ކުރީގެ އަދަދާއި ގުޅޭ : ” ޒާރާއަށް ވަރަށް ވިސްނޭ.. އަހަރެން ވަރަށް އުފާވޭ ޒާރާ އަހަރެންގެ ހަޔާތަށް އަންނަން އުޅޭތީ.. އަހަރެން ޒާރާގެ ބައްޕަ ގެނެވޭ ގޮތެއް ހަދާނަން.. އެކަމާ ޒާރާ ހާސްނުވޭ.. ޒާރާގެ ވަލީވެރިއަކަށް ވާނީ ޒާރާގެ ބައްޕަ.. ޖަލުން ދޫކޮށްލާ މުއްދަތު ހަމަ ނުވިއަސް އެކަން ކުރެވޭނެ ގޮތްތައް އެބަހުރި.. ” ޔަޒްދާން އިތުރަށް އޮޅުންފިލުވާދިނެވެ. ” ދާން މަންމައަށް އެނގޭތަ؟ ” ޒާރާ ސުވާލުކޮށްލިއެވެ. ” މަންމައަށް އެނގޭނެ ވަރަށް ކުރިން.. މަންމައަށް […]
ކުރީގެ އަދަދާއި ގުޅޭ: ” ހުމްމް.. ވަރަށް މިސްޓީރިއަސް.. އެކަމަކު ދެން ތިހެން ކިޔަންޏާ އަހަރެން ދެންއޮތް ބައި ނުވެސް ކިޔާދޭނަން އިނގޭ..” ޖެއްސުންކުރުމުގެ ރާގެއްގައި ޒާރާވެސް ބުނެލިއެވެ. ” އުނހު.. އުނހު.. ދެން ތިހެން ހަދާކަށް ނުވާނެއެއްނު.. އޭރަށް އަހަރެން ކިހާ ދެރަވާނެ.. ތިވާހަކަތައް ޖެހޭނެ ކޮންމެހެންވެސް އަހަންނަށް ކިޔާދޭން.. ” ދެރަވެފައިވާ ރާގެއްގައި ރިޔާ ބުނެލިއެވެ. ” ހެހެ.. ދެން ރިޔާވެސް ދޯ.. ” ރިޔާ އުޅޭގޮތުން ޒާރާއަށް އަނެއްކާވެސް ހެވުނެވެ. ” އޭ ދައްކަބަލަ […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ ބައްޕައަށް އަޅުގަނޑު ކިޔާ އެއްޗެއް އެބަ އެނގިލައްވާތޯ؟ ” އެކި ފަރާތް ފަރާތަށް ބަލަމުންދާ އިޔާޒް ފެނުމުން ޔަޒްދާން ހީީކުރީ އޭނާ ބުނި އެއްޗެއް އަޑު ނީވުނީކަމަށެވެ. ނޫނީ އަޑު ނާހަން އުޅެނީ ކަމަށެވެ. ” އޭނަ އެ އަހަނީ ސުވާލެކޭ .. އޭނައަށް ޖަވާބު ދީބަލަ.. ” ޒިލާލް ވަރަށް ބިރުވެރި ބަރު އަޑަކުން އެހެން ބުނެލިއެވެ. ” ކަލޭގެ ކަންތައް މާ މައްޗަށް ދެން ތިދަނީ .. ވަލީދޭން […]
ކުރީގެ އަދަދާއި ގުޅޭ: ” އަސްލުވެސްތަ.. އަހަރެންނަމަ ތިހެން ކެތެއް ނުކޮށްލެވޭނެ.. އެކަމަކު ނުބެހެންޏާ ރަނގަޅުތާ.. ދެން ބެހެން އުޅެފިއްޔާ އަހަރެން ގާތުގައިވެސް ބުނޭ.. ނިކަން ހިތްވަރެއްލާފައި އެގަޑީގައި ހަޅޭއްލަވައިގަނޭ.. އޭރަށް ދިޔާނާ ދައްތައަށްވެސް ހޭލެވޭނެއެއްނު.. އެރަކަށް ގައިމު ނުބެހެވޭނެ.. އޭރަށް ޒާރާ އިތުރު ކަމެއް ކުރާކަށްވެސް ނުޖެހޭނެ.. އޭރަަަށް އެއޮތީ ހެކިވެސް ލިބިފަ.. ” ހަދާނެގޮތެއް ރިޔާ ކިޔާދިނެވެ. ” މިހާރު އަހަންނަށް ތިކަން ކުރެވިދާނެ.. އެވަރަށް ހިތްވަރުވެސް ލިބިއްޖެ.. މިހާރު އަހަރެންވާ ދެރައަށްވުރެ ބޮޑަށް […]
ކުރީގެ އަދަދާއި ގުޅޭ : އެހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އެފް.ބީ މެސެންޖަރ އިން ވިއާމްއަށް އައިޑީ ކާޑުގެ ފޮޓޯ ފޮނުވިއެވެ. ވިއާމްވެސް އިނީ އޮންލައިންގައި ކަމުން ވަގުތުން ސީންވެސް އެރިއެވެ. ” އޯކޭ.. އެހެންވީމަ ބަލާފަ މާދަމާ އަހަރެން ގުޅާނަން.. އަސްލު ޗުއްޓީ ނަގައިގެން ހުރީމަކަންވެސް އިނގޭ.. އަހަރެން ގާތުގައި ތިބުނީ.. އެހެންނޫންނަމަ އަހަރެން ގާތުގައި ކަމަކު ނުވެސް ކިޔާނެދޯ.. ” ވިއާމް މެސެންޖަރގައި ބުނެލިއެވެ. ” ހުމްމް.. އަހަރެން މިހާރު މިހިރީ މަސްދުވަހުގެ ޗުއްޓީ […]
ކުރީގެ އަދަދާއި ގުޅޭ : ” ހަމަ އަސްލުވެސްތަ ބްރޯ.. އެހެންވީއިރު ތި އިޔާޒް ތީ ހާދަ ނުބައި މީހެކޭ.. ބްރޯ ހާސްނުވޭ.. އިތުރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. ” ހަގީގަތް އެނގުމުން މައުލޫމާތުތައް ސިއްރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިއާމް ދިނެވެ. ******************* ގެއަށް ވަދެގެން އައިއިރު ބަދިގެ ފަރާތުން ކޮންމެވެސް ބަޔަކު ވާހަކަދައްކާއަޑު ޔަޒްދާންއަށް އިވުނެވެ. އެހެންވެ ބަލާލާނަމޭ ހިތަށް އަރާފައި ޔަޒްދާން ބަދިގެފަރާތަށް ގޮސް ކުޑަކޮށް ބަލާލިއެވެ. ބަދިގެތެރޭގައި ޒާރާ […]
ކުރީގެ އަދަދާއި ގުޅޭ : އޭރު ނަމާދަށް ނުގޮސް އަހަންނަށް އިނދެވެނީ ވިސްނާށެވެ. ނަމާދަށް ދިއުމަށް އިސްކަމެއް އަހަންނަކަށް އޭރު ނުދެވެއެވެ. އަހަންނަށް ބައެއް ނަމާދުވެސް އެހެންގޮސް އެޅުނެވެ. ދުވަސްކޮޅެއްވާންދެން އަހަންނަށް އުޅެވުނީ ހަމަ އެހެންނެވެ. އެކަމާ ފަހުން އަހަރެން ވަރަށް ދެރަވިއެވެ. އެކަމާ ދެރަވެގެންގޮސް އަހަރެން ތައުބާވެސް ވީމެވެ. އަދި އޭގެ ފަހުން ނަމާދުތަކަށްވެސް އަހަރެން ވަރަށް ފަރުވާ ބަހައްޓަމެވެ. އަހަރެންގެ ހިތާމަތަކަށް ވުރެ ދީނަށް އިސްކަންދިނީމެވެ. ކުރީގައި ގްރޭޑް 9 ގައި އުޅުނު ދުވަސްވަރުގައި […]
ކުރީގެ އަދަދާއި ގުޅޭ: ހަލާލު ފިރިމީހާއަށް ނޫނީ އަހަރެންގެ ކިބައިން އެފަދަ އުފާތަކެއް އެއްވެސް މީހަކަށް ލިބިގަތުމުގެ ހުއްދައެއް ނޯންނާނެ ކަން އެނގުނު ދުވަހު އަހަރެން ހިތާމަކުރި މިންވަރެއްވެސް އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއްދުވަހަކު ބައްޕަ ސިޑިއަކުން ވެއްޓުނެވެ. ސިޑިން ވެއްޓިގެން ފައި ބިންދައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެހެންވީ ބައްޕަ މަސައްކަތްކުރަން އުޅުނު ރަށުގައި އުޅެނިކޮށެވެ. ފައިބިންދައިގެން ނުދިޔަ ކަމުގައި ވިއަސް ފަޔަށް އޮތީ ވަރަށް އަނިޔާވެފައެވެ. ބައްޕަ އެކަމާ ދެރަވެގެން އަހަރެންގެ ގާތުގައި އެވާހަކަދެއްކިއެވެ. […]