އަފާފްގެ އެ ކެތްތެރިކަން ކޮޅުންލާން އުޅުނު ވަގުތު ޑޮކްޓަރު އޭނަގެ ލޯމަތީގައި ހުރި ބެންޑޭޖް ނަގަން ފެށިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެ ބެންޑޭޖް އަފާފްގެ ލޯމަތިން ނެގުނެވެ. އަފާފް ލަސްލަހުން އޭނަގެ ލޯ ހުޅުވައި ބަލާލިއެވެ. އެއާއެކު އޭނަގެ އަނގައިން ނިކުތް ކުރު ނޭވައެއްގެ އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކީ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ލޯ ކުރިމަތިން ނުހަނު ސާފުކޮށް އެ ކޮޓަރީގެ ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ދުލުން ނިކުތީ ޙަމްދުގެ ބަސްތަކެވެ. އެ ހިނދު ހިތަށް ލިބުނު އިންތިހާ ދަރަޖައިގެ އުފަލާއެކީ އަފާފަށް އެއްފަހަރު އޭނަގެ ވާތްފަރާތުގައި ހުރި ޑޮކްޓަރާއި ނަރުހަށް ބެލުމަށްފަހު އަނެއްފަރާތުގައި ތިބި އޭނަގެ މަންމައާއި ބައްޕައަށް ބަލާލެވުނެވެ. އަފާފަށް ވަމުން ދިޔަ ގޮތް ފެނިފައި ޝާދިޔާއާއި ހުސެއިނަށް އެކަކު އަނެކަކަށް ބަލާލަމުން އެމީހުންގެ ދަރިފުޅަށް ބަލާލެވުނެވެ.
“އަފޫ އެބަ ފެނޭތަ؟” ހުސެއިނަށް އެހެން އަހާލެވުނީ ޑޮކްޓަރުވެސް އިނގިރޭސި ބަހުން އެހެން އަހާލި ވަގުތެވެ. އެ ހިނދު އަފާފަށް އަނެއްކާވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ހީލި ވަގުތު އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ވެސް ފައިބައިގެން އައެވެ.
“އާނ ބައްޕާ. އެބަ ފެނޭ!” އަފާފް އޭނަގެ ކަރުނަތައް ފޮހެލަމުން އެތައް ދުވަހެއްފަހުން އޭނަގެ ފުރިހަމަ ހިނިތުންވުމާއެކީ ބުނެލިއެވެ. އަފާފް އެހެން ބުނި އަޑަށް ޝާދިޔާ ފިޔަވައި އެތާނގައި ތިބި އެންމެންގެ މޫނުމައްޗަށް ވެސް ވެރިވީ ހިނިތުންވުންތަކެވެ. ހުސެއިން ހަމަ އަސްލުވެސްތޯ އަހައި ސަމާސާއަކަށް އެކި ތަންތަނަށް ޢިޝާރާތްކޮށް އެހެރީ ކޯޗެއްތޯ އަހަން ފެށި ވަގުތު ޝާދިޔާގެ ޠަބީޢަތް ގޯސްވެގެން ދިޔައެވެ. އޭނަގެ ހުރި ހަމައެކަނި ދަރިފުޅަށް ލިބުނު އެހާ ބޮޑު ނަސީބެއްގެ ސަބަބުން އޭނަ އުފަލެއް ނުވުމުން ޚުދު ޝާދިޔާ ވެސް ޙައިރާންވާ ގޮތްވިއެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ކިބުރުވެރިކަމުގެ ސަބަބުން ޚުދު އޭނަގެ އަމިއްލަ އިޙްޞާޞްތައް ވެސް އޭނައަށް އޮޅިފައިވިކަމެވެ. މި ހުރިހާ ދުވަހުވެސް އޭނަގެ އަތުން ހެދުނުހާ ގޯހެއް ހެދުނީ އޭނަގެ ނަޒަރިއްޔާތު ކިހާ މޮޅުކަން އެހެން މީހުންނަށް ސާބިތުކޮށްދިނުމަށްޓަކައި ކަމެވެ. މިހާތަނަށް އައިއިރު އޭނައަށް ހެދުނު މަކަރުތައް ގިނަވެފައިވި ވަރުން ދެންވެސް ނުބައި ގޮތްތަކަށް އޭނައަށް ވިސްނެންފެށީ އޭނަގެ އަމިއްލަ ނަފްސު ސަލާމަތްކުރަން އެ ނަފްސު އޭނައަށް އެދުނީތީވެއެވެ. އޭނައަށް ގޯހެއް ހެދުނުކަން ޤަބޫލުކުރުމަކީ އޭނަގެ ކިބުރުވެރިކަމާއި އިދިކޮޅު ކަމެކެވެ. އެހެންކަމުން އޭނަ ކުރި ކަންތައް އަފާފަށް އެނގިދާނެތީ އޭނަ އިންތިހާއަށް ނުތަނަވަސްވިއެވެ. އަފާފަށް އޭނަ ފަޅާއަރާ ދުވަހަކުން އަފާފް އިންސާފުގެ ކުރިމައްޗަށް އޭނަ ގެންނާނެކަން ޝާދިޔާއަށް ޔަޤީންވިއެވެ. އޭނަ ބޭނުންވީ އޭގެ ކުރިން އޭނަ އެއްވެސް ކަމެއް ކުރިކަމުގެ ހުރިހާ ނިޝާނެއް ފިލުވާލާށެވެ. އޭނަ އެވަގުތުން ވަގުތަށް ވެސް ބޭރަށް ގޮސް އޭނަ މިހުރިހާ ދުވަހު ޝަރަފާއި ދެކޮޅަށް ރޭވުންތައް ރޭވުމުގައި އެކީގައި އުޅުނު ފައިހާއަށް ގުޅީ ފައިހާގެ ފަރާތުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް އެ އުއްމީދު ފުރިހަމައެއްނުވިއެވެ. ފައިހާ ގާތު އަފާފް ކައިރި އެއްވެސް އެއްޗެކޭ ނުބުނުމަށް ބުނުމުން ފައިހާ އެކަމާ އެއްބަސްވިއެއްކަމަކު ދެންވެސް ޝާދިޔާގެ ހިތުގައި ނުފިލާ ބިރުވެރިކަމެއްވިއެވެ. އެ ބިރުވެރިކަމާއި މާޔޫސްކަމުގެ ފަހަތުގައިވީ އޭނަ ﷲ ގެ ހަނދުމައިން ދުރުވެ އެކަލާނގެއަށް އުރެދުންކަން ޝާދިޔާއަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އެހެންކަމުން އޭނަ ދެންވެސް އަޅުކަންތަކާއި ދުރުގައި ދުވަސްތައް ހޭދަކުރަން ފެށީ އެ ނޭދެވޭ އިޙްޞާޞްތައް ހިތުތެރޭގައި ބައިތިއްބައިގެންނެވެ.
މަންމައަށްވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައިކަން އަފާފަށް އެރޭ ވެސް ނަގައިގަނެވުނެވެ. ޙަޤީޤަތުގައި މިއަދު އަފާފަށް މަންމަ ފެންނަމުން ދިޔައީ ވެސް ތަފާތު ނަޒަރިއްޔާތަކުންނެވެ. އޭނަގެ ލޯ އަނދިރިވުމުގެ ކުރިން އޭނައަށް ލޯބިދީ އަޅާލައި ހެދި މަންމަގެ ގޮތުގައި އެ މަންމައާއިމެދު ދެކެން އޭނަ ނުކުޅެދުނެވެ. އެއީ އޭނަގެ ޒަވާޖީ ޙަޔާތް ފެށުނު ފަހުން އެ މަންމަ ކަންތައް ކުރި ގޮތުންކަން އަފާފަށް އެނގުންވިއެވެ. ބައްޕައަށްވުރެ ވެސް ބޮޑަށް މަންމަ އެއްވެސް ކަމެއް ނުވަނީސްވެސް ޝަރަފާއިބެހޭ ގޮތުން ދެއްކި ވާހަކަތައް ހަނދާންވެފައި އަފާފަށް މަންމައާއި ހިނިތުންވާން ދަތިވިއެވެ. އެހެނަސް އަފާފް ގަދަކަމުން ވެސް އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރީ އެއީ އޭނަގެ މަންމައަށްވީތީވެއެވެ. ބައްޕަ ކައިރިންނާއި ޚުދު މަންމަ ކައިރިން ވެސް މަންމައަށް ކިހިނެއްވީތޯ އަހައި ވާހަކަ ދެއްކޭތޯ އަފާފް މަސައްކަތް ކުރިއެވެ. އެހެނަސް މަންމަގެ ފަރާތުން ޖަވާބެއް ލިބުން ވެގެން ދިޔައީ ނާދިރު ކަމަކަށެވެ.
އެރޭ 10 ޖަހަން ގާތްވެފައި ވަނިކޮށް މަންމަ ގެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން އަފާފް މާޔޫސްވާގޮތްވިއެވެ. އެހެނީ އޭނަ ކުޑައިރުއްސުރެ މިހާތަނަށް އައިއިރު ވެސް އޭނަ ބަލިވެ އޮންނައިރު އޭނައާއި އެންމެ ގާތުގައި ހުންނަނީ އޭނަގެ މަންމަ ކަމަށްވާތީވެއެވެ. ޒަވާޖީ ޙަޔާތެއް ފެށުމުން އެހެނިހެން ގުޅުންތަކަށް ކިހާ ބޮޑެތި ބަދަލުތައް އަންނަކަން އޭނައަށް އެނގުންވީ އެވަގުތެވެ. ކައިވެނީގެ ކުރިން އޭނަގެ ޒަވާޖީ ޙަޔާތަކީ އެއްވެސް މައްސަލައެއްނެތި އޮމާންކަމާއެކީ ކުރިއަށް ދާނެ ޙަޔާތަކަށްވާނެ ކަމަށް އޭނަ ހާދަ އުއްމީދެއް ކުރިއެވެ. އެހެނަސް މި ދުނިޔޭގައި ހުރިހާ ކަމެއް ރަނގަޅަކަށް ނުދާނެ ނޫންހެއްޔެވެ؟ ﷲ އޭނައަށް ދެއްވާފައިވާ ހުރިހާ އެއްޗަކީ ވެސް އޭނައަށް އިމްތިޙާނަކަށްޓަކައި ދެއްވާފައިވި ތަކެއްޗެވެ. އަދި އޭނަގެ އަތުން ބީވެފައިވާ ހުރިހާ ކަމަކީ ވެސް އޭނަގެ އިމްތިޙާނަށްޓަކައި ބީވެފައިވާ ކަންތައްތަކެވެ. ކޮންމެ ގޮތެއްވިޔަސް އެ ހުރިހާ އިމްތިޙާނެއް ކުރިމަތިކުރައްވާ ރަސްކަލާނގެއަކީ އޭނަދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ފަރާތްކަން ހަނދާންވާ ކޮންމެ ފަހަރަކު އަފާފްގެ ހިތުން ހުރިހާ ޝަކުވާއެއް ފިލައިގެންދެއެވެ.
އެރޭ ބައްޕަ، މަންމަ ގޮވައިގެން ގެއަށް ދިޔުމުން އަފާފް އެ ރޫމުގެ ތެރޭގައި އެކަނިވިއެވެ. އެ އެކަނިވެރިކަމުގެ ތެރެއިން އޭނަގެ ޚިޔާލުތައް ޝަރަފްގެ ހަނދާންތަކުން ފުރިގެންދިޔައެވެ. އޭނަގެ ލޮލަށް ފެނުނީއްސުރެ ވެސް ދޭތެރެދޭތެރެއިން އެ ހަނދާންތައް އާވަމުން ދިޔައެއްކަމަކު، އެ ހަނދާންތަކުގެ ފޮނި މީރުކަން އިޙްޞާޞް ކުރުމުގެ ފުރުޞަތެއް އޭނައަށް ލިބުނީ އެވަގުތެވެ. ސީލިންގްއަށް ނަޒަރު ހުއްޓައިގެން އޮތް ހިނދު އޭނަގެ ހިތް އަނެއްކާވެސް އިންތިހާއަށް އުފާވާންފެށީ އޭނައަށް ޝަރަފްގެ ސޫރަ ދެން ފެންނާނެކަން އެނގުންވުމުންނެވެ. މިހާ ދުވަސްވަންދެން ދުވަހަކުވެސް މީހަކު އޭނައާއި އަޅާނުލާ ވަރަށް އަޅާލި އެ ފަރާތުގެ ސޫރަ ދެކެން އޭނަ ކެތްމަދުވިއެވެ. ޝަރަފާއެކީ ހޭދަކުރި ވަގުތުތައް ހަނދާންވެފައި އަފާފްގެ މޫނުމައްޗަށް ހިނިތުންވުންތަކެއް ވެރިވަމުން ދިޔައެވެ. ހަމަ އެ ހިނދު އޭނައާއި ޝަރަފް މިއަދު ދުރުވެފައިވި މިންވަރު ހަނދާންވުމުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. އޭނަ ޝަރަފް ގާތު ގެއިން ނިކުމެގެން ދާށޭ ބުނެލި ގޮތާއި ޝަރަފް އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ އޭނަ ބުނި ގޮތަށް ކަންތައް ކުރި ދުވަސް ހަނދާނަށް އައުމުން، އޭނައަށް އެދުވަހު ޝަރަފްގެ މޫނުމަތި ފެނުނުނަމައޭ އަފާފްގެ ހިތަށްއެރިއެވެ. ހަމަ ގައިމުވެސް އެމޫނުމަތިން އެދުވަހު ފެނުނީހީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަން ކަން އަފާފަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެ ހިތާމަވެރިކަން އޭނައަށް ފެނުނުނަމަ އޭނަ ޝަރަފް ދިޔަނުދިނީހޭ ހިތަށްއެރިއެވެ. މިފަދަ ޚިޔާލުތަކާމެދު ވިސްނަމުން ދަނިކޮށް ޝަރަފް ދިޔަފަހުން އޭނައަށް ލިބެން އުޅުނު އުފާވެރި ޚަބަރުގެ މަތިން ވެސް އަފާފް ހަނދާން އާވިއެވެ. އޭނަ އެ ޚިޔާލުގައި އޮވެ އޭނަގެ ބަނޑުގައި އަތް ޖައްސާލިތަނާހެން އެ ރޫމުގެ ދޮރު ހުޅުވުނެވެ. އެ ދޮރުން ވަދެގެން އައީ ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާއަށް ރަނގަޅަށް ބަލާލިއިރު އެ ކުއްޖާގެ އާދަޔާ ޚިލާފަށް ދޮން ހަމުގެ ކުލައާއި ނޫކުލައިގެ ލޯ އަފާފަށް ފާހަގަ ކުރެވުނެވެ. އެ ކުއްޖާ ހިނިތުންވުމަކާއެކީ އަފާފްގެ ކައިރިއަށް އައިހެން އަފާފް އެކުއްޖާގެ ނަން ހަނދާނަށް ގެނައެވެ.
“ޒޯ…” ދެލޯ ހަނިކޮށްގެން އެނދުމަތީގައި އޮވެ އަފާފަށް ކިޔާލެވުނެވެ. އަފާފަށް އެ ނަން ކިޔާލެވުމާއެކު ޒޯއަށް ހެވެން ފެށިއެވެ. ރިހި ކުލައިގެ ތަށްޓަކާއެކު ޒޯ އެތަނަށް އައީ އަފާފަށް ބޭސްދޭންވެގެންކަން އެނގުންވުމުން އަފާފް އަމިއްލައަށް ތެދުވެ ސީދާވެލިއެވެ.
“ހާދަ މޮޅޭ މާ ޝާ ﷲ! މިހާރު ހަމަ ރަނގަޅަށް އެބަ ފެނޭތަ އަސްލުވެސް؟ އަނދިރިއެއްނުވޭ އެއްވެސް ވަރަކަށް؟” ޒޯ ބޭސްތައް ބޭސް ކާޑުން ނައްޓަމުން އަހާލިއެވެ.
“އާނ އެބަފެނޭ އަލްޙަމްދުލި ﷲ!” އަފާފް ބުންޏެވެ.
“މާ ޝާ ﷲ! އަސްލު އެނގޭތަ؟ ވަރަށް ޔުނީކް ކޭސްއެއްމީ. އަސްލު ޕްރެގްވެގެން ހުރެ ހަދާ ލޮލުގެ ސާޖަރީތައް އެހާ ކާމިޔާބެއްނުވާނެ. އެކަމަކު ﷲ ގެ އިރާދަފުޅުން އަފޫ ތިހިރީ ރަނގަޅުވެފަ. ސުބްޙާނަ ﷲ!” ޒޯ ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ. ޒޯގެ ވާހަކައިގެ ކުރީކޮޅުން އިވުނު ބަހަކުން އަފާފަށް ހިނިތުންވާން ނޭނގިފައި އިނދެވުނީ އޭނަ ކަމެއް އެނގެން ބޭނުންވެފައިވި މިންވަރުންނެވެ. އޭނައަށް އިންގޮތަށް އިނދެފައި ޒޯއަށް ގޮވާލެވުނީ ޖެހިލުންވުމަކާއެކީގައެވެ. ޒޯ ބަލާލުމުން އަފާފް ހިސާބެއްގެ ނުތަނަވަސްކަމަކާއެކީ ވާހަކަ ދެއްކިއެވެ.
“ބް…ބޭބީ ކް..ކިހިނެއް؟” އަފާފަށް ކެނޑިކެނޑިގެން އަހާލެވުނެވެ. އެ ސުވާލުކުރެވުނު ހިނދު އޭނަގެ ހިތް ހުއްޓުމަކަށް އައިހެން ވެސް އަފާފަށް ހީވިއެވެ. އެހެނަސް ޒޯ އޭނައާއިވީ ފަރާތަށް މުޅިން އެނބުރި ހިނިތުންވެލުމުން އެ ހިތް އަނެއްކާވެސް ތެޅެން ފެށިއެވެ.
“ހާސްނުވޭ. އިރާދަކުރެއްވީތީ ބޭބީވެސް ރަނގަޅު. އެހެންވެއެއްނު އަފާފަށްދޭން މިހާ ގިނަ ބޭސްތައް ހިފައިގެން މިއައީ؟ ހެހެ….ސާޖަރީއަށްފަހު ހެދި ޓެސްޓްތަކުގެ ނަތީޖާ ބަލާފަ ޑޮކްޓާރ ވެސް ހުރީ ޙައިރާންވެފަ. ހަމަ އަސްލުވެސް މީ އަޖާއިބު ކުރުވަނިވި ކޭސްއެއް. އެކަމަކު ﷲ އިރާދަކުރައްވާ ކަމެއް އެކަލާނގެ ކުރައްވާ، ދޯ؟” ޒޯ ބުނެލިއެވެ. އަފާފަށް ހެވިފައި އިނދެ ހީލަމުން ހޫންލައްވާލެވުނެވެ. އޭނަގެ ހަނދާނަށް އެވަގުތު އައި ޔާސީން ސޫރަތުގެ އާޔަތް އޭނައަށް ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ޒޯއަށް ޙައިރާންކަމާއެކީ އަފާފަށް ބަލަން ހުރެވުނެވެ. އޭނަ އިރުކޮޅެއް ވަންދެން އެހެން ހުރެފައި ވާހަކަ ދެއްކިއެވެ.
“އަފާފްވެސް ބިންތު ޢައްމާރު ފޮލޯކުރަންދޯ؟ ތިއީ ބިންތު ޢައްމާރު އެންމެ ފަހަކަށް ކުރި ޕޯސްޓުގައި އޮތް އާޔަތް.” ޒޯ އެހެން ބުނެލަމުން ބޭހާއި ފެންތަށި އަފާފަށް ދިއްކޮށްލިއެވެ. އަފާފް ޒޯގެ ވާހަކައަށް ލުއިގޮތަކަށް ހީލަމުން ބޭސްތައް ކައި ހުސްކުރިއެވެ. ފުރަތަމަ ސިކުންތުގައި ބިންތު ޢައްމާރަކީ ކާކުކަން ބުނެދޭން އަފާފް ބޭނުމެއްނުވިއެވެ. އޭނައަށް ވީ ވަރަކުން އޭނަ އަމިއްލަ ނަން ފޮރުވާފައި އޮންނަނީ އޭނަގެ އިޚްލާޞްތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށްވާތީވެއެވެ. އެހެނަސް ޒޯ އެތަނުން ދާން އުޅުނު ވަގުތު އަފާފަށް ޒޯއަށް ގޮވާލެވުނީ، ޒޯ ބިންތު ޢައްމާރާއި ބައްދަލުކުރަން ބޭނުންވާނެ މިންވަރު ތަޞައްވުރު ކުރެވުމުންނެވެ.
“ބިންތު ޢައްމާރާ ބައްދަލުކުރަން ބޭނުންވޭތަ ޒޯ؟” އަފާފް އަހާލިއެވެ. ޒޯ ވަގުތުން އެއްކޮށް އަފާފާއި ދިމާލަށް އެނބުރި އުޖާލާވެގެން ދިޔަ މޫނަކާއެކީ އާނއެކޭ ބުނެލިއެވެ.
“ބިންތު ޢައްމާރު މިހިރީ ޒޯގެ ކުރިމަތީގަ.” އަފާފް ބުނެލިއެވެ. ޒޯ ދެންވެސް އޮޅުމެއްގެ ތެރޭގައި ހުންނަން ފެށުމުން އަފާފް އޭނަގެ މޭމަތީގައި އެއްއަތް އަޅާފައި މިހިރީއޭ ބުނެލިއެވެ. އެއާއެކު ޒޯގެ މޫނުމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުމާއެކީ އޭނަ އަނެއްކާވެސް އަފާފްގެ ގާތަށް ގޮސް އޭނަގެ ގައިގައި ބައްދާލީ ތިމަންނަ ޤަބޫލުވެސް ނުކުރެވެއޭ ބުނަމުންނެވެ. އޭނަ އަފާފާއި ދުރުވެލަމުން ދެންވެސް ތަކުރާރުކޮށް ތިއީ އަސްލުވެސް ބިންތު ޢައްމާރުތޯ އަހައި އަފާފްގެ މަގަތުގައި އިށީނީ އަފާފާއި އެއްފަހަރާ އެތައް ވާހަކައެއް ދައްކަން ބޭނުންވާ ފަދައަކުންނެވެ. އޭނަ އަފާފަށް ޝުކުރު އަދާކުރަންވީ ގޮތެއް ނޭނގޭ ކަމަށްބުނީ ކަރުނުން ފުރެން ފެށި ދެލޮލާއެކީގައެވެ. އެއަށްފަހު އަނެއްކާވެސް އޭނަ އިސްލާމްވީ ކިހިނެއްކަން އަފާފަށް ތަފްޞީލުކޮށް ކިޔައިދިނެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް އެނގެން ފެށުމުން އޭނަގެ ހިތަށް ލިބުނު އާދަޔާ ޚިލާފު ހިތްހަމަޖެހުމުގެ ވާހަކަ ކިޔައިދިނެވެ. ޤުރުއާން އުނގެނެން ފެށި ފަހުން އޭނަ އޭނަގެ ހުރިހާ ނޭދެވޭ ޢަމަލުތަކުން ދުރުވި ގޮތުގެ ވާހަކަ ކިޔައިދިނެވެ.
“އެހާ ހިސާބުން ވެސް ބޭނުންވި އިސްލާމްވާން. އެކަމަކު ދެންވެސް އަހަރެންގެ ޢާއިލާ މީހުން ބުނާނެ ވާހަކައަކަށް ޖެހިލުންވީ. އެހެން ހުއްޓާ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ އަފާފް ޙިއްޞާކުރި އާލު ޢިމްރާން ސޫރަތުގެ އާޔަތަކުން. އޭގައި މީހަކު އަމިއްލައަށް އެމީހާ އީމާންވި ގޮތުގެ ވާހަކަ ﷲ އަށް ދަންނަވާފައިވި ގޮތުން ހިތަށް ވަރަށް އަސަރު ކުރި. އަހަރެންގެ ހިތަށް ލޮޅުމެއް އައީ އެމީހާ ﷲ ގެ ޙަޟްރަތުގައި ތިމާ އަމިއްލައަށް އީމާންވީކަމަށްބުނެ ފާފަތައް ފުއްސެވުމަށް އެދި ދުޢާކޮށް އަދި ހެޔޮ މީހުންގެ ތެރެއިން މަރުގެންނެވުމަށް ދުޢާކުރި ގޮތުން. ދުވަހަކުވެސް ނުދެކެން މަރާއިމެދު އެފަދަ ގޮތަކަށް ދެކޭ ދީނެއް. އަހަރެން ކުޑައިރުއްސުރެ ވެސް ހިތަށްއަރަމުން އައީ އެއީ އަހަރެން އެކަމަކުން ފިލަން މަސައްކަތް ކުރަންޖެހޭ ކަމެއްކަމަށް. އެކަމަކު އިސްލާމް ދީނުން އަހަންނަށް އެނގުނީ އެއީ އަހަރެން ހަމަޖެހިފައިވާ ހިތަކާއެކީ ކުރިމަތިލާން މަސައްކަތް ކުރަން ޖެހޭ އެއްޗެއްކަން. އެފަދަ ހިތެއް ކޮންމެ މީހަކަށް ވެސް ލިބޭނީ މި ދުނިޔޭގައި އެހެން މީހަކަށް އަނިޔާނުކޮށް ރަނގަޅަށް އުޅުމުންކަން. އެހާ ހިސާބުން ޔަޤީންވި މިއީކަން އެންމެ ތެދުވެރި ދީނަކީ. އެހާ ހިސާބުން އެއްވެސް މީހެއްގެ ފަރާތުން ކުރިމަތިވާނެ ފާޑުކިޔުމަކަށް ބެލުމެއްނެތި އިސްލާމްވިން. އެއީ ހަމައެކަނި އަހަރެންގެ ވެރި ރަސްކަލާނގެއާއި ބައްދަލުވާ ހިނދު އަހަރެން ރަނގަޅު މީހުންގެ ތެރެއިން ވާނެކަމުގެ އުއްމީދުގަ.” ޒޯ ހިނިތުންވުމަކާއެކީ ކިޔައިދިން ވާހަކަ ނިމުނުއިރު އަފާފަށް އިނދެވުނީ ފެންކަޅިވެފައެވެ. އެތައް ދުވަހެއްފަހުން އަނެއްކާވެސް ﷲ ހިދާޔަތް ދައްކަވާ ގޮތުގެ ވާހަކައެއް އިވިގެން ދިޔުމުން އޭނަގެ އީމާންތެރިކަން ވަރުގަދަވެގެން ދިޔައެވެ. އަދި އޭނަގެ ކުރިމަތިން ފެންނަމުން މިދަނީ ﷲ އޭނަގެ މަސައްކަތުގައި ލެއްވި ބަރަކާތުގެ ނަތީޖާއެއްކަން އެނގުންވީ ވަގުތު އަފާފަށް ހިނިތުންވެލެވުނު ހިނދު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. ޒޯ އެ މަންޒަރު ފެނިފައި ހީލަމުން މޫޑު ބަދަލުކޮށްލުމުގެ ގޮތުން ސަމާސާއެއްކޮށްލިއެވެ. ތިމަންނަގެ ވާހަކައިގެ އަގެއްގެ ގޮތުން ދެން އަފާފްގެ ވާހަކަ ކިޔައިދިނުމަށް އެދުނެވެ. އަފާފްވާނީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭ ކުއްޖަކަށްދޯއޭ ޒޯއަށް ބުނެލެވުނީ ވިސްނުމެއްނެތިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަފާފްގެ ހިނިތުންވުން ފިލައި ދިޔުމުން ޒޯއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޒޯ ވަގުތުން މަޢާފަށް އެދުނެވެ. އަފާފް ދެންވެސް ދެރަވެގެން އިންނަން ފެށުމުން ޒޯއަށް ނުހުރެވިގެން އަސްލު ކިހިނެއްވީތޯ އަހާލެވުނެވެ. އަފާފް ޒޯއަށް ބަލާލަމުން ޒޯއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީ ޒޯ ދެންމެ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނައަށް އިތުބާރު ކުރެވުނު ވަރުންނެވެ. އަދި އެހެންނޫނަސް އަފާފްގެ ހިތަށް އުނދަގޫކުރަމުން ދިޔަ އިޙްޞާޞްތައް އެހެން މީހަކާއި ޙިއްޞާކުރަން ބޭނުންވެފައިވި މިންވަރުންނެވެ. އަފާފް ޝަރަފްގެ ނަން ހާމަނުކޮށް އޭނަގެ ޒަވާޖީ ޙަޔާތުގައި ދިމާވި މައްސަލަތައް ޒޯއަށް ކިޔައިދިނެވެ. ޒޯ އެ ވާހަކަތައް ކަނުލައި އަޑުއަހަން އިނދެފައި އަފާފްގެ ބޮލުގައި ފިރުމާލަމުން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް ބުނެ ހިތްވަރު ލައިދިނެވެ. އަދި ﷲ ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމަށް ބުނެވެސް ހަނދުމަކޮށްދިނެވެ. އެއަށްފަހު ޒޯ އެތަނުން ދާންޖެހުނީ އެހެން ނަރުސް ކުއްޖަކު ގޮވާލުމުންނެވެ. ޒޯ އެ ރޫމުން ނިކުމެގެން ދިޔައީ އަފާފްގާތު ނިދާލުމަށް ބުނެފައި ފަނޑު ބޮތްކެއް ދިއްލާލަމުންނެވެ. ފަނޑު އަލީގެ ތެރޭގައި އަފާފަކީ އަބަދުވެސް ފަސޭހައިން ނިދޭ މީހަކަށް ވިޔަސް ދެންމެ ޒޯއާއި ޙިއްޞާ ކުރެވުނު ވާހަކަތަކުން އަނެއްކާވެސް އޭނަގެ ހިތުގެ ހަމަޖެހުން ފިލާފައިވިއެވެ. އަނެއްކާވެސް ޝަރަފް ކޮބައިތޯ ބުނެ އޭނަގެ ހިތް ތަކުރާރުކޮށް ސުވާލުކުރަން ފެށިއެވެ.
**
ދެލޯ މެރިފައި އޮތް ޝަރަފަށް ހަމަހޭވެރިކަމެއް ލިބުނީ ކުޑަ ދަޅެއް ކަހަލަ އެއްޗެއް ބިންމަތީގައި ޖެހުނު އަޑަށެވެ. ވަގުތުން ދެލޯ ހުޅުވަން ބޭނުންވިއެއްކަމަކު އޭނައަށް ދެލޯ ހުޅުވަން ދަތިވިއެވެ. އޭނައަށް އޮވެވުނީ ސޯފާއެއްގައިކަމާއި އޭނަގެ ގަމީހުގެ ގޮށްތައް ނެއްޓި މެދުހަށްޓާއި ދިމާލުން ބޭސްއެޅިފައިވިކަން ކުރެވުނު އިޙްޞާޞްތަކަކުން އޭނައަށް އެނގުންވިއެވެ. ހަމަ އެހިނދު ބުރަކަށްޓާއި ދިމާލުން އިޙްޞާޞް ކުރެވުނު ތޫނު ތަދާއެކީ ގައިގެ އެކި ތަންތާނގައި ރިއްސަންފެށިއެވެ. އެ ވޭނުގައި ޝަރަފަށް އޭނަގެ ދެލޯ ތަގުޅިކޮށްލެވުނެވެ. އެ ހިނދު މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އޭނައަށް އިވުނެވެ.
“ޝަރަފް! އާރ ޔޫ އަވޭކް؟ ޝަރަފް؟” އެމީހަކު އޭނަގެ ކޮނޑުގައި ހިފައި ތަޅުވަން ފެށުމުން ޝަރަފަށް އުނދަގޫވީ ހިނދު އެއީ ކާކުގެ އަޑެއްކަން އޭނައަށް އެނގޭހެން ވެސް ޝަރަފަށް ހީވިއެވެ. ތަކުރާރުކޮށް އެ އަޑު އިވެން ފެށުމުން ޝަރަފަށް ލޯ ހުޅުވާލެވުނީ އެއީ ކާކުކަން ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. އެއާއެކު ޝަރަފް ހިސާބަކަށް ހުއްޓުން އެރިއެވެ. ހަތަރެސްކަން ބައްޓަމަށް ހުރި މޫނާއި، ކަނދުރައާއި ހަމައަށް ދިގުކުރެވިފައިވި ފަން އިސްތަށިގަނޑެއް ލިބިފައިވި ބިޔަ ހަށިގަނޑެއްގެ އެ ވެރިޔާއަކީ ކާކުކަން ޔަޤީންވީ ހިނދު ޝަރަފަށް އޭނަގެ ނަން ކިޔާލެވުނެވެ.
“ޝިނާޒް؟” ޝަރަފަށް ސުވާލުގެ ރާގަކަށް އެހެން ބުނެލެވުނީ ޤަބޫލުކުރަން ދަތިވި މިންވަރުންނެވެ. އޭނަ ޝިނާޒްގެ ކުރިމަތީގައި މިގޮތަށް އޮންނަން ޖެހުނު ސަބަބާމެދު ވިސްނަން ފެށިތަނާހެން ޝިނާޒް ވާހަކަ ދެއްކިއެވެ.
“މިހާރު ރަނގަޅުތަ؟” ޝިނާޒް ހިސާބެއްގެ ހާސްކަމަކާއެކީ އަހާލިއެވެ.
“އައި….ތިންކް ސޯ. އަހް!” ޝަރަފް ވާހަކަ ދައްކަމުން ތެދުވަން އުޅުނު ވަގުތު ގަތް ވޭނެއްގެ ސަބަބުން އޭނައަށް އަނބުރާ އޮށޯވެވުނެވެ. އެވަގުތު އެމީހުންތިބި އެޕާޓްމެންޓްގައި މީހަކު ބެލް އަޅުވާލި އަޑު އިވުނެވެ. ޝިނާޒް ތެދުވެގެން ގޮސް ދޮރުހުޅުވިތަން ބަލަހައްޓައިގެން ޝަރަފް އޮތެވެ. ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ މީގެ ދެ އަހަރެއްހާ ކުރިން އޮސްޓްރޭލިޔާގެ ކޯޓަކުން އޭނަގެ ބޭބެ މީހަކާ އިންނަން ދިޔަ ދުވަހު ޝަރަފަށް ފެނުނު އަންހެން ކުއްޖާއެވެ. ޝިނާޒް އެކުއްޖާއާއި އިން ފުރަތަމަ ދުވަސްކޮޅު ޝިނާޒް އުޅެމުން ދިޔައީ ދޮންބައްޕަގެ ގޭގައި ކަމަށްވުމުން އެއީ ޝަރަފް ދެކެ ފަރިތަވެފައިވާ ކުއްޖެކެވެ. އެކުއްޖާގެ ނަން ހަނދާންކުރަން އުޅުނު ވަގުތު ޝިނާޒް ވާހަކަ ދެއްކިއެވެ.
“ޒޯ ޑޯންޓް ފްރީކް އައުޓް! މިއުޅެނީ ބަޔަކު މީހުން އަހަރެންގެ ކޮއްކޮ ތަޅައިގެން އޭނަ ގެއަށް ގެނެސްގެން. ޒޯ ގެނައީ އޭނައަށް އިތުރު ފަރުވާއެއްދޭންޖެހޭތޯ އަހައި ޔަޤީންކުރަންވެގެން.” ޒޯއަށް ގޭތެރޭގެ ސޯފާގައި އޮތް ޝަރަފް ފެނުމާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔުމުން އޭނައަށް އެއްޗެކޭ ބުނުމުގެ ކުރިން ޝިނާޒް ވާހަކަ ދެއްކިއެވެ.
“އެކަމަކު…..އެއީ ޝަރަފްދޯ؟ ކޮން ބަޔަކު ކީއްވެ ޝަރަފް ތެޅީ؟” ޒޯ ގޭގެ ތެރެއަށް ވަންނަމުން އަހާލިއެވެ. ޒޯ އެހެން އަހާލި ވަގުތު ޝަރަފަށް އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން އެރޭ ހިނގި ކަންތައްތަކެއްގެ މަތިން ހަނދާންކޮށްލެވުނެވެ. މީހަކު އޭނަގެ ބޮލަށް ބިއްލޫރި ފުޅިއެއް ތަޅާލި ހަނދާން އާވުމާއެކު އޭނަގެ ބޮލުގައި ރިހުމެއް އުފެދުނެވެ.
“އެއީ ވިޔާމްމެން. އެމީހުން އުޅެނީ ޙަސަދަވެރިވެ ދަހިވެތިވެގެން ކުރާނެކަމެއް ނޭނގިގެން. އެމީހުންނާ ދެންވެސް އޭނަގެ ފައިސާއިން ކުރާނެކަމެއް ނޭނގިގެން އުޅޭ މީހަކާ….މުޞީބާތެއްކަހަލަ ބައެއް! ޒޯ…..ޝަރަފްގެ ބުރަކަށީގަ ފުންކޮށް ގޮއްސަ ހުރި ބައި ފަހާފަ މިހާރު ބޭސްއަޅާފަ އެހެރީ. ވަރަށް ބޮޑަށް ތެޅި އެމީހުން. އެކަމަކު އެހާ ބާރަށް ގޮއްސައެއްނޫން ޝަރަފް ވެއްޓުނީ. އެކްސްރޭއެއްކަހަލަ އެއްޗެއް ބޭނުންވާނެތަ؟” ޝިނާޒް ވާހަކަ ދައްކަމުން އެތާ ބިންމަތީގައި ވެއްޓިފައި އޮތް ބެންޑޭޖް ދަޅު ނަގައި އެކި އެކި ފަރުވާދޭ ސަމާންތަކުން ފުރިފައިވި އެތާ މޭޒުމަތީގައި ހުރި ބޮޑު ފޮށްޓަށް އަޅާލިއެވެ. ޒޯ ޝަރަފަށް ބަލާލި ވަގުތު ޝަރަފަށް އާދައިގެ މަތިން ދުރުބެލެން ފެށިއެވެ. ޒޯވެސް ދުރުގައި ހުންނަން ޚިޔާރުކުރީ އެންމެ ރަނގަޅުވާނީ އެގޮތްކަން އޭނައަށް ވިސްނުނީތީވެއެވެ.
“ތަދުވާ ތަންތަނަށް ބަލާފަ އެކްސްރޭއެއް ނަގާލުން ރަނގަޅު. އެހާވަރަށް ތެޅީމަ ފަހަރެއްގަ ގޮތެއްވެފަ ހުރެދާނެ.” ޒޯ ބުނެލިއެވެ.
“އެކަމަކު….ޝަރަފް މިވަގުތަކު ގެއިން ބޭރަށް ގެންދެވޭކަށް ނެތޭ.” ޝިނާޒް ބުނެލިއެވެ.
“އެއީ ކީއްވެ؟” ޝަރަފަށް ދެބުމަ ކައިރިކޮށްލަމުން އަހާލެވުނެވެ. އެއާއެކު ޝިނާޒަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ އަނެއްކާވެސް ޝަރަފްގެ ކައިރިއަށް ގޮސް ކަކޫ މައްޗަށް ތިރިވިއެވެ.
“ޝަރަފް ވަރަށް ރަނގަޅަށް އަޑުއަހާތި! މި ހުރިހާ ދުވަހު ޝަރަފަށާއި އަފާފަށް ކުރިމަތިވަމުން އައި ދަތިތައް ކުރިމަތިވަމުން ދިޔައީ އެންމެ މީހެއްގެ ސަބަބުން. ކުރިން އެމީހެއްގެ ހަމައެކަނި ދުޝްމިނަކަށް ވެފައިވީ އަފާފް. އެކަމަކު ޝަރަފް ތި ރިސޯޓެއް އަޅަން ފެށިފަހުން އޭނަ އަފާފްގެ މަތިން ހަނދާން ނައްތާލާފަ މިހާރު ޝަރަފްގެ ފަހަތު އަޅައިގެން އެ އުޅެނީ.” ޝިނާޒް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ކިޔައިދޭން ފެށި ވާހަކައިން ޝަރަފް އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވެއެވެ.
“މީހަކު އަފާފް އަންދާލަން މަސައްކަތް ކުރުމާ، އަފާފާއި ޝަރަފްގެ ދެމެދުގަ ޝައްކުތައް އުފެއްދުމާ، އަފާފާއި ޝަރަފް ވަކިކުރުވުމާ…މިއީ ހައްތަހާވެސް އޭނަގެ އަމުރުގެ ދަށުން އޭނައަށްޓަކައި މަސައްކަތްކޮށްދޭ މީހުން ކުރި ކަންތައް.” ޝިނާޒް ރުޅިވެރިކަމާއެކީ ކިޔައިދިނެވެ.
“ކާކު؟” ޝަރަފަށް އަހާލެވުނެވެ. އެއާއެކު ހިނދުކޮޅަކަށް ޝިނާޒަށް މަޑުކޮށްލެވުނެވެ. އެއަށްފަހު އޭނަ އެއީ ކާކުކަން ހާމަކުރިއެވެ.
“ދޮންބައްޕަ.” ޝިނާޒް ބުނެލި ނަމަކުން ޝަރަފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮންބައްޕަގެ ސޫރަ ލޮލަށް ސިފަވެގެން ދިޔަދިޔަހެން ޝިނާޒް އިތުރަށް ކިޔައިދޭން ފެށިއެވެ.
“އޭނައަށް މަސައްކަތް ކޮށްދޭ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށް އެނގޭނީ އެ މަސައްކަތް ކޮށްދެނީ އޭނައަށްކަން. އޭނަގެ ނަން ފޮރުވައިގެން އެހެން މީހުން ބޮޑު މީހުންނަށް ހަދައިގެން އޭނަ އުޅޭނީ. އަހަރުމެންނަށް ހެދިހެން އޭނަ ދުވަހަކުވެސް މަސްތުވާތަކެއްޗާއި ކައިރިވެސް ނުވާނެ މީހުންނަށް އެ ތަކެތި ދީގެން އޭނަ ހިންގާ ބާރތަކުގެ ވެރިންނަށް ހަދާފަ އެބަތިބި. އޭނަގެ އަމާޒަކީ ރާއްޖޭގައި ވެސް އެކަންތައްތަކަކީ ޢާއްމު މުޖުތަމަޢުގައިވެސް ޤަބޫލުކުރެވޭ ކަމަކަށް ހަދަން. އެއީ ވެސް އޭނައަށް ފައިދާ ލިބޭނެހެން. އޭނައަށްޓަކައި އެންމެ ހީވާގިކޮށް އަދި ކާމިޔާބުކޮށް މަސައްކަތް ކުރަމުން ދިޔަ ނަބީހް އަފާފްގެ ބަސްތައް ކިޔާފަ ތައުބާވީ ފަހުން އޭނަ އަފާފަށް ނަފްރަތު ކުރަން ފެށީ. އެހާ ހިސާބުން އޭނަ ވިޔާމް ލައްވައި އަފާފާއި ދެކޮޅަށް ރޭވުންތައް ރާވަން ފެށީ. އޭނައަށް ވިޔާމް އެހާ ގާތްކޮށް އެނގެނީ ވިޔާމްގެ ބައްޕައާއި އޭނަ ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންދާތީ. އޭނަގެ ނަން ފޮރުވާފަ ނަބީހްމެންގެ ކުރިމަތީގަވެސް ވިޔާމް ބޮޑު މީހަކަށް ހަދާފަ ހުރީ އެހެންވެ. މިހާތަނަށް އައިއިރު އެ ފިނޑި ވިޔާމް ވެރިއަކަށް ހުރެގެން ކުރި ކަންތަކުން މާ ބޮޑު އަސަރެއް ނުކުރޭ. އެކަމަކު އަފާފާއި ޝަރަފް ވަކިވުން ވެގެން ދިޔައީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށް. އެއީ އެ ފަހުން އަފާފްގެ އެފްބީ ޕޯސްޓްތަކަށް ވެސް މެދުކެނޑުމެއް އައިސް ޝަރަފް ވެސް ޝަރަފްގެ ރިސޯޓުގެ މަސައްކަތްތައް މެދުކަނޑާލީތީ.” ޝިނާޒް ދިގުކޮށް ކިޔައިދިން ވާހަކަތައް އަޑުއަހަން އޮތް ޝަރަފަށް އޮވެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަދިވެސް އޭނައަށް އެނގެން އިތުރު ވާހަކަތަކެއް ހުރިކަން އެނގުންވުމުން އޭނަ ޝިނާޒް ވާހަކަ ދައްކަން ފަށާނެ އިރަކަށް އިންތިޒާރު ކުރިއެވެ.
“ދެރަކަމަކީ އަފާފްގެ މަންމައާއި ބައްޕަ ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ބައިވެރިންނާ އަތުގުޅާލީމަ. އަފާފްގެ ބައްޕަ ވެސް މިހާރު އޭނަގެ ކުންފުންޏަކާއެކީ އެއްބަސްވުމެއް އެކުލަވާލަން އުޅެނީ. އެ ކުންފުންޏަކީ ރަލުގެ ބާވަތްތައް ވިއްކާ ކުންފުންޏެއްކަން އެނގޭނެހެން ހީވަނީ އަފާފްގެ ބައްޕައަށްވެސް. ހީވަނީ އަފާފްގެ ބައްޕައަށް ވިޔަފާރި ދަތިވީމަ ދޮންބައްޕަ އޭގެ ފައިދާ ނެގީހެން. އެ އެއްބަސްވުން އެކުލަވާލެވުނީ ޝަރުޠެއްގެ މަތިން. އެއީ އެމީހުން ކުރިމަތިކުރުވާ ދަތިތަކާއެކީ ވެސް ޝަރަފަށް ރިސޯޓު އެޅިއްޖެނަމަ އަފާފްގެ ބައްޕަ ޝަރަފްގެ ރިސޯޓް އެޅުމަށް ވެދޭ އެހީގެ ސަބަބުން ރިސޯޓް ނިމުމާއެކު ޝަރަފްގެ ނަމުން އަފާފްގެ ބައްޕަގެ ނަމަށް އެ ރިސޯޓް ބަދަލުކުރުން. އަދި އެއަށްފަހު އެ ރިސޯޓް ދޮންބައްޕައަށް ހިބައިން ދިނުން. އެގޮތަށް ކަންތައް ވުމުން އެ ރިސޯޓަށް ވާނެގޮތް ޝަރަފަށް ވެސް އެނގޭނެ.” ޝިނާޒް ކިޔައިދިނެވެ. މިފަހަރު އިވުނު ވާހަކަތަކުން ޝަރަފަށް ގަދަކަމުން ވެސް ސޯފާއިން ތެދުވެ އިށީނދެވުނެވެ. ޝިނާޒް އެކަމަށްޓަކައި ޝަރަފަށް އެހީތެރިވިއެވެ. ދެން އެމީހުންގެ ރޭވުމަކީ ކޮބައިތޯ ޝަރަފް ސުވާލުކުރަން އުޅުނު ވަގުތު ޝިނާޒް ކިޔައިދޭން ފެށީ އެ ވާހަކައެވެ.
“ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ…..” ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން ދިޔަ ޝަރަފް ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ.
ނުނިމޭ
48 Comments
Comments are closed.
Assalaam’alaikum. 🙂 dhen huri baithah ves mihaavarah genesdhevijjeyya dhen hama gaimuves onnaany dhe bai In Sha Allah. 😀 dhen oiy bai tuesday ga In Sha Allah. mi bayaai gulhey fb post thakaai kuree baige dhivehi post thah maadhamaa ge vagutheggai fennaane vaahaka bunelan. dhivehi post thah lasvaathee nihaayathah maafah edhen. mihaaru varah bodah focus mi kureveny vaahakaige reyvumah. ekamaku hurihaa post thah baraabarah genesdheveytho masakkaiy kuraanan In Sha Allah.
mi bayaa gulhey post thakaky jana varah liyaa hiyvva post thah. kiyuntherin post thah follow kurumaky jana ge varah bodu edhumeh In Sha Allah 🙂 Jazaakumullah Khairan <3
https://www.facebook.com/Asr-1445208739121696/
maasha allah varaha reethi and me first
Alhamdhulillah! (All praise and thanks belong to Allah) 😀 <3
V reethi maasa allah.keep going Jana.best of luck
Alhamdhulillah! 😀 Jazaakillah Khairan for the support 🙂
Mi baii up vandhen nuves nidhan vegen mihiree.. hehe.. ? Mashaa Allah.. v reethi mi part ves… im really curious abt what will happen next..
hehe…..blackaholic mennah avahah nidheynehen ingey avahah genesdheveytho mi masakkaiy kurany. 😀 In Sha Allah dhen oiy baives maadhamaa rey thankolheh avahah genesdheveytho balaanan In Sha Allah 🙂
Masha Allah … Varah furihama janaa….mi bayah varah inthizaaru kurin…keep it up..?luv n miss u janaa.❤❤❤
Alhamdhulillah! Love you too sis <3 <3 <3 Jazaakillah Khairan for the support 😀
Masha allah v reethi v furihama v iburah theri mihen goss v anna konme ehcheh liyass ok vaane .ehaa vex salhi. Friends adhi mi stry kiyan feshiy igey hama thafaathu.keep it up..
Waiting 4 nw part.
– Salaam – ??
Wa’alaikumussalaam. Ma Sha Allah. v ufaavejje alah kiyuntherieh libunyma. Alhamdhulillah! 😀 Friends alhe fb post thah follow kurahchey ingey. komme bayakaa gulhigen jana fb post thah genesdhen. miothy link
https://www.facebook.com/Asr-1445208739121696/
fb ga noolhey nama comment thakuge thereyga e post thah hunnaane. jana ge kureege vaahaka thah kiyaanama ves comment thakuge therein post thah balaalumaky jana ge v bodu edhumeh 🙂 <3 Jazaakallah Khairan 😀
Ma Sha Allah.. Hithuga ufedhifa oiy bodu suwaalehge jawaabu libijje mirey… In Sha Allah sharaf ge dhonbappa wes adhi ekamuga baiweri vi emmen wes insaafuge kurimahchah gennaane adhi.. Dhw janaa..
dho Shaai? Shaai emme fahah thi kolly varah bodu suvaaleh. jana hama 😐 hehe….dhen balamaa vaagotheh dho In Sha Allah 😀
Ma sha Allah..vv reethi mibaives..mihaaru dhen hama kiyaanimmaalaafa huttaalan hih edhenee..?????????
hehe…..jana ves liye nimmaalaafa ey huttan beynumy. ekamaku vagutheh vaanama dho Xish. </3 ekamaku In Sha Allah mihen ulhemun ves vee emme furihama ah nimmeytho balaanan In Sha Allah 🙂
Masha Allah
V reethi, ekamaku varah kuru, miadhu 5:30fahu iru iru kolhaa vaahaka up vitho bala balaa mihunnani, dhen dhuvahaku thankolheh avahah up kohdhehchey,
alhey freedom. 5:30 ga angaafa othy kureege bai dhigu vaane vaahaka ey. e comment ga kiyaidhevunu goiy sakaraathy dho? hehe….In Sha Allah dhen eavvure saafukoh up kurevey dhuvas bunan samaalukan dheynan. next part angaara dhuvahuge rey In Sha Allah 🙂
Maasha Allah. V. Furihama. Good work
Alhamdhulillah! 🙂
Masha allah….jana thikuraa mashakathugai barakaai lahvaashi…ameen…. v reethi jana story tha…
Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! Alhamdhulillah! 🙂
Masha Allah mi baives vvv reethi waiting next part jana thankolheh avas kohlahchey ingey
Alhamdhulillah! Aan Xaaan balaanan avas kureveytho In Sha Allah 🙂
ma sha allah story v nice but xo ah afaaf nann bunyma hama neyngifa tha ehery?
um….varah bodah maafah edhen ekamaku xeyboo ge suvaalu jana ah dheyhaeh nuvi :/ Afaaf eyna ge zavaajy hayaathuge vaahaka kiyaidhin iru Sharaf ge nan nukiyaey Xeyboo….ey tha xeyboo ge suvaalu?
no ..wait sharaf beybe marry kohgen e ulheny xo aa dhw?and sharaf brother ehchiss kiya dhin iru afaaf ge name buni eh noon tha?and xo akh neynugunu hehyey mi ehy?
Wow ❤️❤️❤️… It’s awesome ???… Maasha Allah mi part v v v reethi ???… V furihama hama ???… V baivaru kanthahthah ingihje mi part in ???… N hama ufalun gos fen kalhi vefa iny zo n afaaf ge bai kiyaali iru ???… V kiyaa hithun indha e nimuny… Heheheh… Jana thikuraa bura massaikathah hama saabasss dhen ???… Keep up the good work ???… Curiously waiting for the next part ???… V V V kiyaa laa hithun mihiree ???… N faahaga kohlan mi story in v v gina filaavalhuthakeh libey v v useful, kurin neyngey v gina informations libey ??????… I love your stories jana ❤️❤️❤️??????
hehe…..anekkaaves shifoo ge dhigu loabi comment fenifa jana dheravaany thi gina emojis thah nuliyevunyma. but still i must say your comments are very attractive 😀 hehe…shifoo thi buni thanun jana ah ves haqeeqathuga rovunu. fb post ga hunnaane aslu ethan ehaa asarugadha vaanvy sababu. 🙂 shifoo jana ah saabas dheyn beynun vaanama mi vaahakain faidhaa eh kuriyya vaahaka ehen meehakaa hissa kohdhy. adhi vaahaka noonas vaahakain libey naseyhaiythah hissa kohdhy. ey jana ah dheveyne v bodu support eh. Alhamdhulillah! 🙂 Jazaakillah Khairan for the support 😀
Maa sha allah. Varaaah reethi?. Jazaakillah khairan?
Alhamdhulillah! Baarakallah Feeki! <3
who’s shinaz?
Sharaf’s Brother
hey jana. Shinaaz ge vaahaka naannathy dhuvasvumun handhaan nethuny dho? hehe…happens ingey 😉
maa sha allah.. varah reethi mi part ves… jana hama molhiyyey vaahaka liyan.. hehe.. maa sha allah.. bunaane ehcheh ves neynge dhen.. varah furihama… gud luck dhn huri bai thakah.. curiously waiting for the next part.. ly.. 🙂 <3
jana ah hunareh libifaiviyya libifaivany hama ekani Allah ge iraadhafulhun. ekalange iraadhakurevvi hindhaku mi hunaruves nethi hingaidhaane. mee hama ekani jana ah handhaan kohdhinumeh. hehe…Alhamdhulillah! Love you too <3
V.nice
Alhamdhulillah! <3
Its me saadhu.saadhu v boda benun fb jana dheeni suvaale kolan.kihinetho hadhan geheni.
um….saadhu, jana mee dheenee suvaalu koggen javaabu hoadhey varuge meeheh hen jana ah hiyeh nuvey. jana aa thiya kiyuntherinna thafaatheh neh. jana ves suvaaleh othiyyaa kuraany dheenee ilmuverieh kairin. ehenveema bunelaany saadhu ves thi suvaaleh ilmuverieh kairin kuraashey. eyrun maa rangalhu adhi tafseelee javaabeh libeyne In Sha Allah 🙂
FB Post (English)
يَقُولَ لَهُ كُن فَيَكُونُ
“He says to it, “Be” and it is”
How easily do we say these words? How mindlessly do we rush through these words when reciting Quran? How low in reasoning can we be, to not think about these words?
The fact that the Master of all people, the One Who created you and me had just said “Be!” for each one of us to come into being. The fact that we are breathing and our hearts are beating inside our chests, is because of that one word He swt said. And the moment He intends, He can take the same breath and the heartbeat away from us with just those same words. Subhaanallah!
If that is the Power of the Almighty, why do we doubt the possibility that He can remove us from any miseries? Why do we doubt that He will not make our hardships easy for us? Why do we become hopeless that we wouldn’t get over the addiction to sins that we have? Why do we think that our problems are never ending, even after we call up the One Who is Able over everything?
So dear brothers and sisters, if you have been through any pain or sadness for such a long time that you have started to lose hope, just remember these words
إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ
“His command is only when He intends a thing that He says to it, “Be,” and it is.” Surah Yasin, ayah 82
FB Post (English)
There are some ayahs that are so awesome that I don’t even know where to start describing it. The ayah that I will share in this post is one of those ayahs <3
I remember sharing this passage in Surah Ale Imran with my previous story. The passage where a person has not even met a messenger, and he does not even have a book, but just thinks about the creation around him and comes to the conclusion that he has a Master and there is a Day of Judgement. (I highlighted how he comes to that conclusion in detail in my previous story and fb posts related to the story Asr) But in this post I will be sharing a part of that passage that I hadn’t highlighted before.
The person continues to speak to his Master in the passage and we get to know that he finally met a messenger.
رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ
“Our Master, indeed we have heard a caller calling to faith, [saying], 'Believe in your Master,' and we have believed. Our Master, so forgive us our sins and remove from us our misdeeds and take us with the righteous.” Surah Ale Imran, ayah 193
Subhaanallah look at the beauty in these words. The first thing to notice here is that the person is talking in the plural form of the first person. He is saying “we” instead of “I”. He is new to the faith. He just realized that he has a Master through his own reflections. And those same reflections make him have a more caring heart. He realizes that he does not have to call upon his Master just for himself. But rather he must make dua for his brothers and sisters around him as well. He should wish for them as he wishes for himself.
With his brothers and sisters included, he telling Allah that he heard just a caller, he doesn’t even know who it is, but he knew what the caller was calling towards. Now that is strange, because normally if a stranger speaks, we wouldn’t listen. Especially if the stranger is talking about something new. But somehow, the person speaking in the passage is saying what he was thinking for himself was in line with what the caller was saying. Now imagine how this would have happened in the time of Rasool (SAW). A person like that must be thinking about the purpose of his life for himself. And as he was doing so, he hears about Rasool (SAW). He goes closer to Rasool (SAW) and hears what he is saying. A person would be so impressed by the character of Rasool (SAW) that he would go even closer and eventually become muslim.
Next the person admits that he has believed and hence asks Allah to forgive his sins and take him from among the righteous. As if at the end of the day, this person’s only wish is to die as a person that Allah is pleased with. And that is for a reason. The reason is that the person realizes that death is not the end. Its just a stage of life just like the stage that we are in right now. So he realizes that the only ‘escape’ from it is to live a good life in this world so that he can make his death a pleasant experience.
As I describe this person to you, you might have felt disconnected. But dear brothers and sisters, the ayahs of the Quran are never, NEVER disconnected from you. They are either talking to you or about you.
Have you never been in a place where you weren’t sure about your faith? Where you started doubting all of it? And after a point you started thinking that it might be true? And the things that were happening around you and the reminders you were coming across made you start thinking differently. So you start thinking about the creation. And then you come across a reminder, or a caller who told you that you need to have higher standards regarding your faith. The caller told you to truly believe in your Master. So you believed. This time truly, with all your heart. And when you did, the sins you had committed, suddenly became so ugly to you, that you start begging Allah to forgive your sins for you. And at the end of the day, your only wish, is to meet your Master in a state where He is pleased with you. Subhaanallah!
May Allah make us of those who remember him a lot and reflect on His creation to strengthen our iman. Ameen!
FB Post (Dhivehi)
يَقُولَ لَهُ كُن فَيَكُونُ
” އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން އެކަމެއް ވެދެވެ.”
މި ބަސްތައް އަހަރުމެން ކިޔާލަނީ ހާދަ ފަސޭހައިންނެވެ. ޤުރުއާން ކިޔަވާއިރު އެއްވެސް ވިސްނުމެއްނެތި މި ބަސްތަކުގެ ތެރެއިން ދަނީ ހާދަ ވިސްނުމެއްނެތިއެވެ. މި ބަސްތަކާމެދު އަހަރުމެންނަށް ނުވިސްނޭނީ ވިސްނުން ހާދަ ކޮށިވެގެންނެވެ.
ތިބާއާއި އަޅުގަނޑު މި ދުނިޔެއަށް އައުމަށްޓަކައި އެކަލާނގެ ހަމައެކަނި ވަޙީކުރައްވަން ޖެހިވަޑައިގަތް ބަސްފުޅަކީ “ވާށޭ”އެވެ. މިވަގުތު އަހަރުމެންނަށް ނޭވާ ލެވި އަހަރުމެންގެ މޭތެރޭގައިވި ހިތްތައް ތެޅޭ ހަމައެކަނި ސަބަބަކީ އެ ވަޙީކުރެވުނު ބަސްފުޅެވެ. އެކަލާނގެ އިރާދަކުރައްވާ ހިނދަކު ހަމަ އެ ބަސްފުޅާއެކީ އެ ނޭވާއާއި އެ ހިތުގެ ތެޅުން ހުއްޓިދާނެއެވެ. ސުބުޙާނަ ﷲ!
އަހަރުމެންގެ ވެރިރަސްކަލާނގެގެ ބާރުފުޅަކީ އެއީ ކަމަށްވާނަމަ އަހަރުމެންގެ ހިތްދަތިކަން އެކަލާނގެ ފިއްލަވާނެ ކަމާމެދު އަހަރުމެން ޝައްކުކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރުމެންގެ ދަތިތައް އެކަލާނގެ ފަސޭހަކޮށްދެއްވާނެ ކަމާމެދު އަހަރުމެން ޝައްކުކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރުމެން ދެވިހިފާފައިވާ ފާފަތަކުން އެކަލާނގެ އަހަރުމެން ސަލާމަތް ކޮށްދެއްވާނެ ކަމާމެދު އަހަރުމެން އުއްމީދު ކަނޑާލަނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ ރަސްކަލާނގެއަށް އަހަރުމެން ދުޢާ ކުރާއިރު ވެސް އަހަރުމެންގެ ޙަޔާތުގައިވާ މައްސަލަތަކަކީ ނިމުމެއްނުވާ ކަމެއްހެން އަހަރުމެންނަށް ހީވަނީ ކީއްވެ ހެއްޔެވެ؟
ތިބާއަކީ އެފަދައިން ވަރަށް ގިނަ ދުވަސްވަންދެން ހިތްދަތިކަމެއްގައި އެހެން ނޫނީ ހިތާމައެއްގައި އުޅުނު ފަރާތަކަށްވާނަމަ މި އާޔަތް ހަނދާން ކުރާށެވެ.
إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ
“އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ أمر ފުޅުވާކަން ކަށަވަރީ އެކަމަކަށް، [ވާށޭ] وحى ކުރެއްވުމެވެ. ދެން
82އެކަމެއް ވެދެތެވެ” ސޫރަތް ޔާސީން
FB Post (Dhivehi)
ބައެއް އާޔަތްތަކުގެ ރީތިކަމުގެ ސަބަބުން އަޅުގަނޑަށް އެ އާޔަތްތައް ސިފަކުރަން ފަށަންވީ ދިމާލެއްވެސް ނޭނގެއެވެ. މި ޕޯސްޓުގައި އަޅުގަނޑު ޙިއްޞާ ކުރާނީ އެކަހަލަ އާޔަތެކެވެ.
އަޅުގަނޑު ކުރިން ލިޔުނު ވާހަކައާއެކީ އާލު ޢިމްރާން ސޫރަތުގެ މި އާޔަތްތައް ކިޔައިދިން ހަނދާންވެއެވެ. އެ އާޔަތްތަކުގައި ސިފަކުރައްވާފައިވަނީ ކޮންމެވެސް މީހަކު ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ގޮތެވެ. އެމީހަކީ ރަސޫލަކާވެސް ބައްދަލުވެފައިނުވާ އަދި ފޮތެއްވެސް ލިބިފައި ހުރި މީހެއްނޫނެވެ. އެހެނަސް އެމީހަކު ހަމައެކަނި އެމީހެއްގެ ވަށައިގެންވި ޚަލްޤުތަކާއިމެދު ވިސްނުމަށްފަހު، އޭނަގެ ރައްބެއްވާކަމާއި ޤިޔާމަތް ދުވަހެއް ވާކަމާމެދު ޝައްކެއްނެތި ޤަބޫލުކުރެއެވެ. (އޭނައަށް އެކަން ޤަބޫލުކުރެވޭގޮތް އަޅުގަނޑުގެ ކުރީގެ ވާހަކަ ކަމަށްވާ “ޢަޞްރު” އާއި އެވާހަކައާ ގުޅޭ އެފްބީ ޕޯސްޓްތަކުގައިވާނެއެވެ.) ކޮންމެ ގޮތެއްވިޔަސް އަޅުގަނޑު މިރޭ ޙިއްޞާ ކުރާނީ އޭރު ޙިއްޞާ ކުރި އާޔަތްތަކުގެ ތެރެއިން ޙިއްޞާ ނުކުރެވޭ އާޔަތެކެވެ.
އެމީހަކު އޭނަގެ ވެރިރަސްކަލާނގެއާއި ވާހަކަ ދައްކަމުން ގޮސް އޭނަ ރަސޫލަކާއި ބައްދަލުވިކަން އަހަރުމެންނަށް އޭނަގެ ވާހަކައިން އެނގިގެންދެއެވެ.
رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ
“އަޅަމެންގެ ވެރިރަސްކަލާކޮ! إيمان ވުމަށް ގޮވާލައްވާ رسول އަކު ތިޔަބައިމީހުންގެ ވެރިރަސްކަލާނގެޔަށް إيمان ވާށޭ ގޮވާލައްވާ އަޑު، ހަމަކަށަވަރުން، އަޅަމެން އެހީމުއެވެ. ދެން، އަޅަމެން إيمان ވީމުއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް عفو ކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!” ސޫރަތް އާލު ޢިމްރާން، 193
މި ބަސްތަކުގެ ރީތިކަމާމެދު ތިބާ ވިސްނާލާށެވެ. އެންމެ ފުރަތަމަ ވެސް މިތަނުން ފާހަގަ ކުރަން ޖެހޭ ކަމަކީ އެމީހާ “މިއަޅާ” ގެ ބަދަލުގައި “އަޅަމެން” ބޭނުންކޮށްފައިވި ގޮތެވެ. މި މީހަކީ އޭނަގެ އީމާންތެރިކަމަށް މުޅިން އާ މީހެކެވެ. އޭނަގެ އަމިއްލަ ވިސްނުން ބޭނުންކޮށްގެން އޭނަގެ ވެރިރަސްކަލާނގެއެއްވާކަން އޭނައަށް އެނގުނުތާ މާ ގިނައިރެއްނުވެއެވެ. އެހެނަސް އެ ވިސްނުމުގެ ސަބަބުން އޭނަގެ ހިތަކީ އެހެން މީހުންނާމެދު އަޅާލާ ހިތަކަށްވެފައިވެއެވެ. ދުޢާ ކުރަން ޖެހެނީ ހަމައެކަނި އޭނަގެ އަމިއްލަ ނަފްސަށްޓަކައި ނޫންކަން އޭނައަށް ވިސްނިފައިވާ ފަދައެވެ. އޭނަގެ އަޚުންނާއި އުޚްތުންނަށްޓަކައި ވެސް އޭނަ ދުޢާކުރަން ޖެހޭކަން އޭނައަށް ވިސްނެއެވެ. އޭނަގެ އަމިއްލަ ނަފްސަށްޓަކައި އެދޭ ކަންތައް އެހެން މީހުންނަށްޓަކައި ވެސް އެދެން ވާނެކަން އޭނައަށް ވިސްނިފައިވެއެވެ.
އޭނަގެ އަޚުންނާއި އުޚްތުންވެސް ލައިގެން އޭނަ އެ ދުޢާ ކުރިއަށް ގެންދެއެވެ. އަދި އެ ކޮންމެވެސް ގޮވާލުމެއް ގޮވާލި މީހެއްގެ (ރަސޫލެއްގެ) ވާހަކަ ﷲ ގެ ޙަޟްރަތުގައި ދަންނަވައެވެ. އެ ގޮވާލުމެއް ގޮވާލަނީ ކާކުކަމެއް އެމީހަކަށް ނޭނގެއެވެ. އެހެނަސް އޭނައަށް ބީރައްޓެހި އެ މީހާ ދައްކާ ވާހަކަތަކަކީ އެ ވިސްނިވިސްނުމާއި އެއްގޮތް ވާހަކަތަކެވެ. ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމް)ގެ ޒަމާނުގައި މިކަން ވެފައިވާނެ ގޮތް ޚިޔާލަށް ގެންނާށެވެ. އެ ޒަމާނުގައި ވެސް ހަމަ އޭނަގެ ޙަޔާތުގެ މަޤްޞަދާއި މެދު އެފަދަ ގޮތަކަށް ވިސްނަމުންދާ މީހަކު ހުރެދާނެއެވެ. އެ ވިސްނުން ވިސްނަމުން ދަނިކޮށް އޭނައަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އާ ބެހޭގޮތުން އިވެއެވެ. އޭނަ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ އަރިހަށް ދިޔުމުން އެކަލޭގެފާނު ޙަދީޘްކުރައްވާ ބަސްފުޅުތައް އޭނައަށް އިވިގެން ދެއެވެ. އަދި އޭނައަށް ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ފަރާތްޕުޅުން ފެނިގެންދާ ފުރިހަމަ އަޚްލާޤެއްގެ ސަބަބުން އޭނަ އެންމެ ފަހުން މުސްލިމްވެދެއެވެ.
އެއަށްފަހު އެ އާޔަތުގައި އޭނަ އީމާންވެއްޖެކަމަށް އޭނަ ޤަބޫލުވެއެވެ. އެހެންކަމުން އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި އެދެއެވެ. އަދި އެއަށްފަހު ޞާލިޙުންގެ ތެރެއިން އޭނަގެ މަރުގެންނެވުމަށް އެދި ދުޢާ ކުރެއެވެ. އޭނަގެ ހަމައެކަނި އެދުމަކީ އޭނަ މަރުވާ ހިނދު ޞާލިޙުންގެ ތެރެއިން ވުން ފަދައެވެ. އެއީ ސަބަބަކާއި ލައިގެންނެވެ. ސަބަބަކީ މަރަކީ ނިމުން ނޫންކަން އެމީހަކަށް ޔަޤީންވުމެވެ. މި ދުނިޔޭގެ ޙަޔާތް ފަދައިން މަރަކީ ވެސް މީހެއްގެ ޙަޤީޤީ ޙަޔާތުގައި އަންނަ މަރުޙަލާއެކެވެ. އެހެންކަމުން އެއިން “ސަލާމަތް” ވެވެން އޮތް ހަމައެކަނި ގޮތަކީ މިދުނިޔޭގައި ރަނގަޅަށް އުޅެގެންކަން އެމީހަކަށް ވިސްނެއެވެ. އޭނަގެ މަރަކީ ރަނގަޅު މަރަކަށް ހެދޭނީ ﷲ ރުހިވޮޑިގެންވާ ފަދަ މީހަކަށް ވެގެން ކަން އޭނައަށް ވިސްނުނުފަދައެވެ.
މި ވާހަކަތައް ކިޔައިދިންއިރު މިއީ އެއްގޮތަކަށް ވެސް ތިބާއާއި ގުޅުން ހުރި ވާހަކައެއް ނޫންހެން ތިބާއަށް ހީވެދާނެއެވެ. އެހެނަސް ޤުރުއާނުގެ އާޔަތްތަކަކީ ތިބާއާއި ގުޅުމެއްނެތް ވާހަކަތަކެއްހެން ތިބާ އެންމެ ފަހަރަކުވެސް ހީނުކުރާށެވެ! އެ އާޔަތްތައް އެ ވާހަކަ ދައްކަނީ ސީދާ ތިބާއާއެވެ. އެހެންނޫނީ ތިބާއާއި ބެހޭގޮތުންނެވެ.
ތިބާގެ އީމާންތެރިކަމާމެދު ޝައްކުކުރެވުނު ޙާލަތެއްގައި ތިބާ ނުވަން ހެއްޔެވެ؟ އަދި ވަކި ހިސާބަކުން އެއީ ތެދަކަށް ވެދާނެކަމަށް ތިބާ ހީނުކުރަން ހެއްޔެވެ؟ އެއަށްފަހު ތިބާގެ ވަށައިގެން ވާންފެށި ކަންތައްތަކުންނާއި ތިބާއަށް ފެންނަމުން ދިޔަ ހަނދުމަކޮށްދިނުންތަކެއްގެ ސަބަބުން ތިބާގެ ވިސްނުން ތަފާތުވިއެވެ. ތިބާގެ ވަށައިގެންވި ޚަލްޤުތަކާއި ބެހޭގޮތުން ވިސްނެން ފެށިއެވެ. ދެން ތިބާއަށް ހަނދުމަށްކޮށްދިނުމެއްގައި މީހަކު ‘ގޮވާލާ ގޮވާލުމެއް’ އިވެއެވެ. އެ ގޮވާލުމުން އަންގަނީ ތިބާގެ އީމާންތެރިކަން އިހުނަށްވުރެ ވަރުގަދަ ކުރުމަށެވެ. އެ ފަރާތުން ގޮވާލީ ތިބާގެ ވެރި ރަސްކަލާނގެއަށް ފުރިހަމައަށް އީމާންވުމަށެވެ. ދެން ތިބާ އީމާންވީމުއެވެ. މިފަހަރު ތިބާގެ މުޅި ހިތުން ފުރިހަމައަށެވެ. އެކަން ކުރެވުމުން ކުއްލިއަކަށް ތިބާއަށް ކުރެވުނު ހުރިހާ ފާފަތައް ތިބާއަށް އިންތިހާއަށް ހުތުރުވެގެން ދިޔައެވެ. އެހެންކަމުން އެ ފާފަތައް ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ތިބާއަށް އާދޭސްކުރެވެއެވެ. އެއަށްފަހު ތިބާގެ ހަމައެކަނި އެދުމަކީ ތިބާގެ ވެރި ރަސްކަލާނގެއާއި ބައްދަލުވާ ދުވަހަކުން ތިބާއަކީ އެކަލާނގެ ރުހިވޮޑިގެންވާ މީހަކަށްވުމެވެ. ސުބްޙާނަ ﷲ!
މާތް ﷲ އަޅަމެންނަކީ އެކަލާނގެ މަތިން ގިނަގިނައިން ހަނދުމަކޮށް އެކަލާނގެ ހެއްދެވި ތަކެއްޗާއިމެދު ވިސްނައި އަޅަމެންގެ އީމާންތެރިކަން ވަރުގަދަ ކުރަން މަސައްކަތް ކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
Assalaam’alaikum. aadhihtha dhuvahuge rey genesdheynamey kiyaafa adhi kiriyaa mi fb post thah genesdhevuny. aslu e rey jana varah gadha ah boluga rissaigen nidhuny. dhen mirey Alhamdhulillah v ufaavejje hurihaa ehcheh liyevunyma. adhives kuree baige dhivehi post thah nuliyeveykan handhaan eba huri. In Sha Allah maadhamaa ge bai up koffa e post thah ves genesdheynan. Jazaakumullah Khairan! 😀
Hey jana. I have read all your stories. And i really adore your work. And sometimes i wonder that if i had a friend like you who increases my knowledge in islam and increase my love towards islam. Surely you are doin both of those. So…. I wanna be a friend of yours?
Salaam jana.? After a long time dhw.. maa bodah buxy v ma comment nukurevenee.. ???
but hama hurihaa baeh hen eba kiyan igey. ???plus the f.b posts aswell.. F.b post do help a lot. Jazaakillah khair for the story aswell as the f.b posts.❤❤❤Keep it up dear. ☺ May allah reward you for this.???
And a small request.. If u arnt too buxy do start a story really soon.. I did notice that u start ur stories towards the end of the yr and it would continue in the nxt yr aswell.. I do wish u would start soon..???but i do understand u might b buxy with things.. Yet its my simple request.Hope u would say smthng abt it..??????
Wa’alaikumussalaam. v ufaavejje addu manje ehaa dhuvasfahun fenunyma Alhamdhulillah! Addu manje ah faidha eh kuranya thee libunu v bodu hiyvvareh.
Addu manje thi buny varah rangalhah. jana vaahaka fashany aharuge fahu kolhuga. ey jana emme free vaa dhuvasthah. jana ves aslu hithah araa avahah vaahaka thah genesdhevey namaey. ekamaku adhi jana dhekey gothuga ehen hedheykah neh. aharuge medhutherein vaahakathakun mi nagaa break varah muhimmu. eyrun khiyaaluthah ves thaazaave ithurah ilmu ungeni e ungeney ehchakaa medhu visnumuge furusathuves jana ah ithurah fahivegen dhaany In Sha Allah 🙂
ekamaku avahah vaahaka genesdheveyne dhuvaheh aiyyaa genesdheynan In Sha Allah 🙂
Haadha lahey updates mi tuesday ennu Jana