“އެއީ ތެދެއް.” ނަވާޒް އިސްއުފުލައި ޔޫނުސްއަށް ބަލާލަމުން ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު ޔޫނުސް ގަނޑުވެގެން ދިޔައެވެ. އޭނައަށް އޭނަގެ ކަންފަތަށް އިތުބާރުކުރަން ދަތިވިއެވެ. އަނެއްކާވެސް މުޅި ތަނަށް މަރު ހިމޭންކަމެއް ވެރިވިއެވެ. މިފަހަރު އެއްފަރާތަކުން މުވައްޒަފަކު ގޮވާލުމުން ވެސް ޔޫނުސްއަކަށް އަޑެއް ނުއިވުނެވެ. އޭނައަށް ނަވާޒް ބުނި އެއްޗެއް ޤަބޫލުކުރަން ނޭނގިފައި އިނދެވުނުއިރު ނަވާޒް އެހެން ބުނީ ކީއްވެތޯ އޭނަގެ ސިކުނޑި ސުވާލުކުރަމުން ދިޔައެވެ. ޔޫނުސް އަނެއްކާވެސް ބަހެއް ބުނެލަން ނޭނގިފައި އިންތަން ފެނިފައި […]
ޔޫނުސްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔަ ވާހަކަ އެ ވެބިނާރއަށްޓަކައި މަސައްކަތް ކުރި ފައިޒާން ގެއަށް ދިޔަ މަގުމަތީގައި ބުންޏެވެ. ޔޫނުސް ކާރުގެ ކުރީ ސީޓުގައި އިނދެ ފަހަތް ބެލިއިރު ފައިޒާން އުނގުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕުން އޭނަގެ ދެފަރާތުގައި ތިބި ދެ އެކުވެރިންނަށް ކޮމެންޓްތައް ދައްކާފައި ހެމުން ދިޔައެވެ. މި ވެބިނާރ މިހާ ކާމިޔާބުވީ ވެސް އަންހެން ކުދިން ޔޫނުސް ބަލަން ބޭނުންވާތީވެކަމަށް ފައިޒާން ބުންޏެވެ. ޔޫނުސް ކަޅިމައްޗަށް ހިންގާލަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނަ […]
“މަންމާ ޕްލީޒް. މި ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ ހުރިއްޔާ އޭނަ އިޞްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ.” މިޞްބާޙް ބޯހޫރުވަމުން އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު […]
“އެދަނީ އޭނަ. ދޭ ފަހަތުން. އަނ……އެއްކަލަ ފަޅު މަގަށް އެޅުނީމަ މީތި ނަގާނީ.” އެ ފިރިހެން މީހާ އެހެން ބުނެލި އަޑަށް މިޞްބާޙަށް ވަގުތުން ފަސްއެނބުރި ބަލާލެވެން އުޅުނެވެ. ނަމަވެސް އޭނަ ނޭނގޭ ކަމަށް ހެދިގެން ހުރެފައި އިރުކޮޅެއްފަހުން ޔޫނުސް ދަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އެވަގުތު ޔޫނުސްއާއި ދިހަ ވަރަކަށް ފިޔަވަޅު ފަހަތުން ހިނގަމުން ދިޔަ ބޮޑު ކޯޓެއް ލައިގެން ހުރި ބިޔަ ފިރިހެނަކު ފެނިފައި މިޞްބާޙްގެ ބުމަގޮށްޖެހުނެވެ. އޭނަ ލަސްތަކެއްނުކޮށް ކާރަށް އަރައި ދޮރު […]
“އެއްވެސް ރަނގަޅެއްނޫން!” ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަޞްރާއަށް އެދިމާލަށް ބަލާލެވުނެވެ. އަފްރާޒް ވެސް ވާނުވާއެއް ނޭނގިފައި ހުއްޓާ ޝަރީފް ބާރު ހިނގުމެއްގައި އައިސް ލެޕްޓޮޕް ސްކްރީން ކުރިމައްޗަށް އަރައިފިއެވެ. “އަދި މަށަށް ވެސް ނާންގާ އެ މިޞްބާޙަކު އަފްރީނާއި ދެވަންތަ ތިއުޅެނީ؟” ޝަރީފް ކޮޅަށްހުރެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ. “ނޫން ބައްޕާ އަޅުގަނޑު ނުއުޅެން. އަދި އަފްރީން ކައިވެންޏަކަށް ތައްޔާރުހެނެއްވެސް އަޅުގަނޑަކަށް ހިއެއްނުވޭ. އެކަމަކު މިޞްބާޙްގެ އިންޓަވިއު ކިޔާފަ ހިތަށްއެރީ […]
ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިޞްބާޙް މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް “ބައްޕަ”އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި ދެއަތް ފިނިވިއެވެ. ފޯނަށް ޖަވާބުދޭން ނުދޭން ހުރެހުރެފައި ސިނާން ތުރުތުރު އަޅަމުން ދިޔަ އިނގިލިން ކޯލު ރިސީވް ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. “ހަ……..ހެލޯ.” […]
“އަހުމަދު މިޞްބާޙް އަމީންގެ އިންޓަވިއު.” ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ މަރާލިއެވެ. ޔޫނުސް ފެނިފައި ޒާހިޔާއަށް ހިނިތުންވެލެވުނު ވަގުތު މިޞްބާޙްގެ ނިތަށް ރޫއެރިއެވެ. “މިއީ ކާކުތަ މަންމާ؟” މިޞްބާޙަށް ޒާހިޔާއާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ. “މިއީ ޔޫނުސް. ރޭ މިޞްބާޙް ހޮސްޕިޓަލަށް ގެންނަން އެހީވެދިނީ މި ބޭބެ. މިޞްބާޙަށްޓަކައި ލޭ ހަދިޔާކޮށްދިނީ ވެސް މި ބޭބެ.” ޒާހިޔާގެ ވާހަކަ ނިމުނުތަނާހެން އެމީހުންގެ ގާތަށް އަންނަމުން ދިޔަ ޔޫނުސް […]
ތުންތުންމަތިން އެހެން ދެކެވޭ ވާހަކައަކަށް އިތުބާރު ކުރުމަކީ އޭނަ ގެންގުޅޭ އުޞޫލެއް ނޫނެވެ. އަދި އަމުދުން މިޞްބާޙް ގޯސް ނުވެވެސް ހިނގައިދާނެކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އޭނަ ކުރިމަތީގައި އިން ގޮނޑި ބަރިން ގޮނޑިއެއްގައި މާޔޫސްވެފައި އިން ޒާހިޔާއަށް ބަލާލިއެވެ. މިޞްބާޙް ހަމައަކަށް އެޅުނު އިރަކުން މިޞްބާޙާއި ޒާހިޔާ ކައިރިން ޙަޤީޤަތް އަހާފައި މެނުވީ މިރޭ ހިނގި ކަންތައްތަކުގެ ވާހަކަ ނުޖަހަން ޔޫނުސް ނިންމިއެވެ. އެންމެ އަވަހަށް ޚަބަރު ނުޖެހުނަސް ޔޫނުސްއަށް މިފަހަރު އެއީ މާ ބޮޑު […]
“ޖަވާބެއްދީ!” އަމީން ހަރު އަޑުން ގޮވާލިއެވެ. މިޞްބާޙް ދެންވެސް އިސްޖެހިފައި ހުރީއެވެ. އޭނަ ހުރިގޮތުން ދުރުގައި ހުރި އޭނަގެ މަންމަގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. ޖަވާބެއް ނުލިބި ގިނައިރު ވުމުން އަމީން އައި ރުޅީގައި ހިނގާފައި ގޮސް މިޞްބާޙްގެ ގަމީހުގެ ގިރުވޯނުގައި ހިފައި ދަމަމުން ގޮސް ފާރަށް މިޞްބާޙް ތަތްކޮށްލިއެވެ. ދުރުގައި ހުރި ޒާހިޔާއަށް މިޞްބާޙޭ ކިޔައި ގޮވާލެވުނެވެ. “ކަލޭ ހުރިތަނެއް މަށަށް ނޭނގޭނެ ކަމަށްތަ ހީކުރީ؟ މުޅި ރަށަށް އެނގޭ އެކަން. ކޮންމެވެސް […]