
“ހެލޯ ޝަހާނީ! މަށަށް އަޑު އެބައިވޭ އެއްކަލަ ކުއްޖާ މިރްޒާންގެ ގެއަށް ގޮސްގެން އުޅޭ ވާހަކަ. ކޮންމެވެސް ފިޔަވަޅެއް އަވަހަށް އަޅާ. އެހެންނޫނީ ކަންތައް ގޯސްވެދާނެ!” އެކޮޅުން އޭނަގެ މަންމަގެ ވާހަކަ މުޚާތަބުވީ އޭނައާއި ނޫންކަން ޔަޤީންވީ ވަގުތު އައްޒާމްގެ ދެބުމަ ކައިރިވިއެވެ. އިރުކޮޅެއް ވަންދެން އޭނައަށް އެއްޗެކޭ ނުބުނެ ހުރެވުނެވެ. އޭގެ ސަބަބުން ފޯނުގެ އަނެއްކޮޅުގައި ހުރި އޭނަގެ މަންމަގެ އަޑު އަނެއްކާވެސް އިވިގެން ދިޔައެވެ.
“ހެލޯ ޝަހޫ…ކޭން ޔޫ ހިއާރ މީ؟” އެކޮޅުން އެހެން އަހާލި އަޑަށް އައްޒާމަށް ހަމަހޭވެރިކަމެއް ލިބުނެވެ.
“މޯމް…ވަޓް އާރ ޔޫ ޓޯކިންގް އެބައުޓް؟” އައްޒާމަށް މަންމައާއި އެއްޒާތަކަށް އެހެން ބުނެވުނީ މާ ބޮޑު ވިސްނުމެއްނެތި އެ ސުވާލުކުރުމުންނެވެ. އޭނަ އެހެން އެހުމާއެކު އެކޮޅުން މަންމަގެ ނުތަނަވަސްކަމުން ފުރިފައިވި އަޑު އިވުނެވެ.
“އަ…އަމް އައްޒާމް ދޯ؟ ހް…ހެހެ…އައްޒާމް ކިހިނެއް؟” އާޝިޔާ ވާހަކަ އޮޅުވާލިއެވެ.
“ދެންމެ ދެއްކީ ކޮން ވާހަކައެއް؟” އައްޒާމް ބުމަގޮށްޖެހިފައިހުރެ ދެންވެސް އެހިއެވެ.
“އެއީ…މަންމައާ މަންމަގެ ފްރެންޑަކު ގެންގުޅޭ ކުއްޖެއްގެ ވާހަކަ. މާ ބޮޑު ވާހަކައެއް ނޫން އެއީ. ހެހެ…މަންމަ ދެން ބާއްވަނީ އިނގޭ. ބާއި!” އާޝިޔާ ފަހު ބަސްތައް އަވަސްއަވަހަށް ބުނެ ފޯނު ކަނޑާލީ އައްޒާމަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ދިނުމެއްނެތިއެވެ. ފޯނު ކެނޑިގެން ދިޔުމުން ލިބުނު ސިހުމާއެކީ އައްޒާމަށް ފޯނު ކަންފަތުން ވަކިކޮށް ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލެވުނެވެ. އެއަށްފަހު އަނެއްކާވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. މަންމަ އެދެއްކީ ކޮން ކުއްޖެއްގެ ވާހަކަ ހެއްޔެވެ؟ އެ ދެއްކީ އެ ކުއްޖާ ކޮން މިރްޒާނެއްގެ ގެއަށް ގޮސްގެން އުޅޭ ވާހަކަ ހެއްޔެވެ؟ އެ ހިނދު އެ ނަން އައްޒާމަށް އިވިފައިވަނީ ކޮން ތަނަކުންކަން ހަނދާންވުމުން މާޝާގެ ދޮންބެއާއެކީ ކުއްޖަކު އުޅެނީތޯ އައްޒާމްގެ ހިތަށްއެރިއެވެ. އެ ދޮންބެއާއެކީ ކުއްޖަކު ހުރުމުން އޭނަގެ މަންމައަށް ހުރީ ކޮން ގެއްލުމެއް ހެއްޔެވެ؟ ހިތަށް ވެރިވި އެ ފަހު ސުވާލުން އައްޒާމް މުޅިން އޮޅުން އަރާ ގޮތްވިއެވެ. މަންމަ ރާއްޖެއަށް ވެސް ނާންނަތާ އެތައް އަހަރެއް ވޭތުވެއްޖެއެވެ. ވީއިރު މަންމައަށް މިކޮޅުގަ އުޅޭ ދިވެއްސަކު އެހާ ރަނގަޅަށް އެނގޭނެ ކަމާމެދު ވެސް އޭނައަށް ޝައްކެވެ. އެއީ ބޭރުގައި އުޅޭ މިރްޒާނަކަށް ވެސް ވެދާނެ ނޫންހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އައްޒާމް ޔަޤީންކުރަން ބޭނުމެވެ. އެހެންނޫނީ އޭނަގެ މަންމަގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބެން އޭނަ ބޭނުމެއްނޫނެވެ. މާޝާގެ މީހަކަށް އަމުދުންނެއްނޫނެވެ. އޭނަ މާޝާއާއި މި ވާހަކަ ޙިއްސާކުރާނީއެވެ. އޭނަގެ ހިތަށް ތަސައްލީއެއް ލިބޭނީ އޭރުންނެވެ. އެ ޚިޔާލުން ހިތްހަމަޖައްސައިގެން މިސްކިތަށް ވަންނަން ދިޔަ އައްޒާމަށް ނޭނގުނު ކަމަކީ، ވަކި މި މައްސަލައާމެދު ހިތަށް ހަމަޖެހުން ގެނައުމަށް އޭނަ މާޝާއާއި ބައްދަލުކުރަން ނުޖެހޭ ކަމެވެ. މާޝާގެ ބައްޕައާއި ވެސް މި ވާހަކަ ދައްކައިގެން ބޭނުންވާ ތަފްޞީލުތައް ހޯދިދާނެކަމެވެ. އެހެނަސް އެ ޚިޔާލު އޭނަގެ ސިކުނޑިއަށް ވެސް ވެރިނުވީ އޭނަގެ ހިތަށް ސަވާރުވަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. މާޝާއާއި އެކީގައިވާ މަންޒަރު މި ވޭތުވެ ދިޔަ ދުވަސްތަކުގައި ހުވަފެންތަކުން ދެކެދެކެފައި އެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ އެދުން ބޮޑުވެފައިވުމުންނެވެ. އެ ދުވަހު ގަޑިއިރަކަށްފަހު ދަރުސް ނިންމާފައި މާޝާ މަންހާއާއެކީ މިސްކިތުން ނިކުމެގެން ދިޔައިރު 3 ދުވަސްފަހުން އެ ދެމީހުން ތުނޑިއަށް ދާން ރޭވި އަޑު އޭނައަށް އިވުނެވެ. ހަމަ އެއާއެކު އެއީ މާޝާއާއި އެފަދަ ވާހަކައެއް ދައްކަން ލިބޭނެ ރަނގަޅު ފުރުޞަތެއް ނޫންތޯ ހިތަށްއެރިއެވެ.
އެހެނަސް އެ ދުވަހާއި ޖެހެންދެން ވެސް އައްޒާމަށް ކެތްކުރެވޭ ގޮތެއްނުވިއެވެ. މަންމައަށް މާޝާގެ ދޮންބެ ނޭނގޭނެއޭ އެތައްވަރަކަށް އޭނަގެ ސިކުނޑި ބުންޏެއްކަމަކު ވީހާވެސް އަވަހަކަށް އެ ވާހަކަ މާޝާގާތު ދައްކަންވާނެ ނޫންތޯ އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. މާޝާގެ ޢާއިލާއަށް ލިބިދާނެ ގެއްލުމަކުން އެ ޢާއިލާ ސަލާމަތް ކޮށްދޭން ޖެހޭނެނޫންތޯ އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެހެންކަމުން އޭނަ ހަމަ އެރޭ މާޝާގެ ގެއަށްދާން ނިންމިއެވެ. މާޝާގެ ބައްޕައާއި ވަކިން ބައްދަލުކޮށް ވިޔަސް އެ ވާހަކަ ދެއްކި ދާނެކަން އެނގުންވިއެއްކަމަކު އޭނަ އެގޮތަށް ނިންމީ، މާޝާ ފެނި މާޝާގެ އަޑު އަހާލަން ހިތް އެދުނު ވަރުންނެވެ. އެކަން ކޮންމެވެސް ވަރަކަށް އެނގުންވިއެއްކަމަކު އައްޒާމް އެ އިޙްސާސްތަކަށް ނޫންވަމުން ދިޔައެވެ.
އައްޒާމް މާޝާގެ ގެއަށް ދިޔުމަށްޓަކައި ނިކުތީވެސް އޭނަގެ އަތުގައި އޮތް އެންމެ ރީތި ގަމީހާއި ޖިންސް ލައިގެން ބޮލުގެ އިސްތަށިގަނޑު ރީތިކުރުމަށް އިތުރު މިނެޓްތަކެއް ހޭދަކޮށްފައެވެ. އޭނަ އެގެއަށް ގޮސް ޓަކި ދިނުމުން ދޮރު ހުޅުވީ ހާފިޒާއެވެ. ހާފިޒާ އައްޒާމް ފެނިލުމާއެކު ހިނިތުންވެލިއެވެ.
“އަނހަ އެއްކަލަ ކުއްޖާ ދޯ؟ އަނެއްކާ މާޝްގެ ލެޕްޓޮޕްގަ މައްސަލަ ޖެހުނީތަ؟” ހާފިޒާ ސުވާލުކުރިއެވެ. އެއާއެކު ދޮރުމަތީގައި ހުރި އައްޒާމަށް ހީލެވުނެވެ.
“ނޫނޭ ދައްތާ. މާޝާއާއި ވާހަކަ ދައްކާލަން މިއައީ.” އައްޒާމަށް އެ ފަހު ޖުމްލަ ބުނެވުނީ އަމިއްލަ އިޚްތިޔާރުގައެއް ނޫނޭ ބުންޏަސް ދޮގަކަށްނުވާނެއެވެ. އެ ބަސްތައް ބުނެވުމާއެކު އޭނަގެ ހިނިތުންވުން ފިލައި ދެލޯ ބޮޑުވީ އެ ބަސްތަކާމެދު މާޝާގެ މަންމަ ދެކޭނެ ގޮތް ޔަޤީންނުވުމުންނެވެ. އެހެނަސް ހާފިޒާ އެއީ މާ ސީރިއަސްކަމެއްގެ ގޮތުގައި ނުނެގިއެވެ.
“އެހެންތަ؟ މާޝްގެ ލެޕްޓޮޕާއި ބެހޭގޮތުން ނުބުނެވި އޮތް ވާހަކައެއް ދޯ؟ އާދޭ އަވަހަށް. މާޝް ނިކަން ނިކުމެލަބަލަ އިރުކޮޅަކަށް!” އައްޒާމް އެތެރެއަށް ވައްދަމުން ހާފިޒާ ގޭގެ ތެރެއަށް މޫނު އަނބުރައި ގޮވާލިއެވެ. އެ ވަގުތު ގޭގެ ތެރެއަށް ވަން އައްޒާމްގެ ހިތުގައި އެވަގުތު ނޭދެވޭ އިޙްސާސްތަކެއްވީ މާޝާގެ މަންމައަށް އޮޅުވާލެވުނުހެން ހީވުމުންނެވެ. އޭނަ ދައްކަން އައި ވާހަކަ އެ މަންމައާއި ވެސް ޙިއްސާކުރަންވީއޭ ހިތަށްއެރިއެވެ. އޭރުންވެސް ރަނގަޅުވާނެކަމަށް އެ ހިތް ބުންޏެވެ. އެހެނަސް ހަމަ އެވަގުތު ކޮޓަރި ތެރެއިން ނިކުތް އޭނަ ފެނިފައި ހުއްޓުން އެރި މާޝާ ފެނިފައި އައްޒާމް އެ ޚިޔާލުގެ މަތިން ހަނދާންނެތުނެވެ. މާޝާ ހުރީ އޭނަ އަބަދުވެސް ގޭގައި ހުންނަ ފަދައިން އާދައިގެ ބުރުގާއެއް އަޅައި ދެކަން އެއްކޮށް ގޮށެއް ޖަހައި އާދައިގެ ކުރުތާއަކާއި ހަރުވާޅެއް ލައިގެން ކަމަށްވިޔަސް އައްޒާމަށް އެއަށްވުރެ ރީތިކަމެއް ނެތް ފަދައެވެ. އޭނަ އެސްފިޔަ ޖަހާލުމެއްނެތި މާޝާއަށް ބަލަހައްޓައިގެން ހުންނަން ފެށުމުން މާޝާ ހިސާބަކަށް ރަތްވެގެން ދިޔަ މޫނަކާއެކީ އިސްޖަހާލިއެވެ. އެ ހިނދު ހާފިޒާ އައްޒާމް އައީ ކީއްވެކަން މާޝާއަށް ކިޔައިދިނީ އޭނަ ހީވެފައި އޮތް ގޮތުގެ މައްޗަށެވެ. އެހެންކަމުން ލެޕްޓޮޕް ހިފައިގެން ސިޓިންގް ރޫމަށް ނިކުތުމަށް އެދިފައި ހާފިޒާ މިޞްރާބު ޖެހީ އޭނަގެ ފަހާ ކޮޓަރިއާއި ދިމާލަށެވެ. މަންމަ ލޯ މައްޗަށް ގެއްލެންދެން މާޝާއަށް މަންމައާއި ދިމާލަށް ބަލަން ހުރެވުނެވެ. އެއަށްފަހު އޭނަ އަނެއްކާވެސް އައްޒާމަށް ބަލާލި ހިނދު އޭނަގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ މަންމަ ބުނިގޮތަށް ހެދުމަށްޓަކައި ކޮޓަރިއަށް ވަންނަން އުޅުނެވެ. އެހެނަސް ހަމަ އެހިނދު އައްޒާމް އޭނަގެ ނަމުން ގޮވާލުމުން މާޝާގެ ފައިގައި ކަސްތޮޅު އެޅުވުނެވެ. އޭނަ ވަގުތުން އައްޒާމަށް ބަލާލީ އެދެމެދުގައި ދަމާ ބާރެއްވާ ފަދައަކުންނެވެ.
“ލެޕްޓޮޕް ބޭނުމެއްނުވާނެ.” އައްޒާމް ބުނެލީ ހަމައެކަނި އެހެންނެވެ. އެހެނަސް އެ ކުރު ޖުމްލައިން އެތައް ވާހަކައެއް އެއްފަހަރާ އޭނަ މާޝާގާތު ބުނަން އުޅުނު ފަދައެވެ. މިރޭ އޭނަ މާޝާއާއި ބައްދަލުކުރަން އައީ ވަކި މާނައެއް ނެތް ކަމަކަށްޓަކައި ނޫންކަމެވެ. އޭނަ އައީ އެއަށްވުރެ ފުން އިޙްސާސްތަކާއެކީ ކަމެވެ. އޭނަ ބޭނުންވަނީ އޭނައާއި މާޝާއާއި ދެމެދު އެއަށްވުރެ ގާތްގުޅުމެއް އޮންނަންކަމެވެ. އައްޒާމް މާޝާގެ ހިތަށް ވާޞިލުކޮށްދޭން ބޭނުންވި ވާހަކަތައް މާޝާގެ ހިތަށް ވެރިވިއެއްކަމަކު އައްޒާމްގެ ފަރާތުން ފުރަތަމަ ފެނިފައިވި މިޒާޖުގެ ސަބަބުން މާޝާއަށް ހުރެވުނީ ޝައްކެއްގެ މަތީގައެވެ. އެހެންކަމުން އައްޒާމް އިތުރު އެއްޗެކޭ ބުނާނެ އިރަކަށް މާޝާއަށް އިންތިޒާރު ކުރެވުނެވެ. އެކަން އެނގުންވުމުން އައްޒާމް ވާހަކަ ދެއްކިއެވެ.
“ހިނގާދޯ މިތާ އިށީންނަން؟ ވް…..ވާހަކަ ދައްކަން؟” އައްޒާމް ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ ކުރިމަތީގައި ފިނިވެ، ނުތަނަވަސްވިއެވެ. ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އައްޒާމް ހިނިތުންވެލިއެވެ. އެއާއެކު މާޝާ ބޯޖަހާލަމުން އައްޒާމާއެކީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނީ ދެމީހުން އެކަކު އަނެކެއްގެ ކުރިމައްޗަށްވާނެ ފަދައަކުންނެވެ. އެ ހިނދު އައްޒާމް އޭނަ އަސްލު ދައްކަން އައި ވާހަކަ މަތިންވެސް ހަނދާން ނެތޭ ގޮތްވިއެވެ. މާޝާއާއި ދައްކާނެ ރަނގަޅު ވާހަކައަކާމެދު ވިސްނެން ފެށި ވަގުތު މާޝާ ކޮން ވާހަކައެއްތޯ ސީރިއަސްކަމާއެކީ އަހާލިއެވެ. އެއާއެކު އައްޒާމް އޭނަ އެގެއަށް އައި ޙަޤީޤީ މަޤްޞަދު މަތިން ހަނދާންވިއެވެ.
“އަމް….މިއަދު މަންމަ ގުޅި. މައި މޯމް. އަސްލު މަންމައަށް އަހަންނަށް ގުޅުނީ މިސްޓޭކަކުން. ޝަހާނީއޭ ކިޔާފަ ވާހަކަ ދައްކަން ފެށީ. އެ ވާހަކައިގެ ތެރޭގަ ކޮންމެވެސް މިރްޒާންއެއްގެ ނަން އިވުނީމަ އެ ވާހަކަ ދައްކަން މިއައީ.” އައްޒާމް ކިޔައިދިނެވެ.
“މިރް….އެއީ ދޮންބެގެ ވާހަކަތަ އަނެއްކާ؟ އައްޒާމްގެ މަންމައަށް ކިހިނެއް ދޮންބެ އެނގޭނީ؟ ކީކޭ ބުނީ ދޮންބެއޭ ކިޔާފަ؟” މާޝާއަށް ލިބުނު ޙައިރާންކަމެއްގެ ސަބަބުން އޭނައަށް އެތައް ސުވާލެއް އެއްފަހަރާ ކުރެވުނެވެ.
“ތިކަން ސާފުނުވެގެންނޭ މިއުޅެނީ. މަންމަ ބުނީ މިރްޒާންގެ ގެއަށް ކޮންމެވެސް ކުއްޖަކު އައިސްގެންނޯ އުޅެނީ. އެކުއްޖާ މިރްޒާންއާ ދުރް….އެކުއްޖާއަށް ކޮންމެވެސް ގެއްލުމެއް ލިބެންވެގެންނޯ އުޅެނީ.” އައްޒާމް ތެދުތެދަށް ކިޔައިދޭން އުޅެފައިވެސް އޭނަގެ މަންމަގެ ޙަޤީޤަތް ހާމަކުރަން ޖެހިލުންވުމުން އެހެން ގޮތަކަށް ޢިބާރާތް ކޮށްލިއެވެ.
“ކޮން ކުއްޖެއް؟ ކޮން ގެއްލުމެއް؟” މާޝާއަށް އިތުރު ޙައިރާންކަމަކާއެކީ އަހާލެވުނެވެ.
“މާޝާގެ ދޮންބެގެ ގެއަށް އައިސްދާނެތަ ކުއްޖެއް؟” އައްޒާމް އަހާލިއެވެ.
“ހިއެއްނުވޭ. ދޮންބެއަކީ ވަރަށް އެކަނި އެކަނި އުޅޭ މީހެއް. ވަރަށް އެހެން ކުއްޖަކު ނުގެންނާނެ ގެއަށް. ކުޑަ ކުއްޖެއް ވިޔަސް އަދި ބޮޑު މީހެއް ވިޔަސް. އެއީ ދޮންބެއަށް އެ އެޕާޓްމެންޓަކީ ވަރަށް ޚާއްސަ ތަނެއް. ބައްޕަމެން ދޮންބެ ކައިރި އެތަނުގަ ހުންނަ ކޮޓަރިއެއް ކުއްޔަށް ދޭށޭ ބުނީމަ ވެސް މަނާ ކުރީ. އިޓްސް އަ ލޯންގް ސްޓޯރީ ކީއްވެކަން ދޮންބެއަށް އެތަން ޚާއްސަވަނީ. ކޮންމެ ގޮތެއްވިޔަސް ހިއެއްނުވޭ ދޮންބެ އެގެއަށް ކުއްޖަކު ގެނެސްފާނެހެން.” މާޝާ އޭނައަށް އެނގޭ މިންވަރަކުން ކިޔައިދިނެވެ. އައްޒާމް ވިސްނުމެއްގައި އެ ވާހަކަތައް އަޑުއަހަން އިނދެފައި ބޯޖަހާލިއެވެ. މަންމަގެ ފަރާތުން އިވުނީ މާޝާގެ ދޮންބެގެ ވާހަކަ ނޫންކަމަށް އެ ވާހަކަތަކުން އޭނައަށް ޔަޤީނާއި ގާތްވާ ގޮތްވިއެވެ. އެހެންނޫނަސް މަންމައަށް މާޝާގެ ދޮންބެ އެނގޭނެ ގޮތެއް ނޯންނާނެއޭ ހިތަށްއެރީ، އެދުވަހު ކާފަ އޭނައާއި މިރްޒާންގެ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ ކިޔައިދިން ގޮތް ހަނދާންނެތިފައިވުމުންނެވެ. އޭގެ ކުރިން އޭނަގެ ބޮޑުދައިތައެއް ހުންނަކަން ވެސް އައްޒާމަށް އެނގިފައި ނެތުމުންނެވެ. އަދި އެދުވަހު މިރްޒާންގެ ކުރިމަތީގައި ކާފަ އެ ވާހަކަ ދެއްކުމަށްފަހު ވެސް އޭގެ ތަފްޞީލު އޭނައަށް ދީފައި ނެތުމުންނެވެ.
“ސޯ އައި ގެސް…..އެއީ މަންމައާއެކީ އެކޮޅުގަ އުޅޭ މިރްޒާންއެއްގެ ވާހަކަ ކަންނޭނގެ ދޯ؟ އެންމެ މިރްޒާނެއް ނޫންވިއްޔާ ހުންނާނީ.” އައްޒާމް އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ހެވިފައިހުރެ މާޝާއާއި ވާހަކަ ދެއްކިއެވެ. އައްޒާމްގެ ފަހު ޖުމްލައިން މާޝާވެސް ހީލަމުން އާނދޯއޭ ބުނެލިއެވެ. ސިކުނޑީގެ ހާސްކަން ފިލައިދިޔަ އެ ވަގުތު އެ ހިނިތުންވުން ފެނިގެން ދިޔުމުން އޭނައަށް ވައިގެ ތެރޭގައި ފެތެން ފެށިހެން އައްޒާމަށް ހީވިއެވެ. އޭނައަށް އަނެއްކާވެސް ބޭއިޚްތިޔާރުގައި މާޝާއަށް ބަލަހައްޓައިގެން އިނދެވެން ފެށިއެވެ. އޭނަގެ ތޫނު ނަޒަރުގެ ސަބަބުން އުދަގޫވި މާޝާއަށް ހުނުން ހުއްޓާލެވުނީ ޒުވާން ހޫނު ލޭގައި ހިނގަންފެށި ޖަޒުބާތުތަކުގެ ސަބަބުންނެވެ. ދެ ޒުވާނުންގެ ހިތްތައް އެއްޒާތެއްގެ ޖަޒުބާތުން ފުރިގެން ދިޔަ ވަގުތު ހާފިޒާ އެތަނަށްއައެވެ. އަދި ނިމިއްޖެތޯ އަހާލިއެވެ. އެއާއެކު މާޝާއާއި އައްޒާމް ހަމައަކަށް އެޅުނު ވަގުތު އައްޒާމް ނިމިއްޖެއޭ ބުނެލިއެވެ. އެ މަސައްކަތް ނިމި ލެޕްޓޮޕް ކޮޓަރިއަށް ލެވިފައިވިހެން ހީވި ހާފިޒާ އައްޒާމް ގާތު ރޭގަނޑު ކައިފިންތޯ އަހައި ކެއުމަށް ދަޢުވަތު އެރުވިއެވެ. އައްޒާމް އެ ދަޢުވަތު ޤަބޫލުކުރަން ކިތަންމެ ބޭނުންވިއެއްކަމަކު އޭނައަށް އިންކާރު ކުރެވުނީ ކާފަ މަތިން ހަނދާންވުމުންނެވެ. ކާފަ ހުންނާނީ އޭނަ ގެއަށްގޮސް ކާފައާއެކީގައި ކާށެވެ. އޭނަ މިގެއިން ކައިގެން ހުރެފިނަމަ އެއީ ކީއްވެކަމާމެދު ކާފަ ސުވާލުކުރާނެއެވެ. އޭނަގެ މޫނުމަތީގެ ކުލަވަރުން އޭނަގެ ޖަޒުބާތުތައް ދެނެގަތުމުގައި ކާފައަކީ މާހިރެކެވެ. އެހެންކަމުން އެ ޖަޒުބާތުތައް ފޮރުވުމުގެ ބޭނުމުގައި އިތުރު އިރުތަކެއްނުކޮށް އައްޒާމް އެގެއިން ނިކުމެގެން ދިޔައީ ހިސާބަކަށް ދެރަވެފައިވި ހިތަކާއި އެކީގައެވެ. އެހެނަސް ދުވަސްތައް ފާއިތުވާ ވަރަކަށް އޭނައާއި މާޝާއާއި ދެމެދު އޮތް ގުޅުން ވަރުގަދަވާނެ ކަމަށް އޭނަގެ ހިތް ޔަޤީންކުރީ ކީއްވެކަމެއް އައްޒާމަށް ޔަޤީނެއް ނުކުރެވުނެވެ.
އައްޒާމާއި މާޝާގެ ގުޅުން ބަދަހިވަމުން ދިޔައިރު މިރްޒާނާއި ހަސަންގެ ދެމެދުގައި ނުފެންނަ ފާރެއް ލެވިފައިވިއެވެ. އެޕާޓްމެންޓަށް ބަދަލުވީ ދުވަހު އެ ދެމީހުންގެ ހިތުގައި އުފެދުނު ވޭނީ ޖަޒުބާތުތަކުގެ އަސަރުތައް ދުވަސްކޮޅަކަށް ދެމިގެން ދިޔައެވެ. އޭގެ ޖެހިގެން އައި ދުވަހު މިރްޒާން ވަރަށް ގަދައަށް ބޮލުގައި ރިއްސާތީ އޮފީހަށް ނުނިކުމެއެވެ. އެ ދުވަހުގެ އިރުއޮއްސެން ކައިރިވީވީހެން ގަދަ ހުމެއް އޭނަގެ ގައިގައި ހިފުމުން ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރުން ލަފާ ދިނީ 3 ދުވަސް ވަންދެން ގޭގައި އަރާމުކުރުމަށެވެ. އެހެންކަމުން މިރްޒާން އެ މުޅި ތިން ދުވަސް ހޭދަކުރީ އެޕާޓްމެންޓް ތެރޭގައެވެ. 3 ދުވަސް އެކީގައި ހޭދަވީއިރުވެސް އޭނައާއި ހަސަނާއި ދެމެދު މާ ބޮޑު ވާހަކައެއް ނުދެކެވެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަސަން އޭނައަށްވީ ވަރަކުން މިރްޒާނަށް އެހީވެދޭން މަސައްކަތް ކުރާކަން މިރްޒާނަށް އެނގުންވެއެވެ. އޭނަ ބޮލުގައި ރިއްސައިގެން ނުތެދުވެ އޮތް ދުވަހު ވެސް ކިހިނެއްވީތޯ އަހައި އޭނައަށް ދޭން ބޭސް ގެނެސް ހެނދުނުގެ ނާސްތާވެސް ގެނެސްދިނީ ހަސަނެވެ. އެއަށްފަހު ވެސް ދޭތެރެދޭތެރެއިން ހަސަން އޭނަގެ ޙާލު ބަލަމުން ދިޔަދިޔަހެން މިރްޒާންގެ ހިތުގެ އެއްފަޅި އުފާވަމުން ދިޔަ ހިނދު އަނެއްފަޅީގައި ރިހުމެއްވެސް އުފެދިގެންދެއެވެ. އުފާވަނީ އޭނައާއި އަޅާލާ މީހަކު އެތައް އަހަރެއްފަހުން އޭނަގެ ގާތުގައި ހުރިހެން ހީވުމުންނެވެ. ރިހުމުގެ ފަހަތުގައިވި ސަބަބަކަށްވީ އޭނައަށް އެފަދަ އަޅާލުމަކާއި ލޯތްބެއް ދައްކުވައިދިން އޭނަގެ އަންހެނުންނާއި، މިފަދަ ޢުމުރެއްގައި އޭނައާއި އަޅާލާންޖެހޭ ދަރިފުޅުވީ އޭނައާއި ކިހާ ދުރުގައިކަން ހަނދާންވުމެވެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އާދައިގެ މަތިން މިރްޒާނަށް ކަރުނަ އަޅައި ރޮވެމުން ދިޔައެވެ. މިރްޒާނަށް ނޭނގުނު ކަމަކީ މިފަހަރު ވޭތުވެ ދިޔަ އަހަރުތަކާއި ޚިލާފަށް އޭނަގެ އެ ހިތާމައިގައި ބައިވެރިވަމުން ދިޔަ އެހެން ފަރާތެއް އޭނައާއި ނުހަނު ކައިރީގައިވީކަމެވެ. އޭނައަށް ނުފެނުނު ކަމުގައި ވިޔަސްމެއެވެ. އަދި އޭނައަށް އެކަން ނުހަނު އަވަހަށް އެނގެން އުޅޭ ކަމެވެ.
3 ދުވަހުގެ ޗުއްޓީއަކަށްފަހު މިރްޒާން އަނެއްކާވެސް އޮފީހަށް ނިކުތެވެ. ހަސަން ގޭގައި އެކަނި ބަހައްޓަން ބޭނުމެއްނުވުމުން މިރްޒާން އޮފީހަށް ދާން ނިންމީ ހަސަން ގޮވައިގެންނެވެ. ހަސަން ވަކި އިންކާރު ކުރުމެއްނެތި އޭނަގެ އަތުގައިވެސް އޮތް ރީތި ގަމީހަކާއި ޖިންސެއް ލައި ތާޒާވެލައިގެން މިރްޒާނާއި އެކީގައި ދާން ތައްޔާރުވިއެވެ. ހަސަން އެއްފަރާތަކަށް ބޮލުގައި ފުނާއަޅައިގެން ހުރިގޮތުން އަދި މާ ބޮޑަށް ވެސް މިރްޒާނާއި ވައްތަރުވިއެވެ. އެކަން މިރްޒާނަށް ވެސް ފާހަގަވިއެއްކަމަކު އެވަގުތު އޭނަގެ ޖަޒުބާތުތައް އޭނަގެ ބާރުގެ ދަށުގައި ބެހެއްޓުމަށްޓަކައި އެކަމާމެދު އިތުރަށް ނުވިސްނަން ނިންމިއެވެ. އެހެނަސް އޮފީހަށް ވަދެގެން ދިޔައިރު ހަސަން ފެނުމާއެކު އެންމެން އެ ޒާތުގެ ވާހަކަތައް ދައްކަން ފެށުމުން އޭނަގެ އެ ރޭވުން ނާކާމިޔާބުވިއެވެ. ބައެއްމީހުން ނުހަނު އުފަލާއެކީ މިރްޒާންގެ ދަރިފުޅު ފެނުނީތޯ ވެސް އަހަން ފެށުމުން މިރްޒާނަށް ލިބެމުން ދިޔަ ސިހުންތަކާއެކީ އެ އަޑުތައް އަންނަމުން ދިޔަ ދިމަދިމާލަށް ބެލެމުން ދިޔައެވެ. އާދައިގެ މަތިން އެފަދަ ވާހަކަތަކުން މިރްޒާންގެ ހިތް ވަރުބަލިވާ ގޮތްވިއެވެ. އެހެނަސް އޭނަގެ ބަލިފައި އޭނަގެ މައްޗަށް ސަވާރުވުމުގެ ކުރިން މިރްޒާން އެންމެންނަށް ފަސްދީފައި ގޮސް އޭނަގެ ކެބިނަށްވަނީ އޭނަގެ ފަހަތުން އަންނަމުން ދިޔަ ހަސަންގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. ނަތީޖާއެއްގެ ގޮތުން މިރްޒާން ފަހަތަށް ދޫކޮށްލި އޭނަގެ ކެބިންގެ ބިއްލޫރި ދޮރު ގޮސް ހަސަންގެ މޫނުގައި ޖެހުނެވެ. އިވުނު އަޑާއެކީ ހަސަންގެ ކުރު އާހުގެ އަޑު އިވުމުން މިރްޒާނަށް ފަސްއެނބުރި ބަލާލެވުނެވެ. އެއާއެކު ތަދުވެގެން ކަހަލަ ގޮތަކަށް ނޭފަތްމަތީގައި އަތް އަޅައިގެން ހުރި ހަސަން ފެނިފައި މިރްޒާނަށް ބޮޑުވެގެން ދިޔަ ދެލޮލާއެކީ ގޮސް ދޮރު ހުޅުވާލެވުނެވެ.
“އައިމް ސޯ ސޮރީ! ވަރަށް ބޮޑަށް ތަދުވިތަ؟” މިރްޒާނަށް އަވަސްއަވަހަށް އަހާލެވުނެވެ.
“އާނ ހަމަ ނޭފަތް ބިންދާ މެޝިންތަކެއްވިއްޔާ މި ދޮރުތަކަކީ. ނަސީބަކުން ލޭ ނާދޭ މިފަހަރު.” ހަސަން ނޭވާގެ ތެރެއަށް ކުޑަކޮށް ދެއިނގިލި ވައްދައި އިނގިލިތަކަށް ބަލަމުން ސަމާސާވެރި ރާގަކަށް ބުނެލުމުން މިރްޒާނަށް ހީލެވުނެވެ.
“ހެހެ…..ވަރަށް ގިނަ ފަހަރު ހަސަންގެ ނޭވާއަށް ދޮރުތަކެއްގެ ޙަމަލާ ލިބިފަ ހުރީތަ؟” މިރްޒާން އަހާލިއެވެ.
“ގައިމެއްނު؟” ހަސަން އޭނަ ޢާއްމުގޮތެއްގައި ބޭނުންކުރާ ބަހެއް އެ ރާގުގައި ބުނެލުމުން މިރްޒާނަށް ހިނިތުންވުމެއްގައި ބަލަހައްޓައިގެން ހުރެވުނެވެ.
“ބޭބެ މަސައްކަތް ކުރާއިރު ތި ވާހަކަތައް ކިޔައިދޭންވީއެއްނު؟ ފޫހި މަސައްކަތްތައް ކުރާއިރު ތިކަހަލަ މުނިފޫހި ފިލުވާ ޒާތުގެ ކުދިން ތިބުން މުހިއްމު…އަވަހަށް އާދޭ!” މިރްޒާން އެހެން ބުނެ ހަސަން ކެބިންގެ ތެރެއަށް ވެއްދިއެވެ. އެމީހުންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވުމަށް ނެގީ ހަމައެކަނި އެ ވަގުތުކޮޅެވެ. މިރްޒާން އޭނަގެ މޭޒުދޮށުގައި އިށީންއިރު ހަސަން އިށީނީ މިރްޒާނާއި އެއްފަރާތުގައި ބެހެއްޓިފައި ހުރި ސޯފާގައެވެ. އެއާއެކު ހަސަން އޭނަގެ ނޭފަތް ދޮރުތަކުގައި ޖެހުނު އެކި ދުވަސްތަކުގެ ވާހަކަ ކިޔައިދޭން ފެށުމުން މިރްޒާނަށް އޭނަގެ ހުރިހާ ހިތާމަތަކެއްގެ މަތިން ހަނދާން ނައްތާލަމުން ހެވެން ފެށިއެވެ. އިތުރަށް ހެވުނީ ހަސަން އެ ވާހަކަތައް ކިޔައިދިންއިރު ހުރި ސަމާސާވެރި ރާގުންނެވެ. އެ ވާހަކަތަކުގެ ތެރެއިން ހަސަނަކީ ރާއްޖޭގެ އެކި ރަށްތަކެއްގެ އިތުރުން ބޭރު ޤައުމުތަކަށް ވެސް ދަތުރުކޮށްފައި ހުރި ކުއްޖެއްކަން މިރްޒާނަށް އެނގުންވިއެވެ. ހަސަން އޭނަގެ ފަހު ވާހަކަ ކިޔައިދީ ނިމުމުން މިރްޒާނަށް ސުވާލެއް ކުރެވުނީ އެހެންވެއެވެ.
“ހަސަން ވަރަށް ގިނައިން ދަތުރުކުރަން ދޯ؟” މިރްޒާން އަހާލިއެވެ.
“އާނ….މަންމައާ އެކީގަ އުޅުނުއިރު އަދި މާ ބޮޑަށްކުރިން. މަންމައަކީ އިންޓަނޭޝަނަލް އޯތާއެއް.” ހަސަން އެންމެ ފަހަކަށް ބުނެލި ވާހަކައާމެދު ވިސްނާލެވުނު މިރްޒާން ސިކުންތުކޮޅެއްގެ ތެރޭގައި ގަނޑުވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ހަސަނާއި ދިމާލަށް ބަލާލެވުނެވެ.
ނުނިމޭ
31 Comments!
Comments are closed.
Yay me first..story v reethi keep it up♥️
Thoo mifaharu jana ahvure ves kurin thi comment kolly Ma Sha Allah 😀 Alhamdhulillah! (All praise and thanks belong to Allah) 🙂
Assalaam’alaikum. mee jana mihaathanah mi vaahakaiga genesdhin emme kuru bai. ekamaa medhu dheravefa mihuree ves. ekamaku dhen mifaharu vee varu. mihaaru andhaaza kurevijje mihaaruge busy schedule ga ulhemun jana ah liyeveyny kihaa varakah kan. dhen oiy bai egothah visnaigen dhigu kureveytho balaanan In Sha Allah. ekamattakai thiya kiyuntheringe dua ves v beynun. mihaaru dhuvaskolheh vejje busy kamun jana varubali nufilaathaa ves. hehe….but Alhamdhulillah loving it as well. 😀
mi part aa eky post thakeh nuhunnaane. egothah visnaafa haqeeqathuga mi bai mihaa hisaabah genesdhiny ves. ey mihaaru vaahaka ah libey vaguthu kolhun jana post thah liyan vejje nama next part ves hama mihaa varah genesdheveyny. ehenveema next part aa eky post thah dhen hunnaany.
next part thursday ga In Sha Allah 🙂
Yey me first. Vaahaka hama habeys. I cant even wait to know what will happen next. Keep up ur good work Jana. Love you!
Ishaa second ingey mifaharu 😀 but still an achievement! hehe…Alhamdhulillah! Love you too sis <3
Masha Allah. Varah furihama. Dhen Anna bayah inthizaaru kuraanan. Hope next part also will be nice as this one. Thanks for writing such a beautiful story ?
In Sha Allah komme episode ehves emme furihama kureveytho varah masakkaiy kuran. ey dho ‘Muhsin’unge ge gothaky 😀 Subhaanallah aharumenge therein varah gina bayakah neyngey aslu Allah ge basfulhun aharumen inspire vegen dhaane minvaru. we underestimate it big time and prefer motivational speeches in place of the Quran. Wallaahi there is nothing more inspirational than the wisdom behind the Words of Allah. if we only gave it a thought. Anyways i go out of topic way too often. hehe…Alhamdhulillah! 😀
Masha allah. Mi part vx varah reethi. Miadhu irukolhu kolhun vaahaka up vejje tho beley. Varah fahun fenunee. Varah inthizaaru kurin vaahaka ah. Finally up vejje. Busy koh ulhemun vaahaka liyanya kuru vx vedhaane. But next part dhigu vaane kamah unmeedhu kuran insha allah. Curiously waiting 4 next part…
Shifna sis ekamaku jana ge standards in busy koh ulhemun ves kuruvegen nuvaane ey. mihaaruves mihen mi bunely amilla nafsah handhaan kohdhinumah hehe…next part In Sha Allah hama gaimuves miavvure dhigu kohdheynan. 🙂 Alhamdhulillah! 😀
jana othey fahun comment ey ga haveeru up kodhey vaahaka bunefa..hendhunu hendhunu snow ah ves iru irukolha balanikoh fenuny hehehe.. btw vaahaka hama saabas.. hassan ah engey dhw mirzan aky bappa kan? gaimu hassan athuga photo e othennu..
hehe…jana angaanamennu jana ah engey viyya snow men kahala kudhin ethah ireh heydha kuraanekan reload kurumuga 😛 beynumeh noon janage sababun thiya kiyuntheringe vaguthu beykaaru vaakah. ehenveema engy.
hehe….hassan ah engeyhen dho heevany. balamaa vaagotheh In Sha Allah 😀 Alhamdhulillah! 🙂
May allah bless u with gud health and may he gives u more n more success n bless u in what ever gud work u r doing.aameen!U have excellent writting skill.u r unique.n u have almost all the quality tht a gud writter could have.masha allaah.u r one of the best writter i have seen among maldivian writters.keep it up! Like the commentators mentioned before, ur stories have touched so many hearts tht now they have a v gud change in their life.n i too can proudly say tht ever since i started to read ur stories my life has turned to a totaly different page which i have never experience before . Glory to allah who has shown me the right path through u jana. May allah have mercy on u n keep u on the staight path .n keep ur eemaan stronger till the end.ameen!!
Ameen ya Rabbal ‘aalameen! May Allah grant you even more than what you have asked for me. Ameen!
I seriously dont think i deserve any of these compliments in this comment. If you have found the right way, its only because of the good in you. And because of your desire to turn to Allah. because Allah guides whom He Wills of those who have goodness in them and those who try to turn to Him. And it is only He Who can increase us in guidance and grant us the strength to stay firm on His deen. May Allah make our hearts firm on His deen and not let our hearts deviate after He has guided us. May Allah make eman beloved to us and beautify it in our hearts and make ingratitude, corruption and rebellion hateful to us. May Allah grant us the best in this life and in the next and protect us from the punishment of the Fire. Ameen!
Wowww.. ?? Mi part vx hama varah reethi ingey masha Allah ????Ekam varah curious kohlaafa thi nimmaali as usual ?? dhn I hope mirzaan ah thankolheh avahah ingeyne Kamah thedhu.. ?? I mean whether it’s his child or not ??? and yeah jana sis thi buni gothah Mi part varah kuru but I understand ?? daily koh up kohfa ehaa furihama ah story vx thi gendhani so once in a while ehn vias OK vaane ??? waiting eagerly for the next part ❤️❤️❤️❤️
hehe….Mirzaan ah haqeeqaiy engen jana ves beynunvany. jana ves varah dheravey viyya Mirzaan ge vaahaka liyaa iru ves. dhen balamaa jana ekan haqeeqathakah hadhaany kihaairakun kan 😀 Alhamdhulillah! next part thursday ga In Sha Allah 🙂 <3 <3 miaffahu evves part eh kuru nukuran target mikurany ingey In Sha Allah. sis jana attakai dua kohdhehchey. jana ves sis aa hurihaa kiyuntherin jana ge dua thakugai handhaan bahattaanan In Sha Allah <3
When next part
Thurdaygaey e buneenu…
Yal maa busy dho comment kiyaalevey varah vure 😀 hehe….next part thursday ga In Sha Allah.
Someone: Jazaakallah Khairan 😀
Jana insta gengulhen tha? gengulheyya id please ?
insta ga ulhen. ekamaku adhi hissaa kuraakah nethin. In Sha Allah dhen liyaa vaahaka akaa eky share kuran nimmaigen mihiry. vaahaka aa gulhigen insta ga ves post thah hissa kuran In Sha Allah 🙂
This part is also very awesome. Can’t wait to read the next part
ahan mihiry ves Jana ehtha? Yay! *high five* 😀 Alhamdhulillah! Next part thursday ga In Sha Allah <3
Maa sha Allah.. Vrh furihama vaahaka eh miee.. Asarugadha…….. Al’hamdhulillaah.. Vrh ufaavey mikahala dheeny vaahaka Thah Jana genesdheythee.. Maaiyy Allah thibaa ah heyo rahmaiyy lavvaashi.. Allah ge iraadhafulhun mi vaahaka kiyaigen ves I ge life ah changes gennan hiyyvaru libey.. Al’hamdhulillaah… ☺️? jazakillah khairan Jana.. ? btw.. Wanna ask you something.. Ekam thankolheh personal question eh kanneynge aee.. Jana thiee Arabic or Islam teacher eh tha? Vrh inspire vehje Jana ge vaahaka thakunnaa Jana ge post thakun.. Jana readers ah Arabic dhaskohdheythee ves Vrh happy.. Ehnve teacher eh hen heevaathy Hama ahaaly.. ? I wanna be like you.. Asluves.. Thi kahala madumaithiri hiyy heyo meehakah vaan beynun vvvvv bodah.. Vrh ufaa vaane I ge suvaalah javaabeh libihjeyyaa.. Adhi es eh faharu mifadha iburaiyytheri vaahaka genesdheythee Vrh bodah shukuriyyaa adhaakohlan.. Maaiyy Allah Jana ge thi masahkathuga barakaaiyy lavvaashi.. Aameen..
Aslu “jana’s fan” ey Jahan ulhenikoh einy Jonas ah change vefa.. Im a girl ingey Jana.. ?
Its ok aishah. naseebehnu hulhagu kujjakah nuvikan 😛
Maa sha Allah.. Vrh furihama vaahaka eh miee.. Asarugadha…….. Al’hamdhulillaah.. Vrh ufaavey mikahala dheeny vaahaka Thah Jana genesdheythee.. Maaiyy Allah thibaa ah heyo rahmaiyy lavvaashi.. Allah ge iraadhafulhun mi vaahaka kiyaigen ves I ge life ah changes gennan hiyyvaru libey.. Al’hamdhulillaah… ☺️? jazakillah khairan Jana.. ? btw.. Wanna ask you something.. Ekam thankolheh personal question eh kanneynge aee.. Jana thiee Arabic or Islam teacher eh tha? Vrh inspire vehje Jana ge vaahaka thakunnaa Jana ge post thakun.. Jana readers ah Arabic dhaskohdheythee ves Vrh happy.. Ehnve teacher eh hen heevaathy Hama ahaaly.. ? I wanna be like you.. Asluves.. Thi kahala madumaithiri hiyy heyo meehakah vaan beynun vvvvv bodah.. Vrh ufaa vaane I ge suvaalah javaabeh libihjeyyaa.. Adhi es eh faharu mifadha iburaiyytheri vaahaka genesdheythee Vrh bodah shukuriyyaa adhaakohlan.. Maaiyy Allah Jana ge thi masahkathuga barakaaiyy lavvaashi.. Aameen..
rangalhu nan liyefa oiy comment ahtha reply kuranvaany dho? 😀 Alhamdhulillah varah bodu hiyvvareh libijje Aishah ge mi comment kiyaafa ves. ekamaku jana abadhuves bunaahen hidhaayaiy dhakkavany hama ekani Allah. ey jana kuraa kamakah vi nama vaahaka kiyaa hurihaa kiyuntherinnah evvarakah asaru kurees. Subhaanallah! Ekamaku Allah khiyaaru kuravva alhakah ekalaange hidhaayaiy dhakkavaa. ey e alhunge therein tawba vaan masakkaiy kuraa alhunnah. Maai Allah alhamen emmennah hidhaayaaiy ithuru kohdhevvaashi. Ameen!
jana mihaaru thiya kiyuntherinnah Islam aa beheygothunna Arabi aa beheygothun baeh ehchehi kiyavaidhen dho? 😀 ehenveema mivy thiya kiyuntheringe Islam and Arabi teacher ehnu? its one way of looking at it 😉 hehe…hevijje ingey jana kahala madumaithiri kujjekey buneema. jana dhanna meehunnah engeyny jana anga gadhakamun boluga rissa varu. 😀 (seriously i’m one irritating person)
Aishah thi kuri fahu dua gai jana ves baiverivan. Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! <3 🙂
Jana thy arabic teacher ehtha
thiya kiyuntheringe Arabi teacher ehnu mee? 😀
Assalaam’alaikum. Miadhuves (thursday) vaahaka upvaany haveeru In Sha Allah. ?
page refresh kolla kolla mihunnnay hama.waiting waiting janaaaaaa…..