Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (17)

lamhus Level 910 Stories100 Login500 Login100 Stories100 Comments
February 8, 2022 3 Mins Read
2 Comments

ކޮންމެއަކަސް ވިޔާމްގެ ފަރާތުން ފެންނަމުންދާ ހެޔޮނޫން ބޮޑު ބަދަލުތަކާމެދު ފަރީޝާ ކަންބޮޑުވާން ފެށިއެވެ.އެހެންކަމުން ވިޔާމް ކޮންމެރެއަކު ގުޅަނީ ކާކަށްތޯބަލަން ފަރީޝާ ބޭނުންވިއެވެ.

******

މިރޭވެސް އާދައިގެމަތިން ރޭގަނޑު ފެންވަރާލައިގެން ޖޯއްޔަށް ދާންް ވިޔާމް ނިކުތެވެ.ބިންމަތީގައި ގޮދަނޑި އަޅައިގެން، ނިދާކަމަށް ހެދިގެން ފަރީޝާ އޮތެވެ.ވިޔާމް ބޭރަށް ނިކުތުމާއެކު ފަރީޝާ ތެދުވިއެވެ.ޖޯއްޔަށް ނިކުތަސް ވިޔާމްދަނީ ސެންޓުޖަހައި ރީތިވެލައިގެންކަމުން އޭނާގެ އެއަމަލުތަކުން ފަރީޝާ ނުތަނަވަސްވާން ފެށިއެވެ.ކޮންމެވެސް ނުބައިކަމެއް ހިނގާކަހަަލަ އިހުސާސްތަކެއް އޭނާއަށް ކުރެވެންފެށިއެވ.ެ

ބޭރުޖޯލީގައި އިށީނުމަށްފަހު ވިޔާމް ނަތާޝާއަށް ގުޅާލިއެވެ.ވިޔާމް ގުޅުމާއެކު ނަތާޝާ ފޯނުނެގިއެވެ.”ކީއްކުރަނީ؟” ވިޔާމް އަހާލިއެވެ. “ކޮންމެރެއަކު ވިޔާމް ގުޅާގުޅާ މިހާރު ތިކޯލަށް އާދަވެއްޖެ..އެހެންވެ މިރޭވެސް ގުޅާތޯ މިއިނީ” ނަތާޝާ ބުނެލިއެވެ. “ފޭސް ޓު ފޭސްކޮށް ބައްދަލުކޮށްލަން ހާދަ ބޭނުންވެޔޭ” ވިޔާމް ބުނެލިއެވެ. “ތެދައް ބުނާނަމަ ނަތާވެސް ވަރަށް ބޭނުންވޭ…އެކަމަކު ގޭމީހަކަށް ފެނިދާނެތީ ވަރަށް ޖެހިލުންވޭ” ނަތާޝާ ބުނެލިއެވ.ެ “އެހެންވެގެން ފޯނުންވެސް މިވާހަކަދައްކަނީ..ދެމީހުން އެއްފުރާޅެއްގެ ދަށުގަ ތިއްބަސް” ވިޔާމް ބުނެލިއެވެ.

ދެން މިގޮތަށް ވާހަކަދައްކާތާ ހާދަ ދުވަހެއްވެއްޖޭެ…ނަތާގެ އެދުމުގެމަތިން ވިޔާމް ކިތަންމެ ދާންބޭނުންވިއަސް ފިހާރަދޮށަށްވެސް މާގިނައިން ނުދަނީ” ވިޔާމް ބުނެލިއެވެ. “ހާނ…ފަރީޝާވެސް ވަރަށް ގިނައިން ފިހާރައަށް އަާދޭ..އަނެއްކާ ރަށުމީހުންނަށްވެސް ވިޔާމް ނަތާއާ ވާހަކަދައްކަން ފިހާރަތެރޭ ހުންނަތަން ފެންނަން ފަށައިފިނަމަ މާކަ ރަނގަޅެއްނުވާނެ އެއްނު” ނަތާޝާ ބުނެލިއެވެ. “ރަނގަޅޭ…ވިޔާމަށް އިނގެޔޭ ތިކަން…އެކަމަކު ޕްލީސް މިރޭ ފެނިލަބަ…ނަތާ ކައިރި ވާހަކައެއް ބުނަންއުޅޭތާ ވަރަށް ދުވަސްވެއްޖެ…ދިމާކޮށްފަ ބުނަން ބޭނުންވަނީ” ވިޔާމް އެދުނެވެ.

“އެކަމަކު ގޭމީހަކަށް..” “ގޭމީހުން ތިބީ ނިދާފައޭ..ފަރީޝާވެސް އޮތީ ނިދާފައޭ އަޅެ ޕްލީސް” ނަތާޝާގެ ވާހަކަ ކުރިމަރާލުމަށްފަހު ވިޔާމް އާދޭސްކުރިއެވެ. “އޯކޭ މިދަނީ” ވަގުތުކޮޅަކު ވިސްނަން އިނުމަށްފަހު ނަތާޝާ ބުނެލިއެވެ.އަދި ވަރަށް އަވަސްކޮށްލައިގެން ނަތާޝާ ކޮޓަރިން ނިކުތެވެ. ކޮޓަރިން ނިކުތް ނަތާޝާ ވަރަށް މަޑުމަޑުން ކޮޓަރި ދޮރުލައްޕާލުމަށްފަހު ހިނގައިގަތެވެ.

ވިޔާމް ފެނުމާއެކު ނަތާޝާ ތުއިގޮތަކަށް އޭނާއާ ދިމާލަށް ބަލައިލުމަށްފަހު، ހިނިތުންވެހުރެ ކާގެއާ ދިމާލަށް މިސްރާބުޖެހިއެވެ.ވިޔާމްވެސް ނަތާޝާ ފެނުމާއެކު ހިނިއައިސްފައި އޭނާއާ ދިމާލަށް ބަލަންއިނެވެ.އަދި ނަތާޝާ ކާގެއަށް ވަނުމުން ވިޔާމްވެސް ކާގެއާދިމާލަށް ހިނގައިގަތެވެ. “ކީއްްވެ މިތަނަށް ތިއައީ؟” ވިޔާމް އަހާލިއެވެ. “ޖޯލީގަ އިންދާ މީހަކަށް ފެނިދާނެތީ” ނަތާޝާ ބުނެލިއެވެ. “ދެން ބުނެބަ ކޮންވާހަކައެެއް ބުނަންތަ؟” ނަތާޝާ އަހާލީ ތުއިވެލާފައެވ.ެ

*********

އޮށޯވެގެންއޮތް ފަރީޝާ ތެދުވެފައިވެސް ވިސްނާލަން އޮތެވެ. ވިޔާމް ގުޅަނީ ކާކަށްތޯ ބަލާ ފާރަލުން އެއީ ކުރަން ރަނގަޅުކަމެއް ބާވައޭ އޭނާގެ ހިތަށްއަރާ ހާލުގައެވެ.ނަމަވެސް ފަރީޝާގެ ހިތަށް އުދަނގޫވާވަރުން އޮތްތަނުން ތެދުވެ ބޭރަށް ނިކުމެލިއެވެ.އެވަގުތު ޖޯލީގައި ވިޔާމެއް ނެތެވެެ.ވިޔާމް ފެންނަން ނެތުމުން ދަންގަނޑިއެއްގައި އޭނާ ދިޔައީ ކޮންތާކަށްބާވައޭ ފަރީޝާގެ ހިތަށްއެރިއެވެ.

“ބުނެބަ؟” ނަތާޝާއާ ދިމާލަށް ބަލަން ކަޅިޖަހާނުލާ ވިޔާމް ހުރުމުން އަނެއްކާވެސް ނަތާޝާ ބުނެލިއެވެ. “ވަރަށް ދުވަސްވެއްޖެ މިވާހަކަ ބުނަން ބޭނުންވާތާ” ވިޔާމް ބުނެލިއެވެ. އެހެންބުނެ ނަތާޝާއާ ކައިރިވެލުމަށްފަހު އޭނާގެ އަތުގައި ވިޔާމް ހިފާލިއެވެ. “ވިޔާމް ނަތާދެކެ ލައިކްވެއްޖެ” ނަތާޝާގެ ލޮލަށް ބަލަންހުރެ ވިޔާމް ބުނެލިއެވެ.ވިޔާމްގެ އެޖުމުލައިން ނަތާޝާގެ ހިތް އުފަލުން ނަށާލިއެވެ.

**********

ޖޯލިކައިރީގައި ހުރި ފަރީޝާ މުޅިތަަނަށް ނަޒަރު ހިންގާލިއެވެ.އެއާއެކު ކާގޭގައި ލައިޓް ޖައްސާފައި ހުރިތަން ފަރީޝާއަށް ފެނުނެވެ.އެހެންކަމުން ކޮންމެވެސް މީހަކު ކާގޭގައި އުޅެނީކަން ފަރީޝާއަށް އެނގުނެވެ.އަދި މަޑުމަޑުން އެދިމާލަށް ފަރީޝާ ހިނގައިގަތެވެ.

*********

“ނަތާވެސް” ކުޑައިރުކޮޅަކު ވިޔާމްގެ ލޮލަށް ބަލަންހުރުމަށްފަހު ނަތާޝާވެސް ބުނެލިއެވެ.އޭނާގެ އެޖަވާބު އިވުމުން ވިޔާމް ވަރަށް އުފާވިއެވެ. “އައި ލަވް ޔޫ ނަތާ” ވިޔާމް ބުނެލީ ޖަޒުބާތުގައި ހުރެއެވެ. “ލަވް ޔޫ ޓޫ ވިޔާމް” ނަތާޝާވެސް ބުނެލިއެވެ.ނަތާޝާ އެހެންބުނުމުން މަޑުމަޑުން ވިޔާމް އޭނާގެ މޫނު ނަތާޝާގެ މޫނާ ކައިރިކުރަން އުޅުނެވެ.ނަމަވެސް މީހަކަު އެވަގުތު އަންނަ އަޑު ވިޔާމްމެނަށް އިވުމާއެކު ދެމީހުންވެސް ދުރަށްޖެހިލިއެވެ.އަދި ބޮލުތެރެއަށް އައިގޮތަށް ހާސްވެފައިވާ ނަތާޝާ ކާމޭޒުދަށަށް ވަދެ ފިލިއެވެ.

މަޑު ހިނގުމުގައި ކާގެ ދޮރުމައްޗަށް ހުއްޓުނު ފަރީޝާއަށް ކާގޭތެރޭގައި ވިޔާމް ފެންބޯން ހުއްޓާ ފެނުނެވެ. “ކިހިނެއްވީ؟” ފެންބޯ ކަމަށް ހަދައިގެންހުރި ވިޔާމ،ް ފަރީޝާ ފެނުމުން ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ. “މި މި ވިޔާމް ނިދަން ނާންނާތީ؟” ފަރީޝާ އަހާލިއެވެ. “އަހަރެންގެ ލޮލުންތައް ފަރީޝާ ނިދަނީ؟..ގޮސް ނިދީމަ ވީނު…އަހަރެން ނިދާނީ އަދިފަހުން” ވިޔާމް ރުޅިއައިސްފައި އެހެންބުނުމުން ފަރީޝާ އަވަހަށް ކޮޓަރިއަށް ވަންނަން ދިޔައެވެ.

****

ފަރީޝާ ދިއުމުން ނަތާޝާ މޭޒުދަށުން ނިކުތެވެ. “ނުފެންނާނެދޯ އޭނައަަށް” މޭގައި އަތް އަޅާލުމަށްފަހު ފުންނޭވާއެއް ދޫކޮށްލަމުން ނަތާޝާ ބުނެލިއެވެ. “ނުފެންނާނެ ކަންބޮޑުނުވޭ…ފެނުނަސް ވާނީކީއް؟” ވިޔާމް ބުނެލިއެެވެ.އަދި ނަތާޝާއާ ގާތްވާން އުޅުނެެވެ. “ނޫން ވިޔާމް ދެން މިރެއަކުނޫން ދެން ގޮސްލީ” އެހެންބުނެ ނަތާޝާ އޭނާގެ ކޮޓަރިއާދިމާލަށް ހިނގައިގަތެވެ

ނަތާޝާ ދިއުމުން ވިޔާމް ރުޅިއައީ ފަރީޝާ ދެކެއެވެ.އައި ރުޅިން ވިޔާމް ކޮޓަރިއާ ދިމާލަށް އަވަސްހިނގުމުގައި ހިނގައިގަތެވެ.ވިޔާމް ކޮޓަރިއަށް ވަތްއިރު ފިކުރުކުރަން ފަރީޝާ އެނދުގައި އިނެވެ.ދެންމެ ކުރެވުނު ކަންތަކުން ސަކަރާތްވެފައި ފަރީޝާ އިނެވެ.އޭނާ ވިޔާމަށް ފާރަލެވުނީތީ ދެރަވިއެެވެ

“ފަރީޝާ ކިހިނެއްވެގެންތަ ތިއުޅެނީ؟…އަހަންނަށް ނެތީތަ އަމިއްލަ ގޭގައި ފެންފޮދެއްް ބޯލަން ކާގެއަށްވެސް ވަދެވޭކަށް؟” ވިޔާމް ރުޅިއައިސްފައި ބުނެލިއެވެ.ވިޔާމް އެއްޗެހިކީއިރުވެސް އިސްދަށަށް ޖަހާލައިގެން ދެރަވެފައި ފަރީޝާ އިނެވެ. “ވިޔާމް އަހަންނަށް މާފުކުރޭ..އަހަރެން ނުވާނެ ވިޔާމަށް ފާރަލާ ޝައްކުކުރާކަށް..އެކަމަކު އަހަރެންގެ ހިތަށް އުދަނގޫވެގެން އެކަން ކުރީ ވިޔާމް އަބަދުފޯނުގަ އިންނާތީ ކޮންމެރެއަކު…އަހަންނަށް މާފުކުރޭ” ފަރީޝާ ބުނެލިއެވެ

“އަހަރެންގެ ކުޑައިރުއްސުރެ އެކުވެރި ރަހުމަތްތެރިން އަހަންނަށް ގުޅަނީ..އެއީ ހުސް ފިރިހެނުން…އެމީހުންނަށް ވަގުތުވަނީ ރޭގަނޑު އެހެންވީމަ އެގަނޑީގަދޯ އެމީހުން ގުޅާނީ..އެއްބައިމީހުން ސުކޫލު ނިންމިގޮތަށް ލޮލަށް ނުފެނޭ އެކިތަންތަނުގަ އުޅެނީ…އެހެންވެ ފޯނުންދޯ އެމީހުންނާ ގުޅުން ބޭއްވޭނީ” ނުރުހުންވެހުރެ އެހެންބުނެ ވިޔާމް ފާހަނައަށްވަދެ ބަންކިޔާފައި ދޮރުޖެހިއެވެ.

ވިޔާމް ރުޅިއަންނަން ހައްގުކަމަށް ފަރީޝާގެ ހިތަށްއެރިއެވެ.އަދި ދެން ވިޔާމަށް ފާރަނުލުމަށް ފަރީޝާ ނިންމިއެވެ.ވިޔާމްގެ އުޅުމަށް ކިތަންމެ ބޮޑުބަދަލުތަކެއް އައިނަމަވެސް އޭނާ ފަރީޝާ ދެރަވާނެފަދަކަމެއް ނުކުރާނެކަމަށް ފަރީޝާ އޭނާގެ ހިތަށް ވިސްނައިދިނެވެ.ވިޔާމް ފަރީޝާއަށް ބޭވަފާތެރިނުވާނެކަަމަށް އޭނާ ނިންމިއެވެ.

ފާހަނައިން ނިކުތް ވިޔާމް އެނދުގައި އޮށޯތެވެ. “ވިޔާމް ފަރީއަށް މާފުކުރޭ ދެން އެކަހަލަކަމެއް ފަރީގެ ފަރާތުން ނުފެންނާނެ” ފަރީޝާ ދެރަވެލާފައި ބުނެލިއެވެ. “ދެން ނުވާނެ އަހަންނަށް ފާރަލައިގެނެއްް އަހަރެންނަށް ގުޅާމީހުންވެސް މިހާރު އެނގިއްޖެއެއްނު..އަހަންނަށް ނުގުޅާނެ އަންހެނެއް ފަރީޝާ ތިހާ ކަންބޮޑުވާން” ހިތްހަމަނުޖެހިހުރެ އެހެންބުނެ ވިޔާމް ނިދިއެވެ.ް

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

ބުނެބަލާ ލޯބިވޭ 4

Next

ވީމޭ އިންތިޒާރުގައި – 15

Next
February 8, 2022

ވީމޭ އިންތިޒާރުގައި – 15

Previews
February 8, 2022

ބުނެބަލާ ލޯބިވޭ 4

2 Comments!

  1. Aishath Lam'aa Fuad says:
    February 8, 2022 at 8:08 pm

    Thankolheh rangalhukuraathi igey

    1. lamhus says:
      February 8, 2022 at 11:11 pm

      Rangalhu kohlanvi kantha buneladhevva

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (18)←


All Right Reserved!