“އައްޒާމްގެ އިންޓަވިއު ނިންމާލާފަ ހަމަ ގަޑިއިރުތަކެއްފަހުން ފުރުން އޮތީ. ހަވީރު އެހާ ހިސާބަށް ދެވޭނީ.” އާތިފް އަންދާޒާކޮށްލަމުން ބުނެލިއެވެ. އެ ހިނދު މިރްޒާން ފުން ނޭވައެއް ދޫކޮށްލީ އޭނަގެ އަވަސްވެފައިވި ހިތް ހަމައަކަށް އެޅުވޭތޯއެވެ. އެހެނަސް މި ވޭތުވި ދެދުވަސްތެރޭގައި ވެސް އޭނަގެ ހިތްވީ އެފަދަ ޙާލެއްގައެވެ. ފަޔާޒް މާލެއަށް އަނބުރާ އައިސް ‘ހަސަން’ އާ ބެހޭގޮތުން ކިޔައިދިން ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނައަށް އެންމެ ފަހުން އޭނަގެ ދަރިފުޅު ފެންނަން އުޅެނީތޯ ހިތަށްއެރި ވަގުތު މިރްޒާނަށް ނޭނގި […]
“ހާދަ ރުޅިއައިސްފައޭ ދަރިފުޅު ތިހިރީ. ކާފަ ގޮވީމަ ލައްބައޭ ވެސް ނުބުނޭ…..ވަރަށް ދެރަވެއްޖެ. އިބިލީސް މާ ބޮޑަށް ބޮލަށް އެރީދޯ؟” ހާޝިމް އެންމެ ފަހު ޖުމްލައިން ހިނިތުންވުމަކާއެކީ ސަމާސާ ރާގެއް އެޅުވީ އައްޒާމްގެ ތަބީޢަތު ރަނގަޅުވާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް…. “ރޭގަ މަންމަ ގުޅި.” އައްޒާމް ހުރިގޮތަށްހުރެ ބުނެލި ވާހަކައިން ހާޝިމްގެ ހިނިތުންވުން ފިލައި އޭނަ ހުއްޓުންއެރިއެވެ. އައްޒާމް އެ ނަންގަތް މީހެއްގެ ސޫރަ ހާޝިމްގެ ލޮލަށް ސިފަވެގެން ދިޔަ ވަގުތު އައްޒާމް ކުއްލިއަކަށް އޭނަގެ […]
“ތި މަންމައާއި ބައްޕައަށް ރަނގަޅަށް ހިތާތި. ކުދިކުދި ކަންތައްތަކާމެދު އެމީހުންނާ ޒުވާބުކޮށް ރުޅިނުވާތި….އެހާ ލޯބިވާ މަންމައާއި ބައްޕައެއް ކައިރީގަ ތިބުމަކީ އެންމެންނަށް ލިބޭ ނިޢުމަތެއްނޫން.” އައްޒާމް އަނެއްކާވެސް ސީރިއަސްވެގެން ދިޔަ މޫނަކާއެކީ ބުނެލުމުން މާޝާއަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. އައްޒާމްގެ މަންމައާއި ބައްޕަ ކޮބައިތޯ ފުރަތަމަ ފަހަރަށް މާޝާގެ ހިތް ސުވާލުކުރިއެވެ. އައްޒާމް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ ބަލައި އޭނަގެ ކާފަ އައިސްފައި ހުރުމުން މާޝާގެ ސިކުނޑީގައި މި ޒާތުގެ ޚިޔާލުތައް ދައުރުވިއެވެ. އެހެނަސް އެކަމާމެދު […]
“އޭ މިއްޒޭ! ހިތާމަވެރި ވާހަކައެއް ބުނެލަންވެގެން މި ގުޅާލީ. މިއްޒޭ ހަދިޔާއެއް ފޮނުވީމެއްނު އައްޑޫގަ ހުރި ފޭދޫ ގެއަކަށް ފޮނުވަން؟ އޭތި ވީ ނުވީއެއް ނޭނގި އަހަރެން އަތުން ގެއްލިއްޖެ. އައި ސްވެއާރ އަހަރެން އޭތި ބެހެއްޓީ އަހަރެންގެ ހެދުން ފޮށި ކައިރީގަ. ދެވަނަ ދުވަހު ބެލިއިރު ފެންނާކަށް ނެތް. އެކި ތަންތަން ހޯދާހޯދާ ވެސް ނުއެއް ފެނުނު. އަދި މިގެއަކީ ކުޑަކުދިން ތިބޭ ގެއެއްވެސް ނޫން. މިއީ އަހަރެން ކުއްޔަށް ހިފައިގެން އެކަނި އުޅޭ ގެއެއް. […]
އެދުވަހު އެ ލެވި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވި މިރްޒާން މޭޒުކައިރީގައި އިނދެވެސް ސިހުންވިއެވެ. އެ ހިނދު އޭނަގެ ލޯ އެދުވަހު ދުޅަވެފައިވީވަރަށް ދުޅަވެފައިވީއިރު އޭނަގެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި އުފެދިފައިވީ ހަމަ އެ ރިހުމެވެ. 15 އަހަރު ވޭތުވީއިރު ވެސް އޭނަގެ ހިތް ތަކުރާރުކޮށް ކުރަމުން ދަނީ އެންމެ ސުވާލެކެވެ. އަމްނާއާއި މުޙްސިން ކޮބައިތޯއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީގެ ހުރިހާ ޞަފްޙާއެއް ލޯމަތިން ސިފަވެގެން ދިޔަހެން ހީވި މިރްޒާންގެ […]
“އޭނައަށް ދޯ ތިބަލަނީ. އެއީ އެއްކަލަ ސިޙުރު ހަދާ އާދަނު. ނޭނގެ މި ޢިމާރާތުގެ ކާކުގެ ދިރިއުޅުން ބަރުބާދުކޮށްލަން ކަމެއް އޭނަ އައިސްގެން އުޅެނީ.” ގާޑު ބޭބެ ބުނެލި ވާހަކައިން ސިކުނޑި ދިން އިންޒާރާއެކީ މިރްޒާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ތިރިއަށް ނަޒަރު ހިންގައި ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަމުން ކުއްލިއަކަށް އަޅަން ފެށި ދިގު ފިޔަވަޅުތަކާއެކީ ގޭޓުން ވަދެގެން ދިޔައެވެ. އެ ދިޔަ ގޮތަށް ގޮސް ސިޑިން އަރައިގެން […]
“ހެހެހެ….އޭރުން މިރްޒާނަށްވުރެ ވެސް ބޮޑަށް މަންމަ ދަރިފުޅުދެކެ ލޯބިވާނެ. ސުބްޙާނަ ﷲ! މިއީ ޙަޤީޤީ ލޯތްބަކީ. މިއީ ޙަޤީޤީ ނަފްރަތަކީ. އެއީ ދެއިރުގެ ދެދަޅައަށް ބަދަލުވާ މީހުންގެ ސަބަބުން ބަދަލުވާ ކަންތައްތަކެއްނޫން. އެއީ ޙައްޤާއި ބާޠިލަށް ބުރަވެ އެގޮތުގައި ދެމިހުންނަ ކަންތައް.” ހާފިޒާ ބުނެލިއެވެ. އެ ބަސްތަކާއި އެއްބަސްވުމުން ގޮތުން އަމްނާއާއި މިރްޒާން އެކުއެކީގައި ބޯޖަހާލިއެވެ. ހަމަ އެހިނދު ލަތީފްވެސް އެ ދެމީހުންނަށް އަލްވަދާޢު ކިޔުމަށްޓަކައި އެތަނަށް އައެވެ. ލަތީފް އައިތާ މާ ގިނައިރެއްނުވެ ބޭރުގައި އޮތް […]
“ނޫން މިޒް. އެއްވެސް މަސައްކަތެއްނުކޮށް އަހަރުމެން މީހުންނާމެދު ތިގޮތަށް ނިންމާކަށް ނުވާނެ. ﷲ އީ ކިތަންމެ ނުވާނެހެން ހީވާ ކަމެއްވެސް ހިނދުކޮޅެއްގެ ތެރޭގައި ކުރައްވާ ރަސްކަލާނގެ. އަހަރުމެންނަށް އޮތީ މަސައްކަތް ކުރުން. މިއީ ވެސް ޙައްލެއް ގެނެވިދާނެ މައްސަލައެއް އިން ޝާ ﷲ….އަހަންނަށް އެނގޭ ހަދަންވީ ގޮތް.” އަމްނާ އެންމެ ފަހު ޖުމްލަ ބުނެލިއިރު އެމޫނުމަތީގައި ހުރި ކުލަވަރުން އޭނަ ހުރީ ވަރުގަދަ ޢަޒުމެއްގައިކަން އެނގެއެވެ. މިރްޒާނަށް އެ މޫނަށް ބަލަހައްޓައިގެން އިނދެ ކިހިނެއްހޭ އަހާލެވުނެވެ. އެ […]
“ތިއޮތީ މާ ރަނގަޅަށްވެސް ގްރެޖުއޭޓްވެފަ!” މިރްޒާން ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު އަމްނާއަށް ވެސް ރަތްވެގެން ދިޔަ މޫނަކާއެކީ ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން މިރްޒާން ގޮސް އަމްނާގެ ގައިގައި ބައްދާލި ހިނދު ދެމީހުންގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ހިލުނެވެ. މަރާލެވުނު އެސްފިޔަތަކުގެ ތެރެއިން ހިތާމަތަކުން މުޅިން އެއްކިބާވެފައިވި މުސްތަޤްބަލެއް ދެމީހުންނަށް ވެސް ސިފަކުރެވުނީ، ދެން އެމީހުން އެކީގައި ތިބެން އޮތީ މަދު ދުވަސްކޮޅަކަށްޓަކައިކަން ނޭނގިއެވެ. އޭގެ ތިންދުވަސްފަހުން މިރްޒާނާއި އަމްނާވީ ލަންޑަނުން މާލެއަށްދާ ފްލައިޓް […]