“މިޝްކާ” އަކީ އަނދިރިވުމުން ބައްތިއެއް ބެހެއްޓުމަށްޓަކައި ގެތަކުގެ ފާރުތަކުގައި އަޑިކޮށް ހަދާފައި ހުންނަ އެއްޗެކެވެ. އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓުމުން އޭގެ ސަބަބުން މުޅި ގެއަށް އަލިކަން ފެތުރިގެން ދާނެއެވެ. މިއަދު ވިސާމްގެ ޙަޔާތަށްވަނީ އަނދިރިކަން ވެރިވެފައެވެ. މި ދަރިފުޅު މެދުވެރިވެގެން އޭނަގެ ޙަޔާތް އަލިވެގެން ދާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ.
މިފަހަރު ވިސާމް އުއްމީދު ކުރި ގޮތަށް ކަންތައްވިއެވެ. މިޝްކާ ހަމަ ވެގެން ދިޔައީ އޭނަގެ ޙަޔާތަށް އައި ފަނޑުނުވާފަދަ އައްޔެއް ފަތުރައިދިން ފަރާތަކަށެވެ. މިޝްކާއާއެކީގައި ހޭދަކުރެވޭ ވަގުތުތަކުގައި ވިސާމަށް އޭނަގެ ހުރިހާ ހިތާމަތަކާއި ނޭދެވޭ ފިކުރުތަކުން ދުރުވެވެއެވެ. ކޮންމެއަކަސް މެހެނާޒްގެ ސަބަބުން އަދިވެސް އޭނަގެ ހިތުގައި ނުފިލާ ނުތަނަވަސްކަމެއްވިއެވެ. މިޝްކާ ލިބުނު ދުވަހުވެސް އޭނަގެ މޫނުމަތިން އުފާވެރިކަމުގެ ކަންފުޅެއް ވެސް ނެތެވެ. އޭނަ ބަލި ޙާލުގައި އޮވެވެސް ހަށިގަނޑުގައި ވޭންއަޅަމުން ދިޔައީތީ ކުދިކިޔަމުން ދިޔައެވެ. އަދި މިޝްކާއަށް ކިރު ދޭންވުމުން ވެސް ނުރުހުންތެރިކަން ފާޅުކުރުމުން ވިސާމްގެ ގޮށްމުއްކެވުނެވެ. ހިތުގައި މެހެނާޒަށްޓަކައި އިންތިހާ ދަރަޖައިގެ ނަފްރަތެއް އުފެދުނެއްކަމަކު އޭނައަށް މެހެނާޒް ދޫކުރެވެން ވެސް ނެތްކަން ވިސާމަށް އެނގުންވިއެވެ. މެހެނާޒަކީ ވެސް މިޝްކާގެ އުފާވެރިކަމުގެ ސަބަބަކަށްވާނެ މީހެއްކަން އެނގުންވުމުންނެވެ. ދެންވެސް މެހެނާޒާއެކީ ރަނގަޅަށް އުޅެވޭތޯ ބަލަން ނިންމީ އެހެންވެއެވެ.
ނަމަވެސް ޙާލަތްތައް ބަދަލުވާންފެށީ ގޯހުން ގޯހަށެވެ. މެހެނާޒަށް ތެދުވެ އުޅެވޭވަރު ވީތަނާހެން އޭނަ ވިސާމްގެ ހުއްދައާވެސް ނުލާ ޕްރޮޑިއުސަރާއި ވާހަކަ ދައްކައިގެން އޭނަ ޝޫޓިންގްއަށް ދާން ފެށިއެވެ. ޝޫޓިންގްއަށް ދިޔަ ފުރަތަމަ ދުވަހު ވިސާމް މެހެނާޒް ވީތަނެއް ނޭނގިގެން އެތައްފަހަރަކު އޭނައަށް ގުޅިއެވެ. ހައިވެގެން މިޝްކާ ރޯން ފެށިއިރު ވެސް މެހެނާޒްގެ ޚަބަރެއް ނުވުމުން އޭނަގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. އެހެނަސް މެހެނާޒް އެދުވަހު ހެނދުނު ދިޔަ ގޮތަށް ރޭގަނޑު އަނބުރާ ގެއަށް އައުމުން އޭނައަށް މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކޭތޯ ބެލިއެވެ.
“ކޮންތާކުތަ މި ހުރިހާއިރު ހުރީ؟” މެހެނާޒް އެޕާޓްމެންޓްގެ ދޮރުން ވަތްތަނާހެން ވިސާމް އަހާލިއެވެ. އޭނަގެ އަޑުގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ.
“ޝޫޓިންގްއަށް.” މެހެނާޒް މާ ބޮޑު ފަރުވާލެއްނެތި ވަދެގެން އަންނަމުން ބުނެލިއެވެ. އޭނަ ވިސާމް ފަހަނަޅައި ދާން އުޅުނު ވަގުތު ވިސާމް އޭނަގެ އަތުގައި ހިފަހައްޓާލިއެވެ.
“މަށަށް ނާންގާ އެތަނަށް ދާން ކެރުނީ ކިހިނެއް؟” ވިސާމް ދެދަތްޕިލަ ޖައްސައިގެން ހުރެ އަހާލިއެވެ. މެހެނާޒް ދެލޯ ހަނިކޮށްލިއެވެ.
“އެކްސްކިއުޒް މީ؟ އަހަރެން ބޭނުން ތަނަކަށް އަހަންނަށް ދެވުމަކީ އަހަންނަށް އޮތް ޙައްޤެއް.” މެހެނާޒް އެހެން ބުނެލަމުން އަނެއްކާވެސް ދާން އުޅުނެވެ. އެހެނަސް ވިސާމް އޭނަގެ އަތުގައި އިހުނަށްވުރެ ބާރަށް ހިފަހައްޓާލިއެވެ.
“އަމިއްލަ ދަރިއެއް އޮތްކަން ވެސް ހަނދާން ނައްތާލީތަ؟ މިޝްކާ ރޯނެކަން ކަލެއަށް ނޭނގެނީތަ؟” ވިސާމް ބޭނުމެއްނުވިޔަސް އޭނަގެ އަޑު ހަރުވިއެވެ.
“ރުއީމަ ތިހިރީއެއްނު އޭނަ ހުއްޓުވަން؟ އެއީ މަ ބޭނުންވެގެން ހޯދި އެއްޗެއް ނޫން. އެއީ ކަލޭ ބޭނުންވެގެން ކުރިކަމެއް. ކަލޭ އޭގެ ޒިންމާ ނަގާ!” މެހެނާޒް ވިސާމަށް ލޯ އަޅާލަމުން އޭނަގެ އަތް ދަމައިގަތެވެ. އެވަގުތު ހިތުގައި ރޯވި ރުޅިވެރިކަމުގެ އަލިފާނާއެކީ ވިސާމަށް ގޯހެއް ހެދެން އުޅުނެވެ. އެހެނަސް އޭނަ މި ވާހަކަ ދައްކަނީ އޭނަގެ ދަރިފުޅުގެ މަންމައާއިކަން ހަނދާންކޮށް ވިސާމް ފުން ނޭވާތަކެއްލާން ފެށިއެވެ. އަދި ހަމައަކަށް އެޅެމުން ވާހަކަ ދެއްކިއެވެ.
“ނާޒް، މާ ބޮޑު ކަމަކަށް ނޫން މި އެދެނީ. ކޮންމެ ދުވަހަކު މިޝްކާއާއެކީ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލަދީ. ޝޫޓިންގްއަށްދާން އަހަރެން މަނަލެއް ނުކުރާނަން. އެކަމަކު މިއަށްވުރެ ތަންކޮޅެއް އަވަހަށް ގެއަށް އައިސްދިނުން އެދެން.” ވިސާމް ހުރިގޮތަށް ހުރެ އޭނަގެ ފަސްދީފައި ދިޔަ މެހެނާޒަށް ބުނެލިއެވެ. އޭނަ މެހެނާޒް އެދޭ ގޮތް ފަހިކޮށްދީ މަޑުމައިތިރިކޮށް ވާހަކަ ދެއްކީ މެހެނާޒްގެ ހިތުގައި އޭނައަށްޓަކައި ކުޑަވެސް ޤަދަރެއް އުފެދިދާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ކަންތައްވެގެން ދިޔައީ އޭގެ އިދިކޮޅަށެވެ.
އެރޭގެ ފަހުން މެހެނާޒް ގެއަށް އަންނަން ފެށީ އެއަށްވުރެ ވެސް ލަހުންނެވެ. އޭނަ ވިސާމަށް ޖެއްސުންކުރަން އުޅޭ ފަދައެވެ. ރޭގަނޑުން އަނބުރައި 2:30 ވާއިރު އެޕާޓްމެންޓަށް އައިސް ވަންނައިރު އޭނަ ހުންނަނީ ވިސާމް ނުރުހުންތެރިކަން ފާޅުކުރާ ވަރުގެ ކުރު ހެދުންތަކުގައެވެ. ވިސާމް ނުރުހުންވާނެކަން އެނގިހުރެ ވެސް އޭނަ އެއްވެސް ލަދެއްނެތި އައިސް މާޒިންގެ ރީތިކަމުގެ ވާހަކަތައް ދައްކަން ފަށާނެއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން ކޮންމެ ރެއަކު އެ އެޕާޓްމެންޓްގެ ތެރޭގައި އަޑުގަދަވާން ފެށިއެވެ. ބައެއް ރޭރޭ އެ އަޑުތަކާހެދި މިޝްކާއަށް ވެސް ހޭލެވިގެން ރޯންފަށައެވެ. އެކަމާމެދު ވިސާމަށް އިންތިހާއަށް ހިތާމަ ކުރެވެއެވެ. އަރައިރުންވަނީ އޭނަގެ މަންމައާއި ބައްޕަކަން އެނގުންވާނަމަ މިޝްކާ ކިހާ ދެރަވާނެހޭ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. މެހެނާޒާއި ވަކިވާން ހާސްފަހަރު ހިތަށްއެރިއެއްކަމަކު އެކަންކުރަން އޭނަ ޖެހިލުންވީ އެ ޚިޔާލުންނެވެ. އެއްރެއަކު މެހެނާޒް ގެއަށް އައުމުން އޭނައާއި ލޯބިން ވާހަކަ ދައްކަން ވިސާމަށް ޖެއްސީވެސް އެ ޚިޔާލެވެ.
“ނާޒް ޕްލީޒް! ވީ ހޭވް އަ ބޭބީ……ނާޒްގެ ހިތުގައި ކުޑަކޮށް ވެސް މިޝްކާއަށްޓަކައި ލޯތްބެއް ނެތީތަ؟ ނާޒް ބޭނުމެއްނުވޭތަ އެކުއްޖާ ބޮޑުވެ އަހަރުމެން ޕްރައުޑް ވާ ކަހަލަ ކަމެއް ކުރާތަން ދެކެން؟ ޝީ ވުޑް ބީ އަ ސްޓާރ ޖަސްޓް ލައިކް އަސް. އެކަން ޚިޔާލަށް ގެނެސްބަލަ ނާޒް.” އެރޭވެސް މެހެނާޒް އެޕާޓްމެންޓަށްވަދެ ޖަދަލުކުރާ ރާގަކަށް ވާހަކަ ފެށުމުން ވިސާމް ބުނެލިއެވެ.
“ވާވް! ހާދަ ލޯބިންނޭ މިރޭ ތި ވާހަކަ ދައްކަނީ؟ އާރ ޔޫ ހައި؟” މެހެނާޒް ޙައިރާންކަމާއެކީ އަހާލިއެވެ. އެއަށް ވިސާމް އެއްޗެކޭ ބުނަން އުޅުނުތަނާހެން މެހެނާޒްގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އޭނަ ވަގުތުން އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހޭއި ލަވް! ސޮރީ އިނގޭ މިރޭ އެހާ އަވަހަށް އަންނަން ޖެހުނީމަ….ކުޑަކޮށް ޓަޔަޑްވެފަ މިހިރީ އެހެންވެ އަސްލު. ހެހެހެހެހެ……….” މެހެނާޒް ފޯނުން ވާހަކަ ދައްކަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު ނުތަނަވަސްކަމުގެ ރާޅު ބާންޏެއް ނެގި ހިތަކާއެކީ ވިސާމަށް ފަސްއެނބުރި މެހެނާޒަށް ބަލާލެވުނެވެ. މެހެނާޒް މާ ގިނައިރެއްނުކޮށް ފޯނު ކަނޑާލަމުން ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އޭނަ ވަންނާނީ އާދައިގެ މަތިން ފެންވަރަންކަން އެނގި ވިސާމް ކޮޓަރީގެ ދޮރު ކައިރިއަށް ދިޔައެވެ. އަދި ފާޚާނާގެ ދޮރު ލެއްޕުނު އަޑަށް ކޮޓަރީގެ ދޮރު ހުޅުވައި ކޮޓަރިއަށްވަނެވެ. އެއަށްފަހު އެތާ އެނދުމަތީގައި އޮތް މެހެނާޒްގެ ހެދުމުގެ ކައިރީގައި އޮތް ފޯނު ނަގައި ހުޅުވާލަން އުޅުނެވެ. ލޮކް ކޯޑް ޖަހަން އޮތުމުން ވިސާމް އެއްދުވަހު މެހެނާޒް އެ ކޯޑުގައި ޖަހާތީ ފެނުނު ހަތަރު ނަންބަރެއް ހަނދާންކޮށްލިއެވެ. އޭނަ އެ ނަންބަރުތައް ޖަހާލީ ވަކި ދިމާވާނެކަމުގެ އުއްމީދުގައެއްނޫނެވެ. އެހެނަސް ނަންބަރުތައް ޖަހާލުމާއެކު ފޯނުގެ ހުޅުވާލެވިފައިވި ކޯލް ލިސްޓް ފެނިގެން ދިޔައެވެ. އޭގެ ތެރެއިން އެންމެ ކުރިން ވިސާމަށް ފެނިގެން ދިޔައީ މާޒިން ނޫން ދެވަނަ މީހެއްގެ ނަމެއްނޫނެވެ. އެ ނަން ފެނިފައި ގޮށްޖެހިގެން ދިޔަ ބުމައާއެކީ ވިސާމް ބެކަށް ގޮސް މެސެޖުތައް ހުޅުވާލިއެވެ. މާޒިނާއި މެހެނާޒްގެ ދެމެދުގައި ބަދަލު ކުރެވިފައިހުރި “ލޯބީގެ” މެސެޖުތައް ފެނިފައި ވިސާމް ޙައިރާންނުވީ ކީއްވެކަމެއް ޚުދު އޭނައަކަށް ވެސް ނޭނގުނެވެ. ދެމީހުން އެކީގައި ކުރާނެ ކަންތައް ސިފަކޮށް އެކަކު އަނެކަކާ ޙިއްސާކޮށްފަ ހުރިތަން ފެނިފައި ވިސާމްގެ މޭނުބައި ކުރިއެވެ. އޭނަ ބެކަށް ގޮސް މެހެނާޒް ދެން މެސެޖުކޮށްފައި ހުރީ ކޮން ބަޔަކަށްތޯ ބަލާލިއެވެ. ދެންވެސް މެސެޖު ކުރެވިފައިހުރީ ހުސްވެސް ފިރިހެނުންނަށެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަ ކިޔުންތެރިންނާއި ފިލްމީ ތަރިން ހިމެނެއެވެ. ވިސާމް ސްކްރޯލް ކުރަމުން ދަނިކޮށް އެއްލި ކަޅިއަކުން މެސެޖެއްގެ ތެރެއިން އޭނަގެ ނަން ފެނިފައި އޭނައަށް މައްޗަށް ދެވުނެވެ. އޭނަގެ ނަން އޮތީ ދުވަސްވީ ލަވަ ކިޔުންތެރިއެއްކަމަށްވާ ޝިއާފްގެ ފަރާތުން އައިއްސަ އޮތް މެސެޖެއްގައެވެ. ވިސާމް އެ މެސެޖު ހުޅުވާލިއެވެ.
“އެ ވިސާމް ނުމެރުނިއްޔާ ކުޑަމިނުން އޭނަ ޖަލަށްލެވޭ ގޮތަށް ހަދައިދީ.” ޝިއާފް އެންމެ ފަހަކަށް ފޮނުވާފައި އޮތް މެސެޖު ފެނިފައި ވިސާމް ނުތަނަވަސްވީ ވަރަށްވުރެ ބޮޑަށް ވީ ޙައިރާނެވެ. ޝިއާފް އޭނައަށް އެފަދަ ޙާލެއް ޖައްސަން ބޭނުންވާނީ ކީއްވެބާއޭ ހިތަށްއެރި ވަގުތު ވިސާމް ކުރީގެ މެސެޖުތައް ކިޔަންފެށިއެވެ. ހަމަ އެއާއެކު ޝިއާފް ހިސާބަށްވުރެ އޭނައަށް ޙަސަދަވެރިވީކަން ވިސާމަށް އެނގުންވިއެވެ. ޝިއާފްގެ މެސެޖުތަކަށްފަހު މެހެނާޒާއި އެހެނިހެން މީހުންނާއި ދެމެދު ދެކެވިފައި ހުރި ވާހަކަތައް ވެސް ބަލަން ވިސާމް ބޭނުންވިއެވެ. އޭނަ ކޮށްލި މިނެޓްތަކެއްގެ ދިރާސާއިން އެހެން 3 ލަވަ ކިޔުންތެރިންވެސް މެހެނާޒާއި ވެގެން އޭނައާއި ދެކޮޅަށް ރޭވުންތައް ރާވަމުން ދާކަން އޭނައަށް އެނގުންވިއެވެ. އެކަކު މާލީ ގޮތުން އޭނައަށް ފިއްތުންތައް ކުރިމަތިކުރަން ރާވަމުން ދިޔައިރު އަނެކަކު ރާވަމުން ދިޔައީ އޭނަ ބަދުނާމު ކުރާށެވެ. މެހެނާޒް އެމީހުންގެ ރޭވުންތަކުގައި އެހީވާން އެއްބަސްވެފައިވަނީ އެމީހުން އޭނައަށް ބޮޑެތި ފައިސާގެ ޢަދަދުތައް ފޮނުވުމުންނެވެ. ކޮންމެވެސް ލަވަ ކިޔުންތެރިއަކު ފައިސާގެ ޢަދަދެއް ފޮނުވުމުން މެހެނާޒް ދޮނެއްދޭ އިމޯޓިކޯންއެއް ފޮނުވާފައި ހުރިތަން ފެނިފައި ވިސާމަށް ދަތްކުނޑި ވިކަމުން އެ ފޯނު އެނދުމައްޗަށް ޖަހާލިއެވެ. އެވަގުތު ފާޚާނާގެ ތެރެއިން ފެންވެއްޓޭ އަޑާއެކު މެހެނާޒް ލަވައެއްގެ ރާގަކަށް ހޫންއަޅުވަމުން ދިޔަ އަޑު އިވިފައި ވިސާމްގެ މޫނު ރުޅިން ރަތްވިއެވެ. މެހެނާޒަށް ހީވަނީ އޭނައަށް ވިސާމް ބަދުނާމުކޮށް ބަރުބާދުކޮށްލެވިދާނެކަމަށް ހެއްޔެވެ؟ ނޫނެކެވެ. އެއީ އޭނައަށް ހީވާ ކުށްހީއެކެވެ. އޭނައަށް ވިސާމް ބަރުބާދުކުރެވުމުގެ ކުރިން ވިސާމް އޭނަ ބަރުބާދު ކުރާނެއެވެ. ހިތަށް ވެރިވި ޝުޢޫރުތަކާއެކީ ވިސާމް ކޮޓަރިން ނިކުންނަން ދިޔައީ ބާރު ހިނގުމެއްގައެވެ. އެހެނަސް މާ ދުރަކަށް ނުދެވެނީސް ޖެހިގެން ހުރި ކޮޓަރިން މިޝްކާ ރޯންފެށި އަޑު އިވިފައި ވިސާމްގެ ފިޔަވަޅުތައް ބިންމަތީގައި ތަތްލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް އެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެވަގުތު މިޝްކާގެ ރުއިމުގެ އަޑު އިހުނަށްވުރެ ހަރުވެގެން ދިޔުމުން އޭނައަށް ވަގުތުން މިޞްރާބު ބަދަލުކޮށްލަމުން އެ ކޮޓަރިއަށް ގޮސް ވަދެވުނެވެ. އަދި މިޝްކާގެ ނަމުން ގޮވާލަމުން ގޮސް މިޝްކާ އޭނަގެ އަތްމައްޗަށް ނަގައި މަސަލަސްކުރަން ފެށިއެވެ. މިޝްކާއަށް ފުޅިދޭ ގަޑި ޖެހުނީކަން އެނގުންވުމުން ވިސާމް ކުއްލިއަކަށް ދެންމެ އޭނަގެ ހިތަށް ވެރިވިހާ ޝުޢޫރުތަކުގެ މަތިން ހަނދާން ނައްތާލިއެވެ. އެއަށްފަހު ބަދިގެއަށްދާން މިޞްރާބު ޖެހިއެވެ.
މިޝްކާއަށް ފުޅި ދިނުމަށްފަހު އަނެއްކާވެސް މިޝްކާ ނިންދަވާލަން ވިސާމް ވަގުތުކޮޅެއް ހޭދަކުރަން ޖެހުނެވެ. މީގެ އިރުކޮޅެއް ކުރިން އޭނައަށް އެނގުނު ޙަޤީޤަތްތަކާއި ހިތަށްވެރިވި ޝުޢޫރުތައް އަނެއްކާވެސް އޭނަގެ ހަނދާނަށް އައީ މިޝްކާ ނިދުމުންނެވެ. ނަމަވެސް އެވަގުތު އެތައް ސަބަބަކާހުރެ އޭނަގެ ހިތުން އެއްވެސް ކަމަކަށް ބަދަލު ހިފުމުގެ ޝުޢޫރު ނެތި ގޮއްސިއެވެ. އޭނައަށް ވިސްނެމުން ދިޔައީ މިއަދު އޭނަ އެގޮތަށް ކަންތައް ކޮށްފިނަމަ މިޝްކާ ބޮޑުވި ދުވަހަކުން އޭނައާއިމެދު ދެކޭނެ ގޮތަކާއިމެދުއެވެ. އަދި އަމުދުން މިޝްކާގެ މަންމައާއި މެދު މިޝްކާގެ ހިތުގައި އުފެދޭނެ ޝުޢޫރުތަކާއި މެދުގައެވެ. ހަމަ އެވަގުތު މިޝްކާގެ މަންމައަކީ މެހެނާޒަށް ނުވިނަމައޭ ވިސާމްގެ ހިތަށްއެރިއެވެ. އެހެންވިނަމަ ނަފްރަތަކީ ކޯޗެއްކަން މިޝްކާއަށް އޭނަ އެއްގޮތަކަށްވެސް ބުނެދޭކަށް ނުޖެހުނީހެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ މި ޙާލަތުގައި ވެސް ވާން ބޭނުންވީ ރަނގަޅު މީހަކަށެވެ. މިޝްކާ ބޮޑުވި ދުވަހަކުން އޭނައަށް އޮޅުމަކުން ވެސް އޭނަގެ ބައްޕަ އެހެން މީހަކަށް ގޯހެއް ހެދި ވާހަކަ އަޑު އިވޭކަށް ވިސާމް ބޭނުމެއްނުވެއެވެ. އޭނަ ބޭނުންވީ އެންމެންނަށް ވެސް ވީހާވެސް ރަނގަޅަށް ކަންތައް ކޮށްދޭ މީހެއްގެ ގޮތުގައި މިޝްކާއަށް އޭނަގެ ބައްޕަ އެނގޭށެވެ. މިފަހަރު ހިތަށްވެރިވި ޚިޔާލުތަކުން ވިސާމްގެ ހަނދާނަށް އައީ އޭނަގެ އަމިއްލަ ބައްޕައެވެ. ބައްޕަގެ އަޚްލާޤާއި އެކީ އޭނަ ބައްޕަދެކެ ލޯބިވީ މިންވަރު ހަނދާންވެފައި އޭނަ ހަމަ ޔަޤީނުންވެސް ވާން ބޭނުންވަނީ އެފަދަ ބައްޕައަކަށްކަމަށް ވިސާމް އަމިއްލަ ނަފްސުގާތު ބުނެލައިފިއެވެ. ހަމަ އެއާއެކު މި ޙާލަތުގައި ބައްޕަ ކަންތައް ކުރާނީ ކިހިނެއްތޯ އަމިއްލަ ހިތާއި ސުވާލުކޮށްލުމުން ވިސާމަށް އޭގެ ޖަވާބު ލިބުނެވެ.
އެ ލިބުނު ޖަވާބާއެކީ ވިސާމް މެހެނާޒަށް މަޢާފުކުރަން ނިންމިއެވެ. އެއީ އޭނައަށް ކިތަންމެ އުނދަގޫވި ކަމަކަށްވިޔަސްމެއެވެ. އަދި ދެންވެސް މެހެނާޒަށް ނަޞޭޙަތްތެރިވެވޭތޯ ބަލަމުން ދިޔައެވެ. އެ ދޭ ކޮންމެ ނަޞޭޙަތަކާއެކީ މެހެނާޒްގެ އުޅުން އިތުރަށް ގޯސްވުން ނޫންކަމެއް ނުވިއެވެ. ފަހަކަށް އައިސް މެހެނާޒް ގެއަށް ނާންނަ ރޭތައް ގިނަވާން ފެށިއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ ހާމަކޮށް ފެންނަން ނުޖެހޭފަދަ މެހެނާޒްގެ ވީޑިޔޯއެއް ލީކްވެގެން ދިޔައެވެ. މާޒިންއާއެކީ މެހެނާޒް ހުރި އެ ވީޑިޔޯ ފެނިފައި ވިސާމްގެ ގާތަށް އައި ރުޅިއާއެކީ އޭނަގެ ބޮލުގައި ރިއްސިއެވެ. އެ ރިހުން ގަދަވެގެން ދިޔައީ މެހެނާޒް ރޯކަމަށް ހެދެމުން އެދުވަހު ހަވީރު އެޕާޓްމެންޓަށް ވަދެގެން އައިސް ދެއްކި ވާހަކައިންނެވެ.
“ސް…..ސް…..ސޭމް އަހަރެން އެއްވެސް ކަމެއް ނުކުރަން. އެމީހުން އެޑިޓްކޮށްފަ ހަދާފަ ހުރި ވީޑިޔޯއެއް އެއީ. އަޅެ އަހަރެން މި ބަދުނާމުން ސަލާމަތްކޮށްދީ. އެއްކަލަ ގޮތަށް ސްޓޭޓަސްއެއް އަޕްޑޭޓް ކޮށްލަދީބަލަ ޕްލީޒް! ފޯ ޔުއާރ ވައިފް!” މެހެނާޒް އަސްލެއްނެތް ކަރުނަތައް އޮހޮރަމުން އާދޭސްކުރިއެވެ. އެ މަންޒަރު ފެނިފައި ވިސާމް ވަގުތުން ހަޅޭއްލަވައި އޭނައަށް ޙަޤީޤަތް އެނގޭކަން އަންގާލަން ބޭނުންވިއެވެ. ނަމަވެސް އެ ވަގުތުވެސް އޭނަގެ ހަނދާނަށް އައީ އޭނަގެ ބައްޕަ ބުނާ ވާހަކައެކެވެ. ތިމާއަށް ނުބައިކޮށް ކަންތައް ކުރާ މީހުންގެ ހިތުގައިވާ ނަފްރަތަށް އޮތް ޝިފާއަކީ އެމީހުންނަށް އިޙްސާންތެރިވުންކަމެވެ. ވިސާމް މެހެނާޒް އެ ބުނި ކަންތައް ކޮށްދިނީ މެހެނާޒްގެ ހިތުގައި އޮތް ނަފްރަތު ފިލައި އެ ހިލަ ހިތް މަޑުވާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ދެން ކަންތައްވެގެން ދިޔަ ގޮތުން އެކަންވުމަށް ވަގުތު ފާއިތުވެފައިވާހެން ވިސާމަށް ހީވިއެވެ.
އެއްދުވަހު ވިސާމަށް ނޭނގޭ ސަބަބަކާހުރެ މެހެނާޒް ޝޫޓިންގްއަށް ނުގޮސް ގޭގައި މަޑުކުރިއެވެ. އެކަމާމެދު ސުވާލުކުރުމުން އޭނަ ބުނީ އެދުވަހަކީ ޗުއްޓީ ދުވަހެއްކަމަށެވެ. ވިސާމް އެދުވަހު އޭނަގެ ކިޔަވާ މޭޒު ދޮށުގައި ޅެންތައް ލިޔަން އިންދާ މެހެނާޒް އޭނައަށްޓަކައި ޖޫސް ތަށްޓެއް ގިރައިގެން އައިސް އެ މޭޒު މަތީގައި ބެހެއްޓިއެވެ. ވިސާމަށް އެއްފަހަރު އެ ޖޫސް ތަށްޓަށް އަނެއްފަހަރު މެހެނާޒަށް ބަލާލެވުނެވެ. މެހެނާޒް ހިނިތުންވުމަކާއެކީ ބޯލާށޭ ބުނެލުމުން ވިސާމް އެ ތަށި ނެގިއެވެ. މެހެނާޒް އެތައް ދުވަހެއް ފަހުން އޭނައަށްޓަކައި އެއްޗެއް ހަދައިގެން އައުމުން ވިސާމް މުޅި އެތި ބޯލީ އެކަމަށް ހިތްވަރު ދިނުމަށެވެ. އޭނަ ޖޫސްތަށި ބޮއި ނިންމާލުމުން ވެސް މެހެނާޒް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނަ ދިޔަތާ މާ ގިނައިރެއްނުވެ ވިސާމްގެ މޭނުބައި ކުރަން ފެށިއެވެ. އިތުރަށް ނުހިފެހެއްޓޭނެހެން ހީވުމުން އޭނަ ވަގުތުން ތެދުވެ އަވަސް ފިޔަވަޅުތަކެއްގައި ފާޚާނާއަށް ދިޔައެވެ. މޫނުދޮންނަ ތަށިގަނޑާއި ހަމައަށް ދެވުނު ތަނާހެން އޭނަ އޯކަތްދަމައި ދެލޯ މަރައި ތަގުޅި ކޮށްލަމުން އެއްޗެއް ލެވެން ފެށިއެވެ. މިއީ ހޮޑެއް ނޫންހެން އޭނައަށް ހީވި ވަގުތު އޭނައަށް ދެލޯ ހުޅުވާލެވުނެވެ. އެވަގުތު ތަށިގަނޑު ތެރެއިން ލޭ ފެނިފައި އޭނަގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ މޫނުބަލާ ލޯގަނޑަށް ބަލާލި ވަގުތު އޭނަގެ ތުންފަތުން ފެށިގެން ދަތްދޮޅިއާއި ހަމައަށްވެސްވީ ލެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.







Assalam’alaikum. dhen oiy bai aadhihtha dhuvahu In Sha Allah 🙂 engey mirey thiya kiyuntheringe rulhi jana ah amaazu vaanekan. ey mi baives kuruvefa maazy ves nunimmunyma. Khudhu jana ge nazarunves jana fail vy mirey. Ekamaku adhi hiyvvaraa eky masakkaiy koh rangalhu kuraanan In Sha Allah. Thiya kiyuntherin jana ah maaf kolla dhinun edhen. nidhumuge kurin hiy saafukolladhehchey 🙂 kuriah mi huri dhuvasthakaky jana adhi varah busy ves vegen dhaane dhuvasthah. ekamaku dhenves jana dhigukoh liyeveytho balaanan In Sha Allah. 🙂 thiya kiyuntheringe dua ves varah varah beynun.
alhey so sad.. visaam ah zaharu dhiny dhw.. mehenaaz haadha goahey.. next part ge intezaaruga mihury.. pzl upload soon.. luv u fillah for this beautiful story :*
hehe…..zaharu kameh ehen ehcheh kameh neyngey dho? 😉 next part sunday ga In Sha Allah. Love you too for the sake of Allah 😀 <3
Alhamdhulillah! (All praise and thanks belong to Allah) 🙂
mi vaahaka varah reethi.. ibraiytheri
Alhamdhulillah! 🙂
masha allah jana…. thigothuga hiyvvaru kollaa… jana hattakai hiy saafu 🙂
thi in ves varah bodu hiyvvareh libijje. Jazakallah Khairan! 😀 Alhamdhulillah! 🙂
too short dhw jana…. 🙁 …. ekamuves kiyaalan libuneethee ufaa vehjje…. hithah mi arany visam ge mamma ah kihineh baaey visaam maazy ge e bai engeny… mehenaaz and visaam merry kuri fahun hingaa kanthah kihineh baaey engeny…. dont worry jana…. mee hama hithuga ufedhunu suvaaleh… aneh bayah varah inthizaaru kuran… 🙂 … jana ah maafu koffin… ekamu dhn in bai kuru nukuahche… mee mi site ga in ya emme kiyaahiyvaa vahaka…. 🙂
hmm dhen mihaa kuru nukuraanan In Sha Allah. hehe….ya haas nuvey ingey? adhi engeyne Rasheeda ah ekanthah engeny kihineh kan. mihaaruves maazy mi gendhany Rasheeda ge nazariyyaathun. ya ah faahanga nukurevuniyya jana buneladheefaanan. maazyge evves baehgga nuhunnaane Mehenaaz ge nazariyyaathun kiyaidheefa. ey Rasheeda ah mehenaaz ge nazariyyaathu neyngeynethy. Ekamaku eki haalaiy thakuga Wisaam ge shu’ooruthakah sifa kohdheefa mihiry Rasheeda ah eynage dharifulhu engey minvarah ri’aayaiy koffa 🙂 Rasheeda ah Male’ ga mihingaa haadhisaathah engeny kihinehkan adhi saafuvaane vaahaka adhives effaharu bunelan 🙂 hehe…Alhamdhulillah! 🙂
jana ya comment post eh nuvi 🙁
vejjeyey darling! 🙂
Maasha allah mi part vs v reethi?.. Waitin for da nxt part. Jana ah hama hiyheyo?
Alhamdhulillah! 😀 next part sunday ga In Sha Allah 🙂
Al hamdh lillah, mi1 part ves ki ijje, n masha allah, v reethi mi part ves, ehen kudhin bunihen mi part hama too short, ekam short viyas mipart salhi veema ok, dhen sunday ah wait kuraneemi, insha allah ebaives kiyaalan libeyne, hama kehmadhuvefa ingey mihuree, mi part ehaa salhi veema jana ah hiyy heyo nuvaane ekakuves hunnaane heneh hieh nuvey, dhen busy vegen vaahaka huttaa nulahchey, short koh up koggen viyas vaahaka genesdhee ninmaalan vaane ingey, enmehaa heyo dhua jana ah!!?
hehe……ehenves kiyuntheringe hiy heyo vejjeyya varah rangalhu. dhuniye dhookoh dhaane vagutheh hama neyngeyne dho? 🙂 ehenvyma abadhuves vaanethaa evves meehaku rulhi nuvaakan yageen kuran. Alhamdhulillah! 😀
Aslu esfiyain vaahaka kiyaa iru mi vaahakaige parts than v feney.. Dhn name akah asru inyma hithah ery vaahaka hadi vaaney.. Dhn iyye v foohi vegen kiyaali iru….. ……. Masha Allah…. Varah furihama.. Mihaaru hurihaa parts kiyaalaifin jana…. Mikahala dheenee bai bodah himeney vaahaka aslu v kiyaa hiy vey…
mariyam thee hama jana ah engey kameh! jana kureega liyunu vaahaka ahves kiyuntherin gina vegen dhiyaee site ga up vaa vaahaka thah lasvamun dhiya dhuvasvaregga hen heevany 😀 Hijra ge ves medhu hisaabun mikahala comment thah varah liben feshi. mifaharu jana ge hithah eri thankolheh alhaiganna nameh dheynamey. Ekamaku jana ehaa aadhaige namevves dhey hitheh nuvi. ehenve mi nan dhiny 🙂 komme akas jana varah dheravey baeh kiyuntherin eggothakavves vaahaka nukiyafaanethy. jana vakin haassakoh foaru kohdheyn mi masakkaiy kurany zuvaan kudhinnah. varah dheravey dheenaai dhuru kudhin hama effaharuves mi vaahaka nuhulhuvaane ey hithah eryma. emeehun kiyan fashaifiyya ves jana ey varah bodu kaamiyaabee eh kamuga dhekeynan. Ey jana mi vaahaka genesdheny veehaaves varakah ekudhin shauquveri vaane fadha gothakah. zuvaan kudhin dheenaai gaaiy vumun kihaa harudhanaa vegen dhaakan jana dhakkuvaidheyn beynunvany. Ehenvyma mariyam ves mi vaahaka kiyan zuvaan kudhinnah dhauvathu aruvaifinama jana ah varah bodu ehy akah evegen dhaany In Sha Allah. 🙂 Alhamdhulillah! Maaiy Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen!
FB Post:
Subhanallah I have absolutely no words to describe the beauty of this ayah. <3 <3 <3
Wa izaa sa-alaka 'ibaadhee 'annee fa innee qareeb, ujeebu dha'wathah dhaa'i izaa dha'aan. fal yasthajeeboo lee wal yu'minoobee la'allahum yarshudhoon <3 <3 <3
When your heart reminds you of Allah and it tells you to call on Allah, never ever tell yourself that Allah is not going to answer. No matter how far away you think you are from Allah, Allah is always near!
https://www.youtube.com/watch?v=HCjBAGvawUw
FB Post:
“Do good even to people who wrong you. Not as a reflection of their character but as a reflection of yours.” – Dr. Bilal Philips
Aameen.. ?
jana e ee kon soorathegge ayathehtha? link inas job ga inna gadyga youtube use eh nukurevey…. geah dhevendhekah ves inthizaareh nukureveyne…. plz…. kiyaalahiy vey varah
http://tanzil.net/#trans/en.sahih/2:186
“And when My servants ask you, [O Muhammad], concerning Me – indeed I am near. I respond to the invocation of the supplicant when he calls upon Me. So let them respond to Me [by obedience] and believe in Me that they may be [rightly] guided.” Suratul Baqarah, ayah 186 🙂
Jana. Reading both of your stories left me in tears. :'( If I had read these stories before I would have never done those wrongs I did. 🙁 This story has inspired me to do good. May Allah bless you.
Subhanallah mysterious girl….better late than never, love. Its only by Allah’s permission that you ended up in these stories. And its only by Allah’s permission that you haven’t gone too far down the wrong road to not see that you are headed in the wrong direction. The guilt that you feel right now is a mercy of Allah upon you. Those tears are a greater blessing than you think. They could be the very reason that all of your past sins get forgiven. So turn to Allah today. Tell Him about your feelings. Tell Him that you regret every wrong you did and sincerely ask Him to forgive all of your sins. Ask Him for His guidance and try your best to do every good that comes in your way. If you could do that, i tell you that His help will come from every direction. The urge that you have to sin will slowly fade away and all you would want to do and all you would love is what pleases Allah. And that i think is the greatest happiness that can be found in this world. so stick with me sister. through my stories, i try to teach somethings about the Quran. The word that connects us directly to Allah. So read the story and follow the fb posts. If you are not on fb, those posts will be shared here as comments. Scroll down each episode to see them. Or here is the link 🙂
May Allah bless you more and increase all of us in guidance. Ameen!
https://www.facebook.com/Asr-1445208739121696/
Mysterious girl thibuny hama ragalhah, hageegathuga ves jana ge mi dhevaahakain aharennahves rangalhu kanthah thah kurumah hivvareh libunu, jazakallah khairan jana!
Barakallah Laki 😀
Jana avas kohlaa!
up kurifahun ingey mi comment fenuny. lasvikamattakai maafah edhen 🙂
Reading the posts and reading from the links you shared has surely a deep effect. I’m so glad that I was here before it was too late. Alhamdulillah! I got the willingness to stop sinning through this. I’ve been guided through this site. May Allah shower his blessings upon you and make me among the good and forgive all our wrongdoings.
Ma Sha Allah sister! 😀 Ameen! 🙂
And yeah, I’ve been reading stories for like a year now but never had any interest to read your stories. The name itself used to bore me. But when I read it started to reflect through my nerves. you’re right. Without Allah’s permission this won’t happen. I’m so grateful for this. Alhamdulillah!
By reading some of the comments I got to know that you’re also from Addu. I would really love meeting you in person. I really love these works of yours. I wish you more of success. Take care.
hehe……guess these names are also part of the test 😛 but will try to work on that as i come up with more stories In Sha Allah because that’s my job. 🙂
Of course we can meet In Sha Allah. i’m in Addu currently. we can have this conversation further on fb. send me a msg on this page.
https://www.facebook.com/Asr-1445208739121696/
If you are not on fb send a msg to the admin requesting for my number. admin no. 7997991 🙂
Jana kon irakun vaahaka up kohdheny???
up vi fahun ingey meethi fenuny? sorry lasvi kamattakai 🙂