Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

މާސްކު (ޕާޓް 4)

Lamtty
Lamtty Level 810 Stories100 Login100 Comments500 Login100 Stories
August 6, 2025 5 Mins Read
6 Comments

ކައިވެނި ކޮށްދޭ މީހުން އައުމުން އަހަރެމެން ތައްޔާރުވާން ތިބި ކޮޓަރީގެ ދޮރުގައި ޓަކި ދީފައި އަވަހަށް ނުކުތުމަށް ބައްޕަ އެންގިއެވެ. އަހަރެން ފިނިވެފައި އިން ތަން ފެނި އެންމެން އަހަރެންގެ ގާތަށް ޖެހިލައި ބިރު ނުގަންނާށޭ ކިޔައި ހިތްވަރު ދޭން ފެށިއެވެ.

****

ސިޓިން ރޫމްގެ މެދަށް ވާގޮތަށް ބަހައްޓާފައި ހުރި ހުދު ފޮތި އެޅި ދިގު މޭޒުގެ ދެފަރާތުގައި ކައިވެނީގެ މަޖިލީހަށް ހާޒިރުވެ ތިބެން ޖެހޭ އެހެން އެންމެން އިށީނދެ ތިއްބެވެ.އެ އެންމެންގެ ތެރެއިންވެސް އާރިންގެ އުޖާލާ ވެފައިވާ މޫނު ފެނިފައި އަހަރެންގެ ހިތް ވަކިން އަވަސް ވެގެން ދިޔައެވެ. އުޅަނބޮށްޓާއި ހަމައަށް އަތުކުރި އޮޅާލެވިފައިވާ ކަޅު ކުލައިގެ އަތްދިގު ގަމީހާއި ފަޓުލޫނު ގައި އޭނާ ފެންނަލެއް ވަރަށް ހިތްގައިމެވެ.ފިރިހެންވަންތަކަމުގެ ހުރިހާ ސިފައެއް ހުސްކޮށްލައިގެން ހުރި އިރު ދެވަނަ ފަހަރަކަށް ބަލައިލަން މަޖުބޫރު ކުރުވާ ފަދަ ގޮތެއް އޭނާގެ ހުރެއެވެ.

*****

އާރިންގެ ދެލޯ އަހަންނަށް އަމާޒުވި ވަގުތު އެ  ތުންފަތް އެއް މިޔަކަނުން ދެމިލިއެވެ.އަހަރެން ގޮސް އާރިންއާއި ޖެހިގެން އިށީނުމުން ލަސްކުރުމެެއްނެތި ކައިވެނީގެ މަޖިލިސް ފެށުނެވެ.ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގައި އެކަމަށް ހަމަ ޖައްސާފައި ތިބި މީހުން އަވަދިނެތި އުޅުނެވެ.އޭރު ފިނިވެފައި އިން ވަރުން އަހަންނަށް އިނދެވުނީވެސް ނޭވާ ހިފަހައްޓާލައިގެން ދެއަތް ދެއަތާ މޮޑެ މޮޑެ އެވެ. އަހަންނާއި ޚިލާފަށް އާރިން އިނީ ވަރަށް ހަމަޖެހިލައިގެންނެވެ.ހިނިތުންވެފައެވެ.މި ކައިވެންޏަށްޓަކައި އެނާ ވަރަށް ރަނގަޅަށް އަމިއްލަ ނަފްސު ތައްޔާރު ކޮށްފައިވާ ކަހަލައެވެ.

****

އާރިންގެ ދުލުން ’އަނބި ގަބޫލުކޮށްފީމޭ‘ ބުނެލި ވަގުތު އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނީ ބޭ އިޚްތިޔާރުގައެވެ.އިއްތިފާގުން އޭނާއަށްވެސް ބަލައިލެވުނީ އެވަގުތުއެވެ.އެއް މިޔަކަނުން ހިނިއައިސްފައި އިން އިރު އެ ދެލޮލުގެ ތޫނުކަން އަހަރެންގެ މުޅި ޖިސްމުގައި ހުޅު ރޯކުރަން ފަށައިފިއެވެ.

****

’ޔޫއަރ މައިން ނައު…‘ ފޮޓޯގްރަފަރ ބުނެގެން  ފޮޓޯ ނެގުމަށް ދެމީހުން އެކަހެރިވެލި ވަގުތު އަހަރެންގެ ކަންފަތް ބުޑުގައި އާރިން ވައި އަޑުން ބުނެލިއެވެ.އަހަރެންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.ރައްދުގައި އެއްޗެކޭ ބުނުމުގެ ބަދަލުގައި އަހަންނަށް ލަދުން އިސްޖަހައިލެވުނީއެވެ.އޭރު ދެފަރާތުގެ އާއިލާ ވެސް އަހަރުމެން ދެމަފިރިންނާއި އެކުގައި ފޮޓޯ ނެގުމުގެ އިންތިޒާރުގައި ތިއްބެވެ.

****

އާރިން އަހަރެންގެ މެދު ހަށީގައި ހިފަހައްޓައި ފޮޓޯގްރަފަރ ބުނި ގޮތަކަށް ހުއްޓިލިއެވެ.ފުރަތަމަ ފަހަރަށް އޭނާއާއި އެހާ ކައިރީގައި ހުންނަން ޖެހުމުން އަހަރެން ހުރީ ފިނިވެގެން ގޮސް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގިފައެވެ.

****

’ރިލެކްސް…ލަވް…‘ އަހަރެންގެ އަތްތިލައިގައި މަޑު މަޑުން ހިފައިލަމުން އާރިން  ބުނެލިއެވެ.އޭނާ ’ލަވް‘ އޭ ކިޔައި އަހަންނާއި މުޚާތަބު ކުރުމުން އަހަރެން ރަކިވިއެވެ.އާރިންއަށް އަހަރެންގެ ފިނިކަން އިހުސާސް ކުރެވުނީ ކަންނޭނގެއެވެ.އޭނާ ދެންވެސް އަހަންނާއި ވާހަކަ ދެއްކީ ވަރަށް އޯގާތެރި ކަމާއިއެކުގައެވެ.އޭނާގެ ހުރިހާ ހަރަކާތްތަކަކުންވެސް އަހަންނަށް އިހުސާސް ކުރެވުނީ ގާތްކަމެވެ.މަޑު މަޑުން އަހަރެން ހަމައަކަށް އެޅެމުން ދިޔަ ނަމަވެސް މީހުންތައް އަހަރުމެންނާއިއެކު ފޮޓޯ ނަގަން ބޭނުންވެ އިންތިޒާރުގައި ތިބުމުން އެވަގުތު އަހަރެމެންގެ އަމިއްލަ ވާހަކައެއް ދެއްކޭ ގޮތެއް ނުވިއެވެ.އާރިން އަހަންނާއި ކުޑަކޮށް ދުރަށް ޖެހިލުމުގެ ކުރިން އަނެއްކާވެސް އަހަރެންގެ ކަންފަތް ބުޑުގައި އެއޮއް ބުނެލި އެއްޗަކުން ލަދުން ގޮސް އަހަރެން ވިރޭ ވަރުވިއެވެ.މަޑުން ހުއްޓަސް އާރިންއަކީވެސް ފިރިހެނެއްކަން އަހަރެން ހަނދާން ނެތުނީ ކޮންއިރަކު ހެއްޔެވެ؟ އަނެއްކޮޅުން އަހަންނަކީ މިހާރު އޭނާގެ ހަލާލު އަނބިމީހާމެއެވެ.

****

ކައިވެނީގެ ހުރިހާ ކަމެއް ނިމި ގޭތެރެ ހަމައަކަށް އެޅެންދެކަށްވެސް އާރިންގެ އެ މަސްތީ ނަޒަރުތައް އަހަންނަށް އަމާޒުވަމުން ދިޔައެވެ.އެއިން ކޮންމެ ފަހަރަކުވެސް އަހަރެން ހަނދާންވަނީ އަހަރެންގެ ކަންފަތް ބުޑުގައި އާރިން ބުނެލި އެ ބަސްކޮޅެވެ.އެ ވާހަކަ ހިތަށް އަރާ ކޮންމެ ފަހަރަކުވެސް އަހަންނަށް ލަދުން ތުންފަތުގައި ދައިގަނެވެއެވެ.އާރިން ހާދަ ލާނެތެވެ.

****

އެންމެ ޖަޒުބާތީވި ވަގުތުކޮޅަކަށްވީ އަހަރެން އާރިންއާއިއެކު އޭނާގެ ގެއަށް ދާން ފޮށި ހިފައިގެން އަހަރެން އުޅުނު ކޮޓަރިން ނުކުތް ވަގުތުކޮޅެވެ.އުޅެ ބޮޑުވި ގެއާއި އާއިލާ ދޫކޮށް މުޅިން އާ މީހަކާއި އެކު އެހެން ތަނަކަށް ބަދަލުވާން ޖެހުމުން އަހަަންނަށްވެސް ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ.އިސާހިތަކު ހޫނު ކަރުނަތައް ބަންޑުން ވިއެވެ.

****

ފޮށި ދަމަމުން އާރިންއާއިއެކު އަހަރެން  ސިޓިން ރޫމަށް ނުކުތް ތަން ފެނުނު ވަގުތު މަންމަ ދެރަވެގެން ރޯން ފެށްޓިއެވެ.ދޮންތައާއި ތުއްތަވެސް ނުރޯން ހިތްވަރުކޮށްގެން ތިބި ނަމަވެސް އަހަރެން ގޮސް ކުރި މައްޗަށް ހުއްޓުނު އިރަކަށް ބަޑި ފަޅައިގެން ދިޔަ އެވެ.ބައްޕަ އަހަންނަށް ބަލާލާފައި ހިނިތުންވެލި ނަމަވެސް އެ ދެލޮލުންވެސް ދެރަވެފައި ހުރިކަން ރީތިކޮށް ފާޅުވޭވޭ ހުއްޓެވެ.

****

ފޮށްޓަކަށް ފޮށްޓެއް ދޫކޮށްލައިފައި އެ ތިން މީހުންގެ ގައިގައި ހިފައިގަނެވުނު އިރަށް އަހަންނަށްވެސް ކޮންޓްރޯލް ނުވެގެން އަޑުން އަޑު ނަގައި ރޮއެ ގަނެވިއްޖެއެވެ.ޑުރާމާ ބޮޑު ’އިންޑިއަން ވެޑިން‘ އެކޭ ތަފާތެއް ނެތެވެ.އޭރު އަހަރެމެންގެ އިންތިޒާރުގައި ގޭ ކައިރީގައި ކާރެއް މަޑުކޮށްލައިގެން އޮތް ވާހަކަ ބައްޕަ ބުނެފިއެވެ.

****

’ދަރިފުޅު މަންމަ ކައިރިއަށް އަންނައްޗޭ…އާރިންގެ ބަސް އަހައިގެން ވަރަށް ރަނގަޅަށް އުޅެއްޗޭ…‘ މަންމަ ރޮމުން ބުނެލިއެވެ.އަހަރެންވެސް ނޭފަތް ދަމަމުން ރޮވިފައިވާ އަޑަކުން އާނއެކޭ ބުނެލީމެވެ.

****

’އަޅެ މިހޫ ދިޔައިމަ ހާދަ ގޭތެރެ ފަޅުވާނޭ…ވިލް މިސް ޔޫ ސޯ މަޗް ބޭބީ ސިސް…‘ ތުއްތަ އަހަރެންގެ ކޮނޑުގައި ބޯ އަޅައިލަމުން ބުނެލިއެވެ.

****

’މިހޫ ޚަބަރު ވައްޗޭ… ވަރަށް ވަރަށް މިސްވާނެ… އެވްރިތިން…‘ ދޮންތަ ވެސް ކުރެހިފައިވާ އަޑަކާއިއެކު ބުނެލިއެވެ.

****

’އެންމެން މަތިންވެސް ވަރަށް ވަރަށް ހަނދާންވާނެ… ވަރަށް ލޯބިވޭ…‘ އަހަރެން އަދިވެސް ބޮޑަށް އެންމެންގެ ގައިގައި ބައްދައިލަމުން ބުނެލީމެވެ.

****

’ދަރިފުޅު ފިރިމީހާގެ ބަސް އަހައިގެން ރަނގަޅަށް އުޅޭތި… ބައްޕަ އަބަދުވެސް ބުނަން މީހަކާ އިނުމަށްފަހު ދަރިފުޅުގެ މައްޗަށް އިސްވާނީ ދަރިފުޅުގެ ފިރިމީހާއޭ…އޭނާ ނުރުހޭ ގޮތަކަށް ދަރިފުޅު ނޫޅޭތި…ދީނީ ކަންކަމަށް ފަރުވާ ކުޑަ ނުކުރާތި…ބައްޕަ އުންމީދުކުރަން މިހްރާއަށް ރަނގަޅު ފިރިއަކަށް އާރިން ވާނޭ ކަމަށް… ބައްޕަގެ ދުޢާ އަކީ ތި ދެ ކުދިންގެ ދިރިއުޅުމުގަިއ ބަރަކާތް ލައްވައި އުފާވެރިކަމުގައި ދެމެހެއްޓެވުން…‘ ބައްޕަ ވަރަށް އަސަރާއެކު ބުނެލިއެވެ.އާރިން ލައްބައޭ ބުނެލާފައި އަހަންނާއި ގާތަށް ޖެހިލައި މަޑުމަޑުން އަތުގައި ހިފައިލިއެވެ.ވަކިވާ ވަގުތު ޖެހުނީކަން އެނގުމުން އަހަންނަށް އަދި ވަކިން ބޮޑަށް ރޮވުނެވެ.

****

’އެނގޭ މިހޫ ދެރަވާނެކަން…ތި ވަރަށް ރޯތީ ވަރަށް އުނދަގޫވެސްވޭ…ބަޓް އިޓްސް ގޮނަ ބީ އޯކޭ ލަވް…ޔޫ ކެން ވިޒިޓް ދެމް…ދެން ނުރޮއެ ހުއްޓާލާ…‘ އާރިން އަހަރެން ގާތްކޮށްލައިގެން ހުރެ ވިސްނައިދޭ ފަދައަކުން ބުނެލިއެވެ.އަހަރެން ބޯ ޖަހާލާފައި އަދިވެސް އެއްފަހަރު އެމީހުންގެ ގައިގައި ވަކި ވަކިން ބައްދައިލީމެވެ.

****

ކާރަށް އަރައިގެން އަހަރެން ނައްޓައިލި އިރު ’ރިއަރ ވިއު މިރާއިން‘ މަންމަމެން މަގު މައްޗަށް ނުކުމެ ބަލަން ތިބިތަން ފެނުނެވެ.އަހަރެންގެ ހިތަށް ތަދުވިއެވެ.އިހުސާސް ކުރެވުނީ ހަށިގަނޑުގެ އެއްބައި ދޫކޮށްލާފައި ދެވޭ ކަހަލަ އިހުސާސެކެވެ.

****

އާރިންމެން ގޭ ދޮރު މައްޗަށް ކާރު މަޑުކޮށްލުމުން އަހަންނަށް އެ އިމާރާތަށް ނަޒަރު ހިންގައިލެވުނެވެ.އެއީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި އަށް ބުރީގެ އިމާރާތެކެވެ.އާރިން ކާރުން ފައިބާފައި އަހަރެންގެ ފޮށި ދަމަމުން ލިފްޓަށް އަރަން ހިނގައިގެންފައި އޭނާގެ އަތުގައި ހިފާށޭ ބުނާކަހަލަ ގޮތަކަށް އެއް އަތް ދިއްކޮށްލިއެވެ.އަހަރެން އެ އަތުގައި ހަމަ ހިފި އިރަކަށް އޭނާ އަހަރެންގެ އަތަށް ލަތްކެއް ޖަހައިފިއެވެ.ނުވިސްނާ ހުރުމުން އެ ދިޔަ ގޮތަށް ގޮސް އަހަރެން ލައްވީ އޭނާގެ ގައިގައެވެ. އޭރު އާރިން ހުރީ ލާނެތް ގޮތަކަށް ހިނިއައިސްފައެވެ.

****

’މިހްރާ ތިހެން ބްލަޝްވީމަ ހާދަ ރީއްޗޭ…‘ އާރިން އޭނާގެ ޖާދުވީ އަޑުން އަހަރެންގެ ކަންފަތް ބުޑުގައި ބުނެލިއެވެ.

****’ދެން…އާރިން …‘އަހަންނަށް ބުނެވުނެވެ. އަހަރެންގެ އެ ލަދުވެތިކަމުން ހިތްހަމަޖެހުން ލިބުނު ފަދައަކުން އާރިން ފެށީ ހޭށެވެ.

****

’އޯކޭ…ދެން ރޫމަށް ވަދެފައި ކޮންޓިނިއު ކުރާނީ…‘ އާރިން އެއްލޯ މަރާލަމުން ދެންވެސް ބުނެލިއެވެ.އަހަރެން އަދި އިތުރަށް ރަކިވީއެވެ.އާރިން ހަމަ ހެނީއެވެ.އަހަންނަށް ބޭ އިޚްތިޔާރުގައި ތުންކޮޅު އޫކޮށްލެވުނެވެ.މަޑު މަޑުން ހުންނަ އާރިންގެ ލާނެތް ކަމެއް އެބަހުރިތާއެވެ! އަހަރެންގެވެސް އެފަދަ ހިތްވަރެއް ހުރި ނަމަ ކޮން ފަދަ ހެއްޔެވެ؟

****

ކޮޓަރިއަށް ވަތް ވަގުތު އަހަރެންގެ ނޭފަތުގައި ޖެހުނީ މަސްތުކުރުވާ ފަދަ ހިތްގައިމު ވަހެކެވެ.ވެނީލާ ސެންޓެޑް އުއްބައްތިތަކުން މުޅި ކޮޓަރި ހުޅުދާންކޮށްފައި އޮތްއިރު ދެމަފިރިން ނިދުމަށް ޚާއްސަ ކުރެވިފައިވާ އެނދުމަތި ވަނީ ރަތް ފިނިފެންމަލުގެ އެތައް ހާސް ފިޔަތަކަކުން ފުރާލައި، އާ ކައިވެނީގެ ފުރަތަމަ ރެއަށް ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ.

****

’މިހްރާ…އިށީނދެބަލަ‘ އެނދަށް އަތް ދިއްކޮށްލަމުން އާރިން މަޑުމަޑުން ބުނެލިއެވެ.އާރިން ކުރަން އުޅޭ ކަމެއް ނޭނގޭތީ ހިތް އަވަސްވެފައި ހުރިވަރުން އަހަންނަށް ހުރެވުނީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ.އަހަރެން މަޑުމަޑުން ގޮސް އިށީނުމުން އާރިން ފޮށި ގެންގޮސް ކޮޓަރިތެރޭން ވަދެވޭ ގޮތަށް ހުރި ’ވޯކްއިން ވާރޑްރޯބްގެ‘ ތެރެއަށް ވެއްދިއެވެ.ދެން އޭނާ އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓިފައި އަހަރެންގެ ބޯމަތީގައި އަތް ބާއްވާލުމުން އާރިން އެކުރަނީ ކީއްކަން އަހަންނަށް ނަގައިގަނެވުނެވެ.

****

’ލޯބި ދޭބަލަ ތާޒާ ވެލައިގެން ވުޟޫކޮށްލައިގެން މި އެއްޗެއްސަށް ބަދަލުކޮށްލައިގެން އަންނަން…‘އަހަރެންގެ ބޯމަތިން އަތް ހިއްލައިލަމުން އާރިން ވަރަށް ލޯބިން ބުނެލިއެެވެ.އާރިންގެ މަގުސަދު އަހަންނަށް އެނގުނެވެ.އެކަމާއި އަހަރެން ނުހަނު އުފާވެސް ވިއެވެ.އާރިން މަސައްކަތް އެކުރަނީ ދީނުގައި އޮންނަ ގޮތަށް ކަންތައްތައް ކުރެވޭތޯއެވެ.

****

އާރިން ގޮސް ވާރޑްރޯބްއިން ފަށްޖަހާލާފައި އޮތް ކަޅުކުލައިގެ އަބާޔާއަކާއި ނަމާދު ދޮޅި އެއް ގެނެސް އަހަރެންގެ އަތަށް ދިނެވެ.އަހަންނަށްޓަކައި އޭނާ ތައްޔާރުވެފައި ހުރި މިންވަރު ފެނި ޝުކުރުވެރި ނަޒަރަކުން އަހަންނަށް އޭނާގެ މޫނަށް ބަލައިލެވުނެވެ.

****

އަހަރެން ފެންވަރައި ތާޒާ ވެލައިގެން އެއްޗެހި ބަދަލުކޮށްގެން އައި އިރު އަހަރެންގެ އިންތިޒާރުގައި އާރިން ހުއްޓެވެ.ގިބްލަށް ވާނޭހެން ފަތުރާ ލާފައި އޮތް ދެ މުސައްލަ ފެނިފައި އަހަންނަށް ހިނިތުންވެވުނެވެ.

****

އުއްބައްތީގެ ހިތްގައިމު އަލީގައި އަހަންނާއި އާރިން ދެރަކުޢަތުގެ ނަމާދުކޮށް ނިންމައިލީމެވެ.ދުޢާކޮށް ނިންމާފައި އޭނާ އަހަރެންގެ ގާތަށް ޖެހިލައި އަހަރެންގެ ނިތުގައި ވަރަށް ލޯބިން ބޮސްދިނެވެ.އެ ލޯބިވެތި އަމަލުން އަހަރެންގެ ހިތް އުފަލުން ފުރުނެވެ.

****

’އަދި އެއް ކަންތައް.‘ އާރިން މުސައްލަ ފަށް ޖަހާލާފައި ތެދުވަމުން ހިނިތުންވެލާފައި އެނދުކައިރީ ހުރި ސައިޑް ޓޭބަލް މަތީ ހުރި ރޯ ކިރު ޕެކެޓާއި ދެ ތަށްޓަށް އިޝާރާތް ކޮށްލިއެވެ.އަހަންނަށް އަނގައަށް ގޮތެއް ހަދައިލެވުނީ ބޭ އިޚުތިޔާރުގައެވެ.ރޯ ކިރު ބުއީމައި އަބަދުވެސް އަހަންނަށް ހޮޑު ލެވެއެވެ.އެހެނަސް އާރިންއަށްޓަކައި ދެކޮޅު ނުހަދާ އެކަންވެސް ކުރުމަށް އަހަރެން އަޒުމު ކަނޑައެޅީމެވެ.

****

’ކިހިނެއްވީ؟‘ އަހަރެންގެ މޫނަށް ގެނެވުނު އެ ކުޑަ ހަރަކާތްވެސް އާރިންގެ ލޮލުގައި އަޅައިގަތެވެ.އެއްޗެކޭ ބުނުމުގެ ބަދަލުގައި އަހަރެން ކަމެއް ނޫނޭ ބުނާ ކަހަލަ ގޮތަކަށް ބޯ ހޫރައިލީމެވެ.ނަސީބަކުން އާރިންވެސް މާ ބޮޑު ކަމަކަށް ނުހަދާ ކިރު ތަށްޓެއް އަޅާފައި އަހަންނަށް ދިއްކޮށްލައިފިއެވެ.ކިރު ތަށި ފެނިފައި ވެސް އަހަރެން މޭ ބޮޑު ކުރަން ފެށިއެވެ.

 

ނުނިމޭ

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Lamtty
Follow Me Written By

Lamtty

Level 810 Stories100 Login100 Comments500 Login100 Stories

Challenging myself here 🌺🍃 ✍🏾 📖 ❤️ ☕ 😺 I believe there's always room for improvement. Constructive criticism is much appreciated.😊 ❤️

Other Articles

Previous

ކަޅު ބުޅާ 18

Next

ހިޔަނިތައް ރާޅުގެ ތިރީގައި …..1

Next
August 6, 2025

ހިޔަނިތައް ރާޅުގެ ތިރީގައި …..1

Previews
August 6, 2025

ކަޅު ބުޅާ 18

6 Comments!

  1. no one16 says:
    August 6, 2025 at 12:29 am

    masha allah mi part ves varah reethi.
    when next?

    1. Lamtty Lamtty says:
      August 15, 2025 at 10:24 am

      Thank you 😊 already submitted.

  2. Nayerr says:
    August 6, 2025 at 10:56 am

    MASHA ALLAH mi part ves vrh reethi thankolheh avahah up kohdhehchey arin and mihra what a beautiful couple ❤️I can’t wait curiously waiting for the next part ☺️
    Tc
    Lyy❤️😘

    1. Lamtty Lamtty says:
      August 15, 2025 at 10:26 am

      Thank you Nayerr ❤️
      I was focused on finishing the other story ehnve mi story lasvee ingey.
      Fifth part already submitted
      Tc ly 😘

  3. Rysh says:
    August 16, 2025 at 8:49 pm

    CAN’T WAIT HAADHA LOABI EY MI VAAHAKA VSSSSSA KEIH THERI KAMEH NETHI KEITHERI KAMAA EKY WAITING 🥹🥹🥹🥹🥹

    1. Lamtty Lamtty says:
      August 17, 2025 at 10:24 am

      Ahaha thank you Rysh ❤️
      Soon

Comments are closed.

Next Episodeމާސްކު (ޕާޓް 5)←


All Right Reserved!