އައުފް އޭނާގެ ހިތުގެ އެދުމަށް އިޖާބަދިނީ މިކްޔާގެ ފަރާތުން ލިބުނު ޖަވާބުންނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅުގެ ފޮނި މީރުކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތީ ދެހިތެއް އެކަމަށް އެދި ގޮވަމުންދާ ހާލުގައެވެ. މިކްޔާގެ ހިތުގައިވެސް އައުފަށް ޖާގައެއް ދެވިފައިވާކަން އެވަގުތު ޔަޤީންވިއެވެ. ނަމަވެސް ޝަމާން މަތިން ހަނދާންވުމާއިއެކު އައުފަށް މިކްޔާއާއި ދުރަށް ޖެހިލެވުނެވެ. އެވަގުތު އެމޫނުމަތިން ފެނުނު މާޔޫސްކަން މިކްޔާއަށް ސިއްރު ނުކުރެވުނެވެ. މިކްޔާހަށިގަނޑު ދެތުކޮށްލަމުން ހެޑްބޯޑްގައި ލެނގިލިއެވެ. އޭރު އައުފް އިނީ އެނދުގައި މިކްޔާ އަށް […]
“އައި ކާންޓް މެރީ ޔޫ…” ތުރުތުރުލަމުން ދިޔަ އަޑަކުން މިކްޔާއަށް އެހެން ބުނެވުނީ ނުހަނު އުނދަގުލުންނެވެ. އެވަގުތު ޝަމާންގެ އަތް މިކްޔާގެ އަތުން ދޫވި ކަމުގެ އިހުސާސްވުމާއެކު އިސްއުފުލާ މިކްޔާ ބަލާލިއެވެ. އެދެމީހުންގެ ފަހަތުގައި އެކޮޓަރީގައި ހުރި ސީމާގެ އަތުގައި ހުރި ފައިލްތައްވެސް ބިންމައްޗައް ވެރުނީ ހަމަ އެވަގުތުއެވެ. މިކްޔާއާއި ޝާމާން އަށް އެކުއެކީ ސީމާއާއި ދިމާއަށް ބަލާލެވުނެވެ. ސީމާ ހުރީ ހަދާނެގޮތެއް ނޭނގިފައި އެދެމީހުންނާ ދިމާއަށް ބަލހައްޓާއިގެންނެވެ. ދާދި ދެންމެ މިކްޔާބުނި އެއްޗަކުން ހައިރާންވީނަމަވެސް ސީމާގެ […]
ނިއުޅެމުންދާ ލޯބީގެ ވާހަކަތަކުގެ ބާބަށް އާސަފުހާއެއް އިތުރުވެގެން ހިނގައްޖެ ކަން ސޮފިއްޔާއަށް ވިސްނުނީ ކަރުނަ ފޮހެމުން ނިކުމެގެން ދިޔަ ސީމާ ފެނިއެވެ. ސީމާގެ ނަޒަރު ސީދާވެފައިވީ ދިމާއަށް ސޮފިއްޔާ ބަލާލިހިނދު އެހިތުގައިވި ސުވާލުފައްޗައް ބޮޅެއް އިތުރުވުން ނޫން ގޮތެއް ނުވިއެވެ. މިކަމުގައި އަވަސް ފިޔަވަޅެއް ނާޅައިފިނަމަ އޭގެ ނަތީޖާ ވަރަށް ހިތިވާނެކަމުގެ ސިގުނަލްތައް ސޮފިއްޔާއަށް ފެންނަމުންދިޔައެވެ. ** “މިކީ…ކިހިނެއްވެފައިތަ ތިހުރީ؟ އުފަލެއްނުވޭތަ އަހަރެމެންގެ ލޯބި ކައިވެންޏާ ހަމައަށް ދިޔައީމަ..މިއީ އެއްދުވަސްވަރެއްގައި އަހަރެމެން ދެކުނު ހުވަފެނެއް މިއަދު ހަޤީގަތަކަށް […]
” މިކްޔާ! މާދަމާ ޝަމާންގެ ފަރާތުން އަންނާނެ ރަންކިޔަން…ނެކްސްޓް ވީކްގަ އޮންނާނެ ވެޑިން…ސޯ ބީ ރެޑީ ފޯ އިޓް…މޯމް މެންނަށްވެސް އިނގޭ ތި ދެމީހުންގެ ލަވް ސްޓޯރީ…ސޯ ނޮ ވޮރީސް އެޓް އެބައުޓް ދެމް..” ހަށިގަނޑު ތެދުކޮށްލަމުން އެއްވެސް އަސަރެއް ނެތި އައުފް އިއްވާލި ބަސްތަކުން މިކްޔާ ހައިރާންވީވަރުން އަނގަހުޅުވިގެން ދިޔައެވެ. ސިކުނޑިތެރޭގައި ބޮޑު ހައިޖާނެއް އުފެދި ކިޔާނެ ބަހެއް ނޭނގިފައި އައުފާއި ދިމާއަށް ބަލާލެވުނީ ދެލޯ ބޮޑުކޮށްލަމުންނެވެ. ” އުފާވެރި ކައިވެންޏަކަށް އެދެން..” މިކްޔާ އާއި […]
އެތައް އިރަކު ފެންމާގަނޑު ދަށުގައި ހުރުމަށްފަހު ފެންވަރާ ތާޒާ ވެލައިގެން ޒީޝާވެސް ބެރަށް ނިކުމެލިއެވެ. ރެސްޓޯރެންޓުން ކައިގެން ޒީޝާ ބޭނުންވީ ބީޗްގައި މަދުކޮށްލުމަށެވެ. މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ ޒީޝާގެ ކުރިމައްޗައް އެރި މީހަކު ފެނިފައި ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ޒީޝާގެ ކުރިމަތިންކަހަލަ ގޮތަކަށް މައިކަލް ދިޔައީ މިހަކާ ވާހަކަދައްކަމުންނެވެ. ޒީޝާ އަވަސް އަވަހާ އެތާހުރި ގަސްގަނޑެއް ފަހަތައް ވަދެ ނިވާވެލީ މައިކަލް ފަސް އެނބުރި ބަލާލުމުންނެވެ. “ނަސީބެއް ހަމަ ކިރިޔާ އެސަލާމަތްވީ..” މެއާ ދިމާއިން […]
“ކޮބާ އެމީހުން..ނާދޭތަ އަދިވެސް..؟” ޝަމާންގެ ހިތް ބޭޣަރާރުވަމުން ދިޔައީ އެހިތުގެ ރާނީ ދެކިލުމަށެވެ. ހަމައެވަގުތު ލޯންޗް ތެރެއަށް ވަތް ސޫރަ ފެނުމާއެކު ޝާމާންއަށް ކަޅިޖަހާނުލާ ބަލަން އިނދެވުނެވެ. ސިމާ ދައްކަމުން ދިޔަ ވާހަކަ ޝަމާން އަށް އަޑެއް ނީވެއެވެ. ވަށައިގެން ތިބި މީހުންވެސް ނުފެނެވެ. ފެންނަނީ މިކްޔާ އެކަންޏެވެ. ވަށައިގެންވި މާހައުލުވެސް ހުއްޓިފައި ވަނީ ޝަމާން އަށް ވަގުތު ދިނުމަށެވެ. ޝަމާން އަށް ބޭއިޙްތިޔާރުގައި ކޮޅަށް ތެދުވުނެވެ. “ކޮންތާކަށް ތި ދަނީ؟ މިހާރު ލޯންޗް ނައްޓާލަނީއޭ..”ޝަމާންގެ އަތުގައި […]
“ހެލޯ” ދެމީހުންނަށް އެއްފަހަރާ ބުނެވުނެވެ. އެކޮޅުން އެއިވުނު އަޑަކީ މިކްޔާއަށް އާ އަޑެއް ނޫނެވެ. އެއީ އޭނާ ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭ މީހެކެވެ. ” މިކް…ތީ ހަމަ މިކްތަ؟ ޕްލީޒް ވާހަކަ ދައްކަބަލަ..އައި އޭމް ސޮރީ އަބައުޓް ދެޓް ނައިޓް..މިކް..މިކް..” މިކްޔާ ކުއްލިއަކަށް ފޯނު ކަނޑާލީ އައުފް އަންނަތަންފެނިއެވެ. އަވަސް އަވަހާ ފޯނު މޭޒުމަތީގައި ބާއްވަމުން މިކްޔާ ސިއްރު ސިއްރުން ކަރުނަތައް ފޮހެލިއެވެ. ” މާރިޔާއްތަ ނިދާފަ އޮތީ… ދެން މާ….” އައުފްގެ ޖުމްލަ މެދުކެނޑުނީ […]
** ލޭބަރ ރޫމް ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ފިރިހެނެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. މިއަދުމީ އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. ލޯބިވާ އަނބިމީހާ އާއި ލިބެން އެއުޅޭ ދަރިފުޅަށްޓަކައި ދުޢާކުރާ ހާލު އެކަލާނގެ އަށް ވަކީލުކޮށްލައިގެން އެހުންނަނީ ހުރިހާކަމެއް ރަނގަޅުވާނެ ކަމަށެވެ. ލޭބަރ ރޫމް ދޮރު ހުޅުވާފައި ނިކުތް ނަރުސް ކުއްޖާގެ އަތުގައި ޕިންކު ކުލައިގެ މަޑުރަޖާގަޑެއްގެ ތެރޭ އޮތް ލޯބި ފުށްގަނޑު ފެނުމާއެކު ދެލޮލުން ފައިބަގަތީ އުފާވެރިކަމުގެ ކަރުނައެވެ. […]
“އިނަފް! ޔޫ ކާންޓް މެރީ ހިމް ކޯޒް ހީ އިޒް މައި ސަން..އެން ޔޫ އާރ މައި ޑޯޓަރ.. ޑޭމް އިޓް!” މައިކްލްގެ އަޑު މުޅި ގޭތެރޭގައި ގުގުމައިގެން ދިޔައީ ތަނބުތަކުވެސް ރެނދުލާހާ ބާރަށެވެ. ހަމަ އެވަގުތު އެއްޗެއް ތެޅުނު އަޑުފަށްގަނޑު އިވުމާއެކު ހުރިހާ އެންމެންގެ ނަޒަރު އަމާޒުވީ ދޮރާދިމާއަށެވެ. ދޮރުމަތީގައި ހުރި މާރިޔާ އަށް އިވުނު ބަސްތަކުން ސިހުންލިބިފައިވިއެވެ. ޒީޝާ މާރިޔާ އާއި ދިމާއަށް ބަލާލީ ބިރެއް ފެނިގެން ކަހަލަ ގޮތަކަށެވެ. އިސްދަށަށް ޖަހައިލަމުން މާރިޔާ […]