“ސާބަސް އިނގޭ..އެކަމަކު ބުނާނެ މަށެއް ރާއްޖޭ ކުއްޖަކާ ނީންނާމޭ..މިހާރު ތިހުރީ ކިޔާ އެއްޗެހި…ސީމާ އަށް ވާވަރަކީ ތީދޯ؟ އެނީވޭސް ދެން ފްރެންޑްވެސް ވާނެތާ ދޯ..ތީ މަގޭ އެސިސްޓެންޓް ވިއްޔާ..ހެހެހެ..އަހަރެން ވަރަށް އަވަހަށް ރާއްޖެ ދާނަން އޭނަ އާ މީޓް ކޮށް ކަންތައްތައް ނިންމާލާން..އަދި ސީމާ އަށް ސަޕްރައިސް އެއްވެސް އޮންނާނެ..” އައުފް ގެ އަޑުގައި ވަނީ ހިތްހަމަ ޖެހުމެވެ. ** މިކްޔާ އިނީ މުސައްލަ މަތީގައެވެ. ކަލާނގެ ހަސްރަތުގައި ޝުކުރު ދެންނެވުނު އަދަދެއްވެސް މިކްޔާއަށް ނޭނގެއެވެ. ގެއަށް […]
އެއްފަހަރު އައުފަށް އަނެއްފަހަރު އެނދުގައި އޮތް ޒީޝާއަށް ބަލާލަމުން އަތުގައި އޮތް ފައިލުތައް ސޯފާމައްޗައް ހޫރުވާލުމަށްފަހު ކޮޓަރީގެ ދޮރު ބަންލާފައި ޖެހުމަށްފަހު ނިކުމެގެން ހިނގައްޖއެވެ. އައުފް އޭނާގެ އިސްތަށިގަނޑަށް އަތް މަހާލުމަށްފަހު ބޮލުގެ ދެފާރަތުން ހިފެހެއްޓުމަށްފަހު އެނދު ކައިރީގައި އިށީނެވެ. އެނދުގައި ލޯމަރައިގެން އޮތް ޒީޝާގެ ތުންފަތްމަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެވެ. ** އައުފް އަވަސް އަވަހާ ގަޔަށް އަންނައުނުތައް މަހާލަމުން ބޭރަށް ނިކުތެވެ. އޭނާގެ މިސްރާބު ހުރީ ގޭގެ މަސައްކަތް ކުރަން އުޅޭ މީހުން ދިރިއުޅޭ […]
މިކްޔާ އޭނާގެ އަތް އައުފްގެ ކޯމަތިން ނެގުމަށްފަހު އަނެއް ފަރާތައް އެނބުރުނު ނަމަވެސް ލިބިފައިވާ ސިހުން ފިލައިގެން ނުދެއެވެ. ” އައުފް ކީކޭބާ ހިތައް އަރާނީ؟..އަހަރެންނަށް ކިހިނެއްތަ މިވަނީ..؟ ” ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން މިކްޔާ އަމިއްލަ ނަފުސައް އަޑުލިއެވެ. ފާއިތުވާ ކޮންމެ ދުވަހެއް މިދަނީ އޭނާ އައުފް އާއި އިތުރައް ކައިރި ކުރަމުންނެވެ. އާދަޔާ ޚިލާފު ދަމާ ބާރަކުން އެދެމީހުންގެ މެދުގައިވާ ދާއިރާ ހަނިކުރަމުން ދަނީ ދެމީހުން ވެސް އެކަމަށް ބޭނުންވެފައި ވަނިކޮށެވެ. ނަމަވެސް […]
އައުފް މިކްޔާ އޭނާގެ އަތް ދަނޑި މައްޗައް ނަގައިގެން ލިފްޓާއި ދިމާއަށް ދިޔައެވެ. ކަޅުކޯޓުލައިގެން ހުރި މީހާ ދުވެފައި ދިޔަ ދިމާއިން ނިކުމެގެން އައި އިސްކޮޅުން ދިގު ޒުވާނާއާއި މުޚާތަބުކޮށް މިޝްޔާ ބުނެލި ޖުމްލަ މިކްޔާ އަށް ސާފުކޮށް އަޑު އިވުނެވެ. ” ޖޯން..ވިލް ޔޫ ޕްލީޒް ޓޭކް ދެޓް ޗެއާރ އައުޓް އޮފް ދި ޕޫލް..” ޕޫލަށް އިޝާރާތް ކުރަމުން މިޝްޔާ އެހެން ބުނުމަށްފަހު މަރިޔާގެ ފަހަތުން ގެއާ ދިމާއަށް ހިނގައިގަތެވެ. މިޝްޔާ ދިޔުމުން ޖޯން […]
އައުފްގެ އޭނާގެ ދެއަތުން މިކްޔާގެ މޫނުގައި ހިފެހެއްޓުމަށްފަހު ތުންފަތުގައި ބޮސްދެވުނީ ހިތް އޭގެ މަޤާމުން ދޫވެ ޖަޒުބާތުތައް އިތުރަށް ކޮންޓްރޯލް ނުވުމުންނެވެ. އެވަގުތު މިކްޔާ އަށް ދެލޯބޮޑުކޮށްލެވުނީ ލިބުނު ސިހުމަކުންނެވެ. ނަމަވެސް އޭނާގެ އިހްތިޔާރުން ބޭރުގައި އައުފްގެ އެ އަމަލަށް މަރުހަބާ ކިޔުނީ މިކްޔާވެސް އެކަމުގައި ބައިވެރިވަމުންނެވެ. ދެމީހުންވެސް ޖަޒުބާތުގެ އޮއިވަރެއްގައި ޖެހުނީ ހާލަތާއި ވަގުތުގެ ގޮތުންނެވެ. އެގޮތުގައި އިރުކޮޅެއްވުމުން ދެމީހުން ދުރުވެލިއެވެ. މިކްޔާ އިނީ ކުރެވުނު އަމަލުން ލަދުގަނެފައެވެ. ދެލޯ މަރާލައިގެން އިން މިކްޔާގެ ނިތުގައި […]
މިކްޔާ އޭނާގެ މޫނު އަނެއްފަރާތައް އަނބުރާލިއެވެ. ތަޤްދީރުގެ ސަމާސާ ނިކަން ދެކެބަލާށެވެ. އެތައް ޒަމާންތަކަކަށްފަހު މިކްޔާ އޭނާގެ މަންމަ އާއި ދިމާވިއިރު ކުރިމަތިލާން ޖެހިފައި މިވަނީ ކޮންކަހަލަ ހަޤީގަތަކާ ހެއްޔެވެ؟ މިކްޔާ އެއިން ގޮތަށް އިނދެ ލޯމަރާލުމާއިއެކު އައުފް ގެ ސޫރަ ސިފަވެގެން ދިޔުމުން ކުއްލިއަކަށް ލޯ ހުޅުވާލިއެވެ. އަދި މެއާ ދިމާލުގައި އަތް އެޅުމަށްފަހު ފުން ނޭވައެއްދޫކޮށްލިއެވެ. ސޮފިއްޔާ މަޑުމަޑުން ފިޔަވަޅު އަޅަމުން މިކްޔާ އާއި ދިމާއަށް ދިޔައެވެ. އެހިނދު އޭނާގެ ހިތް ނެގި ނެގިފައި […]
އޭގެ ކުޑަ އިރުކޮޅެއްފަހުން ޖޯން އޭނާގެ ޓީޝާޓް ބޮލަށް މަހާލުމަށްފަހު އެތާހުރި ތަނބަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލާލިއެވެ. ” އައި ލަވް ޔޫ ސޯ މަޗް ޒީ” ޖޯން އެހެން ބުނެލިއިރު އެއަޑުގައިވަނީ ރިހުން އެކުލެވިފައެވެ. ** “އަހަރެންނަށް މިނޫން ދުވަހެއް ފެންނާނެބާ؟ އަބަދު މިގޮތަށް އެހެންމީހުންގެ އެހީތެރިކަމުގައި ކިހިނެއް އުޅޭނީވެސް..އަދި އެވެސް ނުދަންނަ ބީރައްޓެހި ބައެއް…އެކަމަކުވެސް ނޭނގެ ކީއްވެކަމެއް މިގެޔާ އަހަރެންނާ ގުޅުން އެބައޮތޭ ހިތް ބުނަނީ ކީއްވެ ކަމެއް.. މިގެއިން މާރިޔާއްތަ އާއި މައިކްބޭ […]
ތުރުތުރު އަޅަމުން ދިޔަ އަތަކުން ސޮފިއްޔާ އެގަނޑުތައް ބަލަމުން ދިޔައެވެ. އެވަގުތު އޭނާ އަށް ޤަބޫލު ކުރަންވެސް ދަތިވީ އާލިމާގެ ފިރިމީހާ އެފަދަ ޖަރީމާއެއް ހިންގާފާނެކަމެވެ. މާލޭގެ ގަދަރުވެރި ގެއަކަށް ނިސްބަތްވާ އެހާ މަޝްހޫރު ޑޮކްޓަރަކު އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާފާނެ ކަމާމެދު އެއްވެސް މީހަކު ޝައްކެތް ނުކުރާނެއެވެ. ސޮފިއްޔާ އާއި މައިކަލް މިކްޔާ ގޮވައިގެން ވަގުތުން ފުރައިގެންދިޔައީ އެއްވެސް މީހަކަށް މިކްޔާ އާއި ހަމައަށް ވާސިލް ނުވެވޭނެ ގޮތަށެވެ. އިކްރާމްގެ ހަޤީގަތް އެނގުމުން ސޮފިއްޔާގެ […]
މާރިޔާ މިކްޔާ ކޮޓަރިއަށް ވަނިއްސުރެ އެކޮޓަރީގައި ދެކެވުނު ހުރިހާ ވާހަކަތަކެއް އަޑު އިވުނު އައުފްގެ ގެ ފައިކައިރިއަށް އެއްޗެއް ޖެހުމާއެކު ސިހިގެން ދިޔައެވެ. އެވަގުތު އޭނާގެ ކޮޓަރި ބެލްކަންޏާ ޖެހިގެން ދެފޫޓޭއްހާ ދުރު މިނުގައި ހުރި މިކްޔާ ކޮޓަރީ ބެލްކަންޏަށް ބަލާލެވުނީ މީހެއްގެ ހިލަމެއް ވޭތޯއެވެ. އައުފް ގުދުވެލަމުން ފައި ކައިރީގައި އޮތް އެތި ނެގިއެވެ. އެއީ ފޮޓޯ ގަނޑެކެވެ. ވަރަށް ލޯބި ދެކުދިން ހިނިތުންވެލައިގެން ތިބި އިރު އެކަކު އަނެކަކާ ވަރަށް ވައްތަރެވެ. ބަލާބެލުމަށް ހީވަނީ […]