ގޭތެރަށް ވަދެގެން އައި ހައްވަ އަށް މިކްޔާ ހުރިގޮތް ފެނިފަ ހިނިތުން ވެވުނެވެ. މިކްޔާ އަކީ ޝަމާންގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެންމެ އެކަށޭނެ ކުއްޖާ އެވެ. މިކްޔާގެ އެހުންނަ މަޑުމއިތިރި ކަމާހިތްތިރިކަމުގެ ސަބަބުން ހައްވަ އޭނަދެކެ ލޯބިވަނީ އަމިއްލަ ދަރިޔަކު ފަދައިންނެވެ. މިކްޔާ ކައިރިއަށް ޖެހިލަމުން ހައްވަ ކަރުކެހިލި އެވެ. މިއަޑަށް ސިއްސައިގެން ގޮސް މިކްޔާ އަށް ތެޅިގަނެވުނެވެ. އަދިކުރިމަތީގައި ހުރި ހައްވަ ފެނިފަ ލަދުން އިސްޖަހާލެވުނީ އޭނާ އަށް ހުރެވުނު ގޮތް ހިތައް އެރުމުންނެވެ. […]
ޝަމާންގެ ހިތުގައި ވަނީ ބޮޑުހައިޖާނެއް އުފެދިފައެވެ.ރަހުމަތްތެރިންތަކަކާ ކުރެވުނު ބެޓެއްގެ ސަބަބުން އޭނަ މިހާރު ސިކުނޑި ސުމަކަށް ދާ ވަރު ވެއްޖެެއެވެ. ނޭނގުމެއްގެ ތެރޭގައި އޭނާ އަށް ވަނީ މިކްޔާގެ ރީތިކަމަށް ހިތް ލެނބިފައެވެ. މިކްޔާ ދެކެ އިންތިހާއަށް ލޯބި ވެވިފައިވީނަމަވެސް އެކަން އެއްވެސް މީހަކަށް އަންގާކަށް ބޭނުމެއް ނޫނެވެ. އޭނާ އަށް މިކްޔާ އެންމެ ފުރަތަމަ ފެނުނީވެސް 2މަސް ދުވަސް ކުރިންނެވެ. އެދުވަހަކީ އޭނާ މާލޭގައި ކިޔެވުން ނިންމާލުމަށްފަހު ޗުއްޓީ އަށް ރަށަށް އައި ދުވަހެވެ. ******** […]
އަހަރެންގެ ހަޔާތަކީ ދިރުނބާއެއް ނެތް އޮޑިއެކޭ އެއްވެސް ތަފާތެއް ނެއް އެއްޗެކެވެ. ދިރިއުޅުމުގެ މައިދާނުގައި ހަނގުރާމަ ކުރީ ސަލާމަތްވާނެ ކަމުގެ ފޮނިއުއްމީދުގައެވެ. އެހެނަސް ތަޤްދީރު އަހަރެންނަށް ކެހި ދިނީ ހީވެސް ނުކުރާހާ ހިތި ގޮތަކަށެވެ. އަހަރެންނަ އައުފް ދިމާވީ ދުނިޔެ އަހަރެން ބާކި ކޮށްލި ވަގުތުގައެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 24 އަހަރެވެ. ******************************************************************************* “އޭމަންޖޭ ބުނެބަލާ..ލަދުން ނުހުރެ އައިސްބަލާ..ނަން ބުނެބަލާ” އެ އިވުނު އަޑަކީ އަހަރެންނަށް އާ އަޑެއް ނޫނެވެ. އަދި މިގޮތަށް އެގުރޫޕުން […]