“ކީކޭ؟!” ނަވާޒް ހާސްކަން އެކުލެވިފައިވި ގޮތަކަށް އަހާލިއެވެ. “ތި އަޑުއިވުނީ ރަނގަޅަށް. އޭނަ ދެންމެއަކު މިގެއަށް އައި. އައިއްސަ ވާހަކަ ދެއްކި ގޮތުން ހީވަނީ އޭނައަށް އެނގިއްޖެހެން މިފްތާޙްމެންގެ ގެ އެންދީ އަހަރުމެންކަން. އޭނަ ބުނީ މިއަދު ހުރިހާ ހައްދެއް ފަހަނަޅައިފިއޭ. މިއަދުން ފެށިގެން ތިމަންނަ މަސައްކަތް ކުރާނީ އަހަރުމެންނާ ދެކޮޅަށޭ.” އަމީން ކިޔައިދިނެވެ. އެންމެ ފަހު ބަސްތަކަކާއެކީ ފޯނުގެ އަނެއްކޮޅުން ވާހަކަ އަޑުއަހައިގެން އިން ނަވާޒްގެ ދެލޯ މެރުނެވެ. އޭނަގެ ދެބުމަ ކައިރިވީ ގޮތުން […]
“މި ސުވާލު ހަދަން އެނގޭތަ؟ މިއީ އިއްޔެގަ މެތްސް އެކްސްޓްރާގަ ދިން ސުވާލެއް.” މިޞްބާޙް އޭނަގެ ފޮތުގައި އެންމެ ފަހަކަށް ލިޔެފައި އޮތް އަލްޖެބްރާ ސުވާލު ދައްކަމުން ބުނެލިއެވެ. އަފްރީން އެއްފަހަރު އެއަށް އަނެއްފަހަރު މިޞްބާޙަށް ބަލާލިއެވެ. މިޞްބާޙް އޭނައާއި މި ސުވާލުކުރަނީ ހަމަ ޙަޤީޤަތުގައި ވެސް ނޭނގިގެންހޭ އޭނަގެ ހިތަށްއެރިއެވެ. ސުވާލަކީ އުނދަގޫ ސުވާލެކެވެ. ނަމަވެސް މިޞްބާޙަކީ އެ ސުވާލު ނޭނގޭނެ ވަރަށްވުރެ މޮޅު ކުއްޖެކޭ އަފްރީންގެ ހިތް ބުންޏެވެ. މިޞްބާޙްގެ ނިޔަތާއިމެދު ނުބައި ގޮތްގޮތަށް […]
“އަދިވެސް އެމީހުންގެ ބިރު ދެއްކުންތަކަށް ނިމުމެއްނާދޭ. ނޫހުގެ އޮފީހުން ވަރަށް ގިނަ އެއްޗެހި މަދު އެބަވޭ ދޭތެރެ ދޭތެރެއިން. އެމީހުން އަމިއްލައަށް ބުނަނީ ތިމަންނަމެންނޭ ވަގަށް ނަގަނީ. ދެން އެއްދުވަހު ސައިޓްވެސް ހެކްކުރަން މަސައްކަތް ކުރި. ކޯޓަށް މައްސަލަ ހުށަހެޅީމަ މާ ބޮޑު ކަމެއްނުވޭ. އަނެއްކޮޅުން މިހާރު ނަވާޒްގެ ނައިބު އަމީން ވެސް މިކޮޅަށް އައިއްސަ އެބަހުރި. އޭނަ އައީ ކުޑަ ކަމަކުއޭ އަހަރެން ނުބުނާނަން.” ނާސިފް ބުންޏެވެ. ޔޫނުސްއަށް އަޑުއަހައިގެން އިނދެވުނީ ބުމަގޮށްޖެހިފައެވެ. އޭނައަށް ކުއްލިއަކަށް […]
“އަފޫ…..” ވަރަށް ކައިރިން އިވުނު ފިރިހެން އަޑަކާއެކީ މީހަކު އޭނަގެ އަތުގައި ހިފާލިހެން ހީވި ވަގުތު އަފްރީންއަށް ތެޅިގަންނަމުން އޭނަގެ އަތް ދަމައިގަނެވުނެވެ. އޭނަ ފަސްއެނބުރި ބަލާލި ވަގުތު މެއަށް ފިނިވިއެވެ. އޭނަގެ ކުރިމަތީގައި ހުރީ ޔުނިފޯމެއްގައި ހުރި ނުހަނު ރީތި ފިރިހެން ކުއްޖެކެވެ. އަފްރީންއަށްވުރެ ކުޑަ ތަންކޮޅެއް ދިގު އެ ޒުވާނާގެ ގައިގައިވީ އަލި ކުލައެވެ. ހަތަރެސްކަން ބައްޓަމެއްގެ މޫނެއް ހުރިއިރު އޭނަގެ ބާމަތި ފުޅަލެވެ. އޭނަ ހުރީ ފަޓުލޫނުގެ ޖީބަށް ދެއަށް ޖަހައި އެއްމިޔަކަނުން […]
ޤުރުއާނުގައި އާޔަތްތަކާއި ލަފްޒުތައްވެސް އެތުރިފައިވި ގޮތުން އެ ފޮތަކީ ﷲ ނޫން އެހެން ފަރާތަކުން އައި ފޮތަކަށް ނުވާނެކަން ޤަބޫލުކުރެވުނެވެ. ޤިޔާމަތް ދުވަހަށް ޝައްކުކުރަން ނަޞްރާ ނުކުޅެދުނީ ނުބައިކަމެއްކުރަން އުޅޭ ވަގުތު ޚުދު އޭނަގެ އަމިއްލަ ނަފްސު އެކަމެއް ނުކުރުމަށް އަންގާ އެންގުމަކީވެސް އެ ދުވަސް އަންނާނެކަމުގެ ހެއްކެއްކަން އެނގުމުންނެވެ. ސަދަފްމެނާއި އެކީ އުޅެން ފެށިތާ ހަފްތާއެއްހާ ދުވަސްފަހުން ނަޞްރާގެ ޙަޔާތުގެ އާ ބާބެއް ފެށިގެން ދިޔައެވެ. ދީނުގައި މިވެނި ކަމެއް އޮންނަނީ މިވެނި ގޮތަކަށޭ […]
އެއްރެއަކު ވީޑިޔޯއެއްގެ ބަދަލުގައި ނަޞްރާގެ އެކުވެރިޔަކު އައީ އެފަދަ މަންޒަރުތައް ސިފަ ކުރެވިފައިވި ވާހަކައެއް ހިފައިގެންނެވެ. ނަޞްރާގެ އެއް އެކުވެރިޔަކު އެ ވާހަކަ ކިޔަމުން ދިޔައިރު ނަޞްރާއާއި އޭނަގެ އަނެއް ދެ އެކުވެރިން ޝައުޤުވެރިކަމާއެކީ އަޑުއަހަން ތިއްބެވެ. އޭގެ އަނެއްދުވަހު ނަޞްރާ އޭގެ 10 ވަރަކަށް ފޮތް ގަނެލިއެވެ. ލޮލުން ބަލާ މަންޒަރަކުން އޭނަގެ އުޅުމަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް ނަޞްރާ ހީކުރިއެވެ. ނަމަވެސް އެ ވެގެން ދިޔައީ ކުށްހީއަކަށެވެ. ހުތުރު މަންޒަރުތަކާއި ވާހަކަތަކަށް ދެވިހިފިފަހުން […]
އަފްރާޒް…..މަންމަ މިހިރީ ކައިގެން. ޝަކިއްތަ ދިޔައީ މަންމައަށް ކާންދީފައި. އާދޭސްކުރަން….އެއްދުވަހު ވިޔަސް ދެކުދިން ޒުވާބުނުކުރޭ.” އާބިދާ އޭނަގެ ފުރަގަސްދީގެން ހުރި އަފްރާޒްގެ އަތުގައި ހިފާލަމުން ރޮވިފައިކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ނަޞްރާ ދެންވެސް އެކަކު އަނެކަކަށް ރުޅިވެރިކަމާއެކީ ބަލަހައްޓައިގެން ތިބީއެވެ. އިރުކޮޅެއްފަހުން ނަޞްރާ އަފްރާޒްއަށް ލޯއަޅާފައި މޫނުއަނބުރާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ އާބިދާ ކިތަންމެ ހިތާމައެއް ކުރިޔަސް އަފްރާޒްއާއި ނަޞްރާގެ ޒުވާބަކަށް ނިމުމެއްނާދެއެވެ. ނަޞްރާ އަފްރާޒްއަށް އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެންމެ ބޮޑަށް ރުޅި އަންނަނީ […]
“ކޮން ރޭވުމެއް؟” ޔޫނުސްއަށް އަހާލެވުނެވެ. ނާސިފް ޔޫނުސްއަށް ބަލަހައްޓައިގެން އިނދެފައި ދެ ފަރާތަށް ނަޒަރު ހިންގާލަމުން ޔޫނުސްއާއި ކައިރިވެލުމަށް ގުދުވެލިއެވެ. “ނަވާޒްމެން އެ މީހުންނާއި ދެކޮޅަށް ޚަބަރު ކިޔާ އެންމެނަށް ފައިސާ ދީގެން އެމީހުން ކިޔުނު އެއްޗެއް ބަދަލު އެބަ ކުރުވާ. ވަރަށް ފަހަކާއި ޖެހެންދެން ސަރުކާރުގެ ޗެނަލުން އެކަނި ނަވާޒްމެނާއި ދެކޮޅަށް ޚަބަރު ކިޔަމުން އައީ. އެހެންވެ ޢާއްމުންނަށް ހީވަމުން ދަނީ ސަރުކާރުގެ ޗެނަލުން ޤަޞްދުގައި ނަވާޒްމެނަށް ދޮގު ތުޚުމަތުތަކެއް ކުރަނީހެން. އަހަރެން ބޭރުގަ […]
“އާނ މިއަންނަނީ.” ނަވާޒް ފޯނު ކަންފަތުން ނަގާލަމުން ކޮޅަށް ތެދުވިއެވެ. އަދި އޭނަ ހުޅުވާފައި ހުރި ވިންޑޯ ކްލޯޒްކޮށްލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު ލެޕްޓޮޕްގެ ސްކްރީންގެ އަލި ފޭދިގެން ދިޔައެވެ. އެއަށްފަހު މަޑުމަޑުން އަލިވަމުން ގޮސް ފެނިގެން ދިޔައީ ފޮޓޯއެކެވެ. އެ ފޮޓޯގައި ހުރީ ނަވާޒް އޭނަގެ ދެއަތުން ފަސް އަހަރުގެ ޔޫނުސް މައްޗަށް އުފުލައިގެން ހުރި ތަނެވެ. ނަވާޒް ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ކުޑަކުޑަ ޔޫނުސްގެ މޫނުމަތިން ވެސް […]