މާހިލް އޭނާގެ މޫނު ސާޔާގެ މޫނާއި ކައިރިކޮށްލިއެވެ. ސާޔާ މަޑުމަޑުން ދެލޯމަރާލުމާއެކު މާހިލްގެ ތުންފަތުގެ ބީހުން އިހުސާސްކުރެވި މުޅިހަށިގަނޑުގައި ފިނި ރާޅެއް ދުވެލިއެވެ. ހަރަކާތެއް ކުރަން ނޭނގިފައި ސާޔާއަށް ހުރެވުނީއެވެ. ކުޑައިރުކޮޅަކުން މާހިލް ސާޔާއާ ދުރުވެލާފައި ސާޔާގެ މޫނަށްބަލާލިއިރު އެމޫނުން ފެންނަން ހުރީ ލަދުވެތިކަމެވެ. “އެއްވެސް ކަމެއްވިތަ ސާޔާ.. ނުވެއެއްނު ދޯ ސޯ ޑޯންޓް ބީ އެފްރެއިޑް އިނގޭ ލަވް..” މާހިލް މާ ލޯބިކޮން އެހެން ބުނެލުމުން ސާޔާ ބޯޖަހާލިއެވެ. މިފަހަރު މާހިލް އޭނާއާ ކައިރިވުމުން ދުރުކޮށްލާކަން […]
މާހިލްއަށް ސާޔާ ގޮވައިގެން އެތެރެއަށް ވަންނާކަން ނުކެރުނެވެ. އަސްލަމް ހީކޮށްފާނެ އެއްޗަކަށް ވިސްނާލާފައި ސާޔާ މޫނުގައި ދެތިން ފަހަރަކު މަޑުމަޑުން ޖަހާލިއިރަށް ނަސީބަކުން ލޯހުޅުވާލައިފިއެވެ. ހޭވެރިކަންވުމުން ސާޔާ މާހިލްއާ ދުރަށް ޖެހިލިއެވެ. ދެއަތުން ކޮތަޅުތައް ހިފައިގެން ސާޔާގޮސް ގޭތެރެއަށްވަނީ މާހިލްއަށް ބަލައިވެސް ނުލައެވެ. ކޮޓަރިއަށްވަތް ގޮތަަށް އަތުގައި ހުރި ކޮތަޅުުތައް ދޫކޮށްލާގައި ސާޔާ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ހިޔާލުގައި ކުޑަ އިރުކޮޅެއް ކުރިން ވެދިޔަ ކަންތައް ތަކުރާރުވާންފެށިއެވެ. މާހިލްއަށް އެހާ އެދެވޭ އިރުވެސް އެގޮތަށް ކަންތައްް ކުރެވުނީތީ […]
އާ ދުވަހަކަށް އިރުއެރީ ސާޔާގެ ހަޔާތަށްވެސް އަލިކަން ގެނެސްދެމުންނެވެ. ފަތިސްނަމާދުކޮށްލައިގެން ސާޔާ ބޭރަށްނުކުމެލީ ހިތްހަމަ ޖައްސާލާށެވެ. އެތަކެއް ދުވަހަކުންސުރެ ގައިދެއްގައި އިނުމަށްފަހު މިނިވަންވީ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. އިރުގެ ރަންދޯދިތައް އައިސް ހަންގަނޑުގައި ބީހިލުމުން އަރާމު އިހުސާސެއް ކުރެވެއެވެ. ހަށަން ބަނދެލައިގެން ހުރިއިރު ސާޔާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއްވިއެވެ. އަތުގައި އޮތް ފޯނު ރިންގުވާތީ ބަލައިލިއިރު މާހިލް ގުޅަނީއެވެ. ފޯނު ނަގާފައި ހަލޯއޭ ބުނި ވަގުތު މާހިލްއަށްވެސް ސާޔާގެ އަޑުގައި އެހެންޏާ ނުހުންނަ އުފާވެރިކަމެއް ހުރިކަން […]
ސާޔާ ހަމީދު ކައިރިން ސަލާމަތްވުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ނާކާމިޔާބު ވަމުންނެވެ. ސާޔާ ހަޅޭއްލަވަން ފެށުމުން ހަމީދު ރުޅިއައިސްގެން އަނގަމަތީގައި ބާރަކަށް ޖެހުމުން ފަޅައިގެންގޮސް ލޭ އަންނަންފެށިއެވެ. ހަމީދު އަނިޔާ ކުރުމުން ވީ ތަދަށްވުރެ ބޮޑަށް ވޭންއެޅީ ހިތުގައެވެ. ދޮންމަންމަ އޭނާއާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިވީހާތަނަކަށް އަތް އިސްކޮށްފައެއްނުވެއެވެ.ހަމީދު ސާޔާ އަޅައިގެން ހުރި ބުރުގާ ދަމައިގަތެވެ. ސާޔާ ރޮއެރޮއެފައި ބާރަށް ހެދުމުގައި ހިފެހެއްޓިއެވެ. އެކަމަކު ހަމީދު މާ ބާރުގަދައެވެ. ހަމީދު ސާޔާއަތް […]
ސާޔާ މާހިލްއަށް ގުޅާލީ އެގަޑީގައި ހޭލާ އުޅޭނެ ކަމަކަށް ނޫނެވެ. ދެތިން ފަހަރަކު ފޯނު ރިންގުވިތަނާ މާހިލް ފޯނު ނަގައިފިއެވެ. މާގިނަ ވާހަކަތަކެއް ނުދައްކާ ސާޔާ ފޯނު ބޭއްވީ އަވަހަަށް ބޭރަން ނުކުންނަން ވެގެންނެވެ. ހަމީދު ގިނަގިނައިން އެގެއަށް އަންނަންފެށީ ސާޔާއަށް އޭނާގެ ނަޒަރު އަމާޒުވުމުންނެވެ. ހަމީދު އެގެއަށް އަންނަނީ އަސްލަމް ގޭގައި ނޫޅޭ ގަޑިތަކުގައެވެ. ޝިފާނާ ހީކޮންގެން ހުންނަނީ ހަމީދު އޭނާ ކައިރިއަށް އަންނަނީ ކަމަށެވެ. އެދުވަހު ސާޔާ ފެނުމަށްފަހު ހަމީދުއަށް ސާޔާ ވަރަށް ކަމުދިޔައެވެ. […]
ސާޔާ ވެއްޓެން ދަނިކޮން ހުޝިޔާރުކަމާއެކު މާހިލް ސާޔާ ހިފެހެއްޓިއެވެ. މާހިލް ސާޔާ އަތް ދަނޑި މައްޗަލައިގެންގޮސް ސޯފާގައި ބޭއްވިއެވެ. ވަށައިގެން ހޯދާލުމަށްފަހު ކާކޮޓަރިއަށްވަދެ ފެންފުޅިއެއް ހިފައިގެން އައިސް މާހިލް ސާޔާގެ މޫނަށް ފެންފޮދެއް ވިއްސާލިއެވެ. އިރުކޮޅެއް ވީތަނާ ސާޔާ ލޯ ހުޅުވާލާފައި ފުންމައިގެން ތެދުވިއެވެ. ކައިރީގައި އިން މާހިލް ފެނިިފައި ވިސްނާނުލައި ބާރަަކަށް މާހިލްގައިގައި އޮޅުލައިގަތެވެ. ކުއްލިއަކަށް ސާޔާ މިކުރިކަމަކުން މާހިލްވެސް ސިހުނެވެ. ނަމަވެސް މާހިލް ސާޔާ ދުރުކޮށްލާކަން ނޫޅުނެވެ. ސާޔާ ހަމައަކަށް އެޅިލުމުން ކުރެވުނު […]
އޯލެވެލް އިމްތިހާނުގެ ނަތީޖާ ލިބެން އޮތް ދުވަހު ސާޔާ ހުރީ އަތްފައި ފިނިވެފައެވެ. ދިހަ އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ބަލާ ހިތުން ކެތްކުރެވެނީއެއްވެސްނޫނެވެ. މާމަތީ ވަނައެއް ނުލިބުނަސް ހުރިހާ މާއްދާއަކުން ފާސްވާން އޭނާ ބޭނުމެވެ. ސާޔާ ނަތީޖާ ނަގަން ދިޔައީ ތެޅިތެޅި އޮތް ހިތަކާއެކުގައެވެ. އަތަށް ނަތީޖާ ލިބުމާއެކު ލިބުނު އުފާ ބަޔާންކުރަން ދައްޗެވެ. އޭނާ އޮތީ ހުރިހާ މާއްދާއަކުން ފާސްވެފައެވެ. އުފަލުން ސާޔާ ގެއަށްއައީ ބައްޕަ އޭނާގެ ނަތީޖާއާއިމެދު ހިތްހަމަ ޖެހޭނެކަން […]
އަސްލަމް ހީކުރިވަރަށްވުރެ އަވަހަށް އޭނާއަށް އާތިކާއާއި ނުލާ އުޅެން އާދަވިއެވެ. އަސްލަމް ހުރީ މިކަމާ ވަރަށް ހައިރާންވެފައެވެ. އާތިކާދެކެ އެހާ ލޯބިވާއިރުވެސް އާތިކާ ނެތިގެން މާބޮޑަކަށް ދެރައެއް ނުވެއެވެ. އަސްލަމްއަށް ޝިފާނާ ކަމުދާންފެށީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ޝިފާނާއަށް އަސްލަމްގެ ނަޒަރު އޭނާއަށް އަމާޒުވާތަންފެނި ހުންނަނީ އުފަލުންނެވެ. ޝިފާނާއަށް އެނާގެ ރޭވުން ކާމިޔާބުވިކަން އެނގުނީ އަސްލަމް އޭނާގެ މަންމައާ ދެއްކި ވާހަކަ އަޑުއިވުމުންނެވެ. އަސްލަމް ޝިފާނާއާއި ކައިވެނިކުރަން ބޭނުންވާކަމަށް ބުނެފައި އޭނާ އެކައިވެނި ކުރަނީ ސާޔާއަށްޓަކައިކަމުގައި ބުންޏެވެ. […]
ޝިފާނާ އާތިކާ ކައިރީގައި ދޮގެއް ހަދާލާފައި ނުކުތީ ހަމީދުއާއި ބައްދަލުކުރަން ދާށެވެ. ޝިފާނާ ހަމީދުއާ ބައްދަލުކުރީ ގެސްޓު ހައުސް އަކުންނެވެ.އެއީ ހަމީދު އެދެމީހުންނަން ހާއްސަކޮންގެން ހިފާފައި ހުރި ކޮޓަރިއެކެވެ. ޝިފާނާ އައިސް ވަތްތަން ފެނިފައި ހަމީދު ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލާފައި އައިސް ޝިފާނާގެ ގައިގައި ހިފާ ގެނެސް އެނދު މައްޗަށް ވައްޓާލިއެވެ. ޝަހުވާނީ އެދުމުން ފޯވެފައިތިބެ ދެމީހުން މަޖާ ނަގަމުން ދިޔަ އިރު ލަދާއި ބިރުގެ ކަންފުޅެއްވެސް ނުވެއެވެ. ޝިފާނާ ހެދުން ލައިގެންއައިސް ބެއްޔާއާއި […]