Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނަމަވިޔަސް… (11 ވަނަ ބައި)

ކުޑާ Level 110 Stories
April 2, 2015 3 Mins Read
7 Comments

ވީދެރައިންނާއި އައި ރުޅިން މިފްޒާލް ގޮސް ކަޔާންގެ އަތުގައި ހިފާ ނެގިއެވެ. އޭރުވެސް ނޫރާ އޮތީ ވާނުވާ ނޭނގޭ ހާލުގައެވެ. ނޫރާއަށް ލޯ ހުޅުވާލެވުނީ ކަޔާން އާއި މިފްޒާލްގެ އަޑު ގަދަވުމުންނެވެ. ދެމީހުންވެސް ހީވަނީ އެކަކު އަނެކަކުގެ ފުރާނައަށް ފެން ބޮވައިގެންފައިވާ ހެންނެވެ. ކަޔާންގެ އަނގަމަތީގައި މިފްޒާލް ޖެހިލެން ބާރުރުކަމުން ލޭގަނޑު އޮހިގަތެވެ.

ކަޔާން އާއި މިފްޒާލް ބަލައިލީ ނޫރާގެ ހަޅޭކުގެ އަޑަށެވެ. ނޫރާ އިނީ އަދިވެސް ވާނުވާ ނޭނގިފައެވެ. ބޮލަށް ބަރުކަމުން އިށީދެ އިންނަންވެސް އުނދަގުލެވެ.

ނޫރާއަށް ބެލުމެއްނެތި މިފްޒާލް އަނެއްކާވެސް ކަޔާންއަށް ހަމާލާދިނެވެ. ނޫރާ މިފްޒާލް ހުއްޓުވަން ވެގެން އެނދުން ފައިބަން އުޅެފައި ގައިގައި ފޭރާމެއް ނެތްކަން އަދި ކިރިޔާ އެނގުނީއެވެ. ނޫރާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. އަނގަމަތީގައި އަތްއަޅާލުމަށްފަހު އަނެއް އަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. ސިކުނޑިއަށް ވަރަކަށް ބާރުލައިގެން ކަންތައް ވީގޮތް ރޭކާލާން ފެށިއެވެ. އޭނާއަށް ހޮޓެލްގެ ކޮޓަރިއަށް އައިސް ވެއިޓަރު ގެނެސްދިން ޖޫސް ތައްޓެއް ބުއިމާ ހަމައަށް ހަނދާންވިއެވެ. ވަގުތުން އެއީ ކަޔާން ކުރި ކަމެއްކަން ޔަގީންކުރެވުނެވެ. ނޫރާއަށް ދެލޯ މަރާ ބާރު ކޮށްލެވުނެވެ. މިފްޒާލްއަށް ހިވާނީ އެންމެ ނުބައިކޮށެވެ.

ނޫރާ ބޮލަށް ބަރުވެފައި ހުރުމުންކޮޅަށް ތެދުވަން އުނދަގޫވި ނަމަވެސް ހިތްވަރުކޮށްލާފައި ފާހާނައަށްވަދެ ނުކުތީ ހެދުން ލައިގެންނެވެ.

ނޫރާ ގޮސް މިފްޒާލްގެ އަތުގައި ހިފެހެއްޓުމުން މިފްޒާލް އަތް ފޮޅުވާލުމުން ވިއްސައިގެންގޮސް ޖެހުނީ މުށިތަކު މަތީގައެވެ. ކިތައްމެ ތަދުވިނަމަވެސް ނޫރާ އަނެއްކާވެސް ތެދުވެގެން ދިޔައީ މިފްޒާލްއާއި ދިމާއަށެވެ. މިފްޒާލް އާއި ދެފޫޓެއްހާތަން ކައިރިއަށް ދެވުމާއެކު މިފްޒާލް ނޫރާ ކައިރީގައި އަތުގެ އިޝާރާތުން މަޑުކުރުމަށް ބުންޏެވެ. ނޫރާ މިފްޒާލްއަށް ގޮވާލުމުން މިފްޒާލް ހަޅޭއް ލަވައިގަތުމުން ނޫރާއަށް ޖެހެވުނީ ބިރުން ފަހަތަށެވެ.

މިފްޒާލް އެތަނުން ނުކުމެގެން ދިޔައީ ރުޅިއައިސް ރަތްވެފައި ހުރެގެންނެވެ. މިފްޒާލްގެ ފަހަތުން ނޫރާ ނިކުމެގެން ދިޔައީ މިފްޒާލްއަށް ގޮވަމުންނެވެ. ނޫރާ ނުކުތް އިރު އެހެން ކޮޓަރިތަކުގައި އުޅޭ މީހުން އެކޮޓަރި ދަށުގައި އެއްވެފައި ތިއްބެވެ.ނޫރާ މީހުންނަށް ސަމާލުކަމެއްނުދީ ނުކުމެގެން ދިޔައީއެވެ. މިފްޒާލް އާއި ނޫރާ ނިކުމެގެން ދިޔަތަން ބަލަން ކަޔާން ހުރީ ހިނިއައިސްފައެވެ. އޭނާ ކުރަން އުޅުނު ކަންތައް ކާމިޔާބުވީތީ ކަޔާން ހުރީ ނުހަނު އުފަލުންނެވެ.

މިފްޒާލްއަށް ގޮވަމުން ނޫރާ ނުކުތްއިރު މިފްޒާލް ފެންނާކަން ނެތެވެ. މަގުމަތިން ޓެކްސީއެއް ހުއްޓުވައިގެން ގެއަށް ގޮސް ބެލިއިރު މިފްޒާލް ހުރީ ކޮޓަރި ތަޅުލާފައެވެ.ނޫރާ ދޮރުގައި މަޑުމަޑުން ޖަހާލިއެވެ. ދެތިން ފަހަރު ގޮވިއިރުވެސް މިފްޒާލްގެ ހަބަރެއް ނުވިއެވެ. ނޫރާއަށް މިފްޒާލް އަކަށް ބާރަށް ގޮވާލާކަން ނުކެރުނެވެ. ގޭގެ އެހެން މީހުން ހޭލަފާނެތީ ނޫރާ މިފްޒާލްގެ ފޯނަށް ގުޅުމުންވެސް ހަބަރެއް ނުވިއެވެ.

ނޫރާއަށް ހަދާނެގޮތް ހުސްވިއެވެ. މަޑުމަޑުން ދޮރުބުޑުގައި އިށީދެވުނީ ހިތަށް ކުރި އަސަރަކުންނެވެ. ދެލޯ ފުރިގެން ބަންޑުންވީ ހިތަށް ކެތް ނުވެގެންނެވެ.ނޫރާއަށް އޭނާގެ އަމިއްލަ ނަފުސު ކުއްވެރި ކުރެވުނެވެ. މީހަކު ހަމަ ގުޅާލާފައި އެއްޗެއް ބުނާއިރަށް އޭނާވެސް ގަބޫލުކުރަން ޖެހޭ ހެއްޔެވެ؟ ނުވެސް އެނގޭ ތާކަން ދިޔައީ ނުދަންނަ މީހަކަށް އިތުބާރުކޮށްފައެވެ. ކަޔާން އެހާ ބޮޑު ލަނޑެއް ނޫރާއަށް ދީފާނެކަމަށް ހީނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟

ހިތުގައި ފުނި ޖެހެމުން ދިޔަ އިހުސާސްތައް ކޮންޓުރޯލު ނުވެގެން ހުރިތަނަށް ތިރިވެފައި ނޫރާ ކަކޫ ގެނެސް މޭގައި ޖައްސާލާފައި ކަކުލުގައި ބޯއަޅާލިއެވެ. އެހެން އިނދެ ނޫރާއަށް ނިދުނީ ވަރުބަލިވެގެންނެވެ.

ހެނދުނު އާބިދާ ނުކުތްއިރު ދޮރުބުޑުގައި އިށީދެގެން އިން ނޫރާ ފެނިފައި އާބިދާ ދިޔައީ ސިއްސައިގެންނެވެ.ދެލޮލުގައި ހުރި ނިދިވެސް ފިލައިގެން ދިޔައީ ނޫރާ އިންގޮތްފެނިފައެވެ. އާބިދާގޮސް ނޫރާއަށް ގޮވާނެގިއެވެ. އާބިދާ ފެނުމުން ނޫރާއަށް ރޮވުނީ އާބިދާއަށް ދޭނެ ޖަވާބެއް ނެތީތީއެވެ. އެކަކުވެސް އޭނާ ދައްކާ ވާހަކަ ގަބޫލު ނުކުރާނެހެން ނޫރާއަށް ހީވަނީއެވެ.

އާބިދާ ކޮޓަރި ދޮރުގައި ހިފާލިއިއިރު ތަޅުލާފައި ހުރުމުން މިފްޒާލްއަށް ގޮވިއެވެ. ހިތްހަމަ ނުޖެހިފައި ހުރުމުން އާބިދާގެ އަޑު ބާރެވެ. އޭރު ކައިރީގައި ހުރި ނޫރާގެ ހިތް ނެގިނެގިފައި ޖެހެއެވެ. ދެން ކަންތައް ވާނެގޮތް ވިސްނާލަންވެސް ނޭނގެއެވެ.

މިފްޒާލް ދޮރު ހުޅުވީ އާބިދާ ގޮވާތާ ފަސްވަރަކަށް މިނިޓް ފަހުންނެވެ. ނޫރާ ފެނިފައި މިފްޒާލް ނޫރާއަށް ބަލައިލީ ނަފްރަތުގެ ބެލުމަކުންނެވެ. އާބިދާ މިފްޒާލް ކައިރިން ވީގޮތެއް އެހުމުންވެސް ޖަވާބެއް ނުދިނެވެ. އާބިދާ ނޫރާއަށް ބަލައިލުމުން ނޫރާ އިސްޖެހިއެވެ.ނޫރާ ގޮތް ހުސްވެފައިވާ މީހަކު ފަދައިން މިފްޒާލް ކައިރީގައި އެދުނީ އެންމެފަހަރަކު އޭނާ ދައްކާ ވާހަކަ އަޑުއެހުމަށެވެ.އެހެންނަމަވެސް މިފްޒާލް ހުރީ ނޫރާގެ އަޑު އަހާ ގޮތަކަށް ނޫނެވެ.

ނޫރާ ގޮސް މިފްޒާލްގެ އަތުގައި ހިފާލަން އުޅުމުން މިފްޒާލް އޭނާގެ އަތް ޖައްސާލީ ދުރަށެވެ. “ހަބަރުދާރު އަހަރެންގެ ގައިގައި ތިމުޑުދާރު އަތުން އަތް ނުލާތި” މިފްޒާލްގެ ހަރުކަށި އަޑު އިވިފައި ނޫރާގެ އިތުރުން އާބިދާވެސް ދިޔައީ ސިއްސައިގެންނެވެ. އޭރު ހަމްދާވެސް ގޭތެރޭގައި އަޑު ގަދަވެގެން އެތަނަށް ނުކުމެ ހުއްޓެވެ.

“މަންމާ ހެޔޮ ނުވާނެ  މިގޮތެއް ނެތް އަންހެނާ އަހަރެންގެ ކުރިމަތިން ދުރަށްލާ” މިފްޒާލްގެ އަޑު އިވިފައި އާބިދާ އަނެއްކާވެސް މިފްޒާލް ކައިރީގައި އެދުނީ ވީގޮތް ކިޔައި ދިނުމަށެވެ. މިފްޒާލް އާބިދާއަށް ވީގޮތް ކިޔައިދިނެވެ. އާބިދާ ގަބޫލު ނުކުރެވިފައި ބަލާލީ ނޫރާއާ ދިމާއަށެވެ.

 ނޫރާ އަނެއްކާވެސް އެންމެ ފަހަރަކު އޭނާ ދައްކާ ވާހަކަ އެންމެ ފަހަރަކު އަޑުއަހާށޭ ބުންޏެވެ. މިފްޒާލް ހުރީ ނޫރާ ދައްކާ ވާހަކަ އަޑު އަހާ ގޮތަކަށް ނޫނެވެ. އައިސްފައި ހުރި ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއްވެސް މިފްޒާލްއަކަށް ނޭނގެއެވެ.ނޫރާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ މިފްޒާލް ބާރަކަށް އަތުގައި ހިފުމުން އަޑު ބޭރެއް ނުވިއެވެ.

މިފްޒާލް ނޫރާގެ އަތުގައި ހިފައިގެން ދަމާފައި ކަހަލަ ގޮތަކަށް ގެންދިޔައީ ދޮރާ ދިމާއަށެވެ. ނޫރާ މިފްޒާލްގެ އަތް ނަތްޓުވާލަން މަސައްކަތް ކުރުމުން ވީ ނާކާމިޔާބެވެ. ނޫރާ ރޮއެ އާދޭސް ކުރަމުން ދިޔައީ އޭނައަށް އެހެން ނުހެދުމަށެވެ. އެންމެ ފަހަރަކުވެސް އޭނާ ދައްކާ ވާހަކަ އަޑު އެހުމަށެވެ. މިފްޒާލްއަށް ނޫރާ އެއްޗެކޭ ކިޔާހެންވެސް ހީ ނުވެއެވެ.

ނޫރާ ދޮރުން ބޭރަށް ލުމަށްފަހު މިފްޒާލް އޭނާއާ ދިމާއަށް އިނގިލި ދިއްކޮށްލުމަށްފަހު ބުނެލި ޖުމުލައިން ނޫރާ ހުރިތަނަށް ގަނޑުވިއެވެ.

Share Article

Follow Me Written By

ކުޑާ

Level 110 Stories

Other Articles

Previous

ހިތަކުން ހަމަނުފިލާނޭ… (2ވަނަ ބައި)

Next

ނަމަވިޔަސް… (12 ވަނަ ބައި)

Next
April 2, 2015

ނަމަވިޔަސް… (12 ވަނަ ބައި)

Previews
April 1, 2015

ހިތަކުން ހަމަނުފިލާނޭ… (2ވަނަ ބައި)

7 Comments!

  1. flower says:
    April 2, 2015 at 5:57 pm

    Haadha kurey…..BTW story v rythi…..ekam kuru v ma dhw….. noora ah dhera gotheh viya nudhyba.

  2. neel says:
    April 2, 2015 at 6:39 pm

    Kada mihaaru

  3. Sharuu says:
    April 2, 2015 at 7:26 pm

    Not bad… Salhi ..

  4. yaana says:
    April 2, 2015 at 7:50 pm

    Sakaraiyy….. maa kury…. thankolheh dhigu koh genesdhy…..

  5. ކުޑާ says:
    April 2, 2015 at 8:17 pm

    next part digukoh genesdeynan in sha allah

  6. fooohi says:
    April 2, 2015 at 8:49 pm

    Emme dhe folhuvaiy liyuneema part akah veytha????

  7. Eem says:
    April 2, 2015 at 11:31 pm

    Kurin kee story eh ge haadhisa mee hama. almost same. Anyway nice.

Comments are closed.


All Right Reserved!