“ތި އިންނަ ކުއްޖާއަށް ހުރިހާކަމެއް ފުރިހަމަ ކޮށްދޭތި. އެއްވެސް ކަމެއް އުނިވިޔަ ނުދޭތި. އަހަރުމެންނާ ދެކޮޅަށް ތިކަން ކުރިޔަސް މިރްޒާންގެ ޒިންމާދާރުކަން ދައްކަދޭތި. ބޭބެ އުޅޭހެން އަބަދުއަބަދު އަންހެނުންގެ ޝަކުވާ ލިބޭފަދަ މީހަކަށް ނުވާތި. ހިއެއްނުވޭ މިރްޒާން އިންނަން ތިއުޅެނީ ވެސް ބޭބެ އިން ފަދަ އަމިއްލަ އެދުން ބޮޑު ކުއްޖަކާ ހެންނެއް. އެހެންވީމަ މި ޢާއިލާގެ ކުއްޖެއްގެ ގޮތުގަ ފުރިހަމަ މިސާލެއް ދައްކަދޭތި.” ލަތީފް މިރްޒާނަށް ބަލަން އިނދެ ނަޞޭޙަތްތެރިވިއެވެ. ބައްޕަގެ އެ ނަޞޭޙަތް އިވިގެން […]
އެހެނެއްކަމަކު އޭގެ މާނައަކީ ފާފަ ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ﷲ ރިޒްޤު ތަނަވަސްކޮށްދެއްވާ ވާހަކައެވެ. އެ ބަސްތައް ހަނދާންވެގެން ދިޔަދިޔަހެން ފުރަތަމަ ފަހަރަށް ﷲ ހަނދުމަކޮށް މިރްޒާންގެ ލޮލަށް ކަރުނަތައް ޖަމާވީ އެކަލާނގެ ބަސްފުޅުގެ ޙައްޤުކަމާއި އެކަލާނގެ ވަޢުދުފުޅުތަކުގެ ތެދުކަން އިޙްސާސް ކުރެވުމުންނެވެ. އޭނަ ތައުބާވިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނައަށް މި ލިބުނީ ހާދަ ގިނަ ރިޒްޤެކެވެ. އޭނަ މި ހުރިހާ ދުވަހު ވެސް ފަސްދިނީ ހަމަ މި […]
“އަމްނާ……އާނ ތީ އެއްކަލަ ދުވަހު އެކުއްޖެއްގެ ފޮޓޯ ފޮނުވި ކުއްޖާ ދޯ؟ ހާދަ ސަޅި ބިޓެކޭ ތީ…..” މައިސޫން އެންމެ ފަހުން ބުނެލި ޖުމްލައާއެކީ ދައްކަން ފެށި ވާހަކަތަކަކުން މިރްޒާންގެ ދެބުމަ ކައިރިވިއެވެ. މައިސޫން އަމްނާއަށް ތަޢުރީފުކުރަން ފެށީ އެންމެ ހުތުރު ގޮތްގޮތަށެވެ. މީގެ ކުރިން ވެސް މައިސޫން އޭނަ ލައްވާ ފޮޓޯ ފޮނުވައި އެހެން އަންހެން ކުދިންނާ ބެހޭގޮތުން މިގޮތަށް ވާހަކަ ދައްކާފައިވެއެވެ. އެހެނަސް މިހާތަނަށް އައިއިރު އެއީ މިރްޒާނަށް މާ ބޮޑު ކަމަކަށް ނުވިއެވެ. […]
“މިސް ހާޝިމް!” ޕްރޮފެސާރ އިހުނަށްވުރެ ހަރުއަޑުން ގޮވާލުމާއެކު އެ އަންހެން ކުއްޖާ ސިއްސައިގެން ދިޔަ ވަގުތު އެ ދަޅު ހުޅުވިގެން ގޮސް އޭގައި ހުރި ކުނޑިތައް އޭނަގެ ގަޔަށާއި ކައިރީގައި އިން މިރްޒާންގެ ގަޔަށް ބުރުއްސައިގެން ގޮސް ދަޅާއި ދަޅުގެ މަތިގަނޑު ބިންމަތީގައި ޖެހުނު އަޑުއިވުނެވެ. ކުނޑިތަކުން ސަލާމަތްވުމަށް އެދިމާލަށް އަތްދިއްކޮށް ދެލޯ މަރާލެވުނު މިރްޒާން ލޯ ހުޅުވާލީ ލަސްލަހުންނެވެ. އެވަގުތު އޭނަގެ ކައިރީގައި އިން އަންހެން ކުއްޖާގެ ބޮލުގައި އޮތް ބައި ވެއްޓިފައިވުމުން ފެނިގެން ދިޔަ […]
“އަދި އެ ގޮލާއަށް ކެރިއްޖެ މަ ރިޕޯޓް ކުރަން! މަ!! އޭނައަށް ނޭނގެނީ މަށަކީ ކާކުކަން. މަރާލާނަން އޭނަ. މަރާލާނަން!!!” ލިއާމް އިރަށްއިރަކަށް ހަރުވަމުން ދިޔަ އަޑުން ބުނެލި ވާހަކައާއި އެ ވާހަކަ އަމާޒުވީ ކާކަށްކަން އެނގުންވުމުން މާޝާގެ ހިތް ރޫރޫއެޅިއެވެ. ހުޅުވާލެވިފައިވި ކުޑަދޮރުތަކުގެ ދޭތެރެއިން ކޮރިޑޯ ތެރޭގައި އޭނަގެ އެކުވެރިންނާ ވާހަކަ ދައްކަން ހުރި ލިއާމްގެ ރުޅިވެރި މޫނު ފެނި ހިތަށް ބިރުވެރިކަމެއްވަނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެ ތަނަށް ބިދޭސީ މުދައްރިސަކު އައިސް ތި […]
“ވަރަށް އަމާން ދަތުރަކަށް އެދެން އައްޒާމަށް. ވަރަށް ދެރަވޭ އައްޒާމާއި ވަކިވާން ޖެހޭތީ. މިހާތަނަށް އައިއިރު އަހަންނާ ވަރަށް ގިނަ ޒާތްޒާތުގެ މީހުންނާ ދިމާވެފަހުރީ. އެކަމަކު އައްޒާމާއި އައްޒާމްގެ ކާފަ ފަދަ އިޚްލާޞްތެރި، ހިތްހެޔޮ ބަޔަކު ނުދެކެން. މިއީ ވެދާނެ އައްޒާމަށް އަހަރެން ފެންނަ އެންމެ ފަހު ފަހަރު ކަމަށްވެސް. މި ވޭތުވި 3 މަސް ތެރޭގަ އައްޒާމް ދެރަވާފަދަ އެއްވެސް ކަމެއް އަހަންނަށް ކުރެވިފައިވާނަމަ އަހަންނަށް މަޢާފު ކޮށްލަދިނުން އެދެން. ވަރަށް ބޮޑަށް ޝުކުރުވެރިވަން އައްޒާމާއި […]
“ތިކޮޅުގަ ހުންނާނެ ހިޔާ ނަމަކަށް ކިޔާ ގެއެއް. އެގޭގެ ކުއްޖެއްގެ ލެޕްޓޮޕްގަ މައްސަލައެއް ޖެހިގެން މިއުޅެނީ. އެ ގެ މަޝްހޫރުވާނީ ވަޑާންކުރާ ލަތީފްގެ ގޭގެ ނަމުން. އެގެއަށް ގޮސްދެވިދާނެތޯ؟” މިރްޒާން އެކޮޅުން ކިޔުނު ނަމަކާއެކީ އެންމެ ފަހުން ކޮށްލި ސުވާލުން އައްޒާމް ހުއްޓުންއެރިއެވެ. ދާދި ދެންމެއަކު އޭނަ ކުރަމުންދިޔަ ޚިޔާލުތަކާއި މުޅިން އިދިކޮޅަށް ކަންތައްވާން އުޅޭހެން ހީވުމުން އޭނައަށް ދެބުމަ ކައިރި ކޮށްލެވުނެވެ. ކަންވެދާނެ ގޮތަކާމެދު އޭނަގެ ހިތުގެ ބައެއް އުފާވެގެން ދިޔަ ހިނދު އެ ހިތް […]
“މިޒް…” ޝަހާނީ އެހެން ބުނެލުމާއެކު މިރްޒާންގެ ދެލޯ ބޮޑުވެ މުޅި މީހާ ގަނޑުވެގެން ދިޔައެވެ. އޭނައަށް ޝަހާނީއާއި ދިމާލަށް ބަލާލެވުނީ ކުއްލިއަކަށެވެ. ކުރިމަތިން ޝަހާނީ ފެނުނެއްކަމަކު މިރްޒާންގެ ލޮލަށް ސިފަވަމުން ދިޔައީ އެހެން ސޫރައެކެވެ. ކަންފަތުގައި ގުގުމަން ފެށީ މީގެ އެތައް އަހަރެއް ކުރިން އޭނަ މަސްތުކުރުވި ޖާދުވީ ހުނުމުގެ އަޑެވެ. އެ ހުނުމުގެ ތެރެއިން ދެންމެ އޭނައަށް ގޮވާލެވުނު ނަމުން އޭނައަށް ގޮވާލެވުނު އަޑެވެ. ހަމަ އެއާއެކު އޭނަގެ މޭގައި އުފެދުނު ތޫނު ރިހުމަކާއެކީ އޭނަގެ […]
“ކިހިނެއް މިވަނީ؟” އައްޒާމް ދެންވެސް އެ ޙާދިސާ ހިނގި ހިސާބާއި ކައިރިވެލަމުން ލިއާމާއި މަޑުމައިތިރި އަޑަކުން މުޚާތަބު ކުރިއެވެ. ދަންނަ އަޑެއް އިވިގެން ދިޔުމުން މާޝާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އަތަށްވަމުން ދިޔަ ތަދާއި އެކީގައި ވެސް އޭނައަށް އުނދަގުލާއެކީ ހިންދެމިލެވުނީ އެއީ ކާކުކަން ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. އަދި އެމީހެއްގެ ކުރިމަތީގައި އެފަދަ ގޮތަކަށް އޮންނަން ބޭނުމެއް ނުވުމުންނެވެ. ކޮނޑުގައި އޮތް ދަބަހާއެކީ ބިންމަތީގައި އިށީނދެވުނު ވަގުތު ދުރުގައި ހުރި އެ ޒުވާނާ […]