އެއަށްފަހު އޭނަ އަނެއްކާވެސް އޭނަ އޮށޯވެގެން އޮތް ފަތްޖެހި ގޮނޑިއާއި ދިމާލަށް މިޞްރާބުޖެހި ވަގުތު އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޝަފަޤް އޭނަގެ ޖީބަށް އަތް ކޮއްޕާލަމުން ފޯނު ނަގައި ބަލާލިއެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް އުފާވެރި ހިނިތުންވުމެއް ވެރިވިއެވެ. “އައްސަލާމުޢަލައިކުމް ރަޝީދައްތާ!” ޝަފަޤް އުޖާލާވި މޫނަކާއެކީ ފޯނަށް ޖަވާބުދިނެވެ. “ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ. ޝަފަޤް ކަނބުލޮ ކިހިނެއްތަ؟” ރަޝީދާ އަހާލި އަޑު އިވުނެވެ. އޭނަ ސުވާލުކުރި ގޮތުން ޝަފަޤަށް ދެލޯ މަރާލެވުނެވެ. ރަޝީދާއަކީ […]
އެހެނަސް އެވަގުތު ކާރުގެ ކުރިމަތިން ނުހަނު ކައިރިން އަންހެން ކުއްޖަކު ފެނިފައި އޭނަގެ ދެލޯ ބޮޑުވިއެވެ. ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ އޭނަ ކުއްލިއަކަށް ބުރަކި ޖައްސާލިއެވެ. ފުރަގަހުން އިވުނު ކާރުގެ ބުރަކީގެ އަޑަށް ޝަފަޤް އެދިމާލަށް ބަލަން އުޅުނު ތަނާހެން އޭނައަށް ވީނުވީއެއް ނޭނގި ކާރު އައިސް އޭނަ ގައިގައި ޖެހި އޭނަ ވެއްޓެން ދިޔައެވެ. އޭނަ ބަންޑުން ގޮސް ބިންމަތީގައި ޖެހުނު ވަގުތު އޭނަގެ އަތުގައި ހުރި ފޮށީގައި ހުރީ ކޭކުތައް މުޅި މަގަށް […]
ޝަފަޤް އޭނަގެ އަތުގައި އޮތް ފޮތް ލައްޕާލީ ނިދިން އޭނަގެ ދެލޯ ބަރުވުމުންނެވެ. އޭނަ ގޮދަޑިން ތެދުވެގެން ގޮސް އެ ފޮތް ހަރުގަނޑުގައި ޖަހާލިއެވެ. އެއަށްފަހު އަނެއްކާވެސް ގޮސް ގޮދަޑީގައި އޮށޯތީ ނިދާލަން ކަމަށެވެ. އޭނަ ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަން އަނގަ ހުޅުވާލިތަނާހެން ބޭރުން ލުއި މިޔުޒިކެއްގެ އަޑު އިވިގެން ދިޔައެވެ. ޝަފަޤަށް ކޮޓަރީގެ ފެންލައިޓާއި ދިމާލަށް ބަލާލެވުނީ މިއީ ގޭގެ ބޭރުން އަންނަ އަޑެއްކަން އެނގުންވުމުންނެވެ. ޝަފަޤް ދެބުމަ ކައިރިކޮށްގެން އޮތްވާ މާ […]
ބާރު އަޑެއް އިވުމާއެކު ވިސާމަށް ވަގުތުން ބަލާލެވުނީ މިޝްކާއަށެވެ. މިޝްކާ އަދިވެސް ނިދިފައި އޮތުމުން ވިސާމަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނައަށް ދެންވެސް އެއްފަހަރު އެ ދަންފުޅިއަށް ބަލާލެވުނެވެ. އޭތި ހެޑްބޯޑް މަތީގައި އޮށޯވިފައި އޮތްއިރު އޭގެ ތެރޭގައި ހުރި ހުދުކުލައިގެ ހިލަކުނޑި ދެބަޔަށް ބެހިފައިވިއެވެ. ވިސާމް އެއަކަށް ފަރުވާލެއްނެތި ރަނގަޅަށް ރަޖާ އަޅަމުން އޮށޯވެ ދެލޯ މަރާލިއެވެ. ** “ޔޯ ބްރޯ އައިމް ބެކް!” ރަތްކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި އައިމަން، އަޒާންގެ […]
ހެނދުނު ގަޑިން 6:00 ޖެހި ވަގުތު ގަން އިންޓަނޭޝަނަލް އެއާރޕޯޓަށް ތިރިކުރަމުން ދިޔަ ފްލައިޓްގައި އިން ވިސާމްގެ ނަޒަރު ހުއްޓިފައިވީ ކުޑަދޮރުން ބޭރަށެވެ. ފްލައިޓްގެ ބިޒްނަސް ކްލާހުގައި އޭނަގެ އިތުރުން 5 ވަރަކަށް ފަތުރުވެރިން ތިއްބެވެ. އެ ހެނދުނު ގަޑީގައި ވިސާމް ފިޔަވައި އެހެން އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނިދީގެ އަސަރުތަކެވެ. އޭނަގެ ސީޓުގައި އޮތް ބާލީސްވެސް ކައިރީގައި ހުރި ހުސް ސީޓުގައި އޮތުމުން އޭނަ ނިންޖަކަށް ބޭނުމެއްވެސް ނުވާކަން އެނގެއެވެ. ފްލައިޓް ޖެއްސީވެސް […]
އަހަރެން ކިޔަވައި ނިމުމާއެކު ވަޒީފާއަކަށް ދާން ފެށީމެވެ. އަހަރުގެ ކުރީކޮޅު ދިޔައީ ނުހަނު އޮމާންކޮށެވެ. ނަމަވެސް ގިނަ ދުވަސްތަކެއްނުވެ އަހަރެންގެ ޙަޔާތަށް ކުދިކުދި ބަދަލުތަކެއް އަންނަން ފެށިއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް އަހަރެން ކުއްޖަކާއި ރައްޓެހިވީމެވެ. އަހަރެން އޭނަދެކެ އިންތިހާއަށް ލޯބިވީމެވެ . އަދި އޭނަ ބުނާ ކޮންމެ ކަމެއް ފަސްނުޖެހި ކުރަމުން ދިޔައީމެވެ. ފިރިއަކަށް ދޭންޖެހޭ މަތިވެރި މަޤާމް އަހަރެންގެ ހިތުން އޭނައަށް ދިނީމެވެ. ދުވަސްތައް ފާއިތުވަމުން ދިޔަދިޔަހެން އަހަރުމެންގެ ބައްދަލުވުންތައް އިތުރުވަމުން ދިޔައެވެ. […]
“ޔޫނުސް؟” ކަންފަތުގައި ޖެހުނު އަޑަކުން ޔޫނުސްއަށް ހީވީ އޭނަގެ ހިތަށް އާ ދިރުމެއް ލިބުނީ ހެންނެވެ. އޭނައަށް ހިނދުކޮޅެއް ވަންދެން އެއީ ކާކުގެ އަޑެއްކަން ޔަޤީންކުރަން ދަތިވެފައި އިނދެވުނެވެ. “ނަޞް….ރާ؟” ޔޫނުސްއަށް ކިޔާލެވުނެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުގައި ހުރި ނަޞްރާ ދެލޯ މަރާލުމުން އޭނަގެ ކޯތާފަތްމައްޗަށް ކަރުނަތައް ފައިބައިގެންއައެވެ. ޔޫނުސްގެ އަޑު އިވުނަސް ޔޫނުސް ހުރީ އޭނައާއި ކިހާ ދުރުގައިކަން އެނގުންވީ ހިނދު ނަޞްރާގެ ދެލޯ ތަގުޅިވެ އޭނައަށް ރޮވެން އުޅުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު […]
އޭނަގެ ފަރާތުން މި ޚަބަރު މިޞްބާޙަށް ލިބުނުކަން އަމީނަށް އެނގިއްޖެނަމަ އަމީން އޭނަގެ ބިރު ޙަޤީޤަތަކަށް ހަދާފާނެކަމުގެ ބިރުހީވިއެވެ. އެހެންކަމުން ޔޫނުސް އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ސައިކަލު ދުއްވާލިއެވެ. މިޞްބާޙަށް ކަންބޮޑުވުމެއްގައި ސައިކަލު ދިޔަ ދިމާލަށް ބަލަން ހުރެވުނެވެ. ** އެތައް ދުއްވުމަކަށްފަހު ޔޫނުސް އެރޭވެސް ގެއަށް އައީ މާޔޫސްވެފައިވާ މޫނަކާއެކީގައެވެ. އޭނަ ގެއަށްވަދެ ސިޓިންގް ރޫމުގެ ބޮކި ދިއްލާލަމުން ގޮސް ސޯފާއަށް ވެއްޓިގަނެ ދެއަތުން މޫނު ފޮރުވާލިއެވެ. މަރާލި ލޮލުގެ ދޭތެރެއިން ނަޞްރާގެ […]
ގޭގެ ދޮރުގެ ތަޅު ހަލާކު ކުރެވިފައިވީއިރު ދޮރު ވަނީ ކުޑަކޮށް ހުޅުވިއެވެ. ޔޫނުސް ހިސާބަކަށް ކަންބޮޑުވެ ހުރެ ދޮރުކައިރިއަށް ގޮސް އެއްއަތުން މާ ބޮނޑި ހިފައިގެން ހުރެ އަނެއްއަތުން ދޮރު ރަނގަޅަށް ހުޅުވާލިއެވެ. މިފަހަރު ފެނުނު މަންޒަރަކުން އޭނަގެ އަތުގައި އޮތް މާ ބޮނޑި ޓައިލްސް މަތީގައި ގޮސް ޖެހުނެވެ. އެ މާ ބޮނޑި ޖެހުނު ހިސާބުން ފެށިގެން އޭނަގެ ކޮޓަރިއާއި ހަމައަށް ބިންމަތީގައި ހުރި ލޭ ފެނިފައި ޔޫނުސްގެ ހިތް ހުއްޓުނު ފަދައެވެ. ބައެއް ހިސާބު […]