ކައިލް ފުރައިގެން ދިޔައީ އެ ފަސްގަނޑަށް އެ ހިތް ދޫކޮށްފައެވެ. ކިތައްމެ ބޭނުންނުވިޔަސް މަޖުބޫރުވީއެވެ. ގަވައިދުން ކާ ބޭހެއް ފަދައިން ކައިލް ލިއާއަށް މެސެޖު ކުރެއެވެ. މަދު ފަހަރަކު ލިއާގެ ރިޕްލައި ނުލިބި ދެއެވެ. ކައިލްގެ މެސެޖުތަކުގައި ލިއާ ދެކޭ ހިތުން ކެތްނުވެގެން އެވާހަކަ ބުނެފައި ހުރެއެވެ. ވީޑިއޯ ކޯލް ކުރަން އާދޭސްކުރުމުން ލިއާ އެއްބަސްވީ އެންމެ ފަހަރަކުއެވެ. ސްކްރީންގެ ޒަރީއާއިން ލިއާ ފެންނަ މިންވަރުން ކައިލްއަކަށް ނުފުދެއެވެ. ހިތް އެދެނީ އަބަދު ލިއާ ގާތުގައި ވުމެވެ. […]
ރޭގަނޑުގެ ވަގުތެވެ. އުޑުމަތީގައި އެތައް ހާސް ތަރިތައް ވިދާ ބަބުޅަމުންދިޔައެވެ. އަޅިކުލައިގެ ވިލާކޮޅުތައް ކޮޅުކޮޅަށް އުދުހެމުންދިޔައެވެ. ޖެހެމުންދިޔައީ ނުހަނު ހިތްފަސޭހަ ވައިރޯޅިތަކެކެވެ. ލިއާ ހުރީ މުށިކުލައިގެ ސްވެޓްޝާޓަކާއެކު ޖީންސެއްގައެވެ. ގޭ ދޮރު ކުރިމަތީ އިންތިޒާރުގައި ހުއްޓާ ކައިލްގެ ކަޅުކުލައިގެ ކާރު ގާތްކޮށްލައިފިއެވެ. ކާރުން ފޭބުމެއް ނެތި ކައިލް ލިއާ އަރަން ކުރީ ސީޓުގެ ދޮރު ހުޅުވައިދިނެވެ. ކާރަށް އެރުމާއެކު ދުވަން ފެށި ފިރިހެންވަންތަ މީރުވަހުން ހިތްފުރޭހާ ވިއެވެ. ކައިލް އިނީ ކަޅުކުލައިގެ އަތްކުރު ޓީޝާޓަކާއެކު ބެއިޖްކުލައިގެ ސޯޓެއްގައެވެ. […]
ފުން ނޭވާއެއް ދޫކޮށްލުމާއެކު ހިސާބަކަށް ދިގުވެފައިވާ އިސްތަށިގަނޑުގައި ކައިލްއަށް އަތް ހިންގާލެވުނެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ގޮތް ހުސްވެފައިވީއިރު އިތުރަށް ދައްކާނެ ބަހަނާއެއްވެސް ނުވިސްނުނެވެ. ލިއާގެ މަތިން ހަނދާންވެފައި މެޔަށް ބާރުވެގެން އައުމާއެކު އިސްޖަހާލެވިއްޖެއެވެ. އޭނާ ދިއުމުން ކަންތައް ވާނެ ގޮތެއް އެނގެނީކީ ނޫނެވެ. ކޮޓަރިއަށް ވަދެފައި ބޮލުން ޓީޝާޓު ދަމައިގަންނަމުން ކައިލް އެނދަށް ޖެހިގަތެވެ. ނުތަނަވަސްކަމުން މީހާގެ ނަފްސު ހިސާރުކޮށްފައިވާއިރު ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ބޭނުންވީ ލިއާ އާއި ބައްދަލުކުރާށެވެ. އެ ހިޔާލާއެކު […]
ލިއާ ހިތާހިތުން އެދެމުން ދިޔައީ އަވަހަށް އެ ކުޅިވަރު ނިމުމަށެވެ. ކައިލްގެ ހޫނު ނޭވާ މޫނަށް އެޅުނު ވަގުތު އެ ކުރުވި އަސަރު އަދިވެސް ހަށިގަނޑުން ނުފިލާވެއެވެ. އެހާ ގާތުން އެ ރީތި މޫނު ފެނުމުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަމުދުން އެހާ ފުރިހަމަ ފިރިހެންވަންތަ މޫނެއް އެހާ ގާތުން ފެނުމުން އަސަރު ނުކުރާނީ ވަކި ކާކަށްހެއްޔެވެ؟ އޭނާއަކީވެސް ހިއްސުތައް ސަލާމަތުން ހުރި އަންހެންކުއްޖެކެވެ. ކައިލް ފަދަ ޒުވާނަކު އެހާ ގާތްވުމުން އަސަރު ނުކުރަން، އޭނާއަކީ އިހުސާސް […]
“ލިއާއަށް ރަނގަޅަށް ބަލާނަން…!” ކައިލްގެ އަޑުއިވިފައި އެންމެންގެ ނަޒަރު ކައިލްއަށް ހުއްޓުނެވެ. ލިއާގެ ހިތަށް ފިނިވީ އެ ޖުމްލަތަކުގައި ފުން މާނައެއް އެކުލެވިގެންވޭ ހިތް ބުނުމުންނެވެ. ލިބުނު ކާމިޔާބާއެކު ކައިރާ ލިއާގެ އަތުގައި ޖަހާލާފައި ދިޔައީ ގްރޫޕްގައި ކުރާ މެސެޖުތަކަށް ރިޕްލައި ކުރާށޭ ބުނެފައެވެ. ކައިލް އާއި އިޝާންއާއެކު ކައިރާ ހިނގައިގަންނަތަން ބަލަން ލިއާ ދޮރުމަތީ ހުއްޓެވެ. އޭރު ޝަރީފާ ކޮޓަރިއަށް ވަދެއްޖެއެވެ. ލިއާ ބަލަން ހުއްޓާ ކައިލް ހިނގައިގަންނަމުން ފަހަތަށް ބަލާލިއެވެ. ލިއާގެ ހިތް ތެޅިގަތީ […]
އިޝާން އާއި ކައިރާ އެހެން ދިމާލަކަށް ޖެހުނު ވަގުތު ބަލާފައި، އަކީލް އަވަސް ފިޔަވަޅުތަކެއްގައި ކައިލް ގާތަށް މިސްރާބު ޖެހިއެވެ. ކައިލް ފުރަގަސްދީގެން ހުރުމުން އަކީލް އަންނަކަމެއް ނޭނގެއެވެ. އޭނާ ހުރީ ލިއާ އާއި ސީރިއަސް ވާހަކައެއްގައެވެ. “މީ ކޮންކުއްޖެއްތަ…؟” ލިއާ އާއި ކައިލް ސިހިފައި ބަލާލީ ފަހަތުން ވާހަކަ ދެއްކި އަޑު އިވުމުންނެވެ. އޭރު އަކީލް ހުރީ ކައިރީގައެވެ. މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްގެން ހުރިއިރު އެ ސިކުނޑީގައި އެނބުރެމުންދަނީ ކޮންފަދަ ހިޔާލެއްކަމެއް ނޭނގޭނެއެވެ. “ދިސް އިޒް […]
ގެޔަށް ވަދެގެން ދިޔައިރު ކައިލްގެ ދެބުމަ ގޮށްޖެހިފައިވެއެވެ. އެ ހިތުގައި އުފެދިފައިވާ ހައިޖާންގަނޑު ކިޔަމަންކުރަން މަސައްކަތް ކުރަމުންދިޔައިރު އެ ނަފްސު ވަނީ ވަރުބަލިކަމެއްގައެވެ. ނަމަވެސް އެއީ ކުރަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އެ ހިތް ރޮމުން ދިޔައީ ހިތް އެދެމުންދިޔަ ލޯބި ނުލިބުނީތީއެވެ. ސިޑިން ފައިބެގެން އައި އާލިކްއަށް ކައިކް ފެނިފައި މަޑުޖެހުނެވެ. އިއަރޕޮޑްސްއިން ވާހަކަ ދައްކަމުން ގޮސް އޭނާ ފޯނުގައި ހުރި މީހެއް ގާތު ފަހުން ގުޅާނަމޭ ބުނެފައި ކަންފަތުން އިއަރޕޮޑްސް ނައްޓާލިއެވެ. އޭނާގެ […]
އެކި ވާހަކައިގަ ތިބެ ކެއުން ނިންމާލާފައި ހަތަރު މީހުންވެސް ވަކިވީ އެންމެން އެކުގައި ފަހުން ދިމާވާން ބުނެފައެވެ. ލިއާ ކައިލްއާއި އެކު ސައިކަލަށް އެރުމާއެކު އާދައިގެ މަތިން ކައިލް ސައިކަލު ދުއްވާލީ ބާރަށެވެ. ބޭނުމަކީ އޭނާއާއި ވީހާވެސް ގާތުގައި ލިއާ ބޭންދުމެވެ. އޭނާ ބާރަށް ދުއްވައިފިނަމަ ލިއާ އަބަދުވެސް އިންނަނީ އޭނާގެ ބަނޑުގައި އަތް އަޅުވާލައިގެންނެވެ. އެކަމުން ލިބޭ ހިތްހަމަޖެހުން ބަޔާންކުރަން ދައްޗެވެ. ލިއާގެ ގެޔާއި ހަމަޔަށް އައިސްފައި ތިން މީހުން ސައިކަލުތަކުގައި ނައްޓާލީ ގެއަށް ދިއުމަށެވެ. […]
ކައިލްގެ މޮޅު ދުއްވުމުގެ ހުނަރާއެކު ލިއާއަށް ސަލާމަތުން ގެއަށް އާދެވުނެވެ. އޭނާ މަޑުމަޑުން ސައިކަލުން ފޭބިއިރުވެސް ކައިލް އިނީ ބަލަހައްޓައިގެންނެވެ. ލިއާއަށް ކައިލްއަށް ބަލާލާކަށް ނުކެރުނެވެ. އެންމެ ރެއަކުން އެތައް ކަމެއް ބަދަލުވެއެޖެއެވެ. ލިއާގެ މުޅި ނަފްސު ވަނީ ނުތަނަވަސްކަމެއްގައެވެ. “ޓޭކް ކެއަރ…” ސައިކަލު ސްޓާރޓް ކުރަމުން ކައިލް ބުނެލިއެވެ. ލިއާވެސް ހަމަ އެފަދައިން ރައްދު ދީފައި ގޮސް ގެއަށް ވަނުމާއެކު ކައިލް ސައިކަލުގައި ނައްޓާލިއަޑުއިވުނެވެ. ލިއާ ވަތްއިރު ނަސީބަކުން ޝަމްނާމެން ވީ އެމީހުންގެ ކޮޓަރީގައެވެ. ލިއާ […]