Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ފަންސާސް ނުވަވަނަ ބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
October 7, 2021 3 Mins Read
0 Comments

ލެޔާލާ ދިމާލަށް އެއްޗެހިކިޔުމަށްފަހު ގެއަށްދާން އައްކިޔުން ހިނގައިގަތެވެ. “ޤަބޫލުކުރިޔަސް ނުކުރިޔަސް އަހަރެން އައްކިޔުން ދެކެ ލޯބިވޭ…ކިހާ އިންތިޒާރެއް ކުރެވިއްޖެ ކިހާ އާދޭހެއް ކުރެވިއްޖެ…ނައިޝާއަށް ގެއްލުމެއްވެދާނެތީ އައްކިޔުން ރުޅި އަންނަ ގޮތަށް އަހަރެންވެސް އައްކިއަށް ކަމެއްވެދާނެތީ ދެރަވޭ” ލެޔާލް ބުނެލިއެވެ. އެވަގުތު އައްކިޔުން ހުއްޓިލިއެެވެ.

“ލެޔާލްވެސް ރީތިކޮށް އެހެންމީހެއް ހޯދައިގެން އުޅެބަލަ…އަހަރެން އަބަދުވެސް ބުނާހެން އަހަންނަށް ލޯބިނުވޭވޭނެ ކަމާއި ލޯބި ނުދެވޭނެކަން އެނގިހުރެ މީހަކަށް ގެއްލުމެއްދޭން މީހަކާ އެކު ނޫޅެވޭނެ” އައްކިޔުން ލެޔާލަށް ވިސްނައިދިނުމުގެ ރާގަކަށް ބުނެލިއެވެ.

“އޯކޭ އަހަރެންދެން އައްކިއަށް އުދަގުލެއް ނުކުރާނަަން….ލޯބިވާތީ ވަރަށް ވިސްނައިވެސް ދެވިއްޖެ…އައްކިއަށް އަދިވެސް އިންސާނުންގެ ގޮތެއް ނޭނގެ” ކަރުނަ ފުހެލަމުން އެހެންބުނެ، ލެޔާލް ހުރިތަނަށް ގެއްލުނެވެ.ލެޔާލް ކުއްލިއަކަށް ލޯމަތިން ގެއްލުމުން ސިއްސައިގެންދިޔަ އައްކިޔުން ފުންނޭވަާއެއް ދޫކޮށްލުމަށްފަހު، އެތަނުން ދާން ހިނގައިގަތެވެ.

************

އެރެއަށްފަހު ލެޔާލްގެ އުދަނގުލެއް އައްކިޔުންނަށް ނުފޯރާތާ ލެޔާލެއް ނުވެސް ފެނެއެވެ.ލެޔާލް ދިޔުމުންވެސް އައްކިޔުންނަށް ހިތްހަމަ ޖެހުމެއް ނުލިބުނީ ކޮންމެވެސް ތާކުން އަނެއްކާވެސް ލެޔާލް ފެނި، ނޫނީ ލެޔާލްގެ ގޯނާއެއް ނައިޝާއަށް ލިބިދާނެތީއެވެ.ނަމަވެސް ދުވަސްތައް ހިނގަމުންގޮސް އެއްމަސް ފާއިތުވެގެންދިޔަ ފަހުން ލެޔާލްގެ ހިލަމެއް އެއްގޮތަކަށްވެސް ނުވާތީ ހަމަ އަސްލަށްވެސް ލެޔާލް އައްކިޔުން ދޫކޮށްލައިފައި ދިޔައީ ކަމުގައި ނިންމާ އައްކިޔުން ހިތްހަމަ ޖެހެންފެށިއެވެ.

********

ދުވަސްތައް އިހުނަށްވުރެ ލޯބިން ނައިޝާ އާއި އައްކިޔުން ހޭދަކުރަމުން ގެންދިޔައެވެ. އައްކިޔުން ނައިޝާ ކައިރި ލޯބިވާ ވާހަކަ ބުނިފަހުން ނައިޝާއަށް އަޅާލުން އިތުރުވެ ވަގުތު ދިނުންވެސް އިތުރުވުމުން ނައިޝާވެސް ހިތްހަމަ ޖެހެންފެށިއެވެ.ނައިޝާ ގޮވައިގެން ހިނގާލަން ދިޔުމާއި ރެސްޓޯރެންޓުތަކަށް ގެންދިއުމާއި އަގުބޮޑެތި ހަދިޔާތައް ދިނުން ފަދަ ކަންކަން އައްކިޔުން ކުރަންފެށިއެވެ.

*********

ސޯފާގައި އިށީނދެލައިގެން އިން ނައިޝާއަށް އޭނާގެ މަންމަ އާދައިގެމަތިން ގުޅާލިއެވެ. “ހަލޯ މަންމާ” ފޯނު ނެގުމާއެކު ނައިޝާ އުފާވެލާފައި ބުނެލިއެވެ.ނައިޝާގެ އަޑުން އޭނާ ވަރަށް ބޮޑަށް އުފާވެފައިވާ ކަން އޭނާގެ މަންމައަށް ދޭހަވިއެވެ.

ނައިޝާ އޭނާގެ މަންމައަށް އޭނާ އުފާވެފައިވާ ސަބަބު ކިޔައިދިނެވެ. “އެހެންވެގެން ވަރަށް އުފާވޭ އެކަހަލަ ރަނގަޅު މީހަކު ލިބުމުން…ސައިފަށް ވުރެ އޭނާ މާ ރަނގަޅު…މި ގެއަށް އަންނަ ފަހަރުތަކުގަ ނައި އައްކިޔުންނަށް ކާން ހަދާ ފަހަރުތަކުގަ ތަށިތައް ދޮވެދީ ނޫނީ ނައި އަށް އަތްް ގާތްކޮށްލަދީވެސް ހަދާ ނައި ނުބުންޏަސް… ވަރަށް ހެލްޕްފުލް މީހެއް އެއީ” އާދައިގެމަތިން ނައިޝާ އޭނާގެ މަންމަގެ ކުރިމަތީގައި އައްކިޔުންނަށް ތަޢުރީފު ކޮށްލިއެވެ.

ނައިޝާ އުފާވެފާ ހުރުމުން އޭނާގެ މަންމަވެސް ހިތްހަމަ ޖެހުނެވެ.ނައިޝާ އާއި ވާހަކަ ދައްކާލުމަށްފަހު އޭނާގެ މަންމަ ފޯނު ބޭއްވި އެވެ.

********

އެއްރޭ އާދައިގެ މަތިން އައްކިޔުން ނައިޝާގެ ގެއަށް އައެވެ.މިރެއަކީ ޔުދާއަށް އޮފް ދުވަހެއް ކަމުން އޭނާ ވެސް އެވަގުތު ގޭގައި އުޅެއެވެ.އަައްކިޔުން ވަތްތަން ފެނުމުން އައްކިޔުންނަށް އިށީންނަން ތަން ދެއްކުމަށް ފަހު، ޔުދާ މޭޒު ކައިރީ ހުރި ގޮނޑިއެއްގައި އިށީނެވެ.

އައްކިޔުން ނައިޝާ ކައިރި ސޯފާގައި އިށީނެވެ.ތިން މީހުން ކުޑަކޮށް އަނގަތަޅާ ލުމަށްފަހު، ރޭގަނޑަށް ކާން މޭޒުދޮށުގައި އިށީނެވެ.ކައި ނިމި އައްކިޔުންނާ ނައިޝާ ސޯފާގައި ވާހަކަ ދައްކާލަން އާދައިގެމަތިން އިށީނުމުން ޔުދާވެސް އެމީހުން ކައިރި އިށީނެވެ.

“ޔުދާ ވަރަށް އުފާވޭ ނައި މިހާރު އުފާވެފަ ހުންނާތީ…އޭނައަށް ދެރަގޮތެއް ނަހަދާތި އިނގޭ އައްކިޔުން” ވާހަކަ ދައްކަމުން ގޮސް ޔުދާ އައްކިޔުންނަށް ބުނެލިއެވެ.

އެވަގުތު ހިނިތުންވެލައިގެން އައްކިޔުންނާ ނައިޝާ ތިއްބެވެ.ނައިޝާއަަށް ދުވަހަކުވެސް ދެރަގޮތެއް ނަހަދާނަން ކަމަށާއި އެއަށްވުރެ ބޮޑަށް އޭނާ ނައިޝާ ދެކެ ލޯބިވާ ކަމުގައި ބުނެ، ޔުދާއަށް އައްކިޔުން ރައްދު ދިނެވެ.

“ރަނގަޅު…އަހަރެންގެ އުންމީދަކީ ތީ…ތި ދެމީހުންވެސް އަބަދަށްޓަކައި އުފަލުގަ ހުރުން” ޔުދާ އެމީހުނަށް ހިނިތުންވެލަމުން ބުނެލި އެވެ.

“ނައި ވަރަށް ޖެހިލުންވެ ހުރެފަ އައްކިއާ ގުޅުން ބޭއްވީވެސް…ސައިފް އޭނާއަށް ހަދާލިގޮތްތަކަށް ފަހު” އިތުރަށް ޔުދާ ބުނެލިއެވެ.

ޔުދާ އެހެންްބުނުމުން ހިނިތުންވެލައިގެން އިން ނައިޝާގެ މޫނުމަތިން ހިނިތުންވުން ކުއްލިއަކަށް ގެއްލުނެވެ. “ސައިފަކީ ކާކު؟” ނޭނގިހުރެ އައްކިޔުން ނައިޝާއާ ދިމާލަށް ބަލާލުމަށްފަހު ޔުދާ ގާތު އަހާލިއެވެ.

އައްކިޔުން އެހެންް އެހުމުން ސައިފްގެ ވާހަކަ ނައިޝާ އައްކިޔުންނަށް ކިޔައި ނުދޭކަން ޔުދާއަށް އެނގުނެވެ.މޫނުމަތީގެ ހިނިތުން ކެނޑުނު ނައިޝާއަށް ޔުދާ ބަލައިލީ ވަރަށް ކަޑަ ވެލާފައެވެ.

“އައްކިޔުންނަށް ސައިފެއް ނޭނގޭތަ؟…ޔުދާ ހީކުރީ އެނގޭ ކަމަށް…ސޮރީ ވަރަށް ބޮޑަށް ސޮރީ ނައި” ކަޑަ ވެގެން އެތަނުން ތެދުވެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖަހަމުން ޔުދާ ބުނެލި އެވެ. އެވަގުތު އެއީ މައްސަލައެއްނޫން ކަމުގައި ބުނެ ނައިޝާ ޔުދާގެ ފަހަތުން ދިޔައެެވެ.

” ޔޫ އެ އޯކޭއޭ…ކަޑަނުވޭ…ޔޫ އަކަށް ނޭނގެއެއްނު ނައި އެވާހަކަ އައްކިޔުން ކައިރި ނުބުނާކަމެެއް” ކޮޓަރިއަށް ވަދެ އެނދުގައި އިށީން ޔުދާއަށް ނައިޝާ ބުނެލިއެވެ. “އާނ ނައި… ޔުދާ އަކަށް އެއްގޮތަކަށް ވެސް ނޭނގެ ނައި ސައިފްގެ ވާހަކަ ނުބުނާ ކަމެއް އައްކިޔުން ކައިރި…ޔުދާ ހީކޮށްގެން މިހުރީ މިހާ ގިނަދުވަހު ތިދެމީހުން އެކުގަ އުޅޭތީއާ ޕްލަސް ނައި ތިހާ ހެޕީވެފަ ތިހުރީ އައްކިޔުންނަށް ހުރިހާ އެއްޗެއް ކިޔައިދީފަ ކަމަށް” ޔުދާ ބުނެލިއެވެ.

“އެއީ މައްސަލައެއްނޫން…އަދި ނައި އައްކިޔުން ކައިރި އެވާހަކައެއް ނުބުނަން…. އެކަމް ވަރަށް އަވަހަށް ބުނަން ވެގެން ނައި ހުރީ… ކޮންމެގޮތެއްވިޔަސް އެވެސް ކޮންމެވެސް ދުވަހަކުން އައްކިޔުންނަށްވެސް އެނގޭނެ ކަމެއްނު” ޔުދާ ހަމައަކަށް އަޅުވާލަމުން ނައިޝާ ބުނެލިއެވެ.

ޔުދާގެ ކޮޓަރިން ނިކުމެ ސިޓިންރޫމު ސޯފާގައި ، އައްކިޔުން ކައިރި ނައިޝާ އިށީނެވެ.އަދި ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އައްކިޔުނަށް ނައިޝާގެ މާޒީގެ ވާހަކަ ހިއްސާ ކުރިއެވެ.

“އެހެންވެގެން ނައި އަށް ފަސްޖެހެވުނީ މީހަކުދެކެ ދެވަނަ ފަހަރަށް ލޯބިވާން…އެހެންވެގެން ނައި މީހުންގެ ތެރެއަށް ނިކުންނަ ހިތް ނުވެ އަބަދު ގޭގަ ހުންނަނީ…ނައި ހުރީ މިވާހަކަ އައްކިޔުންނަށް ވަރަށް އަވަހަށް ކިޔައިދޭން” ނައިޝާ ބުނެލިއެވެ.

ނައިޝާގެ މާޒީ ކިޔައިދީ ނިމުނުއިރު އޭނާ ހުރީ ފެންކަޅިވެފަ އެވެ. “އިޓްސް އޯކޭ…ކުރިއަށްވުރެ ބޮޑަށް ނައި ދެކެ އައްކި ލޯބިވެއްޖެ މިހާރު” ނައިޝާ ގަޔާ ކައިރިކޮށްލަމުން އައްކިޔުން ބުނެލިއެވެ.

“އައްކި ވެސް ވަރަށް ބޭނުންވޭ ނައިޝާ އާއި މެރީ ކުރަން… އެކަމަކު އަދި އެވާހަކަ ނުބުނަން މިހުރީ…ކިތަންމެ ދުވަހެއް ވިޔަސް އައްކި މަޑުކުރާނަން ނައިއަށް ރެޑީ ވެވެންދެން” އައްކިޔުން ބުނެލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ޔާރު ނުބުނޭ ތިހެން … (16)

Next

ހީވޭ ކަލާވާހެން-16

Next
October 8, 2021

ހީވޭ ކަލާވާހެން-16

Previews
October 6, 2021

ޔާރު ނުބުނޭ ތިހެން … (16)



All Right Reserved!