އިކްރާމް އޭނާގެ މަސައްކަތް ހުއްޓުމެއްނެތި މިއަދުވެސް ކުރިޔަށް އެބަ ގެންދެއެވެ. ބަލި ޤަބޫލުކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި މިކްޔާ ވީކަމުގައި ވިޔަސް އޭނާ ހޯދާނެއެވެ. އެދުވަހަކުން މިކްޔާގެ ފުރާނަވެސް ބިރުން ރޫރު އަޅާވަރު ކޮށްލާނެއެވެ. މިހާރު އިކްރާމްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ މިކްޔާ ގެންދިޔައީ ކާކުބާއެވެ؟ *** ރިމޯޓަކުން ހުޅުވާލެވުނު ދަގަނޑު ގޭޓުން އެތެރެއަށް ވަދެވުމާއިއެކު ފެންނަނީ ތަފާތު އެކި ވައްތަރުގެ މާމެލާމެއްޔާއި ފެހިކަންގަދަ ގަސްތަކެވެ. ރީތި ޑިޒައިނަކަށް އެތުރިފައިވާ […]
މިކްޔާ ސިއްރުން ދެކުދިން ގޮވައިގެން ގެއިން ނިކުތް މަންޒަރު ބެލްކަނީގައި ހުރި ޝަމާން އަށް ފެނުމާއިއެކު މިކްޔާގެ ނަމުން ވަރަށް ބާރަށް ގޮވާލިއެވެ. އޭނާ އެހުރީ މިރޭ ހަޤީގަތް ހޯދުމަށް އަތުކުރި އޮޅާލައިގެންނެވެ. މިކްޔާ ކޮންމެވެސް ކަމެއް ސިއްރު ކުރާހެން ޝަމާން އަށް ޝައްކުވުމާއެކު އޭނާ ބޮޑުދައިތަމެންނަށް ގުޅައިގެން އެހުރީ އެމީހުންގެ އިންތިޒާރުގައި އެވެ. މިކްޔާ އަށް ޝަމާން ގޮވާލުމާއިއެކު ދެކުދިން އަތުގައި ހިފައިގެން ދުއްވައިގަނެއްޖެއެވެ. އެވަގުތު ކުރިމަތީ އޮތް މަގުން ބާރު ދުވެލީގައި ނިކުތް ލޮރީއެއްގައި […]
އިކްރާމް ހިންގަމުން އަންނަ 2ރިޒޯޓުގެ އިސްވެރިންނާ ބައްދަލު ކުރުމަށް މީޓިންއަށް ތައްޔާރުވުމަށް އޮފީހުގައި ވަރަށް ބުރަކޮށް އުޅެނިކޮށް އޭނާގެ ފޯނު ރިންގް ވިއެވެ. އެކޮޅުން ގުޅަނީ ޝާންތީ ކަން އެނގުމުން ވަގުތުން ފޯނަށްޖަވާބު ދިނެވެ. ޝާންތިގެފަރާތުން ލިބުނު ޚަބަރަކުން އިކްރާމްގެ ހިތުގެ ހިނގުންވެސް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. އިކްރާމް ހުރިހާ މީޓިންއެއް ކެންސަލްކޮށްފައި ވަގުތުން ފުރައިގެންގެން ލަންކާ އަށް ދިޔައީ އާލިމާ ކައިރީގައި ރިޒޯޓަށް ދާކަމަށް ބުނެފައިއެވެ. އިކްރާމް ދެކޭގޮތުގައި މިވަގުތު މިކްޔާ އަށް އެންމެ ބޭނުންވާނީ އޭނާގެ […]
ކުޑަ ދޮރުން ބޭރު ބަލަން އިން މިޔްޔާގެ މޫނުމަތި ވަނީ މިލާ މޯޅިވެފައެވެ. ކުޑަ ހިނދުކޮޅަކަށް ލިބުނު ލޯބި ހިތުގައި ބިންވަޅުނެގިފައިވަނީ ވަރަށްވެސް ފުންކޮށެވެ. ޝަމާން އާއި ހޭދަ ކުރެވުނު އެ މަދު ވަގުތު ކޮޅަކީ މިކްޔާގެ ހަޔާތުގެ އެންމެ އުފާވެރި ވަގުތު ކޮޅެވެ. އެލޯތްބައްޓަކައި މިކްޔާ ވަނީ އެތައް އިންތިޒާރެއް ކޮށްފައިއެވެ. ނަމަވެސް މިއަދު އޭނާ އެކޭ މަންޒިލެއްނެތް މުސާފިރެކޭ ތަފާތެއް ނެތެވެ. އޭނާވެސް ދަތުރު ކުރަމުން އެދަނީ ދާނެ މަންޒިލެއް ނެތިއެވެ. ދުނިޔެ އޭނާ […]
މިކްޔާ ޝަމާންގެ ކޮލުގައި ބޮސްދިނުމަށްފަހު ރޭގަނޑުގެ ވަދާއީ ސަލާމް ކުރިއެވެ. ޝަމާންވެސް ހިނިތުންވެލުމަށް ފަހު މިކްޔާގެ ކޮލުގައި މަޑު މަޑުން ހިފާލުމަށްފަހު ދޮރުލެއްޕުމަށް އެދުނެވެ. ޝަމާން އެނބުރި ދިޔުމަށް ހިނގައިގަތް ވަގުތު އެގޭ ދޮރު ހުޅުވާލުމަށްފަހު ޝަކީލާ ބޯދިއްކޮށްލިއެވެ. އަވަސް ހަރަކާތަކާއެކު ޝަމާން އެތާހުރި ގަހެއްގެ ބިއްދަށަށް ވަދެ ނިވާވެލިއެވެ. އެވަގުތު އެތަނަށް ވެރިވެފައި އޮތް އަނދިރި ކަމުގެ ސަބަބުން ޝަކީލާ އަށް ޝަމާން ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ދޮރުލެއްޕުމަށް ފަހު ތަޅުލިއެވެ. ” ނަސީބެއް..ކިރިޔާ […]
ކުއްލިއަކަށް މިކްޔާ ތެޅިގަތެވެ. އެވަރަށް ނުވިސްނާ ހުރުމުގެ ސަބަބުން އާރިފްގެ އަތުން މިކްޔާ ވީއްލިގެން ނިޒްމާ އާއި ދިމާއަށް ދުއްވައިގަތެވެ. ހަމަ އެވަގުތު އާރިފް އެއްލި އަތުން މިކްޔާގެ ބުރުގަލުގައި ހިފުމާއެކު ބުރުގާ ބޮލާ ވަކިވިއެވެ. އާރިފް މިކްޔާގެ މެދުހަށީގައި ހިފާފާ ގެންގޮސް ފާރުގައި ތަތްކޮށްލިއެވެ. އަދި މިކްޔާގެ މޫނުގަޔާއި ކަނދުރާގައި ބޮސްދޭން ފެއްޓިއެވެ. އެވަގުތު އޭނާ އަށް މިކްޔާ ލައިގެން ހުރި ހެދުމުގެ ކުރިމަތީގައި އިން ޒިބް ފެނިފަ ތިރިއަށް ދަމާލުމާއެކު މިކްޔާގެ މޭމަތިން ބޮޑު […]
ހިތް ފުރޭވަރު ވުމުން ކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު އެތާހުރި ފިހިގަނޑު ފެނިފަ އަތައް ހެޔޮވަރުކޮށްލާފައި މިކްޔާ އާއި ދިމާއަށް އެނބުރުނެވެ. އަދި އަތުގައި ހުރި ބާރެއްލާފަ މިކްޔާގެ ފައިމަތީގައި ފިހިގަނޑުން ޖެހިއެވެ. އެވަގުތު މިކްޔާގެ އަނގައިން މަޑު އާހެއް ނިކުތެވެ. އަދި އެސްފިޔަތައް ފޫއްދުވާލައިފައި ކަރުނައިގެ ރޮނގެއް ފޭބިއެވެ. ” މީގެ ފަހުން މިގެއިން ނިކުމެވޭނީ އަހަރެންގެ ބުނީމަ އެކަނި…އަދި ބުނަން ތި ވަޒީފާ އަކަށްވެސް ދެން ނުދެވޭނެ…އަހަރެން މި ބުނިގޮތައް ކަންތައް ނުކޮށްފިއްޔާ ތި […]
ދެހިތުގެ ހިނގުންވެސް ވަނީ އަވަސް ވެފައެވެ. މިކްޔާގެ އަތްފައި ފިނިވަމުންދަނީ ޝަމާން އާއި އެހާ ކައިރީ ގައި ހުންނަން ޖެހުމުންނެވެ. އޭނާ ދެންމެ އެ ދެއްކި ވާހަކަ ތައް ޝަމާން އަށް އަޑު އިވުނުކަން އެނގުމުން ލަދުންގޮސް ލޯމަރާލިއެވެ. ހަމަހިމޭން ކަމުގެ ވަގުތުކޮޅަކަށް ފަހު ޝަމާން މަޑުމަޑުން މިކްޔާގެ އުނަގަނޑުން އަތް ނެގުމަށްފަހު ކޮނޑުގަ ހިފާފަ އޭނަ އާއި ވީ ފަރާތައް އަނބުރާލިއެވެ. އޭރުވެސް މިކްޔާ ހުރީ ލޯމަރާލައިގެންނެވެ. ޝަމާން އަށް މިކްޔާ ހުރި ގޮތުން ހިނި […]
“ކީއްވެތަ ތި ފޯނު ނިއްވާލީ؟” ޝަކީލާ އޭނަގެ ޒީލަގަދަ އަޑުން ސުވާލުކޮށްލީ ދެބުމަ ގޮށް ޖަހާލަމުންނެވެ. މިކްޔާ ހުރީ މަންމަ ކުރި ސުވާލުން ހައިރާންވެ ދެލޯ ބޮޑުވެފައެވެ. “މަންމަ އަށް ކިހިނެއް އެނގުނީ އަޅުގަނޑު ފޯނު ނިއްވާލިކަން؟” މިކްޔާގެ ސުވާލުން ޝަކީލާ އަށް ކުރެވުނު ކަންތައް ރޭކާލުމާ އެކު މޫނު މައްޗަށް ހަމަ ޖެހުމުގެ ކުލަވަރު ގެންނަން މަސައްްކަތް ކުރި އެވެ. އޭރު މިކްޔާ ހުރީ އޭނާގެ މަންމަގެ މޫނު މަތިން ފެންނަމުންދާ ހާސް ކަމުގެ ސަބަބުން […]