ކުރީގެ އަދަދާއި ގުޅޭ: އެހެންވިއަސް އަހަރެން އެވާހަކަތައް ރިޔާއަށް ކިޔައިދޭން މިހާރު ބޭނުމެވެ. އަހަރެންނަށް ލިބޭ މިއުނދަގޫތަކުން ކިރިޔާވެސް ލުޔެއް ލިބޭނީ މިވާހަކަތައް އަހަންނަށް މީހަކަށް ކިޔާދެވިގެންނެވެ. އެއާއި ޖެހިގެން އައި ދުވަހު ސްކޫލަށް އަހަރެން ދިޔައީ ވަރަށް ކަންބޮޑުވެފައި ހުރެގެންނެވެ. މިހާރު ރިޔާ ހިތަށް އަރާނީ ކީކޭކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ވިސްނެމުންދިޔައީ އެކަމާއެވެ. އެހެންނަމަވެސް ގަޑިޖެހިގެން ގޮސް ސްކޫލް ގޭޓް ބަންދުކުރިއިރުވެސް ރިޔާއެއް ކްލާހަކަށް ނާދެއެވެ. އަނެއްކާ ރިޔާ ސްކޫލަށް ނައީ ކީއްވެގެން ބާއޭ […]
ކުރީގެ އަދަދާއި ގުޅޭ: ރިޔާއާ އެކުވެރިވެފައި އަހަރެން ރިޔާއަށް އާހިލްގެ ވާހަކަ ކިޔާދިނީމެވެ. ކުރީގައިވެސް ރިޔާއަކީ އަހަރެންގެ ރައްޓެއްސެކެވެ. އެހެންނަމަވެސް އޭރު އަހަރެންނާ ރިޔާއާ އެހާ ގާތް ގުޅުމެއް ނޯވެއެވެ. އޭރު އަހަރެން ބޮޑަށް ގާތްވާނީ ޝީނާއާއެވެ. އަހަރެންނަށް ލިބޭ ހަމައެކަނި އުފަލަކީވެސް އާހިލްއާ ރިޔާއާ ވާހަކަދައްކާލެވުމުން އެލިބޭ އުފަލެވެ. އަހަރެން ބޭނުންވީ ވީހާވެސް ގިނައިން އެމީހުންނާ ވާހަކަދައްކާށެވެ. އެހެން ވިސްނުންތަކުން އަހަރެންގެ ސިކުނޑި ސަލާމަތްކުރާށެވެ. އެހެންނަމަވެސް ބައްޕަ އައިސް ރަށުގައި މަޑުކުރާ ދުވަސްތަކަކީ އަހަންނަށް ބިރުވެރި […]
ކުރީގެ އަދަދާއި ގުޅޭ : ” ދަރިފުޅާ ތިހެން ބުނާކަށް ނުވާނެ.. މައިންބަފައިންނަށް ދުވަހަކުވެސް ދަރިން ބޮޑެއްޗެއް ނުވާނެ.. މަންމައާ ބައްޕަގެވެސް ތިހިރީ ދަރިފުޅު އެކަނި.. އެހެންވީމާ ބައްޕަވެސް ދަރިފުޅު ދެކެ ލޯބިވާނެއެއްނު.. އަނެއްކާ ބައްޕަ އިންދާ ތިވާހަކަ ނުދައްކައްޗޭ.. އޭރަށް ބައްޕަ ދެރަވެދާނެ.. ދަރިފުޅާ އެކީ ބައްޕަ ވަގުތު ހޭދަކުރަންޏާ ދަރިފުޅު ވާންޖެހޭނީ އުފަލެއްނު.. ބައްޕައިންވެސް ޖެހޭނެއޭ ދަރިންނާއެކީ ވަގުތު ހޭދަކުރަން.. ” މަންމަ ހިނިތުންވެލާފައި އެހެންބުނުމުން އަހަންނަށްވެސް ފޭކްކޮށް ހީލެވުނެވެ. މަންމަ ދިން ޖަވާބުން […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ އިހްސާސްތައް ގުޅިފައިވަނީ ޒާރާގެ ދިރިއުޅުމުގެ ވާހަކަތަކާ.. އަހަންނަށް ޒާރާއަށް ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ދެވޭން އަންނަނީ ޒާރާ އަހަރެންގެ މީހަކަށް ހަދައިގެން.. ވީހާވެސް އަވަހަށް އަހަރެން އެކަން ކުރަން ބޭނުން.. ދެން ޒާރާ އިތުރު ހިތާމައެއް ތަހައްމަލް ކުރާކަށް އަހަރެން ބޭނުމެއް ނޫން.. ޒާރާ އެއުޅެނީ ކިހާ ހިތްދަތި ދިރިއުޅުމެއް.. ދެން އިތުރަށް އަހަންނަކަށް ކެތެއް ނުވާނެ.. ” ޑައިރީގައިވާ ޒާރާގެ ދިރިއުޅުމުގެ ވާހަކަތައް ފިލްމެއްގެ މަންޒަރުތަކެއްހެން ޔަޒްދާންގެ ލޮލަށް […]
ކުރީގެ އަދަދާއި ގުޅޭ : އެހެންނަމަވެސް ހިތާމައަކީ ޒާރާގެ ޑައިރީގައި ދާންގެ އެއްވެސް ވާހަކައެއް އައިސްފައި ނެތްކަމެވެ. އެވާހަކަތައް ޑައިރީގައި އޮތްނަމަ ޔަޒްދާން ކިހާ އުފާވީސް ހެއްޔެވެ. އެހެންނަމަވެސް ޒާރާއާ ދިމާވި ފިރިހެންކުދިންގެ ތެރެއިން އެންމެ ފަހު ވާހަކައަކަށް އޮތީ ރިޝްވާންގެ ވާހަކައެވެ. އެހެންވެ، ޒާރާ ދާންދެކެ ލޯބިވާ މިންވަރާއި، ލޯބީގެ އިހްސާސްތަކާއި، ލޯބީގައި ޖެހިގެން ޒާރާ އުޅުނުގޮތުގެ ވާހަކަތައް ދެން ދުވަހަކުވެސް ޔަޒްދާންއަކަށް ނޭނގެނެއެވެ. އެއީ އެކަންވުމަށް ތަގްދީރުގައި ލިޔެވިފައިވާ ގޮތް ކަމުގައި ވާތީއެވެ. ******************** […]
ކުރީގެ އަދަދާއި ގުޅޭ: ” ދެން ކުރިއަށްހުރި ސެޝަންތަކަށްވެސް އަންނައްޗޭ.. ކޮންނަމެއް ކިޔަނީ؟ ” ޔަޒްދާންއަށް އަހައިލެވުނެވެ. ” ޒާރާ. ” ނަންބުނެފައި އަވަސްއަވަހަށް ޒާރާ އެތަނުން ބޭރަށް ނުކުތެވެ. ” ޒާރާ.. ނަންވެސް ރީތި.. ނަމާ އެއްވަރަށް ޒާރާވެސް އެހާ ރީތި.. ” ޒާރާ ބޭރަށް ނުކުމެގެން ދާތަން ބަލަންހުރި ޔަޒްދާންއަށް ހިތާހިތުން ކިޔާލެވުނެވެ. ޔަޒްދާންހުރީ ކުރިއަށް އޮތް ސެޝަންތަކުގައި ޒާރާއާ އަދިވެސް ބައްދަލުވާނެކަމުގެ ފޮނިއުންމީދުގައެވެ. އެދުވަހުގެ ފަހުން ސެޝަންތަކުން ޒާރާ ފެނޭތޯ ކިތަންމެ ވަރަކަށް […]
ޒިލާލްހުރީ ޔަޒްދާންގެ ކިބައިން ޒާރާ ސަލާމަތްކުރުމަށް ވަރަށް ތައްޔާރުވެގެންނެވެ. ޒާރާގެ ގައިން ދޫކޮށްލުމަށް، ޔަޒްދާންއަށް، އޭތި ދިނީ މަދު ވަގުތުކޮޅެކެވެ. ނޭނގިނަމަވެސް، އެވަގުތުކޮޅުގެ ތެރޭގައި އަތް ދޫކޮށްލެވުންކަން އެއީ ޔަޒްދާންގެ ހެޔޮ ނަސީބެވެ. އެހެންނޫންނަމަ، ޔަޒްދާންގެ ހަށިގަނޑާއި ފުރާނައަށްވެސް ވަރަށް ނުރައްކާވީހެވެ. *********************** ” ޒާރާއަށް ކާކުކަންވެސް ނޭނގުނު ދޯ.. ދާންއޭ މީ.. އެކަމަކު ޒާރާދެން ތިދަނީ.. ކުރާނެކަމެއް ނެތް.. ” ޒާރާ ނުކުމެގެންދާތީ މާޔޫސްވެފައިހުރި ޔަޒްދާންއަށް އެހެން ބުނެލެވުނެވެ. ޔަޒްދާންއަށް ބުނެވުން ބަސްތައްވެގެން ދިޔައީ ދޮރުން […]
ކުރީގެ އަދަދާއި ގުޅޭ: ” ދެން ބަލާނީދޯ.. އަހަރެންވެސް ބޭނުން ބޭބީ ބަލާލަން ދާން.. ކޮންމަހެއްގައި ވިހަނީ؟ ” ޒާރާވެސް މިފަހަރު ދާންބޭނުންވިއެވެ. ” ޖެނުއަރީ 20 ގައި. ” އެމަހާއި ދުވަސް ރިޔާ ޒާރާއަށް ބުނެދިނެވެ. “އަޅޭ.. އެހެންތަ؟ ވަރަށް ދެރަކޮށް އެދިމާވީ.. ޓިއުޝަން ކިލާހުގައި ދެއާންޓީއިން ޖެނުއަރީގައި ޗުއްޓީ ނަގާނެ.. އަހަރެން އިންނާނީ ޑިސެމްބަރ ޗުއްޓީއަށްލާފަ. އެކަމަކު ތިންދުވަސް ނޫނީ ހަތަރު ދުވަހަށް ދެވިދާނެ ކަންނޭނގެ.. ކުޑަ ލީވްއެއް ނަގައިގެން.. ” ޒާރާ ވިސްނާލާފައި […]
ކުރީގެ އަދަދާއި ގުޅޭ: ” ޔެސް.. އޮފް ކޯޒް.. ވީއަރ ފްރެންޑްސް ނައު.. ” އެހެންބުނެފައި ޔަޒްދާންއަށް ބަލާލާފައި ޒާރާ ހިނިތުންވެލިއެވެ. އެހިނދު ޔަޒްދާން އެމޫނަށް ބަލައިލުމުން ފެނުނީ ހިތްހެޔޮކަމެވެ. ޒާރާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ފުންނޭވައެއްލަމުން ޔަޒްދާން އެކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ޒާރާ ގަޑިބަލާލިއެވެ. ގަޑިން 1:35 ވީއެވެ. މެންދުރުގެ ކެއުން ތައްޔާރުކޮށްގެން ހުރި ވަފިއްޔާއަށް ލަސްވެދާނެއޭ ހިތާ ޒާރާވެސް ބަދިގެ ފަރާތަށް ހިނގައިގަތެވެ. ޒާރާއަށް ދެވުނުއިރު ޔަޒްދާން ތައްޓަކަށް ބަތް އަޅައިގެން […]