ.
އެވަގުތު ނައިޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.”ނައިގެ ލޮލުން ކަރުނަ ފެނުނީމަ އައްކި ވަރަށް ދެރަވޭ” ނައިޝާގެ ލޮލުން ކަރުނަ ފުހެލަދިނުމަށްފަހު، ދެރަވެލާފައި އައްކިޔުން ބުނެލިއެވެ.
*******
އައްކިޔުންނާއި ނައިޝާގެ ގުޅުމަށް ނުވަމަސް ފާއިތުވިފަހުން، ނައިޝާ ވަޒީފާ އަދާކުރާ ފިހާރައިގެ އައު އަޓްލެޓްސް ތަކެއް ދެ ރަށެއްގައި ހުޅުވާތީ ނައިޝާއަށް ފުރަންޖެހުނެވެ.
“އަސްލު ދާހިތެއް ނުވޭ އެއްގޮތަކަށްވެސް… އެކަމް ނައި މިއުޅޭ ތަނުގެ ބޮސް ވަރަށް ރަނގަޅު…ނައި ގޭގައި ހުރެގެން ވަޒީފާ އަދާކުރަން ބޭނުންވުމުން އެގޮތަށް އެކަންތައްވެސް ކޮށްދިން… އެހެންވީމަ ނައިވެސް ޖެހޭނެދޯ އެވަރު ދަންނަން” ނައިޝާ އައްކިޔުން ކައިރި ބުނެލިއެވެ.
“އާނ ރަނގަޅިއްޔާ ނައިވެސް ވާނެ ރަނގަޅުވާން…ނައި އާ ދުރުގަ ހުންނަން އައްކި އަށް ވަރަށް އުދަނގޫ ވާނެ… އެކަމަކުވެސް ނައިގެ އިންތިޒާރުގަ އައްކި ހުންނާނަން ކިތަންމެ ދުވަހެއްވިޔަސް” ނައިޝާ ފުރާތީ އައްކިޔުން ދެރަވިއެވެ.
“އައްކި ދެރަނުވައްޗޭ… މިދަނީކީ މާ ގިނަދުވަހަކަށް ނޫނެއްނު…ހަފްތާއަކަަށް މިދަނީ މިއަތޮޅު ހުރައަށް” އައްކިޔުން ދެރަވެފައި ވުމުން އޭނާގެ އަތުގައި ހިފާލަމުން ނައިޝާ ބުނެލިއެވެ.
“ނަައި ބޭނުމިއްޔާ އައްކި ހިނގައިދާނަން ނައިއާއެކު” އައްކިޔުން އެހެންްބުނުމުން އެކަމަށް ނައިޝާ ގަބޫލެއް ނުވިއެވެ.
“ނޫން…ނައި ބޭނުމެއްނޫން އައްކިގެ ވަޒީފާއަށް ފުށުއަރާނެ ފަދަ ކަމެއް ކުރުވާކަށް…އައްކި ކަންބޮޑުނުވޭ…ނައިއާ ހަވާލުވެގެން މީހަކުވެސް ދާނެ…އެހެންވީމަ ނައި އެކަންޏެއް ނުވާނެ… ނައި އަބަދުވެސް އައްކިއަށް ގުޅާނަމޭ އިނގޭ” ނައިޝާ ލޯތްބާއެކު ބުނެލިއެވެ.
*****
ހެނދުނު ނުވައެއް ޖެހިއިރު ޓެކްސީގައި މާލޭ ބަނދަރު ކައިރިއަށް ނައިޝާއަށް ދެވުނު އިރު ލޯންޗު ފުރަން ތައްޔާރަށް އޮތެވެ. “ތީ ނައިޝާދޯ؟” މެދު އުމުރުގެ ފިރިހެނެއް ނައިޝާ ކައިރިއަަށް އައިސް ހުއްޓިލިއެވެ. އެމީހާއަށް އާނ އެކޭ ބުނުމުގެ ގޮތުން ނައިޝާ ބޯ ޖަހާލިއެވެ.
“މީ ފާއިޒް ނައިޝާގެ ކަންކަމާ ހަވާލު ވާނީ އަހަރެން” ނައިޝާއަށް ސަލާމްކުރަން އަތްދިއްކޮށްލަމުން ފާއިޒް ތަޢާރަފް ވެލިއެވެ.
“ފިހާރަތަށް ހުޅުވުމަށް ބޮޑުމީހާ ހަމަޖެއްސެވީ ނައިޝާ އާއި އަދި އިތުރު މީހެއް…އެއީ ތިދެމީހުންނަށް ބޮޑުމީހާ އިތުބާރު ކުރާތީއާ އޮންލައިން ވިޔާފާރީ އާއި ހާވާލުވެފައި ވަނީ ތިދެމީހުން ކަމަށްވާތީ އާއެކު އެހެންމީހުނަށްވުރެ ތިދެމީހުނަށް ދަތުރުކުރަން ފަސޭހަވާނެތީ..އެހެންވީމަ ނައިޝާ ވާނެ ބޮޑުމީހާ ދެރަނުވާނެ ގޮތަކަށް އުޅެން… މިވާހަކަ ނައިޝާ ގާތު ބޮޑުމީހާ ބުނެފަ ކަންނޭނގެ އޮންނާނީ އެކަމަކުވެސް ބުނެލާނަން….ހުރުމާ ކެއުމާ ހުރިހާ ޚަރަދެއް ކުންފުނީގެ ފަރާތުން ހަމަޖައްސައިދޭނެ ނައިޝާ ނުޖެހޭނެ އެއްވެސް ޚަރަދެއް ކުރާކަށް” ފާއިޒު ނައިޝާއަށް ކިޔައިދިނެވެ.
“ހިނގާ އަރަން ފުރަން ނައްޓާލަންވީ” ފާއިޒު އެހެން ބުނުމުން ނައިޝާ މަގާ ދިމާލަށް ބަލައިލީ އައްކިޔުން އާދޭތޯއެވެ.ފުރަން، ގެއިން ކާރަށް އެރި ވަގުތު އައްކިޔުން ނައިޝާއަށް ގުޅާފައި ނައިޝާ ފުރާތަނަށް އަންނާނަން ކަމުގައި ބުނެފައިވާތީ އެވެ.
އައްކިޔުން އާދޭތޯ ބަލަން ހުރި ނައިޝާއަށް، އެމީހުނާ މާދުރުނޫން ހިސާބަކަށް ޓެކްސީއެއް މަޑުކޮށްލި ތަން ފެނުނެވެ.ޓެކްސީއަށް ބަލަން ހުރި ނައިޝާއަށް ހިނިތުންވެލެވުނީ އައްކިޔުން އެކާރުން ފޭބިތަން ފެނުމުންނެވެ.
ފަަސްމިނެޓް ލިބިދާނެތަ؟ އެބަ އަންނަން” ފާއިޒުގެ އިޒްނައާ އެކު ނައިޝާ އައްކިޔުން ކައިރިއަށް ދިޔައެވެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ނައިޝާ ފެނުމުން އައްކިޔުން އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ. އެވަގުތު އައްކިޔުންގެ އަވަސްވީ ހިތުގެ ތެޅުމުގެ އިހުސާސް ނައިޝާއަށް ކުރެވުނެވެ.
“އައްކި އޯކޭތަ ހާދަ ހާސްވެފަ” ނައިޝާ ބުނެލިއެވެ. “ނައި ފުރަންވާއިރަށް ނާދެވިދާނެތީ…ވަރަށް އުދަނގުލުން ކާރެއް ލިބުނީވެސް” ނިތްކުރިމަތީގައި ހިއްލާފައިވާ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން އައްކިޔުން ބުނެލިއެވެ.
“ދެން ކަންބޮޑުނުވޭ މި ދިމާވީނު” ހިނިތުންވެލަމުން ނައިޝާ ބުނެލިއެވެ.”ކޮންއިރަކު ފުރަނީ؟” އައްކިޔުން އަހާލިއެވެ. “ފުރަންވީ އެކަމް އައްކި އައީމަ ފައިވް މިނެޓަށޭ ކިޔާފަ މިއައީ” ނައިޝާ ބުނެލިއެވެ.
“ބަލައިގެން އުޅެއްޗޭ… އައްކިޔުންނަށް ޚަބަރުވައްޗޭ” ނައިޝާގެ އަތުގައި ހިފާލަމުން އޯގާތެރި ކަމާއެކު އައްކިޔުން ބުނެލިއެވެ.
“ކަންބޮޑުނުވޭ އައްކިއަށްޓަކައި ނައި ބަލައިގެން އުޅޭނީ…ޚަބަރުވެސް ވާނަން” ނައިޝާ އެހެންބުުނުން އައްކިޔުން ނައިޝާގެ އަތުގައި ބާރަށް ހިފާލިއެވެ.
“ބޭނުމެއް ނޫން މިއަތުން ދުވަހަކުވެސް ދޫކޮށްލާކަށް” ނައިޝާގެ އަތުގައި ބޮސްދެމުން އައްކިޔުން ބުނެލީ ދެރަވެލާފައެވެ.
“އައްކި ދެރަނުވޭ މީ އަބަދަށް ވަކިވަނީކީ ނޫނެއްނު” ނައިޝާ އައްކިޔުންނަށް ވިސްނައިދިނެވެ.އެވަގުތު ލޯންޗަށް އެރުމަށް ފާއިޒު ނައިޝާއަށް ގޮވާލިއެވެ.
“ކޮންމެތާކު ހުއްޓަސް އަބަދުވެސް ހަނދާން ކުރައްޗޭ އައްކި ނައި ދެކެ ވަރަށް ލޯބިވާކަން” ނައިޝާގެ އަތުގައި ހިފަހައްޓައިގެން ދޫނުކުރަން ހުރި އައްކިޔުން އެހެންބުނެލިއިރު، އޭނާގެ ލޮލުން ބޭއިޚްތިޔާރުގައި ކަރުނަ ފައިބާން ފެށިއެވެ.
“އައްކި ތިހެން ރޯތަން ފެނުނީމަ ނައި ވަރަށް ދެރަވޭ…އައްކި ތިހާ ދެރަވަންޏާ ނައި މިދަތުރު ކެންސަލް ކޮށްލަންވީ ކަންނޭނގެ” އައްކިޔުންގެ ލޮލުން ކަރުނަ ފުހެލަދެމުން ނައިޝާ ބުނެލިއެވެ.
“ނޫން…އޭރުން ނައިގެ ވަޒީފާ ގެއްލޭނީ…އައްކި ގަސްތަކުނޫނޭ ދެރަވަނީ” ހަމައަކަށް އެޅިލަން މަސައްކަތް ކޮށްލަމުން އައްކިޔުން ބުނެލިއެވެ.
ލޯންޗާ ދިމާއަށް ދާން ހިނގައިގަތް ނައިޝާ އެނބުރ އައްކިޔުން ކައިރިއަށް ގޮސް އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދާ ލުމަށްފަހު، ބުރަކަށީގައި އަތް ހާކާލިއެވެ. “ދެރަނުވޭ ނައި އައްކި ދެކެ ވަރަށް ވަރަށް ލޯބިވޭ” ނައިޝާ ބުނެލިއެވެ. “އައްކިވެސް ވަރަށް ލޯބިވޭ” އައްކިޔުންގެ ގައިން ނައިޝާ ދޫކޮށްލުމުން އައްކިޔުންވެސް ބުނެލިއެވެ.
އައްކިޔުން ކައިރި ގުޅައްޗޭ ބުނުމަށްފަހު ނައިޝާ ލޯންޗަށް އެރިއެވެ.ލޯންޗުގޮސް ނެރުން ނިކުމެ ލޮލުކޮޅަށް އޮބާލާންދެން އައްކިޔުން ބަލަން ހުއްޓެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





