“ބައްޕާ….ބައްޕާ. ބައްޕާ!” އަފްރީން ބާރުވަމުން ދިޔަ އަޑަކުން ބައްޕައަށް ގޮވަމުން ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ދޮރުގައި އެއްއަތުން ތަޅަން ފެށިއެވެ. ބޭރުގައި ހުރި ޝަރީފަށް އެ އަޑު އިވުމުން އޭނަ ވަގުތުން އެ ދިމާލަށް ދިޔައެވެ. ދޮރާއި ހަމަވެ ތަޅު އަނބުރާލަން އުޅުނު ވަގުތު ތަޅުގައި އެޅުވިފައި އޮތް “ޑޫ ނޮޓް ޑިސްޓާބް” ގެ ނިޝާން ފެނިފައި ޝަރީފްގެ ނިތަށް ރޫގިނަވިއެވެ. ސިކުނޑިއަށް ގޯސް ޚިޔާލުތަކެއް ވެރިވިއެއްކަމަކު ފަހުން ހިތަށް އެރީ މިއީ އަފްރީންމެންގެ މަސައްކަތަށް […]
“އެތާ އެއްވެސް މީހަކު ނުހުންނާނެ ދޯ ފަލަކް؟” މިޞްބާޙް ޝައްކު ފިލުވާލުމުގެ ގޮތުން އަހާލިއެވެ. ތިން އަންހެން ކުދިން އެކީގައި ހޫންލައްވާލިއެވެ. މިޞްބާޙް ދެންވެސް ޖެހިލުންވުމަކާއެކީ އެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިޞްބާޙް އެންމެ ފަހަކަށް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ . އެއަށްފަހު އެ ދޮރުގެ ތަޅު އަނބުރާލަމުން ދޮރު ހުޅުވައި ކޮޓަރި ތެރެއަށްވަނެވެ. އެއާއެކު އެނދުމަތީގައި އިން އަފްރީން އިސްއުފުލާލިއެވެ. މިޞްބާޙާއި އަފްރީންގެ ހަތަރުކަޅި ހަމަވީ ވަގުތު […]
“އޭނަ އެބަހުރި. އޭނަ އައީ ބޮޑު ރޭވުމަކާއެކު. އަފޫ ބަދުނާމު ކުރުމުގެ ރޭވުން. އޭނަ ހުރީ އަދިވެސް އަފޫއަށް ވަރަށް ރުޅި އައިސްފަ. އެންމެން ކުރިމަތީގަ އަފޫ ތިމަންނަ ދޫކޮށްފަ ދިޔައިއްޔޭ ކިޔާފަ. ރެއާއި ދުވާލު އޭނަ އެކި ރޭވުންތައް ރާވަނީ އޭނަގެ އެކުވެރިންނާއެކު. އެ އެކުވެރިންގެ ތެރޭގަ ހިމެނޭ……..މިޞްބާޙް ވެސް.” ނަޝާ އެންމެ ފަހަކަށް ބުނެލި ނަމުން އަފްރީނަށް ދެލޯ ބޮޑުކޮށްލަމުން ނަޝާއާއި ދިމާލަށް ބަލާލެވުނެވެ. އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނައަށް އޭނަގެ ކަންފަތަށް […]
“ދެން އެހާ ކުރީގެ ހަނދާނެއް ނުވެސް ހުންނާނެތާދޯ؟ އެކަމަކު އަހަރެން ހަނދާން އެބަހުރި. ޔޫ ވާ މައި ޗައިލްޑްހުޑް ކްރަޝް!” އަޙްސަން ހެވިފައިހުރެ ބުނެލިއެވެ. އޭނަގެ ފުރިހަމަ ހިނިތުންވުން ފެނިފައި އަފްރީން އުނދަގުލެއްވެގެން އުޅޭ ފަދައަކުން ދުރުބަލަން ފެށިއެވެ. އެތެރެއަށް ދާންވީއޭ ހިތަށްއެރިއެއްކަމަކު އިސާހިތަކު ބައްޕަ އައިސްދާނެއޭ ހިތް ބުންޏެވެ. އަފްރީނަށް މަގުގެ ވާތް ފަރާތަށް ބަލާލެވުނީ ޖިޕެއްގެ ނިޝާނެއް ފެނޭތޯއެވެ. އޭނައަށް ނޭނގި ހުއްޓާ އަޙްސަން ލަސް ފިޔަވަޅުތަކެއްގައި އޭނަ ގާތަށް އަންނަން ފެށިއެވެ. އަޙްސަން […]
“އޭނަ އައިއްސި.” ޒުވާނާ ބުނެލީ ހަމައެކަނި އެހާވަރަށެވެ. އަފްރީން ފެންޑާ ތެރެއިން ހިނގާފައި ގޮސް މިޞްބާޙްގެ ގޭގެ ލައްޕާލެވިފައިވާ ދޮރާއި ހަމަވުމުން މަޑުކޮށްލިއެވެ. އަދި އިރުކޮޅެއް ވަންދެން ކުރިމަތީގައި ހުރި ރަން ކުލައިގެ އަތްގަނޑެއް ލެވިފައިވާ މުށިކުލައިގެ ދޮރާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. މިވަގުތު އޭނަ ސަލާމް ގޮވާލުމުން ވާނެގޮތް އަފްރީން ޚިޔާލަށް ގެނެވޭތޯ މަސައްކަތް ކުރިއެވެ. މިޞްބާޙް އެ ދޮރު ހުޅުވާލަމުން ހިނިތުންވުމަކާއެކީ އަންނާށޭ ބުނެލާތަން ސިފަ ކުރެވުމުން ވެސް އަފްރީންގެ ފައިން ވާގި […]
“ނަޞްރާ ޙައިރާންވޭތަ؟ އަހަރެން ނުވޭ. މީނަ ކުއްލިއަކަށް ދަރިފުޅާއޭ ކިޔައި ވާހަކަ މި ދައްކަނީ އަހަރެންގެ ރިޕޯޓުތަކުގެ ސަބަބުން މީނައަށް ވޯޓު ގެއްލޭހެން ހީވާތީ.” ޔޫނުސް އިންތިހާ ދަރަޖައަށް ނުރުހުންވެފައިހުރެ ވާހަކަ ދެއްކިއެވެ. ޔޫނުސްގެ ބަސްތައް ތޫނު ތީރުތަކެއް ފަދައިން ގޮސް ނަވާޒްގެ ހިތަށް ހެރުނެވެ. އޭނަގެ ހުރިހާ ހުވަފެނެއް އެއްފަހަރާ ވިއްސިވިހާލިވެގެން ދިޔަހެން ހީވިއެވެ. ޔޫނުސް އޭނައާއިމެދު އިޙްތިރާމާއެކީ ކަންތައްކުރާނެ ކަމަށް ހީކޮށްގެން ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ އޭނައަށް ކުރެވުނީ މަޢާފު ނުކުރެވޭނެ ވަރުގެ […]
“ވަޓް؟!” ލިބުނު ޝޮކާއިއެކީ ސިނާން އަހާލިއެވެ. މިޞްބާޙް ދެލޯ މަރާލިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ. “ސިނާން، އެހެން މީހަކަށް ދެރައެއްދީގެން އަހަރުމެންނަށް ކޯޗެއްތަ ލިބޭނީ؟” މިޞްބާޙް ކޮށްލީ ސުވާލެކެވެ. “އައިމް ސޮރީ ވަޓް؟” ސިނާނަކަށް ސާފެއްނުވިއެވެ. “ސިނާން…….ސިނާންގެ ވެސް އަންހެން ކޮއްކޮއެއް ހުރޭ. ސިނާން ދުވަހަކުވެސް އެދޭނަންތަ އެ ކޮއްކޮއަށް މީހަކު އެފަދަ އަނިޔާއެއްދޭން؟” މިޞްބާޙް އަހާލިއެވެ. “ކޮންކަހަލަ ވާހަކަތަކެއްތަ ތި ދައްކަނީ މިޞްބާ؟ އަހަރެން ބޭނުމެއްނުވާނެއެއްނު ރާޔާއަކަށް […]
“އައްދެ! މި ސޮރު ކޮން ދުވަހަކުތަ ޝެއިޚަކަށްވީ؟” އަމީން އެހިއެވެ. އަމީނަށް ބަލަހައްޓައިގެން ހުރި މިޞްބާޙްގެ ހިތް ދެރަވިއެވެ. އޭނަގެ މަންމައާއި ބައްޕަ އޭނަ ދިން ނަޞޭޙަތަކަށް މަލާމާތްކުރިހެން ހީވުމުންނެވެ. “އަމީން…….އަހަންނަށް ހީވަނީ އަމީން ބުނާހެން މިޞްބާ ހަމަ އަސްލުވެސް މުސްތަޤްބަލުގަ ޕޯޑިއަމްތަކަށް އަރާފަ ހުންނަތަން ފެންނާނެހެން. އެކަމަކު ޕާޓީއެއްގެ ރައީސެއްގެ ގޮތުގައެއްނޫން. ދީނީ ދަރުސްދޭ މީހެއްގެ ގޮތުގަ.” ޒާހިޔާ ހެވިފައި އިނދެ ބުނެލިއެވެ. އަމީން ލުއި ހީލުމަކާއެކީ ހޫންލައްވާލަމުން އެތާ ވަކިން ހުރި ސޯފާއަށް […]
“އޭނައާ؟ ލޯބިން ވާހަކަ ދައްކަންވީ؟ ދުވަހަކުވެސް ނުކުރާނަން ތިކަމެއް. އަހަރެން އޭނަ ކާމިޔާބުވިޔަކަ ނުދޭނަން އެއްވެސް ކަމަކުން.” ޔޫނުސް ދެންވެސް ހަރު އަޑުން އެހެން ބުނެލަމުން ކުއްލިއަކަށް އެނދުން ތެދުވިއެވެ. އަދި ނަޞްރާ ބަލަބަލާ ހުއްޓާ ކޮޓަރިން ނިކުމެގެން ދިޔައެވެ. ޔޫނުސް ސިޓިންގް ރޫމަށް ގޮސް އެތާނގެ މެދުގައި މަޑުކޮށްލަމުން އޭނަގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ނެގިއެވެ. އެއަށްފަހު ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. “ހެލޯ.” އެކޮޅުން ޖަވާބު ދިނީ އައި.ސީ.ޔޫގެ […]