Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ވަޢުދު (ދެވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
August 15, 2019 11 Mins Read
77 Comments

އެހެނަސް އޭނަގެ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް ފެނުނު ސްކޭނެއްގެ ޒާތުން އޭނަގެ ދެބުމަ ކައިރިވިއެވެ. އެއްވެސް އެއްޗެއް ލިޔުމުގެ ކުރިން އޭނައަށް އެތައް ފަހަރެއްގެ މަތިން އެ ސްކޭން ސްކްރޯލް ކޮށްލެވުނެވެ.

 

އިސާހިތަކު ފެނިގެން ދިޔައީ އޭނަ އެތާ މޭޒުމަތީގައި ހުރި ކޯޑްލެސް ފޯނު ނަގައި ނަންބަރެއް ޖަހައި ފޯނު ކަންފަތުގައި ޖައްސާލި މަންޒަރެވެ.

 

“ހެލޯ….ކެބިންގެ ތެރެއަށް އައިސްދެވިދާނެތަ މިވަގުތު؟” ޒުވާނާ އިނގިރޭސި ބަހުން އެދުނެވެ. އެއަށްފަހު އޭނަ ފޯނު ބޭއްވިތާ ސިކުންތުކޮޅެއް ފަހުން އޭނައަށް ޕެންޑްރައިވް ދޭން އައި އިންޑިޔާ ފިރިހެން މީހާ އަނެއްކާވެސްއައެވެ.

 

“ނިކަން އައިއްސަ ބަލާލަބަލަ މި ސްކޭންއަށް. ޕޭޝަންޓް 1211….މި ޕޭޝަންޓަށް ހިނގޭތަ؟” ފިރިހެން މީހާ ގޮސް މޮނީޓަރަށް ބަލާލުމާއެކު ޒުވާނާ ސުވާލުކުރިއެވެ.

 

“މިރޭ އައި ޕޭޝަންޓުންގެ ތެރޭގަ ނުހިނގޭ ޕޭޝަންޓެއް ހުރި. ކިހިނެއްތޯވީ؟” ފިރިހެން މީހާ އަދަބުވެރިކަމާއެކީ އެހިއެވެ.

 

“ޕޭޝަންޓްގެ ވިސްނުން ރަނގަޅުތަ؟ ވާހަކަ ދެއްކޭތަ؟” ޒުވާނާ ދެންވެސް އެ ސްކޭންއިން ނަޒަރު ވަކިކުރުމެއްނެތި ސުވާލުކުރިއެވެ.

 

“އެހެންނެއް ނޭނގޭ ބުނާކަށް. ވާހަކައެއް ނުދައްކާ ސްކޭން ހައްދަން އައިއްސަ. އެކުއްޖާ ބަލަން ހުރި ނަރުސްކުއްޖާ ކައިރިން ސުވާލުކުރަންވީތޯ؟” ފިރިހެން މީހާ އެހިއެވެ.

 

“އުނހު…..ޕޭޝަންޓް މާދަމާ ހެނދުނު ޑޮކްޓާރ ފާރނޭންޑްއާ ބައްދަލުކުރަން އަންނާނެ ދެއްތޯ؟ އަންނައިރު އަޅުގަނޑުވެސް ބޭނުން މި ޕޭޝަންޓްއާ ބައްދަލުކުރަން. އެ އެޕޮއިންޓްމެންޓް ޖެހޭއިރަށް އަޅުގަނޑަށް ގުޅާލަދިނުން އެދެން.” ޒުވާނާ ބުނެލިއެވެ. އެއާއެކު އެ ވާހަކަ އަޑުއަހަން ހުރި ފިރިހެން މީހާ ނުހަނު އަދަބުވެރިކަމާއެކީ އެންމެ ރަނގަޅޭ ބުނެ އެތަނުން ދާން ހިނގައިގަތެވެ. ފިރިހެން މީހާ އެ ރޫމުން ނިކުމެ ދޮރު ލައްޕާލުމާއެކު އަނެއްކާވެސް ޒުވާނާ އެ ސްކޭން ސްކްރޯލް ކޮށްލިއެވެ. އަދި މިފަހަރު އެ ސްކޭންގެ މަތީގައި ކުދި އަކުރުތަކުން ލިޔެވިފައިވި ބަލިމީހާގެ ތަފްޞީލުތަކަށް ވެސް ނަޒަރު ހިންގާލިއެވެ. އެއީ 20 އަހަރުގެ އަންހެން ކުއްޖެއްކަން އެނގުނުތާ ދެވަނަ ސިކުންތުގައި އޭނަގެ ނަޒަރު ބަލި މީހާގެ ނަމަށްވެސް ހުއްޓުނެވެ.

 

“މަރިޔަމް މަލާކް މަސްޢޫދު.” ޒުވާނާ އާދައިގެ ގޮތަކަށް ކިޔާލިއެވެ. އިރުކޮޅެއް ވަންދެން އެ ނަމަށް ބަލަން އިނދެފައި އޭނަ ފުން ނޭވައެއް ދޫކޮށްލަމުން އެ ސްކޭންގެ ރިޕޯޓް ލިޔަން ފެށިއެވެ.

 

**

 

މަލާކް ބަލައި އެރޭ އޭނަގެ ބޮޑުބޭބެ އައިއިރު 10:30 ވެ ބޮޑުވެފައިވިއެވެ. ބޮޑުބޭބެ އޭނަ ގޮވައިގެން ޓެކްސީއެއްގައި ދިޔައީ ވަކި އޭނަގެ ޙާލުވެސް ބަލާލުމެއްނެތިއެވެ. މަލާކް ބަނޑުހައި ވެފައި އިނެއްކަމަކު އޭނަ އެ ވާހަކަ ބުނާކަށް ވެސް ބޭނުމެއްނުވެފައި އިނީއެވެ. ނަމަވެސް އެރޭ އޭނަގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. އެރޭ ގެއަށް ދިޔައިރު ބޮޑުބޭބެގެ އަންހެނުން އޭނައަށް ދޭންވެސް ކާއެއްޗެހި ޕެކްކޮށްގެން ގެނެސްފައި ހުއްޓެވެ.

 

“އަނހަ މަލާކް ތިއައީދޯ؟ އަވަހަށް އިށީނދެ ކާލާ. މިހިރީ ދައްތަމެން މަލާކަށް ދޭން ގެނައި އެއްޗެހި.” ބޮޑުބޭބެ އޭނަ ގެންގޮސް އެ އެޕާޓްމެންޓްގައި ހުރި ކާމޭޒާއި ކައިރި ކޮށްލި ވަގުތު ފަރުޒާނައްތަ ކާއެއްޗެހިން މަތި ނަގައި އަތުރާލަނީއެވެ. މަލާކަށް އެއްފަހަރު އެކާއެއްޗެއްސަށް އަނެއްފަހަރު އޭނަގެ އެ ދައްތައަށް ބެލެމުން ދިޔައީ ޙައިރާންކަމާއެކީގައެވެ. މިއީ ވަރަށް މަދު ފަހަރަކު ނޫނީ ވާ ކަމަކަށް ނުވާތީވެއެވެ. އަދި އެދުމެއްނެތި ނޫނީ އެ ދެއަތުން އޭނައަށް ވެދުމެއް ނުވާނެކަން ޔަޤީންވާތީވެސްމެއެވެ.  އެ ވިސްނުމުގައި އިނދެވެސް މަލާކް އެމީހުންގެ އެދުމުގެ މަތިން ކާންފެށިއެވެ.

 

“ކައިގެން ޖާނު ވަރުގަދަ ކޮށްގެން ހުރީމައެއްނު ފިރިހެނުން އިންނަން ވެސް ބޭނުންވާނީ؟” ފަރުޒާނާ މަލާކް ކައިރީގައި އިށީންނަމުން ބުންޏެވެ. ދައްތަ ދެއްކި އެ ވާހަކައިން މަލާކްގެ މޭ ނުބައި ކުރިއެވެ. ސަހަލުނޫން ކަމަކާނުލާ ބޮޑުބޭބެމެންގެ ފަރާތުން މި ޒާތުގެ ވާހަކައެއް ނުއިވޭނެކަން އެނގުންވީތީވެއެވެ.

 

“ތެދެކޭ….މަލާކް ރަށަށް ދާންވާއިރަށް ވަރަށް އުފާވެރި ޚަބަރެއް މަލާކަށް ލިބޭނެ.” ފާރޫޤު ނުހަނު ހެވިފައި އިނދެ އިތުރުކުރިއެވެ. މަލާކް އަސްލެއްނެތް ހިނިތުންވުމެއް ދައްކާލަމުން އެކަމާމެދު އިތުރު ސުވާލެއް ވެސް ނުކުރީ އެއީ އޭނަ އަޑުއަހަން ބޭނުންވާ ޒާތުގެ ވާހަކައެއްހެން ހީނުވުމުންނެވެ.

 

އެރޭ ނިދަން ތައްޔާރުވުމަށްފަހު އާދައިގެ މަތިން މަލާކް އޭނަގެ ފުރޮޅިލީ ގޮނޑީގައި އޭނަގެ އެނދު ކައިރިއަށް ދިޔައެވެ. އަދި ކޮންމެ ރެއެކޭ ވެސް އެއްފަދައިން ފައިގައި ރިއްސާ ފަޅި ސިކުންތަކަށް ކޮޅަށް ތެދުވެ އެނދުމައްޗަށް ވެއްޓިގަތެވެ. ފައިގެ ރިހުން ފިލަންދެން އެނދުން ފައި ބާލައިގެން އިރުކޮޅެއް ވަންދެން މަލާކް ދެލޯ މަރައިގެން އޮތެވެ. އެހެނަސް މާ ގިނައިރެއްނުވެ ތެދުވެލެވުނީ ފަންކާގެ ވައިން ވެސް ފަޔަށް މާ ބޮޑަށް ފިނިވާން ފެށުމުންނެވެ. މިއީ އޭނައަށް އެއްގޮތަކަށް ވެސް އާ ކަމަކަށް ނުވުމުން މަލާކް ވަގުތުން އެކަން ޙައްލުކުރުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ފައިގައި ހުރި ތަދާއެކީ ވެސް އޭނަ ފައި އެނދުމައްޗަށް އެރުވިއެވެ. އެއަށްފަހު އަރިމަތީ މޭޒުމަތީގައި ބޭއްވިފައި އޮތް ބޯކޮށް އޮތް ދިގު އިސްޓާކީނު ނަގައި ފަޔަށް އަރުވަން ފެށިއެވެ. އިސްޓާކީން އަރުވައި ނިމުނު ވަގުތަކީ ސީލިންގްގެ މަތިން ފުރާޅުމަތީގައި ހިމަފޮދު ވާރޭގެ ތިކިތައް ތެޅެން ފެށި އަޑު އިވުނު ވަގުތެވެ. އެއާއެކު ވީ އުފަލާއެކީ އުޖާލާވި ހިނިތުންވުމަކާއެކީ މަލާކް ފަޔަށް ތަދުވާކަން ވެސް ހަނދާން ނައްތާލަމުން ނުހަނު އަރާމުގައި އެނދުގައި އޮތް ރަޖާ ގެނެސް ގައިގައި އަޅާލަމުން އޮށޯތެވެ. ހަމަ އެ ހިނދު އޭނަގެ ހަނދާނަށް އައީ އެރޭ ހޮސްޕިޓަލުގައި އިންދާ ޓީވީއިން ފެނުނު އެނދެއްގެ އިޝްތިހާރެކެވެ. އެ އިޝްތިހާރުގައި މި ޒާތުގެ މަންޒަރެއް ހުރިނަމަ މާ ރީތިވީހޭ ހިތަށްއެރި ހިނދު މަލާކަށް ހިނިތުންވެލެވުނެވެ. އިޝްތިހާރުތަކަށް އޭނަގެ ހުންނަ ޝައުޤުވެރިކަން ހިތަށްވެރިވުމުން ކުޑައިރުއްސުރެ އޭނަ ދެކެމުން އައި ހުވަފެނެއްގެ މަތިން ހަނދާން އާވިއެވެ.

 

އެއްޗެއްގެ ހުރި ރީތިކަމާއި ފުރިހަމަކަން އެހެންމީހުންނަށް ދައްކުވައި ދިނުމަކީ މަލާކަށް އެންމެ ކުޑައިރުއްސުރެ ވެސް ލިބިފައިވާ ހުނަރެކެވެ. ރަށުގައި ހުންނަ އެންމެ ގެއެއްގައި ހުންނަ ޓީވީއިން ފެންނަ އިޝްތިހާރުތައް ބެލުމަކީ އޭނަގެ އާދައެކެވެ. އަދި އެކުވެރިންގެ މެދުގައި އެ އިޝްތިހާރުތަކަށް ފާޑުކިޔައި ހެދުމަކީ ކުޑައިރުއްސުރެވެސް އޭނަ ގަޔާވެގެން ކުރާކަމެކެވެ. ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރު މާރކެޓިންގްއަށް އޭނަގެ ޝައުޤުވެރިކަން ހުރި ވާހަކަ ބުނިބުނުން އޭނަގެ ގިނަ އެކުވެރިންގެ މެދުގައި ސަމާސާއަކަށްވެގެން ދިޔައެވެ. ކުޑަ ރަށެއްގައި އުޅޭ ނުކުޅެދުންތެރި އަންހެން ކުއްޖަކަށް މާރކެޓިންގް ފަދަ ދާއިރާއަކުން ކުރިއަށް ދެވޭނީ ކިހިނެއްތޯ ބުނެ ހަޖޫޖެހިއެވެ. އޭނަގެ މަންމަގެ ހެދިކާ އިޝްތިހާރު ކުރަންވީ ނޫންތޯ ބުނެ މަލާމާތްކުރިއެވެ. އެހެނަސް އެ މަލާމާތްތަކުން ހިތްދެރަވުމުގެ ބަދަލުގައި މަލާކް ހިތްވަރާއެކީ އެމީހުން އެ ބުނި ކަންތައް ކުރިއެވެ. މަންމަގެ ހެދިކާތައް އިޝްތިހާރު ކުރުމުގެ ގޮތުން އަތުން ކުރަހައިގެން ޕޯސްޓަރުތައް ހެދިއެވެ. އޭނަގެ ދެއަތަކީ ދޭތެރެދޭތެރެއިން އޭނަ ބޭނުންނުވާ ގޮތްގޮތަށް ވެސް ޙަރަކާތްކުރާ ދެއަތަށްވާތީ އޭނަ ކުރެހި ކުރެހުންތައް އޭނައަށް ވެސް އެހާ ރީއްޗެއްނޫނެވެ. އެހެނަސް އޭނަ ޖެހިލުންކަން ކަނޑާލަމުން އެ އިޝްތިހާރުތައް ގޭގެ ބޭރުގައި ތަތްކުރިއެވެ. އެ ޕޯސްޓަރުތަކުގައި ކުރަހާފަ ހުރި ކުރެހުންތައް އެހާ ރީއްޗެއް ނުވިއެއްކަމަކު ލިޔެފައި ހުރި ލިޔުންކޮޅަކީ ގިނަ މީހުންގެ ލޮލުގައި އެޅި ލިޔުންކޮޅަކަށްވިއެވެ. ސްކޫލްގައި ކިޔަވަމުން ދިޔަ އެއްޗެއްސަށް ބުރަވެ މަލާކް ލިޔަން ޚިޔާރު ކޮށްފައިވީ ޢާއްމުގޮތެއްގައި އެ ރަށުގައި ހުންނަ މަދު ފިހާރަތަކުގެ ބޭރުން ފެންނަ އާދައިގެ ބަސްކޮޅުތަކަށް ނުވާތީވެއެވެ. މިކަމުގެ ސަބަބުން މަލާކްގެ އެކުވެރިންގެ އަނގަ ބަންދުވިއެއްކަމަކު ދެންވެސް އޭނަގެ ހިތެއްނުފުރެއެވެ. އޭނަ ބޭނުންވަނީ އޭނަ ޝައުޤުވެރިކަން ހުރި ދާއިރާއިން ދެވެން އޮތްހާ ދުރަކަށްދާށެވެ. ފުރޮޅިލީ ގޮނޑިއެއްގައި މުޅި ޢުމުރު ހޭދަކޮށްފައިވިޔަސް އޭނަގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސިދާނެކަން ސާބިތުކޮށްދިނުމަށެވެ. އޭނަގެ އެ އުއްމީދު ފުރިހަމަ ވާން ކިހާ ގާތްވެފައިވިކަން މަލާކަކަށް ރޭކާނުލައެވެ.

 

އުފާވެރި ހުވަފެންތަކުން ޚިޔާލީ ފޮލާ ކައްކަމުން ދިޔަ ހިނދު ދޭތެރެދޭތެރެއިން އޭނަ އެރޭ ބޮޑުބޭބެ ދެއްކި ވާހަކަ މަތިން ވެސް ހަނދާންވަމުން ދިޔައެވެ. ނިދެމުން ދިޔަ ވަގުތު އަނުމްއާއި އަނުމްގެ ބޭބެއަކާއިމެދު ވެސް ވިސްނެމުން ދިޔައެވެ. މިހާތަނަށް އައިއިރު އަނުމް ދުވަހަކުވެސް އޭނަގެ ޢާއިލާ މީހަކާއި ބެހޭގޮތުން ރުހުމުގައި ވާހަކަ ދައްކާފައި ނުވާތީވެ ކަންނޭނގެއެވެ. އަނުމްގެ އެ ބޭބެ ތަފާތުވަނީ ކިހިނެއްތޯ މަލާކްގެ ހިތަށް އަރަމުން ދިޔައެވެ.

 

މަލާކްގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކަށް ހުއްޓުމެއް އައީ އޭނަގެ އެސްފިޔަތަކަށް ބަރުވެ އޭނަގެ ދެލޯ މެރިގެން ދިޔުމުންނެވެ. ހަމަ އެ ހިނދު އާދައިގެ މަތިން މަންމަގެ ނަޞޭޙަތެއްގެ މަތިން ހަނދާންކޮށް ޝަހާދަތުގެ ދެކަލިމަ ކިޔާލީ އެހެނިހެން ޒިކުރުތައް ނުކިޔާ ކަމަށްޓަކައި އަމިއްލަ ނަފްސު ހިސާބަކަށް ކުށްވެރިކުރަމުންނެވެ.

 

**

 

އެރޭގެ އެ ވަގުތު މަލާކް އޮތް ކޮޓަރިއަށް ވުރެ ދެގުނަ ތަނަވަސް ކޮޓަރިއެއްގެ ތެރޭގައި ހުރި އެއްކަލަ ޒުވާނާ ބިންމަތީގައި ބެހެއްޓިފައި ހުރި އޭނަގެ ހެދުން ފޮށި ހުޅުވާލީއެވެ. ފޮށީގެ ތެރެއިން އަޅި ކުލައިގެ ޓީޝާޓެއް ނަގައި އޭތި ބޮލުން ވައްޓާލަމުން އޭނަގެ ބިޔަ ހަށިގަނޑަށް މަހާލި ވަގުތު އޭނަ ހުރީ މޫނުބަލާ ލޯގަނޑު ކުރިމަތީގައެވެ. އެ ހިނދު ހަތަރެސްކަން ބައްޓަމަށް ހުރި އޭނަގެ ފިރިހެންވަންތަ މޫނު އެ ލޯގަނޑުން ފެންނަމުން ދިޔައެވެ. ގަދަ ބުމައިގެ ދަށުގައިވި ހަނި ދެލޮލުގެ ސަބަބުން އެ މޫނުމައްޗަށް ވެރިވެފައިވަނީ ސީރިއަސް ގޮތެކެވެ. ރޭގަނޑުގެ އެ ވަގުތު ވީއިރު އޭނަގެ އިސްތަށިގަނޑުގައިވި ތެތްކަން ފިލާފައިވުމުން ކަނދުރައާއި ހަމައަށް އޮތް އިސްތަށިގަނޑުގެ ރޫފައަށް ބަދަލުތަކެއް އަންނަން ފަށާފައިވިއެވެ. އެހެނަސް އެ ޒާތަށް ހުއްޓެއްކަމަކު ވެސް އޭނަ އެތައް އަހަރެއްގެ މަތިން ބިނާކުރި ހަށިގަނޑުގެ ސަބަބުން އޭނަ ފިލްމީ ތަރިއަކާއި ވައްތަރުކުރުވައެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެ ފަޚުރުވެރި ހިނިތުންވުމުގެ ފަހަތުގައިވި ސިއްރަކީ ވެސް އޭނައަށް އެކަން ޤަބޫލުކުރެވުން ކަންނޭނގެއެވެ.

 

ޒުވާނާ އެހެން ހުއްޓާ އޭނަގެ ސަމާލުކަން އެހެން ދިމާލަކަށް ދިޔައީ އެނދުގެ އަރިމަތީ މޭޒުމަތީގައި ބޭއްވިފައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ. އެއާއެކު އޭނަ އެ ދިމާލަށް ގޮސް ފޯނު ނަގައި ބަލާލިއެވެ. ފޯނުގެ ސްކްރީނަށް އަރާފައި އޮތް ނަމަކީ ‘ބޮޑުމަންމަ’ އެވެ. އެ ނަން ފެނިފައި ވެސް ޒުވާނާގެ މޫނުމައްޗަށް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. އޭނަ ވަގުތުން ފޯނު ނަގައި ސްޕީކަރަށްލަމުން ފޯނު އެ މޭޒުމަތީގައި ބޭއްވިއެވެ.

 

“ހާދަ ލަހަކުންނޭ ބޮޑުމަންމަ ކޮއްކޮ މަތިން ހަނދާން ތިވީ. ވަރަށް ދެރަވެއްޖެ އެކަމާހެދި.” ޒުވާނާ ވާހަކަ ދައްކަމުން އަނެއްކާވެސް ރީތިވާ މޭޒު ދޮށަށް ގޮސް އޭނަ ރީތިވާން ނެގި އެއްޗެހި އަނބުރާ ފޮށްޓަށް އަޅަން ފެށިއެވެ.

 

“އަޅޭ އެބަ އިނގެއްނު ބޮޑުމަންމަ ކިހާ ބިޒީވާނެކަން މި ދުވަސްކޮޅު. އަނުމް ވެސް އަދި ކޮއްކޮވެސް އަންނަނީ މާދަމާ ވިއްޔާ. އަދި މިގޭގެ ތެރޭގަ ބަޔަކު އަންނަން އުޅޭހެން ވެސް ހީވަނީ ބޮޑުމަންމައަށް އެކަނި ވިއްޔާ. އެހެންނޫނަސް މީހަކު ޑޮކްޓަރަކަށްވެގެން އަނބުރާ ގެއަށް އަންނައިރު އާދައިގެ ގޮތަކަށް ވެސް މަރުޙަބާ ނުކިޔޭނެތާ.” ފޯނުން އެ ވާހަކަ އިވުނުއިރު ޒުވާނާ ރީތިވާ މޭޒުމަތީގައި ހުރި އެންމެ ފަހު އެއްޗެހި ފޮށްޓަށް އަޅާލީއެވެ.

 

“ހެހެހެ…..އާނދޯ؟ ތިހެން ބުނީމަ މިހާރު ދެވޭ ގޮތް ލަސްވެގެން މިއުޅެނީ ވެސް. އޭ ބޮޑުމަންމަ ކޭކެއް އަޅަންޏާ މިފަހަރު ނުލިޔައްޗޭ ކޮކީއޭ. ކޮންމެ ސެލެބްރޭޝަންއެއްގަ ދޮންބެ ހުރެގެން އިންސްޓާއަށް ފޮޓޯލާއިރު އޮންނަނީ އެހެން. ވަރަށް ޖޯކުޖަހާނެ އެންމެން.” ޒުވާނާ ފޮށީގެ މަތިގަނޑުގައި ހުރި ބައިގެ ތެރެއިން އޭނަގެ އައި ޕެޑް ނަގައިގެން ފޮށި ލައްޕާލުމަށްފަހު އެނދު ކައިރިއަށްދަމުން ބުންޏެވެ.

 

“ހޫނ….އަހަރުމެން ނޫޅެމޭ ނަންވެސް ލިޔާކަށް. ލިޔާނީ ޑޮކްޓާރ އަޔާޒް، އެމްބީބީއެސް.” އެކޮޅުން އެ ބަސްތައް ކިޔުނު ވަގުތަކީ އަޔާޒް އެނދަށް އަރައި އޭނަގެ އައި ޕެޑް ހުޅުވާލި ވަގުތެވެ. އައި ޕެޑްގެ މެދުގައި ވެސް އޭނަގެ ނަން ލިޔެވިފައިވީ ދެންމެ އެ އިވުނު ފަދައިންނެވެ. ނަމުގެ ފަހަތުން ފެންނަމުން ދިޔަ ފޮޓޯގައި ހުރި އަޔާޒް ދަސްވެނިވި ދުވަހު އޭނަ ހިނިތުންވެލައިގެން ވަކިން ނަގާފައި ހުރި ފޮޓޯއެކެވެ.

 

“ޔޫ ނޯ މީ ޓޫ ވެލް ބޮޑުމަންމާ.” އައި ޕެޑްގައި ޕާސްވޯޑް ޖަހަމުން އޭނަ ބުންޏެވެ.

 

“ހޫނ ދެން ހެވޭ. ޅައިރު ހޮޑުލައި ހެދީ ވެސް މި އުނގަށްވިއްޔާ އެނގޭނެއެއްނު. އާނ އޯކޭ ދެން މިހާރު ދާންވެއްޖެ. އެއްކަލަ އަޔާޒްގެ ފޭވަރިޓް ޑުވެޓް ހަލާކުވިއެއްނު ލަޔާން ކޮއްކޮއާ ލިލިއަން ކަތުރުން ފައިޓެއް ހިންގި ދުވަހު؟ އޭތި އަލުން ފަހަން ދިނިން ކުރިން ރޭ…މިހާރު އޭތި ނިމިފަ ކަންނޭނގެ އޮންނާނީ. އޭތި ނަގަން ދާންވެގެން މިއުޅެނީ.” އެކޮޅުން އިތުރަށް ވާހަކަ ދެއްކި އަޑު އިވިފައި އަޔާޒަށް ހިނިތުންވެލެވުނެވެ.

 

“ޔޫ އާރ ދަ ބެސްޓް އާންޓް ބޮޑުމަންމާ! ލަވް ޔޫ!!” އަޔާޒް އޭނަގެ ބޮޑުދައިތަ ކަމަށްވާ ވަސީމާއަށްޓަކައި ލޯބިން ފުރިގެން އައި ހިތަކާއެކީ ފޯނަށް ބަލަން އިނދެ ބުންޏެވެ.

 

“ލަވް ޔޫ ޓޫ….އޭ އެއްކަލަ ނިޝާން އެބަ ގުޅާ. ކޮންފަރެންސަށް އެބަލަން. ހިނގާބަލަ ޖޭ ކޮށްލަން.” އަޔާޒް އެ ވާހަކަ އިވިފައި ހީލަމުން ހިނގާށޭ ބުނެލިއެވެ.

 

“އޭ ބޮޑުމަންމަ އައިސްދީބަލަ ލިލިއަން ކައިރިއަށް. އަހަރެން އުޅެއުޅެ ނިދާ ހެދުން ލާން އެއްބަހެއްނުވި. ހަމަ އެ ރަތްކުލައިގެ ހެދުން ލާން އުޅެނީ.” ފޯނުން އިވުނު އޭނަގެ ދޮންބެގެ އަޑަށް އަޔާޒްގެ ހިނިތުންވުން ފުންވިއެވެ. ދޮންބެގެ އަޑުގެ ފަހަތުން އޭނައަށް ބޮޑުބޭބެ ކިޔާ 2 އަހަރުގެ ލިލިއަން ކުދި ކިޔާ އަޑަށް ވެސް އޭނަގެ ހިތް އުފާވެރިކަމުން ބަންޑުންވެގެން ދިޔައެވެ.

 

“ސާބަސް! މުޅި މާލެ ހިންގާ ވަކީލެއް. އެކަމަކު އަމިއްލަ އަންހެން ދަރިފުޅާ ދެމީހުން ކުރާ ޒުވާބަކުން މޮޅެއްނުވޭ. މި އަންނަނީ!” ވަސީމާ އެހެން ބުނެ ފޯނު ކަނޑާލި އަޑަށް އަޔާޒަށް ހީލެވުނެވެ.

 

“ލިލިއަންއަކީ ވެސް ކުޑަކުޑަ ވަކީލެއްވިއްޔާ ދޯ ބްރޯ؟” އަޔާޒް ބުނެލިއެވެ.

 

“އަނހަ! އަޔާޒް ވެސް އެބަހުއްޓޭދޯ؟ ކޮބާ މިހާރު ފުރަނީތަ؟” ނިޝާން ވާހަކަ ދެއްކިއެވެ.

 

“ނޫނޭ އަދި ނުފުރަން.” އަޔާޒް އޭނަގެ އައި ޕެޑުން ގޫގުލްއަށް ގޮސް އެއްޗެއް ޓައިޕްކުރަމުން ބުންޏެވެ.

 

“ސީރިއަސްލީ؟ އައި ތޯޓް ޔޫ ހޭޓެޑް އިންޑިޔާ. ހީކުރީ ރިޕޯޓްތައް ލިޔެ ނިމޭއިރަށް ތިތަނުންދާން ޓިކެޓް ނަގާނެކަމަށް.” ނިޝާން ބުނި އަޑު އިވުނެވެ.

 

“އާނދޯ؟ އެކަމަކު ތަންކޮޅެއް އިންޓްރެސްޓިންގް ކޭސްއެއް ފެނިގެން އެ ޕޭޝަންޓްއާ ބައްދަލުކުރަންވެގެން މަޑުކުރީ.” އަޔާޒް އޭނަ ސާރޗްކުރަން ބޭނުންވާ އެއްޗެއް ސާރޗްކުރުމާއެކު ފެންނަން ފެށީ ޚާއްޞަ ގޮނޑިތަކުގައި އިށީނދެގެން އެހެން ނޫނީ ވަކި ވައްތަރެއްގެ ބޫޓު ލައިގެން ތިބި ބޮޑެތި މީހުންނާއި ކުޑަ ކުދިންގެ ފޮޓޯތަކާއެކީ ހުރި ލިޔުންތަކެވެ.

 

“ހަހަ….އަންހެން ކުއްޖެއްތަ އަނެއްކާ؟ ތިއޮތީ މީހެއްގެ ސިކުނޑި ފެނިފަ ފުރަތަމަ ނަޒަރުން ލޯބިވެވިފަ. ސޯ ރޮމޭންޓިކް!” ނިޝާން ސަމާސާކުރިއެވެ. ހަމަ އެ ހިނދު އެމީހުންގެ ބޮޑުމަންމަ ގޮސް ލިލިއަން މަސަލަސް ކުރާ އަޑުވެސް އަޔާޒަށް އިވުނެވެ.

 

“ރޮމޭންޓިކް މައި ފުޓް! އެކުއްޖާގެ ނަންވެސް އަހަރެން ހަނދާނެއް ނެތް މިހާރު. ކޮންމެސް މަރިޔަމެކޭ. އެނގެއެއްނު އަހަރެންގެ ގޮތް. ހަމައެކަނި ސްކޭން މަތިން ހަނދާން ހުރީ. އައި ތިންކް އައި ކޭން ހެލްޕް ހާރ. އެހެންވީމަ ބޮޑަށް މި މަޑުކުރަނީ. އެހެންނޫނަސް އެނގެއެއްނު އަހަރެން ލޯބިވާ އެންމެ ކުއްޖެއްކަން ހުންނަނީ.” އަޔާޒް ފަހު ޖުމްލަ ބުނެލީ ހިނިތުންވުމަކާއެކީ ހިސާބަކަށް ރަތްވެގެން ދިޔަ މޫނަކާއި އެކީގައެވެ.

 

“ކާކު؟ ޑޯންޓް ޓެލް މީ ޔޫ ސްޓިލް ލައިކް ދެޓް މައުވާ!” ނިޝާން އެހެން ބުނެލީ ހިސާބެއްގެ ނުރުހުންތެރިކަމާއެކީގައެވެ. އެއާއެކު އަޔާޒްގެ ހިނިތުންވުން ފަނޑުވިއެވެ.

 

“އެކަމަކު….އަހަރެން އަދިވެސް ލޯބިވޭ މައުވާދެކެ.” އަޔާޒަށް އެހެން ބުނެލެވުނީ މަޑުމައިތިރި އަޑަކުން ސީރިއަސްކަމާއި އެކީގައެވެ.

 

“އޭނަ ކުރި ކަންތަކަށްފަހު ވެސް؟ ސީރިއަސްލީ އަޔާޒް ޔޫ ޑޯންޓް ޑިޒާވް ހާރ! އަދިވެސް ވަގުތު އެބައޮތް. އޭނަ ދޫކޮ..” ނިޝާންގެ ވާހަކަ މެދުކެނޑުނެވެ.

 

“މައު މަޢާފަށް އެދުނޭ ބްރޯ. އަހަރެން މަޢާފުކޮށްފިން. އެންޑް އައި ސްޓިލް ލަވް ހާރ…” އަޔާޒް އެހެން ބުނެލީ ހިތާމަވެރިކަން ވެރިވާން ފެށި މޫނަކާއި އެކީގައެވެ. ދެކެވެން ފެށި ވާހަކައިގެ ޒާތުން ކުރިމަތިން ފެންނަމުން ދިޔަ ސްކްރީނަށް ވެސް އަޔާޒްގެ ސަމާލުކަމެއް ނުދެވުނެވެ.

 

“އަޔާޒް…..އެކަމަކު އެއީ އެކީގަ ޒަވާޖީ ޙަޔާތެއް ފަށަންވީ ކަހަލަ ކުއްޖެއްނޫނޭ. ބޮޑުމަންމަ ކައިރިއަށް ގެއަށް ގެންނަންވީ ޒާތުގެ ކުއްޖެއް ނޫން އެއީ. އެންޑް ޔޫ ނޯ ދެޓް!” ނިޝާން އެހެން ބުނި އަޑަށް އަޔާޒްގެ ކަތުރުކަށިގަނޑަށް ބާރުވީ އޭނަގެ ހިތުތެރޭގައި އުތުރި އަރައިގަތް އިޙްސާސްތަކެއްގެ ސަބަބުންނެވެ.

 

“އަހަރެން ތިކަހަލަ ނަޞޭޙަތް ހޯދަންވީ ދެކުދިން ހޯދައި ވަރިވެފަ ހުރި މީހެއްކައިރިން ނޫންހެން ހީވަނީ.” އައި ރުޅީގައި އަޔާޒަށް ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް އެކަމާމެދު ހިތާމަވެސް ކުރެވުނެވެ. މީގެ މަދު މަސްތަކެއް ކުރިން ވަރީގެ މަރުޙަލާއެއް ކަނޑައްތުކުރި އޭނަގެ ދޮންބެއަށް އެ ބަސްތަކުން ކުރާނެ އަސަރު އެނގުންވުމުންނެވެ. އޭނަ ވަގުތުން މަޢާފަށް އެދެން ބޭނުންވިއެވެ. އެހެނަސް އެ ޙާލަތުގެ ގޮތުން އޭނަ އެކަމަށް ނުކުޅެދުނެވެ.

 

“ރައިޓް….ވެދާނެ ތިއީ ތެދަކަށް ވެސް. އެކަމަކު މިކަން ވެސް ހަނދާން ބަހައްޓާތި. އަޔާޒަށްވުރެ ބޮޑަށް ދުނިޔެ ފެނިފަ ހުރީ ދޮންބެއަށް. ވަރަށް ސަލާމް!” ނިޝާން އެހެން ބުނެ ވަގުތުން ފޯނު ކަނޑާލިއެވެ. އެއާއެކު އަޔާޒަށް ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. ދޮންބެއާއި ދެމެދު ދެކެވުނު ވާހަކަތައް އަދިވެސް އެއްފަހަރު ހަނދާންކޮށްލުމަށްފަހު އޭނަ ދެލޯ ހުޅުވާލިއެވެ. އެއަށްފަހު އޭނަގެ އައި ޕެޑުން ބްރައުޒާރ ކްލޯޒްކުރުމަށްފަހު ގެލަރީއަށް ދިޔައެވެ. ގެލަރީ ހުޅުވާލުމާއެކު ފެނިގެން ދިޔައީ ޒުވާން އަންހެން ކުއްޖެއްގެ ފޮޓޯތަކެވެ. އަޔާޒް އެ ފޮޓޯތަކުގެ ތެރެއިން އެންމެ ފަހަކަށް ނެގިފައިހުރި ފޮޓޯ ހުޅުވާލިއެވެ. ފޮޓޯގައި އެ އަންހެން ކުއްޖާ ރަތް ކުލައިގެ ކަކުލާއި ހަމައަށް އޮތް ހެދުމަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެން ފެހި ބަގީޗާއެއްގެ ތެރޭގައި ބެހެއްޓިފައި ހުރި ބެންޗެއްގައި އިންއިރު މޮޑެލަކާއި ވަކި ތަފާތެއްނެތެވެ. ކޮނޑަށްވުރެ މައްޗަށް ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑުގެ އެކި މަތިން ފެށިގެން ތިރިއަށް ކުލަ މަޑުވާ ފަދައަކުން މަޑު މުށިކުލައިގެ ޖެއްސިފައިވީއިރު މޭކަޕްކުރަން މޮޅުކުއްޖެއްކަން އެ ވަށް މޫނުމަތިން އެނގެއެވެ. އައިލައިނާއިން ލޮލުގެ ވަށައިގެން ކުލަ ގަދަކޮށް މަސްކަރައިން އެސްފިޔަތައް ދިގު ކުރެވިފައިވިއެވެ. އޭނަގެ ހެދުމުގައި ހުރި ކުލަ ތުންފަތުގައި ޖެއްސިފައިވީއިރު ތުންފަތަށް ވެރިކުރުވާފައިވީ ލާނެތް ހިނިތުންވުމެކެވެ. އެއްފައި މައްޗަށް އަނެއްފައި އެރުވިފައިވީއިރު ފަޔަށް ލައްވާފައިވީ ކަޅުކުލައިގެ ތުނި އިސްޓާކީނެކެވެ. ކަކޫމަތީގައި ބޭއްވިފައި އޮތް ދެއަތުގެ ނިޔަފަތިތައް ދިގު ކުރެވި ކުލަޖެއްސިފައިވިއެވެ.

 

ކޮންމެ މީހަކު މައުވާއާއި ބެހޭގޮތުން ކޮންމެ ގޮތަކަށް ދެކުނެއްކަމަކު އަޔާޒް އެ ފޮޓޯއަށް ބަލަހައްޓައިގެން އިނީ މަސްތުވެފައިވާ ފަދައަކުންނެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔުނަސް އެއީ އޭނަގެ ހިތުން ޖާގަ ހޯދި އެންމެ ފުރަތަމަ އަންހެން ކުއްޖާއެވެ. އަދި އޭނަގެ މުޅި ޙަޔާތް އެކީގައި ވޭތުކުރަން ބޭނުންވާ ކުއްޖާވެސްމެއެވެ.

 

އަޔާޒް ފޮޓޯއަށް ބަލަން އިނދެފައި މައުވާގެ މޫނާއި ކައިރިން އިނގިއްޔެއް ޖައްސާލީ ލޯތްބާއި އެކީގައެވެ. އެއަށްފަހު އޭނަ އެ ފޮޓޯ ގެނެސް މޭގައި ޖައްސާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ.

 

**

 

އޭގެ އަނެއްދުވަހު ގެ ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށް އަޔާޒް ގޮސް ‘ކޯރމެޑް’ ހޮސްޕިޓަލަށް ވަދެގެން ދިޔައީ ލަގެޖްވެސް ހިފައިގެންނެވެ. އެތާނގައި ހުރެފައި ރޭ އޭނަ ޝައުޤުވެރިވީ ބަލިމީހާއާއި ބައްދަލުކުރުމަށްފަހު ވަގުތުން ފުރައިގެން ދެވޭ ގޮތަށެވެ. ދޮރު ކައިރީގައި ހުރި ސެކިއުރިޓީ ގާޑަކާއި އޭނަގެ ލަގެޖް ޙަވާލުކުރީ 9:30 ވާއިރު އޭނައަށް ނާދެވޭނަމަ ފްލައިޓްގެ މަތިން އޭނައަށް ހަނދާން ކޮށްދިނުމަށް އެދިފައެވެ.

 

ހޮސްޕިޓަލަށް ވަދެގެން ގޮސް އަޔާޒް އިށީނީ އޭނައާއި ނުހަނު އެކުވެރި ޑޮކްޓާރ ފާރނޭންޑްގެ ކޮޓަރީގެ ބޭރުގައި ހުރި ބެންޗެއްގައެވެ. އެދުވަހު ކޮންމެވެސް ކަމަކާހެދި ޑޮކްޓަރު ލަސްވާނެ ވާހަކަ އިވުމުން އަޔާޒް ހިސާބަކަށް މާޔޫސްވިއެވެ. ރޭ އޭނައަށް ހޯދުނު ހޯދުންތައް އޭނަ ހުރީ އެހެން ޑޮކްޓަރަކާއި ޙިއްސާކުރަން ބޭނުންވެފައެވެ. އެ ބަލިމީހާގެ ފަރުވާއާއިމެދު އެ ޑޮކްޓަރު ދެކޭގޮތް ދެނެގަތުމަށެވެ.

 

ގޮނޑީގައި އިނދެގެން އޭނަގެ އައި ޕެޑުންވެސް އޭނައަށް ކުރެވެމުން ދިޔައީ އެ މަސައްކަތެވެ. އެ މަސައްކަތުގައި އިންއިރު ވެސް ދޭތެރެދޭތެރެއިން ރޭ އޭނައާއި ދޮންބެއާއި ދެމެދު ދެކެވުނު ވާހަކަ ހަނދާންވަމުން ދިޔައެއްކަމަކު އޭނަ އެކަމާމެދު ނުވިސްނޭތޯ ބެލިއެވެ. އަދި އޭނަގެ ހޯދުންތައް ކުރިއަށް ގެންދިޔައެވެ. ޑޮކްޓާރ ފާރނޭންޑް ވަދެގެން ދިޔައިރު އޭނައަށް ގޮވާލީ ވެސް އޭނަ އެހެން އިންދައެވެ. އޭނަ ހަމަ އެ ވަގުތު ވެސް ޑޮކްޓަރާއި އޭނަ ޙިއްސާކުރަން ބޭނުންވި ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް ބަލި މީހަކުވެސް ޑޮކްޓަރާއި ބައްދަލުކުރަން އައުމުން އަޔާޒް އެކަން ފަސްކޮށްލަމުން ޑޮކްޓަރާއި އެކީ އެ ކޮޓަރިއަށްވަނެވެ. އަދި ކޮޓަރީގައި ޑޮކްޓަރުގެ މޭޒުގެ ކުރިމައްޗަށްވާ ގޮތަށް ދިގުކޮށް ހުރި ސޯފާގައި އިށީނދެގެން އިނދެ އެކި ބަލި މީހުން ރޭ އޭނަ ލިޔުނު ރިޕޯޓްތައް ޑޮކްޓަރަށް ދައްކަމުން ދިޔަ އަޑު އަހަމުން ދިޔައީ ވެސް އޭނަގެ ހޯދުންތައް މެދުކެނޑުމެއްނެތިއެވެ. ކޮންމެ ބަލި މީހަކު ވަދެގެން އަންނައިރު އޭނައަށް ދޮރާއި ދިމާލަށް ބެލެނީ ނުހިނގޭ އަންހެން ކުއްޖަކު ވަދެގެން އާދޭތޯއެވެ. އެހެނަސް ގަޑިއިރެއް ނިމެން ކައިރިވީއިރު ވެސް އޭނަގެ އެ އިންތިޒާރަށް ނިމުމެއް ނާދެއެވެ. އެ ބަލިމީހާ އެ ދުވަހު ޑޮކްޓަރަށް ދައްކަން ނާންނަނީތޯ ހިތަށްއެރި ވަގުތަކީ އެވަގުތު ކޮޓަރީގައި ހުރި ބަލިމީހާ ނިކުމެ އެހެން ބަޔަކު އެ ކޮޓަރިއަށް ވަން ވަގުތެވެ. އެމީހުން ވަދެގެން އައިއިރު ވެސް އަޔާޒް ހުރީ ބަލަހައްޓައިގެންނެވެ. އެއީ މެދު ޢުމުރުގެ ފިރިހެނަކާއި ޒުވާން ފުރައިގެ ފިރިހެން ކުއްޖެކެވެ. ދެމީހުންގެ މޫނުމަތިން އެއީ އޭނައަށް އެދުވަހު ފެނުނު ފުރަތަމަ ދެ ދިވެހިންކަން އޭނައަށް އެނގުންވިއެވެ. އެހެނަސް ދެމީހުންވެސް ހެވިދިއްލިފައި ތިބި ގޮތުން އެތާނގައި ބަލި މީހެއް ހުރިހެން އޭނައަށް ހިއެއްނުވިއެވެ. އެމީހުން ޑޮކްޓަރުގެ ކުރިމަތީގައި އިށީނދެ ވާހަކަ ދައްކަން ފެށުމުން އެކަން ޔަޤީންވިއެވެ.

 

“ހެލޯ ޑޮކްޓާރ….މި އެމްއާރްއައި ސްކޭންއާ ރިޕޯޓް ދައްކާލަންވެގެން މިއައީ. ބަލިމީހާއަކަށް ނާދެވުނު މިއަދު. އެއީ 20 އަހަރުގެ ނުހިނގޭ އަންހެން ކުއްޖެއް. ފެށުނީއްސުރެވެސް އެކުއްޖާއަކަށް ނުހިނގޭ. ކޮޅަށް ތެދުވާއިރަށް ފައިގަ ރިއްސައިގެން ވެއްޓެނީ. މި ރިޕޯޓްއިން އެކުއްޖާއަށް ނުހިނގޭ ސަބަބު އެނގޭތޯ ބަލާލަންވެގެން މިއައީ.” އެ ދެމީހުންކުރެ ޒުވާން ފިރިހެން ކުއްޖާ ކޮށި އިނގިރޭސި ބަހުން ދެއްކި ވާހަކައިގެ މެދުތެރެއިން އަޔާޒްގެ ހުރިހާ ޙިއްސެއް ހޭލިހެން އޭނައަށް ހީވިއެވެ. އޭނައަށް ވަގުތުން ސޯފާއިން ތެދުވެލެވުނެވެ. އޭނަ އެމީހުންނާއި ދިމާލަށް އަންނަ އަޑަށް ޑޮކްޓަރުގެ އިތުރުން އެ ދެ ފިރިހެނުންގެ ނަޒަރުވެސް އޭނައަށް އަމާޒުވިއެވެ. އަޔާޒް ވަކި އެއަކަށް ފަރުވާލެއްނެތި އެތާ ދުރުގައި ހުރި އޮފީސް ގޮނޑި ދަމައިގެން ގޮސް ޑޮކްޓާރ ފާރނޭންޑްގެ ކައިރީގައި އިށީނެވެ.

 

“ޑޮކްޓާރ ފާރނޭންޑް….އެންމެ ރަނގަޅުތަ އަޅުގަނޑު މި ކޭސް ތަފްޞީލުކޮށްދިނަސް؟ ދިވެހިންވީމަ އަޅުގަނޑަށް ރަނގަޅަށް ބުނެވެސް ދެވޭނެ ކަންނޭނގެ.” އަޔާޒް އިނގިރޭސި ބަހުން ޑޮކްޓާރ ފާރނޭންޑް ކައިރީގައި އެދުނެވެ. އިނގިރޭސި ބަހުން ޑޮކްޓަރު ކިޔައިދިނުމުން އެމީހުންނަށް ނޭނގުމުގެ ސަބަބުން ބަލިމީހާއަށް އެދެވޭ ފަރުވާއެއް ނުލިބިދާނެކަމުގެ ބިރު ހީވުމުންނެވެ.

 

“އޯކޭ….މި ޑޮކްޓަރު ކިޔައިދެނީ. ވަރަށް ރަނގަޅު ޑޮކްޓަރު ތިބޭ.” އަޔާޒަށް ޖަވާބުދިނުމަށްފަހު ކޮންމެވެސް ވަރަކަށް ދިވެހި އެނގޭ ޑޮކްޓާރ ފާރނޭންޑް އެތާތިބި ފާރޫޤާއި ނިމާލަށް ޔަޤީންކަން ލައިދިނެވެ. އެމީހުން އަޔާޒަށް ބަލާލީ ހިސާބަކަށް ނުރުހުންވެގެން ތިބެއެވެ. އެއީ ކީއްވެކަމެއް އަޔާޒަކަށް ނަގައިނުގަނެވުނެވެ. އޭނަ ޒުވާންކޮށް ހުރުމުން އޭނައަށް އިތުބާރު ނުކުރެވުނީކަމަށް ހީކުރެވުނެވެ. އެހެނަސް އަޔާޒް އަމިއްލަ ޤާބިލިއްޔަތުކަމަށް ޝައްކެއް ނުކުރެއެވެ. އެ ބަލިމީހާއަށް ދިމާވެގެން އުޅޭ މައްސަލަ އޭނައަށް ސާފުކޮށް އެނގެއެވެ. އޭނަ އިތުރަށް ސާފުކުރަން ބޭނުންވާ ކަންތައް ހުރުމުން އޭނަ އެންމެ ފުރަތަމަ ވެސް ސުވާލަކުން ފެށިއެވެ.

 

“އަޅުގަނޑުގެ ނަމަކީ ޑރ. އަޔާޒް. އަޅުގަނޑު މީ ނާރުގެ ޑޮކްޓަރެއް ނޫން އެކަމަކު ކިޔެވުމުގެ ތެރޭގަ ވަރަށް ގިނައިން ނާރުގެ ބަލިތަކާމެދު ދިރާސާކުރިން. އަޅުގަނޑު މި ކުރާ ސުވާލުތަކަށް ވަރަށް ތަފްޞީލުކޮށް ޖަވާބުދިނުން އެދެން. މި ކުއްޖާ އުފަންވީ ދުވަހު ކަންތައްވީ ގޮތް ކިޔައިދިނުން އެދެން.” އަޔާޒް އަދަބުވެރިކަމާއެކީ އެދުނެވެ. އެމީހުންގެ މޫނުމަތިން ދެންވެސް ފެންނަމުން ދިޔައީ ހިސާބެއްގެ ހިތްހަމަނުޖެހުމެކެވެ. އެފަދަ މޫނެއްގައި އިނދެ ވާހަކަ ދެއްކީ ފާރޫޤެވެ.

 

“އެކުއްޖާ އުފަންވީ ވަރަށް ދަތި ގޮތަކަށް. އުފަންވެގެން އެންމެ ފުރަތަމަ ނޭވާވެސް ނުލާ. ވަރަށް މަސައްކަތުން ނޭވާ ލެވުނީ. ފަހުން ވެސް ވަރަށް ބަލިކޮށް އުޅުނީ. އަހަރުމެން ހިއެއްނުކުރަން ދުނިޔޭގަ ހުންނާނެ ކަމެއްވެސް. އެކަމަކު ﷲ ގެ އިރާދަފުޅުން އެކުއްޖާ އެހެރީ މިހާރު.” ފާރޫޤު ތެދުތެދަށް ކިޔައިދިނެވެ. މަސްޢޫދުގެ ކުޑަ ގޭގެ ތެރޭގައި މަލާކް އުފަންވި ދުވަހަކީ އޭނަވެސް ރަށުގައި ހުރި ދުވަހެކެވެ. އޭނައަށް ސާފުކޮށް އެވާހަކަ އެނގެނީ އެހެންވެއެވެ. އޭނަ ވެސް މަލާކަށް ވެގެން އުޅޭގޮތް ދެނެގަންނަން އުޅޭކަމުގެ ޝައުޤުވެރިކަން އެމޫނުމަތިން ފާޅުވާން ފަށާފައިވިއެވެ.

 

“އަޅުގަނޑަށް ހީވެފަ އޮތީ ރަނގަޅަށް….” އަޔާޒަށް ބުނެލެވުނެވެ. އެ ހިނދު އޭނަގެ ކުރިމަތީގައި ތިބި ދެމީހުން އޭނައަށް ފުން ނަޒަރެއް ދިން މަންޒަރު ފެނިފައި އަޔާޒް ހަމަޖެހިލަމުން މޭޒުމަތީގައި އޮތް ދެއަތް ގުޅުވާލިއެވެ.

 

“ސެރެބްރަލް ޕަލްސީ….އުފަންވުމުގެ ތެރޭގަ ސިކުނޑިއަށް ރަނގަޅު ވަގުތުގައި އޮކްސިޖަން ނުލިބުމުގެ ސަބަބުން ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރީ. އެ ގެއްލުމުގެ ސަބަބުން ފައިގެ މަސްތައް ރަނގަޅަށް މަސައްކަތް ނުކުރާތީ ނުހިނގެނީ.” އަޔާޒް ކިޔައިދިން ވާހަކައިން ފާރޫޤާއި ނިމާލުގެ މޫނުމަތިން ޙައިރާންކަން ފާޅުވީ ހިނދު ކޮމްޕިއުޓަރުގެ މޮނީޓަރުން އެމްއާރްއައި ސްކޭން ބަލަން ހުރި ޑޮކްޓާރ ފާރނޭންޑް އަޔާޒް ބުނި އެއްޗަކަށް ބޯޖަހާލިއެވެ.

 

“ހަމައެކަނި ފައިގައެއް ނޫން. އަތުގެ ބާރުގަ ވެސް މައްސަލަތަކެއް ހުރުން އެކަށީގެންވޭ. މީގެ އިތުރުން ބޭނުންނުވާ ވަގުތު ޙަރަކާތްތައް ގެނެވުމާ ކުދިކުދި ކަންތަކާހެދި ވެސް ސިއްސައިގެން ދިޔުމަކީ ބަލިމީހާއަށް ދިމާވާނެ މައްސަލަތައް. އެމްއާރްއައި ހެދި ވަގުތުވެސް ސިއްސައިގެން ދިޔަކަން ސްކޭންއިން އެނގޭ. އެކަމަކު މި ހުރިހާ ކަންތަކާ އެކީގަ ވެސް ބަލިމީހާގެ ވިސްނުން ރަނގަޅުކަމަށް ލަފާކުރެވެނީ. އެކަން ޔަޤީންކުރަން ބަލިމީހާއާއި ބައްދަލުކުރުން މުހިއްމު. ކޮބައިތޯ އެކުއްޖާ؟” އަޔާޒަށް އަހާލެވުނެވެ. އެއާއެކު ފާރޫޤުގެ މޫނުމަތިން ފާޅުވެގެން ދިޔައީ ނުތަނަވަސްކަމެވެ. އޭނަގެ ނިތުން ދާތިކިތައް ހިއްލަން ފެށި ވަގުތު މީގެ އިރުކޮޅެއް ކުރިން ގޭގަ ހިނގި ކަންތައް ހަނދާނަށްއައެވެ.

 

“މަލާކް ތައްޔާރުވެއްޖެ ބޭބެ. ހިނގާ ޑޮކްޓަރަށް ދައްކަން.” މަލާކް އޭނަ ޢާއްމުގޮތެއްގައި ބޭރަށްދާން ލައި އުޅޭ ކަހަލަ ހެދުމަކާއެކީ ޝޯލް އަޅައިގެން ކޮޓަރިން ނިކުންނަމުން ބުންޏެވެ. އެއާއެކު ސިޓިންގް ރޫމުގެ ސޯފާގައި ތައްޔާރުވެގެން އިން ފާރޫޤު ކޮޅަށް ތެދުވެލިއެވެ.

 

“މަލާކް މަޑުކޮށްލާ. ބޭބެއާއި ނިމާލްއާ ދެމީހުން ޑޮކްޓަރު ބުނާ އެއްޗެއް އަޑުއަހައިގެން އައިސް މަލާކަށް ކިޔާލަ ދޭނަން. ގޮނޑީގަ އިނދެގެން ސިޑިން ފައިބަން އެހެންނޫނަސް ވަރަށް އުދަގުލެއްނުދޯ؟ ހިނގާ ނިމާލް!” ފާރޫޤު ފަރުވާކުޑަ ނަޒަރެއް މަލާކަށް ދެމުން ކޮޓަރިން ނިކުތް ނިމާލާއެކީ ދާން އުޅުނެވެ.

 

“ނޫން ބޭބޭ. މަލާކްވެސް ބޭނުންވޭ ޑޮކްޓަރު ބުނުއްވާ އެއްޗެއް އަޑުއަހަން. ރޭގަ ހެދި ޓެސްޓްއިން މަލާކަށް ނުހިނގެނީ ކީއްވެކަން އެނގޭނެހެން ވަރަށް ހީވޭ.” މަލާކް އޭނަގެ ގޮނޑި ކުރިއަށް ދުއްވާލަމުން ބުނެލިއެވެ. އެ ވާހަކަ އެތާ އެއްފަރާތެއްގައި ހުރި ކާމޭޒުދޮށުގައި އިން ފަރުޒާނާއަށް އިވުމުން އަޑުހަރުވިއެވެ.

 

“އަހަރުމެން ބުނާ އެއްޗަކާ ދެކޮޅު ހަދަން ތީ އަދި ކާކުތަ؟ އެނ؟” ފަރުޒާނާ އެހެން ބުނެލީ އޭނަ ކާން އުޅުނު ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުންނެވެ. މަލާކަށް އެ ދައްތައާއި ދިމާލަށް ބަލާލެވުނީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. ވަރަށް ބޮޑުކަމެއް ގޯސްކޮށް ވާންއުޅޭ ކަމުގެ އިންޒާރެއް އޭނަގެ ސިކުނޑި ދިނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވަޢުދު (އެއްވަނަ ބައި)

Next

ވާނަން އުމުރަށް – 17 –

Next
August 15, 2019

ވާނަން އުމުރަށް – 17 –

Previews
August 15, 2019

ވަޢުދު (އެއްވަނަ ބައި)

77 Comments!

  1. Shahu says:
    August 15, 2019 at 1:58 pm

    Wooooooowww ❤️ ❤️ ❤️ ❤️ varah salhi story when next part….

    1. Shahu says:
      August 15, 2019 at 2:41 pm

      So curious ?❤️❤️❤️❤️

    2. Jana says:
      August 16, 2019 at 5:25 pm

      Alhamdhulillah! (All praise and thanks belong to Allah) next part In Sha Allah sunday ga dhiislam in kiyan libeyne 🙂

  2. Anonymous says:
    August 15, 2019 at 3:44 pm

    Jana sis, konme dhuvahaku genes dheebala, ❤️❤️❤️❤️

    1. Jana says:
      August 16, 2019 at 5:26 pm

      hehe…jana evves dhuvasvaregga komme dhuvahaku vaahaka nugenesdhemennu anonymous? adhi vakin khaassakoh mihaaru english vaahaka ves liyaairu fudheyvarakah busy. understand vaane kamah ummeedhu kuran 🙂

    2. NAF says:
      August 17, 2019 at 2:28 pm

      jana sis kon name eh thr kiyany english story ah.??. i really want to read your english story.. and kon site akah thr english story liyany??

    3. Jana says:
      August 18, 2019 at 5:38 pm

      https://www.wattpad.com/user/JanaMohamed

      mee jana ge furathama english vaahaka veema adhives jana hiyhama jehey vareh nuvey ingey NAF. But hope you like it and benefit from it In Sha Allah 🙂

  3. Crazy lover says:
    August 15, 2019 at 4:19 pm

    Curiously waiting for nxt prt avahah up kohdhehchey??????❤️❤️❤️❤️

    1. Jana says:
      August 16, 2019 at 5:26 pm

      Next part sunday ga In Sha Allah <3 🙂

  4. Shaai says:
    August 15, 2019 at 5:51 pm

    Ma Sha Allah <3 dhuwas gandakah fahu janage reethi vaahaka eh kiyaalan libijje.. Kon dhuwahakun dhen oiy bai uploadwaane…

    1. Jana says:
      August 16, 2019 at 5:26 pm

      Alhamdhulillah! Next part sunday ga In Sha Allah 🙂

  5. Qwerty says:
    August 15, 2019 at 7:19 pm

    Varah varah reethi, maasha Allah ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Qwerty says:
      August 15, 2019 at 7:26 pm

      Can u upload everyday dear

    2. Jana says:
      August 16, 2019 at 5:28 pm

      Haadha gina hithekey 😀 jana ge hiy furigen bandun vejje 😐 hehe….komme dhuvahaku up kohdhevey varah vure thankolhe busy Qwerty. ekamaku dhuvaskolhakun thankolheh avahah up kohdheveytho balaanan In Sha Allah 🙂

  6. Anonymous says:
    August 15, 2019 at 7:51 pm

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Jana says:
      August 16, 2019 at 5:28 pm

      varah reethi maa bageecha eh Ma Sha Allah 😀 <3

  7. Shiz says:
    August 15, 2019 at 7:54 pm

    ????????????????vrah rythi story eh
    Everyday plus upload ingey
    ???????????????
    ??????????????
    ?????????????
    ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️

    1. Jana says:
      August 16, 2019 at 5:30 pm

      Alhamdhulillah! Everyday up kureveyne gotheh neh ingey shiz. ekamaku dhuvaskolhakun up vaagoiy miavvure avas kohdheynan In Sha Allah ^_^

  8. jiji says:
    August 15, 2019 at 8:48 pm

    As usual mi bai jiji ah v kamudhey In Sha Allah..sifakohfa hurileh vec v furihama masha allah..Jana sis ge dhyny stories v v kiyaa hiyyvey abadhuvec..cuz abadhuvec jana sis genesdhey stories rythi vefa iburatheh libeythy…Nd I wanna ask u that mi story aky teenagers ah seedhaa amaaz kohfa in story eh hey, ehn mi ehy sis ge kury story vec teenagers ah amaaz koh liyefa inyma ingey..Nd Im curiously waiting for the next ingey sissy..May god bless u with full of happiness In Sha Allah.. Also , Jazakillah khairan for bringing the story ingey <3 <3 <3

    1. Jana says:
      August 16, 2019 at 5:32 pm

      Ma Sha Allah ethah dhuvaheh fahun jiji aa dhimaaveema varah ufaavejje 😀 Alhamdhulillah!

      jiji…meega kureege vaahaka aa balaairu teenage ge bai thankolheh kudavaane. ekamaku hunnaane kommeves varakah. in fact meega hunna teenage bain kureega jana ah tafseelukoh ali alhuvaanulevey varah muhimmu massala ehves address kuran nimmaigen mihiry. In Sha Allah adhi engigen dhaane. May Allah bless you more. Ameen! Baarakallah Feeki! <3 <3 <3

  9. A says:
    August 15, 2019 at 9:52 pm

    Masha Allah ? ????

    1. Jana says:
      August 16, 2019 at 5:33 pm

      😀 <3

  10. Me says:
    August 15, 2019 at 10:25 pm

    Haadha reechey mi vhka. Varah kiyaahivvey next part. Konme dhuvahaku upload kohdheyne dho? This type of stories are real eye openers for everyone unless ppl aren’t blind literally. May Allah bless your work.

    1. Jana says:
      August 16, 2019 at 5:35 pm

      Alhamdhulillah! komme dhuvahaku up eh nuvaane Me. ekamaku kuriah oiy thaanga avas kohdheveytho balaanan In Sha Allah.

      Hehe…and at the end of the day no matter what we do, its only Allah Who guides. And He guides the one who seeks His guidance. if we only knew. May Allah bless you more and increase all of us in guidance. Ameen! <3

  11. ❤️ says:
    August 15, 2019 at 10:27 pm

    Mi site ga genesdhey emme rythi vaahaka

    1. Jana says:
      August 16, 2019 at 5:35 pm

      Alhamdhulillah! 🙂 <3

  12. unknown says:
    August 15, 2019 at 10:28 pm

    vrh reethi vaahakaeh. plus thafaathu story eh

    1. Jana says:
      August 16, 2019 at 5:36 pm

      Alhamdhulillah! 😀

  13. Anonymous says:
    August 15, 2019 at 10:34 pm

    ❤️
    ????????
    ??????
    ❤️❤️❤️❤️❤️❤️❤️❤️❤️
    ????????
    ?????
    ❤️❤️❤️❤️❤️❤️❤️
    ???????
    ????????????

    1. Jana says:
      August 16, 2019 at 5:37 pm

      jana ah thihaa reethi hiythah nuves fonuveyne PC in reply kuraairu. ekamaku dhevey ehcheh fonuvaalaanan ingey Anonymous 😀 <3 <3 <3 <3 <3 <3 <3 <3 <3

  14. Me says:
    August 15, 2019 at 10:55 pm

    Jana koba chance vaahakaige 30 vana Bai. Kon irakun up vaany

    1. Jana says:
      August 16, 2019 at 5:38 pm

      hehe….eythi up kollaafa comment thakuge thereyga miulheny 😀

  15. Shifoo?Shifna?? says:
    August 16, 2019 at 9:30 am

    Wow. Masha allah. Vrh reethi

    1. Jana says:
      August 16, 2019 at 5:39 pm

      Alhamdhulillah! 😀 <3

  16. ??Anonymous?? says:
    August 16, 2019 at 2:26 pm

    Maa shaa allah vrh reeethi
    ????
    Ehn vrhaka thakekeyvex ehgothah mi vrhaka vex reethi vaane kamah ummeedhu kuran…

    1. Jana says:
      August 16, 2019 at 5:39 pm

      In Sha Allah reethi koffa ibraiytheri kureveythoves balaanan. Alhamdhulillah! 🙂 <3

  17. Jana says:
    August 16, 2019 at 5:24 pm

    Assalaam’alaikum. Alhamdhulillah jana varah ufaavejje kurin fenifa huri kiyuntherinna anekkaves dhimaaveema. 😀 hama hithah ery mi story feshikan neyngey kiyuntherin thibedhaane ey. mi story jana kuriah gendhany dhiislam site ga kan hurihaa kiyuntherinnah angan. vaahaka up vaany komme sunday adhi wednesday egga. dhiislam aa ekyga jana ge blog ga ves vaahaka kuriah dhaane. e dhe link thireega mivany.

    https://dhiislam.com/author/janaa

    https://guidancefromquran.blogspot.com/

    jana ge vaahaka eh alah fenunu kiyuntherinnah jana ge vaahaka thakah maruhabaa 🙂 kurin jana liyefa huri vaahaka thah e kiyuntherin kiyaalumaky jana ge varah bodu edhumeh. adhi komme baegge comment thakuge thereyga hunna fb post thakaa blog post thah kiyaalumaky varah bodu edhumeh.

    komme site egga viyas thiya kiyuntherinna jana aai dhemedhu oiy gulhun dhemehettumaky jana ge ummeedhah. ehenveema ehen site egga viyas hama mihen feedback libumaky jana ge ummeedheh. mihaathanah aumah kiyuntheringe feedback in varah bodu kurierumeh libunu kan ves mi furusathuga faahaga kollan 🙂

    Maai Allah alhamen emmennah hidhaayaiy ithuru kohdhevvai alhamen kuraa heyo masakkaiythakugai barakaaiy lavvaashi. Ameen!

  18. dhonthy's friend says:
    August 16, 2019 at 5:39 pm

    Assalaam alaikum jana sis… Dhonthi bunee jana sis au dhonthige salaam bunedhechchoa.. Dhonthi v miss veyoa jana sis mathin.. Jana sis ge vaahaka au comment nukureveytheeve dhonthi v dhera vefa huree.. Ekam bunee sis ge vaahaka kiyaanamoa… She really loves you..

    1. Jana says:
      August 16, 2019 at 5:54 pm

      Wa’alaikumussalaam. Ma Sha Allah varah hithaa kulheli comment eh mee. Dhonthi comment nukuriyas massala eh nethey ingey loabi. vaahaka kiyaigen faidha eh kuranikoh jana ah fudheyne. adhi faidhaa eh kuriyya jana ahttakai dua kollumaky varah bodu edhumeh. In Sha Allah aharumen dhimaavaane dho ehdhuvahu. mi dhuniyein nooniyya miavvure maa salhi thanakun 😉 Maai Allah alhamen emmennah hidhaayaiy ithuru kohdhevvai alhamennah suvaruge minvaru kuravvaashi. Ameen! <3

  19. Unique says:
    August 16, 2019 at 9:49 pm

    Masha allah malaak akee varah hih varugadha kujjeh
    Sissy liyun kuryge vaahakaeh kiyan ulhefaves jana vany huttaafa ekam dhn heevany alun kiyanhen jeheynee but sadly evarah time nulibey exam dhuvaskolhu veema aa eku
    Dhn mivaahaka mifeshy
    Aslu mi vaahaka varah reethi
    Masha allah sissy
    You are so talented
    may allah bless u and abadhuves sissy ah kaamiyaabu dhevvaifaandheyve.. aameen

    1. Jana says:
      August 18, 2019 at 5:20 pm

      Malaak hiyvvarugadha dho? jana ves varah inspire vey Malaak ge vaahaka liyaairu 🙂 ey keevveba unique vaahaka kiyun huttaaly? hehe…Alhamdhulillah! (All praise and thanks belong to Allah) 🙂 May Allah bless you more and grant you success in this life and in the next. Ameen! <3

      PS: jana Addu ingey Unique 😀

    2. Unique says:
      August 19, 2019 at 3:59 pm

      Owhh addu?? I have friends there?

  20. Unique says:
    August 17, 2019 at 8:39 am

    Varah dhera vejje iyye varah bodu comment eh type koffa send kury
    Eyga iny successfully commented ey im still waiting e comment ah ekam naadhey??
    Dhera vejje
    Assalaamu alaikum alhugadakee jana
    Mivahaaka jana ahves varah reethi masha allah
    May allah always bless u and give you success kuriahves aameen…

    1. Jana says:
      August 18, 2019 at 5:21 pm

      Alhey…ey eythi automatically approve nuve othiyyey unique. jana ah eythi varah fahun fenigen approve kury.
      Wa’alaikumussalaam wa rahmathullah! <3

  21. Girl says:
    August 17, 2019 at 12:35 pm

    Wooow .. mi story v reethi.. when nxt prt??

    1. Jana says:
      August 18, 2019 at 5:24 pm

      Alhamdhulillah! Next part upvejje dhiislam ga

      https://dhiislam.com/109278

      Dhiislam ga dhen huri baithah upvaany In Sha Allah. Dhiislam ga kuda massala eh ulheythy vaahaka hulhuvan baeh kiyuntherinnah midhuvaskolhu undhagoo vedhaane. egothah dhimaavejjeyya blog in vaahaka kiyeyne In Sha Allah. Blog link:

      https://guidancefromquran.blogspot.com/search/label/Vaudhu

  22. Anonymous says:
    August 17, 2019 at 1:12 pm

    Jana konrasheh.. kanditheem tha?? Please let me know

    1. Jana says:
      August 18, 2019 at 5:24 pm

      Jana Addu 🙂

  23. ? says:
    August 17, 2019 at 2:18 pm

    Slm jana sis..Can you tell me the days which you upload the english story in the wattapad?

    1. Jana says:
      August 18, 2019 at 5:25 pm

      Wa’alaikumussalaam. e vaahaka up vaany Monday adhi thursday ga In Sha Allah 🙂 aslu kureega vaki dhuvaheh fix koffa neh. dhivehi story feshyma mi fix kury

  24. Kiyaa says:
    August 17, 2019 at 3:18 pm

    Masha Allah vvv reethi story ???????????????????????? next part avahah genes dheebala ??? can’t wait to read this wonderful story ????? please please please please please please please please please please please please please please please please please please please please please please please please please please please please please fat?????

    1. Jana says:
      August 18, 2019 at 5:28 pm

      aadheys koffa kiyaa jana kaireega thibuny falavaashey tha anekka *curious* hehe….fast koh miadhu hendhunu upvejje ingey kiyaa.

      https://guidancefromquran.blogspot.com/2019/08/vaudhu-part-3.html

      https://dhiislam.com/author/janaa

  25. Eethan says:
    August 17, 2019 at 7:33 pm

    Jana dheenuge vaahaka liyaathy varah ufaavey. Maaiy allah jana thikuravvaa masakkathugai barakaaiy lavvaandheyve aameen. Alhugandu adhi alah Jana ge vaahaka eh mi kiyaalee. Mihaaru hadhiyaa aai hijra story kiyaa nimmijje asr kiyaa nimeny,. Mirey noor kiyan fashaanan lots of love from me. Jana ah Suvarugeyge mathiveri niumaiy minvaru kohdhehvaandheyve aameen ❤??????☝?

    1. Jana says:
      August 18, 2019 at 5:30 pm

      Ma Sha Allah. Ummeedhaky thiya aa kiyuntheriyaa ahves jana ge vaahaka thakun faidhaa eh kurun. Maai Allah alhamen kuraa komme heyo kameggai barakaaiy lavvai alhamennah suvarugeyge mathiveri niumaiy minvaru kuravvaashi. Ameen!

  26. Eethan says:
    August 17, 2019 at 7:36 pm

    And mi vaahakaigaa Mia ep thah varah reethi mashallah. Ummeedhu kuran kuriyah oi thaagaves mi story reethi vaane kamah jazakallahu khairan

    1. Jana says:
      August 18, 2019 at 5:31 pm

      In Sha Allah reethi koh adhi ibraiytheri kureveytho masakkaiy kuraanan In Sha Allah. Baarakallah Laka!

  27. Dhonbee says:
    August 18, 2019 at 1:13 am

    Masha allah.. jana ge aa vaahaka v reethi ???

    1. Jana says:
      August 18, 2019 at 5:32 pm

      Dhonbee haadha dhuvaheh fahunney mifenuny. varah ufaavejje Alhamdhulillah! 😀

  28. Me says:
    August 18, 2019 at 7:17 am

    Dhn mi site ah vanun nimuny. 2 dhuvahu kuri comment vs jahaala nudhey. Ma adhi negative commenteh noon kureeky vs

    1. Jana says:
      August 18, 2019 at 5:33 pm

      Me…Me thibuni comment hoadhan jana varah masakkaiy koffin. automatically approve nuvaa comment eh mivaguthu neh. vedhaane network error akun nudhiyaee kamahves. Dheranuvahchey 🙂 <3

  29. Fody's bestykolhu says:
    August 18, 2019 at 10:56 am

    O M G!! Janoookolhu is back lmao hehe hoho hihi, anehhen ok 3 vana part nereliyas, varah avas kurachey, ehennoonee thalheylaanah❤️??????????????❣️???(borah loabiveh)

    1. Jana says:
      August 18, 2019 at 5:34 pm

      kuda kuda party eh baavvaaleehen heevy mi comment kiyaafa 😛 hehe…3 vana part upvejje ingey dhiislam ga. dhiislam inna blog in vaahaka kiyan libeyne In Sha Allah 🙂

    2. Fody's bestykolhu dhanna kujje says:
      August 20, 2019 at 11:11 pm

      3 vana part masha allah v reeethi ??Party eh bavvan vyy…Special guest akah gennan jeheyny jana sis eh nu?..Kihineh jana sis mi kolhah aadheveyny?????

  30. Anju says:
    August 18, 2019 at 11:07 am

    Jana is my favourite story writer in maldives

    1. lam says:
      August 18, 2019 at 11:25 am

      MAGE VES <3

    2. Jana says:
      August 18, 2019 at 5:37 pm

      I feel like I’m given an award at the Anju’s story tellers’ awards. 😀 Means a lot ingey Anju and lam <3 🙂 Hope that these stories benefit you as much as you like them In Sha Allah <3

  31. Jana says:
    August 18, 2019 at 1:25 pm

    Vaahakaige 3 vana bai dhiislam ga vany up kurevifa. Dhen huri baithah up vamun dhaany dhiislam aai blog ga kamugai dhannavan. Matheega jana vakin koffa huri comment thakuge link thah balaalun edhen 🙂

  32. Curious says:
    August 18, 2019 at 7:46 pm

    Jana ulhenee addu gaeh noon dhw ekm.. Anyways, how old are you?

    1. Jana says:
      August 19, 2019 at 10:03 pm

      Haadha informal konney interview thi feshy curious. Hehe…ehen noonas thee jana censor koggen ulhey mauloomaathuthah ?

  33. Aroo says:
    August 19, 2019 at 7:25 pm

    Alhe kobaa tha 3 vana part dhiislaam ga neyi esfiya ah up kohladheebala vvv kiyaala hithun mi hunnanee v reethi vaahaka

    1. Jana says:
      August 19, 2019 at 10:00 pm

      Home page in nufenidhaane. Mi link ah dhiyun edhen

      http://www.dhiislam.com/author/janaa

      Mi page thankolheh slow vedhaane mi dhuvaskolhu. Nuhulhuvenya mi link in kiyeyne vaahaka

      https://guidancefromquran.blogspot.com/search/label/Vaudhu?m=1

  34. Yashm says:
    August 19, 2019 at 7:47 pm

    Jana sis aa contact kureveyny kihineh tha

    1. Jana says:
      August 19, 2019 at 10:04 pm

      Furathama baige comment ga hunnaane jana ge fb page link. Sis eh viyya msg kureema reply kuraanan In Sha Allah

  35. ? says:
    August 19, 2019 at 11:42 pm

    Jana sis, mihen story liyumaa beheygothun dheenuga vaa echeh rangalha balaalintho? Sahaabeen ge ibraitheri vaahakaeh genesdheyne namaey hithah araa, story liyumah spend kuraa time maa bodaves ajr libeyne ehen kame kuran heydha nukureveynebaa.

    1. Jana says:
      August 21, 2019 at 11:19 pm

      Salaam 🙂 thankolheh kurin kiyuntheriaku thi suvaalu koggen jana ilmuverinthakeh kairin suvaalu kollin. jana ah reply libuny 2 ilmuveringe faraathun. eh ilmuverieh dhennevy ekamaamedhu ithurah hoadhaashey jeheyny. aneh ilmuveriyaa jana ah fonuvy ekamaa beheygothun eki eki ilmuveringe rauyuthah huri article eh. e article ga vaagothun migothah liyaa khiyaaly vaahaka aky haqeeqatheh noonkan kiyuntherinnah engeyhaa hindhaku migothah dheenah loabijehey fadhain khiyaaly vaahaka liyumaky emme rangalhu kameh 🙂 meege ithurun dhiislam ga jana ge furathama vaahaka (Hijra) upload kurevuny dhe ilmuveriaku eythi kiyuvvaigen review kuravvaigen kamah emeehun dhennevy. mee kamunudhaa kamakah vaanama ebeyfulhun up kuran izuna dhevvaanehen hieh nuvey.

      aharumen namoonaa ah balan jeheyny rasoolu beykalunnaai sahaabeen kan jana ves qabool kuran. ekamaku dheen evves varakah ungenigen thibi meehunge gothuga adhi deen ungannaidheyn masakkaiy kuraa meehunge gothuga ehenihen meehunge nazariyyaathah ves aharumen visnan jehey. vakin khaassakoh zuvaan kudhinge nazariyyathah. ekudhinnah aammugothegga sahaabeen sifavany ekudhinge hayaathaai gulhey kahala baegge gothugaeh noon. ey haqeeqathakah nuviyas. varah gina varah inspiring zuvaan sahaabee beykalunge vaahaka thah hurey (radhiyAllahu ‘anhum ajma’een). ekamaku suvaalaky kithah zuvaan kudhin baavaey eygein nanfulheh surukhee in fenifa eyge article eh kiyaalany. e adhadhu vv madhu…

      jana mifadha vaahaka thah feshy e zuvaanunnah amaazukoh. dheeny liyumeh nukiyunas vaahaka eh kiyaalaane zuvaan kudhinnattakai. ummeedhaky vaahakaige therein dheenattakai ekudhinge hithugai shauquverikameh ufedhun In Sha Allah. 🙂

      Javaabu saafuvejje kamah ummeedhu kuran sis. Adhi emme molhah dhenevodigenvany maai Allah.

  36. Rym says:
    August 21, 2019 at 8:26 pm

    Janaa thihen nuhadhaaaa heyonuvaane ??????????????????????????Story upp kobaa esfiya gavess please dhen 2 parts upp kofaa……………. Why? ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    1. Jana says:
      August 21, 2019 at 11:26 pm

      Subhaanallaahi jana ves roan beynunvejje meethi fenifa. jana bunefeemennu up vaane thanves Rym? 🙂

      guidancefromquran.blogspot.com/search/label/Vaudhu

      https://dhiislam.com/topics/story-1

Comments are closed.

Next Episodeވަޢުދު (ތިންވަނަ ބައި)←


All Right Reserved!