ވިސާމް ޝަފަޤަށް ބަލަން ހުރެފައި ޝަފަޤްގެ އެ އަތަށް ބަލާލިއެވެ. އޭނަ އެހެން ހުއްޓާ ޝަފަޤް ލަސްލަހުން އޭނަގެ މޭމަތީގައި ބޯއަޅާލަމުން އޭނަގެ ގައިގައި ބައްދާލިއެވެ. މިފަހަރު ޝަފަޤްގެ ޙަރަކާތުން ވިސާމް އެއްވެސް ޙައިރާނެއްނުވީ އޭނަގެ ހިތަށްކޮށްފައިވި އަސަރެއްގެ ބޮޑުކަމުންނެވެ. އޭނަ ދެލޯ މަރާލަމުން ޝަފަޤްގެ ބޮލުގައި ދަތްދޮޅި ޖައްސައި އެ ތުނި ހަށިގަނޑުގައި އޭނަގެ ބާރުގަދަ އަތް ވަށާލިއެވެ. ވިސާމްގެ އެ ދެއަތަށް އޭނަ އަމިއްލަ ނަފްސު ދޫކޮށްލި ޝަފަޤަށް، އޭނައަށް ދުވަހަކުވެސް ނުކުރެވޭ ފަދަ […]
“ހުދާ މިކަހަލަ ވާހަކަތަކުގެ ތެރެއަށް އަނގަބާނާނެ ކަމެއްނެތް. ދޭ ކޮޓަރިއަށް!” ޒަމީނާ އައި ރުޅީގައި އަންގާލިއެވެ. ހުދާ ފައިންއޭ ކިޔައި ކާގެއިން ނިކުމެގެން ދިޔައެއްކަމަކު ހުދާ ބުނި ވާހަކައާ ދޭތެރޭ ޝަފަޤަށް ވިސްނުނެވެ. ވިސާމްގެ ޚިޔާލުވެސް ހުންނާނީ އެހެންތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަގެ މަންމަ ބުނިގޮތުން އޭނަ އަބަދުވެސް ހުންނަނީ ދީނަށް ފާޑު ކިޔޭނެ ގޮތެއް ބަލަބަލައެވެ. އެހެންކަމުން އޭނަގެ ނަޒަރިއްޔާތުވެސް އެހެން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހުދާ ދެންމެ ބުނީ ޙަޤީޤަތެއްނޫނެވެ. އެއީ ރަސޫލާ […]
“ވިސާމްގެ މަންމަ.” ރަޝީދާ ޝަފަޤްގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ. އެއާއެކު ޝަފަޤަށް ހީވީ މުޅި ދުނިޔެ ހުއްޓުމަކަށް އައީހެންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު އޭނަގެ ނޭވާވެސް ކަރުގައި ތާށިވިއެވެ. އޭނަގެ ލޮލަށް ސިފަވާންފެށީ ވިސާމް އެގޭގައި ހުއްޓާ ރަޝީދާ އައި ދުވަހު ކަންތައްވީ ގޮތެވެ. އެދެމީހުންނަކީ ބީރައްޓެހިން ހީނުވީ ކީއްވެކަން މި އެނގުނީތާއެވެ. “އެދުވަހު ދައްތަ މިގެއަށް ކޭކުތައް ނަގަން އައީ މީހެއްގެ ފަރާތުން ވިސާމް ހުރީ މިގޭގަކަން އެނގިގެން އޭނަ ދެކިލާ […]
“ވިސާމް ނަމާދު ކުރަންތަ؟ އަހަރެން ޤަބޫލު ކުރަން ބޭނުންވަނީ ކުރާކަމަށް. އެކަމަކު އަހަންނަށް އެބަފެނޭ ނަމާދަށް ބަންގި ގޮވާ ވަގުތުވެސް ވިސާމްގެ ކާރު މިސްކިތް ފަސްކޮށްފައި މަގުމަތިން ދާތަން. ބަންގި ގޮވާ ގަޑީގައި ވެސް ތި ގެއިން އެކި އަޑުތައް އިވޭ ވާހަކަ މީހުންގެ ފަރާތުން އިވިފައިވޭ……..ވިސާމް ފަސް އިރު ފަސް ނަމާދު ނުކުރަނީސް އަހަންނަށް ވިސާމްގެ އަނތްބަކަށް ނުވެވޭނެ. އެއްގޮތަކަށްވެސް ބޭނުމެއްނޫން ﷲ ގެ ހަނދުމައިން ދުރުގައިވާ މީހަކާއެކީ މުޅި ދިރިއުޅުން ވޭތު ކުރާކަށް. ބިރުގަނޭ […]
“ޝަފްދައްތި.” ވިސާމް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެއާއެކު މިޝްކާ އެތެރެއަށް ދަމާލި ނޭވާއަކާއެކީ އޭނަގެ އަނގަމަތީގައި ދެއަތް އަޅާލި ހިނދު ބޮޑުވެގެން ދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެކެވެ. މިޝްކާއަށް ވީގޮތް ފެނިފައި ވިސާމް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔަ ޝުޢޫރުތައް ހަނދާން ނައްތާލަމުން ހިނިތުންވެލިއެވެ. “ޝަފްދައްތި! ކޮއްކޮއަށް ކުރިން ވެސް ހީވި އެއީހެން ކޮއްކޮގެ މަންމި. ކޮއްކޮއަށް އެހާ ރަނގަޅުވާނީ ކޮއްކޮގެ މަންމިވީމައެއްނު؟ ހެހެ…….ބައްޕި، މިހުރިހާ ދުވަހު ކީއްވެތަ […]
ފަން އިސްތަށިގަނޑު މައްޗަށް ކަހާފައި ހުރި އެ ޒުވާނާ ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލީ މިޝްކާގާތު ވާހަކަ ނުދެއްކުމަށް ޢިޝާރާތް ކުރަމުންނެވެ. އެއަށްފަހު އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ އޭނަ ފަހަތުން އައުމަށް ހަނާއަޅަމުން މިޝްކާއަށް ފަސްދީފައި ހިނގައިގަތެވެ. މިޝްކާވެސް އުޖާލާވި ހިނިތުންވުމަކާއެކީ ކުޑަކޮށް ދުވެފައި ގޮސް އެތާ ބިންމަތީގައި އޮތް މެޓާ ނަގައިގެން އެ ޒުވާނާ ދިޔަ ދިމާލަށް ހިނގައިގަތެވެ. ފިރިހެނުންގެ ހެދުންތަކާއި ޓީޝާޓުތައް އެޅުވިފައި ހުރި ހަރުތަކުން ހެދިފައިވި ގޯޅިން ލަންބާލެވުނު ވަގުތު މިޝްކާއަށް ފަހަތް ބަލާލެވުނީ […]
ފިލްމު ފެށެން އުޅުނު ވަގުތު އޭނައަށް އެއްލި ކަޅިއަކުން އެތާ މޭޒުމަތީގައި އޮތް ސިޓީ އުރަ ފެނުނެވެ. އޭނަ ހުރީ އޭގެ މަތިން ހަނދާން ނެތިފައެވެ. ނޭނގޭ ސަބަބަކާހުރެ އޭނަ ކުއްލިއަކަށް އެ “ސިޓީ” ކިޔާލަން ބޭނުންވިއެވެ. އޭނަ ވަގުތުން ފިލްމު މަޑު ޖައްސާލަމުން އެ ސިޓީ އުރަ ނަގައި އޭތި ހުޅުވާލިއެވެ. އަދި ކެތްމަދުވެފައިވާ ހިތަކާއެކީ އެ އުރައިގެ ތެރެއަށް އަތް ކޮއްޕައި އޭގެ ތެރޭގައި ހުރި އެއްޗެއް ނެގިއެވެ. އެވަގުތު ފެނުނު އެއްޗަކުން ވިސާމް […]
“ޝަފަޤް!” ޝަފަޤް ނަމުން ގޮވާލި އެ އަޑު އިވިފައި ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އިސްއުފުލައި އެއީ ކާކުތޯ ބަލާލުމާއެކު އޭނަގެ ދެލޯ ބޮޑުވިއެވެ. މުޅި މީހާ ގަނޑުވިއެވެ. ދެއަތުން ވާގި ދޫވާން އުޅުނުހެން ހީވި ވަގުތު އޭނައަށް ފޮށިގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. ކަޅުކުލައިގެ ބުރުގާއަކާއި ކަޅުކުލައިގެ ޖިލްބާބެއްގައި ހުރި މެދު ޢުމުރުގެ ރަޝީދާ، ޝަފަޤަށް ބަލަން ހުރި އިރު އެ އަލި މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. އެހެނަސް ޝަފަޤާއި އެއްހަމައެއްގައި […]
އެވަގުތަކީ ޒަމީނާ ޒައިން ޓިއުޝަނަށް ލާން ގޮސްފައި އަދި ހުދާ ގަދަ ނިދީގައި އޮތް ވަގުތު ކަމަށްވުމުން ޝަފަޤް ފިޔަވައި ގޭގެތެރެއިން އެހެން މީހަކު ނުފެނެއެވެ. އޭނަ އަވަސް ހިނގުމެއްގައި ގޮސް ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ފުން ނޭވައެއް ދޫކޮށްލަމުން ދޮރު ހުޅުވާލިއެވެ. ޝަފަޤް ދެލޯ ހުޅުވާލި ވަގުތު އޭނައަށް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ވިސާމްގެ ސީރިއަސް މޫނެވެ. ޝަފަޤަށް ލިބުނު ކުޑަ ސިހުމާއެކީ އޭނަ ތިރި ބަލާލި ހިނދު އޭނައަށް […]