ތެޅިތެޅި އޮތް ހިތަކާއެކު އާތިކާގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ސާޔާ އެނދުމަތީގައި ނިދާލާފައި އޮތެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީދެނެވެ. ކޮޓަރީގެ ދޮރު ލައްޕާލާފައި ނުކުތްތަނުން ޝިފާނާވެސް އަންނަތަން ފެނުނެވެ. ޝިފާނާގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. އާތިކާ ސުވާލުކުރުމުން ކަމެއް ނުވެއޭ ކިޔާފައި މައުޟޫ ބަދަލުކޮށްލިއެވެ. ޝިފާނާގެ މަންމަ މުހުސިނާ ނިޔާވީ ކުއްލިއަކަށެވެ. އޭނާއަށް އެވާ އުނދަގޫތަކުގެ އިތުރަށް އެހެން ބައްޔެއް ނުވެއެވެ. އެދަނޑިވަޅުގައި އެންމެ ބޮޑަށް ޝިފާނާއަށް އަޅައިލާ ހިތްވަރު ދިނީ […]
ފަސްވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެއް ބޯޅައެއް ހިފައިގެން ދުވެދުވެފައި އުޅެއެވެ. އެކުއްޖާ އާއި ދެތިން ފޫޓެއް ދުރުގައި އެކުއްޖާގެ މައިންބަފައިން އިށީދެލައިގެން ތިއްބެވެ. އަންހެން ކުއްޖާގެ މޫނުން އުފާވެރި ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ކުޅެން އުޅެމުންވެސް ދުރުގައިތިބި މަންމައާއި ބައްޕައަށް ބަލައިލަނީ މައުސޫމް ގޮތަކަށެވެ. ދަރިފުޅު ހީލާ ކޮންމެ ފަހަރަކު އެދެމީހުންގެ ހިތްފުރިގެންދެއެވެ. އަސްލަމްއާއި އާތިކާ ކައިވެނިކުރީ ރައްޓެހިވެގެން އަހަރެއްހާ ދުވަހު އުޅުމަށްފަހުގައެވެ. ދެމީހުންގެ އާއިލާގެވެސް ރުހުމުގައި ކައިވެނި ކުރެވުނު ނަމަވެސް ކައިވެންޏަށްފަހު އަސްލަމް […]
މިފްޒާލްގެ އަތް ނޫރާގެ ގައިގައި ވަށާލެވުނީ ބޭއިހްތިޔާރުގައެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މިފްޒާލް ނޫރާ ދުރުކޮށްލުމަށްފަހު ހިނގައިގަތެވެ. ނޫރާ މިފްޒާލް ހިނގައިގަތް ތަނުން އަތުގައި ހިފިއެވެ. ފިޔަވަޅު މަޑުޖައްސާލާފައި މިފްޒާލް ނޫރާއާ ދިމާއަށް ބަލައިލިއެވެ.”މިފްޒާލް އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން” ނޫރާއަށް ޖުމުލަ ފުރިހަމަ ނުކުރެވެނީސް މިފްޒާލް އެތަނުން ދިޔައެވެ. ނޫރާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ނޫރާ އޮތީ މިފްޒާލް ކައިރީގައި ބަނޑުބޮޑުވި ވާހަކަ ނުބުނެވޭތީ ނިދިނައިސްފައެވެ. ނޫރާ މަޑުމަޑުން ތެދުވެގެންގޮސް ހުއްޓުނީ […]
މިފްޒާލް ބަން ލާފައި ދޮރުޖެހުމަށްފަހު ދިޔައީ ނޫރާ އެގޮތަށް ހުއްޓައެވެ. މިފްޒާލް ދޮރު ޖެހި އަޑަށް ހޭވެރިކަން ވީއިރު މިފްޒާލް ބުނި ޖުމުލަ ކަންފަތުގައި ގުގުމާލާފައި ހުއްޓެވެ. “އަހަރެން ކަލޭގެ ސޫރަވެސް ދެކޭކަން ބޭނުމެއް ނޫން.. އަހަރެންގެ ހަޔާތުންވެސް ދުރަށްދޭ” ނޫރާ ދެ ކަންފަތުގައި އަތް އަޅާ ބާރުކޮށްލިއެވެ. މިފްޒާލް އޭނާއަށް ކުރާ އިތުބާރު އެހާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެލީ ނޫރާއަށް ދިފާއުގައި އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދީއެވެ. މިފްޒާލް ގޮސް ކޮޓަރިއަށް ވަނުމުން އާބިދާ […]
ވީދެރައިންނާއި އައި ރުޅިން މިފްޒާލް ގޮސް ކަޔާންގެ އަތުގައި ހިފާ ނެގިއެވެ. އޭރުވެސް ނޫރާ އޮތީ ވާނުވާ ނޭނގޭ ހާލުގައެވެ. ނޫރާއަށް ލޯ ހުޅުވާލެވުނީ ކަޔާން އާއި މިފްޒާލްގެ އަޑު ގަދަވުމުންނެވެ. ދެމީހުންވެސް ހީވަނީ އެކަކު އަނެކަކުގެ ފުރާނައަށް ފެން ބޮވައިގެންފައިވާ ހެންނެވެ. ކަޔާންގެ އަނގަމަތީގައި މިފްޒާލް ޖެހިލެން ބާރުރުކަމުން ލޭގަނޑު އޮހިގަތެވެ. ކަޔާން އާއި މިފްޒާލް ބަލައިލީ ނޫރާގެ ހަޅޭކުގެ އަޑަށެވެ. ނޫރާ އިނީ އަދިވެސް ވާނުވާ ނޭނގިފައެވެ. ބޮލަށް ބަރުކަމުން އިށީދެ އިންނަންވެސް އުނދަގުލެވެ. […]
މުޅި ރޭ ފާއިތުވެގެން ދިޔަ އިރު ކަޔާން ލޮލު ފިޔައެއްވެސް ޖަހާނުލައެވެ. ނޫރާ އެހެން މީހެއްގެ އަތުތެރޭގައި މުޅި ރޭ ވޭތުކުރާނެކަން އެނގި ކަޔާންގެ ހިތްވަނި ނުތަނަވަސް ވެފައެވެ. ނޫރާ އަކީ އަދިވެސް ކަޔާންގެ ހައްގެއް ކަމަށް އޭނައަށް ހީވަނީއެވެ.އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތިތީ ކަޔާން ނިންމީ އޮފީހަށްވެސް ނުދިއުމަށެވެ. ހެނދުނު ނޫރާ ހޭލިގޮތަށް މިފްޒާލް ފެނުމުން ހުރީ ލަދުންނެވެ. ރޭގެ ކަންތައް ހިތަށް އަރާފައި މިފްޒާލްއާއި ހަތަރު ކަޅި ހަމަކޮށްލަންވެސް ނޫރާ ހުރީ ނުކެރިފައެވެ. މިފްޒާލް […]
ކަޔާން ދުއްވާފައި ދިޔައިރު މަގުމަތީގައި ދުއްވާފައިދާ އެހެން އެއްޗަކަށް ސާމާލު ކަމެއް ނުދެއެވެ. ގޯޅިއަކަށް އެޅިތަނުން އެމަގުން ނުކުތް ލޮރީއެއްގައި ކަޔާން ނުޖެހުނީ ހަމަ ކިރިޔާއެވެ. އެވަރުންވެސް ކަޔާން ސައިކަލުގެ ސްޕީޑް މަޑުކުރާކަށް ހިތަކަށް ނާރައެވެ.އެބާރު މިނުގައި ގޮސް ދިޔަ ގޮތަށް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރުޖެހިއެވެ. ބަދިގޭގައި އެއްޗެއް އުނދުން މައްޗަށް އުދައިގެން ހުރި ޒާހިރާ ނުުކުތީ ކަޔާންގެ ކޮޓަރިން އަޑު ފަންގަނޑެއް އިވުމުންނެވެ. ޒާހިރާ އުނދުން ނިންވާލާފައި އަވަސް އަވަހަށް ގޮސް ކަޔާންގެ […]
ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެފެނި ޒާހިރާ ހުރީ ފިކުރު ބޮޑުވެފައެވެ. އެއްވެސް މަޔަކު އެމީހެއްގެ ދަރިއަކަށް ކުޑަނަމަވެސް ހިތްދަތި ކަމެއް ލިބޭކަން ބޭނުމެއް ނުވާނެއެވެ. ކަޔާން އާއި ދޭތެރޭ ވިސްނާ ވިސްނާ މިހާރު ޒާހިރާ މާޔޫސް ވެއްޖެއެވެ. ކަޔާންއަކީ ދުވަހަކުވެސް އެހެން އުޅުނު ކުއްޖެއް ނޫނެވެ.ކޮޓަރިތެރެ ތަރުތީބު ކޮށްލާފައި ޒާހިރާ ނުކުމެގެން ދިޔައީ ކަޔާންގެ ބައްޕަ އަޝްރަފްއާ ވާހަކަ ދައްކަން ނިންމައިގެންނެވެ. ކަޔާން އޮފީހުގައި އިން އިރު މަސައްކަތަކަށް ސަމާލު ކަމެއް ނުދެވެއެވެ. އޭނާގެ ދިރިއުޅުމަށް މިއައި ބަދަލަކީ […]
ޒާހިރާ ހުންނަނީ ކަޔާން އުޅޭ ގޮތުން ވަރަށް ކަންބޮޑުވެފައެވެ. ކަޔާން ކައިރީގައި އަހާ އަހާވެސް ވެގެން އުޅޭގޮތެއް ނުބުންޏެވެ. ޒާހިރާ އެންމެ ފަހުން ލިޝާންއަށް ގުޅުމަށްފަހު ވާހަކައެއް ދައްކާލަންވެފައި އެބައޮތްކަމަށްބުނެ އެގެއަށް ގެނައެވެ. ޒާހިރާ ލިޝާން ކައިރީ ކަންތައް ވެގެން އުޅޭގޮތް އެހުމުން ޒާހިރާއަކީ ކަޔާންގެ މަންމައަށްވީތީ ހުރިހާ އެއްޗެއް ތެދަށް ކިޔައިދިނެވެ. ޒާހިރާ ބޭނުންވަނީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އުފަލުގައި ބަހައްޓާށެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނޫރާއާޢި މިފްޒާލްގެ ގުޅުންވެސް ދިޔައީ މަޑުމަޑުން […]