( ސަޕްރައިޒް ހުރިހާ ކުދިންނަށް.. މިއޮތީ ޒާރާ ވާހަކައިގެ 9 ވަނަ ބައި.. ? ) *************************** ކުރީގެއަދަދާއި ގުޅޭ: ” ރިޝްވާންވެސް ފަހުން އަހަންނާއި ލޯބީގެ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވި.. ރިޝްވާން ބުނާ ތަންތަނަށް ނުދެވޭތީ ގިވްއަޕް ކުރީއޭ ބުނީ.. ޓަޔަޑްވީއޭ.. އެހެންވެ އަހަރެންގެ ހިތުގައި ރިޝްވާންއާމެދު ކިރިޔާ ލޯތްބެއް އުފެދުނުތަނާހެން އަހަންނަށް ރިޝްވާންވެސް ގެއްލުނީ.. ރިޝްވާން ބޭނުންވީ ރައްޓެހިކަން ބާއްވަން.. އެކަމަކު އަހަރެންނަށް ކަމުދާ މީހުންނާ ރައްޓެހިކަން ބޭއްވުމަކީ އަަހަންނަށް އެހާ ފަސޭހަކަމެއް […]
ޒާރާއަކީ މަންމައާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. ޒާރާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އާހިލް ކިޔާ ކުއްޖަކާއެވެ. އެހެނަސް އޮންނަނީ އަބަދު ދެމީހުންގެ މެދުގައި މައްސަލަ ޖެހޭގޮތްވެފައެވެ. އާހިލްގެ މިޒާޖު ހުންނަގޮތުންޒާރާވެސް ކޮންމެވެސް ކަމެއް އާހިލްއަށް ސިއްރުކުރަމުންދިޔައެވެ. އޯލެވެލް އިމްތިހާނަށްފަހު ޒާރާ މާލެ އާދެއެވެ. މާލެ އައިސް ޒާރާގެ ސިއްރު އާހިލްއަށް ކިޔައިދެއެވެ. އެކަމުގެ ސަބަބުން އެދެމީހުންގެ ގުޅުމަށް އަސަރުކޮށް ޒާރާއާއި އާހިލްގެ ގުޅުން ނިމިގެން ދެއެވެ. ރުޅިވި ފަހުންވެސް އާހިލް ޒާރާއަށް އެކިއެކި ޖެއްސުންތައް […]
އަޅުގަނޑު ގެނެސްދެމުން ދިޔަ ވާހަކަ “ޒާރާ” ގެނެސްދިނުން ގިނަދުވަސްތަކަކަށް މެދުކެނޑިފައިވާތީ ކިޔުންތެރިންގެ ކިބައިން މައާފަށް އެދެމެވެ. މިވާހަކައިގެ ދެން ކުރިއަށް އޮތް (9 ވަނަބައި) ހިސާބުން ފެށިގެން ދެން ހުރިބައިތަށް ޖެނުއަރީ 25 އިން ފެށިގެން ގެނެސްދޭނެ ވާހަކަވެސް ދަންނަވަމެވެ.
ކުރީގެ އަދަދާއި ގުޅޭ: އެވަގުތު، ރުޅިއައިސްފައި ހުރެގެން އަޑަށް ބާރުލާފައި، ޔަޒްދާންއަށް އެހެންބުނެވުނީ ބުނަންޖެހޭ ވަރަށްވުރެ މާބާރަށެވެ. އެހާ ބާރަށް ބުނުމުން ޝައިހާވެސް ބިރުންގޮސް ޒާރާގެ ފުރަގަހަށްވަދެ ފިލިއެވެ. މާބާރަށް އެހެން ބުނެފައި ޔަޒްދާންއަށް ރުޅިއިސްކުރެވުނުކަން ވިސްނުނީ އިރުކޮޅެއް ފަހުންނެވެ. އޭރު، އެތާ ތިބިމީހުންގެ ލޯތަށްވެސް އަމާޒުވެފައި ހުރީ ޔަޒްދާންއަށެވެ. ޒާރާވެސް ހުރީ ބިރުންހުރި ޝައިހާގެ ކޮނޑުގައި އަތުން ހިފަހައްޓައިގެންނެވެ. “ސޮރީ.. އެކަހަލަ އެއްޗެއް ބުނީމަ އަހަންނަށް ރުޅިއިސްކުރެވުނީ.. އެކަމަކު އަހަންނަކީ ތިހީކުރާ ކަހަލަ މީހެއް ނޫން..” […]
ކުރީގެ އަދަދާއި ގުޅޭ: “ދަރިފުޅާ ރޮނީތަ؟” ކޮޓަރި ދޮރު ހުޅުވާލިއިރު އެނދުމަތީގައި ޔަޒްދާން ރޯންއިން މަންޒަރު ފެނުމުން ވަފިއްޔާވެސް އަޖައިބުވިއެވެ. ވަފިއްޔާ ފުރަތަމަ ހީކުރީ އެއީ ޝައިހާ ސަމާސާއަކަށް ބުނި ވާހަކައެއް ކަމަށެވެ. ވަފިއްޔާގެ ފިރިމީހާ އާދަމް ނިޔާވިދުވަހު ފިޔަވައި، އެހެންޏާ އެގޮތަށް ޔަޒްދާން ރޯންއިންދައެއް ވަފިއްޔާ ނުދެކެއެވެ. “ޕިސް.. ޕިސް.. ޕިސް.. ބޮޑު ދޮންބެއެއް ހަމަ ރޮނީ..” ވަފިއްޔާގެ ފަހަތުން އައި ޝައިހާއަށް އަނެއްކާވެސް ޔަޒްދާން ރޯންއިންތަން ފެނުމުން، ޕިސްޕިސް ލައްވަމުން ލައްވަމުން، ޝައިހާ ނުކުތީ […]
ކުރީގެ އަދަދާއި ގުޅޭ: އެދުވަސް ޒާރާ ދުވަހަކުވެސް ހަނދާންނެތޭނެ ހެއްޔެވެ؟ ރިޝްވާން ދައްކާ އެކަހަލަ ވާހަކައިންވެސް އާވަނީ އާހިލްގެ ހަނދާންތަކެވެ. އާހިލް ނޫން މީހެއްދެކެ ލޯބިވެވޭނެ ކަމާއި މެދުގައިވެސް ޒާރާއަށް ޝައްކުވަނީ އެހެންވެއެވެ. ” އޭ ބުނާނަން ޒާރާ މަންމަ ކައިރީ.. ” ސްކޫލް ގޭޓްކައިރިން ޒާރާ، ރިޝްވާންއަށް ޗޮކްލެޓެއް ދޭތަން ފެނިގެން ޒާރާ ބިރުގަންނަވާލުމުގެ ރާގެއްގައި ރީނާ ބުނެލިއެވެ. ” ރީނާ ތި އަނގަ މަޑުކޮށްގެން ހުރޭ.” ޒާރާ ކޮންމެވެސް ވަރަކަށް ބިރުގަނެ، ލަދުގަނެފައި ހުރިކަން […]
ކުރީގެ އަދަދާއި ގުޅޭ: ސްކޫލް ނިންމާފައި ބައެއް ދުވަސްދުވަހު، ޒާރާ ލައިބްރަރީއަށްދާން ހިތަށްއަރައެވެ. އެހެންނަމަވެސް، ދެވެން އޮންނަ ދުވަސްދުވަހުވެސް ޒާރާއަށް، ހަމަ އެންމެ ފަހު ގަޑީގައި، ދިއުން ކެންސަލް ކެންސަލްކޮށްލެވެނީއެވެ. އެއީ ކީއްވެ ކަމެއް ބުނެދޭކަށް ޒާރާއަކަށްވެސް ނޭނގުނެވެ. ޒާރާ ހަމަ ދާހިތްނުވަނީއެވެ. އެހެންނަމަވެސް ރިޝްވާން ކައިރީ އެހެން އެހެންބުނާކަށްވެސް ޒާރާއަކަށް ނުކެރުނެވެ. ޒާރާ، ރިޝްވާން ކައިރީ ބުނަނީ ނުދެވެނީ ކަމުގައެވެ. އެހެންނަމަވެސް ރިޝްވާން، ޒާރާއާ ވާހަކަދައްކަން ފެށުމުން، އެކަނިވެރިވެ އިންނަ އިހްސާސް ކޮންމެވެސް ވަރަކަށް ކެނޑިގެން […]
ކުރީގެ އަދަދާއި ގުޅޭ: ޒާރާ އޮށޯވެގެން އޮތްއިރުވެސް ޓީވީއިން ލަވަތައް އަންނަމުން ދިޔައެވެ. ލަވައާމެދު ނުވިސްނަން އުޅުނަސް ހަމަ ވިސްނެނީ އެއާއި މެދުގައެވެ. މިކަމާހެދި، އުނދަގޫވެގެން އެންމެފަހުން ޒާރާގެ ބޮލުގަވެސް ރިއްސަން ފެށިއެވެ. ބޮލުގަ ރިއްސަން ފެށުމުން ޒާރާ އަނެއްކާވެސް އުޅުނީ ނިދޭތޯއެވެ. އެހެނަމަވެސް އުޅެއުޅެވެސް، ޒާރާއަށް ނިދޭގޮތެއް ނުވިއެވެ. އެހެންވެ ފޯނުނަގާފައި ޒާރާ މެސެޖްކޮށްލީ ރިޔާއަށެވެ. ” ހަމަ ތެދެއްތަ ޒާރާ؟ މަ ހިޔެއް ނުކުރަން އާހިލްއަކީ އެކަހަލަ މީހެއް ކަމަކަށް. ފިރިހެނަކަށްވެހުރެ އެހާ ފިނޑި […]
ކުރީގެ އަދަދާއި ގުޅޭ: ދެކުދިންވެސް މަސައްކަތްކުރަމުން ދިޔައީ އޯލެވެލް އިމްތިހާނުން ރަގަޅު ނަތީޖާއެއް ނެރެވޭތޯއެވެ. އެހެންވެ ޗެޓްކުރުމާއި ފޯނުކުރުންވެސް އެދުވަސްވަރު މަދުކުރިއެވެ. ވާހަކަދެއްކިއަސް ގިނައިން ދައްކަނީ ކިޔެވުމުގެ ވާހަކަތަކެވެ. އާހިލްއާ ޒާރާގެ ނަސީބު ރަގަޅުކަމުން އެދުވަސްވަރު، އެއްވެސް މައްސަލައެއްވެސް ނުޖެހެއެވެ. އެހެންކަމުން ދެކުދިންވެސް ކިޔަވަމުން ގެންދިޔައީ ވަރަށް ހިތްހަމަޖެހިގެންނެވެ. ” ރިޔާ.. މަގޭ ހިތް ބުނަނީ ދެން އަވަހަށް ރަށަކަށް ނާދެވޭނެއޭ.. ނޭނގެ ކީއްވެކަމެއް.. މާލެ ގޮއްސަ މަ، އެވާހަކަ އާހިލްއަށް ކިޔާދޭނަން.. މިހާރު ދެއަހަރު […]