Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރި އިންތިޒާރު ( ފަހުބައި )

kudhoo Level 310 Stories100 Comments
May 7, 2020 5 Mins Read
6 Comments

އުޝާމްގެ ވާހަކަތަކުން އުޝާމްއަކީ ހާދަ ކެއްތެރި އިންސާނެކޭ ޖިދާގެ ހިތަށް އެރިއެވެ. ބާރައަހަރު ޖިދާގެ އިންތިޒާރުގައި ހޭދަކޮށްފައި އަނެއްކާވެސް ހަފްތާއެއްދެނީހެއްޔެވެ.

” އަހަރެން އިންނަން އެއްބަސް… އެކަމަކު އަދި މަންމަމެން ކައިރީ އަހާފައި ޖަވާބެއް ދޭނަން…” ޖިދާ ބޭނުންވަނީ އުޝާމްއާއެކު ގުޅުމެއް ފެށުމުގެ ކުރިން އެކަމުގައި މައިންބަފައިންގެ ހިޔާލަކީ ކޮބައިތޯބެލުމެވެ. “ޖިދާ ތިކަމާ ހާސްނުވޭ.. އަހަރެން ޖިދާގެ މައިންބަފައިން ކައިރީ އަހާނަން.. އަސްލު އެމީހުންނާ ވާހަކަ ނުދައްކާ ފުރަތަމަ ޖިދާއާ މިވާހަކަ ދެއްކީވެސް ޖިދާގެ ހިތް އޮތްގޮތެއް ބަލަން.. މިހާރު ޖިދާ އޯކޭކަން އެނގިއްޖެ.. ހިތަށް ވަރަށްބޮޑު ލުއެއް ލިބިއްޖެ… ތޭންކްސް ވަރަށް ބޮޑަށް.. މާދަމާ މެންދުރު ހުކުރުން ފައިބައިގެން ދާނަން ތިގެއަށް.. އޯކޭތަ؟..”  އުޝާމް އެކަން ލަސްކުރަން ބޭނުންނުވާ ވަރު އެކަމުން އެނގިގެން ދިޔައެވެ. ޖިދާ އޯކޭ ކަމުގައި ބުނުމުން އުޝާމްގެ ހިތަށް ލިބުނު އުފާ ދެގުނައަށް އިތުރުވިއެވެ. ކެއުން ނިންމާލައިފައި ދެމީހުން ދިޔައީ ކާރުގައި މާލެ ތެރޭގައި ދުއްވާލާށެވެ. ދިހަގަޑި ބައިވާން ކައިރިވެފައި ހުއްޓާ ޖިދާ ގޮވައިގެން އުޝާމް ސަނީހިލްގެ ގޭޓު ކުރިމައްޗަށް މަޑުކުރިއެވެ. ޖިދާ ކާރުން ފޭބުމުން ރޭގަނޑުގެ ވަދާއީ ސަލާމް ކުރުމަށް ފަހު ގެއަށް ދާން ނައްޓާލިއެވެ.

އުޝާމްއަށް ގެއަށް ވަދެވުނު އިރު ހުނައިދާ ސޯފާގައި އުޝާމްގެ އިންތިޒާރުގައި ހުއްޓެވެ. “މަންމަ ނިދަން ނުއޮށޯންނަ ރެއެއްތަ؟” “މަންމަ ކިހިނެއްތަ ނިދާނީ.. ދަރިފުޅު ހިފައިގެން އަންނަ ޚަބަރެއްގެ އިންތިޒާރުގައި މިހުރީ..” މަންމަގެ ވާހަކަތަކުން އުޝާމްގެ ގާތަށް ހިނިވެސްއައެވެ. “މަންމައަށް ހީވަނީ ކިހިނެއްހެން؟..” ” ދަރިފުޅުގެ މޫނުމަތިންފެންނަ އުޖާލަކަން މަންމަގެ ހިތެއް ނުބުނޭ މިރޭ ގޯސްހެން..” ” އާނ! މަންމާ އޭނަ އޯކޭ..އެކަމް އޭނަގެ މައިންބަފައިން ކައިރީ އަހާލާފަ އެނގޭނީ.. މާދަން ހުކުރުން ފައިބައިގެން ދާނީއެގެއަށް.. ހީނުވޭ އޭނަގެ މައިންބަފައިން މިގުޅުމަށް ނުރުހޭނެ ހެނެއް..” ވަރަށް އުންމީދާއެކު އުޝާމް ބުންޏެވެ. “އަދިވެސް އޭނަތަ؟.. ނަމެއް ނެއް ކުއްޖެއްތަ ހޯދައިގެން ތިއުޅެނީ؟..” މަންމަގެ ދިމާ ކުރުންތަކުން އުޝާމްގެ ގާތަށް ހިނިއައެވެ. ” ހޫމް.. މަންމަ ކައިރީ ނުބުނާކަށް ނެތީމޭ.. އެކުއްޖާއަށް ކިޔަނީ ޖިދާ.. މަންމަޔަށް ދައްކާލަން ގެންނާނަން ކޮންމެވެސް އިރަކުން..” އުޝާމްގެ ވާހަކަތަކުން ހުނައިދާއަށް އުފާވެރިކަން ލިބުނުވާހަކަ ބުނެ ދެމީހުންވެސް ނިދުމަށްޓަކައި ކޮޓަރިއަށް ވަނެވެ.

ހުކުރު ދުވަހަށް ވިޔަސް ފަތިސްނަމާދުކޮށްގެން އައިސްވެސް އުޝާމްއަކަށް ނުނިދުނެވެ. މެންދުރުވާނެ އިރަކަށް އިންތިޒާރުކުރެވެނީއެވެ. މިއަދު ހުކުރަށް ދާންވެސް އުޝާމްއަށް އެހެންދުވަސްތަކަށް ވުރެން އަވަހަށް ތައްޔާރުވެވުނެވެ. އެކަމާ އުޝާމްގެ ދޮންބެ އަރްޝަމް ދިމާ ކުރުންތަކާ ކުރިމަތިލާން ޖެހުނެވެ. އަރްޝަމްއަކަށް ވެގެން އުޅޭ ގޮތުގެ އެއްވެސް ކަމެއް ނޭނގެއެވެ. ދެމީހުންގެ ސަކަރާތްގަތުން ބަލަން ހުރި ހުނައިދާ ހުރީ އެކުދިންގެ ގުޅުމާމެދު ހިނިތުންވެވިފައެވެ.

ސާޖިދާމެންވެސް މިއަދު އެހެން ދުވަސްތަކަށްވުރެން އަވަހަށް ބަދިގެއަށް ވަނެވެ. ޖިދާ ރޭގައި އައިސް އުޝާމް މިއަދު މެންދުރު އަންނަ ވާހަކަ ބުނުމުން އުޝާމްއަށް ކަމުދާނޭހެން ކާއެއްޗެހި ތައްޔާރުކުރުމަށްޓަކައެވެ. ޖިދާވެސް ހެނދުނު ތެދުވުނު ގޮތަށް ނުވެސް ނިދައެވެ. މަންމައާ ރައިފާއަށް އެހީތެރިވުމުގައި އެމީހުންނާ އެއްވަރަށް ޖިދާވެސް އުޅެމުން ދިޔައެވެ. ޖިދާގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން އޭނަ އުޝާމްއާ ގަޔާވާ މިންވަރު ހާމަވަމުން ދިޔައެވެ. ހަމަ އެހެންމެ ސާޖިދާގެ މޫނުމަތިންވެސް އެފަދަ ހިނިތުންވުމެއް މިއަދު ފެނެއެވެ. ކައްކާ ނިމުމުން ރައިފާ ކައިރީ ބަދިގެ ސާފުކޮށް މޭޒުމަތި ތައްޔާރު ކުރުމަށް ބުނެފައި ދެ މައިން ދިޔައީ އަވަހަށް ފެންވަރާ ރީތިވެލުމަށެވެ. ގަޑިން އެއްގަޑި ބައިވާން ކައިރިވެފައި ހުއްޓާ ޝަމީލްއާ އުޝާމް އައިސްވަނެވެ. ސާޖިދާ ކާންތައްޔާރުވެފައި ހުރި ވާހަކަ ބުނުމުން އިތުރަށް މަޑުކުރުމެއް ނެތި އެންމެންވެސް ދިޔައީ ބަދިގެއަށެވެ. ކާންތިބެވެސް ވަރަށް ގިނަ ވާހަކަތައް ދެކެވުނެވެ. ކައިގެން އެންމެންވެސް ޖައްސާލީ ސިޓިންގ ރޫމް ސޯފައިގައެވެ. ވާހަކައިގެ ތެރެއިން އުޝާމް ވާހަކައެއް ދައްކާލަން ބޭނުންވާ ވާހަކަ ޝަމީލް ގާތު ބުންޏެވެ. ޝަމީލްވެސް އެދުނީ ލަސްނުކޮށް އަވަހަށް ބުނުމަށެވެ. އެހިސާބުން އަނެއްކާވެސް އުޝާމް ފަސްޖެހި އަޅައިގަންނަ ގޮތްވިއެވެ. ނަމަވެސް އަޅައަޅައިގެންވެސް އޭނަގެ ބޭނުން އިއްވާލިއެވެ. އުޝާމްގެ ވާހަކަ އިވުމުން ޝަމީލްއާ ސާޖިދާއަށް ބަލައިލެވުނީ ޖިދާގެ މޫނަށެވެ. ޖިދާގެ މޫނުމަތިން ފެންނަމުންދިޔަ ރަކި ހިނިތުންވުން ޖަވާބަކަށް އެދެމަފިރިންނަށް ފުދެއެވެ. އެހެންނޫނަސް އެދެމަފިރިންނަށް އުޝާމްފަދަ ދަރިއެއް ލިބުމަށްވެސް އެދެވެއެވެ. އެގުޅުމަށް ޝަމީލްގެ ހިތުގެ އެންމެ ފުންމިނުން ރުހުންދިނެވެ. އޭނަގެ ދަރިފުޅު ޒަވާޖީ ހަޔާތެއް ފަށާނެ ދުވަހަކަށް އޭނާ އިންތިޒާރުކުރާތާ ކިހާ ދުވަހެއް ވެއްޖެހެއްޔެވެ. މީހާރު އެއުންމީދުތަކުގައި އެހާ ޒިންމާދާރު ދަރިފުޅަށް އަޅާލާނެ ފަދަ ބައިވެރިޔަކު އައިސް އެހުމުން އެކަމާ ދެކޮޅުހަދާނީވެސް ފަހެ ކޮންގޮތަކުން ހެއްޔެވެ. ” ދަރިފުޅުމެން ކައިވެނި ކުރަން ބޭނުންވަނީ ކިހާތާކު؟..” ޝަމީލް އެދެކުދިންނަށް ބަލާލައިފައި އަހާލިއެވެ. ޖިދާގެ ޖަވާބަކަށްވީ އުޝާމްއަށް ފެންނަ ގޮތަކަށް ނިންމުމަށެވެ. އުޝާމް ބޭނުންވީ ދެއާއިލާ ބައްދަލުކޮށްފައި ދެއާއިލާވެސް ނިންމާގޮތަކަށް ކުރިއަށް ގެންދާށެވެ. އުޝާމްގެ ވާހަކަތަކުން ހުރިހާ ކަމެއްގައިވެސް އެމީހުން ބައިވެރިކޮށްގެން ކަންކުރުމުގެ އުސޫލެއްކަން ބޭނުންވަނީ އެނގުނެވެ. އެކަމާ ޝަމީލްއާ ސާޖިދާ ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ. ” އެހެންވިއްޔާ މާދަމާރޭގެ ކެއުމަށް ތިއާއިލާގެ އެންމެންނަށް ދައުވަތުދެން.. މާދަމާރޭ ކައިވެނި ކުރާނެ ދުވަހަކާ ބެހޭ ގޮތުން ވާހަކަ ދައްކާނީ..”

ހުރިހާ ވަހަކައެއް ދައްކާނިމުމުން ދެން ގެއަށް ދަނީކަމުގައި ބުނެފައި އުޝާމް ދާން ނިކުތެވެ. ޖިދާ އުޝާމްއާއެއްކޮށް ގޭޓާ ހަމައަށް އައެވެ. ” އަސްލު ވަރަށް އުފާވެއްޖެ.. ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ..” އުޝާމްއަށް ލިބުނު ހިތްހަމަޖެހުން ބުނެދޭނެ ގޮތެއްވެސް އުޝާމްއަކަށް ނޭނގުނެވެ. ކުޑައިރުކޮޅަކަށް ދެމީހުން ބޭރުގައި ވާހަކަ ދައްކަން ތިބުމަށްފަހު އަސުރު ވަގުތު ޖެހެން ކައިރިވާތީ އުޝާމް ދަނީ ކަމުގައި ބުނެ ކާރަށް އެރުމުން ޖިދާ އެތެރެއަށް ވަނެވެ. އަސުރު ނަމާދު ކޮށްލައިގެން އުޝާމްއަށް ގެއަށް ދެވުނު އިރު ހުނައިދާ ހުރީ އޭނަގެ ދަރިފުޅު ހިފައިގެން އަންނާނެ ޚަބަރެއްގެ އިންތިޒާރުގައެވެ. އުޝާމް ދޮރު ހުޅުވާލިއިރު ގޭ އެންމެން ސޯފާގައި ތިބުމުން ވެގެން އުޅޭގޮތް އެނގިއްޖެއެވެ. ދެން ދޮންބެގެ ދިމާކުރުންތަކުން އަމުދުން ސަލާމަތް ނުވާނެކަން އެނގެއެވެ. ” ކޮބާ.. ކޮބާ.. އަހަރެމެން މިތިބީ ވާން އުޅޭ ފަހަރިވެސް ގޮވައިގެން އަންނާނެ ކަމަށް ހީކޮށް.. ކޮބައިތަ ފަހަރި؟..” އުޝާމްއަށް ހީވިގޮތަށް އެންމެ ފުރަތަމަވެސް ކުރިމަތިލާން ޖެހުނީ ދޮންބެގެ ދިމާކުރުންތަކާއެވެ. އެކުޅިވަރު ބަލަން އަރްޝަމްގެ އަންހެނުން ނަވާލްއާ ދޮންތަ އަޝްދާއާ އޭނަގެ ފިރިމީހާ ހުޒައިމްއާ މަންމަ ހިނި އައިސް ބަނޑަށް ތަދުވާވަރުވެފަ ތިއްބެވެ. ” ދެން ދޮންބޭ އިހަށް ހުއްޓާލަބާ..” ދޮންބެގެ ދިމާ ކުރުންތައް ނުހުއްޓޭނެކަން އެނގިހުރެވެސް އުޝާމް ބުންޏެވެ. އަރްޝަމްގެ ކަންތަކާ ހެދި އެވާހަކަ ނުދެއްކި ފަނަރަ މިނެޓް ހޭދަވެގެން ދިޔައެވެ. އެންމެ ފަހުން މަންމަ ހުއްޓާލަން އެދުމުން ދޮންބެގެ ދިމާކުރުންތައް ހުއްޓުމަކަށް އައެވެ. ނަމަވެސް އޭރުވެސް މޫނުމަތިން ވައްތަރުތައް ޖައްސަ ޖައްސާ ހުއްޓެވެ. ކައިވެނި ކުރާނެ ދުވަހެއް ނިންމުމަށްޓަކައި މާދަމާރޭ އެގެއަށް އެންމެން ދިޔުމަށް ޖިދާގެ ބައްޕަ އެދުނު ވާހަކަ ބުނުމުން އެތާ ތެރޭގައި ކުރިއަށް ވުރެންވެސް އަޑުގަދަވެގެން ދިޔައެވެ. ހީވީ ބޮޑު އީއްދެއް އައިސްގެން އުޅެނީހެންނެވެ. އެންމެންގެ ދިމާކުރުންތަކާ ކުރިމަތި ވިއެވެ.

އުޝާމްގެ އާއިލާއަށް ސަނީހިލްއަށް ދެވުނު އިރި އަށްގަޑިބައިވެއްޖެއެވެ. ޝަމީލް އެދުނީ ކެއުމާއެއްކޮށް ވާހަކަ ކުރިއަށް ގެންދާށެވެ. ބަދިގެއަށް ވަންއިރު ކާއެއްޗެހީގެ މީރުވަހުންހުރީ އެއްވަސްކުރުވާފައެވެ. ބަދިގެއަށް ވަދެވުނު އިރުވެސް ބަނޑުފުރިއްޖެހެން ހީވެއެވެ. ކުޅުދިޔާވާހާ މީރުވަހެއް ހުއްޓެވެ. ވާހަކައިގައި ތިބެ އެންމެންވެސް ކާންފެށިއެވެ. ފުރަތަމަ އެންމެންގެވެސް ތަޢާރަފަކަށް ދިޔައެވެ. އެތާގައި މަދީ އުޝާމްގެ ބައްޕަ އެކަންޏެވެ. އުޝާމްގެ ބައްޕަ ހުރިނަމަ އެދެއާއިލާގެ ހުރިހާ އެންމެންވެސް ހަމަވީއެވެ. އުޝާމް ވަރަށް ޅައިރު ބައްޕަވަނީ ނިޔާވެފައެވެ. އެންމެންގެ ވާހަކައިން ނިންމުނީ ދެހަފްތާ ފަހުން ކައިވެނި ކުރާށެވެ. ކައިވެނިޕާޓީ ބާއްވަން ނިންމީ ލެވެންޑަރ ރެސްޓޯރެންޓުގައެވެ. އެއީ އުޝާމްގެ އެދުމަށެވެ. އެދެމީހުން އެންމެ ގިނައިން ބައްދަލް ކުރަންދާތަނުން ކައިވެނީގެ ކަންތައްތައްވެސް ކުރިއަށްދާށެވެ. ޝަމީލް ބޭނުންވީ ބޮޑުކޮށް އެކަން ފާހަގަކުރުމަށެވެ. އެއީ އެމީހުންގެ ހުރި ހަމައެކަނި ދެލޮލުގެ ނޫރު ކަމަށްވާތީ އެދަރިފުޅު އުފާވާނެ ގޮތަކަށް އެކަން ކުރުމަށެވެ. ނަމަވެސް ޖިދާ ބޭނުންވީ ކުޑަ ގޮތަކަށް އެކަން ނިންމާށެވެ. އެހެންނަމަވެސް ދެއާއިލާގެ އެދުމަށް އާއިލާގެ އެންމެނަށާ ރައްޓެހިންނަށާ އޮފީސްތަކުގައި އެއްކޮށް މަސައްކަތްކުރާ އެންމެނަށް ދައުވަތު ދިނުމަށް ނިންމުނެވެ. ހުރިހާކަމެއް ނިމިގެން އެގެއިން ނުކުމެވުނުއިރު ދިހަގަޑި ބައިވާންވެސް ކައިރިވެއްޖެއެވެ. ޖިދާގެ އާއިލާ ގޭޓާހަމައަށް އެރޭގެ ވަދާއީ ސަލާމް ކުރުމަށް އައެވެ.

އޮފީހުގެ ކަންތައްތައް އުޝާމްއާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތާ ހަވާލު ކުރުމަށްފަހު ކައިވެނީގެ ކަންތައްތަކާއެއްކޮށް ވާގޮތަށް އޮފީހުން މަސްދުވަހެއްގެ ޗުއްޓީއެއްނެގިއެވެ. ޖިދާވެސް އޭނާ މަސައްކަތް ކުރާ ކްލިނިކުން މަސްދުވަހެއްގެ ޗުއްޓީއެއް ނެގިއެވެ. ކާވެނީގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް އަމާން އޮމާންކޮށެވެ. ދެއާއިލާގެ އެއްބާރުލުމާ ގާތްރައްޓެހިންގެ މަސައްކަތުން ލެވެންޑަރ ރެސްޓޯރެންޓް އެރެއަށް ވަރަށް ޒީނަތްތެރި ކުރެވުނެވެ. ކައިވެނި ކުރަން ހަމަޖެހިފައިވާ ރެސްޓޯރަންޓަށް އުޝާމްމެން އައިރު އަދި ޖިދާގެ އާއިލާއަކަށް ނާދެވެއެވެ. ދޮންބެގެ ދިމާކުރުންތަކުން އެރޭއެއްގޮތަކަށްވެސް އުޝާމްއަށް ސަލާމަތްވާގޮތެއް ނުވިއެވެ.

ރަތްކުލައިގެ ކާރެއް އައިސް ލެވެންޑަރގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެއީ ޝަމީލްގެ ކާރުކަން އުޝާމްއަށް އެނގުމުން އޭގެއިން ފައިބާނެ އޭނަގެ މަލިކާއަށް އިންތިޒާރު ކުރެވެމުންދިޔައެވެ. ހުދުކުލައިގެ ތިރިއަށް ފުޅާކޮށް ލޭސްފޮތިން ހެދުން އެއްކޮށް ޖަރީކޮށްފައިވާއިރު އެދޮންމޫނު އަޅައިން ހުރި ޝޯލްގެ ތެރެއިން ފެންނައިރު ހީވަނީ ހަނދުވަނރު ރީތިރެއެއްގައި އަރާފައި ހުރި ހަނދެއް ހެންނެވެ. ހިނގާއިރު އަރާފައި ހުރި އުސްފައިވާނުގެ ކޮޅުފެނެއެވެ. އެންމެންގެ ލޯތައް ޖިދާއަށް އަމާޒުވެފައިވާތަން ފެނުމުން އެމޫނު ހީވީ ރަތްވެގެން ގޮސް ހުރިހާ ލޭތަކެއް ފައިބަން އުޅެނީހެންނެވެ. އެމަންޒަރު ބަލައިގެން ހުރި އުޝާމް ހީވީ އޭނާ ކޮކާތައް އުދުހޭ ބަގީޗާއެއްގައި ހުރެވުނީހެންނެވެ. އޭނާގެ ބަގީޗާގައި ހުދުކޮކާލެއް އުދުހެމުން ދަނީހެންނެވެ. ޖިދާގެ މޫނުމަތިން ފެންނަ ރަކިހިނިތުންވުން ފެނުމުން އެހިތް އެއްކޮށް އެޖާދޫގައިޖެހި ގެނބިއްޖެއެވެ. ހުއްޓުންއަރާފައި ހުރި އުޝާމްއަށް ހިޔާލުތަކުން ބޭރުވެވުނީ ދޮންބެ ދިމާކުރަން ފެށުމުންނެވެ. ” ދެން ބަލައިގެން ހުންނާނެކަމެއްނެތް.. މިރޭ އެއްކޮށް މިލްކުވާނެ.. ބަލާނެ ވަރަކަށް ބަލަން އެއަށްފަހު އޮންނާނެ.. އަވަހަށް ހިނގާ.. މަޖްލީސް ފެއްޓެން ވެއްޖެ..ގާޒީއަތުވެއްޖެ…” ދިމާ ކުރަމުންގޮސް އަރްޝަމް ބުންޏެވެ.

އުޝާމް އަނބިގަބޫލުކޮށްފީމޭ ބުނި ހިސާބުން ޖިދާގެ ހިތަށް އެތަށް އެއްޗެއް އަރަމުން ދިޔައެވެ. ދެންކަންތައްވާނެ ގޮތަކާމެދު ގައެވެ. އޭނަގެ ޒިންމާވެސް ބޮޑުވާނެކަން އޭނާއަށް އެނގެއެވެ. ކާވެނީގެ ޚިތުބާގެތެރެއިން ވެސް އޭނަ ފިރިމީހާއަށް ކޮށްދޭން ޖެހޭ ކަންތައްތައް ވަރަށް ގިނަ ކަން އެނގުނެވެ. އޭނަ އެހުރިހާ ކަމެއް ކުރަމުންދާނީ ކިހިނެއްތޯ ހިތަށް އަރަމުން ދިޔައެވެ. ހިނިތުންވެގެން ހިޔާލެއްގެ ތެރޭގައި ހުރި ޖިދާ ސިހިގެން ދިޔައީ އެންމެން ދުޢާކުރުމަށް އަންނަގާގެން ތިބެ އުޝާމް މަޑުމަޑުން ޖެހިލުމުންނެވެ. ޖިދާވެސް އަވަހަށް ދުޢާއަށް އަތްނެގިއެވެ. އެހިސާބުން ޕާޓީ ފެށިގެން ދިޔައެވެ. ޕާޓީ ތެރޭގައިވެސް އެންމެ އުނދަގޫ ކުރަމުން ދިޔައީ އަރްޝަމްއެވެ. ދެން ޕާޓީއަށް ވަންނަމުންއާ ބައެއް ރައްޓެހިންގެ ދިމާކުރުންތަކާ ވެސް ކުރިމަތިވިއެވެ. އޭގެތެރޭގައި ސްކޫލް ދުވަސްވަރުއެއްކޮށް އުޅުނު ކުދިން ވަކިން ދިމާކުރަމުން ދިޔައެވެ. އެތަށް ދުވަހެއްގެ އިންތިޒާރުގެ ނިމުން އަތުވެއްޖެދޯއޭވެސް އަހައެވެ. ޕާޓީ ނިމިގެން އާއިލާގެ އެންމެން މިރޭ އަލަށް ގުޅުނު ދެޖޯޑާއެކީ ފޮޓޯ ނެގުން އޮތެވެ. ފޮޓޯ ނަގާ ނިމުމުން ޝަމީލްގެ ޚާއްސަ ހަދިޔާއެއް އެދެމަފިރިންނަށް ލިބުނެވެ. ޑުބާއީއަށް ހަނީމޫންއަށް ދިޔުމަށް ޓިކެޓާ އެކޮމޮޑޭޝަނާއެއްކޮށް ދަތުރެކެވެ. އުޝާމް ދިން ހަދިޔާ ބޮޑުކަމުން ޖިދާ އެކަމާ ޝަކުވާވެސް ކުރިއެވެ. ނަމަވެސް ޝަމީލް އޭނާގެ އެ ހަދިޔާއަށް ދެކޮޅު ނުހެދުމަށް ބުންޏެވެ. ޖިދާގެ ދެމަފިރިން ފުރަން ހަމަޖެހިފައި އޮތީ ފަހު ދުވަހު މެންދުރުއެވެ. ފުރުވަން އެއާރޕޯޓަށް އާއިލާގެ ހުރިހާ މެންބަރުންވެސް ދިޔައެވެ. ކޮންމެ މީހަކުވެސް ވަކިވަކިން އެދެމަފިރިންނަށް މަރުޙަބާ ކިޔާ ބާއްޖަވެރި ދަތުރަކަށް އެދެމުން ދިޔައެވެ. އުޝާމްގެ މަންމަވެސް އޭނައަށް މަރުހަބާ ކިޔާ އެދަރިފުޅު އެހާ އިންތިޒާރެއްކޮށް ހޯދި ބައިވެރިޔާއާ އެއްކޮށް ކެތްތެރިކަމާއެކު އުފަލުގައި އުޅުމަށް ނަސޭޙަތްދީ އެދެމަފިރިންނަށް ދުޢާކޮށްދޭ ކަމުގައި ބުންޏެވެ. އަދި އެންމެންގެ ދުޢާވެސް ދަރިފުޅު މެންނާއެކު ވާނެކަމުގައި ބުންޏެވެ. ކުރި އިންތިޒާރުގެ ނިމުން ފޮނިގޮތަކަށް ނިމިދިޔައެވެ. އަދި ކުރިއަށް އޮތްތާގައިވެސް ފޮނިވާނެ ކަމަށް އުންމީދު ކުރަމެވެ.

( ނިމުނީ )

  • * އަޅުގަނޑު އަލަށް ލިޔުނު މިވާހަކަ ނިންމާލުގެ ހެޔޮތައުފީގު ދެއްވިކަމަށްޓަކައި ﷲއަށް ޝުކުރު ކުރަމެވެ. އަދި ޝައުޤުވެރިކަމާއެކު އަޅުގަނޑުގެ މިވާހަކަ ކިޔަމުންދިޔަ އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރިވަމެވެ.

Share Article

Follow Me Written By

kudhoo

Level 310 Stories100 Comments

I really appreciate people who correct me, because with out them, I might have been repeating mistakes. " The more that you read, The more things you will know "

Other Articles

Previous

އަމާނީ

Next

ވާލޯބި އެނގޭނަމަ…(ޓްރައިލާ)

Next
May 7, 2020

ވާލޯބި އެނގޭނަމަ…(ޓްރައިލާ)

Previews
May 7, 2020

އަމާނީ

6 Comments!

  1. Liyaa says:
    May 7, 2020 at 11:01 am

    Mashaa allah v teethi vaahaka keep it up ???❤️

    1. kudhoo says:
      May 7, 2020 at 3:44 pm

      Thanx..? Liyaa

  2. thiththa says:
    May 7, 2020 at 2:15 pm

    masha allah kudhu…………this stories is superb…..waiting for another story of urs

  3. kudhoo says:
    May 7, 2020 at 2:32 pm

    Thanx. ?? Insha Allah

  4. ?Black pink says:
    August 5, 2020 at 1:01 am

    Very nice ❤️❤️❤️ keep it up

    1. kudhoo says:
      August 16, 2020 at 9:45 pm

      thank you black pink

Comments are closed.


All Right Reserved!