Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (14)

lamhus Level 910 Stories100 Login500 Login100 Stories100 Comments
February 3, 2022 3 Mins Read
2 Comments

މެހެމާނުންގެ ކޮޓަރި ފޮޅާ ރީތިކުރުމަށްފަހު ފަރީޝާ އެތަނުން ނިކުތެވެ.ހެނދުނުން ފެށިގެން އިރުއޮއްސެންދެން މެދުކެނޑުމެއްނެތި މުޅި ގެއާގޯތިތެރެ ސާފުކުރުމުގައި ފަރީޝާ އުޅުނެވެ.ބަނޑުހައިވިއަސް ފެންފޮދަކުން ފުއްދާލައިގެންނެވެ.ރަނގަޅަށް ނުކައިހުރުމުގެ ސަބަބުންނާއި ކުރި ބުރަމަސައްކަތުގެ ސަބަބުން ފަރީޝާ ވަރުބަލިވާން ފެށިއެވެ.އޭނާގެ ގައިގައި ހަކަތައެއް އެއްވަަރަކަށް ނެތެވެ.އެހެންކަމުން ބަދިގެތެރޭގައިހުރި ފަރީޝާގެ ލޯމައްޗަށް އަނދިރިވެގެން ދިޔައެވެ.

ފަރީޝާއަށް ލޯހުޅުވާލެވުނީ ހޮސްޕިޓަލުގައި އޮއްވައެވެ.ލޯހުޅުވުމާއެކު މަޑުމަޑުން މުޅިތަނަށް ފަރީޝާ ނަޒަރުހިންގާލިއެވެ. އޭނާއަށް އޮވެވެނީ ހޮސްޕިޓަލުގައިކަން އެނގުނެވެ.އަދި އޭނާ ކައިރީގައި އިން ވިޔާމް ފެނުނެވެ.

“އަހަންނަށް ކިހިނެއްވީ؟” ފަރީޝާ ވިޔާމަށް އަހާލިއެވެ. “ނޭނގެ..މަންމަ ގުޅާފަ އަހަރެންކައިރި ބުނީ ފަރީޝާ ބަދިގެތެރެއަށް ވެއްޓިފަ އެބައޮތޭ..އެހެންބުނެގެން އަހަރެން ފަރީޝާ ހޮސްޕިޓަލަށް ގެނައީ…ކިހިނެއްތަވީ؟…ކީއްވެތަ އަނބުރައިގަތީ؟” ވިޔާމް އަހާލިއެވެ.ވިޔާމަށް ކަންތައްވީގޮތް ފަރީޝާ ކިޔައިދިނެވެ.އެއާއެކު ވިޔާމް އައީ ރުޅިއެވެ.

“ނުކައިނުބޮއެ ހުއްޓަސް ހިއްކެއްނުވާނެ…ކަސްރަތުކުރީމައެއް ނޫންތަ ހިކޭނީ؟…އެހެންނެއްނޫންތަ މީހުން ހިކެނީ…އެހެންނޫނަސް ޑަކުޓަރު ފަރީޝާ ކައިރިބުނިތަ ނުކައިނުބޮއެ ހުންނާށޭ…ހިކެންބޭނުންވަންޏާ ދުވަންދޭބަލަ” ވިޔާމް ނުރުހުންތެރިކަމާއެކު ބުނެލިއެވެ.

**********

ރޭގަނޑު ދިހައެއްޖެހީއެވެ.ފެންވަރައިގެން ނިކުތް ފަރީޝާ އެނދުމަތީގައި އޮށޯވެލިއެވެ.އެވަގުތު ބޭރުން ވިޔާމް އައެެވެ.ވިޔާމްވެސް ފެންވަރައިގެން ނިކުމެ ފަރީޝާ ކައިރި އެނދުގައި އޮށޯތެވެ..ވިޔާމް އޮށޯތުމުން ފަރީޝާ މަޑުމަޑުން ވިޔާމާ ގާތަށް ޖެހިލިއެވެ. “ދުރަށްޖެހިބަލަ ހާދަހޫނުވެޔޭ” ފަރީޝާ ދުރަށް ކޮއްޕާލަމުން ވިޔާމް ބުނެލިއެވެ. “އެކަމަކު އޭސީ ޖައްސާފައެއްނު އެހުރީ” ފަރީޝާ ބުނެލިއެވެ.ވިޔާމް އެއްޗެކޭ ނުބުނުމުން ފަރީޝާ އަނެއްކާވެސް ވިޔާމާ ކައިރިވިއެވެެ.އަދި އޭނާގެ ގައިގައި އަތްހާކަން ފެށިއެވެ.އެވަގުތު ވިޔާމް ފަރީޝާގެ އަތް ދުރަށްލިއެެވެ. “ވިޔާމް އަޅެ ޕްލީސް” ފަރީޝާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“ދަރިން ނުލިބޭނެކަން އެނގޭއިރު އެކަންކުރުމުގެ ބޭނުމަކީ ކޮބާތަ؟” ވިޔާމް ބުނެލީ ނުރުހުމުގެ ރާގަކަށެވެ.އޭނާގެ އެޖުމުލައިން ފަރީޝާ ހުއްޓުންއެރިއެވެ.އަދި ވިޔާމާ ދުރަށްޖެހިލުމަށްފަހު އަނެއްފަރާތަށް އެނބުރެނެވެ.ވިޔާމަށް ފުރަގަސްޖެހުމާއެކު ފަރީޝާގެ ދެލޮލުން ކަރުނަތައް އޮހޮރިގެންދިޔައެވެ.

*******

ހެނދުނު އެންމެންވެސް ވަސީމާގެ ފަހަރީކޮއްކޮ ބަލާދާން އުޅުނެވެ.ވިޔާމާ ފަރީޝާވެސް އެމީހުންނާއެކު ބަނދަރަށްދާން ތައްޔާރުވިއެވެ.

ބަނދަރުމަތީގައި ވިޔާމްގެ އާއިލާގެ އިތުރުން ފަރީޝާވެސް ހުއްޓެވެ.ފަސްމިނެޓް ފަހުން ރަށާ ދިމާލަށް ހަލުވިދުވެލީގައި ލޯންޗެއް އަންނަތަން ފަރީޝާމެންނަށް ފެނުނެވެ.ލޯންޗު ރަށު ބަނދަރާ ކައިރިކުރުމުން އެންމެންވެސް ލޯންޗާ ދިމާލަށް ދިޔައެވެ.އެވަގުތު ލޯންޗުން ވަސީމާގެ ފަހަރީކޮއްކޮ ފޭބިއެވެ.

“އެހެރަ ފައިބަނީ އެމަންޖެ” ވަސީމާ މައިދައިތައަށް ބުނެލިއެވެ. “އެހެންތަ؟…އެއީތަ އެކުއްޖާއަކީ ރީތި މަންޖެއެއްދޯ” މައިދައިތަ ބުނެލިއެވެ.އެންމެންވެސް އޭނާއާ ދިމާލަށް ބަލަންހުއްޓެވެ. “ކޮންނަމެއްތަ އެމަންޖެއަށް ކިޔަނީ؟” މައިދައިތަ ވަސީމާ ކައިރި އަހާލިއެވެ. “ނަތާޝާ” ވަސީމާ ބުނެލިއެވެ.

މަޑުހިނގުމުގައި ތުއިގޮތަކަށް ހިނގާލައިފައި އައި ނަތާޝާއާ ދިމާލަށް ކަޅިޖަހާވެސްނުލާ ވިޔާމް ބަލަންހުރިތަން ފަރީޝާއަށް ފެނުނެވެ.ވިޔާމަށް ބަލައިލުމަށްފަހު ނަތާާޝާއަށް ފަރީޝާ ބަލައިލިއެވެ.

ނަތާޝާއަކީ ހަޑިމީހެއްނޫނެވެ.ފިރިހެނުން ގަޔާވާ ސިފަތަކެއް އޭނާއަށް ލިބިފައިވެއެވެ.ލައިގެންހުރި ގަޔަށްބާރު އޮރެންޖުކުލައިގެ އަތްދިގު ޓީޝާޓާއި މޭމައްޗާ ހަމައަށް ބެގީކޮށްފައިވާ ފައިކުރި ފުޅާ ކަޅު ޖިންސު އޭނާއަށް ގުޅެއެވެ.ފަންދިގު ކަޅު އިސްތަށިގަނޑުގެ ތަންތަންކޮޅުގައި ރަންކުލަ ޖައްސާފައިވުމާއެކު، އޭނާއަށް ލިބިފައިވާ އޮމާން ދޮންހަންގަނޑުން އިތުރު ފުރިހަމަކަމެއް ގެނެސްދޭކަހަލައެވެ.ހިކިފަތު ބުމައަކާ ބޯތުންފަތެއް ލިބިފައިވާ ނަތާޝާގެ ހަށިގަނޑުގެ ބައްޓަންވެސް އެހާ ރީއްޗެވެ.އޭނާގެ ރީތިކަމުން ފަރީޝާއަށްވެސް ނަތާޝާއާ ދިމާލަށް ބަލަންހުރެވުނެވެ.

ނަތާޝާ އައުމުން އެންމެންވެސް ގެއާދިމާލަށް ހިނގައިގަތެވެ.ގެއަށްދިޔަ މަގުމަތީގައި މައިދައިތައާ ވަސީމާއާ ދެމީހުން ނަތާޝާއާާާ ވަރަށް އަނގަތެޅިއެވެ.އެމަންޒަރު ފެނުމުން ފަރީޝާގެ ހަނދާނަށް އައީ އޭނާ ފުރަތަމަ އެރަށަށް އައިދުވަހު މައިދައިތަމެން ހަމައެގޮތަށް އޭނައާ އަނގަތެޅި ހަނދާނެވެ.

**********

ނަތާޝާގެ ފޮށި ވިޔާމް މެހެމާނުންގެ ކޮޓަރިއަށް ލައިދިނުމަށްފަހު، ހެނދުނު ސައިބޯން މޭޒުދޮށަށް ޖަމާވިއެވެ.އެންމެނާއެކު ނަތާޝާވެސް ބައިވެރިވިއެވެ.ކާންއިނދެ މައިދައިތަމެން ވަރަށް ވާހަކަދެއްކިއެވެ.އެންމެންވެސް އެކަކުއަނެކަކު ތައާރަފް ވެލިއެވެ.

“ދޮންބެ ނެތްދޯ ރަށުގައެެއް؟” ނަތާޝާ ވަސީމާއަށް އަހާލިއެވެ. “އާނ…މިދިޔަ ހަފްތާގަ އައިސްއުޅެފަ ރިސޯޓުގަވީ…ނޭނގެ ދޮންބެދެން އަންނާނެ ދުވަހެއް” ވަސީމާ ބުނެލިއެވެ. “އާނ ދޮންބެ ބުންޏޭ” ނަތާޝާ ވާހަކަދެއްކީ ވަރަށް ތުއިގޮތަކަށެވެ.

“މަންޖެތީ ތިގޭގަ އެންމެކުޑަދޯ؟…ކިތައްއަހަރުތަ؟”މައިދައިތަ އަހާލިއެެވެ. “ހާނ…ނަތާމެން ފެމިލީގަ ހުންނާނީ ތިންމީހުން..އެންމެބޮޑުވާނީ ދޮންބެ ދެން ދޮންތަ ދެން ނަތާ..ނަތާއަށް އެކާވިސް އަހަރު” ނަތާޝާ ބުނެލިއެވެ. “އެހެންތަ ފަރީޝާއާ އެއްވަރުދޯ…އެކަމަކު ހީވަނީ ބަލާފަ އަށާރައަހަރުވެސް ނުވާހެން” މައިދައިތަ ބުނެލިއެވެ. “މީ މިގޭ އެންމެކުޑަ އެކަމަކު މިހާރު އޭނައަށް އަށާވިސް އަހަރުވެއްޖެ” މައިދައިތަ ބުނެލީ ވިޔާމަށް ނިސްބަތްކޮށެވެ.

އެންމެންވެސް ކެއުންކުރިއަށް ގެންދިޔައެވެ.ކާން އިން ފަރީޝާ ދޭތެރެއަކުން ވިޔާމަށް ބަލައިލައެވެ.ވިޔާމް އަބަދުވެސް އިންނަނީ ނަތާޝާއަށް ބަލާށެވެ..ކުރިން ވިޔާމަކީ އޭނާގެ ކައިރިން އަންހެނަކު ހުރަސްކުރިއަސް ބެލިމީހެއްނޫނެވެ.އެހެންކަމުން ވިޔާމަށް އައިސްފައިވާަ ބަދަލު ފަރީޝާއަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ.ކައިނިމިގެން ފަރީޝާއާ ވިޔާމް ކޮޓަރިއަށް ވަނުމުން މައިދައިތައާ ވަސީމާ، ނަތާޝާ ގޮވައިގެން މެހެމާނުންގެ ކޮޓަރިއަށް ދިޔައެވެ.

“ވަރަށް ރީތިކުއްޖެއްދޯ؟” ނިތްކުރިމަތީގައި އަތްބާއްވާލައިގެން އޮތް ވިޔާމަށް، އެނދުގެ އެއްފަޅީގައި އިން ފަރީޝާ ބުނެލީ ވިޔާމް ބުނާއެއްޗެއް ބަލާލުމުގެ ނިޔަތުގައެވެ. “އެއްވެސް ރީއްޗެއްނޫން…ބަލާފަޖަހަނީ ބަޑި ވައްތަރު” ވިޔާމް ބުނެލިއެވެ.

***********

ޖެހިގެން އައިދުވަހު ސައިބޯން އެންމެން މޭޒުދޮށަށް ޖަމާވިއެވެ. “ކޮބާ ވިޔާމް އަދިވެސް ނާދޭތަ؟” ދައްްތަ ފަރީޝާއަށް އަހާލިއެވެ. “އަހަރެން ނިކުތްއިރު ވިޔާމް ހުރީ ގަމީސްލާން އަންނާނެ ކަންނޭނގެ މިހާރު” ފަރީޝާ ބުނެލިއެވެ.ވިޔާމްގެ އިންތިޒާރުގައި އެންމެންތިއްބާ އޭނާ ސައިބޯން އައެވެ.އެހެންދުވަސްތަކާ ޚިލާފަށް މިއަދު ވިޔާމް ސައިބޯން އައީ ރީތިވެގެންނެވެ.ކުރިން ވިޔާމް ރީތިވަނީ ސައިބޮއެ ނިންމާފައެވެ.އެކަމަކު މިއަދު އޭނާހުރީ ބޯވެސް އޮމާންކޮށް އޮފީހަށްދާން ތައްޔާރުވެފައެވެ.އޭނާ ޖަހައިގެންހުރި ސެންޓުގެ ވަސްގަނޑުން މުޅި ކާގެ އެއްވަސްކޮށްލިއެވެ.

“ދަރިފުޅާ ސެންޓުފުޅި އެއްކޮށް ޖަހައިގެންތަ ތިއައީ؟” މައިދައިތަ ވިޔާމަށް އެހެންބުނެލުމުން ހިނިގަނޑެއް ޖަހާލުމަށްފަހު ވިޔާމް އިށީނެވެ.އަދި ނަތާޝާއާ ދިމާލަށް ބަލައިލިއެވެ.ވިޔާމްގެ އަމަލުތަކުން ހައިރާންވެފައި ފަރީޝާއަށް އިނދެވުނެވެ.

“ނަތާ އައިސްއެހުރީ ފިހާރައިގެ ސޭޓަކަށް…ދެން ފިހާރައިގަ އިންނާނީ ނަތާ…ކުރިން ހުރިކުއްޖާ މީހަކާ އިނދެގެން ފިރިމީހާގެ ރަށަށް ބަދަލުވެއްޖެ…އަނެއްކާ ނަތާމެން ރަށުގަ ވަޒީފާއެއްވެސް ނުލިބޭތީއާއެކު ފިރިމީހާވެސް ބުނީ މިކޮޅަށް އަންނަން” ވަސީމާ ބުނެލިއެވެ.”ދެން ރަނގަޅުތާ އެއްޗެއްވެސް ލިބޭނެއެއްނު” މައިދައިތަ ބުނެލިއެވެ.

“އާނ…ނަތާ ކިޔަވާ ނިމުނުގޮތަށް އެއްވެސްކަމެއްނުކޮށްހުރީ…މާލެދާންވެސް އުޅުނިން..އެކަމަކު ހުރުމަށްބަލާއިރު ކުލިތައް ވަރަށްބޮޑު މާލެކޮޅުން…އެހެންވެ މިކޮޅަށް އައީ ދޮންބެގެ އެދުމުގެ މަތިންނާއެކު…ުއަނެއްކާ މިކޮޅުގަ ހުރުމަށް ރުފިޔާދޭކަށްވެސް ނުޖެހޭނެއެއްނު އެހެންވެ މިތަނަށް އައީ” ނަތާޝާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ޖޭއޯވަން 1

Next

ހަނދަކީ ކަލާ ކަމުގާވިޔަސް 11

Next
February 4, 2022

ހަނދަކީ ކަލާ ކަމުގާވިޔަސް 11

Previews
February 3, 2022

ޖޭއޯވަން 1

2 Comments!

  1. GUITAR LOVER says:
    February 3, 2022 at 6:41 pm

    i love this story keep it up @lumhus❤️❤️❤️❤️

  2. Iyaadh says:
    February 3, 2022 at 7:25 pm

    v reethi mi story.. just found out about the story yesterday. . . mihaaru hurihaa episode eh kiyaifin…. overall kon bunanya mi story hama best…. keep up the good work ❤️❤️

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (15)←


All Right Reserved!