ޔާނިއު ސައިކަލުގައި ދުއްވާފައި އަންނަނިކޮށް އޭނާއަށް ބަލަހައްޓައިގެން އިން އަންހެން ކުއްޖާ ފެނުމުން އާޝޯޚްވިއެވެ. ހީވީ ހޫރު ޕަރީއެއް ކުރިމަތިން ފެނުނު ހެންނެވެ. އޭނަ ފެނުމުން އެއަންހެން ކުއްޖާ ދިން ހިނިތުންވުމުން އޭނައަށް އިތުރަށް އެއަންހެން ކުއްޖާއާ ދިމާލަށް ދާނެ ދަމާބާރަކަށް ވެގެން ދިޔައެވެ. ޔާނިއު ރަގަޅަށްވެސް އެނުދަންނަ އަންހެން ކުއްޖާގެ ޖާދޫގައި ޖެހިއްޖެއެވެ. ސައިކަލް ޕާކު ކުރާޒޯނުގައި ބަހަށްޓާފައި ޔާނިއު އައިސް ނަވްލާ އިށީދެގެން ހުރި ތަނުން އެއްތަން ދޫކޮށްފައި އިށީނެވެ. އަދި ނަވްލާއާ ވާހަކަ […]
” އެއީ މަންމަމެން ދައްކާ ބޯދާ ވާހަކައެއް.. އެމީހުން އަހަރެމެން ތަންތަނުގައި ތިބޭ އެއްޗެހި ބިނދެހަދާތީ އަހަރެމެން ބިރުގަންނުވަންވެގެން ކިޔާ އެއްޗެއް އެއީ.. ކަލޭ ދުވަހަކުވެސް ދެކުނިންތަ މަލެއް ބިނދެގެން މީހަކު ޖިންނި މޮޔަވިއޭ…” ޔާނިއުބުންޏެވެ. ” މަނުދެކެން.. އެކަމަކު މަ ވަރަށް ގިނައިން އަޑު އަހާވާހަކައެއް..” ޔާނިއުގެއެކުވެރިޔާ ބުންޏެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުން އިތުރަށްވެސް ނަވްލާގެ އެކުވެރިންގެ ހިތުގައި ހާސްކަން އުފައްދާފިއެވެ. ދެއެކުވެރިން އެތާ ތިބެން އިތުރަށް ބޭނުން ނުވާތީ ހިނގާށޭ ކިޔާ ނަވްލާއަށް […]
ހައްޔާމްގެ މިޒާޖު އެންމެ ރަގަޅަށް އެނގޭ އެއްބަޔަކަށް ހަމަގައިމުވެސް އޭނަގެ އެކުވެރިންވާނެއެވެ. ހައްޔާމްގެ އުޅުން ހުންނަ ގޮތުން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވެ އެ އެކުވެރިންވެސް ހައްޔާމްއާ މެދު ކަންބޮޑުވެއެވެ. ” ހާތިބު އެރަށްތަށް އޮންނަނީ ކިހިނެއްތަ؟.. އަހަރެންވެސް އެރަށްތަށް އޮންނަގޮތް ބަލަން ވަރަށް ދާހިތްވޭ..” ރާބިލް ހަތީބު ކުރެން އަހާލިއެވެ. ” ގިނިހިޔާރަށް އަސްލު އެހެންފެންނަ އިރު ހީވަނީ ހުސްފަރުބަދަ ތަކެއް ހުންނަހެން ދޯ.. އެކަމަކު އޭ ވަށައިގެން ހުންނަ ފަރުބަދަ ތަކެއް ދެން […]
ދެބަފައިން ގިނިހިޔާ ރަށަށް ދާން އުދުއްސައިގަތުމުން ދެމައިން ތިބިތަނުން ތެދުވުނެވެ. އެމަންޒަރު ބަލަން އާޝޯޚުވެފައި އިން ސުމައްޔާ އޭނާގެ މަންމައާ ސުވާލުކުރަން ފެށިއެވެ. ” މަންމާ އަހަރެންގެވެސް އެހަކަލަ ރީތި ވަރައެއް ހުރޭތަ..” “އާނ! ދަރިފުޅާ އަހަރެމެން ނަސްލުގައި އެންމެންގެވެސް ވަރައެއް ހުންނާނެ.. އެކަމަކު އެކި މީހުނަށް ލިބިފައި ހުންނާނީ އެކިކަހަލަ ވަރަ.. ބައްޕަގެ އެހުރި ވަރައަކީ ދަރިފުޅުގެ ކާފަގެ ނަސްލުން ލިބިފައި ހުރި ވަރައެއް.. ދަރިފުޅަށް އަދި ފަހުން ހުރިހާ އެއްޗެއް އެނގޭނެ..” އާސިޔާ އޭނާގެ […]
ސުމައްޔާވެސް އޭނާގެ ދެތިން އެކުވެރިންނާއެކު ބޭރު ތެރޭގައި އުޅެމުންދިޔައެވެ. މައިންބަފައިން ގެއާ ދުރަށް ނުދަން ބުނެފައި އޮންނާތީ އޭނާގެ އެކުވެރިންނާ އެއްކޮށް ގެއާ އެންމެ ކައިރިން ފޭބެން އޮންނަ އަތިރިމަތީގެ ގަހެއްހެ ގޮފިގަނޑެއްގައި ވާހަކަ ދައްކާލަން ތިއްބެވެ. ” ސުމީ.. ބައްޕަމެން ނޫޅޭތަ ސުމީ މީހަކާ ކާވެނި ކުރުވަން.. އަހަރެން މިހެން މިބުނީ އަހަރެމެން ތެރެއިން ގިނަ ކުދިންނަށް ވިހި އަހަރު ވާތަނުން މައިން ބަފައިން ކޮންމެވެސް މީހެއް ހޯދާފައި ކައިވެނި ކުރުވާނެ.. އަހަރެމެންނާ އެކު އުޅުނު […]
އެހެންއޮވެ ވިސްނެމުން ދިޔައީ އޭނަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ގޮވައިގެން ދުނިޔެ ބަލާލަން ދިޔަޔަސް އިންސިން އުޅޭ ތަނަކަށް އެދަރިފުޅު ގޮވައިގެން ދެވުމުން ވާނެ ގޮތަކާމެދުއެވެ. ކުޑައިރުއްސުރެ ސިޔާސަކަންވަނީ ގައިގައި ހަރުލާފައެވެ. ގޭތެރޭގައި އުޅޭ އިރުވެސް ކޮންމެވެސް މީހަކަށް ކޮންމެވެސް ޖެއްސުމެއް ކޮށްލުމަކީ ހާތިބުގެ އުފަލަކަށް ވެފައި ހުންނަ ކަންތައްތަކެވެ. ވަރުދާން އުންމީދު ކުރަނީ ތަމްރީނުތައް ދީ ނިމޭއިރު ހާތިބުގެ އެގޮތްގަނޑު ކެނޑޭނެކަމަށެވެ. މެންދުރު ނަމާދަށް ދާން ފެންވަރާލައިގެން ދެބަފައިން ގެއިންނިކުތްއިރު އާސިޔާގެ ދެމައިން ބަދިގޭގެ […]
ރީތި ބަގީޗާއެކެވެ. ހުރިހާ ގަހެއްގައިވަނީ މާތައް އަޅާ ފުރިފައެވެ. ކޮންމެ ވައްތަރެއްގެ މާ ގަސްބޮނޑިތަކުގެ ދޭތެރޭ ހިނގާނެ ހަނި މަގެއް އޮވެއެވެ. ހާތިބުއަށް ހިނގަމުން ހިނގަމުން ގޮސް ނިކުމެވުނީ އުސްފަރުބަދަތަކެއް ތީ ދިމާލަކަށެވެ. ވަކި ހިސާބަކަށް ދެމިފައިވާ ފެން ކޯރެއްވެސް އޮތެވެ. ފަރުބަދަ މަތިތައްވެސް ވަނީ ފެހި ބޮޑެތި ގަސްތަކުން ފުރިފައެވެ. ދުވަހަކުވެސް ނުދެކޭފަދަ ރީތި ވާދީއެކެވެ. އުޑުމަތިވެސް ހީވަނީ އެދުވަހަށް ހާތިބުއަށް މަރުހަބާ ކިޔާހެންނެވެ. އެކި މާ ތަކުން ދުވާ މީރުވަސް ވަނީ މުޅި ފަޒާގައި […]
އުޝާމްގެ ވާހަކަތަކުން އުޝާމްއަކީ ހާދަ ކެއްތެރި އިންސާނެކޭ ޖިދާގެ ހިތަށް އެރިއެވެ. ބާރައަހަރު ޖިދާގެ އިންތިޒާރުގައި ހޭދަކޮށްފައި އަނެއްކާވެސް ހަފްތާއެއްދެނީހެއްޔެވެ. ” އަހަރެން އިންނަން އެއްބަސް… އެކަމަކު އަދި މަންމަމެން ކައިރީ އަހާފައި ޖަވާބެއް ދޭނަން…” ޖިދާ ބޭނުންވަނީ އުޝާމްއާއެކު ގުޅުމެއް ފެށުމުގެ ކުރިން އެކަމުގައި މައިންބަފައިންގެ ހިޔާލަކީ ކޮބައިތޯބެލުމެވެ. “ޖިދާ ތިކަމާ ހާސްނުވޭ.. އަހަރެން ޖިދާގެ މައިންބަފައިން ކައިރީ އަހާނަން.. އަސްލު އެމީހުންނާ ވާހަކަ ނުދައްކާ ފުރަތަމަ ޖިދާއާ މިވާހަކަ ދެއްކީވެސް ޖިދާގެ ހިތް އޮތްގޮތެއް […]
7 މަސް ފަސް “ރައިފާއްތާ ބައްޕައަށް ގުޅާލާފަ ބުނޭ އަވަހަށް ގެއަށް އަންނަން..” ރައިފާ ކައިރީ ޝަމީލްއަށް ގުޅުމަށް ބުނެފައި ޖިދާއަވަހަށް އާއިލާގެ ޑޮކްޓަރަށް ގުޅިއެވެ. ގުޅިތާ ދިހަމިނެޓްވެސް ނުވަނީސް ޑޮކްޓަރު ގެއަށް އައެވެ. ޑޮކްޓަރާ އެއްކޮށް ކަހަލަ ގޮތަކަށް ޝަމީލްއަށް ވެސް ގެއަށް އާދެވުނެވެ. ޑޮކްޓަރ މަންމަގެ ހަރަކާތްތައް ބަލާފައި އިތުރު ފަރުވާތަކަކަށް ހޮސްޕިޓަލަށް ގެންދަން ބުންޏެވެ. ލިބުނު ކުރިއެރުމަށް ޓަކައި ޝަމީލްއާ ޖިދާއަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔައެވެ. މިއަދު ސާޖިދާ ކުއްލިއަކަށް ހޭ […]