ހެނދުނު ސައިހެދުމަށްފަހު އެންމެންވެސް ސައިބޯން އިށީނެވެ. “ފަރީޝާ އެހާ ގިނައިން ކާނެކަމެއްނެތް ދެރޮށި ރަނގަޅުވާނެ” މައިދައިތަ ބުނެލިއެވެ.މައިދައިތަގެ އެބަހަށް އެންމެން ތާއީދުކުރިއެވެ.އެވަގުތު ފަރީޝާ ބަލައިލީ ވިޔާމަށެވެ.އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ކާން އިނެވެ.އެންމެނަށްވުރެ ކުރިއަށް ސައިބޮއެ ނިންމާލައިގެން ފަރީޝާ ކޮޓަރިއަށް ވަނެވެ.
އެނދުގައި އިން ފަރީޝާ އޭނާގެ ނަފްސާދޭތެރޭގައި ވިސްނާލިއެވެ.ެ.އޭނާގެ އަމިއްލަ ބައްޕަވެސް އޭނާއަށް އަޅާނުލިއިރު ފިރިމީހާއާއި ފިރިމީހާގެ އާއިލާއިންވެސް އޭނާދެކެ މިހާރު ފޫހިވާތީ އެކަމާ ވިސްނާ ފަރީޝާއަށް ރޮވެންފެށިއެވެ.ފަރީޝާ ރޯންއިންދާ ވިޔާމް ކޮޓަރިއަށް ވަނެވެ.އަދި ލޯގަނޑުކުރިމައްޗަށް ހުއްޓިލުމަށްފަހު ބޯއޮމާންކޮށްލާ ލައިގެންހުރި ގަމީހުގެ އަތްކުރި ރީތިކޮށްލިއެވެ.އެވަގުތު ރޯންއިން ފަރީޝާ ވިޔާމަށް ފެނުނެވެ.
“އަނެއްކާވެސް ރޮނީދޯ؟..ރުޔަސް ދަރިންނެއް ނުލިބޭނެ އެކަމަށް މަސައްކަތްނުކުރާހާ ހިނދަކު”ދަރިން ނުލިބޭތީ އެކަމާ ހިތާމަކޮށް ފަރީޝާ އަބަދު ރޯތީ މިފަހަރުވެސް ވިޔާމް ހީކުރީ ފަރީޝާ ރޮނީ އެހެންވެކަމަށެވެ.އެވަގުތު ރޯންއިން ފަރީޝާ ވިޔާމަށް ބަަލައިލިއެވެ.
“އަހަރެންވެސް ބޭނުންވޭ ދަރިއެއް…އެކަމަކު މީ އަހަރެން ކުރާކަމެއްނޫނޭ…ދަރިން ދެއްވާނީ ހެއްދެވިފަރާތުން..އަހަންނަށް އެބާރުލިބިފަވާނަމަ މިއަދު އަހަރެންގެ އަތުގަ އޮންނާނެ ދަރިއެއް..އެކަމަކު އެންމެންވެސް އަހަރެން ކުށްވެރިކުރަނީ “ފަރީޝާ އެންމެފަހުން ބުނެލިއެވެ.
“ތީފަރީޝާ އަމިއްލައަށް ކުރާކަމެއް..ދަރިންނުލިބޭ ސަބަބުވެސް އެބަ އިނގޭ ދެން އެކަމަށް މަސައްކަތްކުރަންވީނު” ވިޔާމް ބުނެލީ ނުރުހުުމުގެ ރާގަަކަށެވެ.
“އަހަރެންވެސް ބޭނުމޭ ހިކިގެންވިޔަސް ދަރިއަކު ހޯދަން..ވިޔާމް މިހާރު ވަރަށް ބަދަލުވެއްޖެ..ހަގީގަތުގަ ވިޔާމްގެ ހިތްވަރާ އަޅާލުން އެންމެ ބޭނުންވާ ދުވަހު ވިޔާމް ފަރީއަށް އަޅާލުންކުޑަތިވަނީ…އެހެންވެގެން އެކަންކަމާ ވިސްނިވަރަކަށް ދެރަވެ ސްޓްރެސްވުމުން ދުވަންވެސް އެހެންކަމެއްވެސް ކުރަން ފަރީ ފޫހިވަނީ” ފަރީޝާ އޭނާގެ ހިތުގައިވާ އެއްޗެހިތައް ބޭރުކޮށްލިއެވެ.
“ކޮންމެހެން ބަހަނާތަކެއް ނުދައްކާ…ހަމަ ދުވަންނުދަނީ..ސްޓްރެސްވަނިއްޔޯ..ހަހަހަ…އަހަންނަކަށް ނޭނގެ ފަރީޝާ ސްޓްރެސްވާން ވީކޮންކަމެއް….ފަރީޝާ ހަނދާންނެތުނީ ކަންނޭނގެ އަހަންނާ ބައްދަލުވުމުގެ ކުރިއަށް ތީކިހާ ނިކަމެތިކޮށް ދިރިއުޅުނު މީހެއްކަން..އަމިއްލަ އާއިލާއިންވެސް ރަހުމެއްނުކުރި..އަހަރެންގެ ރަނގަޅުކަމުން ފަރީޝާ މިގެންގުޅެނީ..އަހަރެން އެހެންވީމަ ކިހާ ރަނގަޅު” މަލާމާތުގެ ހިނިގަނޑެއް ޖަހާލަމުން ވިޔާމް އެހެންބުނެ އޮފީހަށް ދާން ކޮޓަރިން ނިކުތެވެ.
ވިޔާމްގެ އެބަސްތަކުން ފަރީޝާ ވަރަށް ހިތުގައި ޖެހުނެވެ.އޭނާގެ ދެލޮލުން ކަރުނަތައް ހޯސްލާފައި ފައިބައިގަތެވެ.ފަރީޝާ އޭނާގެ ދިފާޢުގައި އެއްޗެއް ބުނެލާާ ކޮންމެފަހަރު ވިޔާމް އަބަދުވެސް ފަރީޝާއަށް އޭނާގެ ކުރީގެ ހިތްދަތި ދިރިއުޅުމާއި އުޅުނު ނިކަމެތި ހާލު ހަނދާންކޮށްދީ ނިކަމެތިކޮށްލައެވެ.
ވިސްނަންއިން ފަރީޝާ ވިޔާމްގެ ހަޔާތުން އަލްވަދާއުކިޔަން ހިތަށްއެރިއެވެ.އެކަމަކު ވިޔާމާ ވަކިވުމަށްފަހު އޭނާ ވަންނާނެ ތަނެއްނެތެވެ.ބައްޕަ ކައިރިއަށް ދިޔަސް ދޮންމަންމަގެ ނުފޫޒާހެދި އެގެއަށް ފަރީޝާއަށް ވަދެވޭނެހެން ހީނުވެއެވެ.ވަދެވުނަސް ދެވަނަފަހަރަށް ދޮންމަންމަގެ އަޅުވެތިކަމުގައި އުޅެން ފަރީޝާ ބޭނުމެއްނުވެއެވެ.ެއެހެންކަމުން ކެތްތެރިވާން އޭނާ ނިންމިއެވެ.
ކޮޓަރީގައި އިނުމަށްފަހު ފިކުރުކުރުމާ ދުރުވެލުމަށް ފަރީޝާ ބޭރަށް ނިކުމެލަން ކޮޓަރިން ނިކުތެވެ.ގޯތިތެރެއަށް ބޯދިއްކޮށްލި ފަރީޝާއަށް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި މައިދައިތައާ، ވިޔާމްގެ ދައްތަ ވަސީމާ ވާހަކައެއް ދައްކަން ތިއްބާ ފެނުނެވެ.ފަރީޝާ ބޭރަށްދާން ފައިވާނަށް އަރާލަން އުޅުުނުވަގުތު މައިދައިތަ ދެއްކިވާހަކައިން ހުއްޓުން އެރިއެވެ.އަދި އަވަހަށް ގޭތެރެއަށްވަދެ ފާރާ ނިވާވެ މައިދައިތަ ދައްކަމުންދާ ވާހަކަ އަޑުއަހަން ހުއްޓެވެ.
“ދެން ވިޔާމް ކީއްކުރަން ކޮންމެހެން އިނދެގެންއުޅޭ ކުއްޖެއްބާއޭ އެއީ މަހިތަށްރާ…ދަރިން ލިބެނީކީ ނޫން ރީތި ސިފައެއްވެސް މިހާރު ހުރީކީ ނޫން..ވިޔާމަށް އެއަށްވުރެ ރީތި އަދިި ދަރިންލިބޭނެ ކުދިންވާނެ…ދަރިއަކުނެތި އެހެން އުމުރު ބޭކާރުކޮށްލުމަށްވުރެ އެހެންމީހަކާއިނުންވެސް މާރަނގަޅުވާނެ…ފަރީޝާއަކީ ނިކަމެއްޗަކަށްވާތީ ވިޔާމް އޭނާއަށް އަޅާލީ..ރަނގަޅު ނިކަމެތިންނަށް ރަހުމްކުރަންވާނެ..އެކަމަކު ވިޔާމްގެ އަމިއްލަ ހަޔާތާ ދޭތެރޭގަވެސް ވިސްނާލަން ވާނެދޯ…އެހެންނޫނަސް މިޒަމާނުގަ ކިތަންމެ ރަނގަޅަށް ކަންތައް ކޮށްދިނަސް އެކަން ބަލައެއްނުގަންނާނެ..އޭނަގެ އަމިއްލަ މައިންބަފައިންވެސް ކަންތައް ނުކޮށްދޭހާާ ރަނގަޅަށް އަހަރެމެން އޭނައަށް ކަންތައް ކޮށްދިނީ..އެކަމަކު އެހެރީ އޭނަ ކަންތައް ކުރާގޮތް…ދަރިއަކު ހޯދަން ހިކެންވެސް އޭނަކައިރި ބުނެވިއްޖެ..އޭނަ އެހާ ބޭނުންވާނަމަ މިހާރު ހުންނާނީ ހިކިފަ…މިހިރަގޭ ވާގިއާ އޭނައަށްވުރެ ކިހާ ފަލަކޮށް ހުރިކުއްޖެއް އެއީ އެކަމަކު ބަލާ އޭނަވެސް ހިކިފަ ކުއްޖަކު ލިބިގެން އެއުޅެނީ” މައިދައިތަ ބުނެލިއަޑު އިވުނެވެ.އެއަޑުތައް އަހަންހުރި ފަރީޝާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. މައިދައިތަ އޭނަ ކުށްވެރިކޮށް ވާާހަކަދައްކަމުންދިޔައިރު އޭނާގެ ހާލު މޮޅަށް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.
“އަހަނ ދެމައިން ކޮންވާހަކައެއްގަ؟” ބޭރުންއައި ގޭކައިރި އަވައްޓެރިއެއް ކަމުގައިވާ މޫނިސާ ބުނެލިއެވެ. “ވާހަކައެއްގައެއްނޫން..މީހަމަ ތިބީ އާދޭ އިށީންނަން މޫނިސާ” މައިދައިތަ ދައްކަމުންދިޔަ ވާހަކަ ހުއްޓާލުމަށްފަހު ބުނެލިއެވެ.މޫނިސާ އައުމުން ރޯންހުރި ފަރީޝާ ލޯފުހެ ހަމައަކަށް އެޅިލައިގެން ބޭރަށް ނިކުމެލިއެވެ.އަދި މެހެމާންދާރީ އަދާކުރުމުގެ ގޮތުން ފިނި ޖޫސްތައްޓެއް ގިރައިގެން ގެނެސް މޫނިސާއަށް ދިއްކޮށްލިއެވެ.
“ކޮބާ މަންޖެމެންނަށް އަދިވެސް ދަރިއަކު ލިބޭގޮތް ނުވޭތަ؟” ފަރީޝާއަށް އެމީހާ އަހާލިއެވެ.އެމީހާ އެހެންއަހާލުމުން ފަރީޝާ ބޯޖަހާލިއެވެ. “އިނގޭތަ މިހިރަ ފެންނަ ހޭރިޔާގޭ ފިރިހެންސޮރު ކުރީދުވަހަކު އިނެއްނު މަންޖެއެއް…ކައިވެންޏަށް އަދި މަހެއް ކަންނޭނގެ އެވީ..އެމަަންޖެ މިހާރު ބަނޑުބޮނޑު…ދެން އެހެރަ އަތިރިއާ ދިމާލުގަ އެހުންނަ ފީރޯޒުގެ ރިހުލާވެސް ވިހައިފި އެމީހުންގެ ކައިވެންޏަށް އަދި އަހަރެއްވެސް ނުވާނެ..އެބައޮތް ކުޑަކުޑަ މަންޖެއެއް…އަދި ވިޔާމްމެނަށްވެސް ލިބޭނެ” އެމީހާ މައިދައިތައަށް ބުނެލިއެވެ.އެމީހާ އެހެންބުނުމުން މައިދައިތަ ފަރީޝާއާ ދިމާލަށް ރުޅިވެރިކަމާއެކު ބަލައިލިއެވެ.އެހެންކަމުން ފަރީޝާ އަވަހަށް ކޮޓަރިއާ ދިމާލަށް ދިޔައެވެ.
ކޮޓަރިއަށް ވަތްގޮތަށް ފަރީޝާ ރޯންފެށިއެވެ.އެމީހުންގެ އެއަމަލުން ފަރީޝާ އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅިއަންނަން ފެށިއެވެ. ލޯގަނޑުކުރިމައްޗަށް ހުއްޓިލުމަށްފަހު ފަރީޝާ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ.ކުރީގެ ރީތިއެއްވެސް ސިފައެއް މިހާރު ފަރީޝާގެ ނެތެވެ.ދަރިން ނުލިބޭއިރު ރީތިސިފައެއްވެސް ނެތުމުން އޭނާއަކީ އެއްވެސްކަމެއް ފުރިހަމަ ނޫން މީހެއްކަމަށް ހިތަށްއަރާ ރޮވެންފެށިއެވެ.އޭނާއަކީ މިދުނިޔެއަށް ބޭކާރުމީހެއްފަދަ ހީތަށް ވާންފެށިއެވެ.ލޯބިވާނެ މީހަކުނެތް އެކަނިވެރިއެކޭވެސް ހީކުރެވެންފެށިއެވެ.އެއާއެކު ޝައިތާނާގެ ވަސްވާސްތައް ފަރީޝާގެ ބޮލުތެރެއަށް ވަންނަން ފެށިއެވެ.
ދަންޖެހި މަރުވާން އޭނާ ބޭނުންވިއެވެ.އެހިޔާލުގައި ހުރެ ސީލިންގުގައި ހަރުކޮށްފައިވާ ފަންކާއަށް ބަލައިލުމަށްފަހު އެނދުމަތީގައިވާ ބެޑްޝީޓާ ދިމާލަށް އޭނާ ބަލައިލިއެެވެ.އަދި ކަރުނައިން ފުރިފައިވާ ހާލު އެނދުމަތީގައިވާ ބެޑްޝީޓު ނެގިއެވެ.އެއާއެކު މައިދައިތަ އޭނާގެ ނަމުންގޮވަމުން ކޮޓަރިދޮރުގައި ތަޅައިގަތެވެ.މައިދައިތަ ދޮރުގައި ތަޅައިގަތުމުން ސިހިގެންދިޔަ ފަރީޝާ ބެޑްޝީޓު އެނދުމައްޗަށް އެއްލާލުމަށްފަހު ލޯފުހެލައިގެން އަވަހަށް ދޮރުހުޅުވިއެވެ.
“ވަސީމާގެ ފިރިމީހާގެ އަންހެންކޮއްކޮ މާދަމާ ހެނދުނު އެބައާދޭ..އޭނައަށް މެހެމާނުންގެ ކޮޓަރި ތައްޔާރުކުރޭ ބެޑްޝީޓުވެސް ބަދަލުކުރާތީ” އަމުރުވެރި ރާގަކަށް މައިދައިތަ އެހެންބުނުމަށްފަހު ދިޔައެވެ.މައިދައިތަ ދިއުމުން ފަރީޝާ ވިސްނާލިއެވެ.އަމިއްލައަށް މަރުވާން އުޅުނުމަކީ ފިނޑިއަމަލެއްކަމަށް އޭނާއަށް ވިސްނުނެވެ.އަދިއެކަން ކުރަންއުޅެވުމުން ދެރަވިއެވެ.ވަރަށް ވިސްނުމަށްފަހު ނުކައިހުރެވިޔަސް ހިކެން ފަރީޝާ އަޒުމުކުރިއެވެ.އެެހެންކަމުން ފެންފޮދެއް ބޯލައިގެން ހަރުއެއްޗެއް ނުކައި އިރުއޮއްސެންދެން ފަރީޝާ ހުއްޓެެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






wowww v reethi mi prt vess❤️❤️❤️❤️❤️❤️
thanks dear ❤