ކުރި އިންތިޒާރު 4
7 މަސް ފަސް
“ރައިފާއްތާ ބައްޕައަށް ގުޅާލާފަ ބުނޭ އަވަހަށް ގެއަށް އަންނަން..” ރައިފާ ކައިރީ ޝަމީލްއަށް ގުޅުމަށް ބުނެފައި ޖިދާއަވަހަށް އާއިލާގެ ޑޮކްޓަރަށް ގުޅިއެވެ. ގުޅިތާ ދިހަމިނެޓްވެސް ނުވަނީސް ޑޮކްޓަރު ގެއަށް އައެވެ. ޑޮކްޓަރާ އެއްކޮށް ކަހަލަ ގޮތަކަށް ޝަމީލްއަށް ވެސް ގެއަށް އާދެވުނެވެ. ޑޮކްޓަރ މަންމަގެ ހަރަކާތްތައް ބަލާފައި އިތުރު ފަރުވާތަކަކަށް ހޮސްޕިޓަލަށް ގެންދަން ބުންޏެވެ. ލިބުނު ކުރިއެރުމަށް ޓަކައި ޝަމީލްއާ ޖިދާއަށް ވަރަށް ބޮޑު އުފަލެއް ލިބިގެންދިޔައެވެ. މިއަދު ސާޖިދާ ކުއްލިއަކަށް ހޭ އަރާފިއެވެ. ނަމަވެސް ސާޖިދާއަކަށް ވާހަކައެއް ނުދެއްކުނެވެ. ސާޖިދާ ހޭއެރުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
ސާޖިދާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރ ޓެސްޓުތަކާ އިތުރު ކަންތައްތައް ބަލާފައި ސާޖިދާއަށް އަދި ވާހަކަ ދެއްކޭނެ ކަމުގައި ބުންޏެވެ. އެއީ އެހާ ދުވަސްވަންދެން ކޯމާއެއްގައި އޮތުމަށް ފަހު ހޭ އެރުމުން އަދި މާހައުލަށް އާދަނުވަނީކަމުގައި ޑޮކްޓަރ ބުންޏެވެ. ހަފްތާއެއްވަރު ފަހުން ސާޖިދާ ވާހަކަ ދައްކަން ފެށިއެވެ. އެހެންކަމުން އިތުރު ހަފްތާއަކަށް ޑޮކްޓަރ ސާޖިދާ ބެލުމަށްފަހު ގެއަށް ދޫކޮށްލައިނެ ކަމުގައި ބުންޏެވެ. އެދުވަސްތަކުގައި ޗުއްޓީނަގައިގެން ޖިދާ ހުރިހާ ވަގުތެއްވެސް ހޭދަކުރީ ހޮސްޕިޓަލުގައެވެ. ޝަމީލްވެސް އޮފީހުގައި ކުޑަވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ގިނަވަގުތު އުޅެމުން އައީ ހޮސްޕިޓަލުގައެވެ. އުޝާމްވެސް ޖިދާގެ މަންމަގެ ޙާލު ބަލަން ކޮންމެ ދުވަހަކުވެސް ދެއެވެ. އެހެންކަމުން ސާޖިދާއަށްވެސް އުޝާމްގެ ރަގަޅުކަން ފާހަގަ ކުރެވި އަދި އޭނަގެ ދަރިފުޅަށް އުޝާމްދޭ ސަމާލުކަން ވަރަށް ގާތުންފެނެއެވެ. މިއަދު ސާޖިދާ ހޮސްޕިޓަލުން ދޫކުރިއެވެ.
ސަނީހިލްއަށް މިއަދު ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ރައިފާވެސް ލިބުނު ހިތްހަމަޖެހުމުގައި ސާޖިދާ ގެއަށް އަންނަންވާއިރަށް ސާޖިދާއަށް އެންމެ މީރު ކާއެއްޗެހި ތައްޔާރު ކުރިއެވެ. ސާޖިދާ އަނބުރާ އައިކަމަށްޓަކައި އެއާއިލާގެ ގިނަ މީހުންވެސް އެގެއަށް އައިސް ތިއްބެވެ. ސާޖިދާ ފެނުމުން އެންމެންގެ ހިތްތަކަށްވެސް އުފާވެރިކަން ލިބިގެންދިޔައެވެ. ހޮސްޕިޓަލުން ސާޖިދާ ދޫކޮށްލި އިރުވެސް އުޝާމް ހުއްޓެވެ. ޖިދާގެ އާއިލާގެ ހުރިހާ ކަމެއްގައި އުޝާމް ބައިވެރިވަމުންދިޔައެވެ. ސާޖިދާއާ ޝަމީލްއަށް އިހުސާސްވަމުން ދިޔައީ އެމީހުންގެ ފިރިހެން ދަރިއެއް ގާތުގައި ހުރިކަމެވެ. އެހާވެސް އުޝާމް އެމީހުންނަށް ގަދަރު ކުރުމާ އެމީހުންގެ ކަންތައްތަކަކީ އަމިއްލަ ކަމެއްގެ ގޮތުގައި ކުރަމުން ގެންދެއެވެ. އެކަމުން އެދެމަފިރިންނަށް ފާހަގަވީ އުޝާމް ޖިދާގެ ކަންތައްތަކުގައި ސަމާލުކަންދޭ މިންވަރެވެ. ސާޖިދާމެން ގެއަށް އައީ އުޝާމްގެ ކާރުގައެވެ. އެއީ އުޝާމްގެ އެދުމަށެވެ. އެކަމަށް އިންކާރު ކުރާކަށް ޝާމީލްމެން ނުއުޅުނެވެ.
” އާދޭ ކާން.. މިހާރު ތީ މިގޭވެސް ކުއްޖެއްނޫ…” އެންމެން ހަމަޖެހިލުމުން ޝަމީލް އުޝާމް ކައިރިން އެދުނެވެ. ޝަމީލް އެހާ ގާތްކޮށް ބުނީތީ އުޝާމްއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ކާގެން ވާހަކަ ދައްކާލަން ސޯފާގައި އިރުކޮޅަކަށް ތިބުމަށްފަހު އުޝާމް ދެން ގެއަށް ދަނީ ކަމުގައި ބުންޏެވެ. އޭރު ގަޑިން ދިހައެއްވެސް ޖަހާފައިވާތީ ޝަމީލްމެންވެސް އިތުރަށް އުޝާމް މަޑުކުރާކަށް ނޫޅުނެވެ. އުޝާމް ނުކުންނަން އުޅުމުން ޖިދާ އުޝާމްއާއެއްކޮށް ގޭޓާ ހަމައަށް އައެވެ. ” ޖިދާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް.. ހިނގާ މާދަމާ ރޭ ލެވެންޑަރއަށް ޑިނާއަކަށް.. ގޮސްފައި އެވާހަކަ ދައްކަން..” އުޝާމް ޖިދާ ކައިރިން އެދުނެވެ. ޖިދާ އެކަމަށް އެއްބަސްވުމުން އުޝާމް އޭނާގެ ކާރަށް އަރަންގޮސް ޖިދާއަށް އަތްހިއްލާފައި އެރޭގެ ވަދާއީ ސަލާމް ކުރިއެވެ.
ވައިޓްޒޯންގެ ގަރާޖަށް ކާރު ވައްދާފައި މަޑުހިނގުމެއްގައި އައިސް އުޝާމް ދޮރުހުޅުވާލިއެވެ. ދަރިފުޅު ގެއަށް ނައިސް ލަސްވެގެން ސޯފާގައި އިން ހުނައިދާ ވަގުތުން ތެދުވެގެން އޭނާގެ ދަރިފުޅު ކައިރިއަށް އައެވެ. “ދަރިފުޅާ ހާދަ ލަހަކުން.. ދަރިފުޅު ލަސްވެގެން މަންމަ މިހުރީ ކަންބޮޑުވެފައި….” “މަންމާ ބުނީމެއްނޫ ރައްޓެއްސެއްގެ މަންމަ ހޮސްޕިޓަލުގައި ބާއްވައިގެންނޭ… އެތާގައި ހުރެފަ މިއައީ.. މިހާރު ގެއަށް ދޫކޮށްލައިފި..” މަންމަ ކަންބޮޑުވެފައި އިންވަރު ފެނުމުން ހިތްހަމަ ޖައްސާލުމަށް އުޝާމް އަވަހަށް ބުންޏެވެ. ” ހިނގާ އަވަހަށް ކާން.. މިހާރު ހުންނާނީ ވަރަށް ބަނޑުހައި ވެފައެއްނޫ…” ދަރިފުޅު ނުކައި ހުރެދާނެތީ ކަންބޮޑުވެފައި ހުނައިދާ ބުންޏެވެ. ” ނޫނޭ މަންމާ މިއައީ އެގެއިން ކާގެން” ދަރިފުޅުގެ ވާހަކަތަކުން އެއީ ދަރިފުޅަށް ވަރަށް ޚާއްސަ ރައްޓެއްސެއްކަން އެނގެއެވެ. ނަމަވެސް ހުނައިދާ އެއީ ކޮންރައްޓެއްސެއްކަން އެހިޔަސް މަންމަޔަށް އަދި ކޮންމެވެސް ދުވަހަކުން އެނގޭނެ ކަމުގައި ބުނެ އެވާހަކަ އޮއްބާލައެވެ. ” ކޮބާ ދޮންބެއާ ދޮންތައާ.. އެމީހުން ނިދަން ވަނީތަ” ހުނައިދާ އާއެކޭ ބުނުމުން ނިދަން ދަނީ ކަމުގައިބުނެ އުޝާމް ކޮޓަރިއަށް ވަނެވެ.
އުޝާމް ސްކޫލް ދުވަސްވަރުގައި ކުއްޖަކުދެކެ ލޯބިވިކަން ހުނައިދާއަށް އެނގެއެވެ. ނަމަވެސް އޭރުވެސް އެއީ ކޮންކުއްޖެއްކަން އުޝާމް ނުބުނެއެވެ. ސްކޫލް ނިމި ކޯސްހަދާ ނިމުމުން ދިރިއުޅުމެއް ފައްޓަން ބުނެވުނު އަދަދެއްވެސް ހުނައިދާއަކަށް ނޭނގެއެވެ. ނަމަވެސް އުޝާމް އަދި އެދުވަސް ނުޖެހޭކަމުގައި އަންނަނީ ބުނަމުންނެވެ. ނަމަވެސް މިހާރު އުޝާމްގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމާ އުފާވެރިކަމުގައި ކޮންމެވެސް ކަމެއްވާކަން ހުނައިދާގެ ހިތްބުނެއެވެ.
ފަހު ދުވަހު އޮފީހަށް ގޮސްފައިވެސް އުޝާމްއަށް އިންތިޒާރު ކުރެވުމުންއައީ ރޭގަނޑު ވާނެ އިރަކަށެވެ. އޭނެގެ ދިގު އިންތިޒާރުގެ ނިމުން އަންނާނެ ގޮތަކާމެދު ވިސްނެނީއެވެ. ޖިދާ ދޭނެ ޖަވާބަކާމެދު ވިސްނެނީއެވެ. އެދުވަހު އޮފީހުގެ މަސައްކަތްތައްވެސް ރަގަޅަކަށް އުޝާމްއަކަށް ނުކުރެވުނެވެ. ހަވީރު ތިނެއްޖެހުމުން ސްޓާފުންތައް ނުނިކުންނާތީ އުޝާމް ހުރީ ކެތްމަދުވެފައެވެ. އޮފީހުގެ އެޑްމިން އަތުގައި އޮފީހުގެ ތަޅުދަނޑިއެއް އޮންނާތީ އޮފީސް ތަޅުލުމަށް ބުނެފައި އުޝާމް ނިކުތެވެ. ގެއަށް ވަންތަނުން ހުނައިދާ ސައިބޯން އަންނަން ބުންޏެވެ. އުޝާމްއަށް ރަގަޅަށް ސައިވެސް ނުބޮވުނެވެ. ކަންބޮޑުވެފައި ކަމަކަށް އިންތިޒާރު ކުރާ ވައްތަރު އުޝާމްގެ މޫނުމަތިން ދިޔައީ ފާޅުވަމުންނެވެ. “ދަރިފުޅާ ކޮންކަމަކާތަ މާ ހާސްވެގެން ތިއުޅެނީ.. ކަމަކާމެދު މާ ބޮޑަށް ފިކުރު ކުރާހެން މަންމައަށް ހީވާތީ.. ސައިވެސް ރަގަޅަކަށް ނުބޮވުނު ވިއްޔާ..” ދަރިފުޅު ކަންބޮޑުވެފައި ވި ކަމަކުން ދަރިފުޅަށް ތަސައްލީއެއް ގެނައުމަށްޓަކައި ހުނައިދާ ބުންޏެވެ. ” މަންމާ! މަންމަ ކައިރީ މީގެ ބާރަވަރަކަށް އަހަރު ކުރިން ބުނީމެއްނޫ ކުއްޖަކު ދެކެ ލޯބިވާ ވާހަކަ… މިރޭ މިއުޅެނީ އެކުއްޖާ ކައިރިން އިންނަން އަހަން… އެކަމަކު އެކުއްޖާ ދޭނެ ޖަވާބެއް ނޭނގޭތީ އެކަމާ މި ވިސްނެނީ..” އަޅައަޅައި ގަންނަމުން ކަހަލަ ގޮތަކަށް އުޝާމް ބުންޏެވެ. ” ތިކަމާ އެހާ ހާސްނުވޭ ދަރިފުޅާ.. އިންޝާﷲ އެކުއްޖަކު ދަރިފުޅަށް މިރޭ އާނ ބަސް ބުނާނެ.. ދަރިފުޅު އެކުއްޖަކަށް އިންތިޒާރު ކުރާތާ ކިތަންމެ އަހަރެއް ވެއްޖެކަން އެކުއްޖާއަށް ވެސް މިހާރު އެނގޭނެ… އަދި ދަރިފުޅު އެކުއްޖާދެކެ ވާ ލޯބި އެކުއްޖަކަށްވެސް މިހާރު އަންދާޒާ ކޮށްލެވޭނެ.. އިރާދަ ކުރެއްވިއްޔާމު މިރޭ ދަރިފުޅަށް ކާމިޔާބުވާނެ.. އެހާ ކަންބޮޑުނުވޭ.. ހާސްކަން ކަނޑާލާ..އެހެންނޫނީ މިރޭ ތި ސުވާލް ކޮށްލަންވެސް އުނދަގޫވާނެ.” ހުނައިދާއަށް އަށްވެސް އުޝާމް ބޭނުންވާ ގޮތް އެނގުމުން އެކަމަށް އިންތިޒާރު ކުރެވެން ފެށުނެވެ.
އެރޭ އަށްގަޑި ބައިވިއިރަށް އުޝާމް ޖިދާ ބަލާ އެގެއަށް އައެވެ. ނަމަވެސް އެތެރެއަށް ނުވަނދެ ކާރުގައި މަޑުކޮށްލައި ޖިދާއަށް ގުޅާފައި ނުކުންނަން ބުންޏެވެ. ޖިދާ މާރީތިވެގެން ނިކުންނާތީ ސާޖިދާ ސުވާލުކުރުމުން އުޝާމްއާއެއްކޮށް ބޭރަށްދަނީ ކަމުގައި ބުނެ ނިކުތެވެ. ލެވެންޑަރއަށް ވަދެވުނު އިރު އެހެންރޭތަކަށް ވުރެ މީސްގަނޑު މަދުކަން ފާހަގަކޮށްލެވުނެވެ. އުޝާމް ނެގީ ލެވެންޑަރގެ މަތީބައިން ބޭރުގައި ތިބެވޭ މޭޒެކެވެ. ކަންދިމާ ކުރިގޮތުން އެބައިގައި މިރޭ އިތުރު ބައެއް ނެތެވެ. ދެމީހުންވެސް ކާއެއްޗެއްސަށް އޯޑަރ ދީފައި ވާހަކަދައްކަންފެށިއެވެ. އުޝާމް ހުރީ އެވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭނގިފައެވެ. ” ކޮންވާހަކައެއް ދައްކަން ވެގެންތަ މިރޭ އުޅުނީ.. މިހުރީ އެވާހަކައިގެ އިންތިޒާރުގައި.. އަވަހަށް ބުނެބާ..” ޖިދާއަށް ކޮންމެވެސް ވަރަކަށް އުޝާމް ދައްކަން އުޅޭ ވާހަކަ އެނގޭހެން ހީވެއެވެ. ފާއިތުވި ދުވަސްތަކުގައި އުޝާމްގެ އުޅުން ހުންނަގޮތުންނާ ބައެއްފަހަރު އުޝާމް ދައްކާ ވާހަކަތަކުންވެސް އެކަން އެނގެއެވެ.
” އަސްލު ވަރަށް ބޮޑު ވާހަކައެއް… ނޭނގެ ޖިދާ ހިތްހަމަޖެހޭނެކަމެއް.. އެކަމު ހީވަނީ ޖިދާއަށްވެސް އަހަރެން ބުނަންބޭނުންވެގެން މިއުޅޭ ވާހަކަ އެނގޭނެހެން.. އަހަރެން ޖިދާގެ އިންތިޒާރުގައި ހުންނަތާ ބާރައަހަރުވެއްޖެ.. ޖިދާ ނޫން އެހެން ކުއްޖަކު އަހަރެންގެ ހަޔާތަށް ގެންނަން މިހިތް އެއްބަހެއްނުވި.. އެހެންވެ ޖިދާ ކައިރީ އެހެންފަހަރު ރައްޓެހިވާން އެހިޔަސް މިފަހަރު ބޭނުންވަނީ ޖިދާ ކައިރީ އިންނަން އަހަން.. އަހަރެންނަށް އެނގޭ މިހާރު ޖިދާ ތިހުރީ ހުހައްކަން.. އެހެންމާ އަހަރެންނާ އެއްކޮށް ވެސް މިހާރު އުޅެ އަހަރެން ދަސްވެފަ ކަންނޭނގެ ހުންނާނީ.. ޖިދާ އަހަރެންނާ އިންނަން އެއްބަސްވެދާނަންތަ؟..” އުޝާމް ވާހަކަތަކުން ޖިދާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެތަށް އަހަރެއް ވަންދެން އުޝާމް ޖިދާއަށް އިންތިޒާރުކޮށްފިކަން ޖިދާއަށް އެނގެއެވެ. އަދި ޖިދާގެ ކޮންމެ އުފަލަކާ ހިތާމައެއް ހިތުން ރުހުމުން ބަލައިގަންނަކަން ޖިދާއަށް އެނގެއެވެ. މިފަހަރު އުޝާމް އެދުމަށް ދެކޮޅު ހަދާހާ ހިތްވަރެއް ޖިދާގެ ނެތެވެ. ” ޖިދާ ބޭނުމިއްޔާ އަދިވެސް ވިސްނާލަން ހަފްތާއެއް ދީފާނަން.. ހަފްތާއެއް ތެރޭގައި ޖިދާ ވިސްފައި ޖަވާބެއްދީ..” އުޝާމްގެ ވާހަކަތަކުން އުޝާމްއަކީ ހާދަ ކެތްތެރި އިންސާނެކޭ ޖިދާގެ ހިތަށް އެރިއެވެ. ބާރައަހަރު ޖިދާގެ އިންތިޒާރުގައި ހޭދަކޮށްފައި އަނެއްކާވެސް ހަފްތާއެއްދެނީހެއްޔެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.



މިއޮތީ މިވާހަކައިގެ ހަތަރުވަނަބައި އަޕް ކޮށްފައި. ހުރިހާ ކިޔުން ތެރިންނަށް ކަމުދާނެ ކަމުގައި އުންމީދުކުރަން.
Alhey Kudhoo V vvvvvvvvv kamudhey❤️❤️❤️❤️❤️❤️????????????
Waiting for the next part
thnx
Masha Allah kudhu…. I love it…???? can’t wait for next part❤❤❤❤❤❤❤❤❤❤❤
Thanx thihthaa,??
އުޝާމް ކަހަލަ ކެތްތެރި ކުދިން ވަރަށް ވެސް މަދުވާނެ
އެކަމު إنشاء الله އުޝާމް ގެ ރާނީ ލިބޭނެ
އަދި މިހާތަނަށް ކިޔުނު އެންމެ ރީތި ވާހަކަ މީ
ތިޔަ ދަރިވަރު ގެ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވައިށި އާމީން
ޖަޒާކަﷲ ޚައިރަން މުދައްރިސް.
Kudhoo ceriously can’t wait to take so long without reading this story
While I am reading I think that I am also in the story.
Actually it’s very perfect❤️❤️❤️❤️????
thanx