ނަަމަވިޔަސް (10 ވަނަ ބައި)
މުޅި ރޭ ފާއިތުވެގެން ދިޔަ އިރު ކަޔާން ލޮލު ފިޔައެއްވެސް ޖަހާނުލައެވެ. ނޫރާ އެހެން މީހެއްގެ އަތުތެރޭގައި މުޅި ރޭ ވޭތުކުރާނެކަން އެނގި ކަޔާންގެ ހިތްވަނި ނުތަނަވަސް ވެފައެވެ. ނޫރާ އަކީ އަދިވެސް ކަޔާންގެ ހައްގެއް ކަމަށް އޭނައަށް ހީވަނީއެވެ.އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތިތީ ކަޔާން ނިންމީ އޮފީހަށްވެސް ނުދިއުމަށެވެ.
ހެނދުނު ނޫރާ ހޭލިގޮތަށް މިފްޒާލް ފެނުމުން ހުރީ ލަދުންނެވެ. ރޭގެ ކަންތައް ހިތަށް އަރާފައި މިފްޒާލްއާއި ހަތަރު ކަޅި ހަމަކޮށްލަންވެސް ނޫރާ ހުރީ ނުކެރިފައެވެ. މިފްޒާލް ނޫރާގެ ދަތްދޮޅީގައި ހިފާ އުފުލާލާފައި ނިއްކުރީގައި ބޮސް ދިނެވެ. މިފްޒާލްގެ ކޮންމެ ހަރަކާތަކުންވެސް ނޫރާއަށް ހިތްހަމަ ޖެހުން ގެނެސްދިނެވެ.
މިފްޒާލްމެން ގޭގައިވި ފުރަތަމަ ދުވަހުވެސް ނޫރާ ފޫހިވެފައި ހުންނާކަށް ނުޖެހުނެވެ. މިފްޒާލް މަންމަ އާބިދާއަކީ ވަރަށް ހެޔޮ މީހެކެވެ. މިފްޒާލްގެ ކޮއްކޮ ހަމްދާވެސް ނޫރާއަށް ވަރަށް ރަނގަޅެވެ. ނޫރާ ހުރީ ރަނގަޅު އާއިލާއެއް ލިބުނީތީ އުފަލުންނެވެ.
ދުވަސްތައް ފާއިތު ވަމުން ދިޔަ ވަރަކަށް ނޫރާގެ ހިތުގައި މިފްޒާލްއަށްޓަކައި ލޯބި އިތުރުވަމުން ދިޔައެވެ. ކަޔާންގެ ލޯބި ފަނޑުވަމުންގޮސް މިހާރު އެއީ ރިހުމެއް ނުވާ ހަނދާންތަކަކަށް ވެއްޖެއެވެ. މިފްޒާލް އާއެކީ އުފާވެރި ހަޔާތެއް ނޫރާ ވޭތުކުރަމުން ދިޔައީ މާޒީގެ ހިޔަނިވެސް އެހަޔާތުން ބޭރުކޮށްލާފައެވެ.
ކަޔާން ދިޔައީ ނޫރާގެ ކަންތައް ވަރަށް ރަނގަޅަށް ބަލަމުންނެވެ. މިފްޒާލްއާއި ނޫރާ އުފަލުގައި އުޅޭތަން ބެލުމަކީ ކަޔާންއަށް ފަސޭހަކަމަކަށް ނުވެއެވެ. ކަޔާންގެ ހިތުގައި ނޫރާއަށްޓަކައި ވާ ލޯބިވަނީ މިހާރ ވަނީ ހަސަދައިގެ އަލިފާން ރޯކޮށްލާފައެވެ. ކަޔާން ބޭނުންވަނީ ކޮންމެ ހާލަކާލައިގެންވެސް ނޫރާ އޭނާގެ ހަޔާތަށް ގެންނާށެވެ. ކަޔާން ނޫން މީހަކަށް ނޫރާ ލިބޭކަން ކަޔާން ބޭނުމެއް ނޫނެވެ. ކޮންމެ ކަމެއްކޮންގެން ވިޔަސް އަދި ކަޔާން ނޫރާ އޭނާގެ ހަޔާތަށް އަލުން ގެނައުމަށް އަމިއްލަ ނަފްސަށް ވައުދުވިއެވެ.
ކަޔާން ލިޝާންއާ ވާހަކަ ދެއްކުން ހުއްޓާލީ އެކަމަށް ލިޝާންގެ ފަރާތުން އެއްބާރުލުމެއް ނުލިބުމުންނެވެ. ލިޝާން ރަނގަޅަށް އުޅޭ ދެމަފިރިއެއްގެ ދެމެދަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. ލިޝާން ކަޔާންއަށްވެސް ވިސްނައިދިނީ އެއީ އަދި ރަނގަޅު ގޮތް ނޫން ކަމުގައެވެ. ކަޔާންވެސް މާޒީ ހަނދާން ނައްތާލުމަށްފަހު އަލުން ހަޔާތެއް ފެށުމަށެވެ. ނަމަވެސް ކަޔާން ހުރީ އެއްވެސް މީހެއްގެ ނަސޭހަތެއް ގަބޫލުކުރާ ގޮތަކަށް ނޫނެވެ.
ހަލުވި ކަމާއެކު ދުވަސްތައް ފާއިތު ވަމުންދަނީ ނުވެސް އެނގި ތިއްބައެވެ.މިފްޒާލް އާއި ނޫރާގެ ކައިވެންޏަށްވެސް އަހަރެއް ވާން އުޅެނީއެވެ. ދެމީހުންވެސް ދިޔައީ ޕްލޭންތައް ރާވަމުންނެވެ. އެކަކުވެސް އަނެކަކަސް އަންގާ ނުލައެވެ.
ހާއްސާ ދުވަހަކަށް ވާތީ ނޫރާ ފެންނަނީ އަބަދުވެސް ހިނިތުންވެފައި ހުންނަތަނެވެ. މިފްޒާލްގެ އެކުވެރިއެއް ކައިރީގައި ބުނެގެން މިފްޒާލް ގޭން ފޮނުވާލުމަށްފަހު ނޫރާ އުޅުނީ ކޮޓަރިތެރެ ޒީނަތްތެރި ކުރާށެވެ.އޭނާ ބޭނުންވަނީ ކައިވެނީގެ ފުރަތަމަ ރެއަށްވުރެވެސް ފުރިހަމަކޮން ޒީނަތްތެރި ކުރާށެވެ. ހަމްދާވެސް އެކިކަންކަމުގައި ނޫރާއަށް އެހީތެރިވާން އުޅެއެވެ.
ނޫރާ ތައްޔާރުވެލައިގެންއައި އިރު މިފްޒާލް ގެއަށް އައުމާދެމެދު ވަގުތު އޮތެވެ. ނޫރާ ފޯނު ނެގީ ނުދަންނަ ނަމްބަރަކުން ދެތިން ފަހަރަކު ގުޅުމުންނެވެ. އެކޮޅުން ވާހަކަ ދެއްކި މީހަކު ބުނީ މިފްޒާލް ބުނެގެން ގުޅީ ކަމުގައެވެ. މިފްޒާލް އެދެނީ ނޫރާ އެނާހުރި ތަނަކަށް އައުމަށެވެ. ނޫރާ ނުކުންނައިރު ގޭ ދޮރުމަތީގައި އަޅިކުލައިގެ ކާރެއް އޮންނާނެ ކަމަށާއި އެއަށް އަރައިގެން އައުމަށް ބުނުމަށްފަހު އެމީހަކު ފޯނު ބޭއްވީއެވެ.
ނޫރާ ހީކުރީ އެއީ މިފްޒާލް އޭނާއަށް އެނިވާރސަރީގައި ދޭންއުޅޭ ހަދިޔާކަމަށެވެ. ތުންފަތް މައްޗަށް ހިނިތުން ވުމެއް ވެރިވުމާއެކު މޫނުމަތި އުޖާލާވެގެން ދިޔައެވެ.
ނޫރާ ނުކުތް އިރު އެމީހާ ބުނިފަދައިން އަޅި ކުލައިގެ ކާރެއް އޮތެވެ. ނޫރާ ކާރާ އަރާ ހަމަވިތަނުން ކާރު ދުއްވަން އިން މީހާ ފައިބެފައި ފަހަތު ދޮރު ހުޅުވާލަ ދިނެވެ.
ނޫރާ އިނީ އުފާވެފައެވެ. މިހާރުވެސް ނޫރާއަށް މިފްޒާލްގެ ހަދިޔާ މާ ކަމުދާނެކަން އެނގެއެވެ. ކާރުގޮސް މަޑުކޮށްލީ ބޮޑު ހޮޓަލެއްގެ ކުރިމަތީގައެވެ. އެއީ އަދި ދުވަހަކުވެސް ނޫރާ ދިޔަ ތަނެއް ނޫނެވެ. ކަރުގައި އިން މީހާ ނޫރާ އާއި އެކު ކޮޓަރިއަކާއި ހަމައަށް ގޮސް އޭނާއަތަށް ތަޅުދަނޑި ދިނެވެ.
ނޫރާ މަޑުމަޑުން ތަޅު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ސްޓޭންޑެއްގައި ރޯކޮށްލާފައި ހުރި ތިން އުއްބައްތީގެ އަލި ފިޔަވައި ކޮޓަރިތެރޭގައި އިތުރު އަލި ކަމެއް ނުވެއެވެ. ނޫރާ ފާރުގައި ހަރުކޮށްފައި ހުރި ސްވިޗެއް ޖައްސާލުމާއެކު މުޅިތަން އަލިވެގެން ދިޔައެވެ. އެކި ވައްތަރުގެ ކުލަކުލައިގެ މާތަކުން ކޮޓަރިތެރެވަނީ ފުރާލާފައެވެ. އެނދުގައި ރަތް ފިނިފެންމަލުގެ ފިޔައިން “އައި ލަވްޔޫ’ ޖަހާލާފައި އިނެވެ.
ކޮޓަރީގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގަން ހުއްޓާ ކޮޓަރީގެ ދޮރުގައި މީހަކު ޖަހާލިއަޑު އިވުނެވެ. މިފްޒާލް ކަމަށް ހިތައި ގޮސް ދޮރު ހުޅުވާލިއިރު ހުރީ އެތާގެ ވެއިޓަރެކެވެ. އެމީހާ އަތުގައި ފިނި ބުއިމެއް ހުއްޓެވެ. އެމީހާ ނޫރާއަތަށް އެތަށި ދިނެވެ. ” ސަރ ބުނީ އިރުކޮޅެއް މަޑުކޮށްލާ” އެމީހާ ކޮށި ދިވެހި ބަހުން އެހެން ބުނުމަށްފަހު ދިޔައީއެވެ. ނޫރާ ލަސްލަހުން އިނދެގެން އެތަށި ބޯލިއެވެ. އިރުކޮޅެއް ވިއިރު ފާޑަކަށް ބޮލަން ބަރުވާން ފެށިއެވެ. ތަންތަންވެސް ފެންނަން ފެށީ ފުސްކޮށެވެ. ނޫރާއަށް ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ.
ހަރަކާތެއް ނެތިފައި ނޫރާ އޮންނަތާ އިރުކޮޅެއްވީއިރި ދޮރު ހުޅުވާލާފައި އެތަނަށް މީހަކު ވަނެވެ. ކަޅު ކުލައިގެ ޖިންސަކާއި ކަޅު ގަމީހެއްްގައި ހުރިއިރު މޫނުމަތިން ފެންނަން ހުރީ ފަތަހައިގެ ހިނިތުން ވުމެކެވެ.
ކޮޓަރިތެރޭގައި ދިއްލާފައި ހުރި ހޮޅިބުރި ނިންވާލާފައި އައިސް ނޫރާ ކައިރީގައި އިށީދެލުމަށްފަހު އޭނާގެ އަތުގެ ނުފުށުން ނޫރާގެ މޫނުމަތީގައ ިބީހިލިއެވެ. އޭނާ ނޫރާއާ ދިމާއަށް ބަލައިލީ މަސްތީ ގޮތަކަށެވެ.
“ސޮރީ ނޫރާ.. މިހެން ނޫރާއަކަށް ހަދާކަން ބޭނުމެއް ނޫން.. އެކަމަކު މިކަން މިހެން ކުރަން އަހަންނަން މަޖުބޫރު ކުރީ ނޫރާ.. އަހަރެންގެ ހަޔާތަށް އައި ނަމަ ދެމީހުންވެސް ތިބޭނީ އުފަލުން ތީ ހަމައެކަނި އަހަރެންގެ ހައްގެއް” ކަޔާން ނޫރާ އާއި ވާހަކަ ދައްކަމުން ދިޔައީ ލޯބީގައި ދިވާނާ ވެފައިވާ މީހެއް ފަދައިންނެވެ. އޭނާއެކޭ ސިކުނޑީގެ ބަލި މީހެކޭ ތަފާތެއް ނެތެވެ.
ކަޔާން ނޫރާ ނަގައިގަނެގެންގޮސް އެނދުމަތީގައި ބޭއްވިއެވެ. މަޑުމަޑުން ނޫރާ ލައިގެންހުރި ހެދުން ބާލުވާފައި ގައިމަތީގައި ރަޖާ އަޅާލިއެވެ. ކަޔާންވެސް އޭނާ ލައިގެން ހުރި ފޭރާން ބޭލުމަށްފަހު ނޫރާ ކައިރީގައި އޮށޯތީ ނޫރާ ގެނެސް މެޔާލާ ބޮނޑި ކޮށްލަމުންނެވެ. ނޫރާ އޭނާއާ އެފަދަގޮތަކަށް އެހާ ކައިރީގައި އޮތުމުން ކަޔާންއަށް އަމިއްލަ ނަފުސު ކޮންޓުރޯލް ކުރަން އުނދަގޫ ވިއެވެ. އެހެންނަމަވެސް ކަޔާން ކޮންމެ ގޮތަކަށް ނޫރާ އާއި މެދު ކަންތައް ކުރިއަސް ނޫރާގެ ކިބައިން އުފާ ހޯދަން ބޭނުންވީ ނޫރާގެ ހަމަހޭގައެވެ.
ކަޔާން އިންތިޒާރު ކުރަމުންދިޔައީ މިފްޒާލް އައިސް އެތަނަށް ވަންނާނެ އިރަކަށެވެ. ކަޔާންވަނީ އޭނާގެ ނުބައި ރޭވުމުގެ ޝިކާރައަކަށް މިފްޒާލް ހަދާލާފައެވެ. މިފްޒާލް އޮފީހުގައި އުޅޭ ވަލީދު ކައިރީގައި ބުނެގެން ނޫރާއާއި އޭނާއާ ދެމެދު ގުޅުމެއް އޮންނަ ކަމަށް އަޑު ފެތުރިއެވެ. އެހެންނަމަވެސް މިފްޒާލް އެކަން ގަބޫލު ނުކުރުމުން މިފްޒާލްއަށް އެކަން ޔަގީން ކޮންދޭން ކަޔާން ބޭނުންވީއެވެ. ނޫރާ އެނާގެ މީހަކަށް ހެދޭނީ މިފްޒާލް ނޫރާ ދޫކޮށްލުމުން ކަމަށް ވާތީއެވެ.
ވަލީދު މިިފްޒާލް ކައިރީގައި އެތަނަށް ދާން ބުނުމުން ފުރަތަމަ ކުރީ އިންކާރެވެ.އެއީ މިފްޒާލްއަށް ނޫރާއާމެދު ފުރިހަމަ އިތުބާރި އޮތީތީއެވެ. އެންމެ ފަހުން މިފްޒާލް އެތަނަށް ދާން އެއްބަސްވީ ވަލީދުއަށްވެސް ނޫރާއާއި ކަޔާންގެ ގުޅުމެއް ނެތްކަން ސާބިތު ކޮށްދެވޭނެތީއެވެ. ފުރަތަމަ މިފްޒާލް ބޭނުންވީ ގެއަށް ދާށެވެ. ނޫރާ ގޭގައި ނޫޅެންޏާ އެތަނަށް ދާނަމޭ ބުނެފައެވެ.
މިފްޒާލް ގެއަށް ދިޔައިރު ނޫރާއެއް ނެތެވެ. ކޮޓަރިތެރެެ ފެނިފައި އުުފާވި ނަމަވެސް ނޫރާ ގޭގައި ނެތުމުން ހިތް ތެޅިލިއެވެ. މިފްޒާލް ގެއިން ނުކުމެފައި މިސްރާބުޖެހީ އެމީހާ ބުނިތަނަށް ދާށެވެ.
މިފްޒާލް އެ ހޮޓެލް ތެރެއަށް ވަދެގެންގޮސް ވަލީދު ބުނި ކޮޓަރި ކައިރީ މަޑުކޮށްލިއެވެ. ކޮޓަރި ހުޅުވާނެގޮތެއް ނެތުމުން ފޯނު ނަގާފައި ވަލީދުއަށް ގުޅިއެވެ. ވަލީދު ބުނީ ރިސެޕްޝަނަށް ގޮސް ޑަބަލް ތަޅުދަނޑި ހޯދުމަށެވެ.
މިފްޒަލް ރިސެޕްޝަނަށްގޮސް ޑަބަލް ތަޅުދަނޑި ދޭން އެދުމުން އެތާ އިން އަންހެންކުއްޖާ ސުވާލުކުރިއެވެ. ކަޔާން ބުނީ އޭނާއަކީ ކަޔާންއާއެކު އެކޮޓަރި ހިއްސާ ކުރާ މީހެއް ކަމަށެވެ. އެހެން ބުނުމުން އެކުއްޖާ ތަޅުދަނޑި ދިނެވެ.މިފްޒާލް އޭނާގެ ހިތަށް އެރި އެއްޗަކުން ފިނިވިއެވެ. އެކުއްޖާ އޭނާ ކަޔާންގެ ނަން ބުނުމުން އެހާ ފަސޭހައިން ތަޅުދަނޑި ދިނީ އެއީ ކަޔާން ހިފާފައި ހުންނަ ކޮޓަރިއަކަށް ވީމައެވެ.
މިފްޒާލް ތަޅުދަނޑި ހިފައިިގެންގޮސް ތުރުތުރު އަޅާ އޮތް އަތަކުން ދޮރު ހުޅުވާލިއެވެ. ކޮޓަރިތެރޭގައި ރޯކޮށްފައި ހުރި އުއްބައްތިތައް ނިވިފައި ހުރުމުން ކޮޓަރިތެރޭގައި އިތުރު އަލިކަމެއް ނެތެވެ. މިފްޒާލް ކޮޓަރިތެރެ ދިއްލާލުމަށްފަހު އެނބުރިލިއެވެ. ނޫރާ ކަޔާންގެ އަތުތެރޭގައި ނިދާލާފައި އޮތް މަންޒަރު ފެނުމުން މިފްޒާލްއަށް ފަހަތަށް ފިޔަވަޅެއް އެޅުނެވެ. ފެނުނު މަންޒަރަކުން މިފްޒާލް ހުރީ ހަރަކާތް ކޮށްލަންވެސް ނޭނގިފައެވެ. އެއީ ދުވަހަކުވެސް ފެނިދާނެކަމަށް ހީކުރި މަންޒަރެއް ނޫނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


What….
haadha kurukohthi genesdhenee
Wht???? Kayaan kyve noora ah ehn hedhy…. hadha dhera ey… dhn kihineh mifxaal hadhany…. e ry noora gasthuga kuri kamen nunnehnu…. soo plx aneh prt warah awahah upload khba… bt nice stry….
Wowo.. avahah next part.. keiimadhuvefa… inthizaaru kurany….good luck kudaa.. v salhi mi vaahaka 🙂 🙂 🙂 🙂 🙂
thankyou hurihaa kudhinnah vaahaka kiyaaleethy v ufaa vehje 🙂
Nicexx
boss vaahaka genesdhey kujjaa maru v tha? v foohigotheh dhw mahaku ehfaharu ves story up nuvaathi dhen. mivaahaka best.