ކުރީގެ އަދަދާއި ގުޅޭ : ” އާހިލް ތިހެން އުޅެންޏާ، އަހަރެން ބުނަން ބޭނުންވާ އެންމެ ބޮޑު ވާހަކަ ދެން ކިހިނެއް އާހިލްއަށް ކިޔައިދޭނީ ..؟ ” ވެފައިވާ ދެރައިން ޒާރާގެ ހިތުގައި އުފެދުނީ ޝަކުވާއެކެވެ. ” އާހިލްއަށް އަދިވެސް ގަބޫލެއް ނުކުރެވޭތަ؟ ” އޭގެ އަނެއްދުވަހު އޮންލައިން ވެފައި ޒާރާ، އާހިލްގާތުގައި އަހާލިއެވެ. ” އާނ .. ނުކުރެވޭ .. ކިހިނެއް އަހަރެން ގަބޫލް ކުރާނީ .. އެވާހަކަ ބުނީ އަހަރެން އެމީހަކަށް އިތުބާރުކުރާ މީހެއްވިއްޔަ […]
ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. މިނިވަންދުވަހު، ރަށުގެ ކުދިބޮޑު އެންމެން، ކުޅިވަރު ކުޅޭ ސަރަހައްދަށް އެއްވަމުންދާ ހަވީރުގެ ވަގުތުގައި، ދެލޯބިވެރިން ބައްދަލުކުރުމަށް ހަމަޖެހިފައި އޮތީ މީހުން އެންމެ މަދު، ގަސްތައް ގިނަ ހިސާބުންނެވެ. ގަސްތަކުގެ ތެރޭގައި ހުރި އާހިލް ހުރީ އޭނާގެ ލޯބިވެރިޔާ ޒާރާގެ އިންތިޒާރުގައެވެ. ޒާރާއާ ބައްދަލުކޮށްނުލެވޭތާ ހަފްތާ އެއްވެފައިވުމުން، އާހިލްގެ ކެތްތެރިކަންވެސް ހުރީ ކޮޅުންލުމާއި ގާތްވެފައެވެ. އާހިލްގެ މި އިންތިޒާރަށް ނިމުމެއް އައީ ތަންކޮޅެއް ދުރުން ޒާރާ ހިނގާފައި އަންނަތަން ފެންނަން ފެށުމުންނެވެ. ޒާރާއަކީ […]
ކުރީދުވަހަކު، އަޅުގަނޑުގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. ރަހުމަތްތެރިޔާ ފުރަތަމަ ފެނިފައި، އަޅުގަނޑު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. 4 ވަރަކަށް އަހަރު ވަންދެން ބުރުގާ އަޅައި، ނިވާކޮށްގެން އުޅުނު އަޅުގަނޑުގެ ރަހުމަތްތެރިޔާ ހުރީ ބުރުގާ ނަގައިގެންނެވެ. އަތްކުރު ޓޮޕަކާއި ޖީންސެއް ލައިގެން ރަހުމަތްތެރިޔާ ހުރިއިރު، އިސްތަށިގަނޑުވެސް އޮތީ ޒަމާނީ ގޮތަކަށް ސްޓައިލްކޮށްލާފައެވެ. ހަމައެކަނި އަޅުގަނޑުގެ ރަހުމަތްތެރިޔާ އެކަންޏެއްވެސް ނޫނެވެ. މިއީ މިއަދު އެތައް ކުއްޖެއްގެ ހާލަތެވެ. މިހާރު މިއީ ރާއްޖޭގައި ހަމަ އާންމު ކަމެކެވެ. ބައެއް ކުދިން އަޅުގަނޑު […]