“ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ…..” ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން ދިޔަ ޝަރަފް ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ. އެއާއެކު ޒޯއާއި ޝިނާޒް އެކުއެކީގައިހެން ސިހުންވާގޮތްވިއެވެ. ޝަރަފް ރުޅިވެރިކަމާއެކީ ފުން ނޭވައެއް ލާން ފެށުމުން އެދެމީހުންނަށް ބަލަހައްޓައިގެން ތިބެވުނެވެ. ހިމޭންކަމުގެ އެ ވަގުތުކޮޅުގައި ޝަރަފް ދިވެހި ބަހުން ދެއްކި ވާހަކަ ތަކުގެ ތެރެއިން އިވުނު ނަމަކުން ޒޯއަށް ވިސްނުމެއްގެ ތެރޭގައި ހުރެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޝަރަފް ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އެއާއެކު ޝިނާޒަށް ވެސް އޭނަގެ ފައިމައްޗަށް ތެދުވެލެވުނެވެ.
“ދުވަހެއްގެ ކޮޅުން ވެސް އޭނަ އަފާފާއި ކައިރިވިޔަ ނުދޭނަން މަށެއް!” ޝަރަފް ދަތްކުނޑި ވިކަމުން ޝިނާޒާއި ދިމާލަށް އެހެން ބުނެލީ އެފަދަ ވާހަކަ ދެއްކީތީވެސް އޭނަ ޝިނާޒަށް ރުޅި އައި ފަދައަކުންނެވެ. އެއަށްފަހު އޭނަ ދެވަނަ ވިސްނުމެއްވެސް ނެތި އެޕާޓްމެންޓުން ނިކުންނަން ދިގު ފިޔަވަޅުތަކެއް އަޅަން ފެށީ އޭނަގެ ޒަޚަމްތަކުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ޝިނާޒް ވާހަކަ ދެއްކިއެވެ.
“ޝަރަފް ޕްލީޒް! މިރޭ ޝަރަފް ބޭރަށް ދިޔުން ރަނގަޅެއްނޫން!” ޝިނާޒް ޝަރަފާއި އެއްވަރުގެ ފިޔަވަޅުތައް އޭނައާއި ދިމާލަށް އަޅަމުން ބުނެލިއެވެ. އެ ހިނދު ދޮރާއި ހަމައަށް ދެވިފައި ހުރި ޝަރަފް ފަސްއެނބުރި ބަލާލިއެވެ.
“އެމީހުން މަ މެރިޔަސް މަ މިރޭ ދާނަން ބޭރަށް. މަގޭ އަންހެނުން އޮތީ ހޮސްޕިޓަލުގަ. ބަޔަކު މީހުން ދޮގު ރިޕޯޓެއް ދައްކައިގެން އޭނަގެ ސާޖަރީއެއް ހައްދަނީ. އެ ހޭބަލިވެފައިވާ މީހުން ނުވިސްނާ އޭނަގެ ބަނޑުގަ އޮތް ދަރިފުޅަށް ވާނެ ގޮތަކާމެދު ވެސް. މިހާރު މާ ލަސްނުވާ ކަމެއްވެސް އަހަންނަށް އެނގެނީއެއްނޫން…” ޝަރަފަށް އޭނަގެ ފަހު ޖުމްލަ ބުނެލެވުނީ ފެންކަޅިވެފައިހުރެ ކުރެހިފައިވާ އަޑަކުންނެވެ. ޝަރަފް ދެއްކި ވާހަކައިން ޝިނާޒަށް ހިމޭނުން ހުރެވުނު ވަގުތުކޮޅުގެ ބޭނުން ހިފައި އަނެއްކާވެސް ޝަރަފް އޭނައަށް ފަސްދީފައި ދޮރު ހުޅުވަން އުޅުނެވެ. ޝިނާޒް އަނެއްކާވެސް ޝަރަފަށް ގޮވައި ހުއްޓުވަން އުޅުނު ވަގުތު ޒޯ ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.
“ޝަރަފް! އަހަންނަށް ހީވަނީ އަހަންނަށް އެބައިނގޭހެން ޝަރަފްގެ އަންހެނުން. މީގެ ގަޑިއިރެއްހާއިރު ކުރިން އޭނަގެ ސާޖަރީއެއް ހެއްދުނީ. އެކަމަކު އަލްޙަމްދުލި ﷲ އޭނަވެސް އޭނަގެ ދަރިފުޅުވެސްވަނީ ރަނގަޅު ޙާލަތެއްގަ. ދަރިފުޅުވެސް ރަނގަޅު. އަދި މިހާރު އަފާފްގެ ލޮލަށް ފެންނަން ވެސް ފެނޭ.” ޒޯ، ޝަރަފް ދެއްކި ވާހަކަތަކުގެ ތެރެއިން ސާޖަރީއެއްގެ ވާހަކަ އައުމުން އޭނަގެ ހީ ޔަޤީނަކަށް ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ. އޭނަ އެ ޚަބަރު ދިނީ އެއީ މާ ބޮޑު ޚަބަރެއްކަމަށް ހީނުކޮށެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެ ޚަބަރު އިވުނު ޝަރަފްގެ ހިތަށް އަރާ ފައިބަމުން ދިޔަ އަސަރުތަކެވެ. އެތައް ދުވަހެއްފަހުން އޭނަގެ މޭތެރޭގައި އަޅަމުން ދިޔަ ވޭންތަކަށް ފިނިކަމެއް އިޙްޞާޞް ކުރެވުނުހެން ޝަރަފަށް ހީވިއެވެ. ހިތަށްވެރިވި އުފާވެރިކަމެއްގެ ސަބަބުން ޝަރަފަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެ ހިނދު އުފާވެރިކަމުގެ ކަރުނަތަކުން އޭނަގެ ލޯ ފެންކަޅިވެފައިވިއެވެ. މިއަދު ފުރިހަމަވެގެން އެ ދިޔައީ އޭނަ ހާދަ ދުވަހެއް ވަންދެން އުއްމީދު ކޮށްގެން ހުރި ކަންތައްތަކެވެ. މިއަދު އެ ވަނީ އޭނަގެ ޒަވާޖީ ޙަޔާތް ފެށުނުއިރު ދެކުނު ހުވަފެންތައް ޙަޤީޤަތަކަށް ބަދަލުވެފައެވެ. އިސާހިތަކު ﷲ އަށް ޙަމްދުކުރެވުނު ވަގުތު އޭނަގެ އުފާވެރި ޙަޔާތް އޭނައަށް އެވަގުތުކޮޅުގައި ވެސް ސިފަކުރެވުނެވެ. އޭނައާއި އަފާފް ނުހަނު އުފަލުގައި ދެމީހުންގެ ދަރިފުޅާއެކީ އުޅޭ މަންޒަރެވެ. އެ ޚިޔާލުތަކުގެ ތެރެއިން މިއަދު އޭނަ އަފާފްގެ ކުރިމައްޗަށް ގޮސްފިނަމަ އަފާފަށް އޭނަ ފެންނާނެތާއޭ އޭނަގެ ހިތަށްއެރިއެވެ. އަފާފްވެސް އޭނަ ދެކެން ބޭނުންވާނެއޭ ހިތަށް އެރި ތަނާހެން އޭނައަށް ވާހަކަ ދެކެވުނެވެ.
“ޖަޒާކި ﷲ ޚައިރަން އަހަންނަށް ތި ޚަބަރު ދިން ކަމަށްޓަކައި. ޝިނާޒް އަހަރެން މިދަނީ އަފޫ ބަލަން! އަދި އެބަ އަންނަން ޝިނާޒްއާ ބައްދަލުކުރަން.” އިނގިރޭސި ބަހުން ޒޯގާތު ފުރަތަމަ ޖުމްލަ ބުނެލުމަށްފަހު ޝަރަފް ފުރިހަމަ ހިނިތުންވުމަކާއެކީ ޝިނާޒާއި ވާހަކަ ދެއްކީ އެރޭ އޭނައާއިމެދު އެއްވެސް ކަމެއް ހިނގިކަން ވެސް ހަނދާން ނައްތާލަމުންނެވެ. އަދި އެވަގުތު އޭނަ ހުރި ޙާލަތާއިމެދު ވެސް ވިސްނާލުމެއްނެތިއެވެ. އޭނަ ތިންވަނަ ފަހަރަށްވެސް އެ އެޕާޓްމެންޓުން ނިކުންނަން އުޅުނު ވަގުތު ޝިނާޒް ވާހަކަ ދެއްކިއެވެ.
“ނޯ ބްރޯ ޔޫ ކާންޓް ގޯ! އެނގޭ މިވަގުތު ވައިފް ދެކެން ވަރަށް ބޭނުންވާނެކަން އެކަމަކު ނުދާށޭ މި ބުނަނީ ވަކި ސަބަބަކަށްޓަކައި. އެއީ ވަކި އެމީހުންގެ ފަރާތުން ޝަރަފަށް އަނިޔާއެއް ލިބޭނެތީވެއެއްނޫން. ވިޔާމް އަހަރެން ފެނިފަ މިހާރު ހުންނާނީ ޖެހިލުންވެފަ. އަހަންނަކީ ވަރަށް ގިނައިން ދޮންބައްޕައާ އެކީ އުޅޭ މީހަކަށްވީމަ ވިޔާމަށް ހީވެފަ އޮންނަނީ އަހަންނާ ދޮންބައްޕަ އުޅެނީ އެއްރޭވުމެއްގަ ހެން. ވިޔާމްގެ އެ ހީވުމުގެ ސަބަބުން އެއްދުވަހު އަހަންނާ ދެކެވުނު ވާހަކައަކުން އަހަންނަށް އެނގުނީވެސް ދޮންބައްޕަގެ ނުބައި ނިޔަތްތައް. އެއަށްފަހު އަހަރެން ހުރީ ނޫންކަމަށް ހަދައިގެން. މި ރޭވުމާ ބެހޭގޮތުން އިތުރަށް އެނގޭތޯ ބަލަންވެގެން. އެކަމަށްޓަކައި އަހަރެން ދޮންބައްޕަ ގެ ބައެއް ފޯނުތައް ނަގަން ފެށިން. ކުރީކޮޅު އަހަރެން ވެސް ދޮންބައްޕަގެ ރޭވުންތަކާއި އެއްބައިވެގެން އުޅުނިން. އެކަން ކުރަން ފަށައިގެން އުޅެނިކޮށް ޒޯ މުސްލިމްވީ. އެއަށްފަހު އެ އުޅުން ބަދަލުކޮށްލަން ވަރަށް ހިތަށްއެރި. އެކަމަކު ތައުބާ ނުވާންވެގެން ހުރީ. އެހެން ހުއްޓާ އަހަންނަށް އިވުނީ ވިޔާމްމެން ޝަރަފްގެ ދުވަސް ދުއްވާލަން ބޭނުންވާ ވާހަކަ. އެހާ ހިސާބުން ދެން…….އެ ތައުބާއެއް ނުވިޔަސް އަހަރެން މި އައީ ޝަރަފް ސަލާމަތް ކޮށްދޭން. ވަކި ތް..ތައުބާއެއްގެ ސަބަބުންނެއްނޫން އަހަރެން މިއައީ.” ޝިނާޒް ވާހަކަ ދެއްކީ އޭނަ ތައުބާވިކަން ފޮރުވަން އުޅޭ ފަދައަކުންނެވެ. އޭނަ ތައުބާގެ ބަސް ބުނިއިރު ހުރި ޖެހިލުންކަން ފާހަގަވުމުން ފުރަގަހުގައި ހުރި ޒޯއަށް ހިނިތުންވެލެވުނެވެ. ޝިނާޒް އުޅެނީ އޭނަ ނަމާދު ކުރަމުން ދާ ވާހަކަ އަދިވެސް ފޮރުވަންކަން އޭނައަށް ޔަޤީންވިއެވެ. އެއީ ޖެހިލުންވާންޖެހޭ ކަމެއް ނޫންކަމަށް ޒޯ އެވަގުތު ވެސް ބުނަން ބޭނުންވިއެއްކަމަކު އޭނަ ނުބުންޏެވެ. ޝިނާޒަށް ވަގުތު ދިނުމަށްޓަކައެވެ. އަދި އެކި ހިތްތަކުގައި ހުންނަ އީމާންތެރިކަމުގެ ވަރުގަދަކަން ވެސް ތަފާތުވާނެކަން ހަނދާން ކުރަމުންނެވެ. ބަޤަރާ ސޫރަތުގައި ގާތަކެއްގެ މިސާލުން ސިފަކުރައްވާފައިވާ ފަދައިންނެވެ.
“އޯ….ކޭ…..ކޮންމެ ސަބަބަކަށްޓަކައި ޝިނާޒް މިކޮޅަށް އަޔަސް މަށަށް ދެވިދާނެއެއްނު އަފޫ ބަލަން؟ އެހެންނޫނަސް ޝިނާޒް މިހާރު ވިޔާމް ބިރުގަންނަވާލައިފީމެއްނު؟” ޝަރަފް އެހިއެވެ. އެއާއެކު ޝިނާޒް އިހުނަށްވުރެ ބޮޑަށް ސީރިއަސްވެލިއެވެ.
“ވިޔާމް ބިރުގަންނަވާލީމަ އަދި ނުފުދޭ. ވިޔާމް އެކަންޏެއްނޫން ދޮންބައްޕައަށްޓަކައި މަސައްކަތް ކޮށްދެނީ. ޠޮލާލްމެންނާ ހަނާމެންނާ…..މީ ހުސް އެއްބައެއް. ޠޮލާލްމެންވެސް ދަނީ ރިސޯޓުގެ އެކި ބައިތައް ހަލާކު ކުރަމުން. ޝަރަފަށް ފާހަގަވެސް ނުކުރެވޭހާ ލަސްލަހުން. ފާހަގަ ކުރެވޭވަރަށް ހަލާކު ކުރެވުމުން އެމީހުން ބޭނުންވަނީ ޝަރަފާއި ނަބީހާއި ދެމެދު ވެސް މައްސަލަތައް އުފައްދަން. އެހެންނޫނީ އެހެންނުވެއްޖެނަމަ ކުރިން ބުނިހެން ހުސެއިންގެ ނަންމައްޗަށް އެ ރިސޯޓު ބަދަލުކުރަން. ޝަރަފް ހުސެއިނަށް ބަރޯސާވުން ހުއްޓާލަންވީ މިހާރުން މިހާރަށްވެސް. ޙަޤީޤަތުގަ ޝަރަފް މި ދުވަސްކޮޅު އަފާފާއި ވަކިވެފަ ތިވަނީ ވެސް ރަނގަޅަކަށް. އަފާފާއި އެކީގަ ހުރިއްޔާ މި ހުރިހާކަމެއްގެ ސަބަބުން އަފާފަށްވެސް އުނދަގޫތައް ފޯރުން އެކަށީގެންވޭ. މިހާރު ވެސް ކަންތައް ވެފައިވަނީ ކިހާ ދެރަކޮށް؟ ނަސީބަކުން މިފަހަރު އަފާފް ސަލާމަތްވީ. އެކަމަކު ކޮންމެ ފަހަރަކު އެހާ ނަސީބު ރަނގަޅުވާނެތަ ޝަރަފް؟ ނުވާނެ! އަދި ދުވަސްކޮޅަކުން ދޮންބައްޕަ އަމިއްލައަށް މިކޮޅަށް އައިސް ރާވާނެ ރޭވުންތައް އެނގެނީއެއްނޫން. އެމީހުން އަފާފަށް ވަރަށް ބޮޑަށް ރުޅި އާދޭ އަފާފްގެ ސަބަބުން ޝަރަފަށް ހިތްވަރެއް ލިބެންޏާ. އޭގެ ސަބަބުން ބޮޑަށް އަފާފް އަންދާލަން ދޮންބައްޕަ އެދުވަހު އެންގީވެސް. އެހެންވީމަ މި ދުވަސްވަރު އަފާފާއި ދުރުގަ ހުރުން ރަނގަޅީ. އެހެންނޫނަސް ޝަރަފް އަފާފާ އެކީގަ ހުރިއްޔާ އެންމެންނަށް ވެސް އެނގޭނެ ޝަރަފަށް ހުސެއިންގެ ޢާއިލާގެ ކޮންމެވެސް އެއްކުންފުންޏަކުން އެހީ ލިބުނުކަން. ދޮންބައްޕައަށް ވެސް އެހެން ބުނުމުގެ ފުރުޞަތެއް އޮންނާނެ….އަދި އޭގެ ސަބަބުން ދޮންބައްޕަގެ މަޤްޞަދު ޙާޞިލުކުރަން ފަސޭހަވާނެ. އެހެންވިޔަ ނުދީ ޝަރަފް. ރިސޯޓު އެޅުމަށްޓަކައި ވާންވީހާ އެހީއެއް އަހަންނާއި ޒޯމެންގެ ޢާއިލާއިންވާނެ. ޒޯގެ ބައްޕައަކީ މުސްލިމަކަށް ނުވިޔަސް މި ޚިޔާލު ބައްޕައަށް ވަރަށް ކަމުދޭ. ބައްޕަ ވަނީ ބޭނުމިއްޔާ މި ޕްރޮޖެކްޓަށް ވީވަރަކުން އެހީވެދޭނެކަމަށް ބުނެފަ. އަހަރެންވެސް މިހާރު އެ ބާރތަކުގެ ވިޔަފާރި ހުއްޓާލައިފިން. އެއްގޮތަކަށް ވެސް މިކަމަށް އެހީވާނީ އެ ފައިސާއިންނެއްނޫން. ހެޔޮ ކަމަކަށް އެހީ ވެދޭނީ ހެޔޮ ގޮތުގަ ހޯދިފައިވި ފައިސާއިން.” ޝިނާޒް ބުނެލިއެވެ. އެއަށްފަހު އޭނަ ޝަރަފަށް ބަލަހައްޓައިގެން ހުރެ ކިޔާލީ ދެމީހުންގެ ވެސް ބައްޕަ ބައްޕަގެ އަޑުދަށުން އެމީހުން ލައްވާ ކިޔުއްވާ ދުޢާގެ އެއްތަންކޮޅެވެ. އެއީ ޙަލާލް ރިޒްޤަށް އެދި ކުރެވޭ ދުޢާއެކެވެ. އެ ދުޢާގެ އަޑު އިވިފައި ޝަރަފްގެ ތުންފަތްމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އެ ދުޢާގެ ބަޔާއެކީ އަނެއްކާވެސް އޭނަގެ ހިތުގައި ރިސޯޓެއް އެޅުމަށްޓަކައި އުފެދިފައިވި ޢަޒުމް ވަރުގަދަވެގެން ދިޔައެވެ. އޭނަ އެކަން ކުރަނީ ކީއްވެގެންކަން ހަނދާނަށް އައުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އަފާފްމަތިން ހަނދާން ނެތުނެއްކަމަކު މާ ގިނައިރެއްނުވެ އަނެއްކާވެސް އެ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިގެން ދިޔައެވެ. ދެންމެ ޝިނާޒް ދެއްކި ވާހަކަތަކުން އޭނަގެ ބުމަގޮށްޖެހުނީ ނުރުހުންވީ ވަރުންނެވެ. އޭނައަށް އަނިޔާއެއްދޭން އުޅޭ މީހުން އަފާފަށް ވެސް ކޮންމެހެން އަނިޔާއެއް ދޭންއުޅޭކަން އެނގުންވުމުންނެވެ. އޭނަ އެއްގޮތަކަށް ވެސް އެގޮތް ބޭނުމެއްނުވިއެވެ. އެހެނަސް އަފާފް އެމީހުންގެ ވަކިތަކުން ސަލާމަތް ކުރުމަށްޓަކައި އޭނަ ވާންޖެހޭ ޤުރުބާނީ އެނގުންވުމުން ޝަރަފްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ.
“ދެރަ ނުވާތި ޝަރަފް. ޝަރަފަށް މިއަދު އަފާފް ނުފެނުނަސް ދެން އަފާފް ފެންނަ ދުވަހަކުން އިރާދަކުރެއްވިއްޔާ ފެންނާނީ މާ އުފާވެރި ގޮތަކަށް. މިއަދަކީ ޝަރަފް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަންވީ ދުވަސް. އެއްވެސް މީހަކަށް ޝަރަފްގެ ބޯމަތިން ނުހިނގޭނެހާވަރު ކުރަންވީ ދުވަސް. އެއަށްފަހު މެދުކެނޑުމެއްނެތި އަފާފާއެކީގަ ހޭދަކުރާނެ ދުވަސްތައް ލިބިގެންދާނެ. އަފާފަށް މާ ގިނަ ދަތިތަކެއް ކުރިމަތިނުވެ ފަސޭހަކަމާއެކީ ދަރިފުޅު ލިބިގެންދާނެ. ޝަރަފް ބޭނުމެއް ނުވޭތަ އެގޮތެއް؟” ޝިނާޒް މަޑުމައިތިރި އަޑަކުން ޝަރަފާއި އަޅާލާ ފަދައަކުން ވާހަކަ ދެއްކިއެވެ. އެހެންކަމުން ޝަރަފަށް އެ ސުވާލުގެ ޖަވާބު ޔަޤީންވާން މާ ގިނައިރެއް ނުނެގިއެވެ.
“ބޭނުން.” ޝަރަފް އެހެން ބުނެލީ ސާބިތުކަން ވެރިވެފައިވި މޫނަކާއެކީގައެވެ.
އަފާފް ހޮސްޕިޓަލުން ދޫކޮށްލެވުނީ އޭގެ ހަފްތާއެއްހާ ދުވަސްފަހުންނެވެ. ހޮސްޕިޓަލުން ދޫކުރެވުނު ވަގުތު އަފާފްގެ ހިތަށް ވެރިވެފައިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. މިއީ އޭނަގެ ޙަޔާތުގައި ފެށިގެންދާ އާ ބާބެއްކަން އޭނައަށް އެނގުންވާ ފަދައެވެ. ހޮސްޕިޓަލުން ގެއަށް ދިޔަ މަގުމަތީގައިވެސް ދެން އޭނައަށް ވިސްނެމުން ދިޔައީ އޭނަ ދެން ކަންތައް ކުރާނެ ގޮތަކާއިމެދުގައެވެ. އޭނަގެ ޙަޔާތުގައި އައިސްފައި މިވާ ފައްތަރު ބަދަލުކުރުމަށްޓަކައި ކުރެވިދާނެ ކަމަކާމެދު އޭނައަށް ފިކުރު ކުރެވެމުން ދިޔައެވެ. ފިކުރު ކުރި ވަރަކަށް އޭނަގެ ޚިޔާލުތައް ޚުދު އޭނަގެ މަންމައާއި ބައްޕައާއި ދެކޮޅުވަމުން ދިޔަ ގޮތުން އޭނަ ޖެހިލުންވެސްވަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ވެސް އިޙްސާންތެރިވެ، ޙަޤީޤަތާއި ހަމައަށް ގޮސް ޝަރަފަށް ބޭއިންސާފުން ކަންތައް ވެފައިވާނަމަ އޭނައަށް އިންސާފުވެރިވުން މުހިއްމު ކަމަށް އަފާފަށް ނިންމުނެވެ.
އަފާފް ގެއަށް ދިޔައީ އެދުވަހުން ދުވަހަށް ވެސް އޭނަގެ ހިތަށްވެރިވަމުން ދިޔަ ކަންތައް ކުރަން ކަމަށްވިޔަސް، ގެއަށް ވަދެވުމާއެކު އޭނަގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ. ގޭގެ ސިޑިން އަރަން އުޅުނު ވަގުތު އޭނަގެ ހަނދާނަށް އައީ ކައިވެނީގެ ފުރަތަމަ ރޭ ޝަރަފް އޭނަގެ އަތްދަނޑިމައްޗަށް އޭނަ އުފުލައިގެން މައްޗަށް އެރި ގޮތެވެ. އެ ސިޑީގެ ކޮންމެ ހަރުފަތެއް ގިރާ ކުރަމުން ދިޔައިރު އޭނައަށް އެ މަންޒަރު އިއްޔެވީ ކަމެއްހެން ސިފަވަމުން ދިޔަ ފަދައެވެ. ސިޑިން އަރައިގެން ގޮސް ކޮޓަރީގެ ދޮރު ކުރިމަތީގައި އޭނައަށް މަޑުކޮށްލެވުނީ މިއީ އެތައް ދުވަހެއް ވަންދެން އޭނައާއި ޝަރަފް އެކީގައި ޙިއްސާކުރި ކޮޓަރިކަން އެނގުންވުމުންނެވެ. ލޯ މަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އަފާފް އެ ދޮރުގެ ތަޅު އަނބުރައި ހުޅުވާލިއެވެ. އެއަށްފަހު ލަސްލަހުން އެކޮޓަރިއަށް ވަދެ ވަށައި ބަލަންފެށީ މިއީ އޭނައަށް މުޅިން އާ ކޮޓަރިއެއްހެން ހީވާ ފަދައަކުންނެވެ. އެ ކޮޓަރިއާއި ގުޅިފައިވި ހަނދާންތަކުން އަފާފަށް އެއީ މުޅިން އާ ތަނަކަށް ވެފައިވި ފަދައެވެ. ކޮޓަރީގެ ކޮންމެ ކަނަކަށް ބަލާލުމުން ވެސް އޭނަގެ ޚިޔާލުތަކަށް ވެރިވަމުން ދިޔައީ އޭނައާއި ޝަރަފް އެކީގައި ހޭދަކުރި ވަގުތުތަކެވެ. ދެމީހުން އެކީގައި ކުރި ސަމާސާތަކެވެ. ހީލި ހިލުންތަކެވެ. އެ ޚިޔާލުތަކުގެ ތެރެއިން ޝަރަފްގެ ސޫރަ އޭނައަށް ސާފު ނުވުމުން ކުއްލިއަކަށް އެ ސޫރަ ދެކިލުމުގެ އެދުން އޭނަގެ ހިތުތެރޭގައި ބޮޑުވިއެވެ. ޝަރަފް އޭނައަށް ފެނިދާނެ ގޮތަކާމެދު ވިސްނާލުމުން އޭނަގެ ހަނދާނަށް އައީ ޝަރަފް އޭނަ ގާތު ބުނި ފޮޓޯ އަލްބަމްގެ ވާހަކައެވެ. ކައިވެނީގެ ރޭ ނެގުނު ފޮޓޯތައް އަލްބަމަކަށް އެއްކޮށްފައިވަނީ އަފާފްގެ ލޮލުގެ ފެނުން ލިބޭ ދުވަހަކުން އަފާފަށް އެ މަންޒަރުތައް ސިފަކުރެވޭނެހެން ކަމަށް އޭނަ ބުނެފައިވެއެވެ. އެ ހަނދާން އާ ކޮށްލަމުން އަފާފް ލަސްތަކެއް ނުކޮށް ގޮސް ހެދުން އަލަމާރި ހުޅުވާލިއެވެ. އަލަމާރީގެ އެ ބަޔަކީ ޝަރަފްގެ ބަޔަށްވެފައި އެ ބައި މުޅިން ހުހަށް ހުރި މަންޒަރު ފެނިފައި އަފާފްގެ މޭގައި ރިހުމެއް އުފެދުނެވެ. ޝަރަފް އެ އަލްބަމް ބޭއްވީ މަތީގައި ކަމަށް ބުނި ހަނދާންވެފައި އަފާފް މައްޗަށް އަތް އުފުލާލަމުން އެތާ މަތީގައި އަތް ޖެއްސިއެވެ. އެހެނަސް އެއްވެސް އެއްޗެއް އަތުގައި ނުޖެހުމުން އަފާފްގެ ހިތް މާޔޫސްވާން ފެށިއެވެ. އަފާފަށް ޤަބޫލު ނުކުރެވިގެން ދުރަށް ޖެހިވެސް އެ އަލަމާރީގެ މަތީ ބައިގައި އެއްޗެއް ހުރިތޯ ބެލުނެވެ. އެހެނަސް އެތާނގައި ހަމަ އެއްވެސް އެއްޗެއް ނެތްކަން ޔަޤީންވުމުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ޝަރަފް އޭތި ގެންދިޔައީ އޭނަ އޭތި ބަލަން ބޭނުން ނުވާނެކަމަށް ނިންމައިގެންތޯ ހިތަށްއެރިއެވެ. އޭނަ ޝަރަފާއި އެހާވެސް ދުރުވާން ބޭނުންވާހެން ޝަރަފަށް ހީވަނީ ހެއްޔެވެ؟ ހިތަށް ވެރިވާން ފެށި ސުވާލުތަކުން އަފާފްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެހެނަސް އަފާފް އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން ދެންވެސް އެ އަލްބަމް ފެނޭތޯ ހޯދިއެވެ. އަލަމާރީގެ ދެން ހުރި ބައިތައް ވެސް ހުޅުވައިގެންނެވެ. ކޮޓަރީގައި ހުރި އެހެނިހެން ކަބަޑުތަކާއި ވަތްގަނޑުތައް ވެސް ހުޅުވައިގެންނެވެ. އެއްވެސް ތަނަކުން އެކަހަލަ އެއްޗެއް ނުފެނުމުން އަފާފް އޭނަގެ ލެޕްޓޮޕް ހުޅުވައި ފޯނުން ވެސް ޝަރަފްގެ ފޮޓޯއެއް ފެނޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ލެޕްޓޮޕުން އެފަދަ ފޮޓޯއެއް ނުފެނުނު ތާނގައި އޭނަގެ ފޯނުވެސް ވަރަށް ފަހަކަށް ރީސެޓް ކޮށްފައިވުމުން އެއިން ވެސް އަފާފަށް އޭނަގެ ހިތުގެ އެދުން ފުރިހަމަ ކުރެވޭ ގޮތެއްނުވިއެވެ. މާޔޫސްވެފައިވި ހިތަކާއެކީ އަފާފް އޭނަގެ ގޮނޑިއަށް ލެނގިލި ވަގުތު ފާރުގައި ހަރުކުރެވިފައިވި ފެހި ކުލައިގެ ބޯޑު އޭނަގެ ލޮލުގައި އެޅިއެވެ. އެއީ ހަމަ ގައިމުވެސް އޭނަގެ ލޯ އަނދިރިވީފަހުން އެ ކޮޓަރިއަށް އައި އާ ބަދަލެކެވެ. އެ ބޯޑަކީ ޝަރަފާއި އަފާފާއި ދެމެދު ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ނިންމުނު ނިންމުމެކެވެ. އެއީ ދުވަހެއްގެ ތެރޭގައި ދެމީހުންކުރެ މީހަކު ކިޔާ ފޮތަކުން އެހެން ނޫނީ އަޑުއަހާ އެއްޗަކު ލިބޭ ޢިބްރަތެއް ލިޔެ، ހަރުކޮށްފައިވާ ބޯޑެކެވެ. ބޯޑުގެ އެކި ތަންތާނގައި ޝަރަފް ކުރަން ޖެހޭ ކަންތައް ލިޔެވިފައިވި ގަނޑުކޮޅުތައް ހަރުކުރެވިފައި ވިޔަސް، އެ “ހަނދުމަކޮށްދޭ” ބޯޑުގައި ގިނައީ އާޔަތްތަކާއި ޙަދީޘްތަކެވެ. އަފާފް ގޮނޑިން ތެދުވެގެން ގޮސް އެ ބޯޑަށް ރަނގަޅަށް ބަލާލިއެވެ. އެއާއެކު އޭނަގެ ލޮލުގައި އެޅީ އެންމެ ފަހުން ޝަރަފް އޭނައާއި ޙިއްޞާކުރި އިބްރާހީމް ސޫރަތުގެ އާޔަތެވެ. އެ އާޔަތުގައިވަނީ ﷲ ގެ ވަޢުދުފުޅެކެވެ. އެއީ ޝުކުރުވެރިވާނަމަ އެކަލާނގެ އިތުރު ކޮށްދެއްވާނެކަމަށް ބަޔާންކޮށްފައިވި އާޔަތެވެ. އެ ހިނދު އަފާފަށް ހީވީ އެ އާޔަތް އަމާޒުވީ ޚުދު އޭނައަށް ހެންނެވެ. ދާދި ދެންމެއަކު އޭނަގެ ހިތް ފުރިފައިވީ ހާދަ ގިނަ ޝަކުވާތަކަކުންނެވެ. ހާދަ ގިނަ ކަންތައް އޭނަގެ ޙަޔާތުގައި ނޭދެވޭ ގޮތަކަށް ގޮސްފައި އެބަވެއެވެ. އެހެނަސް ދާދި އިހަކަށް ދުވަހު އޭނައަށް މި ލިބިގެންދިޔައީ ހާދަ އުފާވެސްވާންވީ ނިޢުމަތްތަކެވެ. އެ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާލުމުން ހިތާމަކުރަން ހުރިއްޔާ އޭނައަށް އެ ހެދެނީ ހާދަ ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި އޭނަ އެ ނިޢުމަތްތަކަށްޓަކައި ﷲ އަށް ޙަމްދުކޮށް އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ އެކަލާނގެ އޭނައަށް އިތުރުކޮށްދެއްވާނެއެވެ. އެ ޚިޔާލު ހިތަށްވެރިވުމުން އަފާފްގެ ހިތުގައި މީގެ ދުވަސްތަކެއް ކުރިން އުފެދުނު ޢަޒުމް ވަރުގަދަވެގެން ދިޔައެވެ.
އެ ޢަޒުމް ފުރިހަމަ ކުރުމަށްޓަކައި އަފާފް އެންމެ ފުރަތަމަ ކަމަކަށް ބޭނުންވީ ޝަރަފާއި މެދު މަންމައާއި ބައްޕަގެ ނަޒަރިއްޔާތު ހުރިގޮތް ރަނގަޅަށް ދެނެގަންނާށެވެ. އެއަށްފަހު އެމީހުންގެ ފަރާތުން ވެސް ކަން ހިނގި ގޮތުގެ ތަފްޞީލެއް ހޯދާށެވެ. އެހެންކަމުން އެރޭ ކެއި ގަޑީގައި މަންމައާއި ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކަށް އަފާފް ފުރިހަމަ ސަމާލުކަން ދީގެން އަޑުއެހިއެވެ.
“ކިހިނެއްތަ މިހާރު އޮފީހުގެ ކަންތައް ދާގޮތް ހުސެއިން؟ ރަނގަޅު އެބަވޭތަ؟” ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއިން ޝާދިޔާ ސުވާލު ކުރި ސުވާލުކުރިއެވެ. އަފާފަށް އޭގެ ޖަވާބަކަށް އިންތިޒާރު ކުރެވުނީ ބައްޕަގެ ކުންފުނިތަކަށް ލިބެމުން ދިޔަ ގެއްލުންތަކުގެ ވާހަކަ އޭނައަށް ވެސް އިވިފައިވާތީވެއެވެ.
“އަދިއަކު ރަނގަޅެއްނުވޭ. މާދަމާ އަހުމަދާއި އޮސްޓްރޭލިޔާގައި އުޅޭ އޭނަގެ ބައިވެރިޔާ އައިމަ އަދި ގޮތެއްވާން އޮތީ. މޫސުން ގޯސްވުމުގެ ސަބަބުން މިކޮޅަށް އެމީހުންގެ ފުރުން ލަސްވީ. ކޮންމެ ގޮތެއްވިޔަސް ވަރަށް ބޮލަށް ފަސޭހަވެއްޖެ އެ ޝަރަފްއޭ ކިޔާ މީހާ އަހަރުމެންގެ ކުންފުންޏާއެކީ އެކުލަވާލި އެއްބަސްވުން އުވާލީމަ. ހެހެ…..އެ ފެށުނުކަމުގެ މޮޔަކަން އޭނަގެ ތެތްކަމެއްނެތް ސިކުނޑިއަށް އަދި ކިރިޔާ އެ ރެކާލީ.” ހުސެއިން އެ ދެއްކި ވާހަކައިންނާއި އެ ވާހަކަ މަލާމަތުގެ ރާގަކަށް ނިންމާލެވުނު އަފާފްގެ ނިތަށް ރޫއެރިއެވެ. އަފާފް ނުރުހުންވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޝަރަފް އެ އެއްބަސްވުން އުވާލިކަން އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ޝަރަފް އޭނައާއި ވަކިވުމުން އޭނަގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުން ވެސް ދުރުވީ ހެއްޔެވެ؟ އެހެނަސް އެއީ ހާދަ ނާދިރު ކަމެކެވެ. އެހެން ހިތަށް އެރިވަރުން އަފާފަށް ވާހަކަ ދެކެވުނެވެ.
“ޝަރަފް އެ ރިސޯޓް އެޅުން ހުއްޓާލީތަ؟” އަފާފަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. އެއާއެކު ޝާދިޔާއާއި ހުސެއިންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.
“ހުއްޓާނުލާ އޭނަ ކީއްކުރާނީ؟ އޭނަ ދެން ފައިސާ ހޯދަނީ އުޑުންތަ؟ އޭނަ ހުއްޓާލީކަމާމެދު ޝައްކެއްވެސް ނެތް. ހިތުން އަފާފް ރުއްސަންވެގެން އޭނަ އެހެންނޭ ކިޔައިގެންވެސް އުޅުނީ. ވަކި މާ ޞާލިޙުވެގެންނެއްނޫން.” ހުސެއިން ބުނެލިއެވެ.
“އެއީ ހަމަ ތެދެއް! އެހެންނޫނަސް ދެން އަފާފްވީ އޭނައާއި މެދުގައެއްނޫނޭ ވިސްނަން. އެއަށްވުރެ މާ ހަރުދަނާ މީހެއް އެބައާދޭ އަފާފްގެ ޙަޔާތަށް. އޭނައާއެކީ ދިރިއުޅުމެއް ފަށަން އަފާފް ތައްޔާރު ވާންވީ!” ޝާދިޔާ ބުނެލިއެވެ. އޭނަގެ އެ ވާހަކަ ނިމުނުތަނާހެން ހުސެއިން އެއީ ތެދެކޭ ބުނެލުމުން އަފާފަށް ވާހަކަ ދެކެވުނެވެ.
“މަންމާ….އަހަރެން މިއިނީ ބަލިވެއޭ! މި ޙާލަތުގަ އަހަންނަށް ކިހިނެއް މީހަކާ އިނދެވޭނީ؟” އަފާފް އޭނަގެ ނުރުހުންތެރިކަން ފޮރުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“ނުއިނަސް އޭނައާއި ވާހަކަ ދެކެވިދާނެއެއްނު ކައިވެނީގެ ކުރިން؟ އެއީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ބުނީ އަފާފްގެ ދަރިއަކު އޮތަސް މައްސަލައެއްނެތޭ. އެ ދަރިފުޅު އަމިއްލަ ދަރިއަކުހެން ބަލައިދޭނަމޭ.” ހުސެއިން ބުނެލިއެވެ.
“ބައްޕާ އަހަރެން ބޭނުމެއްނުވެއޭ އަހަރެންގެ ދަރިފުޅަށް އެހެން ބައްޕައަކު ހޯދާކަށް. ބޭނުންވަނީ އެ ދަރިފުޅަށް އެ ދަރިފުޅުގެ އަސްލު ބައްޕަގެ ލޯބި ލިބެން.” އަފާފް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.
“އަފާފް ހާދަ ހަނދާން ބައްޔޭ ދޯ؟ އޭނައާއި އަމިއްލައަށް ވަރިވީ ސަބަބުވެސް ހަނދާން ނެތިފަ ތިހިރީ. ބަލަ އޭނައަކީ އެހެން އަންހެނުންނާއެކީ ރޭތައް ހޭދަކުރަމުންދާ ފިރިހެނެއް. އެކަން ޤަބޫލުކޮށްބަލަ އަފާފް. އަފާފްގެ އެއޮތް ބޮޑު ސާޖަރީއެއް ހެދުނުއިރުވެސް އޭނަ ނާދޭ ބަލާކަށް ވެސް. ދަރިފުޅުގެ ޙާލެއްވެސް ނުބަލާ. ކުޑަމިނުން އޭނަ އަފާފަށް ގުޅާވެސް ނުލާ. ކުޑަމިނުން އަފާފަށްޓަކައި ޚަރަދެއްވެސް ކުރަނީއެއްނޫނޭ! އެކަހަލަ މީހުންމަތިން ކީއްކުރަން ހަނދާންކުރަނީ؟” ޝާދިޔާ ދޮގެއްގެ މައްޗަށް ދޮގެއް ހަދަމުން އަނެއްކާވެސް އަފާފަށް އޮޅުވިއެވެ. ޙަޤީޤަތަކީ ޝަރަފް އަފާފާއި ވަކިވީ ދުވަހުއްސުރެވެސް އަފާފަށްޓަކައި ފައިސާއާއި ހަދިޔާތައް ފޮނުވަމުން ދާ ކަމެވެ. އެހެނަސް އެ ހުރިހާ އެއްޗަކުން އަފާފް މަޙްރޫމް ކުރަމުން ދިޔައީ ޚުދު އެ ވާހަކަތައް ދައްކަމުންދާ މީހުންނެވެ. އެ ވާހަކަތައް އިވިފައި އަފާފްގެ ހިތް ދެރަވިއެއްކަމަކު އޭނައަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. ޝަރަފް ހަމަ އޭނައަށް އެއްވެސް އެއްޗެއް ނުފޮނުވައި ހުރެދާނެކަމެވެ. އޭނައަށް އިވޭ މިވާހަކަތަކުގައި ގޯހެއް ވާކަން އޭނައަށް ޔަޤީނާއި ގާތް ކުރެވުނެވެ. އެހެނަސް އޭނަ އެވަގުތު އެއްޗެކޭ ނުބުނީ ނުރުހުންތެރިކަމާއެކީ އޭނައަށް އޭނަގެ މަންމައާއި ބައްޕައާއި ވާހަކަ ދައްކަން ޖެހިދާނެތީވެއެވެ.
އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު އަފާފް ނުނިދައެވެ. ބަލިވެއިން ފަހުން ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެދުވަހުވެސް ހަށިގަނޑުގައި ވަރުބަލިކަމެއް އެކުލެވިއެއްކަމަކު އެދުވަހު އޮފީހަށްދާން އަފާފް ނިންމިއެވެ. އޮފީހުން ޝަބާއާއި ދިމާކޮށްލުމުގެ ނިޔަތުގައާއި، ޝަރަފްގެ ނަމާއި އަޅުވައިގެން އެ ކިޔޭ ހަނާވެސް ދެކިލުމުގެ ބޭނުމުގައެވެ. އޮފީހަށް ދިޔުމަށްޓަކައި ޝޯލް އަޅަމުން ދިޔަ ވަގުތު އިތުރު ޕިނެއް ބޭނުންވެގެން އަފާފް ޝޯލްގެ އެއްފަރާތުގައި ހިފަހައްޓައިގެން ހުރެ ރީތިވާ މޭޒުގެ އެކި ވަތްގަނޑުތައް ހުޅުވަން ފެށިއެވެ. އޭނަ ޢާއްމުގޮތެއްގައި ޕިން ބަހައްޓާފައި ހުންނަ ވަތްގަނޑުން ޕިން ނުފެނުމުން އޭނަ އެންމެ ތިރީގައި ހުރި ކުޑަ ވަތްގަނޑު ހުޅުވިއެވެ. އެ ވަތްގަނޑުން ވެސް އޭނަ ހޯދަން އުޅުނު އެއްޗެއް ނުފެނުމުން އަފާފް ވަގުތުން އޭތި ބަންދުކޮށްލަން އުޅުނެވެ. އެހެނަސް އެވަގުތު ލޮލުގައި އެޅި އެއްޗަކުން އަފާފަށް އެ ވަތްގަނޑުގެ ތެރޭގައި އޮތް އެ އެއްޗަށް ބަލަހައްޓައިގެން ހުރެވުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
61 Comments!
Comments are closed.







Assalaam’alaikum. varah masakkathun mee mirey liyevunu varu. vvv kuruvyma jana ves mihiry dheravefa. ekamaku In Sha Allah maadhamaa haveeru mi bai dhiguvegen dhaane. 🙂 kiyuntherin understand vaane kamah ummeedhu kuran.
jana aai ekuverivaan beynunvaa kiyuntheriaku huri nama mi page ah msg eh kollun edhen. In sha Allah jana reply kuraanan
https://www.facebook.com/Asr-1445208739121696/
fb ga noolhey nama jana ge number ah request koh 7997991 ah msg eh kollun edhen. jana ah thiya kiyuntheriyaage number libunu haa avahakah msg eh kollaanan. In Sha Allah 🙂
Haadha kurey
dho bulhaa? :/
Jana fahipay ge number eh nun thw eii ?
hehe….nooney. ey esfiya admin ge number 🙂
Jana aky esfiya ge admin tha??????????????
haadha bireh ganefaey 😛 hehe….jana mee esfiya admin eh noon. esfiya admin through koh kiyuntheringe numbertuthah hoadhany. 🙂 jana ge number mithaanga nujahanvegen hope this clarifies! 😀
Masha allah. V.nice
Alhamdhulillah! (All praise and thanks belong to Allah) 🙂
Masha Allah.. vvvv reethi mi part ves… jana ge stories thah v unique aslu.. adhi ehaame ibraih theri… i just luve ur stories?
Alhamdhulillah! Blackaholic ah faidhaa eh kuriyya thee libey varah bodu hiyvvareh. Alhamdhulillah! 😀
Masha Allah mi baives vvv reethi ekamaku jana mi bai haadha kurey
dho Xaan. mihaaru dhigu koffin. ekamaku adhives jana beynun hisaabakah noon genesdhevifa miothy…
As usual mi part vx hama v v v reethi ???… Kurakas story up kola dhinyma v v v ufaavehje ???… Time vaavarakun thaa dhw story liyeveyny ???… Eagerly waiting for the next part ???… Keep up the good work jana ???…
Alhamdhulillah! Jazaakillah Khairan for understanding shifoo 😀 Next part saturday ga In Sha Allah 🙂
v v v reethi
Alhamdhulillah! 🙂
Still want to read!!
Really interesting. Thats how we struggle . ..yet some point it helps lot.
yes sister so true. Alhamdhulillah for every situation that Allah puts us through <3
Voice kuraa kudhin vaahaka kiyaifin tha? Thu’thu dahtha
???
masha allah.
😀
mi story vvvv reethi
mi vahaka nimmaalaafa v avaha anekkaves jana ge vahaka eh kiyaalan libeyne kama ummeedhu kuran 🙂
Alhamdhulillah! In Sha Allah kiyaalan libeyne lahun viyas 😀
Maa sha allah.. vrh reethi mi part ves.. 🙂
Alhamdhulillah! 😀
asluves haadha kurey… but v, nice
mihaaru dhigu vaane ingey kiyaa 🙂 Alhamdhulillah! 😀
Ma sha allah.. Vv reethi mibaives..dhigukoffa upkollaane iregge inthizaaruga page refresh kolla kolla mi indhevenee..?
Alhamdhulillah! hehe….Xish v bodah maafah edhen ingey dhiguvun lasveema. mirey aslu jana dhaan oiy thanun avahah aadhevunyma avahah up koh midhevuny Alhamdhulillah! jana hiyhama jehey varakah noon adhives genesdhevifa mihiry ekamaku mirey balivegen hama huttaalan jehuny. *sigh* Maai Allah alhamennah furihama sihhatheh dhevvai veehaaves gina heyo kanthah kurumuge qaabilkan alhamennah dhevvaashi. Ameen!
Assalaam’alaikum. miadhu geah aissure hama vaahaka aaigen miulheny. ekamaku heevany mirey 11 aa 12 aa dheytherey hen up kureveyny. jana irukolheh fahun thanakahves dhaan eba jehey. geah aadheveynyves varah lahun. ehenvyma up kureveyny ehaa hikah haairu kan angaaladhen In Sha Allah 🙂
V nice avahan up konla denjey mi in nani vaaha kaige inti zaaruga
Alhamdhulillah! bunefa oiy varah vure avahah dho up mivy? 😀
Maasha Allah v. Furihama…
❤️
Alhamdhulillah! 😀 <3
Assalaam’alaikum. dhen oiy bai up vaany saturday ga In Sha Allah. mi bai mi genesdhevuny jana beynunvaa hisaabah nuvyma ebai fahu bayah nuveves hingaidhaane. ekamaku vaahaka dhen varah avahah nimeyne In Sha Allah.
mi bayaa gulhey fb post thah ves hurihaa kiyuntherin kiyaalumaky varah bodu edhumeh In Sha Allah. fb post thah maadhamaa genesdheveytho masakkaiy kuraanan In Sha Allah. Jazaakumullah Khairan!
Janaa yan tunu fili vis numen den vasie aamin unmidu kurani ehen vaahaka eh liyaa neyaman mi vaahaka nimumun maasha Allah
Ameen! Maai Allah alhamen emmennah thoonu fili visnumeh dhevvai alhamennaky e visnumuge beynun emme heyo gothugai hifaa bayaku kamugai lavvaashi! Ameen!
In Sha Allah masakkaiy kuraanan jana mifadha vaahaka thah liyamun gendheveytho 🙂
Dhen faharakun part dhigu nukoh aa part eh dhigukoh genayyaa kanneynge rangalhu vaany. Mihaaru vs hyvany Hama kuda thankolheh kiyaalevey hen. Avahah up kohdheeba. Abadhu beleny mi story inthw. Please jana.
i know the feel Lulua. 😛 jana ves ehdhuvasvaregga varah vaahaka kiyai ulhunythy. hehe…dhen balaanan dhigu kuran nujehi dhigukoh genesdheveytho In Sha Allah. mirey nidhaany ves maadhamaa ge bai liyan fashaafa In Sha Allah. 🙂 vaahaka reethi veevarah Lulua ah faidhaa eh kuraa kamah ves ummeedhukuran 🙂
Alhamdhulillah… Jazaakillah Khairan… vaahaka dhigukohla dhineema… v ufaavehje
Baarakallah Laki! <3 varah ufaavejje kiyaa ufaaveekan engunyma 😀
Masha allah v furihama.
Ekam “loluha elhi eh chakun”mihen othiyy ma ehaa eh noon kan nyge dhw dear.ok vaane kan nyge ” loluga alhaa gen eh chakun” mihen innyma. Avah shifaa akah edhen jana ah.v beynun adhi vex kiyaalan . ummeedh kuran avahah up vaane kamah. alhamen nah kehtheri kan dheh vaashi….
Bahjaveri dhuvahakan edhen huriha ahunna uhuthun nah .v salaam???
hmm Friends, jana handhaan bahattaanan thi thankolhu. Aslu kiyuntherin migothah bunedhey than thankolhun jana ah dhivehi bahuge qavaaidhu dhasvefa hunnany. 😀 hehe…..jana mirey rangalhu Alhamdhulillah! ehaa bura dhuvahakah nuveema kanneynge. 🙂 maadhamaa avahah up kureveytho masakkaiy kuraanan In Sha Allah <3 <3 <3
Salaam?
V reethi story ehmeeves vaahaka nimen dhen kiyaala kiyaala inna hin vanee
Alhamdhulillah! hehe….thihenvejjeyya mi balany avahah vaahaka nimmeytho 😉
Maa sha allah.. varah reethi mi part ves… Aslu aharemennah neyngeny aharemenge dheenaky kihaa furihama dheeneh kan.. ekan kiyuntherinnah visnai dhinumattakkaa jana thi kuraa bura masakkathah varah bodah shukuriyyaa.. aammukoh beynun kura lafzu thah ves aharemenge islaam dheenuga ovey eyah vure maa furihama koh.. efadha gina Ibaaraaiyy thakeh jana ge vaahaka thakuge zareeaain noony jana kuraa comment thakun kiyuntherinnaa hissaa kuraane kamah ummeedhu kuran.. 🙂 Alhamdhulillah.. kuriyah huri Bai thah ves kaamiyaabu kamaai eku kiyaalan libeyne kamah ummeedhu kuran.. Jazakallah khair… 🙂 alhamennaky hidhaayaiyy libigen vaa bayaku kamugai lavvaandheyve, adhi alhamennah hidhaayaiyy ithuru kohdhevvaandheyve.. Aameen.. 🙂 <3 <3 <3
Ameen ya Rabb!
Alhamdhulillah! GIRL thi dhekki vaahaka thakaa jana ves ebbas. asluves aharumennah neyngey mi dheen kihaa furihama kan. engununama kommeves gothakun mi dheenattakai kameh kuran beynunvees. ey kaireegai jehigen hunna ekuveri akaa samaasaa egge gothun naseyhatheh hissaa kollun viyas. aharumenge therein hama gina bayakah hama neyngeny. adhi ethah kamakun mashghoolu vevey mi zamaanugai aharumenge therein gina bayaku adu ahan ves beynumeh nuvany. jana mi vaahaka thah liyan feshi baeh sababu thah mee. ummeedhaky adu ahan beynun nuvaa meehegge hithah ves vaahakaige therein Allah ge iraadhafulhun handhuma vun.
In Sha Allah GIRL thi dhin suggestion ves qabool kuran. efadha ibaaraaiy thah ves himanai e ibaaraaiythakuge reethikan sifakureveytho kuriah oiy thanuga masakkaiy kuraanan. Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen!
Moreover, varah varah furihama mi vaahaka.. keep it up!!!! 🙂 <3<3<3
Alhamdhulillah! <3
FB Post (English)
In Suratul Baqarah, Allah describes a group of people whose hearts became hard. And strangely, He starts describing different kinds of rocks in the very next ayah. In that ayah, Allah describes that there are some rocks from which entire rivers burst out. And there are other rocks from which only a little bit of water comes out. And then there are other rocks that fall from the fear of Allah.
Now you might assume that Allah is perhaps teaching a lesson of the science of rocks. Except, He swt is not just talking about rocks when He describes them. Through this example of rocks, Allah is actually describing different kinds of hearts. So let’s look at each of those ‘rocks’ one by one and see which kind of heart we have.
The first kind of rock that Allah describes is the type of rock from which entire rivers gush out. This kind of heart is like the heart of Abu Bakr (RA). He was an intellectual person who had realized that there has to be more to life than just the respect and glamour of this world. So when the message of Islam was presented to him, it didn’t take much for him to become muslim. Because he was already thinking about the purpose of life. And he had the decency within him to realize that this is nothing but the truth. His heart was so full of iman already that it took very little to shake the rock and to see rivers come forth.
The second kind of rock is like the heart of Umar (RA). The kind of rock that has to be split open for the water to come out. Just like Umar (RA), who only accepted Islam after he got hit with a traumatic experience. He hit his sister and he saw the blood of his sister on his own hand. His heart was rattled at that moment. And the iman came out. The water came out. When he was reminded with the words of his Master, right at that moment.
What we learn from this is that some people will come to Islam through an intellectual journey. They are deep thinkers and they are already looking for something meaningful before they hear the Truth. When their hearts do come into contact with the Truth, they immediately believe and their eyes start overflowing with tears. Just like the rivers that come out of the rocks. But then there are other people who are distracted in life. All they can think of is the temporary pleasure of this world. All they can think of is the next movie, the next episode, the next profile picture, the next trip abroad, the next vacation etc….For these people, they may not want to hear the Quran when they are engaged in one of their pleasures. But when Allah tests them with hardship, with a painful disease, loss of wealth, loss of a family member, their hearts are shaken, and iman comes out. You start seeing tears in their eyes when they pray and when they make dua. And those tears remain as they are when they realize that its only Allah brings them out from hardships.
If you could not relate to either of the rocks described above, perhaps the third one is yours. Allah says that there are some rocks that fall from the fear of Allah. You can imagine the rocks slipping down from a mountain. Now this time, there is no mention of water. This means there is no iman seen from the outside of these rocks. But still these rocks are fearing Allah. The people who have this kind of heart, do realize that Islam is the truth. And they submit to the commands of Allah as much as they can. They pray and they try their best to stay away from haram. They keep falling into sajdha in prayers just like the rocks are falling. But you may not see tears in their eyes. Because their hearts have not tasted the sweetness of faith yet. But there is hope for these people as well. Because when the rocks fall and eventually hit the ground, what will happen? They will split open and the water will come out. Subhaanallah!
So if you find yourself to be the third kind of person, where you are trying you fear Allah even if it’s a little, you fear him when you fall into sin or fall short in your worship, just keep turning to him. Keep falling into sajdha. Because you never know when your heart will split and water will come out.
May Allah make us of those whose hearts are fill with iman. Ameen!
FB Post (English)
لَئِن شَكَرْتُمْ لَأَزِيدَنَّكُمْ
“….And if you are grateful, I will surely increase you….” Surah Ibrahim, ayah 7
Subhaanallah this ayah makes me feel so nostalgic. This is one of the first ayahs that I had learned in detail when I hadn’t known anything about tafseer or arabic. And Subhaanallah what an amazing ayah to start your Quran journey with, when you yourself are going through a hard time.
To appreciate this ayah let’s look at where these words were said and by whom. These words were actually said by Musa (AS) to his people, Bani Israel. And if you know the story of Bani Israel you would know that they were tormented in the time of Firaun. Bani Israel were enslaved by Fir’aun. He used to kill their baby boys every other year. This is very easy to say. But imagine the pain of the parents, who had to look at their babies being slaughtered right in front of their eyes, and not being able to do anything about it.
But by the Will of Allah, Bani Israel are saved from the clutches of Fir’aun when Musa (AS) parts the sea with his staff, and they walk across the sea while Fir’aun gets drowned.
After the whole ordeal, Musa (AS) is left with this huge number of people whose hearts are scarred. Scarred because of the suffering they had gone through for such a long time. And it’s not like all the problems are solved now. They are stuck in the middle of a desert with no utilities. They are likely to die after a few days because of the lack of food and water. So Musa (AS), being the messenger sent to them, has to address all of them. He has to tell them something that will give them hope and encourage them. What do you think he would say? To have patience? To accept the qadr of Allah? To be happy with what Allah decreed?
He says none of this. And instead, tells them about a promise that Allah revealed to him. He says
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
” And [remember] when your Master proclaimed, ‘If you are grateful, I will surely increase you [in favor]; but if you are ungrateful, indeed, My punishment is severe.’ ” Surah Ibrahim ayah 7
Wait, grateful? Wasn’t that the last thing that we were expecting? How can you expect a group of people who were tortured for years, whose babies were killed for such a long time, to be grateful? And now especially when they don’t even have their basic needs met. How in the world can they be grateful?
But through this promise Allah is teaching us a huge lesson. And the lesson is that we can’t have patience without some amount of gratitude. And no matter how hard the times are, there will always, always be something to be grateful for. And if we are grateful, what does Allah say. He says that He swt will absolutely and definitely increase you. I added those two words because of the Arabic of the ayah. The لَ and shahdhaa on the ن gives emphasis to the meaning of لَأَزِيدَنَّكُمْ. What Allah is saying is that even if we show a single instance of gratitude He will surely and absolutely increase us. Increase us in what? He swt did not specify it. Because different people need increase in different things. Some need in increase in wealth. Some need increase in iman and in guidance. Some need increase in health. Some need increase in knowledge, increase in wisdom, increase in contentment and all of it. And Allah is most knowing of what each and every one of us need increase in.
So if you are going through a hard time, think of the favours that your Master has already given you. Be it the roof over your head, the food on your plate, the other luxuries you have, the breath that you just took or the heart that is beating inside your chest. Think of them deeply and ask yourself how you would be without those favours that have already been given to you by your Master. Feel that moment of gratitude. And then be hopeful of the increase that your Master has promised you.
May Allah make us of those who are grateful to Him and hence make us worthy of being increased. Ameen!
FB Post (Dhivehi)
ބަޤަރާ ސޫރަތުގައި ހިތް ހަރު ވެގެން ދިޔަ ބައެއްގެ ވާހަކަ ﷲ ސިފަކުރައްވާފައިވެއެވެ. ޙައިރާންކުރުވަނިވި ގޮތަކަށް އެއާއި ޖެހިގެން އައި އާޔަތުގައި ދެކެވިގެން ދަނީ ހިލަތަކެއްގެ ވާހަކަތަކެވެ. އެ އާޔަތުގައި ﷲ ސިފަކުރައްވާފައިވަނީ އެ ހިލަތަކުން ކޯރުތައް ނިކުމެގެން އަންނަ ހިލަތަކެއްގެ ވާ ވާހަކައެވެ. އަދި ބައެއް ހިލަތަކަކީ، އެ ހިލަތައް ފަޅިފަޅިވެގެން ގޮސް ފެން ނިކުންނަ ހިލަތަކެވެ. އަދި އަނެއްބައި ހިލަތަކަކީ ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަތަކެވެ.
މި އާޔަތުގައި ﷲ އަހަރުމެންނަށް އުނގަންނައިދެއްވަނީ ހިލަތަކަކާބެހޭ ޢިލްމެއްހެން އަހަރުމެންނަށް ހީވެދާނެއެވެ. އެހެނަސް ހިލަތަކެއްގެ ވާހަކައިގެ ތެރެއިން އެދެކެވެނީ ހަމައެކަނި ހިލަތަކެއްގެ ވާހަކައެއް ނޫނެވެ. އެ މިސާލުން ﷲ ސުބްޙާނަހޫ ވަތަޢާލާ ސފަކުރައްވަނީ ތަފާތު ވައްތަރުގެ ހިތްތަކެވެ. ތިބާގެ ހިތަކީ ކޮން ކަހަލަ ހިތެއްތޯ ބެލުމަށްޓަކައި މި އެކި ވައްތަރުގެ ހިލަތަކަށް ބަލާލަމާ ހިނގާށެވެ.
ފުރަތަމަ ވައްތަރުގެ ހިލައަކީ އެ ހިލައަކުން ފެން ކޯރުތައް ނިކުމެގެން އަންނަ ހިލަތަކެވެ. މި ފަދަ ހިލަތަކެއްގެ މިސާލަކީ އަބޫބަކުރު ރަޟިޔަ ﷲ ޢަންހު ގެ ހިތްޕުޅުގެ މިސާލެވެ. އިސްލާމްވެވަޑައިގަތުމުގެ ކުރިން ވެސް، މި ދުނިޔެއަކީ ހަމައެކަނި ޢިއްޒަތާއި ލައްޒަތުގެ ތަނެއް ނޫންކަން ވިސްނޭ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ. އެހެންކަމުން އިސްލާމް ދީނުގެ ވާހަކަ އެކަލޭގެފާނަށް އިވިވަޑައިގަތުމާއެކު އެކަލޭގެފާނު އިސްލާމްވެވަޑައިގަތެވެ. އެހެނީ ޙަޔާތުގެ ޙަޤީޤީ މަޤްޞަދާއިމެދު އޭގެ ކުރިން ވެސް އެކަލޭގެފާނު ވިސްނަވާވަޑައިގަތެވެ. އަދި އިސްލާމް ދީނަކީ ޙައްޤު ދީންކަން ދެނެގަތުމަށްޓަކައި އެކަލޭގެފާނުގެ ކިބައިގައި ރިވެތި އަޚްލާޤާއި ސުލޫކުވިއެވެ. އެކަލޭގެފާނުގެ ހިތް އޭރުވެސް އީމާންތެރިކަމުން ފުރިފައިވުމުން އެ “ހިލަ” ފަޅައިގެން ގޮސް ކޯރެއްފަދައިން އެ އީމާންތެރިކަން ނިކުމެގެން އައުމަށް މާ ބޮޑު ޙާދިސާއެއް ބޭނުމެއްނުވިއެވެ.
ދެވަނަ ވައްތަރުގެ ހިލައިގެ މިސާލަކީ ޢުމަރު ރަޟިޔަ ﷲ ޢަންހުގެ ހިތްޕުޅުގެ މިސާލެވެ. ހިލަ ފަޅިފަޅިވެގެން ގޮސް ފެން ނިކުންނަ ހިލައެވެ. ހިތަށް ލޮޅުމެއް އަންނަ ފަދަ ޙާދިސާއަކަށްފަހު އިސްލާމްވެވަޑައިގަތް ޢުމަރު ރަޟިޔަ ﷲ ޢަންހު ފަދައިންނެވެ. އެކަލޭގެފާނުގެ އަމިއްލަ އަތްޕުޅުން އަމިއްލަ އަންހެން ކޮއްކޯފުޅަށް އަނިޔާއެއް ދެވުނު ހިނދެވެ. އެވަގުތު އެކަލޭގެފާނުގެ ހިތްޕުޅަށް ލޮޅުމެއް އައެވެ. އެހެންކަމުން އެވަގުތު އެ ހިތްޕުޅުން “ފެން” ނިކުމެގެން އައެވެ. އީމާންތެރިކަން ނިކުމެގެން އައެވެ. އެ ވަގުތުގައި އެކަލޭގެފާނަށް ﷲ ގެ ބަސްފުޅު އިވިވަޑައިގަތުމުންނެވެ.
މިއިން އަހަރުމެންނަށް ލިބޭ ފިލާވަޅަކީ ބައެއް މީހުން އިސްލާމްދީނަށް ވަންނާނީ ވިސްނުންތެރި މަގަކުން ކަމެވެ. އެމީހުންނަކީ ޙައްޤުގެ ބަސް އިވުމުގެ ކުރިން ވެސް ފުންކޮށް ވިސްނައި ކޮންމެވެސް މާނައެއް ހުރި ކަމެއް ހޯދަން މަސައްކަތް ކުރާ މީހުންނެވެ. އެމީހުންގެ ހިތްތަކަށް ޙައްޤުގެ ބަސް އިވިގެން ދިޔުމާއެކު އެމީހުން އީމާންވެއެވެ. އަދި އެމީހުންގެ ލޯތައް ކަރުނުން ފުރި ބަންޑުން ވާން ފަށައެވެ. އެ ހިލަތަކުގެ ތެރެއިން ކޯރުތައް ނިކުމެގެން އަންނަ ފަދައިންނެވެ. އެހެނަސް ބައެއް މީހުންނަކީ ޙަޔާތުގައި ދުނިޔޭގެ އެކި ކަންކަމަށް ގޮސް ގެއްލިފައި ތިބޭ މީހުންނެވެ. އެމީހުންނަށް ވިސްނޭ ހަމައެކަނި ކަންތައްތަކަކީ މި ދުނިޔޭގެ ވަގުތީ އުފާތަކެވެ. އެމީހުންނަށް ވިސްނޭނީ ދެން ނިކުންނަ ފިލްމެއް، ދެން ނިކުންނާނެ އެޕިސޯޑެއް، ދެން އަރުވާނެ ޕްރޮފައިލް ޕިކްޗާރއެއް، ދެން ދާނެ ޤައުމެއް އެހެން ނޫނީ ދެން ލިބޭނެ ޗުއްޓީއަކާއި މެދުގައެވެ. މިފަދަ މީހުން އެމީހުންގެ ވަގުތީ އުފާތަކަށް ގެއްލިފައިވާ ވަގުތެއްގައި ޤުރުއާނުގެ ވާހަކައެއް ދައްކަން މަސައްކަތް ކޮށްފިނަމަ އެމީހުން އަޑެއް ނާހާނެއެވެ. އެހެނަސް ގެއްލިގެންދާ މުދަލެއްގެ ސަބަބުން، އެހެންނޫނީ ޖެހޭ ވޭންދެނިވި ބައްޔެއްގެ ސަބަބުން، އެހެންނޫނީ ގެއްލިގެންދާ ޢާއިލާ މެންބަރެއްގެ ސަބަބުން ﷲ އެމީހަކު އިމްތިޙާން ކުރައްވައިފިނަމަ އެމީހެއްގެ ހިތަށް ލޮޅުމެއް އާދެއެވެ. އެއަށްފަހު އީމާންތެރިކަން ނިކުމެގެން އާދެއެވެ. އެމީހުން ނަމާދު ކުރާއިރުގައާއި ދުޢާ ކުރާއިރު އެމީހުންގެ ލޯތަކުން ތިބާއަށް ކަރުނަތައް ފެންނަން ފަށައެވެ. އަދި އެ އިމްތިޙާން ނިމުމުން ވެސް އެ ކަރުނަތައް އެގޮތުގައިވަނީ، އުނދަގޫކަމުގެ ތެރެއިން ފަސޭހަކަމަށް ނެރުއްވަނީ ހަމައެކަނި ﷲ ކަން އެމީހުންނަށް އެނގުންވާތީވެއެވެ.
މަތީގައި ބުނެވެދިޔަ ދެ ވައްތަރުގެ ހިލައާއި ތިބާއާއި އެއްވެސް ގުޅުމެއް ނުވާނަމަ މި ތިންވަނަ ވައްތަރުގެ ހިލައަކީ ތިބާގެ ހިތުގެ މިސާލު ކަމަށްވެދާނެއެވެ. ﷲ ވަޙީކުރައްވާ ގޮތުގައި އެކަލާނގެއަށް ބިރުވެތިވުމުގެ ސަބަބުން ފައިބައިގެންދާ ހިލަތަކެއް ވެސްވެއެވެ. އެ ހިލަތައް ފަރުބަދައެއްގެ މަތިން ކައްސައިގެން އަންނަތަން ތިބާ ޚިޔާލަށް ގެންނާށެވެ. މިފަހަރު އެ ގާތުގައި ފެން ހުރި ވާހަކައެއް ނެތެވެ. މާނައަކީ މި ހިލަތަކުގެ ބޭރުފުށުން އީމާންތެރިކަމެއް ނުފެނެއެވެ. އެހެނަސް މި ހިލަތައް ﷲ އަށް ބިރުވެތި އެބަވެއެވެ. މި ހިލަތައް ފަދަ ހިތްތަކެއްގެ ވެރިންނަކީ އިސްލާމްދީނަކީ ޙައްޤު ދީންކަން ވިސްނިފައިވާ މީހުންނެވެ. އަދި އެމީހުން އެމީހުންނަށް ވީ ވަރަކުން ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެއެވެ. އެމީހުން ނަމާދުކޮށް، ޙަރާމް ކަންތައްތަކުން ދުރުވެ ތިބުމަށް ގަދަ އަޅައި މަސައްކަތް ކުރެއެވެ. އެމީހުން ކޮންމެ ދުވަހަކު ނަމާދުގައި ސަޖިދައަށް ތިރިވެގެން ދެއެވެ. ފައިބައިގެން އެ އަންނަ ގާތަކެއް ފަދައިންނެވެ. އެހެނަސް އެމީހުންގެ ލޮލުން ތިބާއަށް ކަރުނަތައް ނުފެނިދާނެއެވެ. އެހެނީ އެމީހުންގެ ހިތްތަކަށް އަދި އީމާންތެރިކަމުގެ ފޮނިކަން އިޙްޞާޞެއް ނުކުރެވެއެވެ. އެހެނަސް މި މީހުންނަށްޓަކައި ވެސް އުއްމީދެއްވެއެވެ. އެހެނީ، އެ ހިލަތައް ފައިބައިގެން ގޮސް ބިންމަތީގައި ޖެހުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެ އެއްޗެހި ފަޅައިގެން ގޮސް ފެން ނިކުމެގެން އަންނާނެއެވެ. ސުބްޙާނަ ﷲ!
އެހެންކަމުން ތިބާއަކީ އެ ތިންވަނަ ވައްތަރުގެ މީހަކަށް ވާނަމަ، ތިބާއަކީ ފާފައެއް ކުރެވުމުން އެހެންނޫނީ ކުރަންޖެހޭ ވަރަށް ﷲ އަށް އަޅުކަން ނުކުރެވުމުން އެކަލާނގެއަށް ބިރުވެތިވާ މީހަކަށްވާނަމަ ތިބާ އެކަލާނގެއަށް ތައުބާވުމުގައި ދެމިހުންނާށެވެ. ސަޖިދައަށް ތިރިވަމުން ގެންދާށެވެ. އެހެނީ ތިބާގެ ހިތް، އެފަދަ ހިލައެއްފަދައިން ފަޅައިގެން ގޮސް ފެން ނިކުމެގެން އަންނާނީ ކޮން އިރަކުން ކަމެއް ތިބާއަކަށް ނޭނގެއެވެ.
މާތް ﷲ އަޅަމެންގެ ހިތްތަކަކީ އީމާންތެރިކަމުން ފުރިފައިވާ ހިތްތަކެއް ކަމުގައި ލައްވާށި! އާމީން!
FB Post (Dhivehi)
لَئِن شَكَرْتُمْ لَأَزِيدَنَّكُمْ
“…. ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ….” ސޫރަތް އިބްރާހީމް، 7
މި އާޔަތަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އާޔަތެކެވެ. އެހެނީ މިއީ އަޅުގަނޑަށް ޤުރުއާނުގެ ތަފްޞީލީ މާނަތަކާއި ޢަރަބި ބަހާއި ބެހޭގޮތުން އެއްވެސް ވަރަކަށް ނޭނގެނީސް އެންމެ ފުރަތަމަ އުނގެނުނު އާޔަތެވެ. މިއީ ތބާވެސް ޤުރުއާނާއެކީ ދަތުރެއް ފަށަން ރަނގަޅު އާޔަތެކެވެ. ވަކިން ޚާއްޞަކޮށް ތިބާ ހިތްދަތިކަމެއްގެ ތެރޭގައި ވާނަމައެވެ.
މި އާޔަތުގެ ފުރިހަމަކަން ދެނެގަތުމަށްޓަކައި މިއީ ކޮން ތަނެއްގައި ކާކުގެ ދުލުން ބުނެވުނު ބަސްތަކެއްކަން ދެނެގަންނަމާ ހިނގާށެވެ. މިއީ މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުން، ބަނީ އިސްރާއީލުގެ މީހުންގާތު ވިދާޅުވި ބަސްތަކެވެ. ބަނީ އިސްރާއިލުގެ ވާހަކަ ތިބާއަށް އެނގޭނަމަ، ފިރުޢައުނުގެ ދަށުން އެމީހުން އަޅުންގެ ގޮތުގައި އުޅުނު އިރު އެމީހުންނަށް ކުރިމަތިވި އިމްތިޙާނާއިމެދު ތިބާއަށް އެނގޭނެއެވެ. ފިރުޢައުނު އެމީހުންގެ ތުއްތު ފިރިހެން ދަރިން މަރަމުން ދިޔައެވެ. މިއީ ބުނެލަން ފަސޭހަ ބަސްތަކެވެ. އެހެނަސް އެބައެއްގެ ލޯ ކުރިމަތިން އެބައެއްގެ ތުއްތު ދަރިފުޅު ކަތިލެވިގެންދާ މައިންބަފައިންގެ ހިތަށް ކުރާނެ އަސަރު ތިބާ ތަޞައްވުރު ކުރާށެވެ. އެ ދަރިފުޅު ސަލާމަތް ކުރަން އެމީހުންނަށް އެއްވެސް ކަމެއް ނުކުރެވޭ ޙާލުގައެވެ.
އެހެނަސް ﷲ ގެ އިރާދަފުޅުން ބަނީ އިސްރާއީލުގެ މީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްވެއެވެ. މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ޢަސާކޮޅުން ކަނޑު ދެބައިކުރެއްވުމުން އެމީހުންނަށް އެ ދެބައިގެ މެދުން ކަނޑު ހުރަސްކުރެވޭ ހިނދު ފިރުޢައުނު ޢަރަޤުވެގެންދެއެވެ.
މި ހުރިހާ ކަމަކަށްފަހު، ހިތްތައް ޒަޚަމްވެފައިވި ގިނަ ޢަދަދެއްގެ ބަޔަކާއި މޫސާ ޢަލައިހިއްސަލާމް ކުރިމަތިލާން ޖެހެއެވެ. އެ ޒަޚަމްތަކަކީ އެތައް ދުވަހެއް ވަންދެން އެމީހުން ތަޙައްމަލުކުރި ވޭންތަކެއްގެ ސަބަބުން ލިބިފައިވި ޒަޚަމްތަކެވެ. އަދި އެވަގުތު ވެސް ހުރިހާ މައްސަލައެއް ޙައްލުވީއެއްނޫނެވެ. ފިރުޢައުނުގެ ކިބައިން ސަލާމަތްވުމަށްފަހު ވެސް އެމީހުންނަށް ތިބެވުނީ ސަހަރާއެއްގައެވެ. ކާނާއާއި ބޯނެ ފެން މަދުވުމުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމީހުން މަރުވެދާނެކަން އެމީހުންނަށް ވިސްނިފައިވެއެވެ. މި ވަގުތުކޮޅުގައި މޫސާ ޢަލައިހިއްސަލާމް އެމީހުންނަށް ނަޞޭޙަތްކޮޅެއް ދެއެވެ. މި ނަޞޭޙަތުގައި ހިމެނޭނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ އެކަލޭގެފާނު އަންގަވާނީ ކެތްތެރިވުމަށް ހެއްޔެވެ؟ އެހެން ނޫނީ ﷲ ގެ ޤަދަރު ޤަބޫލުކުރުމަށް ހެއްޔެވެ؟ އެހެންނޫނީ ﷲ އިރާދަކުރެއްވި ގޮތާއިމެދު އުފާކުރުމަށް ހެއްޔެވެ؟
މޫސާ ޢަލައިހިއްސަލާމްގެ ނަޞޭޙަތް ކޮޅުގައި މީގެ ތެރެއިން ވާހަކައެއް ނެތެވެ. އޭގެ ބަދަލުގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ގެ ވަޢުދުފުޅެއްގެ މަތިން މޫސާ ޢަލައިހިއްސަލާމް ހަނދުމަކޮށްދެއެވެ.
وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ
” އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން ޝުކުރު ނުކޮށްފިނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ” ސޫރަތް އިބްރާހީމް، 7
ޝުކުރުވެރިވާށޭ ހެއްޔެވެ؟ އެއީ މި ނަޞޭޙަތުގައި ވާނެކަމަށް ތިބާ އެއްގޮތަކަށް ވެސް އުއްމީދު ކުރި ވާހަކައެއް ހެއްޔެވެ؟ އެމީހުންގެ ދަރިންތައް އެތައް އަހަރެއް ވަންދެން މަރަމުން ދިޔަ ބަޔަކު ޝުކުރުވެރިވުމަށް ތިބާ އުއްމީދު ކުރާނީ ކިހިނެއް ހެއްޔެވެ؟ އަދި ވަކިން ޚާއްޞަކޮށް ސަހަރާގައި އެ ތިބި ވަގުތު އަސާސީ ބޭނުންތައް ވެސް ނުފުދޭ ޙާލަތެއްގައި އެމީހުން ވަނިކޮށެވެ. އެމީހުން ޝުކުރުވެރިވާނީ ފަހެ ކިހިނެއް ހެއްޔެވެ؟
އެހެނަސް މި ނަޞޭޙަތުގެ ތެރެއިން ﷲ މި އުނގަންނައިދެއްވަނީ އަގުހުރި ފިލާވަޅެކެވެ. އެއީ އަހަރުމެން ކިތަންމެ ބޭނުންވިޔަސް ޝުކުރުވެރި ވުމަކާނުލާ ކެތްތެރި ނުވެވޭނެކަމެވެ. އަދި ޙާލަތްތައް ކިތަންމެ ދަތިވިޔަސް ޝުކުރުވެރިވާންވީ ކަމެއް އަބަދުވެސް އޮންނާނެ ކަމެވެ. އަހަރުމެން ޝުކުރުވެރިވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ﷲ ވަޙީ ކުރައްވާ ގޮތުގައި އަހަރުމެން ޝުކުރުވެރިވެއްޖެނަމަ އެކަލާނގެ ހަމަ ޔަޤީނުންވެސް އަދި ހަމަ ކަށަވަރުންވެސް އަހަރުމެންނަށް އިތުރުކޮށްދެއްވާނެއެވެ. އަޅުގަނޑު “ހަމަ ޔަޤީނުންވެސް” އިތުރު ކުރީ އާޔަތުގައި ފޮރުވިފައިވި ޢަރަބީގެ ސަބަބުންނެވެ. لَأَزِيدَنَّكُمْ ގައި ވާ لَ އާއި ن ގެ މަތީގައިވާ ޝައްދާގެ ސަބަބުން އެ ބަހުގެ މާނަ ގަދަވެގެންދެއެވެ. އެހެންކަމުން ﷲ އެ ވަޢުދުވެވަޑައިގަންނަވަނީ އަހަރުމެން ކުޑަ ހިނދުކޮޅަކަށް ވެސް ޝުކުރުވެރިކަން ދައްކައިފިނަމަ އެކަލާނގެ ހަމަ ޔަޤީނުންވެސް އަދި ހަމަ ކަށަވަރުންވެސް އަހަރުމެން އިތުރު ކޮށްދެއްވާނެ ކަމަށެވެ. އިތުރު ކޮށްދެއްވާނީ ކޮން ގޮތަކުން ހެއްޔެވެ؟ އެކަން ﷲ އަންގަވާފައެއް ނުވެއެވެ. އެއީ ތަފާތު މީހުން އިތުރުވުން އެދޭނީ ތަފާތު ގޮތްގޮތުންނެވެ. ބައެއް މީހުން ބޭނުންވަނީ މުދަލުން އިތުރުވުމެވެ. ބައެއް މީހުން އެދެނީ އީމާންތެރިކަމާއި ހިދާޔަތް އިތުރުވުމެވެ. ބައެއް މީހުން އެދެނީ ރަނގަޅު ޞިއްޙަތު އިތުރުވުމެވެ. ބައެއް މީހުން ބޭނުންވަނީ ޢިލްމާއި، ޙިކްމަތާއި ހަމަޖެހުން އިތުރުވުމެވެ. އަދި އަހަރުމެން އިތުރުވުން އެންމެ ރަނގަޅީ ކޮން ގޮތަކުން ކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
އެހެންކަމުން ތިބާ ހިތްދަތިކަމެއްގެ ތެރޭގައި ވާނަމަ، ތިބާގެ ވެރިރަސްކަލާނގެ ތިބާއަށްޓަކައި ކޮށްދެއްވާފައިވާ ކަންތައްތަކުގެ މަތިން ހަނދާން ކުރާށެވެ. އެއީ ތިބާގެ ބޯމަތީގައިވާ ހިޔާ ކަމަށްވިޔަސް، ތިބާގެ ތަށީގައިވާ ކާއެއްޗެއްހި ކަމަށްވިޔަސް، ތިބާ ލަމުންދާ ނޭވާ ކަމަށްވިޔަސް އަދި ތިބާގެ މޭތެރޭގައި ތެޅެމުންދާ ހިތް ކަމުގައިވިޔަސްމެއެވެ. މި ނިޢުމަތްތަކާމެދު ފުންކޮށް ވިސްނާށެވެ. މި ނިޢުމަތްތައް ތިބާގެ ވެރިރަސްކަލާނގެ ތިބާއަށް ނުދެއްވި ނަމަ ތިބާ އުޅޭނެ ޙާލު ތަޞައްވުރު ކުރާށެވެ. ޝުކުރުވެރިކަމުގެ އެ ވަގުތުކޮޅު އިޙްޞާޞް ކުރާށެވެ. ދެން ތިބާގެ ވެރިރަސްކަލާނގެ ތިބާއަށް ކުރެއްވި އިތުރު ކުރެއްވުމުގެ އެ ވަޢުދުފުޅު ފުރިހަމަ ވާނެ ކަމަށް އުއްމީދު ކުރާށެވެ.
މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް ޝުކުރުވެރިވާ ބަޔަކު ކަމުގައި ލައްވައި އަޅަމެންނަކީ އެ އިތުރުވުން ޙައްޤުވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!.
Alhamdh lillaah.. Ma sha allah jana.. Vv aguhuri filaavalheh.. Jazakillaahi khairan .. Thi kuraa bura masakkathugai barakaai lavvaashi.. Aameen.
Janaa.. jazaakillaah khairan…May Allah shower you and us with immense knowledge of deen. You truly are a warrior spreading Islam in the most beautiful manner which is through love .. Alhamdhulillah.
Janaa can we be friends
janaaaaaaaaaaa…waahaka ma sha allah warahhhhhh salhi now igey…interesting..<3
Alhamdhulillah!!! 😀 <3
Haadha update nuvey dw mi story? Y?