Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމައުފެއްދުންތެރި ލިޔުންލޯބި

އެކްޓަރ (ފަހުބައި)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
August 12, 2025 6 Mins Read
9 Comments

(ނޯޓް: މި ހިސާބުން މިވާހަކަ ނިމުމަކަށް އައީއެވެ.މި ވާހަކަ ގެނެސްދިނުމުގައި އަޅުގަނޑަށް އެކި ކަހަލަ ގޮންޖެހުންތަކާއި ކުރިމަތިވިއެވެ.ގިނަ ދުވަސްތަކެއް ވާންދެން ޕާޓްތައް ނުގެނެސްދެވި ލަސްވި އެވެ.ނަމަވެސް ކިޔުންތެރިންގެ ފަރާތުން ލިބުނު ހިތްވަރާއި އެއްބާރުލުމަށް އަޅުގަނޑު ފަށްފަށުން ޝުކުރުވެރިވަމެވެ.މި ވާހަކަ ކިޔުންތެރިންނަށް ކަމުދިޔަކަމަށް އުންމީދުކުރަމެވެ.)

 

އަހަރެން ސައިކަލުގައި ގޮސް ދޮންތަމެން ގޭ ކައިރިއަށް މަޑުކޮށްލުމުން ވަރަށް ގަޔާނުވެފައި ޝާއީ ކުސްތަޅައިލިއެވެ.އަހަރެންވެސް ވަކި އެންމެ ހިނދުކޮޅަކަށްވެސް ޝާއީއާއި ދުރުގައި ހުންނާކަށް ބޭނުމެއްނޫނެވެ.އެހެނަސް ކައިވެނީގެ ގޮށް ޖަހާލެވެންދެން އަހަރެމެންނަކަށް އަދި މިނޫން ގޮތެއް ނެތެވެ.

****

’އިޓްސް އޯކޭއޭ ލަވް… އިރާދަކުރެއްވިއްޔާ މާދަންވެސް ދިމާވާނެއެއްނު އަދި… ދެން ދޭ އަވަހަށް އެތެރެއަށް… ދޮންތަ ހިތްހަމަ ނުޖެހިދާނެ…އެހާ ނުވިސްނާ އުޅެނިކޮށް ދޮންތަ ހުއްދަ ކެންސަލްކޮށްލައިފިއްޔާ މާ ދެރައެއްނު…ދޯ‘ އަހަރެން ޝާއީ މަސަލަސް ކޮށްލަން ވަރަށް ލޯބިން ބުނެލީމެވެ.އޭނާ އިނީ ތުންފިތާލައިގެން އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.

****

’އެނގެޔޭ…އެހާ ދުވަހު ދުރުގައި ހުރެފައި އާދެވުނީމަ އައި ޖަސްޓް ވޯންޓް ޓު ސްޕެންޑް މޯ ޓައިމް ވިތް ޔޫ…‘ ޝާއީ ދެރަވެލާފައި ބުނެލިއެވެ.

****

’އިޓްސް އޯކޭއޭ… އައިލް ސީ ޔޫ ޓުމޯރޯ ލަވް… ވަރަށް ލޯބިވޭ…‘ އަހަރެން ޝާއީގެ އަތްތިލައިގައި ބޮސް ދީފައި ބުނެލީމެވެ.ޝާއީވެސް ހަމަ އެ ބީދައިން ލޯބިވާ ވާހަކަ ބުނެލާފައި ގަޔާނުވެފައި ހުރެ އެތެރެއަށް ވަންނަން ހިނގައިގަތެވެ.އޭނާ ގޮސް އެތެރެއަށް ވަނުމުން އަހަރެންވެސް ލަސްނުކޮށް ގެއަށް ދިއުމަށްޓަކައި މިސްރާބު ޖެހީމެވެ.ހެނދުނު ޑިއުޓީއަށް ދާންވާއިރަށް ނިދާލެވޭތޯވެސް ބަލަން އެބަ ޖެހެއެވެ.

****

ޝާއީ އައި ފަހުން ޑިއުޓީއަށްފަހު އަހަރެންގެ ގިނަ ވަގުތުތައް ހުސްކޮށްލަނީ އޭނާއަށެވެ.ޝާއީ  ގަޔާވާނެހެން ހީވާ ގޮތް ގޮތަށް ޑޭޓްތައް ޕްލޭން ކުރުމުގައި އަހަރެން ބައެއްފަހަރު ލަޔާލީގެ މަޝްވަރާވެސް ހޯދީމެވެ.އެކަމުގައި އަހަރެން ލަޔާލީއަށް ފުރިހަމައަށް އިތުބާރު ކުރަމެވެ.އޭނާގެ ޚިޔާލު ގޯހެއް ނުވާނެކަން އަހަންނަށް ގައިމެވެ.

****

ޝާއީ މާލެ އައި ވާހަކަ ބުނީއްސުރެ ޒަޔާއާއި ޒީވާވެސް އޭނާއާއި ބައްދަލުކޮށްނުދީގެން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ.ޝާއީ ގޮވައިގެން އެ ގެއަށް ދާނަމޭ އަހަރެން ބުނީއްސުރެ ޒީވާ އަހަރެން ގާތުގައި އަހައިގެން ޝާއީއަށް މީރުވާނެހާ އެއްޗެހީގެ މައުލުމާތު ހޯދިއެވެ.ޒަޔާވެސާ ޝާއީއާއި ބެހޭގޮތުން އަހަންނާއި އެތައް ސުވާލެއް ކުރިއެވެ.ޝާއީ އޭނާގެ ގާތް ރައްޓެއްސަކަށް ހަދަން ޒަޔާ ވިސްނައިގެން ހުރި ކަހަލައެވެ.

****

އަހަރެން ޝާއީ ގޮވައިގެން ޒަޔާއާއި ޒީވާ އުޅޭ އެޕާޓްމަންޓަށް ގޮސް ބެލް ހަމަ އަޅައިލި އިރަކަށް ލަސްތަކެއް ނުވެ ޒަޔާ ދޮރު ހުޅުވާލައިފިއެވެ.ހިވީ އަހަރެމެންގެ އިންތިޒާރުގައި ކެތްމަދުވެފައި ހުރިހެންނެވެ.ޝާއީ ފެނުނުހާއިރަކަށް ޒަޔާ އުފާވިވަރުން އޭނާގެ އަޑު ނިކުތީ ވެސް އާދައިގެ ވަރަށްވުރެ ތޫލިކޮށެވެ.

****

’ޒީވް…ލުކް ހުޒް ހިއަރ…ހާއި ފިއުޗަރ ސިސް އިން ލޯ… އަވަހަށް އާދޭ އެތެރެއަށް…‘ ދޮރު ހުޅުވައި އަހަރެމެން ވަންނަން ތަން ދައްކައިލަމުން ޒަޔާ ބުނެލިއެވެ.

****

’ސޯ ޖަސްޓް ހާރ…ނޮޓް މީ؟އޯކޭއޭ އެނގޭ!‘ އަހަރެން ޖެއްސުމަށް ބުނެލީމެވެ.އެ އަޑު އިވިގެން ޒީވާވެސް އައި ގޮތަށް އަހަންނަށް ބަލާލާފައި އަނގަޔަށް ވައްތަރެއް ޖައްސައިލިއެވެ.

****

’ޔޭ ވީ ގޮޓް އެނަދަރ ސިސްޓަރ…‘ ޒީވާވެސް ޝާއީގެ އަތުގައި ހިފާލައި ގާތްކޮށްލައިގެން ހުރެ ކުރިއަށް ހިނގައިގަތެވެ.ފަސް ފަހަތުން ޒަޔާވެސް ދިޔަ އެވެ.

****

’ސޯ ދެން ތި ތިން މީހުންގެ ވަރަށް ޓީ އޮންނާނެދޯ؟ ތުއްތޭ ބާކީވީ ދޯ މި؟‘ އަހަރެން މަލާމާތުގެ ރާގެއްގައި ބުނެލީމެވެ.

’އޮހް ޕްލީޒް …‘ޒަޔާ ރާގުލާފައި ބުނެލިއެވެ.

****

ޝާއީ އިނީ ހިތް އަވަސްވެފައިކަން އަހަންނަށް އޭނާގެ މޫނުމަތިން އެނގުނެވެ.އެހެނަސް ޒަޔާއާއި ޒީވާ އޭނާއާއި އެހާ ގާތްކޮށް ވާހަކަ ދައްކައި ހެދުމުން ކުޑަ އިރުކޮޅެއްގެ ތެރޭގައި ފިނިކަން ކެނޑި އެ މާހައުލަށް ހޭނިއްޖެއެވެ.

****

އެ ދެމީހުން ޝާއީ އެހާ ގާތްކޮށް ބަލައިގަތުމުން އަހަރެން ވީ އުފަލުގެ ކޮޅެއް ނެތެވެ.ޒީވާއާއި ޒަޔާވެގެން ޝާއީއަށް މީރުވާނޭހާ އެއްޗެހި ހިމަނައިގެން ސައިވެސް ހުރީ  ވަރަށް ރަނގަޅަށް ތައްޔާރު ކޮށްފައެވެ.ދެމީހުން ވެގެން ޝާއީއަށް ހަދިޔާއެއްވެސް ދިނެވެ. އަހަރެން ހުރީ ހަމަ ކޮސްވެފައެވެ.އެވަރުގެ ހޫނު މަރުހަބާއެއް ކިޔައިފާނޭ ކަމަކަށް އަހަރެން ހިއެއްވެސް ނުކުރަމެވެ.ނަސީބަކުން ޝާއީވެސް ނިކަން ފަސޭހައިން އެމީހުންނާއި ޓިއުނު ދިމާވިއެވެ.އެ ތިން މީހުން އަނގަތަޅަން ތިބިއިރު ހީވީވެސް ޒަމާންވީ ރައްޓެހިންތަކެއް ހެންނެވެ.

****

ޝާއީ ގޮވައިގެން ބޮޑުދައިތައާއި ބައްޕަގެ ގާތަށް ދިއުމުންވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ.އެ ދެމީހުން ޝާއީއަށް ދަރިފުޅު ކިޔަ ކިޔާފައި އުޅުނު ގޮތުން އަހަންނަށް ވުރެވެސް އަދި ޝާއީދެކެ ލޯބިވާހެން ހީވިއެވެ.ޝާއީ އެކަމާ ރަކިވެފައި އިން އިރު އެ ލޯބި ކޯތާފަތަށް ހުރީ ފިނިފެންމާ ކުލަ ފާއްދާލައިފައެވެ.

****

’ދެން އެހާ ލަސްނުކޮށް ދަރިފުޅުވެސް މިގެއަށް އަންނަން ވީއޭ…‘ޝާއީގެ އަތުގައި ހިފާލައިގެން އިނދެ ބޮޑުދައިތަ ހިތްހެޔޮ ކަމާއި އެކުގައި ބުނެލިއެވެ.

****

ޝާއީއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އިސްވެ އަހަރެން ނިންމާފައި އޮތް ގޮތް ބޮޑުދައިތައަށް ބުނެދިނީމެވެ.ކައިވެނިކޮށްގެން އަހަރެން އަމިއްލަ ދިރިއުޅުމެއް އުޅެން ބޭނުންވާކަން ހާމަ ކުރީމެވެ.ނަސީބަކުން އެކަމާ ވިއްދައި ބޮޑުދައިތަ އެއްޗެކޭ ނުބުނެއެވެ.ބައްޕަވެސް އިތުރަކަށް އެ މަޢުޟޫ ނަގާކަށް ނޫޅުނެވެ.އަހަރެންގެ ނިންމުން ބަދަލު ނުވާނެކަން ގަބޫލުކޮށް ހަތިޔާރު ބެހެއްޓީ ކަންނޭނގެއެވެ.

****

ދުވަސްތައް ފާއިތުވެ ގޮސް މިއަދަކީ ޒީވާގެ ހަޔާތަށް އައި ބޮޑު ދުވަހެކެވެ.އޭނާގެ އަލަތު ކައިވެނި ސައިމަންއާއި ކުރެވޭ ދުވަހެވެ.އައިވަރީ ކުލައިގެ ޝިމަރ އަބާޔާއަކާއި ހަމަ އެކުލައިގެ ޝޯލެއްގައި އޭނާ އިން އިރު ފުރިހަމަ ކަމުން އަހަންނަށް ހިތާއި ހިތުން ތައުރީފް ކޮށްލެވުނެވެ.ޝާއީއާއި ޒަޔާއާއިއެކު ސައިމަންގެ އާއިލާގެ އަންހެން ކުދިންތައް ވެސް ޒީވާގެ ގާތުގައި އޭނާ ތައްޔާރު ކުރަން އަވަދިނެތި އުޅުނެވެ.

****

ސައިމަންގެ އާއިލާގެ ފިރިހެނުންގެ ގުރޫޕަކާއިއެކުގައި ކައިވެނީގެ މަޖިލީހަށް އަހަރެން ވަތް އިރު ޒީވާގެ ފަރާތުން އޭނާއާއި ލޭގެ ގުޅުން ހިނގާ ހަމައެކަނި ފިރިހެނަކަށް ހުރީ އަހަންނެވެ. ޒަޔާ ފިޔަވައި ލޭގެ ގުޅުން ހިނގާ އިތުރު އަންހެނެއްވެސް ނެތެވެ.އަންހެން ކުއްޖެއްގެ އަލަތު ކައިވެނިކުރެވޭ ދުވަހު އެކުއްޖެއްގެ ބައްޕައާއި އާއިލާގެ އެހެން މެންބަރުންވެސް ހާޒިރުވެ ތިބުމަކީ ކޮންމެ ކުއްޖަކުވެސް ބޭނުންވާނެ ގޮތެވެ.އެހެނަސް ޒީވާއަކަށް އެ ނަސީބެއްވެސް ނުލިބުނެވެ.މަންމަ އާއިލާގެ މީހުންގެ ތެރެއިންވެސް ދައުވަތު ދިން އެކަކުވެސް ނައެވެ.އެކަމާ ޒީވާ އެއްޗެކޭ ނުބުންޏަސް އޭނާވެސް ވަރަށް އެއްޗެހި ހިތަށް އަރާނެކަން އަހަންނަށް އެނގެއެވެ.އެހެނަސް އުސައިދުއާއި،ބައްޕަ،ބޮޑުދައިތަ އަދި އަނޫކްގެ އާއިލާއާއި ލަޔާލީވެސް ދައުވަތު ގަބޫލުކޮށް އެ ހަފްލާއަށް އައުމުން ޒީވާ ހުރީ ނިކަން ހިތްހަމަ ޖެހިފައެވެ.

****

ގާޒީ އައުމުން ލަސްތަކެއް ނުވެ ޒީވާއާއި ސައިމަންގެ ކައިވެނީގެ މަޖިލިސް ފެށުނެވެ.ގާޒީ ކައިވެނި ލައިދެމުން ދިޔައިރު ޒީވާ އިނީ ފެންކަޅިވެ ރޮވޭގޮތް ވެފައެވެ. ސައިމަންގެ ހާލަކީވެސް އެއީއެވެ.އެންމެ ލޯބިވާ އަންހެން ކުއްޖާ މިލްކު ކުރެވުމުން އެނާގެ ލޮލުގައިވެސް ވިދަވިދާ ހުރީ އުފާވެރި ކަމުގެ ކަރުނައެވެ.ޒަޔާވެސް ނޭފަތާއި ހިސާބުން މޫނުގައި ދެއަތް އަޅާލައިގެން ހުރިއިރު ހީވަނީ ދެންމެ ދެންމެ ރޯން ފަށްޓައިފާނެހެންނެވެ.ވާނީވެސް އެހެންނެވެ.އެއްމާބަނޑު ދެބެއިންގެ ގުޅުމަކީ ވަރުގަދަ ގުޅުމެކެވެ. އުމުރުން ވީހާ ދުވަހެއް އެކުގައި ހޭދަކޮށްފައި އެކަކު ހަމަ ކުއްލިއަކަށް އެގޮތަށް ވަކިވެގެން އެހެން ތަނަކަށް ދާން ނިންމުމުން   އަސަރުކުރާނެއެވެ.ފަޅުކަން އިހުސާސް ކުރެވޭނެއެވެ.

****

އަބަދު އެކުގައި ނޫޅުނެއް ކަމަކު އަހަރެންވެސް ވީ އުފަލާއި އެއްވަރަށް ދެރަވެސް ވިއެވެ.ސައިމަންއާއި އެކު ޒީވާ އެހެން ތާކަށް ބަދަލުވާ ހިސާބުން ދެން ކުރީގައި ބައްދަލުވާހާ ގިނައިންނެއް ދެނެއް ބައްދަލެއް ނުވާނެއެވެ.ކައިވެންޏަށް ފަހު ޒީވާގެ ދިރިއުޅުންވެސް ވާނީ މުޅިން ވަކި ދިރިއުޅުމަކަށެވެ.

****

އާ ކައިވެނީގެ ބަރަކާތުން މުޅި މާހައުލަށް ދިރުން ގެނުވިއެވެ.ޢާއިލާއާއި ގާތް ރައްޓެހިންގެ ހާޒިރުގައި ޒީވާއާއި ސައިމަންގެ ވަލީމާ ފެށުނެވެ.ދެ ޖިންސު މަސްހުނި ނުވާނޭހެން މުޅިތަން ތައްޔާރުކޮށްފައި އޮތީ ދެއްކުންތެރިކަމެއް ނެތް ސާދާ ގޮތަކަށެވެ.

****

ވަލީމާ ތެރޭގައި އަހަންނާއި ޝާއީވެސް އުޅުނީ ވަކި ވަކިންނެވެ.މާ ގިނައިން ޝާއީއާއި ދިމާލަށް ބަލާކަށްވެސް އަހަންނަކަށް ނުކެރުނެވެ.އެހެނަސް ހިތާ ހިތުން ތައުރީފް ކޮށްލެވުނު ވަރެއްގެ ޢަދަދުވެސް ނޭނގެއެވެ.އެމަރަލްްްޑް ފެހި ކުލައަކަށް ދާ ޕާޓީ އަބާޔާގައި އޭނާ ފެންނަލެއް ވަަރަށް ނަލައެވެ.ހެދުމުގެ ކުލަ ޝާއީގެ ހަމުގެ ކުލައާއި ގުޅޭތީ އޭނާ ފެންނަނީވެސް އަދި ވަކިން އުޖާލާކޮށެވެ.

****

’މައި ގޯޖަސް‘

އަލަތު ދެމަފިރިންނާއިއެކު ފޮޓޯ ނެގުމަށް ޝާއީއާއި އަހަރެން އެއްތަންވެލި ވަގުތު އޭނާގެ ކަންފަތް ބުޑުގައި އަހަރެން ބުނެލީމެވެ.ޝާއިގެ މޫނަށް ވެރިވީ ލަދުރަކި ހިނިތުންވުމެކެވެ.

****

’މައި ހޭންޑްސަމް.‘ ޝާއީގެ ޖަވާބުވެސް ލިބުނީ ހަމަ އެ ބީދައިންނެވެ. އަހަރެންވެސް އުފާވެރި ހިނިތުންވުމެއް ހަދިޔާކޮށްލީމެވެ.

****

’ދެން އަހަރެމެން ދޯ؟‘ އަހަރެން ދެންވެސް ބުނެލީމެވެ.

’ކޭންޓް ވެއިޓް.‘ ޝާއީގެ ދެލޯ އުފަލުން ވިދައިގަތެވެ.

****

ވަލީމާ ނިމި ޒީވާ ސައިމަންއާއި އެކު އޭނާގެ ގެއަށް ދާންވީ ވަގުތު ޖެހުނެވެ.ޒަޔާ ދެރަވެގެން ޒީވާގެ ގައިގައި އޮޅުލައިގަތް ގޮތަށް ފެށީ ރޯށެވެ. އަހަރެންވެސް ނަސޭހަތެއްގެ ގޮތުން ދެތިން އެއްޗެއް ބުނެލީމެވެ.ސައިމަން ގާތުގައި ޒީވާގެ ހިތުގައި ނުޖައްސައި އުފަލުގައި ގެންގުޅެދިނުމަށް އެދުނީމެވެ.

****

ޒީވާއަށް ދެވޭވަރުވީވެސް ޒަޔާ މަސަލަސްކޮށްފައި އިރުގަނޑެއް ފަހުންނެވެ.އެ ބޮޑު އެޕާޓްމަންޓުގައި ޒަޔާ ކުއްލިއަކަށް އެކަނިވުމުން ވާނީވެސް އެކަހަލަ ގޮތެކެވެ. އެއްކަލަ ކަންތައްގަނޑުގެ ފަހުން ޒަޔާ ހުންނަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ.

****

ޒީވާ ދިޔުމުން ޒަޔާގެ އެދުމަށް އެ އެޕާޓްމަންޓަށް ބަދަލުވާން އަހަރެން ނިންމީމެވެ.ކުއްލިއަކަށް އަންހެން ކޮއްކޮއަކު އެކަނި އުޅެން ދޫކޮށްލަން އަހަރެން ޖެހިލުންވީއެވެ.އަނެއްކާ ޒަޔާއަށް ދިމާވި އެ ކަންތައްގަނޑުގެ ސަބަބުން އެ ކިޔާ ނާފްއެއް ޖަލަށް ލުމުން އެކަމުގެ ރޯޅިއެއް ޒަޔާއަށް އައިސްދާނެ ކަަމަށްވެސް އަހަރެން ބިރުގަތީއެވެ. އެހެނަސް އެއީ ވަގުތީ ގޮތުން އަހަރެން ނިންމި ނިންމުމެކެވެ.އަނޫކްއާއި ވާހަކަ ދައްކާފައި އަހަރެން ޒަޔާގެ ގާތަށް ބަދަލުވީ،ޒަޔާ ހަމައަކަށް އެޅުމުން އަހަރެން ޝާއީއާއި ކައިވެނިކޮށްގެން އުޅޭނެ ވަކިތަނެއް ހޯދާ ގޮތަށެވެ.

****

(އެއް އަހަރު ފަސް)

އަހަރެއް ފާއިތުވެގެން ދިޔައީ ހީނުކުރާހާ އަވަހަށެވެ.އެއް އަހަރުތެރޭ ހާދަ ކަމެއް ބަދަލުވެގެން ހިނގައްޖެއެވެ.ޝާއީވެސް ތޮއްޑޫ ދޫކޮށް އޭނާގެ މައިންބަފައިންނާއި އެކުގައި މާލެ ބަދަލުވީތާ ހަމަސް ފުރިގެން ދިޔައީއެވެ.މިހާރު އަހަރެންވެސް ދިރިއުޅެނީ ވަކިން އެޕާޓްމެންޓެއްގައެވެ.ވަޒީފާއިން ޕްރޮމޯޝަނެއް ލިބިގެން އާމްދަނީވެސް އިތުރުވެއްޖެއެވެ.ތަގުދީރުވެސް އަހަރެންގެ ކޮޅަށް ބުރަވެފައިވާ ކަހަލައެވެ.

****

އަހަންނާއި ޝާއީގެ ކައިވެނީގެ ތައްޔާރީތައްވެސް ހަލުވި ދުވެލީގައި ފެށުނެވެ.އެންމެ ލޯބިވާ އަންހެން ކުއްޖާ އަހަންނަށް ހިބައިން ލިބޭ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރަން އަހަރެން ބޭނުންވިއެވެ.ވަލީމާ ބާއްވާ ގޮތަށް ހަމަ ޖައްސައި ކުލައަކަށް ފާސް ކުރީ ޝާއީއަށް އެންމެ ރީތި ކުލަ ކަމަށްވާ ދަނބު ކުލައެވެ.ޕާޓީގެ ހުރިހާ ކަމެއްވެސް އަހަރެން ފާސްކުރީ ޝާއީގެވެސް ލަފަޔާ އެކުގައެވެ.ދުވަހަކީ އަހަރެމެން ދެމީހުންގެ ހަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި އެއް ދުވަހަށް ވާތީއެވެ.

****

އަހަރެން ކުރި ދިގު އިންތިޒާރަށް ނިމުން އައީއެވެ.ޝާހީކަން އެކުލެވޭ ހުދު ކައިވެނި ހެދުމުގައި ޝާއީ ފެނުނު ވަގުތު އަހަރެންގެ ދެލޯ ބޮޑުވިއެވެ. އުފަލުން ފޮޅިފައިވާ އެ ލޯބި މޫނުކޮޅު ފެނުމުން އުފަލުން ގޮސް އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.

****

ގިނަ އިރުތަކެއް ނުވެ ކައިވެނީގެ މަޖިލިސް ފެށުނެވެ.ގާޒީ އަނބިކޮށްދިން ވަގުތު އަހަންނަށް ބަލައިލެވުނީ ޝާއީގެ މޫނަށެވެ.އޭނާވެސް އިނީ އަހަންނަށް ބަލަހައްޓައިގެން ހިނިތުންވެފައެވެ.

****

’އަނބި ގަބޫލު ކޮށްފިން‘ އަހަރެން ބުނެލީމެވެ.ޝާއީގެ ދެލޮލުން އުފާވެރި ކަމުގެ ކަރުނަ ނީރާލިއެވެ.ވީ އުފަލުން އަހަންނަށް ހީވީ މުޅި ދުނިޔެވެސް އަހަންނަށް ލިބުނީހެންނެވެ.އަހަރެންގެ ހިތުގެ ވެރިޔާ އަހަންނަށް މިލްކުވީއެވެ.

****

ބިސްމީގެ ބަރަކާތުން ޕާޓީ ފެށުނެވެ.ހުދާއި ދަނބުގެ އެކި ޝޭޑުގެ މާތަކުން ޖަރީ ކުރެވިފައިވާ ބެކް ޑްރޮޕް ކައިރީ އަހަންނާއި ޝާއީ ހުއްޓިލައިގެން ތިބިއިރު މެހެމާނުންތައް ހުއްޓުމެއްނެތި އަންނަމުން ދިޔަ އެވެ. ފޮޓޯ ސެޝަން ވެސް ދިޔައީ ކުރިއަށެވެ.ހުދާއި ދަނބުގެ ބުކޭއެއް ހިފާލައިގެން ޝާއީ ހުރި އިރު ދޭތެރެއަކުން އަހަންނަށް އޭނާގެ އަތުގައި ހިފާލެވެއެވެ.އެހެނަސް ބުކޭ ހިފައިގެން ހުރެ މެހެމާނުންނާއި ސަލާމް ކުރަންވެސް ޖެހޭތީ ދޭތެރެއަކުން އަހަންނަށް ޝާއީގެ އަތް މިނިވަން ކުރަން ޖެހެއެވެ.އެކަމާއި އަހަރެންް ހުރީ އުނދަގޫވެފައެވެ.އެންމެ ސިކުންތަކަށްވެސް ޝާއީގެ އަތުން ދޫކޮށްލަން ބޭނުން ނުވެފައެވެ.

****

’ކޮންގްރާ ލަވް!‘ ލަޔާލީ އައި ގޮތަށް ޝާއީ ގާތްކޮށްލިއެވެ.

****

’ޔޫ ލުކް ސްޓަނިން އިން ވައިޓް… ބޭބް އަމް ސޯ ސޯ ހެޕީ ފޯރ ޔޫ! ‘ ލަޔާލީ އޭނާގެ ތުއި އަޑުން ބުނެލިއެވެ.އުފަލުން ގޮސް އޭނާވެސް ހުރީ ފެންކަޅިވާ ގޮތްވެފައެވެ.

****

’ކޮންގްރާ މޭން ސޯ ހެޕީ ފޯރ ޔޫ!‘ އަނޫކްވެސް ތަހުނިޔާ ކިޔައިލިއެވެ.ނަޔާންއާއި އައްޒާމްއާއި އެނާގެ އަންހެނުން ވެސް އައިސް ހަމަ އެ ބީދައިން ތަހުނިޔާ ކިޔެވެ.އެންމެނާއި އެކުގައި ފޮޓޯ ނަގައި އެތައް  ހަނދާންތަކެއް ރައްކާ ކޮށްލީމެވެ.

****

ޒީވާވެސް ސައިމަންއާއި އެކުގައި ޕާޓީއަށްއައެވެ. ބަނޑުބޮޑުވެގެން ފުރަތަަމަ މަރުހަލާ ކަޑައްތު ކުރަމުން ދާތީ އޭނާ އުޅެނީ ވަރަށް ހާލުގައެވެ.އެހެނަސް އެހާލުގައި އުޅެމުންވެސް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އަހަރެންގެ އުފަލުގައި ބައިވެރިވާން އައީތީ އަހަރެން ވަރަށް އުފާވިއެވެ.

****

ޒަޔާވެސް ޕާޓީއަށް އައި އިރު ހުރީ ބުރުގާވެސް އަޅައިފައެވެ.ޒީވާ ބަނޑުބޮޑު ނޫންނަމަ ދެމީހުން އޮޅޭހާ ވައްތަރެވެ.އެންމެންވެސް ޒަޔާ ބުރުގާ އެޅުމުން މާ ރީތި ކަމަށް ބުނެ ވަރަށް ތަޢުރީފުކޮށްލިއެވެ. އަހަރުމެން ދެމަފިރިންނާއި އެކުގައި ފޮޓޯ ނަގައި ތަހުނިޔާ ކިޔާފައި އޭނާ އަހަރެމެންނަށް ’މެރިޖް ޓިޕްސް‘ ދޭން ފެށުމުން އަހަރެން ޒަޔާވެސް ދެން މީހަކާ އިންނަންވީއޭ ކިޔައި ދިމާކޮށްލީމެވެ.

****

’އަޗި!މަށެއް ނޫޅެން‘ ޒަޔާގެ ޖަވާބު އައި ގޮތަކީ އެއީ އެވެ.

****

ބައްޕައާއި ބޮޑުދައިތަވެސް ވަރަށް ލޯބިން އަހަރެމެން ދެމަފިރިންނަށް މަރުހަބާ ކިޔެވެ.ބޮޑުދައިތައަަށް އުފަލުން ގޮސް ރޮވުނެވެ.އަހަރެންގެ ބުރަކަށީގައި ފިރުމާލާފައި ޝާއީއަށް ދެރަގޮތެއް ނުހަދާ ނިކަން ލޯބިން ގެންގުޅެއްޗޭ ބުނެ ނަސޭހަތްތެރިވިއެވެ.އެވަގުތުކޮޅު އަހަރެން ހަނދާންވީ މަންމަގެ މަތިންނެވެ.މަންމަ ހުރިނަމަ ހަމަ އެފަދައިން އަހަަންނަށް ނަސޭހަތްތެރިވާނެބާއޭ ހިތަށް އެރިއެވެ.ދެވަނަ ސިކުންތު އަހަރެންގެ ނިތަށް ރޫ ގިނަކޮށްލެވުނެވެ.އެ އުފާވެރި މޫޑު ޚަރާބުކޮށްލަން އަހަރެންގެ ހިތެއް ނުރުހުނެވެ.

****

ތަހުނިޔާ ކިޔަން މެހުމާނުންނަށް ޚާއްސަ ކުރެވިފައިވާ ގެސްޓް ފޮތުގައި އެތައް ބަޔަކު ގޮސް ލިޔާތީ ފެނެއެވެ.ލަޔާލީ އެދިމާލަށް މިސްރާބު ޖެހިތަން ފެނިފައި ޝާއީ ފުން ނޭވާއެއް ދޫކޮށްލިތަން އަހަންނަށް ފެނުނެވެ.

****

’ކިހިނެއްވީ؟‘ ޝާއީގެެ އެ ހަރަކާތް ފާހަގަ ކުރެވިގެން ހިނިއައިސްފައި ހުރެ އަހަރެން އަހައިލީމެވެ.ލަޔާލީގެ ގޮތް އަހަންނަށްވެސް އެނގެއެވެ.

****

’އިޓްސް ލަޔާ…ޝިޒް ގޮނަ ބީ ސޯ ޑައިރެކްޓް…ކޮންމެ ފަދަ އެއްޗެއްވެސް ލިޔެފާނެ…އައި ކެން ޓެލް…ލުކް އެޓް ހާރ ފޭސް….ހަމަ ނުލަފާ ހިންޏެއް އައިސްފަ އެހުރީވެސް…‘ ޝާއީ ތުންފަތުގައި ދައިގަންނަމުން އަހަންނަށް އިވޭ ވަރަށް ބުނެލިއެވެ.

****

’ވަޓް އެވަރ ޝީ ރައިޓްސް… ވީ ގޮނަ ޑޫ އިޓް އޯލް‘ އަހަރެން ހަމަ ގަސްތުގައި ޝާއީ ލަދުގަންނުވާލަން ވެގެން އޭނާގެ ކަންފަތް ބުޑުގައި ވައި އަޑުން ބުނެލީމެވެ.

****

’ދެން ޒައިފް!!!‘ ޝާއީ ލަދުން މޫނު ޓޮމާޓޯއެއްހާ ރަތްވިއެވެ.

****

’ނޯ ކިޑިން….ކޭންޓް ވެއިޓް‘ އަހަރެން އެއްލޯ މަރާލާފައި ބުނެލުމުން ޝާއީ ގަތް ލަދުން މޫނު އަނބުރާލިއެވެ.

****

ޝާއީގެ އެ ލަދުވެތިކަން ފެނި އަހަރެންގެ ހިތުގައި އޭނާއަށްޓަކައި ވާ ލޯބި އިތުރަށް ފުންވެގެން ދިޔައެވެ.އެ ލޯބި ކުއްޖާއަކީ މިހާރު އަހަރެންގެ ހަލާލު އަނބިމީހާއެވެ.އަހަރެންގެ ފުރާނައިގެ ބައިވެރިޔާއެވެ.ދުޢާއަކީ ދެދުނިޔޭންވެސް އެކުގައި ލެއްވުމެވެ.

 

ނިމުނީ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ފަންވަރު 02

Next

1-ލޭގެ ބަދަލް

Next
August 12, 2025

1-ލޭގެ ބަދަލް

Previews
August 12, 2025

ފަންވަރު 02

9 Comments!

  1. Mehh says:
    August 12, 2025 at 12:47 pm

    Mashallah mi part vx vrh reethi
    Alhey nimunee dhw

    1. Lamtty Lamtty says:
      August 13, 2025 at 9:34 am

      Labba 😊
      Thank you ❤️

  2. Aysherr says:
    August 12, 2025 at 2:07 pm

    Woow varah Varah reethi Maa sha allah 🤍🎀 surprise eh libuny fahu part ey inyma
    Mi hama eh vanaige vaahaka eh ehaa ves reethi maa sha allah hama I’m speechless ibaaraaih kurun thah sifa kurun thah and everything vrh vrh furihama..
    Hurihaa part thakehgga comment eh nukurevunas alhugandu abadhu ves inthizaaru kuran next part kiyaalan libeyne irakah and I hope lamtty ah konmes varehgge support eh alhugandu ge faraathun dhevunu kamah 😊
    Ummeedhu kuran kuriyah oeh thanuga ves lamtty ge ithuru vaahaka thah kiyaalan libeyne kamah!!
    May Allah Grant’s you continued success!!! ♡

    1. Lamtty Lamtty says:
      August 13, 2025 at 11:16 am

      Thank you Aysherr ❤️
      Glad you liked the story.
      So grateful for your endless support
      In sha Allah news stories coming soon. 😊

  3. Shaf_maan says:
    August 12, 2025 at 6:01 pm

    Maasha Allah mi stry vrh reethi.. 💜
    Commnt eh koh nuliyas abadhu vx kiyan
    Vrh shaugu veri kamaa eku kiyaali stry eh mii..
    I want a bonus episode of this stry😭😭.. Can u do that..
    Musthagbaluga lamtty ge long stry eh kiyalan libeyne kamah unmeedhu kuran☺️
    You are a very talented author… Always wish you the best💜
    Tc.. Lysm 💜💜

  4. Unknown says:
    August 13, 2025 at 4:46 am

    Maasha Allah ❤️ Mi story aslu Hama Vrh Furihama I want a bonus episode of this story Vrh talentive aslu sifa kohfa hurigoah heevanee Hama machine akun liyefai hurihen Anyways ,Mi story is the best story I have ever read Your are one of the my fav Authors
    Lyssmm ❤️
    Tc

    1. Lamtty Lamtty says:
      August 13, 2025 at 11:23 am

      Thank you Shaf_maan ❤️
      So happy that you liked the story
      In Sha Allah new stories coming soon 😊
      Lym tc

  5. Aishath says:
    August 13, 2025 at 4:47 am

    Maasha Allah ❤️ Mi story aslu Hama Vrh Furihama I want a bonus episode of this story Vrh talentive aslu sifa kohfa hurigoah heevanee Hama machine akun liyefai hurihen Anyways ,Mi story is the best story I have ever read Your are one of the my fav Authors
    Lyssmm ❤️
    Tc

    1. Lamtty Lamtty says:
      August 13, 2025 at 11:29 am

      Thank you Aisha ❤️
      So happy that you loved this story 😀
      Ly tc 😘

Comments are closed.



All Right Reserved!