އިރުކޮޅެއްފަހުން ލިއާ އިނީ ކައިލްއާއެކު ސައިކަލުގައެވެ. އޭރު މަގުތަކަށް އަނދިރިކަން ވެރިވެއްޖެއެވެ. މަގެއްގެ މަތިން މީހަކު ނުފެނެއެވެ. ޖެހެމުން ދިޔަ ބާރު ވައިރޯޅިން ތޫފާނެއްގެ އިންޒާރު ދޭކަހަލައެވެ. ކައިލް އިނީ ބަހެއް ނުބުނެއެވެ. ލިއާގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ބާރު ދުވެލީގައި ގޮސް ކައިލް މަޑުކޮށްލީ، މީހުން އާއްމުކޮށް އައިސް ނޫޅޭ މަގެއްގެ ކޮޅަށެވެ. އެހިސާބުގައިވަނީ ފަނޑު އޮރެންޖް އަލިކަމެކެވެ. ލިއާ މަޑުމަޑުން ސައިކަލުން ފޭބިއެވެ. ކައިލް އިނީ ދުރަށް ބަލަހައްޓައިގެންނެވެ. ލިއާގެ ހިތް ނުތަނަވަސްވަމުން އައީ ކައިލްއަށް […]
ތަޅުލާފައި ހުރި އެޕޯލޯ ތަޅުގައި ހިފާ އަނބުރާލުމާއެކު ކުޑަކޮށް ދޮރު ހުޅުވުނެވެ. ލިއާއަށް ބޮޑަށް ދޮރު ނުހުޅުވިގެން އުޅެނިކޮށް ސިހިގެން ދިޔައީ ދޮރު ކޮށްޕާލާފައި މީހަކު އެތެރެއަށް ދެމިގަތުމުންނެވެ. އެހާމެ އަވަހަށް އެމީހަކު ދޮރު ލައްޕާ ލިއާއާއި ކުރިމަތިލިއެވެ. “ރި…ހާ…ން…!” ފަހަތަށް ޖެހެވުނު ލިއާގެ ދެލޯ ބޮޑުވެފައިވެއެވެ. އޭނާއަށް ގަބޫލުކުރަން ދަތިވިއެވެ. އޭރު ނުލަފާ ހިނިތުންވުމެއްގައި ހުރެ ރިހާން ދޮރު ތަޅުލީއެވެ. ކޮފީކުލައިގެ އޯވަރސައިޒް ޓީޝާޓަކާއި ކަޅު ޖިންސެއްގައި ހުރިއިރު ރިހާންގެ އިސްތަށިގަނޑު ކުރިއަށް ވުރެ ދިގެވެ. […]
ލިއާއަށް ކައިލްއަށް ނަޒަރު ހުއްޓާލެވުނެވެ. ފިލާވަޅަށް ސަމާލުކަންދިނުމެއް ނެތި ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންއިރު ކައިލްގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. އެ މޫނުމަތީގައިވާ އަސަރުތައް އެކަކަށްވެސް ނަގައިނުގަނެވޭނެއެވެ. ލިއާގެ ހިތަށް ކައިލްގެ އެ ހިމޭންކަމުން އުނދަގޫވިއެވެ. ނަމަވެސް ބޯޑަށް ނަޒަރު ހުއްޓާލަމުން ފިލާވަޅަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރިއެވެ. ހިމޭނުން އިންނަމަވެސް ކައިލްގެ ހިތުތެރޭ ގަދަ ހައިޖާނުގަނޑެއް އުފެދިފައިވެއެވެ ވީހާވެސް އަވަހަކަށް ފިޔަވަޅެއް ނާޅައިފިނަމަ އޭނާއަށް ލިއާ ގެއްލިދާނެއެވެ. އެ ހިތުން ލިއާއަށް އެދެވޭވަރަށް މީގެ ކުރިން އެއްވެސް މީހަކަށް […]
“ރިހާން……” ލިއާގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތެވެ. ގުޅަމުން ދިޔައީ ރިހާންއެވެ. ލިއާ އިނީ ހަރަކާތްހުއްޓިފައެވެ. ލޮލަށް ފެންނަމުން މިދަނީ ރަނގަޅަށްބާއޭ ހިތަށް އެރިއެވެ. މީގެ ކުރިން ލިއާއަށް އިސްވެ ނުގުޅާ މީހަކު ބަރާބަރު އަށް މަސް ފާއިތުވުވެދިޔަފަހުން ލިއާއަށް ގުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ފޯނު ވައިބްރޭޓްވަމުން ދިޔައިރު ލިއާގެ ނޭވާ ހާސްވަމުންދިޔަ ކަހަލައެވެ. ފަހު ރިންގަށް ވެފައި ވަނިކޮށް ލިއާ ފޯނު ނަގައިފިއެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ލިއާ ހުރީ ބަހެއް ނުބުނެއެވެ. އެކޮޅުންވެސް ވާހަކަ ދައްކާ […]
ލިއާއަށް ހުރެވުނީ އަތުގައި އޮތް ޖޯޒީއަށް ބަލާށެވެ. އެތައް މަސްހުނި އިހުސާސަކުން ހިތާއި ސިކުނޑި ފުރެމުން ދިޔައެވެ. ދާދި ދެންމެ ހުސްގަޔާ އެހާ ގާތުގައި ކައިލް ހުރުމުން އޭނާގެ ސިކުނޑީގެ މަސައްކަތް އިރުކޮޅަކަށް ހުއްޓުނު ކަހަލައެވެ. ހަމަ ލޮލަށް އެހާ ފުރިހަމަ، ފިރިހެންވަންތަ ހަށިގަނޑެއް ފެނުން މީ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ސިކުނޑި މަސައްކަތް ކުރަންފެށިއިރުވެސް މީހާއަށް ގަބުކައިފައި ހުރެވުނީ ހިތަށް އަރަމުން ދިޔަ ހިޔާލުތަކުންނެވެ. މީހުންތަކައިގެން ފުރިފައިވާ އެ މާހައުލުގައި ކައިލް އޭނާއަށް ޖާޒީ ދޭންވީ […]
ދުވަސްތަކެއް ފާއިތުގެން ގޮސްފިއެވެ. ލިއާގެ ދިރިއުޅުމަށް ބަދަލުތަކެއް އައެވެ. ކައިލްއާއި ދެމީހުންގެ ގުޅުން ކުރިޔަށްވުރެ ގާތްވެފައިވާއިރު އަދިވެސް އެ ގުޅުން އޮތީ ރަހުމަތްތެރިކަމުގެ ފަތްތަރުގައެވެ. ހިތުގެ ހާލު ލިއާއަށް ސިއްރުކޮށްގެން ހުރެ ކައިލް އެކުވެރިކަމުގެ ރޯލު އަދާކުރަމުން ދިޔައެވެ. ފަހަކަށް އައިސް ކްލާސްތެރޭގައިވެސް މަދުމަދުން ދެމީހުން ވާހަކަދެކެވެން ފަށައިފިއެވެ. މިހާރު ކްލާހުގެ ގިނަ ކުދިންނަށް ކައިރާއާއި އިޝާންގެ ގުޅުން އެނގެއެވެ. އަދި ކައިރާއާއި ކައިލްގެ އާއިލީ ގުޅުންވެސް ވަނީ އެނގިފައެވެ. ހަތަރު މީހުން އެކުގައި ސްކޫލް ކެންޓިނުގައި، […]
އިރުއޮއްސެމުން ދިޔަ ވަގުތެވެ. ލުއި ވައިރޯޅިތައް ޖެހެމުން ދިޔައިރު އުޑުމައްޗަށް ފަނޑު އޮރެންޖްކުލައެއް ފެތުރެމުން ދިޔައެވެ. މާހައުލު ފެންނަނީ ރީނދޫ އަލިން ހުޅުދާންވެފައިވާތަނެވެ. ކައިރާ އާއި އެކު އަތިރިމަތީ ހިނގާލާފައި، ލިއާމެން އައިސް ވަނީ އެދިމާލުގައި ހުރި ކުޑަވަރެއްގެ ކެފޭއަކަށެވެ. މުޅިތަނުން ދުވަނީ ކޮފީގެ ހިތްގައިމު ވަހާއި ފޮނި ކާއެއްޗެހީގެ ވަހެވެ. ދޮންވެލި ލާފައިވާ އެ ކެފޭގެ އެ ދިމާލުގައި އެކި ވައްތަރުގެ މާގަސް އިންދާފައި ވެއެވެ. ޖާގައިގެ ގޮތުން ކުޑަޔަސް ހިތްފަސޭހަ މާހައުލެކެވެ. ވަގުތުގެ ގޮތުން […]
ފޯނު މޭމަތީ ބާއްވާފައި ކައިލްއަށް އޮވެވުނީ ފުން ވިސްނުމެއްގައެވެ. ޖެހެމުން ދިޔަ ހިތްފަސޭހަ ވައިރޯޅިން އެ ހިތުގައިވި ނުތަނަވަސްކަން ކުޑަކުރުމުގައި ނާކާމިޔާބު ވަމުން ދިޔައެވެ. ވަކި ކަމެއްގެ ހިޔާލު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. “ވުޑް ޔޫ ޓޭކް ހިމް ބެކް އިފް ހީ ކޭމް ބެކް” އެ މެސެޖަށް ލިއާ ނޫނެކޭ ބުނެ ވަގުތުން ރައްދު ނުދިނުމުން ކައިލްގެ ހިތަށް ދަތިކުރަމުން ދިޔައެވެ. މޫޑު އެއްކޮށް ގޯސްވެފައި ވީއިރު އޭނާއަށް މި އަންނަމުން ދާ ބަދަލުތަކާއި […]
“ހާއި…” ކައިލް މެސެޖްކޮށްފައި އޮތެވެ. ލިއާއަށް މެސެޖަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ކައިލް އޭނާއަށް ރިކުއެސްޓު ފޮނުވަންވީ ކީއްވެހެއްޔެވެ؟ އޭނާއަށް އަދިވެސް ގަބޫލުނުކުރެވެއެވެ. ކައިލްގެ މެސެޖަށް ބަލާފައި އެތައް މަސްހުނި އިހުސާސްތަކުން ހިތް ފުރެމުން ދިޔައެވެ. ކައިލް އަންހެންކުދިންނާއި އެހާ ދުރުދުރުން އުޅޭއިރު އޭނާއަށް ތަފާތުގޮތެއް ބަހައްޓާތީ ގަބޫލުކުރަން ދަތިވަނީއެވެ. އެންމެފަހުން ލިއާ އަމިއްލައަށް ގޮތެއް ނިންމައިފިއެވެ. ފަހަރެއްގައި އޭނާގެ މިޒާޖުގެ ގޮތުން ކައިލް އޭނާއާއި އެކުވެރިކަން ބާއްވަން ބޭނުންވީ ކަމަށް ލިއާ ގަބޫލުކޮށްލިއެވެ. ބުރަކަށްޓާއި ފާރާއި ދެމެދަށް […]